“އައުޗް… މަންމާ…” ކެއްކުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެމެން އަވަސްވެގަތީ، ވީގޮތެއް ބެލުމަށެވެ. ********************** “މަގޭ ދަރި..” ޖަމިއްތައަށް ބާރަށް ބުނެވުނެވެ. އޭރު ވާތު ފައި ކުޑަކޮށް ހިއްލާލައިގެން ހުރި، ރިފާގެ ފައިން ލޭ އަންނަމުން ދިޔައެވެ. އާޔާ ދުވެފައި ރިފާގެ ކައިރިއަށް ގޮސް، އޭނާގެ ކޮނޑުގައި ހިފެއްޓިއެވެ. ރިފާގެ ދެތުންފަތް ޖައްސާ ބާރުކޮށްލެވިފައިވީގޮތުން، އޭނާއަށް ވަރަށް ތަދުވާކަން އެނގެއެވެ. މޫދުގައި އުޅުނު އެންމެންވެސް […]
“އޭނާ ދަންނަންތަ؟” ރިފާ ކުރި ސުވާލުގެ ސަބަބުން އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. ރިފާގެ މޫނަށް ވެރިވި ކުލަވަރުންނާއި، އެ އަޑުގައިވާ ހާސްކަމުން، އެމީހާ އެއީ އާދައިގެ މީހެއް ނޫންކަން އަހަރެންގެ ސިކުނޑި ދެނެގަތެވެ. ރިފާގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ސުވާލު އުފެދިފައެވެ. ********************** “ޝަބާ؟… އޭނާ ދަންނަންހޭ؟…” ރިފާ ދެވަނަ ފަހަރަށްވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ. “ނޫން… ނުދަންނަން… ނޭންގެ އެއީ ކާކުކަމެއް…” އަހަރެން […]
[ވީރާނާވެފައިވީ ޙަޔާތް މަގޭ – 13ވަނަ ބައިގެތެރެއިން] “ޝާހިދު… މިއީ ހަމަ އެ މަންޖެތަ؟” އަންހެންމީހާ، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، ޖަވާބަކަށް އެދި ބޮޑުބޭބެގެ މޫނަށް ބަލާލިއެވެ. ބޮޑުބޭބެ، އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، އަނެއްކާވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އެ އަންހެންމީހާގެ ދެލޯ ފެންކަޅިވެފައިވީގޮތުން، އަހަރެންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މަޑުމަޑުން ހިނގާފައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. މި އަންހެން މީހާގެ ސަމާލުކަން އަހަންނަށް ލިބުނުގޮތުން، ކަންބޮޑުވެފައި އަހަންނަށް ފަހަރަކު […]
ޖެހިލުންވެ ހުރެ، ރަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހީމެވެ. ރަޔާން ދޮރު ހުޅުވާލާ ބަލާލިއިރު، އެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ކުރިމަތީގައި ހުރީ އަހަރެންކަމާއިމެދު، ސުވާލު އުފެދިފައި ހުރިހެން ހީވިއެވެ. ********************** “ރަޔާން” ހިތްވަރުކޮށްލާފައި އަހަރެން ރަޔާންއަށް ގޮވާލީމެވެ. ހުއްޓުން އަރާފައި ހުރި ރަޔާނަށް ހޭވެރިކަންވީ، އަހަރެން ގޮވާލުމުންނެވެ. ދޮރުފަތް ބޮޑަށް ހުޅުވާލަމުން، އެތެރެއަށް ވަންނަން ބުންޏެވެ. އަހަރެން، ޔަމާންއާއި ދިމާއަށް ބަލާލީމެވެ. ޔަމާން ބޯ ޖަހާލުމުން، އަހަރެންވެސް ޔަމާންއާއިއެކު އެތެރެއަށް ވަނީމެވެ. ރަޔާން އެނދުގައި […]
މިގަޑީގައި އައީ ކާކުބާވައޭ، އަހަރެންގެ ހިތަށް އެރިއެވެ. ގޭގެ ހުރިހާ ފިރިހެންވެރިންވީ އޮފީހުގައެވެ. ދޮންބެދައްތަވީ ރީމާ ގޮވައިގެން، އެމީހުންގެ ތިމާގެ މީހެއްގެ ގެއަށް ގޮހެވެ. މަންމަ ބަލިވެ އުޅޭތީ މިއަދަކު، މަންމައެއް މިބަޔަކަށް ނާންނާނެކަން އަހަންނަށް އެނގެއެވެ. އެހެން ނޫނަސް، އަހަރެން މި އައީވެސް، މަންމަ ނިދަން އޮށޯތުމުންނެވެ. ސުވާލުތަކެއްގެ ތެރޭގައިހުރެ، ދޮރު ހުޅުވާލިއިރު، ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ********************** “ޝަބާ…” މަޑުމައިތިރިކަމާއެކު އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުން، އަހަންނަށް […]
“ކޮންމެހެން ރޯނެކަމެއް ނެތް… ތި ކަރުނަތަކުން އަސަރުކުރާނީ މަންމަމެންނަށް… އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ… މަންމައާއި ބައްޕަ ޝަބާ ބުނާހާ އެއްޗެއް ގަބޫލުކުރިޔަސް އަހަންނެއް ނުކުރާނަން… ފެންނަހާ ފިރިހެނެއްގެ ފަހަތުން އުޅެން ޖެހޭތަ؟؟… ކިހާ ދެރަކަމެއް… އަހަރެން ހިއެއް ނުކުރަން ތިއީ އެހާ ދަށުދަރަޖައިގެ މީހެއް ކަމަކަށް… ފައިސާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނަންދޯ؟” ރަޔާން އެންމެ ފަހުން ބުނެލި ވާހަކައިން، އަހަރެންގެ ކަރުނަތައް ކުއްލިއަކަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ރަޔާންގެ މޫނަށް ބަލާލެވުނެވެ. ********************** […]