ލޯތްބަށްޓަކައި ( އެގާރަވަނަ ބައި)

ރޭގަނޑުގެ ވަގުތެވެ. ވަގުތަކީ މީހުން ހޭލަމޭލަވެ އުޅޭވަގުތެއްކަމުން މަދުމަދުން މީހުން މަގުހުރަސްކުރާތަން ފެނެއެވެ. ރަތްބަގީޗާގޭ ފާރުކައިރީ ލަޔާލް ހުއްޓިލައިގެން ހުރީ އޭނާގެ ބައްޕަ އިޝާނަމާދުން އަންނާނެއިރެއްގެ އިންތިޒާރުގައެވެ. ގޭގެ ވަށާފާރުނަގާފައިވަނީ ބަނޑާހަމަޔަށެވެ. ފާރުކައިރީ ހުއްޓިލައިގެން އެއްއަތުން ފާރުގައި އަތްވިއްދާލައިގެންނެވެ. ކައިރީގައި ހައްދާފައިވާ އިރުދޭމާ ގަހުން މަޑުމަޑު މީރުވަހެއް ހުއްޓެވެ. އިރުދޭމަލެއް ބިނދެލުމަށްފަހު އިސްތަށިގަނޑުގައި ޖަހާލިއެވެ. އަދި އަނެއްކާވެސް މަގާދިމާލަށް ނަޒަރު ހިންގާލިއެވެ. ”އަހަރެންގެ އިންތިޒާރުގަ ދޯ……….” ލަޔާލް ސިހިފައި ބަލާލި އިރު ކުރިމަތީ ހުރީ އާކިފްއެވެ. ލަޔާލް … Continue reading ލޯތްބަށްޓަކައި ( އެގާރަވަނަ ބައި)