ޒާހިރު ވެސް ވޮލެޓް ނަގާ ލާރި ދީފައި ސަލާމަތް ވުމަށް އަވަސްވެލިއެވެ. ފަރީލާ އަތަށް ފައިސާނަގާފައި ދިއްކޮއްލީ ހިތާއި ދެކޮޅަށެވެ. އެހެން ގޮތެއް ނެތިގެންނެވެ.ފަރީލާ ހީލާފައި ދިއްކޮއްލި އަތް ފައިސާއަކާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. ފިލާ ހުރި ފާރަވެރިޔާ ލާރި ޖަހައިގަތެވެ. ދެމީހުން ނަށް ވެސް ސިހުން ގެނުވަމުންނެވެ. “ކާކު؟ ގެނޭ ލާރި..” ޒާހިރު ހަޅޭއްލަވައިގަތެވެ. “ޒާހިރު! ” ޒާހިރު ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ނަ ނަ..ނަޝާ! ކީއްކުރަނީ މިތާގަ މިގަޑީގަ… އަނެއްކާ ތީ […]
ނަޝާޔާ ސިއްސައިގެން ގޮސް ހޭލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. ބޮކި އަނދާފައި ވުމުން ކޮޓަރިތެރެ ވަރަށް އަނދިރިއެވެ. އެހެނަސް ކުޑަދޮރު ކައިރިން އެނދާ ދިމާލަށް ކަޅު ހިޔަންޏެއް އަންނަތަން ރީތިކޮށް ފެނުނެވެ. ގަންނާންކުރެއްވި ބިރުން ދަންނަހާ ހެޔޮ އެއްޗެއް ކިޔާލަ ކިޔާލާ އޮތީ ހިރިލަންވެސް ނުކެރިފައެެވެ. “ނަޝާ! ދެ ލޯވަށް ކޮށް ގެން އަދި އެބަ އޮތެއްނު… ހިނގާ މަށަށް ކާން ހަދައިދޭން… ” ކަޅު ހިޔަންޏެއް ސިފައިގައި މި ފެނުނީ ފިރިމީހާ ޒާހިރެވެ. ނަޝާޔާ އެނދުން […]
ނަޝާޔާ އިނީ ގޭގެ ބިއްދޮށުގައި ހުރި ފެން ތާނގީ ބުޑު މަތީގައެވެ. ގޭގެ އިންފާރާއި ތާނގީ އާ ދޭތެރޭގައި ކުރުގެޅިގެން އިންގޮތުން ހީވަނީ މުޅި ދުނިޔެއަށް ވެސް ފިލަން އުޅެނީހެންނެވެ. ދާނެ ވަކި މަންޒިލެއް ނެތި މަގު ގެއްލިފައިވާ މީހެއް ފަދައެވެ. އާޒް އަކީ އޭނާގެ ފުރާނައެވެ. ޒާހިރާއި އާޒް ވަކިވެއްޖެނަމަ އާޒް ދެރަވާނެއެވެ. ޒާހިރު އޭނާ ވަރިކުރަން އުޅެނީ ބާވައެވެ. އޭނާއަށް ޒާހިރާއި ނުލައި އުޅެވިދާނެއެވެ. ބޭނުންވަނީ ވެސް އެގޮތެވެ. އެހެނަސް ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް […]
