ތީއޭ ހަނދަކީ
ރައްޓެހިންނާ އެކު ޗެޓް ކޮށް ސަކަރާތް ޖަހަމުން ރީޝާ ދިޔައެވެ. މިރޭގެ ސަކަރާތަކީ ވެސް އާދައިގެ މަތިން އަހުޝަމުއާ ޒުވާބު ކުރުމެވެ. ތީމަކީ ފުޓުބޯޅައެވެ. އެހެން އިންދާ އޭނާގެ އެކުވެރި ރިއާޝް އޭނާގެ ދޮންބެ ވެސް އެ ދެމީހުން ކިޔާ އެއްޗެހިން ހީހީ ބިނދޭ ވާހަކަ މެސެޖަކުން އަންގާލިއެވެ. ރިއާޝްގެ ދޮންބެ އަށް ސަލާން ބުނާށޭ ރީޝާ ބުނީ ފިރިހެން ކުދިންނަށް ޖެއްސުން ކުރުމަށް އަރާ ފޯރިއެއްގެ ސަބަބުންނެވެ. ނަމަވެސް އެއްގޮތަކަށް ވެސް ހިތަށް ގޮތެއް ވާތީކީ ނޫނެވެ. ރައްޓެހިންގެ ހިތަށް އެއްޗެއް އަރާފާނެ ކަން ވެސް ހަނދާން ނެތުނީ އެވެ. އެރި ފޯރި އާއި އެކު ހަމަ ބުނެވުނީ އެވެ. ނަމަވެސް ދެން މުޅި މާހައުލުގައި ގުގުމާލީ ހައެ ހައެގެ އަޑެވެ. އެންމެން އެއް ފަހަރާ ދެ ލޮލަށް ހިތްއަރާފައިވާ ސްޓިކާ އާއެކު މަރުޙަބާގެ އަތްތިލަބަޑި ތަށް ސްޓިކާގެ ޒަރީޢާއިން ފޮނުވާލިއެވެ. ރިއާޝްގެ ޖަވާބު އައީ ސަކަރާތްގަނޑު ބޮޑު ވާނެ ގޮތަށެވެ. “ދޮންބެ ބުނީ ސަލާމޯ. ރީޝް ސަލާން ބުނާނެ އިރަކަށޯ މި މަޑު ކުރަނީ” އެހެން ބުނުމާއި އެކު އިތުރަށް އެކުވެރީން ފޯރި ގަދަ ކޮށްލިއެވެ. އެންމެން މަރުޙަބާ ކިޔަން ފެށުމާއި އެކު ރީޝާ ޝުކުރިއްޔާ އޭ ބުނެލި އެވެ. އެހެން ނަމަވެސް ނޫން ކަމަށް ހެދިފައި އެކަމުން ސަލާމަތް ވާން މަސައްކަތް ކުރީ ޝުކުރު އަދާކުރީ ޒުވާބަށް ސަޕޯޓު ދިނުމުން ކަމަށް ހީކޮށޭ ބުނެއެވެ. “އަޅޭ ފްރޭންކް ނުލާހިކު ރީތިކޮށް ގޮސް ބެންޗުގަ ތިބި ކުޅުންތެރިން ގައިގައި ބައްދާ ލީ.. ދޭންންން އަހުޝަމޫ…. އާޝް ދޮންބެ ބަލާ އަހުޝަމެއް” ކުރެވެމުން ދިޔަ ޒުވާބަށް ރައްދު ދިނުމުގެ ގޮތުން ރީޝާ ޗެލްސީ ސަލާމަތް ކުރެވޭތޯ ބެލިއެވެ. “ބަލާބަ މިއޮއް ކަމެއް ދޯ؟ތެދެއް އާޝް ދޮންބެ، ބަލާބަ އަހޫ އާ ދިމާލަށް. ގައިމު ހަންޑި ދައިތަ އަށްވުރެ ރީތިވާނެ” އަހުޝަމް ބޭނުންވަނީ ޒުވާބު ހިންދާލުމަށްފަހު ރީޝާ އާ ދިމާކުރަން ހެން ހީވެއެވެ. “ދެކުދިން ވެސް ވަރަށް ރީތި.. މާޝާ ﷲ” ރިއާޝް އޭނާގެ ދޮންބެ ވައިބާ ގުރޫޕަށް އެއްކޮށްލުމުގެ ސަބަބުން އޭނާގެ ބޭބެ ރިޔާޝް ގުރޫޕުގައި ޖަހާލިއެވެ. ގުރޫޕުގައި އިން ރިލްހާ އައު މީހަކު ގުރޫޕުގައި އިނުމުން އެކަމާ ބެހޭގޮތުން ސުވާލު ކުރި އެވެ. “ރިލް.. އެއީ ދޮންބެ… ލައިވް ކޮށް ބަލަން އެ އޮތީ.. ސަންތި ކަޑަވީ އޯ… އާޝް ބުނީ މެސެޖެއް ކޮށްލަބަލާށޭ” ރިލްހާގެ ސުވާލަށް ޖަވާބު ދެމުން ރިއާޝް ރީޝާ އާ ދިމާކޮށްލިއެވެ. “އޯހްހހް މަށަށް ޔަގީނޭ ރަކި ވެފައި ކަން އިންނާނީ އެ ގޮއްޔެ… އޯނޯ ސަމްވަން އިޒް ބްލަޝިންގް އޯނޯ..” އަހުޝަމް ބޭނުންވީ އަދިވެސް ރީޝާ އާ ދިމާކުރާށެވެ. “އަޅޭ ކޮބާތަ ރީޝް .. ލަދުގަނެފަ ދޯ ހެހެހެ…. ޔާ އަހޫ ބްރޯ.. ބްލަޝް ވަނީ އޭ ދޯ ރީޝޫ” ރިލްހާ ވެސް އިތުރަށް ސަކަރާތުގައި ބައިވެރި ވިއެވެ. “ޔާ ރީޝް ޑާރލް ބްލަޝް ވީ ދޯ.. ކޮބާތަ ރީޝް ޑާރލް ފިލީތަ” ޒާނާ ވެސް ބެލީ އެތާ ދޭތެރެއަށް އަނގަ ކޮށްޕާ ލެވޭ ތޯއެވެ.
“އައި ލަވް ކަލާ ދެކެ އިންތިހާ ޝައި ބަޓް މިހެން ލިޔެފައި މިތާ
ބައި ދެޓް ޓުޑޭ މައި ލައިފްގައި އައި މީބަހާރޭ ހިތް އުފާ
ވެން ފަސްޓް އައި ސޯ ޔޫ އެރޭ ހީވީ ހާޓަށް ޕިން ހެރޭ
ދެން މުޅި ބޮޑީ އެކުގައި ވިރޭ ހެން ފީލްވީ ވައި؟ކަން ނޭންގިފައި “
ރިޔާޝްގެ ނަންބަރުން ދެން އައީ މެސެޖެއް ނޫނެވެ. ސުވާލެއް ވެސް ނޫނެވެ. ވައްތަރީ ދަޢުވަތަކާއެވެ.” އޯ މައި ގޯޑް.. ހާދަހާވާ މޮޅޭ އާޝްގެ ދޮންބެ” ރިލްހާ ވެސް މަޑުން ނޯވެވިގެން ބުންޏެވެ. “އައި ހޭޓް ކަލޭ ދެކެ އިންތިހާ” ރީޝާގެ ޖަވާބު އައީ އެންމެންގެ ލޭ ކައްކުވާލާ ފަދަ ގޮތަކަށެވެ. ޒާނާ ވަގުތުން މެސެޖެއް ފޮނުވާލިއެވެ. “ސުއްބޫ… މިހިރަ ކުއްޖެއް.. މިތާ މާ މީހުން ގިނަވީމަ މި ރީޝް މި އުޅެނީ ނުބުނަން ވެގެން.. އެކަމު ހިތުގައި އޮތީ ހަމަ ފުން ލޯބި.. ކޮންބައެއް މިކަމާ އެއް ބަހީ؟” ރިލްހާ އެކަމާ އެއްބަސް ވަމޭ ބުނެ ރީޝާއާ ދިމާކޮށްލިއެވެ.
“އައި އޭމް ޓެލިންގް މީހަމަ ތެދޭ މައި ހާރޓު އޮތްބޮތް ނޯވެޔޭ
ޑޫ ކޮންސިޑާ މައި ހޭޓްވާ ޔޫ ގޯ އަވޭ މައި ހޭޓްވާ
ހޫ ކަން މަމީ އެނގި ފާޅުގައި ޑޫ ސަމް ކެއާރ އެންގްރީ ވެފައި
ސޯހޭންޑް ސަމް އަދި ސޯނައިސް ސޯމެނީ މި ދުނިޔޭގައި ވިޔަސް
ފޯ ޔޫ ފްރޮމް އޯލްދީސް ވުމަށް ހޭޓީގެ މި ޕޮޔަމް ލިޔެވިފައި “
ރިޔާޝްގެ ޅެންބައިތަށް ރީޝާވެސް ޅެންބައިތަކުން ރައްދު ދިނެވެ. ‘ވޯހޯ’ އަކާއި އެކު ރިލްހާ އާއި ލަމްނާ ރީޝާއަށް ސާބަސް ދިނެވެ. އަދި ރިޔާޝް މިހާރު ރީޝާ އާނއެކޭ ނުބުނެގެން ވިރެނީއޭވެސް ކިޔާ ރީޝާއާ ދިމާކުރިއެވެ. ހެމުން ހެމުން ރިއާޝް އާއި އަހުޝަމް ވެސް އެ މީހުންނާ އެއްބައިވިއެވެ. ރީޝާ ދިޔައީ އެމީހުންގެ ސަކަރާތާއި އެކު ސިކުންތަކަށް ވުރެ ސިކުންތެއް ގަމާރު ވުމުންނެވެ. މިއީ ކޮންކަހަލަ ބައެއްހޭ ރީޝާ ހިތަށް އެރި އެވެ. ކާކު ކޮންތާކު ކޮން ސުވާލެއް އޭނާއާށް ކުރީ ބާއޭ އޭނާ ހިތަށް އެރި އެވެ. މަތީގައި ހުރި މެސެޖު ތަށް އޭނާ ކިޔަން ފެށީ އެއްވެސް މެސެޖެއް ގައި ސުވާލުމާކެއް އިންތޯ ބަލަން ވެގެންނެވެ. ނަމަވެސް އިތުރަށް ފޯނު ހިފައިގެން ނީންދެވުނީ ބައްޕަ އައިސް ގަޑި ހަމަވި ވާހަކަ ބުނުމުން ނެވެ. ދިހައެއް އެއީ ރީޝާއަށް ފޯނު ބޭނުން ކުރެވޭނެ އެންމެ ފަހު ގަޑި އެވެ. އޭގެ ފަހުން ފޯނު ނުވަތަ އެއްވެސް ސްކްރީނެއް ދަށުގައި އޭނާ އިންނަތަން ފެނިއްޖެ ނަމަ ދެން ކުރިމަތި ލާން ޖެހޭނީ ބޭބެގެ ޚުތުބާއާކަން އޭނާ އަށް އެނގެއެވެ.
