ފަހަރު ތަޢުބާ ވެވުނު ޖިހާދު1000 މުސައްނިފާ ރޯޒީ ކޮންމެ އަންހެއްކުއްޖެއްގެ ހަޔާތަކީ ފަލްސަފާއެކެވެ. އޮޅުން ބޮޅުން ގިނަ ހާދިސާ ތަކެކެވެ. ރައިހާނާގެ ހަޔާތުގެ ހާދިސާތަކަކީވެސް ހަމަ މިކަހަލަ ހާދިސާ ތަކުން ފުރިފައިވާ ހަޔާތުގެ ސޮފްހާތަކެކެވެ. ރައިހާނާ ބޭނުންވަނީ އޭނާގެ ހަޔާތުގެ މިހާދިސާތަށް މިފޮތުން ކިޔާލާފަ ކޮންމެ މީހަކުވެސް ރަނގަޅު ފިލާވަޅެއް ދަސް ކުރުމަށެވެ. އަހަރެންނަށް މިފޮތް ލިބުނީ އަހަރެން ދަތުރު ކުރަމުން ދިޔައިރު ދަތުރުގަ ދިމާވި އަރަބި ކުއްޖެއްގެ އަތުންނެވެ. ލަންކާގެ ޓާމިނަލް ތެރޭގައި އަހަރެން އިނީ […]
“އަހަރެން އެވާހަކަތައް ޒިޔާއަށް ކިޔައިނުދިނީ އަހަރެން ތައުބާވެފައިވާ ކަމެއްގެ ވާހަކަ ދައްކަން ބޭނުން ނުވާތީ” ކުރިމަތީގައި އަހަރެންގެ އަންހެނުން ޒިޔާދާއަށް ވިސްނައިދެވޭތޯ ބަލަމުން ބުނީމެވެ. “އެކަމަކުވެސް ނާއިޒްގެ ފަރާތުން އެކަން ނޭނގި ދުރުމީހެއްގެ ފަރާތުން އެނގުމުން އަގަރެން ވަރަށް ބޮޑަށް ދެރަވެއްޖެ.. އެނގޭ ތައުބާ ވެފައިވާ ކަމެއްގެ ވާހަކަ ދައްކަން ނުޖެހޭނެކަން.. އެކަމަކު ކަންތައްވީގޮތުން ރުޅިއާދެވުނީ… ސޮރީ” ޒިޔާދާ އަހަރެންގެ ކައިރީގައި އިށީންދެ އަހަރެން ކޮންޑުމަތީގައި ބޯއަޅާލިއެވެ. އެވަގުތު އަހަރެން ހަނދާނަށް އަންނަމުން ދިޔައީ އަހަރެންގެ ހިތި […]
” ކޮބާ އާދަނާ ޙާލު އަޙުވާލު ކިހިނެއްތަ؟ ” އިބްރާހީމްބެ އައިސް ހޮޅުއަށީގައި އިށީންނަމުން ބުންޏެވެ. ” ﷲ އިރާދަކުރެއްވީތީ މިވަގުތު ވަރަށް ރަނގަޅު. އިބްރާހީމްބެ ކިހިނެއްތަ؟ މާލޭގައި އުޅެލާފަ ރޯދައަށް ރަށަށް ޖައްސާލީދޯ؟” އާދަނު އަހާލިއެވެ. ” ރަނގަޅު! އާނ! މިފަހަރު ހިތަށްއެރީ ރޯދައަށް ރަށަށޭ އަންނާނީ. ރަށަށްވެސް އަންނަންވާނެއެއްނު. މިހާރު ފަނަރަވަރަކަށް އަހަރު ވެދާނެ ރަށަށް ނާންނަނީ. އާދަނު ވަރަށް ބަލިވި ވާހަކަ އަޑުއެހިން. އެކަންތައް ކިހިނެއްތަވީ؟ ގައިމު ނުލާހިކު ލޯބިން ގުޅިގެން އުޅުނު […]
