” ޖުނާން!…” އީޝާ ހައިރާންވެފައި ބުނަމުން މިރާނަށް ބަލާލާފައި އަނެއްކާވެސް ޖުނާނަަށް ބަލައިލިއެވެ. ޖުނާން ޖެހިލުމެއް ނެތި ހިނގާލާފައި ގޮސް އީޝާގެ ކުރިމަތީ ހުއްޓުނެވެ. ” އިޝީ!!!..ވަޓް ހޭވް ޔޫ ޑަން ޓު ޔުއަރ ސެލްފް؟..ބުރުގާގަނޑެއް އަޅާފަ…މުޅިން އަނދާފައެއްނު ތިހުރީ..؟” ޖުނާން ޤަބޫލުނުކުރެވިފައި ބުނެލިއެވެ. އީޝާއަށް ދޭނެ ޖަވާބެއް ނޭންގިގެން އެއްފަހަރު މިރާނަށް ނަޒަރެއްދީފައި އެގޮތުގައި ހުރެވުނެވެ. ” ހޭ؟ ހެޕީއެއް ނުވޭތަ؟..ފައިނެލީ އައި އެމް ބެކް…އޭނަ ޑިވޯސްކޮށްފަ މިއައީ އިޝީ ބަލާ….” ޖުނާން ބުނެލި ޖުމްލައިން އީޝާގެ މޫނުމަތީގެ ހާސްކަން އިތުރުވިއެވެ. ” ޖޭން!! ކީކޭތަ ތިކިޔަނީ؟..އަހަންނަނީ ބޭނުން ވީމަ ދޫކޮށްލާފަ ބޭނުންވީމަ ޖޭންއަށް މިލްކުރެވޭ ފަދަ ޕްރޮޕަޓީއެއް ނޫނޭ…” އީޝާގެ އަޑު ތުރުތުރުލީއިރު ލޮލުން ކަރުނަ ނިރާލިއެވެ. “އައި ޓޯޓެލީ އެގްރީ އިޝީ..އައި ޑިޑް އެ ބިގް މިސްޓޭކް…ޝީ ޗީޓެޑް އޮން މީ…އިން އެ ވެރީ ބޭޑް ވޭ..ވެރީ ބޭޑް ވޭ!!..މިހާރު ވިސްނިއްޖެ އަހަރެން ދެކެ ހަޤީޤީ ލޯބިވާ މީހަކީ ތިއީކަން….” ޖުނާން ބުނެލިއެވެ. އީޝާއަށް ކުރެވުނުހާވެސް ކަމަކީ ހަށަން ބަނދެލަމުން ނުރުހިފައި ދުރުބަލާލެވުމެވެ.
އޭރު މިރާން މަހުގެ ލޭތައް އަތުން ދޮވެލުމަށްފަހު، ޖުނާން ދައްކާ ވާހަކަ އަަޑުއަހާލަން ކައިރިއަށް ޖެހިލައި ދެއަތް ފުރަގަހަށް ލިއެވެ. ދެބުމަ ގޮށްޖެހި ނުރުހުމުގެ ކުލަވަރު މޫނުން ފެނަން ހުރިއިރު އީޝާ އިރުއިރުކޮޅާ މިރާންއަަށް ބެލިއެވެ. ” އިޝީ މެރީ ކުރީ އަހަރެން ޖޭ ކުރަންކަން އިނގޭ…ސޯ އެއިންޑް އޯލް ދީސް ޑްރާމާސް އެން ކަމް ބެކް ޓު މީ….” ޖުނާން އީޝާގެ އަތުގައި ހިފުމުން މިރާން ދަތްކުޑިވިކާލިއެވެ. ” ކޮންމެ ހާލެއްގައި މެރީކުރި ނަމަވެސް ތިއީ މިހާރު މަގޭ އަންހެނުން…ހަމަ މިހާރު ތިއަތުން ދޫކޮށްލާ…” މިރާންގެ ހަރުކަށި އަޑު އިވިފައި ދެމީހުން އެއްކޮށް އޭނާއަށް ބަލާލިއެވެ. އޭނާ ހުރީ އަލިފާން ނަޒަރަކުން ޖުނާނަށް ބަލާށެވެ. ” މިރާން…!” މިރާން ރުޅިއައިސްގެން ކަމެއް ގޯސްކޮށް ކޮށްފާނެތީ ޖުނާންގެ އަތުގެތެރޭން އަތް ނައްޓުވާލާފައި އީޝާ މިރާނަށް ގޮވާލި ނަމަވެސް މިރާން ބަލާވެސް ނުލިއެވެ. ޖުނާން ފާޑަކަށް ހިނިތުންވެފައި މިރާނުގެ ފައިންފެށިގެން ބޮލާހަމައަށް ބަލާލިއެވެ. ” އެންޑް އިޝީ…އަހަރެން ހިޔެއް ނުކުރަން ޖޭ ކުރަންވިޔަސް އިޝީ މިކަހަލަ ފަޤީރު ހަޑި ގަމާރު މީހަކާ މެރީ ކޮށްފާނެ ކަމަކަށް..