އަދި އޭނާގެ ބާރުގަދަ ޖާދުވީ ދެއަތުން މަންމަގެ ކޮޑުގައި ފިރުމާލަމުން މަންމަގެ އަތުގައި ބީހިލިއެވެ. މަންމައަށް އެވަގުތު އިހުސާންތެރިއެއްގެ އަތުގެ ބީހިލުން ފުރަތަމަ ފަހަރަށް ލިބުނު ކަމުގައި ޔަގީން ކުރެވުނެވެ. އަދި ލިބުނު ހިންހަމަޖެހުމަކާއި އެކު ދެލޯ މަރާލަމުން ބުނެލީމެވެ. “ކީއްވެ އެހާލަސްވީ؟” މަންމަ އަށް އެއްވެސް ޖަވާބެއްނުދީ އޭނާ މަންމަގެ ތުންފަތުގައި އިނގިލިއަޅާ ވާހަކަ ދެއްކުން މަނާކުރި އެވެ. އެކަމަކު މަންމަގެ މި އަނގަ އެކަމަށް އިންކާރުކުރި އެވެ. “އަޅެޕްލީޒް، ބުނެބަލަ ކިހިނެތް ވީ ލަސްވީ، […]
ހަވީރުގެ ހިއްފަސޭހަ ވަގުތުގައި ޝާލީ އިނީ އަތިރިމަތީގައި ހުރި ގަސްގަޑެގައި އިށީންދެގެންނެވެ. ގޮނޑުދަށައް ބިސާލަމުންދާ ރާޅުތަކުގެ މިއުޒިކީ އަޑުތަކުންވެސް ޝާލީގެ ހިތައް ފިނިކަމެއް ނުލިބެއެވެ. ޝާލީގެ އަތުގައި އޮތް ފޮތް ފުށުންޖަހާލުމައް ފޮތުގައި އަތް ކާތާލިއެވެ. އަދިފުން ނޭވައެއްލަމުން “މަންމަގެ ޑައިރީ” މިހެން ކިޔާލިއެވެ. ޝާލީއަކީ އުމުރުން އެންމެ 15 އަހަރުގެ ކުއްޖެކެވެ. ނިކަމެތި މަންމައަކަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެވެ. ފޮރުވިފައިވާ ސިއްރުތަކަކާއި ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އަބަދުވެސް ޝާލީ ވަށާލާފާވެއެވެ. ތަކުރާރުކޮއް އެސުވާލުތައް […]