10 ޖެހުމުން ހުރިހާ ކުދިން ވެސް ބާއްޖަވެރި ރެއަކަށް އެދުމުން ގުރޫޕުން ވަކިވެ ލިއެވެ. ނަމަވެސް ރިއާޝްގެ ލޮލަކަށް އެނދުގައި ފުރޮޅި ފުރޮޅި ވެސް ނިންޖެއް ނައެވެ. ރީޝާ އޮންލައިން ގައި އިންނަމަ އަދިވެސް އޭނާ އޮންނާނީ މެސެޖު ކުރާށެވެ. އެހެން ކުއްޖަކު އޮންލައިން ގައި އިނަސް ރީޝާ ނެތިއްޔާ އޭނާ މެސެޖެއް ނުކުރާނެއެވެ. ދޭތެރެއަކުން ބޭބެއަށް ދިމާކޮށްލަ ކޮށްލާ އޭނާ އޮތީ އެވެ. އަނެއްކޮޅުން އަހުޝަމު ތޯއެވެ؟ރިއާޝްއަށް ވުރެ އޭނާގެ ހާލު ބޮޑެވެ. އޮފްލައިން ނުވެ އޮވެގެން ކޮބާހޭ ކިޔާފައި ތިންހަތަރު މެސެޖު މިހާރުވެސް ފޮނުވައިފި އެވެ. ރީޝާ އޮފްލައިން ނުވިނަމައޭ އޭނާ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ވެސް ނޭންގެ އެވެ. ބޭނުންވީ ވަރަށް އަދިވެސް އޭނާއަށް ރީޝާއާ ދިމާނުކުރެވެނީއެވެ. ރީޝާއަށް ކޮންމެރެޔަކު 10ގެ ފަހުން އޮންލައިން ނުވެވޭތީ އެކަމާ ޝަކުވާ ކޮށް ވެސް މެސެޖު ކުރަމުން ދިޔައެވެ. އަދި ރީޝާގެ ދޮންބެގެ ވިޔަރި ގަދަކަމުން ރުޅިއައިސް ހަޅޭއްލެވިއެވެ.
ވާނުވާ ރީޝާއަށް އެނގޭވަރުވީ ފާޚާނާތަށި މަތީ އެކަމާ ޚިޔާލުކުރަން އިންދައެވެ. އާނއެކެވެ. އޭނާ ހަމަ ގަމާރީއެވެ. މޮޔައީއެވެ. އޭރު ރިޔާޝް ފޮނުވި ޅެންބައިތަކީ އޭނާއަށް ލޯބި ހުށަހެޅުމުގެ ގޮތުން ފޮނުވި އެއްޗެކެވެ. އޭގެ ބަދަލުގައި އެއަށް އޭނާ އަށް ރައްދު ދެވުނު ގޮތުން ހެވުނެވެ. ނަމަވެސް ހަމަ ބުނާހާ ސަލާމަކުން އަނެކާގެ ހިތުގައި ލޯބި އުފެދޭ ހެއްޔޭ އޭނާ ހިތަށް އެރި އެވެ. އެހާ އަވަހަށް ލޯބި ހުށަހަޅާ ފައި ރިޔާޝްގެ ނަންބަރުން މެސެޖު ކުރި ނަމަ ވެސް އެ ވާނީ ރިއާޝް އަށޭ އޭނާގެ ހިތްބުނަމުން ދިޔައެވެ. ނަމަވެސް އެއީ ހަމަ ރިޔާޝްއަށް ވެއްޖެއްޔާ އޭނާ ބުނާނީ ކީކޭ ހެއްޔެވެ. އެއާއި އެކު އޭނާއަށް ލަދުން ތުންފަތް ހަފައިލެވުނެވެ. “އަދިވެސް ރީޝާ ފާހައިނައިގަ؟.. ފާޚާނާ އަށް ވަނަސް އެއް ގަޑިއިރު ވާނެ.. އަވަސް ކޮށްގެން ނުކުންނަން އުޅޭ…” ކުއްލިއަކަށް ދެން އިވުނީ ރީޝާގެ ބޭބެ ހަޅޭއްލަވައި ގެން އަޑެވެ. ބުނީ ވެސް މުޅިއެކުން ދޮގު ވާހަކައެއް ނޫނެވެ. ރީޝާ ފާޚާނާގައި އުޅޭތާ ބަރާބަރު ސާޅީސް ހަތް މިނެޓު ވަނީއެވެ. އެހެންކަމުން ރާއިން ރުޅި ނާންނަ ވަރެއް ނޫން ތޯއެވެ. ރާއިން އަކީ ރުޅިގަދަ އަދި އެހާމެ އަވަހަށް ރުޅި ކޮންޓްރޯލް ކުރާ މިޒާޖެއްގެ ކުއްޖެކެވެ. އޭނާ ރުޅިގަދަވާން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ރީޝާ ފާޚާނާގައި ގިނަ އިރު ވުމެވެ.
އަވަސް ކޮށްލައިގެން ރީޝާ ފާޚާނާ އިން ނުކުތީ ރާއިން ނުހުންނާނެ ކަމަށް ދުޢާ ކުރަމުން ނެވެ. އެހެން ވިޔަސް ނުކުތް އިރު އެއްގަޑިއިރާ އެއް މިނެޓް ހިނގައިފިއެވެ. އޭނާ ފާޚާނާ އިން ނުކުތް އިރު ރާއިން ފެންނަ ހިސާބަކު ނެތެވެ. އެއީ ވެސް އޭނާގެ ނަސީބެވެ.