ބަލާބަލަ މިހިރަ ޖިފުޓިގަނޑެއްވެސް…އިޝީއަށް މިތާ ކެތްވޭތަ؟…ޑިސްގަސްޓިންގް..” ޖުނާން މަލާމަތްކޮށްލުމުން މިރާންގެ ލޭ ކެކިގަތެވެ. އަތްމުށްކެވި ދަތްތައް ޖައްސާ ބާރުވުމާއެކު ލޯމަރާލިއެވެ. ކައިރީގައި ދަރިފުޅު ބަލަން ހުރީތީ އިންތިހާއަށް ކެތްތެރިވަމުންނެވެ.
” ޖުނާން ސްޓޮޕް އިޓް..އާދޭސްކޮށްފަ މިބުނީ….” ބޯ އަރިކޮށްލަމުން ޖުނާނަށް އީޝާބުނެލިއެވެ. ” އޯކޭ…އެނީވޭ..މިއޮއް ހޫނުގަދަ އިރުވެސް އަހަރެން މިތާތަ ބަހައްޓަނީ…ޖިފުޓިއަށް ނުވައްދާނަންތަ؟…އައި ތިންކް އައި ޑިޒާވް އެޓްލީސްޓް އެ ގްލާސް އޮފް ވޯޓަރ…ކަމޯން އައި ވޯޒް ޔުއަރ އެކްސް….އެން އައި އެމް ޔޯ ފިއުޗަރ…” ޖުނާން އީޝާއަށް ބުނެލިއެވެ. އީޝާ ދެޚިޔާލެއްގައި ހުރެ ހިނގައިގަތުމުން މިރާން އީޝާގެ އަތުގައި ހިފެހެއްޓިއެވެ. ” އަހަރެންގެ ގެއަށް އޭނަ ވައްދައިގެން ނުވާނެ…އަޑުއިވޭތަ؟..” މިރާންގެ ހަރުކަށި އަޑުން އީޝާ ޖެހިލުންވެފައި މިރާނަށް ބަލާލިއެވެ. މިރާން ހުރީ ސީދާ އީޝާގެ މޫނަށް ބަލާށެވެ. ” މިރާން ހީ ލުކްސް ޓަޔާޑް…އެއީ މެހުމާނެއްނު..އޭގެ އިތުރުން ބައްޕަގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ދަރިފުޅު..ޕްލީޒް އަންޑަރސްޓޭންޑް….” އީޝާ މިރާންގެ ގާތަށް ޖެހިލަމުން ވައިއަޑުން ބުނެލިއެވެ.
“ތިޔަށްވުރެ ރަނގަޅުވާނެ އެއީ މިހާރުވެސް އެންމެ ލޯބިވާ ފަރާތޭ ބުނިއްޔާ…. ” މިރާން ރުޅިވެރި އަޑަކުން އީޝާގެ ކަންފަތްކައިރީ ބުނެލިއެވެ. ” މިރާން.!! ޕްލީޒް މިސްއަންޑަރސްޓޭންޑް ނުވެބަލަ…އަހަންނާ ދޭތެރޭ ގޯސްކޮށް ކަންކުރި މީހާއާ މެދުވެސް ރަޙްމުކުޑަކޮށް ކަންކުރާކަށް އަހަންނަކަށް ނުކެރޭނެ…” އީޝާ މިރާންގެ މުލައްދަނޑީގައި ހިފާލިއެވެ. “ފަޔާޒު!!! ހަމަ މިހާރު އޭނަ މިގޯތިތެރެއިން ނެރޭ…އެހެން ނޫނީ ގުޅާނީ ޕޮލިހަަށް….،” މިރާން ބާރަށް ބުނެލިއެވެ. މިރާންގެ ލޭކެކި ގަންނަ މިޒާޖު ފެނި ޖުނާނަށް ހެވުނެވެ. ” އޯގޯޑް…ވަޓް އެން އެގްރެޝަން..މޮޔަވެސް މީހަކާތަ ތި މެރީ ކުރީ…” ޖުނާން އީޝާގާތުން އަހާލުމުން މިރާން ދިޔަގޮތަށް ގޮސް ހިފީ ޖުނާންގެ ގަމީހުގެ ގިރުވާނުގައެވެ. އީޝާއަަށް ހާސްވެގެން ނިތްކުރިމަތީ ހިފާލެވުނެވެ. ” އެެއީ ކަލެއާ ބެހޭ ކަމެއް ނޫން..