ލޯތްބަށްޓަކައި (ސަތާރަވަނަ ބައި)

މޫސުމް ރީތިކޮން އޮތް ދުވަސް ބަދަލުވެ ބަނަ ވެއްޖެއެވެ. ފުސްވިލާތަކުން އުދަރެސް ބައްދާލައި ވައި ގަދަވެއްޖެއެވެ. ކުދި ކުދި ތކިތަކުން ވެހެން ފެށި ވާރޭ ބޯކޮއްލައިފިއެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ތެމި ފޯވެގެން ޝާން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ ހިމޭން ތަނަކަށެވެ. މީހެއްގެ ހިލަމެއްނެތް ހުސް މަގެއްގެ މެދާ ހަމަޔަށް ދެވުމުން ހުރިތަނަށް ތިރިވެ ދެކަކޫ ޖަހާލިއެވެ. ދެއަތަށް ބާރުލައި އިސްތަށިގަނޑުގައި ހިފާލިއިރު ހީވަނީ އިސްތަށިތައް އުފުރާލަން އުޅުނު ހެންނެވެ. ލޮލުން … Continue reading ލޯތްބަށްޓަކައި (ސަތާރަވަނަ ބައި)