“އަހަރެންނަކަށް ނޭނގެ އާޔާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. . ޔޫ މޭކް މީ ފީލް ސްޕެޝަލް. . ” އަހަރެން އާޔާގެ އަތުގައި ހިފާ މަގަތަށް އަނބުރާލާފައި ބުނެލީމެވެ. އެވަގުތު އާޔާގެ މޫނުމައްޗަށް ޖަންބުކުލަ އަރައިގެންދިޔައެވެ. ލަދުރަކި ހިނިތުންވުމެއް އާޔާގެ ތުންފަތަށް ވެރިވިއެވެ. އާޔާގެ ރީތިކަން އޭގެ އިންތިޙާއަށް ފެނިގެން ދިޔައެވެ. އާޔާގެ ހިތުގައި އަހަރެންނަށް ޚާއްސަ މަޤާމެއް ވާކަން އަހަރެންނަށް އެވަގުތު އިޙްސާސް ކުރެވުނެވެ. “ވަން މޯތިންގް. . އަކް މިރޭ ދާން ޖެހޭނީ […]
އޭގެ ދެތިންމަސް ފަހެވެ. އަހަރެންގެ އުޅުމަށް އެދެވޭ ބަދަލެއް ނައިސް ފިލާވަޅު ނަހަދާ ސްކޫލަށް އައުމާއި ލިބޭ އެއްވެސް ޓެސްޓަކުން ފާސް ނުވުމާއި ސްކޫލް ތެރޭގައިވެސް ސިނގިރޭޓް ބޯކަމަށް ރިޕޯޓް ކުރެވޭތީއާއިއެކު އަހަރެން ސްކޫލުން ވަކިކުރެވިއްޖެއެވެ. ނަމަވެސް އެކަން ގޭ އެކަކަށްވެސް ނޭނގޭނެއެވެ. އެދުވަހު އަހަރެން ވަރށް ދެރަވިއެވެ. އެންމެ ދެރަވީ މަންމައަށް އެހަބަރު ލިބުމުން މަންމަ އަށް ވާނެ ގޮތަކާއިމެދު ވިސްނާފައެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެކެވެ. އަހަރެންނަކަށް އެރެޔަކު ނުނިދުނެވެ. ހީކަރުވާ ވަރުން މުޅިމީހާ ތުރުތުރު […]
ސްކޫލް ނިމުމާއިއެކީ ފޮތް ދަބަސް ހިފައިގެން އަހަރެން ނިކުންނަން ދިޔައީމެވެ. ޔާސްމީން އަހަރެން އަންނަންވާއިރަށް ގޭޓް ކައިރީގައި ރައްޓެހި ދެތިން ކުއްޖަކާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން އައިސް ޔާސްމީންގެ ކުރިމަތީގައި ހުއްޓުނީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޔާސްމީންގެ މޫނަށް ޖަމްބުކުލަ އަރައިގެން ދިޔައީ ލަދުންގޮހެވެ. އަހަރެން އެހާ ކައިރީގައި ހުރުމުން ޔާސްމީން އަށް ކުރުވަމުން ދާނެ އަސަރެއް އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ. “މިރޭ ސެވަންގަ އާދޭ ފްލެޓް ކައިރިޔަށް ވެއިޓްކުރާނަން. . ” އެހެން ބުނެފައި […]
ކުއްލިޔަކަށް ހަންޓޭ އަހަރެން ނަގަނަގާ އޮތް ފޮތްމަތީގައި އަތުންޖަހާވައްޓާލިއެވެ. އެއާއިއެކު އަހަރެންނަށް ހަންޓޭއަށް ބަލައިލެވުނެވެ. އޭނާހުރީ ރުޅިއައިސް ރަތް ވެފައެވެ. އެމަންޒަރު ބަލަން ދެންތިބި ކުލާސް ކުދިން ތިބީ ފިނިވެ އަނގައިން ބުނަންވެސް ނުކެރިފައެވެ. އަހަރެންވެސް އިތުރަށް އަނގައިން ނުބުނެ ގޮނޑިން ތެދުވެ ރަނގަޅަށް ހިންދެމިލީމެވެ. އޭރު ހަންޓޭ އާއި އޭނާގެ އެކުވެރިން އަރަނީ އަހަރެންގެ ދަތްދޮޅިއާއި ހަމައަށެވެ. “ކޭ ކީއްވެ މަގޭ ބިޓާ ބެހުނީ. . ” މޭފުޅާކޮށްލާފައި ހަންޓޭ އައިސް އަހަރެންގެ މޭގައި […]
