“”ދައްތާ.. އަޒްހާން އެބައުޅޭތަ..” ގެއަށް ވަދެވުމާއެކީ ޝަރުމީލާ ފެނުމުން، ޝަރުމީލާ އާއި ސުވާލު ކޮށްލިއެވެ. “ކޮޓަރީގައިވީ.. ދެންމެ އުޅުން ނިކުމެވެސް.. އަޅެ ދޭބަލަ ބަލާލަން..” ޝަރުމީލާ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޯބިންނެވެ. ކުރިންވެސް އެގެއަށް އައިސް އުޅޭތީ މަލްދާ އެގެއަށް އަލެއް ނޫނެވެ. ބަލާކަށް ނުހުރެ އަވަހަށް ގޮސް އަޒްހާންގެ ކޮޓަރިއަށް ވަނެވެ. މަލްދާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެކޮޓަރިއަށް ވެދެވުން އިރު އަޒްހާން ހުރީ މަލްދާގެ ފޮތް ހުޅުވައިގެންނެވެ. މިއޮއް ހުރިހާ ދުވަހު ސިއްރު ކޮށްގެން ހުރި ހަޤީޤަތް އަޒްހާން ކުރިމަތީ ފަޅާއެރީކަން ޔަޤީންވީ ހުޅުވައިފައި އޮތް ފޮތް ފެނިފައެވެ. މަލްދާ އިނީ ގުޑިލާންވެސް ނުކެރިފައެވެ. ގަތް ލަދުން އިސްދަށަށް ޖަހައިލީ ކުއްވެރިއެއް ފަދައިންނެވެ. އެ ބޮޑުދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.

” އައި ލަވް ޔޫ ޓޫ މަލް..” އަޒްހާންގެ ދުލުން ނިކުއިން އެލަފްޒުތައް އަޑު އިވުމާއެކީ އިސްދަށަށް ޖަހައިގެން ހުރި މަލްދާ އިސްނަގައި އަޒްހާން އާއި ދިމާލަށް ބަލައިލީ ޤަބޫލުކުރަން ދަތިވެފައެވެ. އަނެއްކާ އޭނަ އަށް ހީވިގޮތެއްބާއެވެ. މަލްދާގެ ހިތް އެވަރަށް އަޒްހާން އަށް އެދޭއިރުވެސް، އަޒްހާން މަލްދާ ދެކެ ލޯބި ވެދާނެއެކޭ ދުވަހަކުވެސް މަލްދާ ހިޔެއް ނުކުރެއެވެ. “މަލް..” ދެލޯ ބޮޑު ކޮށްގެން އަޒްހާން އާއި ދިމާލަށް ބަލަހައްޓައިގެން އިން މަލްދާ ސިހުނީ އަޒްހާން ގޮވާލުމުންނެވެ. މަޑު ފިޔަވަޅުތަކާއެކު އަޒްހާން އައިސް ހުއްޓުނީ މަލްދާގެ ނުހަނު ގާތުގައެވެ. އަދި އެއަށްފަހު މަލްދާ އާއި ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ” އައި ރިއަލީ ރިއަލީ ލަވް ޔޫ.. ކުރިންވެސް ބުނަން ބޭނުންވި.. އެކަމް މަލް ހިތައް އަރާފާނެ އެއްޗެއް ނޭނގޭތީ ބުނަން ނުކެރުނީ.. މިއަދު މިފޮތް ނުފެނުން ނަމަ އަދިވެސް ނުބުނެ ކަންނޭގެ ހުންނާނީ.. އައިމް ނޮޓް ވެރީ ގުޑް އެޓް އެކްސްޕްރެސިން ބަޓް އައި ރިއަލީ ލަވް ޔޫ.. ފަހަރެއްގައި މިހެން ބުނީމަ ގަބޫލުކުރަންވެސް އުނދަގޫ ވެދާނެ.. ބަޓް ޓްރަސްޓް މީ އައި ރިއަލީ ޑޫ..” އަޒްހާން ހިތުގައި ފޮރުވައިގެން ގެންގުޅުނު އިހުސާސްތައް މަލްދާގެ ކުރިމަތީ ހާމަކޮށްލިއެވެ. ” އައި ލަވް ޔޫ ޓޫ..” ލުއި ހިނިތުންވުމަކާއެކީ މަލްދާއަށް ބުނެވުނީ އެހާ ހިސާބަށެވެ. އަޒްހާން މަލްދާ ގެނެސް މެޔާލާ ބޮނޑި ކޮއްލިއެވެ. އަޒްހާންގެ ކޮނޑުގައި ބޯއަޅާލުމަށްފަހު ލޯމަރައި ލެވުނީ ހިތައް ލިބުން އުފާވެރިކަމުގެ ސަބަބުންނެވެ. އަދި އެއަށްފަހު އަތުގެ ނުފުށުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. މިއަދު މަލްދާއަށް އެ ރޮވެނީ ދެރަވެގެންނެއް ނޫނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.

