ބައްޕަގެ ރަނިކަމަނާ 9

- by - 78- July 30, 2020

ފަތިހު އީޝާއަށް ހޭލެވުނު އިރު މީރާން ފެންނާކަށްނެތެވެ. ސޯފާގައި ރަޖައަކުން ހަށިގަނޑު ފޮރުވާލައިގެން އޮތްއިރު ރޭގައި ހިނގާދިޔަ ކަންތަކާމެދު ވިސްނައި ހިނިތުންވެލާފައި ރަކިގޮތަކަށް ޝަހާދަތް އިނގިލީގައި އޭނާ ދަތް އަޅާލިއެވެ. މިރާންގެ ސިފަތަކާއި ބީހިލުންތައް އޭނާ މުޅީން އެހެން ދުނިޔެއަކަށް ގެންދިޔަފަދައެވެ. ހިތާމަތައް ގެއްލި ދުނިޔެ އުފާވެރިކަމުން ވަށާލައިފިއެވެ. އެއީ އަޖައިބެއް ފަދަ ޖާދޫއެއް ހުންނަ ފިރިހެނެކެވެ. ކެތްތެރި ފިރިހެނެއް ނަމަވެސް ރޭގައި ހިނގާ ދިޔަ ކޮންމެ ސިކުންތަކުން ދޭހަވަނީ މިރާންގެ ކެތްތެރިކަން ކޮޅުންލާފައިވާ މިންވަރެވެ. އެއީ އިންސާނީ ޠަބީޢަތެވެ.
އީޝާއަށް ފުރިހަމަ ގޮތުގައި މިހާރު އޭނާ މިރާންގެ އަންބެއްގެ މަޤާމުގައި އިންކަމުގެ އިޙްސާސްކުރެވުނެވެ. ” އައި ލަވް ޔޫ މިރާން!..އައި ޖެނުއިންލީ ޑޫ…ނޯ ވަން އެވަރ ރިޗް ދިސް ޑީޕް އޮފް މައި ހަރޓް…” އީޝާ ހިނިތުންވެފައި ދެއަތުން މޫނު ފޮރުވައިލިއެވެ.

ފެންވަރާލައިގެން އަޝްބާއަށް ގޮވާފައި ދެމީހުން އެކުގައި ފަތިސް ނަމާދުކޮށްގެން ޤުރުއާން ކިޔަވާ ނިންމިއިރުވެސް މިރާން ގެއަށް ނައުމުން އީޝާ ހުރީ ކަންތައް ބޮޑުވެފައެވެ. އެހެންނޫނީ ފަތިސް ނަމާދުކޮށްެގެން ލަސްތަކެއް ނުވެ މިރާން ގެއަށް އަންނާނެއެވެ. އީޝާ ފޯނުނަގައި މިރާންގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުދިނެވެ.
***
ހެނދުނު އަންނައުނުތައް ދޮވެފައި ހިއްކަން އަޅާ އަވަދިވެގެން އީޝާ ގޭތެރެއަށް އައީ ސައިބޯން ހަދާނެ އެއްޗެއްގެ ޚިޔާލުގައި ހުރެއެވެ. ސޯފާގައި ފޮތެއް ހިފައިގެން އޮތް އަޝްބާއަށް ބަލާލަފައި ހިނިތުންވެލަމުން އޭނާގޮސް އައިސްއަލަމާރި ހުޅުވައި އޭގައި އޮތް ޕާނެއްގިއެވެ. ޕާނުގައި އުނގުޅާލާނޭ އެއްޗެއް ނުފެނިގެން އީޝާ އައިސްއަލަމާރި ހާވަނިކޮށް ކޮތަޅެއްގައި ކުދި ކުދި ބަޓަރު ތަށިތަކެއް ހުއްޓާ ފެނުމުން ހިނިތުންވެވުނެވެ. އެއީވެސް މިރާނަށް ކޮންމެވެސް ރައްޓެއްސަކު ދިން އެއްޗަކަށް ނޫނީ ނުވާނެއެވެ.

ސައިބޮއެ ހަދައިގެން އީޝާއާއި އަޝްބާއާ ދެމީހުން ސުކޫޓަރުގައި މިރާންމެން މަސައްކަތް ކުރާތަނަށް ދިޔައިރު އެތާ މިރާން އުޅޭތަން ފެނުމުން އީޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މިސްކިތުން މަސައްކަތަށް ދިޔައީކަން ޔަޤީނެވެ. އެޔޮއް ބުރަކޮށް އުޅޭއިރު އުނދަގޫކުރަން އެހާވަރަށް ގުޅުނީތީ އަމިއްލަ ނަފްސަށް ކުދިކިޔަމުން މިރާނަށް ނުފެނި އެތަނުން އަވަހަށް އީޝާ ނައްޓައިލިއެވެ.