ހެނދުނު ފާއިތުވެގެން ގޮސް މެންދުރުވެ 1 ޖަހައިފިއެވެ. އެ ޖެހުނީ އޭނާ އަށް ފޯނުބޭނުން ކުރެވޭ ގަޑި އެވެ. އަވަހަށް ގޮސް ވައިބާ އަށް ވަދެ ހައިޑް ކޮށްފައިވާ ޗެޓް ތަކުގެ ކޯޑް ޖަހާލިއެވެ. އެއާއިއެކު ކޮމެޑީ ލޭންޑްގެ ނަމުގައި ހަދާފައިވާ ގުރޫޕުން އައު ހަ މެސެޖު އިން ކަމަށް ދެއްކިއެވެ. އަވަހަށް މެސެޖު ތަށް ކިޔަން ފެށި އެވެ. އެންމެ ފުރަތަމަ ވެސް އިނީ ރިއާޝް ރޭ 12:35 ގައި ކޮށްފައި އިން ދިގު މެސެޖެކެވެ. “ކަލޯ މަ މަރައިފި މި ދޮންބެ ގަނޑު… ރީޝާއާ ހެދި ހުރިހާ ވަރެއް މަށަކަށްނު…. ރީޝޫ ޕްލީޒް ސޭ ޔެސް.. އަޅޭ ތަދުވެޔޭ… އައުޗްޗްޗ ދޮންބެ ޕްލީޒް ނުޖަހަބަ… ނައު އިނގިއްޖެ ދޯ މައި ފީލިންގްސް… އަޅޭ ކަލޯ ނުތަޅަބަލަ… ހުވާ ރީޝް ހީ ކާންޓް އީވެން ބްރީތް ވިތްއައުޓް ޔޫ… ހީ ކާންޓް ސްލީޕް ވިތްއައުޓް ޔޫ… ހީ ކާންޓް ވޯކް ވިތްއައުޓް ޔޫ… ހީ ކާންޓް ލިވް ވިތްއައުޓް ޔޫ ރީޝޫ… ބަޓް ހީ ކޭން ފައިޓް ވިތްއައުޓް ޔޫ… އަޅޭ މަ ސަލާމަތް ކޮށްދީ ބަލާ….. ” އެ މެސެޖު ކިޔާ ނިމުނު އިރު ރީޝާގެ ދެލޯ ވަނީ ބޮޑު ވެފައެވެ. އޭނާއާ ނުލާ ފިރިހެން ކުއްޖަކަށް މިވަރު ވޭބާއެވެ. އަނެއްކޮޅުން ރިއާޝްއަށް އެވަރު ކުރަން ރިޔާޝް ޖެހޭ ހެއްޔެވެ. އޭނާގެ ސަބަބުން ރިއާޝްއަށް ހުރިހާ ވަރެއް ވާތީ ދެރައާއި އެކު ހިނިވެސް އައެވެ.” ރީޝޫ ޔެސް ބުނަގާ… ބަލާލަ ރީޝް ޔެސް ނުބުނެގެން އާޝް ބްރޯ ދޮންބެ އަށް ވާވަރު… ހީ ކާންޓް ލިވް ވިތްއައުޓް ޔޫ އޯ” ދެން އިނީ ލަމްނާގެ މެސެޖެކެވެ. އެއަށްފަހު ޒާނާ ދިގު މެސެޖެއް ފޮނުވާފައި އިނެވެ. “ރީޝޫ ޑާރލް ޔެސް ބުނެބަ… ކޮބާ އާޝް ރޭގަ އާޝްގެ ދޮންބެ ކިހާ އިރަކު ނިދީ؟ރީޝް އާޝްގެ ދޮންބެ ކާންޓް ލިވް ވިތްއައުޓް ރީޝް… ފައިޓް ކުރެވޭ ދޯ ރީޝް ނެތަސް ހަހަހަހާ…. އަޅޭ އާޝްގެ ދޮންބެ ވެސް ނުވާނެއްނު އާޝްއަށް ހުރިހާ ވަރެއް ބާލާ ކަށް… އާޝް، އަސްލު ރީޝް ނެތީމަ ކައިރީގައި ހުރި މީހަކަށްނު ދޯ ވަރު ބާލާނީ ވެސް” އެއަށްފަހު އޮތީ ރިލްހާގެ މެސެޖެވެ. “އަޅޭ ރީޝް ސޭ ޔެސް … އެއޮއް އާޝް ބްރޯ މަރުވަނީ… ކަޑައެއްނު ދޯ އާޝް ބްރޯ މަރުވެއްޖެއްޔާ… އަޅޭ ރީޝް ޔޫ ހޭވް ދަ ޕަވަރ އޮފް ސޭވިންގ އާޝް ބްރޯ… ހެހެހެހެހެހެހެ.. ޔާ ހީކާންޓް ޑޫ އެނީތިންގް ވިތް އައުޓް ރީޝްއޯ.. އެކަމަކު ތެޅޭނެތާ ދޯ.. ހެހެހެ… މިހާރު އާޝް ބްރޯ ނުކެރޭނެ ބަލައިލާކަށްވެސް ދޯ… ބޮޑެތި ފިތްގަނޑު ނަގާފަ ހުންނާނީ ” އަނެއްކާވެސް އޮތީ ޒާނާގެ މެސެޖެކެވެ.” ރޭގެ ކޮމެޑީ ލޭންޑްގެ ޝޯވް ވަރަށް މަޖާ އެހެން ހުރިހާ ރެއަކަށް ވުރެ… ރީޝް ޑާރލް އެހާ ރުޅިނާދެބަ.. އެ ހަމަ މަޖާ ކޮށްލީއޭ ” ޝާޔަން ރޭގަ ނާދެވޭތީވެ ވާނުވާ ނޭންގޭ ވާހަކަ ބުނެ ބޮޑު މެސެޖެއް ފޮނުވާފައި އިނެވެ.” ވެއިޓް ވެއިޓް ވެއިޓް… ރޭގަ ކިހިނެއްތަ މިތާ ވީ؟؟ޝާޔަން އަށް ރޭގަ ޝޯވް އަށް އާދެވުނީ ޝޯވް ނިމުނީމަ އާޝްގެ ދޮންބެ ރީޝް ދެކެ ލައިކް ވަނީއޭ؟ ވަޓް؟ ސީރިއަސްލީ؟ރީޝް ލޯބިކޮޅޫ ރުޅިއައިސްފަތަ ތިހުރީ؟އެއީ އެކުދިން މަޖަލަކަށް ކީ އެއްޗިއްސޭ ދޫނީ… ރުޅި ނާންނަށްޗޭ އިނގޭ ކޮއްކީ… ރޭގަ ގުޑް ނައިޓް ވެސް ނުކިޔާ ދިޔައީ ރުޅި އައިސްގެންތަ؟ ރީޝް ޝާޔަން އާންޓް އާ ވާހަކަ ދަށްކާ ނަން ދޯ؟
ބަލަ ރޭ މިތާ ކިހިނެއްހެވީ ރީޝޫ މަގޭ ދެން ބުނެބަލާ
ރުޅި އައިއްސަހޭ ތިހުރީ މަގޭ ދޫންޏާ ނިކަން ދެން ބުނެބަލާ
އާންޓީއަށް ރޭގަ ނާދެވުން ހުރިހާ ފިލާވަޅު ގިނަ ކަމުން
އައި އޭމް ސޮރީ އޭ ލޯބިގަނޑު ދެން އެއްޗެކޭ އަޅެ ބުނެބަލާ
އައި ލަވް ރީޝް ދެކެ އިންތިހާ ރުޅި ނައިސް ހުރޭ ދެން ލޯބިވާ
އާންޓީ ނިކަން ދެން ލޯބިވޭ ޑާރލިންގ ރީޝް ދެކެ އިންތިހާ “
ރީޝާ ބެލީ ވީހާވެސް އަވަހަކަށް ރޭގަ ފަހުން ނާދެވުނު ސަބަބު ބަޔާން ކުރާށެވެ. އެ ގޮތުގެ މަތީން އެއްވެސް ކުއްޖަކު ދެކެ ރުޅި ނާންނަ ވާހަކަ އާއި 10 ޖެހުމުން ރޭގަ ނާދެވުނީ ކަމަށްބުނެ މަޢާފައް އެދުނެވެ. އެއަށްފަހު އޭނާ ވަގުތު ގުނަމުން ދިޔައީ އެ މެސެޖަށް ރައްދެއް ލިބޭނެ ވަގުތަކަށެވެ. 3 ޖެހިއިރު ވެސް އެކަކު ވެސް މެސެޖު ނުކުރާތީ ރީޝާ ކަންބޮޑު ވިއެވެ. ތިން ގަޑި ބައިގައި ރީޝާ އެގާރަވަނަ ފަހަރަށް ރީ ލޯޑު ކޮށްލިއެވެ. އޭނާގެ މޫނުމަތި އުޖާލާ ވެގެން ދިޔައީ ރިއާޝް ކޮށްފައިވާ މެސެޖު ފެނުމުން ނެވެ. “ކަލޯ ސަންތީ… އިނގޭތަ ރޭގަ މަ ނިދަން ޖެހުނު ތަން؟؟؟ބެލްކަނީގަ ކުނާ އަޅައިގެން… މަންޖެ ކަންތަކޭ މީ.. ކޮޔާ ދޮންބެ ހިތަށް ހާދަ އަސަރެކޭ ކުރަނީ އެ…ރީޝޫ ދޮންބެ ކާންޓް ސްލީޕް ވިތްއައުޓް ޔޫ… ހީ ކާންޓް ވޭކް އަޕް ވިތްއައުޓް ޔޫ… ހީ ކާންޓް ޓޯކް ވިތްއައުޓް ޔޫ… ހީ ކާންޓް އޯޕެން ހިޒް އައިޒް ވިތްއައުޓް ޔޫ… ރީޝް ޕްލީޒް ސޭވް މީ… ޔޫ ކޭން އޮންލީ ސޭވް މީ ފްރޮމް ދިސް އަނިޔާ… ރީޝް އާދޭ ދޮންބެގެ އެނދު ދާންކޮޅުގެ ބައިވެރިޔާ އަށް ވެދޭން… އެ މަނިކުފާނު ފަރީއްނުކުޅުއްވާތާ ދެރޭ ދެ ދުވާ ވަނީ.. ރީޝްގެ ކަހަނބު ފަތެއް ފަދަ ނާޒުކު އަތްޕުޅުންނޯ ފަރީއްކުޅުއްވާނީ… އަވަހާރަފުޅު ނުލައްޕަވާ.. ރީޝް ރާނީގެ ހިމަހޯލި އުނަގަނޑު ފުޅުގައި އަތް ވަށާލައިގެން އޮވެ އޯ ނިދާނީވެސް… އަނގަ ފުޅުން ބަސް ފުޅެއް ވިދާޅުނުވެނުވެ މިހާރު އެ މަނިކުފާނުގެ އަނގަ ފުޅެކޭ މަތި ނެތް ފެންވަޅެކޭ ތަފާތެއް ނެތް… އާދެ މި ޢިއްޒަތްތެރި ޢިއްފަތްތެރި މަޖިލީހުގައި އަޅުގަނޑު މި އިއްވާ ޤަރާރަކީ ހެންވޭރު ދެކުނު ބުލްބުލް މަގު ކަންމަތީ ވެހޭހާ ވާރެއެއްގައި ދޭހައި އަތްވެއްގައި ޖަހާހާ ބެރަކަށް ނެށުމެއް ނެތި ރަތް ފުރާޅުގެ ހިޔަލުގައި ފިޔާތޮށި ކުލައިން ޖަރީ ވެފައިވާ ޖަރީމާ ގޭ ރިޔާޝް ބުނު ޤިސްމަތު ޢަބުދުލް މަޖީދުގެ ބިކަ ޙާލުގެ ވާހަކަ! އާދެ މިދެންނެވި ފަރާތުގެ ޙާލާއި މެދު ހަމްދަރުދީވެ ލައްވާ! ރިޔާޝް ބުނު ޤިސްމަތު ޢަބުދުލް މަޖީދުގެ ފަންޑު ފޮށްޓަށް ލޯބީގެ އަތް ގޮށްޓަކުން ނަމަވެސް އެހީވެ ލައްވާ! ނަމަވެސް ހަނދުމަ ފުޅު ލަހައްޓަވާތި! ރިޔާޝް ބުނު ޤިސްމަތު ޢަބުދުލް މަޖީދުގެ ބައްޔަކީ އާދައިގެ ބައްޔެއް ނޫން! މިއީ ވަރަށް ޑޭންޖަރަސް މުޞީބާތެއް!މި ބައްޔަށް އޮތް ހަމައެކަނި ފަރުވާ އަކީ މާފަންނު ބިންމަތީ ގޭ ޚަދީޖާ ރީޝާ ބިންތި ދާވޫދު އިސްމާޢީލުގެ ދެ ފައިންޕުޅުގެ ރުހުމާއި އެކު އެކަމަނާގެ އިހިކަނދުރާގެ އެތެރެއިން ލޭނާރުތަށް ކަޑައްތު ކުރުމަށް ފަހު އެކަމަނާގެ ފިލޮޅު ތުންފަތްމަތީގައި ‘ޔެސް’ މި ލަފުޒާއި އެކު ދުވެލާ ހިތްގައިމު މާކަނާ ހިނިތުންވުން! އަޅުގަނޑުގެ ދެލޮލުން ކަރުނަ ހިލޭ ޙާލު ޚަދީޖާ ރީޝާ ބިންތި ދާވޫދު އިސްމާޢީލުގެ އަރިހުން އާދޭހާއިއެކު މި ދަންނަވަނީ ރިޔާޝްގެ ދައުވަތަށް އައު ބަސް ބުނުއްވާށޭ! މަވާ ސަލާން”
