ކޮނމެ ކަމެއްގެ ފަހަތުގައި ވެސް ރަނގަޅު ކަމެއް އޮންނާނެވެ. އެއީ އަހަރެން ގަބޫލް ކުރާ ގޮތެވެ. ކުޑަ ދުވަހުން ސުރެ ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް އަހަރެން ކުރި މަސައްކަތް ވަރަށް ފޮންޏެވެ. މިއަދަކީ އަހަރެން އެ ހުވަފެން ހާސިލް ކޮށް ފުރަތަމަ ވަޒީފާ އަށް ދާނ ނިކުންނަ ދުވަހެވެ.
“ދަރިފުޅާ އައިލީޝް. މިހާރު އެއޮށް ގަޑި ޖެހެނީ… އަދި ވެސް ލޯގަނޑު ކުރި މަތީ..”
ކުއްލިއަކަށް އިވުނީ މަންމަގެ އަޑެވެ.
އަހަރެން ފަހަތަށް އެނބުރުމުން މަންމަ އަހަންނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“މަންމަ މިއަދު ވަރަށް އުފާވެއްޖެ ދަރިފުޅަށް ރަނގަޅަށް ކިޔެވި ވަޒީފާ އެއް ލިބުނީތީ.ވަޒީފާ އަކަށް ދެވުނަސް އަދި ކަމަކު ނުދާނެ.ވަޒީފާގެ އުސޫލާ ގަވާއިދު ތަކަށް ހުރުމަތްތެރި ކޮށް ހިތަންވާނެ… ޔުނީފޯމެއް ނޭޅިި އެއް ކަމަކު އިސްވެރިންނަށް ކިޔަމަންތެރި ވާން ވާނެ. ގަޑި އަށް ފަރުވާ ތެރި ވާން ވާނެ…”
މަންމަ އަހަންނަށް ދިނީ އަގު ހުރި ނަސޭހަތް ތަކެކެވެ.
“ލައްބަ މަންމާ…” އަހަރެން ޖަވާބު ދިނީމެވެ.
“ލައްބަ އެއް ނޫން… އުމުރުން މިހާރު 21 އަހަރު ވީ.. އަދިވެސް ކުއްޖަކާ ރައްޓެހި ވާން ހިތަށް ނާރުވާ.. ތިހެން ހުއްޓަ ޒުވާން އުމުރު ނިމިދާނެ…”
މަންމަ ފެށި ވާހަކަ އަކުން އަހަރެން ފޫހި ވިއެވެ. ލޯބީގެ ފާޑު ފާޑު ކަންތަކަކީ އަހަރެން ގަބޫލް ކުރާނެ ކަމެއް ނޫނެވެ.
އަހަރެން މަޑު މަޑުން ހޫމް އަޅުވާލަމުން ދަބަސް ހިފާގެން ކޮޓަރިން ބޭރަށް ނިކުތީމެވެ.
އޭރު އަހަރެން އަންނަން ދެން އަހަރެންގެ ދޮންބެ ސޯފާގައި އިނެވެ.
“ބިލީ.. އާދެވިއްޖެ ދޯ..”
ދޮންބެ މަޖާ ވެފައި ހުރި ގޮތަކަށް ބުނޏެވެ.
“އައެމް ނޮޓް ބިލީ ބުރުހް….” އަހަރެން ބުނީމެވެ.
“ހިނގާ ދާން.. ގަޑި ޖެހިދާނެ.”
ދޮންބެ ބުންޔެވެ.
ދޮންބެ އަކީ އަހަންނަށް ވުރެ 2 އަހަރު ދޮށްޓެވެ. އަހަންނަށް ދިމާވާ ހުރިހާ ކަމެއްގައި ވެސް އެންމެ ކައިރިން ބައިވެރިވާ އެކަކީ އޭނައެވެ. އަނދިރި ގައި ވެސް އަލީގައި ވެސް މެއެވެ.
އަހަރެންނަށް މަސައްކަތުގެ އާލަމަށް އާދެވުނެވެ. ބޮޑު ބިލްޑިން އެކެވެ.ބަލާ ބެލުމަށް ތަރައްްްގީވެ ވަރަށް ބޮޑަށް ކުރި އަރާފައިވާ ތަނެއް ކަމަށް ދައްކައެވެ.
އަހަރެން ލަސްކުރުމެއް ނެތި އެތެރެއަށް ވަންނަން ހިނގައި ގަތީމެވެ.