މެންދުރު ފަހު އީޝާ ގޯތިތެރެ ކުނިކަހަން ހުއްޓައި ޖެހިގެން ހުރި ގޯތިތެރޭން އަންހެނަކު އޭނާއަށް ގޮވާލައިފިއެވެ. އަޝްބާ އޭރު އިނީ މަގުމައްޗާ ވީފަރާތުގައި ހުރި ކުންނާރުގަސްދޮށުގައި ކުޅޭށެވެ. ” ކަނބުލޯ ފަތިހާ ހިޔާ އޮއްވަ ކުނިކަހާލިނަމަ ފަސޭހަވީހެއްނު…” ހޫނުއަރާ ތަތްތެޅިފައި ހުރި އީޝާއަށް ބަލާލަމުން އެއަންހެންމީހާ ބުންޏެވެ. ” ކީއްކުރާނީ އަހަންނަށްވީވަރު މީ…” އީޝާ ހިނިތުންވިއެވެ.
” ތިޔައީ މިރާނުގެ އަންހެނުންތަ؟..” ހައުސްކޯޓެއްގައި ވަށް ބުރުގައެއް އަޅާލައިގެން ހުރި އެ އަންހެންމީހާ އެއްސެވެ. އީޝާ ބޮލުން އާންއެކޭ ބުންޏެވެ. ” އަޑުއެހީމޭ މިރާން މީހަކާ އިންވާހަކަ..ނަފީސާއްތަ މިއައީ ވަރަށް ގިނަ ދުވަހު ބޭސްކުރަން މާލޭގެ އުޅެފަ..އިއްޔެ މިއައީ ރަށަށް…މިހާ ކައިރީ އުޅޭއިރު އެކުވެރި ވާންވާނެއްނު..ޔަޝްފީއާވެސް އަހަރެމެން ވަރަށް ގާތް ގުޅުމެއް ބޭއްވިން..އަހަރެންގެ ދަރި އަންޖަލަކީ ޔަޝްފީގެ ވަރަށް ގާތް ރަޙްމަތްތެރިއެއް…އަޑުއެހިން ތިޔައީ ޔަޝްފީގެ ކޮއްކޮއޭ…” ނަފީސާ ބުންޏެވެ. “ހްމްމް… އަހަންނަށް ކިޔަނީ އީޝާ!…އެކަމަކު މިވީ ދުވަސްތަކުގައި ތިގެއިން މީހަކު ނުފެނޭ…” އީޝާ ބުނެލިއެވެ. ” އާން..އަހަރެންގެ އަންޖަލު އުޅެނީ މީހަކާއި އިނދެގެން މިތާކައިރި ގެއެއްގަ…ދެން ތިބި ދެކުދިން ދިރިއުޅެނީ މާލޭގަ..އަހަންނާ ކަރީމު އެކަނި މިގޭގެ އުޅެނީ…” ނަފީސާ ބުންޏެވެ. ” އެހެންތަ؟…ނަފީސާދައްތައަށް އަހަންނަށް ކަމެއް ކަމެއްކޮށްދެވިދާނެތަ…” އީޝާ ހިނިތުންވެ ހުރެ އެެއްސެވެ. ” އަވަހަށް ބުނޭ…ކޮންކަމެއް ކޮށްދޭންވީ؟…” ނަފީސާ އަދިވެސް އިތުރަށް ކައިރިއަށް ޖެހެލިއެވެ. އީޝާ ބަލައިލީ ބަނބުކެޔޮ ގަހަށްށެވެ. ” ބަނބުކެޔޮ ބިންނާށާ އޭގައި ރިހަ ކައްކަން ދަސްކޮށްދެވިދާނެތަ؟..” އީޝާ އަހާލިގޮތުން ނަފީސާއަށް ހެވުނެވެ. ހީވީ ތިޔައީ އެއްވެސް ކަމެއް ނޫނެއް ނޫންހޭ އެ މޫނުގެ ކުލަވަރުން އަންގާލިހެންނެވެ. ” އެކޮއެ..މިރަށު މީހުން ކިޔާ އުޅެނީ ބަނބުކެޔޮ ކެނޑުން…ބިންނަނީއޭ ނުކިޔާނެ…އެބައަންނަން އެފަރާތުން ދަނޑިއެއް ހިފައިގެން….ހަރު ކެޔޮ އެބަހުއްޓޭ ދޯ މިހާރު…އެހެން ނޫނީ މިރާނަށް ބަނބުކެޔޮ ތެލުލަ ދެނީވެސް ދައްތައޭ…” ނަފީސާ ވާހަކަ ދައްކަމުން ދައްކަމުން އެފަރާތަށް ގޮސް އިސާހިތަކު ދިގު ދަނޑިއެއްގައި ވަޅިއެއް ޖަހައިގެން އަތުވެއްޖެއެވެ. ދެން ފެށީ ފިލާވަޅެއް ފަދައިން އީޝާއަށް އެކަންކުރާނެގޮތް ދަސްކޮށްދޭށެވެ.
***
ނަފީސާގެ އެހީއާއެކު އީޝާ ބަނބުކެޔޮ ރިހައާއި ބަތް ތައްޔާރުކުރިއެވެ. ހަވާދުހަދާށާއި ލޮނުމިރުސް ފުނޑަންވެސް ދަސްވިއެވެ. މިރާން އަންނާނެ އިރެއްގެ އިންތިޒާރުގައި ދެމައިން ތިއްބައި މިރާން ދައްކައިލީ އިރުއޮއްސެނިކޮންނެވެ. ގެއަށް އައިސްވަނުމާއެކު އަޝްބާ ދުވެލާފައިގޮސް ބައްދާލައިފިއެވެ. މިރާން އަޝްބާގެ ކޮލުން ދޮނެއްނަގައި ކޮޓަރިއަށް ހިނގައިގަތީ އީޝާއަށް ބަލާނުލައެވެ. މިރާން ބަލާލާނެ އިރެއްގެ އިންތިޒާރުގައި ހިނިތުންވެލައިގެން ހުރިއިރު މިރާން އެހެން ހެދުމުން އީޝާގެ ހިތުގައި ރިއްސާލިއެވެ. އިރުކޮޅެއްފަހުން ގޮސް ކޮޓަރިއަށް އޭނާވެސް ވަނެވެ. އޭރު އަޝްބާއާ އަތުގެ ހަރަކާތުން ވާހަކަ ތަކެއް ދައްކާލުމަށްފަހު މިރާން ފާޚާނާއަށް ވަންނަނީއެވެ.