ކޮޓަރީގެ ކުޑަދޮރު ތަަންޑު ނާޅުވާ ހުރުމުގެ ސަބަބުން ވަޔާ ތެޅެނީއެވެ.ނަޝާޔާ ދޮރު ތަންޑު އަޅުވާލުމަށް ފަހު ދޮރު ފޮތިގަނޑު ރަނގަޅު ކޮށްލިއެވެ. އެވަގުތު ބިންމަތީގައި އޮތް ވޮލެޓް ލޮލުގައި އަޅައިގަތެވެ. އެއީ ޒާހިރުގެ ވޮލެޓެވެ. ޒާހިރުގެ ވޮލެޓް އެތާގައި އޮންނަން ވީ ކީއްވެ ހެއްޔެވެ؟ ސުވާލުގެ ނަޒަރަކުން ބަލައިލެވެނީ ޚިޔާލެއް ފިކުރެއް ނެތި އެނދުމަތީގައި އިން ޒާހިރަށެވެ. “ޒާރުގެ ވޮލެޓް…މިތާގައި ކީއްވެ؟” ނަޝާޔާ އަނގަ އޮޅޭ ގޮތް ވިއެވެ. ” ވޮލެޓް ދޯ! ބެރުގައި ޓީވީ ބަލަން […]
ދުނިޔެ ހިނގަނީ ތޮށަލި ދުޅަ އަށެވެ. ނަޝާޔާގެ ދިރިއުޅުމަށް އަނެއްކާ ވެސް އިންގިލާބެއް ކުރިމަތި ވީއެވެ. ހުރި ހަމައެކަނި ދަރިފުޅު ވަރަށް ބަލިވެއްޖެއެވެ. ބައްޔަކީ ކޮބައިކަން ޑޮކްޓަރުންނަކަށް ހޯދައި ނުގަނެވުނެވެ. ބޭރަށް ހިނގުމުގެ ސަބަބުން ހަށިގަނޑުގެ ވަރުދެރަވެ ނިކަމެތި ވިއެވެ. ޑޮކްޓަރުން ދޭ ފަރުވާއަކުން ރާހަތެއް ނުކުރިއެވެ. ހަދާނެ ގޮތް ހުސްވެ މޮޔައަކު ފަދައިން ދަރިފުޅު އުރާލައިގެން މަގުގެ ދެކޮޅަށް ކުރުކާލި ކަނޑަ ކަނޑާ ހުރެވުނީ ކިލާ އިރަކު ކަމެއް ނޭގެއެވެ. ދަރިފުޅު ކެނޑި ނޭޅި ރުއިމުގެ […]
ދުވަސްތައް މާޒީ ވަމުން ދިޔައެވެ.އާޒް ބޮޑުވަމުން ދިޔަވަރަކަށް ވައްތަރު ވަމުން ދިޔައީ ނަޝާޔާގެ ކޮއްކޮ އާނިމް އާއެވެ. ހަމަ އެ ދޮން ކުލައެވެ. އެ ހީލުމެވެ. ޒާހިރު ގެ އެއްވެސް ސިފައެއް އިސްތަށިގަނޑު ފިޔަވައި ނެތެވެ.އާޒް އަކީ ވަރަށް ލޯބި ފުށް ގަނޑެކެވެ. އާނިމްް ގެ ހުރިހާ ސިފައެއްހެން ލިބިފައި ވާއިރު ދަރިފުޅު ކޮއްކޮ ފަދައިން ތަންކޮޅެއް ފަލަ ވާނެ ނަމައޭ ނަޝާ އަބަދުވެސް ކިޔައެވެ. ދަރިފުޅު ގެ ލޯބި ހަރަކާތް ތަކުން ޒާހިރު ވެސް ދަރިފުޅު […]
މަރީނާއަށް ވާހަކަ ދައްކަން ވެސް އުދަގޫވިއެވެ. އޭނާ ވަކި ބުނާނީފަހެ ކީކޭ ހެއްޔެވެ. ލޯބިވާ ދަރިފުޅުގެ ފިރިމީހާ އަކީ މަކަރުވެރިޔެކޭ ހެއްޔެވެ؟ އެއީ ހަގީގަތެވެ. އެ ކަރުދާސް ފެންނަން ދެން ނަޝާޔާށް ޒާހިރު އޮޅުވާލުން ތަކެއް ނޭގެއެވެ. ޒާހިރުވަނީ އޭނާއަށް އުމުރު ވެސް ސިއްރު ކޮށްފައެވެ. އެންމެ ހަ އަހަރުގެ ތަފާތު ކަމަށް ބުނަމުން ދިޔައިރު ހަގީގަތް އެއޮތީ ހާމަ އަށެވެ. ޒާހިރާއި ނަޝާޔާގެ އެގާރަ އަހަރުގެ ތަފާތު އެބަހުއްޓެވެ. ކައިވެނި ކުރެވުނު ދުވަހު ފޯމް ހިފައިގެން […]