އަހަރެންވެސް ވީން.. އެކަމަކު އޭނަ އަހަރެންނަށް ބޭފަވާތެރިވީ.. ” އޭޒިލް ހުއްޓާލީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.” ކާކު؟ ލާރާތަ؟” އޭޒިލް ބުނި ޖުމްލައިން ނިޝާންގެ ހިތް ބާރަށް ތެޅިގަތެވެ. ” ހެހެހެހެ ސާބަހޭ ޝާން.. ލާރާއެއް ނޫން.. އަހަރެން ރަށު ކުއްޖެއް އެއީ.. މީގެ ހަތް އަހަރު ކުރިން އޭނަ އަހަރެން ދޫކޮށްލީ..” ނިޝާންގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އޭޒިލް އަށް މަޖާވިނަމަވެސް ހިތުގައި ވަނީ ވޭނީ ރިހުމެއް އުފެދިފައެވެ. ހަނދާން ކުރަން ބޭނުންނުވިނަމަވެސް […]
ރޭގަނޑުގެ ކެއުމަށްފަހު މީހުންތައް އެކި ކަންކަމުގައި ހޭލިމޭލިވަމުންދަނީއެވެ. ރެއަކީ އުޑުމަތި ސާފުރެއެކެވެ. މަޑު މަޑު ވައިރޯޅިވެސް ޖެހެމުންދިޔައެވެ. ވިލާރޮއްޖެއް، ތަރިއެއް ނެތް ހާމަ އުޑަށް ބަލަހައްޓައިގެން ޒާއިން ހުއްޓެވެ. ޖެހެމުންދާ ހިތްގައިމު ވައިރޯޅީގެ އިހްސާސް ވެސް އޭނާއަށް ނުވާކަހަލައެވެ. ބެލްކަނީގެ ދަގަނޑުގައި ދެއަތް އަޅުވާލައިގެން މައްޗަށް ބަލަން ހުރިއިރު އޭނާގެ ދެލޮލުން ކަރުނަ ވިދަ ވިދާ ހުއްޓެވެ. ކުއްލިއަކަށް އިވުނު އަޑެއްގެ ސަބަބުން އޭނާގެ ސަމާލުކަން އެއަޑަށް ހުއްޓުނެވެ. އެއީ ތަންކޮޅެއް ކުރީގެ […]
އާދައިގެ މަތިން އަހަރެން ‘ޔޫޓިއުބް’ އަށް ވަދެލީ އާންމުކޮށް ބަލާ އުޅޭ ވީޑިއޯ ބަލާލުމަށެވެ. ނަމަވެސް ކުއްލިއަކަށް ހަނދާނަށް އައީ ދުވަސްކޮޅެއް ކުރިން އެކުވެރިއަކު ‘ޖީ ޕްލަސް’ އިން ޝެއަރ ކޮށްފައިވާ މަދަހަ މަތިންނެވެ. އަހަރެންނަކީވެސް ކޮންމެވެސް ވަރަކަށް މަދަހަ އަޑުއަހާ އުޅޭ މީހަކަށްވުމުން ދިވެހި މަދަހަތައް ބަލާލީމެވެ. އަޑުއަހާލަން ހިތްގައިމު ވާނެހެން ހީވާ ދެތިން މަދަހައެއް ނަގާ ބަލާލީމެވެ. އެންމެފަހުން ނެގި މަދަހަ ޕްލޭ ކޮށްލީމެވެ. ހިތުގެ ހިނގުން ހުއްޓެއް އުޅޭހެން ހީވާންފެށިއެވެ. ނޭވާލާން އުދަނގޫވެ […]