ރަޝީދުގެ ލޯމައްޗަށް އެމަންޒަރު ސިފަވި ކަހަލައެވެ. ޝާޔާއަށް އަނގަ މަތީ އަތް އަޅާލެވުނު އިރު ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އިހާނެތި މަރުގެ ވާހަކައިން ޝާޔާގެ ހިތްފަޅައިގެން ގޮސްފައިވާ ކަހަލައެވެ. ޝާޔާ ތެދުވި ގޮތަށް އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އޭރު ޝާޔާއަށް ގިސްލެވެއެވެ. “އެކަމަކު ނަސީބަކުން ފަހަތު ސީޓުގަ އިން ޝާއިރާގެ އުނގުގައި އޮތް ކުއްޖާއަށް މާބޮޑު ގެއްލުމެއް ނުވޭ.. އަހަރެން އަވަސް އަވަހަށް އެކުއްޖާ ގޮވައިގެން އެމީހުންގެ ތެރެއިން ނިކުތިން.. އަދި […]
“ރިހާއާއި ޒީޝާންގެ ކައިވެނި ހަމަޖެހުމުން މިހެން ބުނަން މަންމަ ދެރަވޭ… އެކަމް، މިވާހަކަ ނުބުނެ ނުހުރެވޭނެ. އެނގޭ ދަރިފުޅު ގާތުން މިއެދެނީ ވަރަށްބޮޑު ކަމަކުކަން… އެނގޭ މި އަރައިގަނެވެނީ ރިހާގެ ހައްޤަކަށްކަން. އެކަމް، ނިހާ ޒީޝާން ދެކެ ވަރަށް ލޯބިވޭ. ނިހާއަށް ޓަކައި ޒީޝާން ދޫކޮށްލަދީ… މަންމައަށްޓަކައި…!” ނަސީމާ އެ އެދުނު ކަމަކުން ރިހާއަށް ބޭއިޙްތިޔާރުގައި ނަސީމާގެ އަތުން ދޫކޮށްލެވުނެވެ. އަދި ދެ ލޯ ބޮޑުވެ އަގައިން ބަހެއް ނުބުނެވި ނަސީމާއަށް ބަލަހައްޓައިން އިނދެވުނީއެވެ. ރިހާއަށް ބަލާލުމަށް […]
ޒީޝާނާއިއެކު ރިހާގެ ޙަޔާތުގައި ލިޔެވެން ފެށީ މުޅިން އާ ބާބެކެވެ. ދުވަސްތައް ފާއިތުވަމުން މާޒީ އާއި އެކުވަމުން ދިޔައިރު، ޒީޝާން ވީ ރިހާގެ ދިރިއުޅުމުން އުނިވެފައިވީ ލޮތްބާއި، އަޅާލުމާއި، އުފާ ރިހާގެ ޙަޔާތަށް ގެނެސްދިން ފަރާތަށެވެ. ކުޑައިރު ކިޔާ އުޅުނު ފެއަރީޓޭލް ވާހަކަތައް ފަދަ ފެއަރީޓޭލް އެއްގަ އުޅެވޭ ފަދަ އިޙްސާސެކެވެ. ޒީޝާނާއި އެކު ވޭތުވަމުން ދިޔަ ކޮންމެ ވަގުތަކީ ރިހާގެ ހިތް އުފަލުން ފުރާލަދޭ ވަގުތުތަކެކެވެ. ރީތި މާބޮނޑިތަކާއި، ޗޮކްލެޓް ފަދަ އެއްޗެތި އެއީ […]
“ދޭ ޑޯންޓް ލަވް މީ! ނެވަރ ޑިޑް… އެން ނެވަރ ވިލް…” ރިހާ އާއި ދިމާއަށް ޒީޝާން އެނބުރުނު އިރު ރިހާ ވެސް ހަށަން ބަދެލައިން ހުރީ ޒީޝާނަށް ބަލާށެވެ. މުޅި މޫނުމަތިން ހިތްދަތިކަން ފާލުވަމުން ދިޔައިރު އެ ދެލޮލުން އޮހޮރެމުން ދިޔައީ ކަރުނައެވެ. ނަމަވެސް ލޮލުން އޮހޮރެމުން ދިޔަ ކަރުނައިގެ އެއްވެސް އަސަރެއް ރިހާއަށް ނުކުރާފަދައެވެ. އެ ކަރުނަތައް ފުހުމުގެ ބަދަލުގައި ރިހާގެ ވާހަކަ ގެންދިޔައީ ކުރިއަށެވެ. މަޑުމަޑުން ޒީޝާންވެސް ރިހާ ގާތަށް ހިނގައިގަތެވެ. “މިއޮއްހާ […]