މެދުގައި ހުރި އަލިފާންގަނޑަށް އަހަރެން ބަލަންހުރީ ވާނުވާ ނޭނގޭތީއެއް ނޫނެވެ. އެކަމުން ރެކެވެން ނެތީމައެވެ. މަޖުބޫރީ ހާލަތުގައި ހެދޭނެ އެހެން ގޮތެއް ނެތީމައެވެ. އަލިފާންގަނޑު ވަށާ ޖަހަމުންދިޔަ ހަތްވަނަ ބުރާއެކު އެމީހުން އެކުރަންޖެހޭ ކަމެއްކޮށް ނިންމީ އަހަރެންގެ ކައިވެނިވެސް ކުރެވިގެންނެވެ. އެއީ އަހަރެމެން މުސްލިމުން ކުރާ ކައިވެއްޏާ ތަފާތު ގޮތަކަށް ކުރެވޭ ކައިވެއްޏެކެވެ. އާނއެކެވެ. އަހަރެން ފަދަ މުސްލިމް އަންހެންކުއްޖެއްގެ އަލަތު ކައިވެނި ނިމިގެން އެދިޔައީ ހިނދޫ މީހަކާ އެކުގައެވެ. ރުހުމާނުލައި ގަދަބާރުންނެވެ. އަހަރެންގެ މަންމައަކީވެސް އަހަރެން […]
ކާލާ މަންނަ މޭޒު މަށްޗައް ވައްޓާލަމުން، ކޮބާ ތަރާވީހެއް ނެތްހޭ ކިޔައި، އަހަރެން ސަމާސާ ރާގަކަށް އެކުވެރިންނަށް ސުވާލުކޮށްލީމެވެ. ތާސްކުޅުމުގެ ގަދަ ފޯރީގައި އަހަންނާއި އަހަރެންގެ އެކުވެރި އަމްޖަދު، ދާނިޝް އަދި ޒާޖިލް ތިބީ ކުޅުމުގެ ތެރައަށް ގެއްލިފައެވެ. ރޯދަ ކުރުކޮށްލުމަށް ތާސްކުޅުމަކީ އަހަރެމެން އަބަދުވެސް ކުރާކަމެކެވެ. މެންދުރު ނަމާދު ވަގުތުގައި އެންމެދަނީ ދާނިޝްމެން ގެޔަށެވެ. ކޮންމެޔަކަސް އަސްރު ނަމާދުގެ ވަގުތަށް އަހަރެމެން ތާސްކުޅުން ހުއްޓާލީ އަމްޖަދުމެން ގެޔަށް މިރޭ ތަރާވީހަކަށް ދިޔުމަށް ނިންމައިގެނެވެ. ” އަފްރާހު… […]
ފެން ހުސްކުރި ބިއްލޫރިތަށި މޭޒުމަތީގައި ބަހައްޓަމުން ނޫރު އެނބުރިލީ އޭނާގެ ފަހަތުގައި ހުރި އޭނާގެ އަނބިމީހާ ޙުމޭރާ އާއި ވީ ފަރާތަށެވެ. ދެއުކުޅުގައި އަތް ވިއްދާލަމުން ހަށިފުރާ ނޭވައެއްލީ މީހާ ހަމަޔަކަށް އެޅިލުމަށްޓަކައެވެ. “ޙުމޭ ދުވަހަކު ވެސް ޖަވާހިރެއް ދެކުނިންތަ؟ އެއީ ކުޑަކުޑަ ގާކޮޅެއްގެ މިސާލަށް އޮންނަ އެއްޗެއް. ވީއިރު ޙުމޭ އެއަށް ލޯބިކުރަނީ ކޮން ސަބަބަކާ ހުރެތަ؟ އެއީ ހޯދަން އުނދަގު އެއްޗެއް ވީމަތަ؟ ނޫނީ ބޮޑު އަގުގައި ނޫނީ ގަންނަން ނުލިބޭނެ އެއްޗެއް ވީމަތަ؟ […]