ރިއާޝްގެ ދިގު މެސެޖު ކިޔާ ނިމުނު އިރު ރީޝާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ބަސްމޮށުންތެރި ކަމުގެ މޮޅުކަމުންނެވެ. އޭނާއަށް ނިސްބަތްކޮށް ބުނެފައިވާ ޖުމްލަ ތަށް ފެނުމުން ރީޝާ ލަދު ގަތެވެ. އެއާއިއެކު ފުރަތަމަ ފަހަރަށް އޭނާއަށް އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާލެވުނެވެ. ފޯނު އެނދުމަތީ ބޭއްވުމަށް ފަހު ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. އޭނާގެ ސޫރަ ލޯގަނޑުން ފެނުމާއި އެކު ރީޝާ މޫނު މައްޗަށް ވައްތަރެއް ޖައްސާލިއެވެ. ރިއާޝް ބުނި އެއްވެސް ސިފައެއް އޭނާގެ ނެތެވެ. ބޮޑު ދެކޮލާއި އެކު ވަށް މޫނެކެވެ. ބާމަތި ފުޅަލެވެ. ފިރިހެން ކުއްޖެއްގެ ލޯ އޭނާއަށް އަމާޒުވާނޭ ވަރަށްވުރެ ފަލައެވެ. އެންމެންވެސް އޭނާ ފަލައޭ ބުނެއެވެ. ވާހަކަ ތަކުގައި ރީތި ކުދިން ސިފަ ކޮށްދީފައި ހުންނަ ފަދައިން ބޮޑު ދެލޮލެއް އޭނާގެ ނެތެވެ. ދިގު އެސްފިޔައެއް ނެތެވެ. ހިތަށް ތަދުވި ނަމަވެސް ހިތް ހަމަ ޖައްސާލީ އެއިން އެއްކަމެއް އޭނާގެ ނެތަސް ކިޔެވުމުގައި ޓީޗަރުން އޭނާ ބަލައިގަންނަ ކަން ހަނދާން ކޮށްލަމުންނެވެ. އެނބުރި ފޯނާ ހަމައަށް ދިޔައިރު ފެންނަން ހުރީ ދެންމެ ފެނުނު ރީޝައެއް ނޫނެވެ. ހިނިއައިސް ތިރީސް ދެދަތް ފެންނަ ވަރަށް އަނގަ ހުޅުވާ ލައިގެން ހުރި ޚަދީޖާ ރީޝާ ބިންތި ދާވޫދު އިސްމާޢީލެވެ. އޭރު ލަމްނާ އާއި ރިހުލާ މެސެޖު ކޮށްފައި ހުއްޓެވެ. އެދެމީހުން ވެސް ރިޔާޝްގެ ހާލު ބަޔާން ކޮށްފައިވާ ގޮތުން ރީޝާ ކައިރީ އާނއެކޭ ބުނުމަށް އެދި އާދޭސް ކޮށްފައި ވެއެވެ.
ރީޝާއަށް މަންމަ ގޮވަން ހެދުމުން ދާންޖެހުނެވެ. ކިތަންމެ އެ މީހުންނާ ބައިވެރިވެ ސަކަރާތް ޖަހަން ބޭނުންވިޔަސް ދެނެއް ނީންދެވޭނެއެވެ.
ރިއާޝް ވިސްނަމުން ދިޔައީ އޭނާގެ ގުރޫޕާއިދޭތެރޭއެވެ. އޭނާ އަކީ އެ ގުރޫޕުގެ ރައީސް އެވެ. ރީޝާ އަހުޝަމް އަދި އޭނާ ފިޔަވައި ދެންތިބި ކުދިންނަކީ އެ ގުރޫޕުގެ ސަޕޯޓަރުންނެވެ. ނުވަތަ ‘ ފޭނުން’ ނެވެ. އެ ހުރިހާ ކުދިން ވެގެން އެ ގުރޫޕަށް ދީފައިވާ ނަމަކީ ‘ކޮމެޑީ ލޭންޑް’ އެވެ. ސަބަބަކީ އެ ތިން ކުދިން ވެގެން ހެއްވާ ވާހަކަ ތަކެއް އަބަދުވެސް ދަށްކާތީއެވެ. ގިނައިން ކުރަނީ ބަހުގެ ޒަރީއާއިން ޖެއްސުމެވެ. ތިން ކުދިން ފުރަތަމަ ވާހަކަ ދަށްކަން ފެށީ ވާހަކައެއްގެ ކޮމެންޓު ސެކްށަނުގައެވެ. އަހުޝަމް އާއި ރިއާޝް ވެގެން ރީޝާ އަނގަގޮއްވުމުގެ ތެރެއިން ދެން އުފެދުނީ ޒުވާބެކެވެ. ވާދަވެރި ބާރސެލޯނާ އާއި އާރސެނަލް އެވެ. މިއީ ފުޓުަބޯޅައިގެ ވާހަކަ ދެއްކުމުގެ ތެރެއިން އުފެދުނު ޒުވާބެކެވެ. ޒުވާބު ކުރެވެނީ އަހުޝަމް އާއި ރީޝާ އާ ދެމެދުއެވެ. ރިއާޝް ދޭތެރެއަކުން އެއްޗެކޭ ބުނެލަފާނެއެވެ. ރީޝާ ދިފާޢު ކުރަނީ ބާރސެލޯނާ އެވެ. އަހުޝަމު އެއީ އާރސެނަލް އެވެ. އެހެން ދަނިކޮށް ޒާނާ އާއި ރިހުލާ އެ ކުދިންގެ ޒުވާބާއި ދޭތެރޭ އެއްޗެކޭ ބުނެލި އެވެ. ކޮމެންޓުތަށް ބަލައިލުމާއި އެކު ހީވީ ‘ ކޮމެޑީ ޝޯވް’ އެއް ތެރެއަށް ވަދެވުނު ހެނޭ ބުންޏެވެ. ޝާޔަން އާއި އަދި ވެސް އެހެން ކުދީން ތަކެއް ޒާނާ މެންނާ ބައިވެރިވެ އެ ކުދިންގެ ހެއްވާ ޒުވާބާއި އެކު ކޮމެޑީ ޝޯވ އަކަށް އަރަން ރަނގަޅުވާނޭ ބުންޏެވެ. މިއީ އެ ގުރޫޕަށް ‘ކޮމެޑީ ލޭންޑް’ ކިޔުނު ސަބަބެވެ. އޭގެ ފަހުން ކޮންމެ ރެޔަކު އެކުދިން ކޮމެޑީ ލޭންޑްގެ ޝޯވ ތައް އެ ކޮމެންޓު ސެކްށަން ގައި ބާއްވަމުން ދެއެވެ. ޝޯވ ކުރިއަށް ދަނީ އަބަދުވެސް ފުޓުބޯޅައިގެ ޒުވާބަކާއި އެކު އެވެ. އެއީ މަޝްހޫރު ޕްރިމިއާ ލީގުގެ ދުވަސްވަރު ކަމުން ކޮންމެ ރެއެއް ގައި އޮންނަ މެޗަކާއި ދެމެދު ހޫނު ބަހުސްތައް ކުރެއެވެ. އެރެއެއްގެ މެޗުގައި މޮޅުވާނީ މިވެނި ޓީމެކޭ އެވެނި ޓީމެކޭ ކިޔައިގެން ނެވެ. އެހެން މަޖާ ނަގަނަގައި ތިއްބާ އެ ވެބްސައިޓަށް ކޮމެންޓު ނުކުރެވޭގޮތަށް ބަންދު ކޮށްފިއެވެ. އެހެންނަމަވެސް އެ ކުދީންގެ ނަސީބު ކިތަންމެ ހާވެސް ރަނގަޅެވެ. ދުރާލާ މިކަމަށް ވިސްނާ އަހުޝަމް ވަނީ އޭނާގެ ފޯނު ނަންބަރު ކޮމެންޓެއްގެ ގޮތުގައި މީހުންގެ ލޮލުގައި އަޅައިނުގަންނާނޭހެން ފޮނުވާފައެވެ. ހުރިހާ ކުދިން ވަގުތުން އަހުޝަމްގެ ނަންބަރަށް ވައިބާއިން މެސެޖު ކުރި އެވެ. އަދި އެ ސައިޓައް ކޮމެންޓު ނުކުރެވޭ ހެން ބަންދު ކުރިޔަސް އެ ކުދިން އެކަކު އަނެކަކާއި ވަތްކެއް ނުވާނޭ ކިޔާ މެސެޖު ކުރި އެވެ. ހުރިހާ ކުދިންގެ ނަންބަރު އެއްކުރުމަށް ފަހު ވައިބާ ގުރޫޕެއް އަހުޝަމް ހަދާލިއެވެ. ރީޝާ ގުރޫޕުގެ ނަން ‘ކޮމެޑީ ލޭންޑް’ އަށް ބަދަލު ކޮށްލުމަށް ފަހު ޝޯވ ކުރިއަށް ގެންދަން އެންގިއެވެ. ދެން އެކުދިންގެ ޝޯވ ތައް ކުރިއަށް ދިޔައީ ވައިބާ ގައެވެ. އެހެން ކުރެވުނު ޒުވާބެއްގެ ތެރެއިން ރިއާޝް އަށް އޭނާގެ ބޭބެގެ ވާހަކަ ލިޔެވުނު ކަމީ އޭނާގެ ނަސީބޭ ރިއާޝް ހިތަށް އެރި އެވެ. އެގުރޫޕުގެ ވެރިއަކަށް އޭނާ ހުރިހާ ދުވަހަކު ގުރޫޕު ހެއްވާ ގޮތެއްގައި ދެމެހެއްޓުމަށް މިއަދު އޭނާ އަށް ރަނުގެ ފުރުޞަތެއް ލިބުނީއެވެ. މިރޭ ޝޯވގެ ރަހަތަފާތު ކޮށްލަން މޮޅުކަމެއް އޭނާގެ ޚިޔާލަށް އައެވެ.
