އަހަރެންގެ އޮފީހަކީ 24 ގަޑިއިރު ހުޅުވައިފައި ހުންނަ އޮފީހެކެވެ. ކިތަންމެ ރެޔަކު އަހަންނަށް ހޭލާ ހުންނަން ޖެހެއެވެ. ބައެއް ދުވަސް ދުވަހު ގެޔަށް ދެވޭނީ ހައި  ހޫނުކަން ފިލުވާށާއި ނިދަން އެކަންޏެވެ. އެހެން ހުރިހާ ވަގުތަކު އުޅެން ޖެހެނީ އޮފީހުގައެވެ. އޭގެ ސަބަބުން ރަށު ތެރެއަށް ނުކުމެ، އަހަރެން ފުރައިގެ ފުރާވަރުގެ ފިރިހެނުން ފަދައިން ބުރެއް ޖަހާލާކަށް ވެސް ވަގުތެއް ނުލިބެއެވެ. ނަތީޖާ އަކަށްވީ ހުސްހަށި ބަޔަށް ހުންނަން ޖެހުމެވެ. އުމުރުން 19 އަހަރު ވީ އިރުވެސ އަހަރެންގެ ލޯބިވެރިޔެއް ނުހުރެއެވެ.

އަހަންނަކީ މަންމަ އާއި ބައްޕަގެ ދެވަނަ ދަރިފުޅެވެ. ސްކޫލު ނިމުމާއެކު ބައްޕަގެ އެދުމުގެ މަތިން ބައްޕަ މަސައްކަތް ކުރާ އޮފީހަށް އަހަރެން މަސައްކަތް ކުރާން ދިޔައީމެވެ. ދޮންބެ އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ނުވެވިގެން އުޅޭ މީހެކެވެ. ކޮއްކޮ އަކީ ސްކޫލު ދަރިވަރެކެވެ. އެހެންކަމުން ގޭގެެ ޚަރަދުތައް ބަލަހައްޓަނީ އަހަންނެވެ.

ސްކޫލު ނިމިގެން ދިޔައިރުވެސް އަހަރެންގެ އަމާޒަކީ ހަމަ އެންމެ ކަމެކެވެ. ބޭބެ ފަދައިން މަސްތުވާތަކެތީގެ ވަބާ ގައި ނުޖެހުމެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. އޭރު ބައްޕަ އޮތީ ބަލި ދާނުގައި ކަމައް ވާތީއެވެ. ބައްޕަގެ ބަދަލުގައި އޮފީހަށް ދާން ފެށީ އެހާ ހިސާބުންނެވެ. އަހަންނަކީ އޮފީސް މާހައުލަށް ކިތަންމެ އާ މީހަކަސް އޮފީހުގެ ކަންތައްތައް ދަސްކުރުމަކީ އަހަންނަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. ބައްޕަ އަކީ ޓެކްސީ ކުރާ މީހަކަށް ވުމުން އެންމެ ފުރަތަމަ ކަމަކަށް އަހަރެން ލައިސެންސް ނެގުމެވެ. އަދި އެއަށްފަހު އަހަރެން ޓެކްސީ ކުރަން ފެށީމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ބައްޕަ ވެސް އެ ބަލީގައި ނިޔާވި އެވެ. އަދި މަންމަ އާއި ކޮއްކޮ އަދި ގޭގެ ހުރިހާ ޒިންމާއެއް އަހަރެންގެ ބޮލުގައި އެޅުނެވެ. އެއާއެކު އިތުރު ގަޑިތައް އަހަރެން ނަގަން ފެށީމެވެ. ނަމަވެސް މަންމަމެން އެކަނި ގޭގައި ބަހައްޓާކައް އަހަރެން ބޭނުމެއްނޫނެވެ. ނަމަވެސް ބޭރުން މީހެއް ގެނެވޭކައް ނެތެވެ. ކަން މިހެން ހުރުމުން އަހަރެން ބޭނުންވީ ގެއަށް ދަނބިދަރިއެއް ގެންނާށެވެ. ނަމަވެސް އަހަރެންގެ މަސައްކަތު ތާވަލު އޮތް ގޮތުން އެ ކަމެއްވެސް ކުރެވޭކަށް އަހަންނަކަށް ނެތެވެ. ނަމަވެސް ވަގުތުވީ ވަރަކުން ރަނގަޅު ކުއްޖެއް ފެނޭތޯ ބެލީމެވެ.