އަހަރެންނަށް ދޮރާ ހަމަ އަށް ދެވުނު އިރު އަހަރެންގެ އިންތިޒާރުގައި އެ ކޮމްޕެނީގެ އިސްވެރިއެއް ހުއްޓެވެ.
އޭނަ އަހަރެން އައުމުން އަހަންނަށް ސަލާން ކުރިއެވެ.
“އަހަންނަކީ މި ކޮމްޕެނީ ގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތުގައި އުޅުނު މީހެއް.
އަހަންނަށް ކިޔަނީ އާދިލް…”
އޭނާ ތަޢާރަފެއް އަހަންނަށް ދިނެވެ.
އަހަރެން މަަސައްކަތް ކުރަން ޖެހޭ ބަޔަށް އަހަރެން ގެންދިޔައެވެ. އެ ތަނުގައި ދަބަސް ބެހެއްޓުމަށް އާދިލް އަހަރެން ގާތު އެދުނެވެ. ދަބަސް ބޭއްވުމަށްފަހު އާދިލްގެ ބުނި ގޮތަށް އޮފީހުގެ ވެރިޔާ ކައިރިއަށް ދިޔައިމޭވެ.
“އެލީނާ އައިލީޝް ދެއްތޯ…”
ވެރި މީހާ އަހަންނާ ސުވާލު ކުރިއެވެ. އެ ވަގުތު އެ ކެބިން އަށް ވަނި މީހާ ފެނި އަހަރެން ހުއްޓުން އެރިއެވެ.
“އާނިޝް…. މި ބުރު ވެސް 5 މިނެޓް ލަހުން ތިއާ.. ކިހިނެއް ހެދީމަތަ އަވަހަށް އާދެވޭނީ..؟”
ބޮސް އޭނަޔާ ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ.
“ބައްޕާ އަޅުގަނޑު ހަނދާން ނެތުނީ..”
އޭނާ ޖަވާބު ދާރީ ވިއެވެ.
“މި އާނިޝްގެ އެސިސްޓެންޓް މިއަދުން ފެށިގެން….” އަހަންނަށް އޭނައަށް އަވަސް ނަޒަރެއް ދެވުނެވެ. ފެނުނު މީހެއްގެ ސަބަބުން ދެލޯ ބޮޑު ކޮށްލެވުނެވެ.
****
އެއް ގަޑި އިރު ކުރި.
“ދޮންބޭ.. އަހަރެން އެބަ އަންނަން މި ތަނުން އެއްޗެއް ގަނެލާއިގެން.” ފިހާރައަކާ ހަމަ ވުމާއެކު ދޮންބެ ގާތު އަހަރެން ބުނީމެވެ.
އެހެން ބުނުމަށް ފަހު އަހަރެން އެ ފިހާރަ އަށް ވަނެ އަބަދު ވެސް އަހަރެން ގަންނަ ކަހަލަ ގަލަން ހުންނަ ދިމާލަށް އަހަރެން ދިޔާމެވެ.
އޭރު އެތާނގައި އިނީ އެންމެ ގަލަމެކެވެ.
އަހަރެން އެ ގަލުމުގައި އަތްލި ވަގުތު އެހެން މީހަކު އެ ގަލަމުގައި އަތް ލިއެވެ. އަހަރެން ދުލެއް ނުކުރަމެވެ. ވަރަށް ގަދަޔަށް އަހަރެން އެ ގަލަމށް ދެމީމެވެ.
“ޔޫ.. ސިސްޓަރ އޮފް ހުޝާމް…. ތި ގަލަން އަހަންނަށް ގެނޭ… ނުނީ…” އެހެން ބުނުމުން އަހަރެން އޭނަގެ ޖުމުލަ މެދު ކަނޑާލީމެވެ.
“ނޫނީ…؟ ތީ ކާކުތަ..؟ ކިހާ ބޮޑު ކަމެއް.. އަހަރެން މި ކާކު ކަން ހޯދައިގެން ބްލެކް މެއިލް ތި ކުރަނީ ކޮން ކަމަކު… ތިހެން އުޅެންޏާ ހަމަ ދޮންބެ އަށް ގޮވާނީ…” އަހަރެން ދޫނުކުރަން ބުނީމެވެ.
“ގޮވާބަލަ… ހުޝަމް އަކަށް ނުކޭރޭނެ އަހަރެންނާ ދެކޮޅަށް ބަސް ބުނާކަށް…”
އޭނާ ވެސް ހުރީ ދޫ ކުރާނެ ހިޔާލެއްގައެއް ނޫނެވެ.