ރޭގަނޑު ހަތް ގަޑި ފަންސާސް ނުވައަކާއި އެކު ސަލާމުގެ ބަރަކާތުން އެހެން ރޭރެއާ ޚިލާފަށް އަހުޝަމް އަދި ރިއާޝް ޝޯވ ފެށިއެވެ. މިރޭގެ ޝޯވ އަކީ ވަރަށް ތަފާތު، ވަރަށް އާދަޔާ ޚިލާފު އަދި ޚާއްސަ ޝޯވ އެއް ކަމުގައި އެ ދެކުދިން ބުންޏެވެ. ރީޝާ މިއަދު ގެއަށް ޢާއިލާގެ ބަޔަކު ޒިޔާރާތް ކުރުމުގެ ސަބަބުން އާދެވޭނީ އަށް ގަޑި ބައިހާ އިރު ކަމަށް ބުނެ ހެނދުނު މެސެޖު ކޮށްފައި ހުއްޓެވެ. ދުވާލު ފޯނުގައި އަތް ނުލެވުމުގެ ސަބަބުން އެކުދިން ކޮށްފައިވާ މެސެޖު ތަކެއް އޭނާ އަކަށް ނުފެނުނެވެ. ” އާދެ މި ރެއަކީ ސާދަ ވިލޭރެއެއް ނޫން ނަމަވެސް މިރޭގެ ހަނދު ތިޔަ ބޭފުޅުންގެ ލޯފުޅު ކުރިމަތީގައި ވިދާލާނި މުޅި މި ކޮމެޑީ ލޭންޑްގެ ތާރީޚުގައި ރަން އަކުރުން ފެވޭ ފަދަ ގޮތަކަށް. އާދެ މިރޭ މި ޝޯވގެ ޝަރަފުވެރި މެހެމާނުގެ ގޮނޑިން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ ޕެނަޑޯލާ ހަބަރަށްވުރެވެސް އަގުހުރި ބޭސްފަރުވާ އެކޭ ދެންނެވުމުން ދޮގަކަށް ނުވާނެ. އެ ބޭފުޅެއްގެ ހިނިތުންވުމަކީ ދުނިޔޭގައިވާ ކޮންމެވެސް މަޚްލޫޤެއްގެ ހިތަށް ފިނި ކަމެއް. އެ ބޭފުޅެއްގެ ނޭވާއަކީ ކޮންމެވެސް މަޚްލޫޤެއްގެ ފުއްޕާމެއަށް ޝިފާއެއް. އެ ބޭފުޅެއްގެ އަނގައިން ނުކުންނަ އެންމެ ލަފުޒެއް ވެދޭނީ މިދެންނެވި ކޮންމެވެސް މަޚްލޫޤެއް ދިރިހުރުމަށްޓަކައި ހިތުގައި ޖަހާ ވިންދު ކަމުގައި. އާދެ މިހެން ގޮސް ދަށްކާނެ ވާހަކަ ބައިވަރު. އަޅުގަނޑުމެން އިންތިޒާރު ކުރައްވަންވީ އެބޭފުޅަކު މި ޢިއްޒަތްތެރި މާލަމުގެ ރަތް ދޫލަ ހުރަސް ކުރައްވާނޭ އިރަކަށް… އެއީ ކޮން ބޭފުޅެއް ކަން މިހާރު ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަށް އިނގިލައްވާނެ! ” އަހުޝަމް ޝޯވ ފެށުމުގެ ގޮތުން އިއްވާލި ފުރަތަމަ ބަސްތަކުން އިތުރު ތަފްސީލަކަށް ބޭނުމެއް ނުވެއެވެ.” އާދެ އަދި މިރޭ މި ޝޯވ އިން އިންވިޒިބަލް ޝަޚްސިއްޔަތެއް ތިޔަ ބޭފުޅުންނަށް ވިޒިބަލް ވެގެންދާނެ.”ރިއާޝްވެސް ޝޯވ ހުށަހެޅުމާއިގެން ކުރިއަށް ދިޔައެވެ. ޝާޔަން އާއި ދެންތިބި ކުދިން ވެސް އެއީ ކާކުކަން އިނގިއްޖެ ކަމަށް ބުނެ މެސެޖު ކުރި އެވެ. “ހާއި ގާއިޒް… މިހާރު ޝޯވ ފެށުނީތަ؟ ސޮރީ އިނގޭ ލަސްވީމަ” ރީޝާ މެސެޖު ކުރީ އެއްވެސް މެސެޖެއް ކިޔުމެއްނެތި ވަގުތު ފާއިތުވެގެން ދާތީ އަވަސް އަރުވާލާފަ އެވެ. “ޓްރްޑްޓްރްޑުއްޓްރުޑުއްޓްރުޑާ… އާދެ މިހާރު ރަތް ދޫލަ މަތިން ހިންގަވާ ފައި އެ ވަޑައިގަންނަވަނީ މިރޭގެ ޝަރަފުވެރި މެހެމާނު ރީޝްޝްޝް” ރީޝާގެ މެސެޖު ފެނުމާއި އެކު ރިއާޝް މަރުޙަބާގެ އަތްތިލަބަޑި ތަކާއި މާތަކާއި އެކު މެސެޖު ފޮނުވާލިއެވެ. އަހުޝަމު ވެސް މަރުޙަބާކިޔުމުގެ ގޮތުން މެސެޖު ކުރި އެވެ. “ޓަރަޓައްޓަރަޓައްޓަރަޓައްޓަރަައްޓައްޓަރަޑާ… ޝަރަފުވެރި މެހެމާނާ އަލްފާލިޟާ ރީޝް އާދެ ސަންތިމަރިޔަނބަށް ޝޯވ އަށް މަރުޙަބާ” މި ބީދަ އިން ދެންތިބި ކުދީން ވެސް މާތަކާއި އަތްތިލަބަޑީގެ ސްޓިކާ އާއި އެކު ރީޝާ އަށް މަރުޙަބާ ކިއެވެ. “އަމައްޔާއީ… ހުވާތަ؟ ރީޝްއަށްތަ؟ މި ކޮންކަމެއް؟ އަސްލު ކިހިނެއް މިވަނީ؟އާ ޔޫ ސީރިއަސް” ވާނުވާ ނޭންގޭ ޙާލު ރީޝާ ސުވާލުތަށް އެއްފައްޗަކަށް އަމުނާލިއެވެ.”އާދެ ރީޝްގެ އިސްތިޤްބާލުގައި އަޅުގަނޑުމެން ރާވައިފައިވާ ވަރަށް ޚާއްޞަ ކަމެއް ކޮށްލުމަށް ޓަކައި މިރޭ އަލަށް ތަޢާރަފުވާ އައު ޝަޚްސިއްޔަތާ ހަވާލު ކޮށްލަން” އަހުޝަމް ޖަވާބުދިން ގޮތުން ރީޝާއަށް އެއްޗެއް ފަހުމުވާގޮތެއް ނުވިއެވެ. ރިހުލާ އާއި ދެން ތިބި ކުދީން ކެނޑިނޭޅި އަތްތިލަބަޑީގެ ސްޓިކާ ފޮނުވަމުން ދިޔައެވެ. ދެން އައި މެސެޖަކުން ރީޝާގެ އަތުން ފޯނު ވެސް ދޫނުވީ ކިރިޔާއެވެ.
