ވަޅުތެރެއަށް ދާނި ގަންބައިލުމާއެކު ފެންކޮޅެއްގައި ނުޖެހިގޮސް ދާނި ޖެހުނީ ވަޅުގެ އެންމެ ފުލުގައެވެ. ވަޅުން ފެންހުސްވުމުން ހަސީނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. “ވަޅުން ފެން ހުސްވެދާނެބާ؟!؟!” ރެއަކީ ކަޅުފޮއި ރެއެކެވެ. އުޑުމަތީގައި ހަނދެއް ނެތެވެ. އުޑުމަތިން ފެންނަނީ ވިދާ ބަބުޅާ ތަރިތަކެވެ. އެއް އަރިމަތީގައި ހުރި ބިޔަ ބަނބުކެޔޮ ގަހުން ހީވަނީ ބިރުވެރި ސިފަތަކެއް ދައްކުވައިދޭހެނެވެ. ވަޅުތެރެ އަނދިރިކަމުން ވަޅުން އެއްޗެއް ނުފެނެއެވެ. ހަސީނާ ދެން ދިޔައީ ގިފިލީ ދޮރުގައި އަޅުވާފައިހުރި ބައްތިބަލައެވެ. ބަތިއާއި ކައިރިވުމުން ބައްތީގެ […]
ހަފްތާއެއް ފަހުން ޒިބާން ފެނުމުން މަންޝާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ. ޒިބާން އަތް ހަނާ އަޅާލިއެވެ. މަންޝާއަށް އުފަލުން ތެޅިގަނެވުނެވެ. މަންޝާއަށް ކުރަމުން ދިޔައީ އާދަޔާޚިލާފް އިހްސާސްތަކެކެވެ. ކަންތައްވީ މަންޝާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. މަންޝާ ހީކުރީ ދެން ޒިބާން މަންޝާއާ ބައްދަލުކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. މަންޝާވެސް އަތް ހަނާ އަޅަން އަތް އުފުލާލިއެވެ. ލަދުރަކި ހިނިތުންވުމަކާއި އެކީގައެވެ. ނަމަވެސް ހަމައެވަގުތު މަންޝާއަށް ސިހުމެއް ލިބުނީ […]
ފޯނުން ގުޅަައިގެން ވާހަކަ ދެއްކިއިރު ޒިބާން ދެއްކި ވާހަކަ ހަނދާންވުމުން މަންޝާއަށް ކަމެއް ރޭކާލިއެވެ. ނަމަވެސް ދެމީހަކު ބުނާ ވާހަކައެއް އެހާ ބޮޑަށް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަޒީމާ ކައިވެނިކޮށްގެން އުޅޭތާ ހަތްއަހަރު ވީފަހުން ފުރަތަމަ ފެނިލުމުންވެސް ކަމުދިޔަ ވާހަކަ ބުނަންވީ މިއަދު ހެއްޔެވެ. ނޫނީ އަޒީމަށް ކަމެއް އެނގުނީ ހެއްޔެވެ. ޒިބާން ގުޅާ ކަމާ ޒިބާނާ މަންޝާ ވާހަކަ ދެއްކިކަން އަޒީމަށް އެނގުނީ ހެއްޔެވެ. އެކަަން އަންގާލަން ފަހަރުގައި އެހެން ބުނީ ކަންނޭނގެއެވެ. އެހެންވެއްޖިއްޔާ އަޒީމް […]
ޕާރުސަލް ބޭރުގައި ލިޔެފައިވާ ނޯޓުކޮޅު ކިޔާލުމަށްފަހު ނަވާފާ ދިމާލަށް މަންޝާ ބަލާލިއެވެ. “ޒަފްރީން… މާޝާﷲ… ވަރަށް ލޯބި ނަމެއް….” “އާން މި ހިފައިގެން ނާދެވިގެން މިއުޅުނީ….. ބައިވަރު ގޭތަކަށް ގޮއްސަ މިގެއަށް އެންމެ ފަހުން މިއައީ… މަންޝާއަށް އެވަރަށް ގުޅީ ގޭ ބޭރަށް ނުކުމެބަލާށޭ ބުނަންވެގެން….” މަންޝާއަށް ގުޅި ސަބަބު ނަވާފް ހާމަކުރިއެވެ. “އަޅެ ސޮރީ…. އަހަރެންނަށް ނިދުނީ… ނޭނގެ… މިހާރު ވަރަށް ގިނައިން މަންގެ ފޯނަށް އެހެންވޭ… ފޯނު އެކްސަޕަޔަރ ވަނީ ތޯއްޗެއް… ވަރަށް ބޯކޮށް […]