މޮޔައަކަސް ހޭޖެހޭ މީހަކަސް…އަޑުއިވިއްޖެ….” މިރާން އަަޑު މަޑުކޮށް ނަމަވެސް ދަތްކުޑިވިކާލަމުން ބުނެލިއެވެ. ” މިރާން…ޕްލީޒް ލީވް ހިމް..ފްލީޒް….އޭނައަށް ތަދުވެދާނެ…މިރާން!!..” އީޝާ މިރާންގެ އަތުގައި ހިފާލިއެވެ. ” ކީއްވެ ނުބެހެންވީ..އެއީ އަހަރެންގެ ގާރލް އެކޭ..ކަލެޔާ މެރީ ކުރީ އަހަރެން ދެރަކުރަން..ދެޓް އިޒް ދި އޮންލީ ރީޒަން…ނައު އިޓްސް ޓައިމް ޔޫ ޓު ލީވް ހަރ…އޮކޭ؟؟؟..” ޖުނާން ޖެހިލުންވި ނަމަވެސް ބުނެލިއެވެ. ” އޭ މިރާން!!..ދޫކޮށްލާ…މޮޔަވީތަ..ތީ ބޮޑެތިސިންގާ ވިސްނޭމީހުން އުޅޭ ގޮތެއް ނޫނެއްނު… އަހަރެމެން މިދަނީއޭ…އާދޭ ޖުނާން…” ފަޔާޒު ޖުނާންގެ ގައިގައި ހިފާ ދަމާލުމުން މިރާން ޖުނާންގެ ގައިން ދޫކޮށްލިއެވެ. ޖުނާން ދަމުން ދަމުން އީޝާގާތު ގުޅާނެ ކަމަށް ބުނެލުމުން އީޝާއަަށް އަނެއްކާވެސް ބަލާލެވުނީ މިރާނަށްށެވެ. މިރާން ހުރީ އީޝާއަށް ނުރުހުންތެރި ނަޒަރަކުން ބަލާށެވެ. އޭނާ ބާރުބާރަށް ގޮސް ގޭތެރެއަށް ވަނުމުން އީޝާއަށް ހާސްވެގެން ބޮލުގައި ހިފަހައްޓާ ލެވުނެވެ.
އީޝާ ގޮސް ޖޯލިފަތީގައި އިށީން އިރު ލޮލުން ކަރުނަ އައިސްފިއެވެ. އެވަގުތު އަޝްބާ މަޑުމަަޑުން އައިސް ބޯދެކޮޅަށް ހޫރާލަމުން އީޝާގެ ކަރުނަތައް ފޮހެލިއެވެ. އެތާ އެވީކަމެއް އެ ކުއްޖާއަށް ނަގައި ނުގަނެވުނު ނަމަވެސް ބައްޕަ ރުޅިއައީކަން އޭނާއަށް އިނގުނެވެ. އެހެން ކަމުން އަތުގެ އިޝާރާތުން ބައްޕަ ރުޅިއައީމަ ދެރަވީހޭ އަހާލިއެވެ. އަޝްބާއަށް ބަލާލަމުން އީޝާ ކަރުނަވީ ލޮލާއެކުވެސް ހިނިތުންވެލައި ބޮލުން އާންއެކޭ ބުނެލިއެވެ.
އިރުކޮޅަކުން މިރާން ނުކުމެ މަސްތައް ފިހެން އުޅުނީ އެންމެ ފަހަރަކުވެސް އީޝާއަަށް ބަލާނުލައެވެ. އީޝާ އެއްޗެއް ބުނެލިޔަސް ޖަވާބެއްވެސް ނުދެއެވެ. އީޝާގެ މާޔޫސް މޫނު ފެނި އަޝްބާ ގޮސް މިރާން ގާތު މަޑުކޮށްލަމުން މަންމަ ދެރަވެފައޭ އެހުރީ..ބައްޕަ ރުޅި ނާންނާށޭ ބުނެލިއެވެ. މިރާން އެވަގުތު އަޝްބާއަށް ހިނިތުންވީ ގަދަކަމުންނެވެ. އަދި އަތުގެ އިޝާރާތުން ރުޅިއެއް ނޫނޭ ބުނެލިއެވެ. އެކަމަކު އެއީ ދަރިފުޅު އުފާކޮށްދޭން ބުނިއެއްޗެއްކަން އީޝާއަށް އެނގުނެވެ.
****
މިރާން ހުކުރުން އައުމުން މެންދުރު ކައި ނިންމައިގެންވެސް މިރާންއާ ވާހަކަ ދެއްކޭ ކަހަލަ ގޮތެއް ވޭތޯ އީޝާ މަސައްކަތް ކުރިއެވެ. ނަމަވެސް ރޭގަނޑު ވީއިރުވެސް އެފުރުސަތެއް މިރާން ނުދިނެވެ.