ނާކާމިޔާބު އަހަރަކަށް ފަހު އަހަންނަށް ރަނގަޅު ކުއްޖެއް ފެނިއްޖެ އެވެ. އޭނާ އަކީ އޮފީހަށް އަލަށް ވަތް ކުއްޖެކެވެ. އޭނާ ހުންނަން ހަމަ ޖެހިފައިވީ އަހަރެންގެ ގޭގައި ކަމައް ވުމާއެކު ދެމީހުން އެކުގައި ހޭދަ ކުރެވޭ ވަގުތުވެސް ގިނަ އެވެ. އިސާހިތަކު ދެމީހުން ދޭތެރޭގައި ގާތް ގުޅުމެއް އުފެދުނެވެ. ވަގުތު ފާއިތު ނުވަނީސް އަހަރެން ހިތްވަރު ހޯދުމަށް ފަހު ޒޯޔާ ގާތު އަހަންނާއި ކައިވެނި ކުރުމަށް އެހީމެވެ. އެންމެ ފަހުން ލޯބިވާ ވާހަކަ ވެސް ބުނެވިއްޖެ އެވެ.

އަނެއްދުވަހުގެ މެންދުރުގެ ވަގުތެވެ. ގެއަށް ކަާން އައި ތަނުން އަހަންނަށް ފޯނު ކޯލެއް އައެވެ. އެއީ ޒޯޔާގެ ކޯލަކަށް ވުމުން އަހަރެން އަވަސްއަވަހަށް ފޯނު ނެގީ މެވެ. ކަންފަތުގައި ފޯނު ޖައްސާލުމާއެކު ގެއާ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް އޭނާ ބަލާ އައުމަށް އޭނާ އެދުނެވެ. އެހެންކަމުން އަހަރެން އެ ރެސްޓޯރެންޓަށް ދިޔައީ މެވެ. ނަމަވެސް އޭނާގެ ހިލަމެއް ނުވުމުން އަހަރެން ސައިކަލުން ފައިބައި އެތެރެއަށް ވަނީމެވެ. ނަމަވެސް ފެނުނީކީ އަހަރެން ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. ޒޯޔާ އާއި ފިޒާން ގައިގޯޅި ވެ ތިބި މަންޒަރެވެ. އަހަރެންގެ ގައިން ބާރު ދޫވެ މުޅި ހިތް ކުދިކުދިވިއެވެ. އަހަރެން އަވަސްވެ ގަތީ ރެސްޓޯރެންޓުން ނުކުތުމަށެވެ. ލޮލަށް ވެރިވަމުން ދިޔަ ކަރުނަތައް ފޮހެލަމުންނެވެ.

ގެއަށް ދިއުމަށް ފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ. ލައިގެން ހުރި ކަޅު ގަމީހުގެ ގޮށްތައް ނަށްޓާލަމުން އެނދުގެ މަގަތުގައި އިށީންދެ ފަޅައިފައި ހުރި ތުނި ތުނބުޅީގައި އަތް ހިންގާ ލީމެވެ. ދެ ލޯ މަރާލަމުން ފުން ނޭވާއެއް ދޫކޮށްލީމެވެ.އަހަރެންގެ ލޮލުގެ ކުރިމަތިން ފެނިގެންދިޔައީ ޒޯޔާގެ ސޫރަ އެވެ. އެ ޖާދުވީ ކަޅިރަވަޔާއި އެ ޗާލޫ މޫނެވެ. އަވަހަށް ދެ ލޯ ހުޅުވާ ލުމަށްފަހު އަހަރެން ފާހާނާއަށް ވަނީމެވެ. އެ ޚިޔާލުތަކާ ދުރުހެލިވުމަށެވެ. ނަމަވެސް އެކަންވެސް ވީ ނާކާމިޔާބު ކަމަކައްށެވެ.

ހަގީގަތުގައި ވެސް އަހަންނަށް ޒޯޔާ ދެކެ ލޯބިވެވުނީ ބާއެވެ.؟މިއީ ހަމަ ހަގީގަތް ހެއްޔެވެ؟ އަހަރެންގެ ތަގުދީރުގައި ލިޔެވިފައިވާ ގޮތްހެއްޔެވެ؟