“ހޫމް..މިހާރު ތިހެން ދުރުން ބަލައިލައިގެން ހިތްހަމަ ޖައްސާލާ…ފަހުން އަދި މާ ކައިރިން ދޮނާއަށް ބެލޭނެ ދޯ..” އެތަނުގައި އިން ޒާރާ ލައިޝާގެ އަތުގައި ކުޑަކުށް ޖަހާލުމަށްފަހު އެހެން ބުނުމުން ދެން ތިބި ކުދިންވެސް އޭނާއާއި ބައިވެރިވިއެވެ. އެމީހުން ކިޔަމުން ދިޔަ އެއްޗެހި ވަރަށް ރަނގަޅަށްވެސް ނާހިލްއަށް އިވުނެވެ. ކުޑަކޮށް ހެވިފައި ހުރެ އޭނާ މިޞްރާބު ޖެހީ ގޭގެ ބޮޑު ދޮރުން ނުކުތުމަށެވެ. އޭރު ޒޫނާ އަތަށް ކޮތަޅުތަކެއް ލައިގެން ހުރެ ގެއަށް ވަންނަން އައެވެ. “މަންމާ…އިރުކޮޅެއް ވެއްޖެ […]
“ދޮންބިސް ދެން ތިހާ ވަރަކަށް އިމޯޝަނަލް ވާނެ ކަމެއްނެތް…ރުޅިއައިމަ ނުވެސް ބުނެވޭނެ ބުނަން އައި ވާހަކަވެސް..އަޞްލު ދޮންބެ ރުޅި ނައިނަމަ ބުނީމުސް ހަމަ މިހާރު….އިނގޭތަ؟…. ލައިގެ ވާހަކައެއް” ޒަވުޝް ހިނިގަނޑަކުން ނިންމާލިއެވެ. “އޭތް…ވަޓް…އިޓްސް އަބައުޓް ހާރ….ޓެލް މީ..” ޒަވުޝް ދެންމެއަކު ބުނެލި ޖުމުލައަކުން ނާހިލްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. “ނުބުނާނަން ހަމަ..ބުނޭ ރުޅި އެއްނޫނޭ ކޮއްކޮއާާ…” ޒަވުޝް އަދިވެސް އުޅުނީ ނާހިލް ތަޅުވާލާށެވެ. “އެންމެ ރަނގަޅޭ..ދޮންބެ ރުޅިއެއްވެސް ނަާދެ..ދެން ބުނެބަލަ ލައި ކިހިނެއްވީތަ؟ ޑިޑް ޝީ ޓެލް […]
– 3 އޭޕްރީލްގެ ބަޔާއި ގުޅޭ – “ވަރަށް ސަޕްރައިޒް ދޯ ލައި…. މަންމައަށް ފެނުނޭ ލައިގެ ފޮޓޯތައް…ނާހިލް ވަރަށް ސިއްރުން ގެންގުޅޭނީ..އެކަމަކު ނާހިލްގެ ކޮއްކޮ ޒަވުޝްއަށް ސިއްރުން އެއްޗެއް ނުގެންގުޅެވޭނެ. އެއީ މަންމަމެންނަށް އެނގުނު ގޮތަކީ. އޭރުވެސް މަންމަ ނުދެނެހުރިން މިއީ އަހަރެމެންގެ ދަރިއެއްފަދަ ކުއްޖެއް ކަމެއް.” ޒޫނާ ހިނިއައިސް އިނދެ، ކިޔައިދޭންފެށިއެވެ. އެހެނަސް ފޮޓޯތަކެކޭ ބުނި އަޑު އިވުމުން ލައިޝާއަށް ނާހިލްއަށް އަވަސް ނަޒަރެއް ދެވުނެވެ. ކުއްވެރިއެއް ފަދައިން ނާހިލް އިސް ޖަހަލުމުން ލައިޝާއަށް […]