ފަހުން އަޝްބާ ނިދުމުން އީޝާ މިރާން ހޯދަމުން ވަޑާން ގެއަށް ވަތްއިރު އޭނާ ސޯފާގައި އިނީ ވިސްނުމެއްގައެވެ. އީޝާ ގޮސް ގާތުގައި އިޝީންކަމެއް ނޭންގެއެވެ. ފޯނަަށް ގުޅަން ފެށީ ޖުނާންއެވެ. ފޯނުގެ ސްކްރީނަށް ބަލާ ލާފައި މިރާން ފުންނޭވާ އެއްލިއެވެ. އީޝާ އިނީ ހަދާނެ ގޮތެއް ނޭންގިފައެވެ. އެންމެ ފަހުން އީޝާ ރިންގް އޮފްކޮށްލިއެވެ. އަދި ފޯނު ސޯފާ މަތީ ބާއްވަމުން މިރާންގެ ކޮނޑުގައި ބޯޖައްސާލިއެވެ. އަދި ވައަތް ނަގާ ހިއްލާލަމުން މިރާންގެ މޫނުގައި ޖައްސާލިއެވެ. ” މިރާން ޕްލީޒް!!! ތިހެން ރުޅިއައީމަ ވަރަށް ހާރޓްވޭ…އަހަންނާ އޭނަގެ މިހާރު އެއްވެސް ގުޅުމެއް ނެތް..އޭނަ ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ..އޭނަ ފެނި ލޮލުން ކަރުނައައީ އަހަރެންގެ އުމުރުގެ އެތައް ބައިވަރު ވަގުތެއް ހަޤީޤީ ލޯބިވާން ނޭންގޭ މީހަކަށްޓަކައި އިންވެސްޓް ކުރެވުނީތީ.. ﷲ ހެކިވާނެ އަހަރެން މިރާން ދެކެ ވަރަށް ވަރަށް ލޯބިވާކަން…އަހަންނަށް މިރާންއާ ދުވަހަކުވެސް ވަތްކެއް ނުވެވޭނެ…” އީޝާ ބުނަމުން ދިޔައިރު މިރާން ލޯ މަރާލާފައި ދުރު ބަލާލީ ނުރުހުންވެ އިނދެއެވެ. ” ލޯބިވިޔަސް ނުވިޔަސް އަހަރެން އީޝާ ދުލެއް ނުކުރާނަން…އޭނަ ހީކުރަނީ ކީކޭކަމަށްތަ؟ ” މިރާން އީޝާއަށް ބަލާލަމުން ބުނެލިއެވެ. އީޝާއަށް އެބަސްކޮޅުން އުފާވެގެން ހެވުނެވެ. ” ކީއްވެ ތިހެނީ؟…އީޝާ ދާން ބޭނުންވިޔަސް ނުދެވޭނެ..އަހަރެން ވަރިއެއް ނުކުރާނަން…” އީޝާގެ އަތުގައި މިރާން ހިފާފައި ހަރުއަޑަކުން ބުނެލިއެވެ. ” އެހާވެސް ލޯބިވޭތަ…ނޫޅެވޭނެ ދޯ ދެން އަހަންނާ ނުލާ….” އީޝާ ހެވިފައި ބުނެލިއެވެ. މިރާނަށްވެސް ކުޑަކޮށް ހެވުނެވެ. އީޝާގެ އަނގައިން މިރާންގެ ހިތުގެ ހާލަތު ހާމަކުރީތީއެވެ.