އިރުކޮޅަކަށް ދެމިގެންދިޔަ އެ ހިތްގައިމު ވަގުތުކޮޅަށްފަހު މަލްދާ، އަޒްހާން އާއި ދުރަށް ޖެހިލިއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަޒްހާން މަޑުމަޑުން މަލްދާގެ މޫނުގައި އޭނަގެ ދެ އަތުން ހިފަހައްޓާލިއެވެ. އެއަށްފަހު އޭނަ ނިއްކުރިއަށް ލުއި ލުއި ބޮހެއްދިނެވެ. އެއާއި އެކު މަލްދާއަށް އަނެއްކާވެސް ލޯމަރާލެވުނެވެ. “މަލްދާ…” ދުރުން ޝަރުމީލާގެ އަޑު އިވުމާއެކީ ސިހުން މަލްދާ އަވަސް އަވަހަށް އަޒްހާން އާއި ދުރަށް ޖެހުނެވެ. ޝަރުމީލާއަށް ކޮޓަރިއަށް ވަދެވެން ވާއިރަށް މަލްދާގެ ފޮތް ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. ” އަނހަ.. ދަނީތަ” މަލްދާ ފެނުމާއެކު ޝަރުމީލާ ވާހަކަ ދެއްކިއެވެ. ހަމަ ކުރިންވެސް އެވާހަކަ ދެއްކިހާ ގާތް ކޮންނެވެ. ” އާނ.. ގަޑި ޖެހެނީ މިހާރު.. ފޮތް ބަލައި އައި… ” މަލްދާ ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ. އަދި އެއަށްފަހު ބާރު ހިނގުމެއްގައި ގޮސް ގެއަށް ވަނެވެ. “ދަރިފުޅާ.. އަދިވެސް ނުދަނީތަ.. މިހާރު އެއޮތް ގަޑި ޖެހުނީއޭ.. ތި ނޫން ވަރެއް ނުވޭ ދޯ ދަރފުޅަކަށް..” މަލްދާ އަދިވެސް ސްކޫލަށް ނުދާތީ އެކަމާ ހިތްހަމަ ނުޖެހިގެން ނަފީސާ ވާހަކަ ދެއްކިއެވެ. ” މަންމާ.. މިހާރު މިދަނީއޭ…” މިހެން ބުނުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ސްކޫލަށް ދާން ނިކުތެވެ. ދިއުމުގެ ކުރިން އަދި އެއްފަހަރު އަޒްހާން މެންގެއާއި ދިމާލަށް ބަލާލިއެވެ. ބެލްކަނީއަށް ނިކުމެ ހުރި އަޒްހާން ފެނި ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަޒްހާން އާއި ދިމާލަށް ބަލަހައްޓައިގެން އިން މަލްދާ ގަޑި ޖެހޭކަން ހަނދާންވުމާއެކުހެން ސްކޫލަށް ދާން ދުއްވައިގަތެވެ. އޭރުވެސް އެމޫނުމަތީގައިވާ ރީތި ހިނިތުންވުން ފިލައިގެންނެއް ނުދެއެވެ.