“އެކަމު މިއަދު ބައްޕަ އާއި މަންމަގެ އިންތިޒާރުގެ ނިމުން އަތުވެއްޖެ.” ނަސީމާގެ ގާތުގައި އިން ނިހާއަށް ބަލާލާ ހިނިތުންވެލަމުން ނަސީރު ބުނެލިއެވެ. ނަސީރުގެ ދެލޮލުން ފެންނަން ހުރި އުފާވެރިކަމެވެ. “ބައްޕަމެނަށް ނުވިކަންތައް ރިހާ ކޮށްދިނީ…” އެހިސާބަށް ބުނެފަ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ނަސީރު ވަށައިގެން ހޯދާލިއެވެ. ވަށައިގެން ބަލާލި އިރު ހުރިހާ ލޯތަކެއްހެން ވަނީ ނަސީރުގެ ވާހަކައިން އަސަރު ކޮށްގެން ފެންކަޅިވެފައެވެ. ނަމަވެސް އެ އެންމެންގެ ތެރެއިންވެސް ނަސީރު ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. […]
“ކީކޭ؟” މާހީ އެބުނި އެއްޗަކުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ މާހީ ބުނީ ތެދެއްކަން ޤަބޫލު ނުކުރެވިގެންނެވެ. ދެވަނަ ސިކުންތުގައި އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ރިހާ ވިސްނާލަމުން ވާހަކަ ދެއްކިއިރު ކުޑަވަރެއްގެ ހާސްކަމެއް އެމޫނުމަތިން ފާޅުވަމުންދިޔައެވެ. “ނޫން! އެހެނެއްނުވާނެ!…” ރިހާ ބުނަމުންދިޔަ ޖުމްލަ މެދުކަނޑާލީ މާހީއެވެ. “ކީއްވެ އެހެންނުވާންވީ؟ ލުކް އެޓް ޔޫ؟ ޔޫ އާރ ސޯ ބިއުޓިފުލް އެންޑް ޕާފެކްޓް، ހުރިހާ ގޮތަކުންވެސް… އެންޑް ޒީޝާން. ޒީޝާންވެސް އެހާ ރީތި، އެހާމެ ސްމާޓް. ދެމީހުން […]
ރިހާ ބޭރު ސިޑިން އަރަން ބޭނުންވިނަމަވެސް ޒީޝާން އެފުރުޞަތު ނުދިނުމުން ރިހައަށް މަޖުބޫރުވީ ސިޓިން ރޫމްއިން ލައިފަ އެންމެން ކުރިމަތިން ދިއުމަށެވެ. ނަސީރު ރިހާއާއި މެދު ކަންބޮޑުވާނެ ކަން އެނގޭއިރުވެސް އަދި ރިހާ އެގޮތަށް ނަސީރު ފިކުރު ކުރުމަށް ނޭދޭއިރުވެސް، މިވަގުތު އެއްވެސް މީހަކާ ކުރިމަތި ލާކަށް ރިހާ ބޭނުމެއް ނުވެއެވެ. ކުޑަ އިރުކޮޅެއްކުރިން ވެދިޔަ ކަންތަކާއި ރިހާ ހުރި ޙާލަތުގެ ސަބަބުން ރިހާގެ އެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ސިޓިން ރޫމަށް ވަދެގެން […]
………….މަޑުމަޑުން ދެލޯހުޅުވާލަމުން އޮވެވުނު ތަނަށް ރިހާ ނަޒަރު ހިންގާލިއެވެ. ވަށައިގެންވީ ކަނުއަނދިރިކަމެވެ. އެއްވެސް އެއްޗެއް ސާފުވާވަރެއް ނޫނެވެ. ތެދުވަންކުރަމުން ދިޔަ މަސައްކަތުން ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އޭގެއިތުރުން ރިހާގެ އަނގަ މަތީގައި ޓޭޕް ގަނޑެއް އަޅާ ބަންދުކޮށް، ދެއަށް ފުރަގަހަށްލައި އައްސާފަވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. ވަރަށް މަސައްކަތުން ތެދުވެ އިށީންތަނާ ކައިރިން މާހިދުގެ އަޑު އިވުނެވެ. “ލުކް އެޓް ޔޫ! ސޯ ބިއުޓިފުލް.” މާހިދު ރިހާގެ މޫނާ މޫނު ގާތް ކޮށްލާ ރިހާގެ […]