“ކާކު… ކާކު….” ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ. އޭރު އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވަނީ ތެމި ފޯވެފައެވެ. މަންޝާ ކުރިޔަށް ޖެހެމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތައް މަންޝާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ދެލޯ ހަނިކޮށްގެން ހުރެ އެމީހާއާ ދިމާލަށް ބަލަމުން ދިޔައީ ބުރަމުންދިޔަ ފެންތިކިތަކުން އުނދަގޫ ވާތީއެވެ. މަންޝާއަށް އެއީ ކާކުކަން ނަގައިގަނެވުނެވެ. “ޒިބާން….” އެ ޒުވާނާގެ ނަމުން ގޮވާލަމުން މަންޝާ އޭނާގެ ކޮނޑުގައި […]
“މަންޝާ… ދެން ބޭބެ ގޮސްލަނީއޭ…. އަދި ފަހުން އަންނާނަން… މުނީރާ ވަރަށް ސަލާމް ބުނި…” ގެއިން ބޭރަށް ނުކުންނަމުން ހަސަންބެ މިހެން ބުނެލިއެވެ. އެޕާރޓްމެންޓްގެ ދޮރުފަތް ލައްޕަމުން މަންޝާ ހިތާ ހިތުން ބުނެލިއެވެ. “އަންނާނެކަމެއް ނެތް…. ކޮންފަދަ ސިޑިން ވެއްޓި ތަނެއް ބިނދޭނެ ނަމަ…” މަންޝާ ދޮރުފަތް ލެއްޕުމުން ހަސަނު މަޑުމަޑުން އޭނާގެ އަތުން ކުރިމަތި ފަރާތުގައި ފިރުމާލީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. ދެފައި ފިއްތައިގެން ހިނދުކޮޅަކު ހުރުމަށްފަހު ސިޑިން ތިރިއަށް ފައިބަން ހިނގައިގަތެވެ. ހަމައެވަގުތު ސިޑި […]
ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކޮތަޅުގައި ހުރި ހެދިކާތައް ތައްޓަކަށް އަޅަންހުއްޓާ މަންޝާގެ ފޯނު ގެނެސް މޭޒުމަތީ ބޭއްވުމަށްފަހު އަޒީމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ. ފޯނު ނަގާ ކޯލް ލިސްޓު ބަލާލީ އަޒީމް ދެންމެ ވާހަކަ ދެއްކީ ކާކާތޯ ބަލާށެވެ. ކޯލް ލިސްޓުގައިވާ ނަންބަރަކީ މަންޝާވެސް ދަންނަ ނަންބަރެއް ނޫނެވެ. ނަމަވެސް އެ ކޯލަކީ އިންކަމިންގް ކޯލެއް ކަމުން މަންޝާ ކޮޓަރިއަށް ދިޔައީ އެ ގުޅި މީހަކު އަޒީމް ގާތުން އޮޅުން ފިލުވާށެވެ. “ދެންމެ އެ ގުޅީ […]
ފާޚާނާ މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި މަންޝާ ދިޔައީ މޫނު ގައި އަތުން ފެން ހާކަމުންނެވެ. ލޯގަނޑަށް ބަލަންހުރީ ދެންމެ މޭ ނުބައިކޮށްފާ ހޮޑުލެވުމުން އެވީ ގޮތުން ހިތުގައި ސުވާލުތަކެއް ފެންމަތިވެފައެވެ. ފާޚާނާ ތެރޭގައި ހުއްޓާ ކުއްލިއަކަށް މުޅިތަން އަނދިރިވެގެން ދިޔައެވެ. މަންޝާއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. އެވަގުތު ފާޚާނާ ތެރޭގައި މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. މަންޝާގެ ކޮންމެ ހަރަކާތަކަށް އޭނަ ފާރަލަމުން ދެއެވެ. އެދިޔައީ ކަރަންޓްކަން އެނގުމުން އަވަސްއަވަސް […]
މާ ގިނަ އިރުތަކެއް ނުވެއެވެ. މީރާ ފާޚާނާއިން ނުކުތެވެ. އަނެއްކާވެސް ރިޔާޒް އެނާގެ އެސްފިޔަތައް ލައްޕާލީ ނިދާކަމަށް ހަދާށެވެ. މީރާ ރީތި ވެލިއެވެ. އަދި ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަ ދެއްކިއެވެ. “މަންމާ… ކޮންތާކު؟… ރިޔާޒް ނިދާފަ އޮތީ… އޯކޭ އަހަރެން މިދަނީ ޓެކްސީއެއްގަ…” އެފޯނު ކޯލު ކަނޑާލުމަށްފަހު މީރާ އަނެއްކާވެސް ފޯނުން އެހެން ނަންބަރަކަށް ގުޅާލިއެވެ. އަލަމާރި ތެރެއިން އަތް ދަބަސް ނަގައިގެން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަަހު ލޯގަނޑުން ފަރިބަލާލިއެވެ. “ހަލޯ، ޓެކްސީއެއް […]