ބެލް ޖެހުމާއެކުހެން ގޭޓުން ކުދިންތައް ވަދެގެން ދާން ފެށުމުން އާރްޔަން ވެސް ހިނގައިގަތީ އަލީގެ ފަހަތުންނެވެ. އަދި މި ސްކޫލަކީ އޭނައަށް މުޅިން އާ މާހައުލެކެވެ. ” އޭ… ސްކޫލައް ވައިންތާ އަދި ފަސް މިނަޓު ނުވެގެން މިއުޅެނީ… މިހާރުވެސް ފޭމަސް ވެއްޖޭ ދޯ.. ” އަލީ ދެފަރާތަށް ބަލައިލަމުން ބުންޏެވެ. ވާނީވެސް އެހެންތާއެވެ. އާރްޔަން ސްކޫލަށް ވަނީއްސުރެ ހުރިހާ އަންހެން ކުދިންގެ ކަތި ނަޒަރުތައް ދިޔައީ އޭނައަށް އަމާޒު ވަމުންނެވެ. ނަމަވެސް އާރްޔަން އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އާރްޔަންގެ ދެލޯ ހޯދަމުން ދިޔައީ ހަމަ އެންމެ ސޫރައެކެވެ. އެދުވަހު މަގުމަތިން ފެނުނު އަންހެން ކުއްޖާއެވެ. އެކުއްޖާ ފެނުން ފަހުން އާރްޔަން އަށް ވަމުން ދިޔައީ މީގެ ކުރިން އޭނައަށް ދުވަހަކުވެސް ނުވާ ގޮތްތަކެކެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވެންޏާ އާރްޔަން އަށް މީނީ ލޯބިވެވިފައެވެ. މިފަދަ ހިޔާލުތަކަކަށް ގެއްލިފައި އިން އާރްޔަން ސިއްސައިގެން ދިޔައީ އަލީ، އާރްޔަންގެ އަތުގައި އޮތް ފޮތް ހިފައިގެނ ދުއްވައިގަތުމުންނެވެ. އާރްޔަންވެސް ބަލާކަށް ނުހުރެ އަލީ ފަހަތުން ދުއްވައިގަތެވެ.

އެދިމާލުގައި ހުރި ސިޑިން ދުވެފައި އައި މަލްދާއަކަށް އާރްޔަން އެއް ނުފެނެއެވެ. އައިގޮތައް އައިސް ދެމީހުން ޖެހުނީ ނުލާހިކު ބާރަށެވެ. އާރްޔަން އާއި މަލްދާ ދިޔައީ ސިއްސައިގެންނެވެ. ފެނުނު މަންޒަރުން އާރްޔަން އިނީ ދެލޯ ބޮޑުވެފައެވެ. އާރްޔަންގެ ކުރިމަތީ އޭނީ އޭނަގެ ހިތުގެ ހަމަޖެހުން ނަގާލި ކުއްޖާއެވެ. އާރްޔަންއާއި ދިމާލަށް ބަލާލުމަށް ފަހު މަލްދާގެ ދެބުމަ ގޮއްޖެހިގެން ދިޔައެވެ. ބަލާކަށް ނުހުރެ އާރްޔަން އާއި ދިމާލަށް އެއްޗެހި ކިޔައިގަތެވެ. ” ބަލަ.. ތަންކޮޅެއް ބަލައިގެން އުޅެން ވެއްޖެ އެއްނު ދޯ.. ހަމަ ކޮންމެ މީހަކަށްވެސް އިނގޭނީ އަހަރެންގެ ގައިގަތަ އައިސް ޖެހިގަންނަން… ކިހާ ދެރަ ކަމެއް މީ ދެން.. ކޯއްޗަކަށް ތަ ތި ބަލަނީ..” މަލްދާ ކިޔަމުން ދިޔަ އެކައްޗެއްވެސް އާރްޔަން އަށް ފަހުމެއް ނުވިއެވެ. މަލްދާ ކިޔަމުން ދިޔަ އެކައްޗެއްވެސް އާރްޔަން އަކަށް ނީވެއެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ މަލްދާއަށް ހުރީ ގެއްލި ހުސްވެފައެވެ. ވަހީދުގެ ސަބަބުން އައިއްސަ ހުރި ރުޅިވެސް ބޭލުނީ އާރްޔަންއަށެވެ. މަލްދާ ކިޔާނެ އެއްޗެއް ކިޔުމަށްފަހު އާރްޔަން އާއި ދިމާލަށް ލޯ އަޅާލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. އޭރުވެސް އާރްޔަން އަށް ހުރެވުނީއެވެ. ދުރުގައި މަންޒަރު ބަލަން ހުރި އަލީ ހުރީ ކޮސްވެފައެވެ. މީގެ ކުރިން އާރްޔަންގެ ކިބައިން މިކަހަލަ އެއްވެސް ސިފައެއް ނުފެނެވެ. އާރްޔަން ކުރިމަތީ މީހަކަށް އެއްޗެކޭ ބުނާކަށް ނުކެރޭނެއެވެ. ބުނެފި މީހަކަށް އެވަރު އަރުވާލާނެއެވެ. އާރްޔަން އާއި ދިމާލަށް ބަލަހައްޓައިގެން އިން އަލީ ބަޑި ފަޅައިގެން ދިޔައީ ކުއްލިއަކަށެވެ. އަލީ ހީ ހީ ގޮސް ހަލާކުވާ ވަރު ވެފައެވެ. ” މީ ދޯ މިވާ ގޮތަކީ.. ޔޫ ލައިކް ހާ… ދެން ނާހާތި މަށަށް އިނގުނީ ކިހިނެއް ހޭ.. މިތާ އެހެން މީހަކު ހުރިނަމަ އެމީހަކަށްވެސް އިނގޭނެ.. އެވަރަކަށް ނޫން ވިއްޔަ މަލްދާ އަށް ގެއްލިފަ ތިހުރީ..” އަލީ ހެމުން ހެމުން ވާހަކަ ދެއްކިއެވެ. “މަލްދާ.. ” އާރްޔަން އަށް މަޑުމަޑުން ބުނެވުނެވެ. އާރްޔަން އަށް އެ ލޯބި ލޯބި އަންހެން ކުއްޖާގެ ނަން އަދި އެ އިނގުނީއެވެ. ތުންފަތްމައްޗަށް ލުއި ލުއި ހިނިތުންވުމެއް ވެރިވިއެވެ. ” އޭ މިސްޓަރ.. ކުލާހަށް.. ” އަލީ މިހެން ބުނުމަށްފަހު ކުލާހާ ދިމާލަށް ދާން ހިނގައިގަތެވެ. އާރްޔަންވެސް އަލީ ފަހަތުން ދާން ހިނގައިގަތެވެ.