“އޯކޭ. . ކޯއްޗެއް އާޔާ މަގޭ ފަރާތުން ބޭނުންވެގެން ތިއުޅެނީ. . ؟ ރީތިކޮށް ބުނޭ. . . އަހަރެން އާޔާ ބުނިކަމެއް ކޮށްދޭނަން. . ބޭނުންވަނީ ކެނަބިސް ކޮޅެއްތަ؟ ހެރޮއިން ކޮޅެއްތަ؟ ހޭޝް އޮއިލް ކޮޅެއްތަ؟ ވީޑް ތަ؟. . ” އެއްވެސް އެދުމެއް ނެތި އާޔާކަހަލަ މުއްސަނދި ކުއްޖެއް އަހަރެންކަހަލަ މީހަކާ އެހާ ހެޔޮކޮށް އުޅޭނެކަމަކަށް ހިތް ގަބޫލެއް ނުކުރިއެވެ. އެހެންކަމުން އަހަރެން އާޔާއަށް ބަލާލައިފައި އަހާލީމެވެ. އަހަރެންގެ ކަންފަތް މަތިން ދިލަނަގައިގެން […]
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. އަހަރެން އިނީ ބުރުޒުމަގު ފްލެޓް ފާރު މަތީ ސިނގިރޭޓެއް ރޯކޮށްލައިގެންނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަހަރެންގެ އެކަނިވެރިކަމާއި ދޭތެރޭގައެވެ. އަހަރެން ފަހީމާއްތަގެ ގެއިން ނެރެލީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަހުންނެވެ. އަހަރެންގެ މަންމަ މިދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ބައްޕަ ވަނީ އަހަރެންނާއި ގުޅުން ކަނޑާލައިފައެވެ. ގިނައެކުވެރިންތަކެއް ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ދުވަސްތައް ގުނަމުން ދަނީއެވެ. އަހަރެންގެ ޢާއިލާއެއް ނެތެވެ. އެއްބަނޑު ތިމާގެ މީހެއް ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއް […]
ހަސީނާ އޭނާގެ ގެއިން ނިކުތުމަށް ފަހު ބޭރުބަލާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ހުދު އަދި ދިގު ތުނބުޅިއެއް ހުރި ތިން މުސްކުޅި ފިރިހެނުން ގޭގެ ކުރިމަތީގައިވާ ހުސްތަނުގައި އިށީދެގެން ތިއްބައެވެ. އެކަމަކު އެއީ ކޮން ބައެއްކަމެއް އޭނާއަކަށް ނޭންގުނެވެ. ފާހަގަ އެއް ނުކުރެވުނެވެ. ހަމަ ޔަގީނުންވެސް އެޢީ ނުދަންނަ ބައެކެވެ. ހަސީނާ، އެ ތިން މީހުންނަށް ބުންޏެވެ. “ތިޔައީ އަޅުގަޑު ދަންނަ ބަޔަކު ހެނެއް ހިއެއްނުވޭ. ތި ތިއްބެވީ ބަނޑުހައި ވެފައިތޯ؟ އެތެރެއަށް ދުރުވެ، ކޮންމެވެސް އެއްޗެއް […]
މިގޮތަށް މިސުރުހީ ލިއުނުއިރު މިއަށް ފުރައްސާރައާއި މަލާމާތް ރައްދުވާނެކަން އެއީ އަޅުގަނޑަށް މާކުރިންވެސް ކަށަވަރު ވެފައި އޮތްކަމެކެވެ. އެއީ ހަގީގަތާ ކުރިމަތި ލާން ނުކެރޭ ފިނޑިން އަޅުގަނޑުމެން ތެރޭގައި އުޅޭތީއެވެ. ހަގީގަތަކީ ބައެއް ފަހަރު ހިތި އެހެނަސް ކޮންމެ މީހަކުވެސް ކުރިމަތި ލާން ޖެހޭނެ އެއްޗެކެވެ. އެހެން ކަމުން މި ހަގީގަތަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަށް ވިސްނިފައި އޮންނަ ގޮތުގައި މާބުރެއްހެން ލޯބޮޑު އައިނެއް އަޅާ، ބޮލުގެ އިސްތަށިގަނޑު ކަރަންޓުގައި ޖައްސާ […]