ދެނަމާދު ދޭތެރޭ އަޝްބާގެ ނުނިމި ހުރި ފިލާވަޅުތައް ހަދައި ދިނުމަށްފަހު މިރާން އިޝާނަމާދަށް ދިޔަގޮތަށް ގެއަށް ނާދެއެވެ. ވޭތުވެ ދިޔަ އެއްވެސް ވަގުތަކު އެދެމަފިރިންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދަރިފުޅު ހުރުމުން އީޝާވެސް ކެތްތެރިވެލައިގެން ހިމޭނުން އެހަށް ހުރިއިރު، އިރުއިރު ކޮޅާ މިރާނަަށް ބަލާލައެވެ. މިރާން އޭނާއާ ދިމާއަށް ނުބަލަން މަސައްކަތް ކުރާކަން އީޝާާއަށް ފާހަގަވިއެވެ.
އެރޭ އަޝްބާ ނިންދަވާފައި ގޭގެ ބޭރު ދޮރުމައްޗަަށް ނުކުންނަމުން މިރާންގެ ފޯނަށް ގުޅުމުން ނަގާފައި ބުނީ މިހުރީ ގޭގައިކަމުގައެވެ. އީޝާ ވަޑާން ގެއާ ދިމާ ބަލާލިއިރު ހޮޅިބުރި ހުރީ ޖައްސާފައެވެ. އަދި ބުރުމާގެ އަޑުވެސް އެތާ ހިފާލާފައި ހުއްޓެވެ. އޭނާ ގޮސް ދޮރުމައްޗަަށް އެރި އިރު މިރާން ހުރީ ފުރަގަސް ދީގެން ފިލައެއް ތޮރުފުމުގައެވެ.
” މިރާން!..ހިނގާ ކާން!….” އީޝާ މިރާންގެ ފުރަގަހުން ބައްދާލިއެވެ. މިރާން ގަނޑުވެފައި ހުރި މީހަކު ފަދައިން ހަރަކާތްތައް މަޑުކޮށްލައިގެން ހުއްޓެވެ. ” ކީއްވެތަ ތި އިގްނޯ ކުރަނީ؟…” އީޝާގެ ނިތްކުރި މިރާންގެ ބުރަކަށީ ޖައްސާލިއެވެ. މަސައްކަތް ހުއްޓާލައިގެން ހުރި މިރާން މައްޗަށް ބަލައިލާ ފުންނޭވައެއް ދޫކޮށްލުމަށްފަހު އީޝާގެ އަތް ގައިން ނައްޓުވައިލިއެވެ. ” އަހަރެން މަސައްކަތެއް ކުރަން ހުރިތަނެއް ނުފެނޭތަ؟…” މިރާން މަރުތޭލަކުން މޮހޮރެއް ފިލާގަނޑަށް ފަރުވާތެރިކަމާއެކު ޖަހާލިއެވެ. މިރާން ޖަހާލި މޮހޮރު ހީވީ ސީދާ އީޝާގެ ހިތަށް ވައްދައިލިހެންނެވެ. މިރާންގެ އެ އަޅާލުން ކުޑަކަމުގެ ސަބަބުން ހިތް ތޮރުފައިލިފަދައެވެ.
” ކީއްވެހޭ ތި އިގްނޯ ކުރަނީ؟..ބޭނުންވީމަ ބޭނުންކޮށްފަ އެއްލައިލާން ހުރި މީހެއް ނޫނޭ މީކީ…” އީޝާ ނުރުހުންވެފައި ބުނެލިއިރު ލޮލަށް ހުރީ ކަރުނަ ޖަމާވެފައެވެ. މިރާން ވަގުތުން އީޝާއަށް ނަޒަރެއް ދިނެެވެ. ” ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް…އެހެން ނޫނަސް އެއީ އީޝާގެ ފުރަތަމަ ފަހަރެއް ނޫނެއްނު…ލަދެއް ނުގަތްތަ ޒިނޭ އަށް އަރައިގަތް އިރު…..” މިރާން މަރުތެޔޮ އެތާ ބޭއްވިއަޑު ގުގުމާލިއެވެ.