“ރުއްސާ ލުމުން ދާނޭބާ
ނޫރާ ހުރެފިއްޔާ ރޯނޭތާ
ގެންދާނަމެ ދޮންވެސް ވެލާ
މީނީ ރީޝާ ގެންދަން އާދޭ ދާން
ގޮއްސާ ނިކަން ދުވާނޭ
އަސްތާ މޫދަށް އެރެންވީދޯ
ކުޅެލަން އާދޭ ތޯއޭ މުނިޔާ
އާދޭ ރީޝާ ހީލާފާ
ދާނީ ބުނަން ހޭ ހިނގާލަން
ނަލަ ހެދިލާ ދޯ މި ތިބީ
ކުޅިވަރު ބަލާށޭ ހިނގާ
ދާނޭ ވަރު ނެތީމާ ތާދޯ
ރީޝާ ރީޝާ ލޯބިން ގޮވާ
ރީޝާ ރީޝާ އާދޭ ދާން
ރީޝާ ރީޝާ ލޯބިން ގޮވާ
ރީޝާ ރީޝާ އާދޭ ދާން
ލެފެންނެތީ އިނގޭ އެ އޭނާ
ނުނިދާ އެ ރޮނީވެސް އޭނާ
ނުކެވިފައި އިނީ ކީއްވެފާ
ވަރުނެތިފައި ވީމަތާ ދޯ
ރީޝާ ރީޝާ ބަލިވެފައި
ރީޝާ ރީޝާ ކިއްވެބާ
ރޮވޭތީ ފުރޭ މޭ ލޯ
މާޔޫސް ވެވިފައި
ހިނގާނޭ ވަރު ނެތީމާތާއޭދޯ
ކަޅި އަރާ ހަމަ އިނދެފައި
ހަށަމަތާ އެރުމުން
ވެދުމަށް ގެނުވީމާ ދޯ
ނިމުނީ ރީޝާ ގެއްލުނީތާ
އާދޭ ކާކަށް ހޭ ވިސްނާ ދޭނީ
ވިސްނާ ނުލުމުން ގެއްލޭ ހަޔާތޭ
ތިޔަ ދެނީ ޅަދަރީންނަށް އަނިޔާ އޭ ދޯ
ރީޝާ ރީޝާ ލޯބިން ހޯދާ
ރީޝާ ރީޝާ ރޯލާ މިބުނީ
ރީޝާ ރީޝާ ރޯލާފާ
ރީޝާ ރީޝާ ގެއްލުނީތީ
ރީޝާ ރީޝާ ރޯލާފާ
ރީޝާ، ރީޝާ، ރީޝާ
ރީޝާ، ރީޝާ، ރީޝާ
ރީޝާ، ރީޝާ، ރީޝާ
ރީޝާ، ރީޝާ، ރީޝާ”
ރިޔާޝް އޭނާގެ އަޑުން ނޫން ނަމަވެސް އޭނާގެ އަތުން ލިޔެ ފޮނުވި ލަވައާއި އެކު ހުރިހާ ކުދިން އެއް އަޑަކުން ރިޔާޝް އަށް ތަޢުރީފު ކުރިއެވެ. ރީޝާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެ ލަވަ އޭނާގެ ބޭބެ މެންނާއި ދައްތަ މެން ވެސް ‘އައިޝާ’ ގެ ބަދަލުގައި ‘ރީޝާ’ ލައިގެން އޭނާއާ ދިމާ ކުރުމަށް ކިޔައި އުޅެއެވެ. އެއިން ކޮންމެ ފަހަރަކު އޭނާ އަންނަނީ ރުޅިއެވެ. ނަމަވެސް މިފަހަރު މިވީ ކިހިނެއް ބާއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. އަތް ފައި ފިނިވެއްޖެއެވެ. އިތުރު ކަމެއް ނުވެއެވެ. “އާދެ މިރޭގެ އިންވިޒިބަލް ޝަޚްސިއްޔަތު މިހާރު މިހިރީ ވިޒިބަލް ވެފައި. ގުޑް ލަކް ޔާޝް ދޮންބޭ” ރިއާޝް މާގިނަ ވާހަކައެއް ދެއްކުމެއް ނެތި ރިޔާޝްގެ އަތްމައްޗަށް ޝޯވ ދޫކޮށްލިއެވެ. “އާދެ މީގެ އެއް ރޭ ކުރިން ހިތާމައިގެ ކަނޑެއް ގައި ޣަރަޤު ވަމުން ދިޔަ ޔާޝް އައު ހިތްވަރާއި ޢަޒުމާއެކު އަނެއްކާވެސް ރީޝްއާ މި ކުރިމަތި ލަނީ… ގުޑް ލަކް ބްރޯ” އަހުޝަމް ވެސް ރިޔާޝް އަށް ހިތްވަރު ދެމުން ރީޝާ އަށް ނަގައި ނުގަނެވޭނެފަދަ ގޮތަކަށް މެސެޖު ކުރި އެވެ. ރީޝާ އަށް ވަމުންދާ ގޮތެއް ނޭންގުނު ނަމަވެސް މިމީހުން ކުރަން އުޅޭކަމެއް ބެލުމުގެ ނިޔަތުގައި ހިމޭނުން އިނެވެ.
“ކަލާގެ ނޭވަޔާ އަހަރެންގެ ނޭވަޔާ މިވަނީ ގުޅިފައި…ކަލާގެ ހިނިތުންވުން އަހަރެންގެ ހިތުގެ ޝިފާއަކަށް މިވަނީ ވެފައި… ކަލާގެ ލޮލަކީ އަހަންނަށް ނޫރެއްކަމުގައި މިވަނީ ވެފައި… ކަލާގެ އުނގަކީ އަހަރެންގެ ތަންމަތި ކަމުގައި މިވަނީ ވެފައި… އަހަރެން މިވަނީ ކަލާގެ ލޮއެއްބަށް ފެންބޮވައިގަނެފައި… ތިޔަ ލޯތްބަށްޓަކައި އަހަރެން މަރުވާން ވެސް މިހިރީ ތައްޔާރަށް… އާން… އުޑާއި ،ބިމާއި، ހަނދާއި، ތަރިތައް ހެކިކޮށް މި ބުނަނީ އަހަންނަށް ކަލާ ދެކެ އިންތިހާ އަށް ލޯބި ވެވިއްޖޭ… ހަނދާއި، ތަރިތަކާއި، ވިލާތަށް ނެތިއްޔާ ދުނިޔެ އޮންނާނެ ތޯ މަގޭ ލޯބިވާ ހަނދާ؟ ނޭވަޔާ ވިންދާ ލޭ ނެތިއްޔާ އިންސާނަކު ދިރި ހުންނާނެތޯ؟ ނުހުންނާނެ … އަހަރެންވެސް މިއަދު ދިރި ހުރުމަށް މި ހުރިހާ އެއްޗެއް ބޭނުންވޭ… އަދި އަހަންނަށް މިހުރިހާ އެއްޗަކީ ތީ…. ވީމާ، އާދޭހާއެކީ މި އަހަނީ އަހަންނަށް ޓަކައި އަހަރެންގެ ލޯބިވެރިޔާއަށް ރީޝް ވެދާނަންތޯއޭ؟ ތީއޭ ހަނދަކީ، ތީއޭ ލޮތްބަކީ، ތީއޭ ވިންދަކީ… ” ރިއާޝް ކިޔާވަރުން އެންމެފަހުން ރިޔާޝް އަށް ޖެހުނީ އޮއްޓަރު ހުރި ބަސްތަކަކާއި އެކު ރީޝާ އަށް ލޯބި ހުށަހަޅާށެވެ. އޭގައި މައްސަލައެއް އިނަސް އެއީ ރިއާޝް ކަމެއް ކަމުގައި ރިއާޝް ޤަބޫލު ކުރުވައިގެން ނެވެ. އެހެނީ އޭގައި ލިޔާނެ ހުރިހައި އެއްޗެއް ކިޔައިދިނީ ރިއާޝް އެވެ. މެސެޖު ދިއުމާއި އެކު ރިއާޝް މެސެޖު ކިޔާލިއެވެ. ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ “ހަނދާއި، ތަރިތަކާއި،ވިލާތަށް ނެތިއްޔާ ދުނިޔެ އޮންނާނެ ތޯ މަގޭ ލޯބިވާ ހަނދާ؟” މި ޖުމުލައެވެ. އަވަހަށް ކަރެކްޝަން ޖަހާފަ މެސެޖު ކޮށްލީ ވިލާތަށް ފުހެލުމަށް ފަހު އެވެ. އެއާއިއެކު ހުރިހާ ކުދިން އަތްތިލަ ބަޑި ޖަހައި މާމެލާމެއްޔާ ޕޮންޕޮނުގެ ސްޓިކާ އާއި އެކު މަރުހަބާ އޮބިނޯންނަވަރަށް ކިޔަން ފެށިއެވެ.
