ލޯތްބަށްޓަކައި (ނަވާރަވަނަ ބައި)

ފިތުރޯން ގަހުގައި ހިފަހައްޓާލައިގެން ހުރި ޝައުފް ސިހިގެން ދިޔައީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ފަސްއެނބުރި ބަލާލި އިރު ސޯފީ ފެނުމުން އަނެއްކާވެސް އަނެއްފަރާތަށް އެނބުރުނެވެ. ސޯފީ ޝައުފްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޝައުފް ކުއްލިއަކަށް ސޯފީގެ އަތް ފޮޅުވާލައި ދުރަށް ޖެހިލިއެވެ. ”ދަރިފުޅާ ހިނގާ ގޭތެރެއަށް ދާން…….” ސޯފީ އޯގާތެރިކަމާއި އެކު ބުނެލިއެވެ. ޝައުފް ގޭތެރެއަށް ހިނގައިގަތެވެ. ހަލުވި ހިނގުމެއްގައި އޭނަގެ މިސްރާބު ހުރީ ކޮޓަރިއާ ދިމާލަށެވެ. ” މަޑުކޮއްބަލަ…..ދަރިފުޅާ ކިހިނެއްވީ……..ކަމަކާއި ހިތްހަމަ ނުޖެހުނީތަ؟” ސޯފީ … Continue reading ލޯތްބަށްޓަކައި (ނަވާރަވަނަ ބައި)