މިރާން އީޝާގެނެސް މޭގައި ޖައްސާލިއެވެ. ” އީޝާ!…އަހަރެން މިދުނިޔޭގަ ލޯބިވާ ކޮންމެ މީހަކު ގެއްލޭ…މަންމަ.. ބައްޕަ.. ޔަޝްފީ…ޔަޝްފީގެ މަރަށް ފަހު ﷲ ގެ ހަޟްރަތަށް ރުޖޫޢަވުމުގެ ފުރުޞަތު ނުލިބުންނަމަ ނޭންގެ މިއަދު އަހަރެންވެސް ދުނިޔޭގައި ހުރިސްކަމެއް…އެހާވެސް ބޮޑަށް މިދުނިޔެ މަތިން ފޫހިވި….އަޝްބާއަކީ އަހަރެން މިދުނިޔޭގައި ކެތްތެރިވުމަށް އެކަލާންގެ މިންވަރު ކުރެއްވި ސަބަބެއް…އެއަށް ފަހު އީޝާ…” މިރާން ބުނަމުން އީޝާގެ ކޯތާފަތުގައި ފިރުމާލިއެވެ. ” އަހަރެންވެސް މަރުވާނެ…” އީޝާ ބުނެލިއެވެ. ” އިނގޭ…އެކަމަކު އަހަރެން ބޭނުންވަނީ މަރުވަންދެންވެސް އަހަންނާއެކު އުޅެން…ދިރިހުރި ނަމަ އެކުގައި މުސްކުޅިވާން…ފަހެއް ނުނީ ހަވަރަކަަށް ދަރިން ހޯދަން…” މިރާން ބުނެނުނިމެނީސް ވާ..ޓް އޭ ކިޔާ އީޝާ މިރާންއާ ދުރުވިއެވެ. މިރާން ގާތަށް ހިނިއަޔެވެ. ” ހަ ދަރިންނޭ…؟؟.” އީޝާ އަހާލިއެވެ. ” ކީއްވީ އެވަރު މަދުތަ؟..ނައިން ވަރު އޯކޭތަ؟..” މިރާން އެހުމުން އީޝާއަށް ހެވުނެވެ. ” އޯކޭ އޯކޭ…އަހަރެން އަޑުއަހަން ކޮންމެ ދަރިއަކާއެކު އެކަލާންގެ ރިޒްޤު ދެއްވާނޭ….އެހެންވީމަ އެވަރުވެސް އޯކޭ…” އީޝާ ހެމުން އެހެން ބުނުމުން މިރާންވެސް ހެވިފައި އީޝާގެ ނޭފަތުގައި ހިފާލިއެވެ.
***
ހޮނިހިރު ދުވަސް ނަމަވެސް މިރާން މަސައްކަތަށް، ދާން ޖެހިގެން ފަތިސް ނަމާދަށްފަހު ދިޔައީ ސައިޓަށްށެވެ. ފަތިހު އީޝާ ތެދުވެ ނަމާދުކޮށް، އިހައްދުވަހު ފޯނަށް އެޅި އެޕަކުން ޤުރުޢާން ޖަހާލުމަށްފަހު މުސްހަފު ބަލައިގެން ޤާރީގެ އަޑާ އެއްވަރަށް ކިޔަވަން ވަގުތުކޮަޅެއް ހޭދަކޮށްލިއެވެ. އޭގެ ފަހުން ބަދިގެއަށް ވަތްއިރު ހަނދާނަށް އައީ ފުށްކޮޅާއި ހަނޑޫކޮޅު ހުސްވެފައި ހުރިކަމެވެ. ބަދިގެއަަށް ބޭނުންވާ އެއްޗެހީގެ ގިނަ ތަކެތި ނެތެވެ. އީޝާ ކޮޓަރިއަށް ވަދެ އަލަމާރީގައި އޮތް ވޮލެޓް ބަލާލިއެވެ. މިރާން އެންމެ ފަހުން ދިން ރުފިޔާކޮޅުވެސް ހުސްވީއެވެ. މިހާރު މިރާން އަތުގައިވެސް ފައިސާއެއް ނުހުންނާނެ ކަންނެންގެއެވެ. އަންނަ މަހު އަޝްބާ ގޮވައިގެން މާލެދާން ތައްޔާރުވާއިރު ގިނަ ފައިސާ ފޮރުވަނީ މިފަހަރު އަޝްބާއަށް އަޑުއިވޭނެ ގޮތެއް ހަދައިގެން އައުމުގެ އަޒުމުގައެވެ. އީޝާ ދަބަސްތެރޭ އޮތް އޭނާގެ ވޮލެޓް ނެގިއެވެ. އަދި އޭގައި އޮތް ކޭޝްކާޑުނަގައި އަތްއުނގުޅާލީ ފުންވިސްނުމެއްގައި ހުރެއެވެ. މިރާނަަަށް ވިސްނާދޭނިއްޔޭ ހިތާ ކޭޝްކާޑު ހިފައިގެން، ނިދާފައި އޮތް އަޝްބާއަށް ބަލާލަމުން ކޮޓަރިން ނުކުމެ ކޮޓަރި ތަޅުލިއެވެ. ފިހާރައަށް ދާން ފުޅައްތެރޭން ނުކުންނަން އުޅެނިކޮށް ކާރުގައި ގޭދޮށަށް ޖުނާނާއެކު ބައްޕަ އައުމުން ހައިރާންވެފައި ބަލަން އީޝާއަށް ހުރެވުނެވެ.
” ޑޭޑް..! ” އީޝާ ދުވެލާފައި ގޮސް އިޔާދުގެ ގައިގައި އޮޅުލައިގަތެވެ. އެހާ ދުވަސްކޮށްފައި ބައްޕަ ފެނުމުން އުފަލުން ރޮވުނެވެ. ” ދަރިފުޅާ..ކިހިނެތް ވެފައި ތިހުރީ…މުޅި މީހާ ބަލާބަލަ….ހަންގަނޑު ޑްރައިވެފަ…ހިކި އަނަރޫފަވެފަ..ތިޔޮއް ދޮން ކުއްޖާ މުޅިން އަނދާފައެއްނު ތިހިރީ….އަނެއްކާ މީކޮންކަމެއް؟…މިރާން މަޖުބޫރުކުރީތަ ބުރުގާ އަޅަން..” އިޔާދު އެއްފަހަރާ ހިތަށް އައި ޝަކުވާތައް ބޭރުކޮށްލިއެވެ. އީޝާ ރޮވިފައި ހުރެ ދެކޮޅަށް ބޯހޫރާލިއެވެ. ” ނޫނޭ ޑޭޑް…މިރާން ވަރަށް ރަނގަޅު…..” އީޝާ ބުނުމުން އިޔާދު ފޫހި ނަޒަރެއް ޖުނާނަށް ދިނެވެ. ޖުނާނުވެސް އެއްބުމަ އަރުވައިލީ ފޫހިވެގެންނެވެ.