ދިހަބުރިއަށް ނަގާފައިވާ އުސްއިމާރާތުގެ ޓެރެސްމަތީގައި ހުރިއިރު އަކްޔަންގެ ނަޒަރުހުއްޓިފައިވަނީ ހުޅަނގުފަރާތުގެ އުދަރެހަށެވެ. އޮއްސެމުންދިޔަ، އިރުގެ ރަންދޯދިތަކުގެ ސަބަބުން ރަތާއި، އޮރެންޖް އަދި ރީދުލުގެ ހިތްގައިމުކުލަތަކުން އުދަރެސް ފެވެމުންދިޔައެވެ. ދުރުދުރުން އުދުހެމުންދާ ދޫނިތަކުގެ ހަރަކާތްތަކުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އެހިތްގައިމު މަންޒަރަށް ހިތްދޫކޮށްލައިގެން ހުރިނަމަވެސް އަކްޔަންގެ ސިކުނޑީގައި ދައުރުވަމުންދަނީ މުޅީން އެހެން މަންޒަރެކެވެ. އެއީ މީގެ އަހަރެއްހައި ދުވަސްކުރީގެ ހަނދާންތަކެކެވެ. **** އެއީ އެއަހަރުގެ ބޮޑުއީދެވެ. އީދު ފާހަގަކުރަން އަކްޔަން ދިޔައީ އޭނަގެ ވަރަށްގާތް ރަހުމަތްތެރިއެއް ކަމަށްވާ […]
ފަހީމާ އޭނާގެ ދަރިފުޅު ރީނާ ގެންގުޅެނީ ނުހަނު ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ. އެއީ އޭނާގެ ހަޔާތުގެ ފިނިކަމެވެ. ހިތުގެ ތެޅުމެވެ. ދެދުނިޔޭގެ އުފަލެވެ. އޭނާ ދެކޭގޮތުގައި އެއީ އޭނާއަށް ލިބިފައިވާ އަގުބޮޑު ޖަވާހިރެކެވެ. ރީނާގެ އުމުރުން އަށާރަ އަހަރު ވީއިރުވެސް ރީނާގެ އެއްވެސްކަމެއް އަމިއްލައަކަށް ނުކުރެއެވެ. ހުރިހާކަމެއްވެސް ކޮށްދެނީ އޭނާގެ މަންމަ އެވެ. ބޮލުގައި ފުނާއަޅައިދެނީ މަންމައެވެ. ގަޔަށްލާ އަންނައުނު ދޮވެދީ އިސްތިރިކޮށްދެނީ މަންމައެވެ. އެންމެ ކުޑަމިނުން ބުއްތަށްޓެއްވެސް އަމިއްލަ އަތުން ގިރައިގެނެއް ނުބޯނެއެވެ. ފަހީމާ ދެކޭގޮތުގައި […]
އަހަރެން އޮތީ އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ކައިރީގައި ހުރި އެނދުގައި އޮތް ހަތް އަހަރުގެ ދަރިފުޅަށް އިރުއިރުކޮޅާ ބަލާލެވެއެވެ. އެނދުގެ އެއްކައިރީގައި ހުރި ގޮނޑިއެއްގައި ހަފްސާ އިނެވެ. ސާރާގެ ބޮލުގައި އިރުއިރުކޮޅާ ފިރުމައިލައެވެ. އުތުރިއަރަމުން ދިޔައީ މައިވަންތަ ކަމުގެ ކުލުނެވެ. ހަފްސާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި ފޮހެލިތަން އަހަންނަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. ކިތަންމެ ދެރަވިޔަސް ދަރިފުޅުކުރިމަތީގައި ފިނޑި މީހަކަށް ވާން އަހަރެން ބޭނުމެއް ނޫނެވެ. އަދިވެސް އެ ދަރިފުޅާއިމެދު ކުރެވެމުންދާ އުންމީދެއްގެ […]