” އޯހް..ވާއު!..އެހެންވެދޯ ތި ރުޅިއައިސްގެން އުޅެނީ؟.މިރާން! ކިތައްމެ ބޭނުންވިޔަސް އަހަންނަށް އަހަރެންގެ ޕާސްޓެއް ބަދަލެއް ނުކުރެވޭނެއެއްނު…އަހަރެން މިހިރީ ތަޢުބާވެގެންް…މިރާން ދީނަށް އެހާ ލޯބިކުރާއިރު ކީއްވެ ނުވިސްނެނީ…” އީޝާއަށް ރޮވުނެވެ.

މިރާނަށް އީޝާގެ މޫނަށް ބަލަން ހުރެވުނެވެ. ” ޔެސް ޕާސްޓް.. އިޒް..ޕާސްޓް…އެކަމަކު އަހަންނަށް އެނގިފައެއް ނެތް އީޝާތީ އެހާ ފިރިހެނުންނާ…” މިރާންގެ ކަންފަތްމަތީ ޖަހަން އީޝާ ނެގި އަތުގައި މިރާން ހިފެހެއްޓިއެވެ. ” އަހަރެން ގަޔަށް އަތްލާން ހިތަށް ނާރުވާތި…” މިރާން އީޝާގެ އަތްތިރިކޮށްލިއެވެ. ” ވެވުނު ކަނު ލޯތްބެއްގެ ބޮޑުކަމުން އެހެންވީ…އަހަންނަށް އިނގޭ އެއީ ފާފައެއްކަން …ތަޢުބާވެގެން މިހުރީ…އެކަމަކު ދުނިޔޭގެ ހުރިހާ ފިރިހެނުންނާ އަޅުވާ ކިޔުމުގެ ހައްޤެއް މިރާނަށް ލިބިގެން ނުވޭ…އަދި ތިބުނީ ތެދެއްވެސް ނޫން…” އީޝާ ބަލަން ހުރީ ކަރުނަފުރި ރަތްވެފައިވާ ދެލޮލުންނެވެ. ” އެކަމުގަ އޮތީ ކޮންތަފާތެެއް؟…ހަޤީޤަތް ބަދަލެއް ނުވާނެދޯ…ހަތްދިހަ މީހުންނާ އެއްކޮށް ކުރިއަސް އަދި އެކަކާ އެކުވިޔަސް!!…އެންމެ ފަހަރަކު ނޫނެއްނު ކުރީ؟…ބުނެބަލަ…” މިރާން ފިލާގަނޑަށް ގޮށްމުށުގެ އެތިފަހަރެއް އެޅުމުން އީޝާ ދިޔައީ ސިހިގެންނެވެ.