އާރްޔަން ކުލާހަށް ވަނީއްސުރެ އެންމެންގެ ނަޒަރު ހުއްޓިފައި ހުންނަނީ އާރްޔަން އާއި ދިމާލަށެވެ. ހާއްސަކޮށް ކުލާހުގެ އަންހެން ކުދިންނެވެ. އާރްޔަން އާއި އެކުވެރިވާން ކުދިން މަސައްކަތް ކުރަމުން ދިޔައެވެ. ” ހާދަ ހޭންޑްސަމް އޭ… ” ހުވަފެނީ ގޮތަކަށް އާރްޔަން އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ސާރާގެ ދުލުން ބޭރުވިއެވެ. މަލްދާ އަށް ސާރާއާއި ދިމާލަށް ބަލައިލިއެވެ. ” ހޭންޑްސަމް މައި ފުޓް..” މަލްދާ އަށް އިހުތިޔާރަކާ ނުލައި ބުނެވުނެވެ. ” ކީއްތަ ވީ.. ކިހާ ލޯބިތަ އޭން.. އާން ދެން މަލް އަށް އަޒްހާން ނޫން އެހެން މީހަކު ރީތިނުވިޔަސް..” ސާރާ ދެއްކި ވާހަކަތައް އަޑު އަހަން ހުރި މަލްދާއަށް އަޒްހާންގެ ނަން އިވުމާއެކީ ހިނިތުންވެވުނެވެ. އަދި މިއަދު ކަންތައް ވެގެން ދިޔަ ހުރިހާ ވާހަކައެއް ސާރާއަށް ކިޔައިދިނެވެ. ސާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބާރު ބާރަށް ތޫލި އަޑަކުން ހަޅޭލަވައިގެން އިރު މިއިނދެވުނީ ކުލާހުގައި ކަމެއް ހަނދާނެއް ނެތެވެ. މަލްދާއަށް ދެލޯ ބޮޑު ކޮއްލާފައި ކުލާސްތެރެއަށް ބަލައިލެވުނެވެ. އޭރު ހުރިހާ ކުދިން ތިބީ އެމީހުނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ސާރާވެސް އިނީ ލަދުން ހަލާކު ވާވަރުވެފައެވެ. މުދައްރިސް ދެމީހުންނަށް ވަރުގަދަ އިންޒާރެއް ދިނުމަށް ފަހު އަލުން ކިޔަވައިދިނުމައިގެން ކުރިޔަށް ދިޔައެވެ. ސާރާ އިނީ ހަގީގަތުގައިވެސް ވަރަށް އުފާވެފައެވެ. ވަހީދުގަ ކަންތަކަށްފަހު މިހެން ވުމުން މަލްދާއަށް އެ ބިރުވެރި ވަގުތު ކޮޅު ހަނދާން ނައްތާލަން ފަސޭހަ ވާނޭވެސް ސާރާގެ ހިތައް އެރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މަލްދާއާއި އަޒްހާންގެ ހަޔާތައް ހީވަނީ ބަހާރު މޫސުމެއް އައިސްގެން އުޅޭހެންނެވެ. ދެމީހުންގެ ސިއްރު ބައްދަލުވުންތައް ކުރިއަށް ދިޔައެވެ. އެކަކު އަނެކަކަށް އެތަކެއް ވައުދުތަކެއް ދެމީހުން ވަމުން ދިޔައެވެ. ދުވަހަކުވެސް ވަކިނުވާން ނިންމައިގެން ދެމީހުންވެސް މުސްތަޤުބަލާ މެދު އެތަކެއް ފޮނި ހުވަފެންތަކެއް ދެކެމުން ދިޔައެވެ.

