– 3 އޭޕްރީލްގެ ބަޔާއި ގުޅޭ – “ވަރަށް ސަޕްރައިޒް ދޯ ލައި…. މަންމައަށް ފެނުނޭ ލައިގެ ފޮޓޯތައް…ނާހިލް ވަރަށް ސިއްރުން ގެންގުޅޭނީ..އެކަމަކު ނާހިލްގެ ކޮއްކޮ ޒަވުޝްއަށް ސިއްރުން އެއްޗެއް ނުގެންގުޅެވޭނެ. އެއީ މަންމަމެންނަށް އެނގުނު ގޮތަކީ. އޭރުވެސް މަންމަ ނުދެނެހުރިން މިއީ އަހަރެމެންގެ ދަރިއެއްފަދަ ކުއްޖެއް ކަމެއް.” ޒޫނާ ހިނިއައިސް އިނދެ، ކިޔައިދޭންފެށިއެވެ. އެހެނަސް ފޮޓޯތަކެކޭ ބުނި އަޑު އިވުމުން ލައިޝާއަށް ނާހިލްއަށް އަވަސް ނަޒަރެއް ދެވުނެވެ. ކުއްވެރިއެއް ފަދައިން ނާހިލް އިސް ޖަހަލުމުން ލައިޝާއަށް […]
“އެކަނި މާއެކަނި ކޮންތަނަކުން؟ އަހަރެން މިއައީ ޔާނު.. އޯ ސޮރީ.. ޔާނާ ހޯދަން ގެއަށް ގޮސްފަ. ޔާނާ މަންމަ ބުނި ބޭރަށޭ ދިޔައީ. އެހެންވެ ހަމަ ނުކުމެ ހިނގައިގަތްތަނުން މި ދިމާވީ.” އާއިޒު ސުވާލު ކޮށްލިއެވެ. ނަމަވެސް ޔާނާ އެއްވެސް ޖަވާބެއް ނުދީ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ އާއިޒުއާ ވާހަކަދައްކަން ބޭނުން ނުވަނީއެވެ. “ޔާނާ. ކީއްވެ ތިހެން ތިހަދަނީ. އަހަރުމެން މިއީ ކުރިއަށް އޮތްތަނުގަ އެއްކޮށް އުޅެންތިބި ދެމީހުނެއްނު. ދެން ކީއްވެ މާ ބީރައްޓެހި ވެގެން ތިއުޅެނީ. […]