ތިން މީހުންގޮސް ޖޯލިފަތީގައި އިށީންނެވެ. ” ދަރިފުޅު…..ބައްޕަ ބޭނުންވަނީ ދެން ދަރިފުޅު މިރާން ކައިރިން ވަރިވެގެން އަޝްބާ ގޮވައިގެން މާލެ ދާން…އެމަންޖެ މިހާރު ދަރިފުޅާ ވަރަަށް އޮޅެއްނު…” އިޔާދު ބުނެލި އެތިން އީޝާގެ ދެލޯ ބޮޑުވިއެވެ.

161

7 Comments

  1. Eem

    August 23, 2020 at 12:55 am

    Yayyy me first dhw😁 Vaahaka vrh reethi. When next part? Curiously waiting♥️

  2. Abu❤

    August 23, 2020 at 9:34 am

    Me second….that iyaaz dhw…v.reethi ingey

  3. Fathima

    August 23, 2020 at 2:50 pm

    thankolheh avaha up kohdhevahchey plz…

  4. nikko

    August 28, 2020 at 1:59 pm

    alhey dhen kon iraku vaahaka up vaneee
    curiously waiting for next part

  5. Anonymous

    September 7, 2020 at 11:11 am

    vaahaka upload kuraaleh haaha slow a 🙁

  6. Kiyuntheriyaa

    September 21, 2020 at 12:15 pm

    Alhey dhen haadha slow a vaahka upload kuraaleh 😔

  7. Alien

    September 25, 2020 at 1:49 pm

    Kyhve tha ehaa gina dhuvas vany….nxt part ah wait kuraathaa v gina dhuvas vehje….plxx avahah nxt part up kohdhyba….v kiyaa hithun kee story eh mee….😢

Comments are closed.