އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. އަހަރެން އިނީ ބުރުޒުމަގު ފްލެޓް ފާރު މަތީ ސިނގިރޭޓެއް ރޯކޮށްލައިގެންނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަހަރެންގެ އެކަނިވެރިކަމާއި ދޭތެރޭގައެވެ. އަހަރެން ފަހީމާއްތަގެ ގެއިން ނެރެލީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަހުންނެވެ. އަހަރެންގެ މަންމަ މިދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ބައްޕަ ވަނީ އަހަރެންނާއި ގުޅުން ކަނޑާލައިފައެވެ. ގިނައެކުވެރިންތަކެއް ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ދުވަސްތައް ގުނަމުން ދަނީއެވެ. އަހަރެންގެ ޢާއިލާއެއް ނެތެވެ. އެއްބަނޑު ތިމާގެ މީހެއް ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއް […]
ހަނދާންތައް މަޒީވެގޮސް ހަޔާތުން އެތައް އަހަރުތަކެއް ވެއްޖެކަހަލަ، އަހަރެންގެ އުމުރުން 19 އަހަރު ވެސް ހީވީ، މިއަނިޔާވެރި ދުނިޔޭގައި ގަރުނެއް ވެދިޔަހެން، އމުރުން 07 އަހަރުގައި ބައްޕަ މިދުނިޔެދޫކޮށްދިޔަ، އަނިޔާ ލިބޭނީ ހަމައެކަނި ތަޅައި އަނިޔާކޮށްގެން ނޫންކަން އަހަންނަށް އިޙްސާސްކުރެވުނު ދުވަސްތަކެއް ހަޔަތުން ގުނަންފެށުނު، މަންމަ އެހެން މީހަކާ ކައިވެނިކޮށް، ދޮންބައްޕަ އަހަންނާ ދިމާލަށް ރުހުމުގެ ލޮލުން ބަލައިނުލާތާ، ގޭތެރޭގައި އަހަރެން ހިނިތުންވެ ވާހަކަ ދައްކައި އުޅުންވެސް މަނާކުރި، މަންމައަށް އެއިން އެވެސް ކަމެއް ނުވިސްނޭ ކަހަލަ، […]