“އޯކޭ… އައި ލޫޒް.. ތި ގަލަން ތި އޮތީ ތި ފަރާތަށް ލިބިފާ. ޖަސްޓް ބިކޯޒް ޔޫ އާރ އަ ފްރެންޑް އޮފް މައި ބްެރަދަރ.”
އަހަރެން ދެރަ ނުކޮށް ދިޔާމެވެ.
އަހަރެންގެ ފޯނު މަތިން އަހަންނަށް ހަނދާން ވީ ބޭރަ ނިކުމެ ސައިކަލަށް ވެސް އެރި ފަހުންނެވެ.
އަހަރެން މާ ބޮޑު ކަމަކަށް ނުހަދާ ދޮންބެ އާއެކު ދިޔައީއެވެ.
އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރި އެއް އެ ފިހާރާގައި އެ ވަގުތު އިނުމުންނެވެ.
***
“ހުޝާމު ކޮއްކޮ މި އޮތީ ފިހާރަ އަށް ދޫކޮށްލި ފޯނު.”
ސިއްސާގެން ދިޔާ އޭނަ އަހަންނަށް ފޯނު ދިނުމުންނެވެ.
“އައިޝަން. ރީތި ބަހުން ވާހަކަ ދައްކާ.” އަމުރު ވެރި ގޮތަކަށް އޭނާ ބައްޕަ ބުންޏެވެ.
“އެއީ. މައްސަލަ އެއް ނޫން.. އައިޝަން އެ ދޮންބެގެ ރައްޓެއްސެއް..” އަހަރެން އޭނަގެ ދިފާއުގައި ވާހަކަ ދެއްކީމެވެ.
“އާދޭ މަސައްކަތް ދައްކާނަން..”
އޭނާ އަހަންނާ ވާހަކަ ދެއްކީ ވަރަށް ހުތުރު ކޮށެވެ.
އަހަރެން އޭނަ ފަހަތުން ދިޔައީމެވެ.އޭނަގެ ކެބިން އާއި އަހަރެން ކެބިން އިންނަނީ ޖެހިގެންނެވެ.
އެ ދުވަހުގެ މަސައްކަތުގައި މަސްޢޫލް ވެގެން އުޅުމަށް ފަހު މެންދުރު ވުމުން ކުޑަ ބުރޭކެއް ނަގާ ގެޔަށް ދާން އޮފީހުން ނިކުތީ ނަމާދު ކޮށްލުމުގެ ބޭނުމެގައެވެ.
އޮފީހުން ބޭރަށް ނިކުތީ ދޮންބެ އަށް ގުޅަމުންނެވެ. ނަމަވެސް ދޮންބެ ފޯނެއް ނުނަގައެވެ.
“މިހަރަ ހުޝާމް ކޮއްކޯ… އަންނާނީ ގެއަށް ދާން.ހުޝާމް ބުނި ތި ކުއްޖާ ގެއަށް ލާދޭން ”
އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ އައިޝަން އެވެ. އޭނާ ކާރު ޕާރކު ކޮށްފައި އޮތް ތަނުން ނެރުމަށް ފަހު އަހަރެން ގާތު އެ ކާރަށް ވަނުމަށް އެދުނެވެ.
15 މިނެޓުގެ ދަތުރަކަށް ފަހު ގެއާ ހަމައަށް ދެވުނެވެ.
“ޑިއަރ މައި ބިގެސްޓް ފިއަރ. އާދޭ ކައިގެން ދާން..”
އައިޝަން ގާތު އެހެން ބުނުމުން ވަރަށް ފަސޭހައިން ގެއަށް ވަނެވެ.
އަހަރެން ގެއަށް ވަނުމަފަހު މިސްރާބު ޖެހީ ލިފްޓަށް އެރުމަށެވެ.
އެ ވަގުތު އަހަރެންގެ ފަހަތުން އައިޝަން ވެސް އައެވެ.
ލިފްޓަށް ވަނުމަށްފަހު 7ވަނަ ފުލޯ އަށް ފިއްތާލީމެވެ.
ލިފްޓުގެ ވަކި ހިސާބަކަށް ދިޔުމުން ލިފްޓް ދަތުރު ކުރުން ހުއްޓުނެވެ.
ނުނިމޭ..
