ލިވީ އަހަރެންނަށް ގޭތެރެއަށް ވަދެވުން އިރު މެންދަމު ފަސްވެ ތިނެއް ޖަހައިފި އެވެ. މާދަމާ ސްކޫލުގައި ވަރަށް ވަރު ވާނެއެވެ. ވަރިހަމައެވެ. ކިތަންމެ ވަރުބަލިވި ކަމުގައިވިޔަސް އަހަރެން މިހުރީ ވަރަށް ހިތް ހަމަޖެހިފައެވެ. އަނެއްކާވެސް އިތުރު މީހަކު ހަވާލު ކޮށްލެވިއްޖެ އެވެ. އެކަކަށްވެސް އަހަރެން މި ލިބޭ އުފަލެއްގެ އިހުސާސެއް ނުކުރެވޭނެ އެވެ. އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް މިފަދަ ބޮޑު ކަމެއް ކުރެވުމުން ވަރަށް ހިތްހަމަ ޖެހެއެވެ. ތިމާގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތް […]
ހަތިޔާރުގެ ސީޒަން 2 ފެށޭ އިރު ވާހަކައިގެ ނަމަކ: ފިނި ހިތް (ވާހަކައާއި ގުޅޭނެ ނަމެއްގެ ޚިޔާލު ތިޔަ ބޭފުޅުން ދިނުން މަރުހަބާ) ވާހަކަ އަންނާނީގެ ލިވީގެ ނަޒަރުނެވެ. އޮކްޓޯބަރ މަހުގައި އަންނަނީ (ހަމައެކަނި އެސްފިޔައިން)
އެޕިލޮގް ނޭވާ ހަމަ ހީވީ ކުއްލިއަކަށް އައި ހެންނެވެ. ބޮނޑި ބޮނޑިއަށް އައި ހެންނެވެ. އަހަރެންނަށް އެރީ ކޮށްޓެވެ. ލޯ ހުޅުވީމެވެ. އިރަމް އުފަލުން ފަޅައިންދާން ތައްޔާރުވެފައި އިންހެން ހީވިއެވެ. ތެދުވި ގޮތަށް ތެދުވެ ލިވީ ގައިގައި އޮޅުލައިގަތެވެ. ލިވީ ވެސް ހީވަނީ އުފަލުން އެހެން ފަދަ ކަމެއް ހެއްނެވެ. “އަހަ…. އަހަރެންވެސް ލޯބިވޭ އިރަމްދެކެ……” ކޮށި އަރަމުން އަހަރެން ބުނީމެވެ. އިރަމް އައި ގޮތަށް އައިސް އަހަރެންގައިގައި އޮޅުލައި ގަތެވެ. އޭނާ ތުރުތުރު އަޅާއެބައެވެ. […]
އިރަމް އަހަރެންނަށް ހޭވެރި ކަމެކޭ ކިޔާ އެއްޗެއް ވީއިރު މުޅިތާ ވަނީ އަލލިފާން ރޯވެފައެވެ. ހުރިހާ ގޮނޑިތަކެއްގައެވެ. ކަބަޑުތަކުގައެވެ. އަހަރެންގެ އަތް ގުޑުވަން އުޅުނީމެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވެއެވެ. އަތައް ބަލައިލީމެވެ. ބަނދެފައެވެ. ލިވީވެސް މެއެވެ. ޝެނިންވެސް މެއެވެ. އިސްމާއިލް ހޯދަންފެއްޓީ ދެނެވެ. އޭނާވެސް އެބައުޅެއެވެ. ގަނޑުކޮށްފައި ތިބި މީހުންތައް ފުންޏަކަށް ޖަހަނީއެވެ. ނޫނެކެވެ. އަހަރެންނަށް ދެން އަންނަން އޮތް އެއްޗެއް އެނގެއެވެ. އެއުޅެނީ އަންދާލަންށެވެ. އޭނާ ކުރާ ކަމެއް އާންމުންނާއި ހިސާބަށް […]
ޝެނިން “އޯކޭ! ވާހަކަ ދައްކަން ފަށާ!” އަހަރެން ގައިގައި ނެތް ހިތްވަރަކާއި އެކު މޫނުމަތިން ވަރުގަދަ ކަމަށް ދައްކަމުން އެލީޝާއާއި ދިމާލަށް އަހަރެން ބުނީމެވެ. ހަގީގަތުގައި އަހަރެން އެތެރެއިން ތުރުތުރު އަޅަނީއެވެ. އަހަރެންނެއް އެކަމު މިފަހަރަކު ނުފިލާނަމެވެ. ފަހަރެއްގައެވެ. އިރާދަ ކުރެއްވީއްޔާއެވެ. އޭނާ އަހަރެންނާއި ދިމާލަށް ފާޑަކާށް ބަލަން ހުއްޓެވެ. އަހަރެން ވެސް އިސް ޖަހަން ދެކޮޅު ހެދީމެވެ. މިހާރު ވައިގެ ތެރޭގައި ހަމަ ނުޖެހުން ފެތުރޭހެންވެސް އަހަރެންނަށް ހީވަނީ ކުޑަކޮށެއް ނޫނެވެ. ރީތިކޮށް އަހަރެންނަށް […]
(މިވާހަކަ ގެނެވިފައިވާނީ މިވާހަކައިގެ މައިގަނޑު ދެޝަޚްސިއްޔަތުގެ ނަޒަރުންނެވެ. ގެނެވިފައިވާނީ ޝެނިންގެ ހަޔާތުގެ ކަންތަށް ހިނގަމުންދާ ވަގުތާއެކީއެވެ. ޝެނިންގެ ނަޒަރުން މިވާހަކައިގެ ދެވަނަބައިގެ 1 ގައި އިންނާނެއެވެ.) އިރަމް ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ހުރެގެން އެކަމުގެ ވަނައެއް ލިބެންޏާ އަހަރެންނަށް ލިބޭނެއެވެ. އެއީ އަހަރެން ގަސްދުގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް އަބަދުވެސް މިހާރަކަށް އައިސް އޮންނަނީ މިކަހަލަ ހާލަތެއްގައެވެ. މިސާލަކަށް މިހާރެވެ. އަހަރެން އެކެވެ. އެމީހުން ފަހެކެވެ. އެއްވެސް ހާލަތެއްގައި އަހަރެންނަށް ނުވާނެތީއެއް ނޫނެވެ. އެމީހުން […]