ޝެނިން އަހަރެންގެ ކޮލަށް ދޮނެއް ދިން ކަމުގެ އެއްވެސް އިޙްސާސެއް ނުކުރެވެއެވެ. ހަމަ ގަމާރެއްހެން ކޮލުގައި އަތް އަޅައިން ހުރެވުނީއެވެ. އޭނާގެ ތުންފަތުގެ އަލިފާން ހޫނު ކަމާއި ހެދިއެއް ނޫނެވެ. މިރޭ އިރަމް އާއި އެކު ހުރިއިރު ފެނުން ކުއްޖައާއި ހެދިއެވެ. އެއްކަލަ ކުއްޖައެވެ. ސްކޫލުން ފެނުނު ކުއްޖައެވެ. ފުރަތަމަ ކުރެވުނީ މީހަކު ފަހަތުން އަންނަ ކަމުގެ އިޙްސާސެވެ. ނަމަވެސް ކުރިމަތިން އެކުއްޖާ ފެނުމާއި އެކު ގަނޑުވީއެވެ. އަހަރެންނަށް އޭނާ ބަލަން ހުރީ އެހެން ކަހަލަ ގޮތަކަށެވެ. […]
(ވާހަކަ ހާއްސަކޮށްލަން ބޭނުން ވަނީ މާހާއަށް! އެއީ މި ވާހަކަ ފުރަތަމަ ކީ ކުއްޖާ، އިތުރަށް ވާހަކަ އިންތިޒާރު ކުރާތީ!) ޕްރޮލޮގް 18 އަހަރު ކުރިން ސަރަހައްދު: މާލޭގެ ކޮންމެވެސް ހިސާބެއް ރާއްޖޭގެ އާބާދީ: ގާތްގަނޑަކަށް ދޮޅު ލައްކަ “ޒާހިރު!” މަރައް ތެޅެމުންދާ އަޑަކުން އާމިރާ އޭނާގެ ފިރިމީހާއަށް ގޮވަމުން ދިޔައެވެ. އެތަށް ފަހަރަކު ގޮވުމުން ޒާހިރަށް އަޑުއިވުނެވެ. މެދުގޭގައި އިން ޒާހިރު ދުވަމުން ގޮސް ކޮޓަރިއަށް ވަނެވެ. ތަދެއްގައި އޮތް އޭނާގެ އަންހެނުން ފެނުމާއި އެކު […]