ރީޝާގެ ޙާލަތު ކިހިނެއްބާއެވެ. އެނދުގައި އޮތް މީހާ މިހާރު އޮތީ ތަޅުންގަނޑު މަތީގައެވެ. ޤަބޫލު ނުކުރެވިގެން ތިންހަތަރު ފަހަރަށް އެ މެސެޖު ކިޔައިފިއެވެ. އެއީ ހަމަ އޭނާއަށް އައިއްސަ އޮތް “ޕްރޮޕޯސަލް” އެއް ހޭ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައާ ސުވާލު ކުރަމުން ދިޔައެވެ. ލިބޭ ފުރުސަތުގެ ބޭނުން ހިފަން ވާނެއޭ އޭނާގެ މަންމަ އަބަދުވެސް ބުނެއެވެ. އެހެންވެ އާނއެކޭ ބުނެ އެތަށް ހިތަކާއި އެކު މެސެޖު ފޮނުވާލިއެވެ. އަދި ރިޔާޝްގެ ހިތަށް ތަދު ކުރެވުމުގެ ސަބަބުން އެކަމަށް މަޢާފައް އެދުނެވެ. “އޯވްންންނ… އިޓްސް އޯކޭ މައި ލަވް… މިހާރު މި ހިތަށް ފަރުވާ ލިބިއްޖެ… ތެންކްޔޫ ސޯ މަޗް ރީޝް” އޭގެ ފަހުން މެސެޖު ކުރީ ރިޔާޝް ކަމަށް ހުރިހާ ކުދިން ހިތުގެ އަޑީން ޤަބޫލު ކުރިޔަސް ރިޔާޝްގެ ފޯނު އަތިލައިގެން މިހާރު މެސެޖު ކުރަމުން ދިޔައީ ރިއާޝް އެވެ. “ޓައިމް އޮފް އެންގޭޖްމެންޓް… 21 އޮގަސްޓް 21:21…. ކޮންގްރެޓުލޭޝަންސް ރީޝް އެންޑް ޔާޝް… އަސްލު ސަޅި ވީސް ނެކްސްޓް އިޔާރގަ މިކަން ކުރި ނަމަ.. ” އަހުޝަމްގެ މެސެޖަކީ ހަމަ އެންމެ ތަފާތުކޮށް އަބަދުވެސް އަންނާނެ މެސެޖެވެ. ޒާނާ، ރިއާޝްގެ ފަހަރި އަށް ރީޝާ ވަނީއޭ ބުނުމުން ރިއާޝް، ފަހަރި އާއި ދޮންބެ އަށް މަރުޙަބާ އޭ ކިޔާ އެގެއަށް ފަހަރި އަންނަން ޖެހޭނޭ ބުނެ އޭނާގެ ފޯނުން މެސެޖު ކުރި އެވެ. ސައި ވަރަށް އަވަހަށް ބޭނުންވާ ކަމާއި ރީޝާއަށް ލޯބި ހުށަހަޅާ ފައި އޮތް ގޮތުން ޖޭ ވާ ވާހަކަ ރިހުލާ ބުންޏެވެ.
ރީޝާ އިނީ ތުންފަތް ދެ މީޓަރަށް ދަމާލައިގެން ނެވެ. އެ މޫނުމަތީގައި ކިތަންމެ ވިދުން ގަދަ ވިޔަސް އެ ގުޅުމަކީ މަޖަލަކަށް ކުރި ކަމެއްކަން ރީޝާ އަށް އެނގެއެވެ. އެހެންނަމަވެސް ގުރޫޕުގައި އެކަން އެއީ އަސްލެއް ކަމުގައި ދެކިގެން އުޅުން އެއީ އެންމެ މަޖާ ގޮތްކަމުގައި ރީޝާ އާއި އެހެން ކުދިން ވެސް ޤަބޫލު ކުރެއެވެ. އެހެންކަމުން ރީޝާ މެސެޖު ކުރަމުން ދިޔައީ ލޯބިވެރިން އެކަކު އަނެކަކާއި ވާހަކަ ދަށްކާ ގޮތަށެވެ.
ޒާނާ އާއި ރިހުލާ ވެގެން އަހުޝަމް އާއި ރިއާޝް އެކަހަލަ ކަމަކާއި ނުވިސްނަންތޯ ސުވާލު ކުރި އެވެ. އެމީހުން ޖަވާބުގައި އެއީ އަދި ފަހުގެ ކަމެއް ކަމުގައި ބުންޏެވެ. ކޮންމެ ކުއްޖަކު ވެސް ތިބީ އެކަކު އަނެކަކާއި ނިސްބަތުން ކިތަންމެ ދުރުގައި ނަމަވެސް ސޯށަލް މީޑިއާގެ ޒަރީޢާއިން އެކުދިން ވަނީ ގުޅި ލާމެހިފައެވެ. އެރެއަށް ފަހު ރީޝާ އާއި ރިޔާޝްގެ ލޯބީގެ ކުޅިވަރު ޑްރާމާއެއްގެ ސިފައިގައި ވައިބާ ގައި ކުޅެވެމުން ދިޔައެވެ. ކުރިއަށްވުރެ ހެއްވާ ޝޯވ ތަކެއް އެކުދިން ބާއްވަމުން ދިޔައެވެ. މިހެން ދެންނެވިޔަސް އަހުޝަމް އާއި ރީޝާގެ ޒުވާބު ހުއްޓުމަކަށް ނާދޭ އެވެ. ކޮންމެ ރެއަކު އެދެމީހުން ކޮންމެސް ކޫސަނި ޒުވާބެއް ކުރެއެވެ. އެހެން ގޮސް ޒުވާބު ހޫނުވާ ހިސާބަށް ދިއުމުން ރިޔާޝް ރީޝާ އަށް ލޯބީގެ އިޝާރާތެއް ކޮށްލައެވެ. އެއާއިއެކީ ރީޝާ ގަނޑު ވެއެވެ. އެކަން އޭނާ އަންގާލަނީ އިމޯޖީ އެއް މެދުވެރި ކޮށެވެ. އެއީ ގުރޫޕު ހުނުމާއި ގެން ޕަކަޕަކަ ލާ ވަގުތު ކޮޅެވެ. ރީޝާ ފޮނުވާ އިމޯޖީ ތަކުން އެކުދިންނަށް ރީޝާ ލަދުގަނެފައި އިންނަ ގޮތް ސިފަވަނީ ތޯއްޗެކެވެ. ރިއާޝް އާއި އަހުޝަމް އެއް ލަވައެއް ކިޔައި ރީޝާ އާއި ދިމާ ކުރުމަށް ދުއްވައިގަނެއެވެ. އެއިން ކޮންމެ ފަހަރަކު ރިޔާޝް ރީޝާ ދިފާޢު ކުރެ އެވެ. އެދެ ކުދީންނަށް އެއްޗިހި ކިޔާ ލުމަށްފަހު މަގޭ ރީޝް އާ ނުބެހޭށޭ ބުނެއެވެ. އެއާއިއެކު އަންހެން ކުދީން ތަކުގެ ހިނގަނޑު ފަޅައިގެން ދެއެވެ. 10 ޖެހުމުން ކޮންމެ ކުއްޖަކުވެސް ރޭގަނޑުގެ ސަލާމް ކިޔުމަށްފަހު ފޯނު ނުވަތަ ކޮންޕިއުޓަރާ ދުރުވެ ނިދަން ދެއެވެ. މާދަމާ ވެސް ހުރިހާ ކުދީން ބައްދަލު ވާނޭ ކަމުގެ ފޮނި އުންމީދުގައެވެ.
މެންދުރުގެ ވަގުތެއްގައި އެމެރިކާގެ ނާސާއިން ފޮނުވާލި ސެޓަލައިޓު ހަނދާ ކައިރި ވަމުން ދިޔައެވެ. ކާމިޔާބު ކަމާއި އެކީ އެ ސެޓަލައިޓު ބޭނުން މުޅި ދުނިޔެއަށް ފޯރު ކޮށްދެވޭނޭ މަގު ނާސާއިން ހަމަ ޖައްސަމުން ދިޔައެވެ.6068 ކިލޯގެ އެ ބޮޑު ސެޓަލައިޓު މައި ސެޓަލައިޓަށް ހެދުމުގެ މަސައްކަތް ވެސް ނާސާ ގައި ދިޔައީ ކުރެވުމުންނެވެ. ނަމަވެސް ދެން ވީ ކަމަކުން ހުރިހާ ސައިންސް ވެރިންގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކޮންމެ ފަހަރަކު ސެޓަލައިޓު މަސައްކަތް ކުރާނެކަމަށް ‘އެންޓާ’ އަށް ފިތާލާއިރަށް އަރަނީ ‘އެރޯވ’ އެކެވެ. ވީގޮތެއް ނޭންގުނެވެ. ކުއްލިއަކަށް ސިސްޓަމް ތެރޭގައި މަސައްކަތް ކުރާ މީހުން އެ ކޮޓަރިއަށް ވަދެގަތެވެ. މުޝްތަރީ އާއި ދިމާލުން ހަނދާ ދިމާއަށް ބާރު ދުވެލީގައި އައި ގިނި ހިލަ ތަކެއް ސެޓަލައިޓު ގައި ޖެހުނީއެވެ. ސެޓަލައިޓުގެ ބޮޑުބައެއް ފުނޑުފުނޑު ވީއެވެ. އިތުރަށް ނުހެދޭ ނޭ ގޮތަށެވެ.
