ކުރަނީ އަސަރު ކީއްވެހޭ މިހިތަށް ފެނުމުން ކަލާ ހުވަފެނުން ތިޔަސޫރަމެ އަބަދުހެން ފެންނަނީ މެރުމުން ދެލޯ ހުވަފެނުން މަރަނީ ދެލޯ އަޅާ ވޭނުން ނިކަން ނިދުމުން ކަލާ ސިފަވުމުން ލިބިދޭ ވޭނަށް ކެތްނުވެޔޭ ވެވުމުން ތިޔަ ހަނދާން ހުވަފެނުން ފަވަނީ މާޒީގެ ފޮނިފުން ހަނދާންތައް އަކުރުގެ ރަން ގަލަމަކުން އަހަރުއެތައްވީ ފުން އިޙުސާސްތައް ކުރަނީ ފެނުމުން ހުވަފެނުން ކުރަމޭ ސުވާލު މިހިތާއި ޝަކުވާއިން ފެނެނީ ކީއްވެހޭ އަބަދުހެން ކުރަނީ އުނދަގޫ އެހަނދާންތަކުން ފެނުމުން އެކަން ހުވަފެނުން ކަރަނީ […]
ވިރާޝާ ގޮސް ގޭގެ މައި ދޮރާށި ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ލިބުނީ އަޖައިބެއްކަހަލަ ހައިރާންކަމެކެވެ. ކުރިމަތީގައި އިސް އޮބައިލައިގެން ހުރީ ސަމާހެވެ. ” ކީއްކުރަން މިގެއަށް ތިއައީ! މާލެއިން ވަންނާނެ ތަނެއް ނުލިބުނީތަ؟ މިހާ ފަތިހަކާ ތިއައީ!! ” ވިރާޝާގެ ރުޅިހުރީ އިންތިހާއަށް އަރާފައެވެ. ” ނޫން! ތިހެންނުބުނޭ! އަހަރެން ވިރާދެކެ ވަރަށް ލޯބިވޭ! އެހެންވެ ވިރާ ދެކިލަން އާދެވުނީ! ” ސަމާހުގެ އަޑު މަޑެވެ. ” ލޯތްބޭ! ކަލޭ ލަދެއްނުގަނޭތަ؟ ލޯތްބަކީ ކޮންއެއްޗެއްކަން ކަލެއަށް އެނގޭތަ؟ […]
މާދަމާ އަކީ އަހަރެން އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. މަންމަގެ އެދުމުގެ މަތިންނެވެ. މިހިތާމަތަކާ ދުރަށްދެވޭތޯއެވެ. އެކަމަކު ދާހިތެއްވެސް ނެތެވެ. ޝާހިދުގެ ސަބަބުންނެވެ. މަންމަމެން ކިތަންމެ ގަބޫލަސް އަހަރެންނަކަށް ޝާހިދަކާ ނުރުހެވޭނެއެވެ. ޝާހިދަކީ ކިޔަވައިގެން ހުރި މުއްސަނދި އާއިލާއެއްގެ ކުށްޖެއްކަމުން މަންމަބޭނުންވަނީ އަހަރެން ޝާހިދާ ގުޅޭށެވެ. ޝާހިދުވެސް އަހަރެންނާ ވަރަށްގަބޫލެވެ. އޭނާގެ އަމަލު ތަކުންނާއި ވާހަކަތަކުން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޝާހިދު އަބަދުވެސް އުޅޭނީ އަހަރެމެންގެ ގޭގައެވެ. އަހަރެންނަށް މިހާރު މިހުރެވުނީ ދެކަފިވެފައިވާ މަގެއްގެ […]
ހަމަދެންމެ އެއިވުނީ ގަޑިން މެންދަމު ބާރަޖެހި އަޑެވެ. ވިރާޝާ އަކަށް ނުނިދުނެވެ. އޭނާ ނިދޭތޯ ވަރައްމަސައްކަތް ކޮށްފިއެވެ. އެކަމަކުވެސް ކާމިޔާބުވާ ގޮތެއްނުވިއެވެ. ރަތްކުލައިގެ ފަނޑު އައްޔެއް ކޮޓަރިއަށް ވެރިވެފައި ވުމުގެ ސަބަބުން އިތުރަށް ވިރާޝާގެ ހިތް ބިރުގަނެ ހާސްކުރުވާފައިވެއެވެ. އޭނާ ބޯ އަޅައިގެން އޮތް ބާލީސް ވަނީ ތެމި ފޯވެފައެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު މުޅި ކޮޓަރި ތެރެއަށް ފެތުރިފައި ވެއެވެ. ވިރާޝާ ރޮއިރޮއި ހަލާކުވާން ކައިރިވެއްޖެއެވެ. އޭނާގެ ހިތް ހަލާކުވެއްޖެއެވެ. ސިކުނޑި ވަނީ ވަރުބަލިވެފައެވެ. މުޅިމީހާ […]