އަނެއްކޮޅުން އާރްޔަންގެ ހާލަކީ ކޮބައިތޯއެވެ. މަލްދާގެ ހިޔާލުތަކާ އެންމެ ސިކުންތަކުވެސް ދުރަކަށް ނުދެވެއެވެ. ކުލާހުގައިވެސް ސިއްރު ސިއްރުން ނަމަވެސް މަލްދާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވެއެވެ. ނަމަވެސް މަލްދާ އަބަދުވެސް ހުންނަނީ އާރްޔަން ދެކެ ރުޅި އައިއްސައެވެ. އެހެންވެ ބައެއްފަހަރު ރުޅި އަރުވާވެސް ލެވެއެވެ. މަލްދާގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. ރުޅި އައިސްގެން ނަމަވެސް މަލްދާ އޭނަ އާއި އަނގައިން ބުނުމުން ލިބެނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އާރްޔަން އަށް ނޭނގޭ ތަންކޮޅަކީ އޭނަގެ ހަޔާތުގެ މަލިކާގެ ރާޖާ އަކީ އެހެން މީހެއް ކަމެވެ. މަލްދާގެ ހިތް އެހެން މީހަކަށް ހިބައިން ދެވިފައިވާ ކަމެވެ. މިކަމުގެ ނަތީޖާ ވަރަށްވެސް ހިތި ވާނެ ކަން ގައިމެވެ.

ނުނިމޭ

.

121

7 Comments

 1. Shaima shaee

  September 23, 2020 at 7:32 am

  Vrrrr Reethi mipartves waiting for the next part 😍😍😍😍😍😍😍😍

 2. Shaima shaee

  September 23, 2020 at 7:33 am

  Me first dho😝😝😝

  • Minhaaa

   September 24, 2020 at 5:25 pm

   Yesss.. and thankyou so much 💕

 3. ✨Anaa naako✨

  September 24, 2020 at 11:40 am

  Vrh reethi mi part ves curiously waiting for the next part….

  • Minhaaa

   September 24, 2020 at 5:25 pm

   Thankyou so much 💕

 4. KIMSAMUEL

  September 24, 2020 at 10:30 pm

  Alheyy I’m late this tyme dhw. Anyway mi part ves hama varah habeyss. I loved it. Next part avahah upkohdhehchey..

  • Minhaaa

   September 25, 2020 at 11:46 am

   In Sha Allah very soon💕
   And thankyuh so much for your response

Comments are closed.