ވަރަށް ހަމަޖެހިލައިގެން ރީޝާ ފޯނުގެ ވައިފައި ޖައްސާލުމަށްފަހު ވައިބާ އަށް ވަނެވެ. ނަމަވެސް އެއްވެސް ޗެޓެއް ފެންނާކަށް ނެތެވެ. ރަތް ކުލައިން އެރޯ އެއް އެރުމަށް ފަހު ފޯނު ނިވުނެވެ. އަހުޝަމަށް ވެސް ވީ އެހެން ނެވެ. ރިއާޝް، ވައިބާ ނުހުޅުވުމުން އަހުޝަމްގެ ނަންބަރަށް ގުޅާލިއެވެ. ” މަޢާފު ކުރައްވާ… ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުވާސަލާތީ ގުޅުންތަށް ވަނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައި… މައްސަލަ ޙައްލު ވީހާ އަވަހަކަށް ޚިދުމަތްތައް އަލުން ފޯރު ކޮށްދެވޭނޭ ވާހަކަ ދަންނަވަން.. ޓޫއް” ކޯލު ސެންޓަރުގެ ޖަވާބާއި އެކު ފޯނު ނިވުނެވެ. އެވާހަކަ ރިޔާޝް އާ ހިއްސާ ކުރަން ދިޔައިރު ރިޔާޝްގެ ހާލަކީ ވެސް އެއީ އެވެ. ޓީވީއަާއި ކޮމްޕިއުޓަރު މަސައްކަތް ކުރޭތޯ ބެލިއިރު އެއިން އެކައްޗެއްވެސް ނުހުޅުވެއެވެ. ބެލްކަންޏަށް ރިއާޝް އާއި ރިޔާޝް ނުކުތީ ކުރިމަތީ ހުރީ ޓީވީ މޯލްޑިވްސް ކަމުން އެތަނުގައި ހިނގާ ކަމެއް ބެލުމުގެ ނިޔަތުގައެވެ. އޭރު ބައެއް އިންޖިނިއަރުން އެންޓަނާ އަށް އަރައިގެން އުޅޭ މަންޒަރު ފެނެއެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ތިބި އެކުދިންގެ އެކުވެރިންނަށްވެސް ޖެހިފައި ވަނީ މިފަދަ ހާލެކެވެ. ފޯނަކުން ނުއެއް ގުޅޭ އެވެ. ޓީވީއެއް ނުހުޅުވެއެވެ. އެއްވެސް ރޭޑިއޯ އެއް މަސައްކަތެއް ނުކުރެއެވެ. ވީ ގޮތެއް އެނގޭނީ ވެސް ޓީވީގަނޑުން ޙަބަރެއް ފެނުނީމާ ނޫން ހެއްޔެވެ؟ ނޫނީ ރޭޑިޔޯ ގަނޑު މަސައްކަތް ކުރަންޏާ ނޫންހެއްޔެވެ؟
ކަނޑުގައި ދުއްވަމުން ދިޔަ އުޅަނދު ފަހަރު ތަކަށް ހުއްޓުމެއް އައެވެ. ޖީޕީއެސް މަސައްކަތެއް ނުކުރެއެވެ. ވިލާ ރޮދި ތަކުގެ ތެރެއިންނާއި މަތިން ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ތަކާއި މަތިންދާބޯޓު ތަކާއި ޖެޓު ތަކާއި މިނޫންވެސް ވައިގެ ތެރޭގައި ދަތުރު ކުރަމުން ދިޔަ އުޅަނދުތައް ވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ. ސެންޓަރުގެ ޚިދުމަތް ކެނޑުނީއެވެ. ދެން ދާންވީ ކޮން މަގަކުން ކަމެއް ނޭންގި އެތަށް ފަސިންޖަރުން ތަކަކާއިއެކީ ވައިގެ ތެރޭ ހައްޔަރު ވެއްޖެއެވެ. ޕައިލެޓުންނާއި ކުރޫއިން ކަންބޮޑުވެ ހާސްވެފައި ދެކޮޅަށް ދުވަން ފަށައިފިއެވެ. ވީނުވީ އެއް އެމީހުންނަކަށް ވެސް ނޭންގުނެވެ. ނަމަވެސް އެންމެ ކައިރީގައި އޮތް ރަންވޭއަށް ޖެއްސުމުގެ މަސައްކަތް ފެށީ ދާންވީ ކޮން ކޮޅަކަށް ކަމެއް ނޭންގޭ ހާލު ގައެވެ.
ބަނޑޭރި ކޮށްޓާއި ދިމާލަށް މީހުން އެއްވާން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯދިޤު ރައްޔިތުންނާއި މުޚާޠަބު ކުރައްވާ ވާހަކަ ދަށްކަވަނީއެވެ. ” އަޅުގަނޑުމެން ނަށް މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސެޓަލައިޓަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ސަބަބުން މުވާސަލާތީ ގުޅުންތަށް މުޅި ދުނިޔެއިން މިވަނީ ކެނޑިފައި.. މި ޚަބަރު އަޅުގަނޑުމެން ނަށް ލިބުނީ ދެންމެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓަށް ޖެއްސި އެމެރިކާގެ ފްލައިޓަކުން އައި ދިވެހި ސައިންސްޓިސްޓެއްގެ ފަރާތުން… މި އަދުން ފެށިގެން އަޅުގަނޑުމެން އިންތިޒާރު ކުރައްވަންވީ މުވާސަލާތީ ޚިދުމަތްތައް އެނބުރި އަޅުގަނޑުމެންނާ ހަމައަށް އަންނާނެ ދުވަހަކަށް… ” ރައީސްގެ ވާހަކައިގައި ވެގެން އުޅޭގޮތް ކިޔައިދިނެވެ.
މުވާސަލާތީ ޚިދުމަތްތައް ކެނޑުނު ފަހުން ތިންމަސް ވީ އެވެ. ބައެއް ޤައުމު ޤައުމަށް ޚިދުމަތް އެނބުރި އައި ނަމަވެސް ރާއްޖެ އަކަށް މި ޚިދުމަތްތަކެއް ނުލިބެއެވެ. ޚިދުމަތްތައް އަލުން ލިބުނު ޤައުމު ތަކުގެ ރައްޔިތުން ޖެހުނީ ފޯނު ނަންބަރާއި، އީމެއިލް އާއި ގޫގުލް އެކައުންޓްތަށް ވެސް އަލުން ހަދާށެވެ. މިއީ ކޮމެޑީ ލޭންޑްގެ ކުދީންނަށް އަލުން ދިމާވެވޭނެ ފަދަ ހައްލެއް ބާއެވެ! އެކުދިން އެދުވަހުގެ ފަހުން ބައްދަލު ވާނެ ބާއެވެ! ދެން ހުރިހާ ކުދިން ބައްދަލު ވުމަކީ އަޅުގަނޑު ދެކޭގޮތުގައި ނާދިރު ކަމެކެވެ. މި ކުދިން އަލުން ބައްދަލު ވޭތޯ ބަލަން އިންތިޒާރު ކޮށްލަށްވާށެވެ…
(ނިމުނީ)
ވާހަކަ އަށް ކޮމެންޓު ހުށަހެޅުއްވުމަށް މި ލިންކް ބޭނުން ކުރައްވާ!
https://chotisardarni.su/yeh-hai-chahatein-15th-march-2021-video-episode-282/
6 Comments!
Comments are closed.
Oh my god comedy land missed it
Even though I men comedy land ge baiverin vaki vumuge main reason akee Me stry gaa mentioned kohfaa in reason Ah nuvi namaves vaki van jehuny reason vrh dera
I really miss single person of that❤️❤️❤️???
Btw stry Ah jehilaa iru vrh lwbi Mi stry Masha Allah keep it up ❤️❤️❤️❤️❤️❤️❤️
Ibaarai kurumaa hurihaa kameh vxx vrh furihama sifakurun vxx Masha Allah ❤️❤️❤️❤️❤️❤️❤️❤️❤️
Comedy land ge kudhin devana faharah dimaaveythoo dua kuramun cmnt kuru kohlan ❤️❤️❤️❤️
Stay safe and take care nonniii❤️❤️❤️
Assalaamu Alaikum…. Mee Alhugandu Esfiya site gai Liya furathama vaahaka kamun kushuge mahssala hurun ekasheegen ve eve. Kiyun therin ekan faahaga kohlla dhehvvun edhemeve. Vaahaka kiyun therin nah kamudhaane kamah Unmeedhu kurameve.
Shukuriyya
Rilhaa aky Rihulaa ingey thw.. Dhefaharah balai nulevi Submit kohllevuny … Ekamah kiyun therin ge faraathun inthihaa ah maafah edhen
Aaawwwnnnnnnn RILOOOOOOOOOOOOOO ?????????Nonnie ah engeyey Eyruvx Ril kan enmme furathama cmmnt kuraanii ???????TYSSSSSSSSSSSSSMMMMMMMMMMM Ahu brw bunaaahn… Yhh dhw dhoognaa vakivaan jehuniima vvvv dhera vey Nonnie vx???n mi story ga mention kohffa huri kudhinnah vure vx ethah baivaru kudhinneh thibeyne dhw Ril ?hingaaba handhaan aa kohllan kiyaalan nan thah.. Shif, Imkko, Liyam, Areesh, Ahul, blossom sis, Epiphany sis and my medam euphoria sis, Scarlet sis Dhn mihn gos ethah baeh… Missed u all Sooooooo much ?????and love u all soooooooooooooooooo muchhhh ?????❣️❣️❣️❣️❣️❣️❣️❣️Dhn log in nuvevey kudhin nah cmnt kureveyne gotheh vx innaany hadhaala dheefa.. Because I’m sure Ahu brw konmme vaahaka ehvx kiyaane kan?Unmeedhu kuran mee kaaku kan comedy land ge kudhinnah engeyne kamah.. Liyam bunaane konmme namehgga manje cmnt kuriyas mashah engeyney???Alhe mi faharu engey thw balamaa?hehe
Riloo sifa kurun thakaai ibaaraaikurun thah furihama vaahaka buneema vv ufaavehjje ☺️☺️Tysmm… And rilge thi dhuaa gai Nonnie vx baiveri van… Aameen.. Once again thankx for your kind words ??????❣️❣️❣️❣️❣️❣️lyssmmmm Myssssssmmmmm Tyssssmmmm
??Stay safe kokaalaa
And ethanah kohffa Hunna cmnts thah fennan nuhunnaathy ehn link eh mi share kohllany
https://www.tellyupdates.com/yeh-hai-chahatein-17th-march-2021-written-episode-update-preesha-gets-suspicious-on-sulochana/
Awwwwnnnn vrh happy vehje nonni♥️♥️♥️
Dhn RILOO ah fenuny maa Ril kurin cmnt eh kohleee schl gaa iny maa theena link ah nuvathy cause schl tab veemaa ♥️♥️♥️
Ale vrh miss vsy hurihaa comedy land gey hurihaa kudhin mathin Hama vrh ♥️♥️
Devana faharah meet veythoo duaa kuran
Login nuvevey thee dhw Emeehun naanany vrh miss’s and sad ♥️♥️♥️
Lysssmmmm ♥️♥️♥️♥️