” ތިހާ އަމިއްލަ އެދުން ބޮޑު މީހެއް އަހަންނެއް ނުދެކެން…އެގަޑީގަވެސް އަހަރެން މިރާން ކައިރީ ބުނީމެއްނު!!…އައި ޑިޑް އިޓް ސެވެރަލް ޓައިމްސް ވިތް ޖުނާން އޭ…އެވަގުތު ކީއްވެތަ އަމިއްލަ ނަފްސް ނުހުއްޓުވީ…ކެތްނުވެގެން ކަރުހިއްކުން ފިލުވާލާފަ ޔޫއަރ ޕޮއިންޓިންގް ފިންގަރ އޮން މީ؟؟…އަހަންނެއް ކަމެއް އޮޅުވައެއް ނުލަމެއްނު؟..އަދި އެންމެ މުހިންމު ކަމަކީ އަހަރެން މިހުރީ ތަޢުބާވެގެން….އެހެންވީމަ ތިހެން ހެދުމުގެ އެއްވެސް ހައްޤެއް މިރާންއަށް ލިބިގެން ނުވޭ!…” އީޝާ ގިސްލާރޮމުން ދުއްވައިގަތީ ގެއަށްށެވެ.
މިރާން މަރުތެޔޮ ހޫރަލާފައި ގޮސް ސޯފާއަށް ވެއްޓިގަތެވެ. ބޮލުގައި ހިފަހައްޓާލަމުން ލޯމަރައިލިއިރު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އީޝާ އެބުނީ ތެދެވެ. މުޅީންތެދެއެވެ. ނަމަވެސް އީޝާ އެފަދަ ގުޅުމެއް އެހެންމީހަކާ ބޭއްވިޔޭ ހިތަށް އެރިޔަސް މިރާންގެ ހިތް އަނދައިގަނެއެވެ. ބައެއް ފަހަރު އެއީ އިންސާނުންގެ ޠަބީއަތުގައި ހަރުލާފައި ހުންނަ އާދައެކެވެ. މިރާންެއަށްވެސް ވީ އެހެންނެވެ. އީޝާއާ މެދު ހިތް ގޯސްވާކަަށް އޭނާވެސް ނޭދެއެވެ. އީޝާއަކީ ރަނގަޅު ކުއްޖެކެއެވެ. މަގު ގެއްލިފައި ތިބި އެތައް ފިރިހެން އަދި އަންހެން ކުދިން މާބޮޑުކަމަކަށް ނުހަދައި ޒިނޭއަށް އަރައިގަނެއެވެ. ނަމަވެސް ކުށްވެސް ކުރެވޭނީ އިންސާނުންނަށް ނޫންހެއްޔެވެ؟ އެންމެ ބޮޑު ބުއްދިވެރިޔަކީ އަވަހަށް ތަޢުބާވާމީހާއެވެ.

އީޝާ ސޯފާމަތީ ރޯން އޮއްވައި ނިދުނު އިރެއްވެސް ނޭންގެއެވެ. ހޭލެވުނީ ފަތިހު އަޝްބާ އައިސް އަތުގައި ހިފާ ތަޅުވާލުމުންނެވެ. ގައިމަތީ އޮތް ރަޖާގަނޑު އެވަގުތު އީޝާއަށް ފާހަގަވިއެވެ. ” ދަރިފުޅުތަ އެޅީ މަންމަ ގައިގަ…؟ ” އޭނާ ސުވާލުކޮށްލުމުން އަޝްބާ ބޯހޫރުވައިލިއެވެ. މިރާން ކުރި ކަމެއްކަން އިނގުމުން އީޝާއަށް ހިނިތުންވެވުނެވެ. އެއްލިކަޅިން ސޯފާގެ ލެނގިލާ ބައިގައި ތަތްކޮށްފައި އިން ނޯޓުކޮޅެއްވެސް ފެނުނެވެ. ” ސޮރީ…” އެ ނައްޓުވައިލަމުން އީޝާ ކިޔާލީ ހިނިތުންވެލާފައެވެ.

78

You may also like...

10 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Alley girl please thankolheh dhigu kohladhee. 😉😉😉I think Miraan is falling in love with eEsha. Varah Varah Reethi ingey, love ya. Stay safe sisxsiss😍😍😍😍

  2. Girl alhe kon irakutha up vaneee
    Cant wait anymore
    V.Reethi💚💚💚💚
    Maasha allah💚💚💚💚

Leave a Reply

Your email address will not be published.