އަހަރެންގެ ކޮޓަރީގައި މީހަކު ޓަކިޖަހާލުމުން ދޮރު ހުޅުވާލީމެވެ. އެއީ ހަމްދާނާއި އެގޭގެ ވެރިމީހާއެވެ. މުސްކުޅި ބޭބޭއެކެވެ. އެބޭބެ އަހަރެންނަށް ބޮކޮޅޭ އާއި ބެހޭގޮތުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާދެކެ އެންމެން ބިރުގަންނެ، ޖެހިލުން ވަނީ ކީއްވެގެން ކަމެވެ. ބޮކޮޅޭ އަކީ އެއްކަށިވީރެކެވެ. އާދައިގެ 10 މީހުންގެ ބާރު އޭނާ ގާގައި އެކަނި ހުއްނަ ކަމަށް ވެއެވެ. އޭނާގެ ނުބައި ނުލާފާކަން އެހާ ގަދަކޮށްލައިގެން އުޅެނީ އެހެންވެއެވެ. އަދި އެކަމާއި މީހަކަށް ބަހެއް ބުނަން ނުކެރިގެން އުޅެނީ ވެސް […]
އެރޭ އެގެޔަށް ބޮކޮޅޭ އައީ ގޮސް އެގާރަ ޖަހާދިޔަ ފަހުންނެވެ. އެދެމައިންގެ ނަސީބުވެސް ރަނގަޅެވެ. ކައި ނިމުމާއިއެކު އަނެއްކައިވެސް ނިކުމެގެން ދިޔައީއެވެ. އަހަރެން ހުރީ އެވަގުތަށް ބަލަބަލައެވެ. އެމީހާގެ ފަހަތުން ކަހަލަގޮތަކަށް އަހަރެންވެސް ނިކުތީމެވެ. މަގުމައްޗަށް ނިކުމެގެން ހިނގައިގަންނަންދެން އަހަރެން ހުރީ އެއްފަރާތެއްގައި ނުދެނެހުރިކަމަށް ހެދިގެނެވެ. ބޮކޮޅޭ ގޮސް ޖެހިގެން ހުރި ގޯޅި އެޅުމާއިއެކު އަހަރެންވެސް ގޮސް އެ ގޯޅި އެޅީމެވެ. އޭނާގެ ފަހަތުން އަހަރެން ފާރަލަމުން ދިޔައީމެވެ. އެކިހިސާބު ތަކުގެ ބޮޑެތިން އޭނާ ފެނުމުން އަތް […]
މިވަގުތު ގޭގައި ތިބީ ރާޔާ އާއި ބޮކޮޅޭ އާއި އެކަނިކަން އެނގުމާއިއެކީ އަހަރެންގެ ސިކުނޑިނުބައި ސިގްނަލެއް ދީފިއެވެ. އަނެއްކާ މިވަގުތު ރާޔާ އާއި ދިމާކޮށްލައިފިއްޔާ ވަކި އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރާޔާ އަށް ވަކި ހެދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރާޔާގެ ނިކަމެތިކަން އިޙްސާސް ކުރެވިފައެވެ. ރާޔާގެ ޙިމާޔަތަކަށް ވެހުރުމަށް ހިތް އެދުނެވެ. ރާޔާއަށް ޓަކާ މުޅި ދުނިޔެއާއި އެކަނި ކުރިމަތިލާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ. އެމީހާ ތެދުވެގެން […]
އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ […]
ސިއްސައިގެން ދިޔައީ ފައިގެ ބޮޑުވާ އިނގިލި ތެޅިގަތީމައެވެ. ހަންގަޑު ދޫވެ ނާރުއަރާ ދެއަތަށް ގަދަޔަށް ހޫރެނީއެވެ. ނިޔަފަތިގަނޑު ނުލާހިކު ގަދަ ހުދުކުލަޔަކަށް ބަދަލުވިއެވެ. ނިޔަރޮދި ބޭރަށް ނިކުންނަން ފެށިއެވެ. އެއަށްވުރެ ތިރިން ފަޅާފައިހުރި ދެތިން ލޯލި ދިގުވެ ބޯވެ ކަޅުވާން ފެށިއެވެ. ދެފަރާތަށް ގިނަވެފަ ހުރިހަންތަކުން އުފެދެންފެށީ ކަރުންމަތީގެ ގުނަވަނެއްގެ ސިފައެވެ. ހުދުކަން ގަދަވަމުން ދިޔަ ނިޔަފަތި ދެބަޔަށް ބެހެން ފެށިއެވެ. ވަށްކޮށް އަނެއްކާވެސް އެއްކަހަލަ ދެގުނަވަން އުފެދިގެން ދިޔައެވެ. ނިޔަރޮދި ދެބައިވެއްޖެއެވެ. މެދުތެރެއިން ނިޔަފަތީގެ ހުދުކަން […]