” ވަޓް!…ސީރިއަސް؟…. އަލްޙަމްދުލި ﷲ…” ބުރްހާން ވީއުފަލުން ތެދުވެގެން ގޮސް ސަނާޔާގެ ކައިރީ ހުއްޓުނެވެ. ” އަހަރެން ބޭނުން ކައިވެނި ރުޖޫޢަކުރަން…” ބުރްހާން ސަނާޔާގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ސަނާޔާ ގޮނޑިން ތެދުވެ ބުރްހާނާއި ދުރަށް ޖެހެލިއެވެ. މިއޮއްހުރިހާ ދުވަހު ކޮބައިތޯ ބަލާނުލާ ހަމަ ބަނޑުބޮޑުކަން އިނގުމުން ސަމާލުކަން ދިނީތީ ސަނާާޔާގެ ހިތުގައި ޝަކުވާ އުފެދުނެވެ. ސަނާޔާ ހެދިގޮތުން ބުރްހާން ހައިރާންވިއެވެ.

” ވިހައިގެން މިއުޅެނީ މެރީ ކުރަން..ބުރްހާން ދަރިންނާއި ބައްދަލު ކުރަން ބޭނުންނަމަ ކޮންމެ ވަގުތަކުވެސް އާދެވޭނެ..” ސަނާޔާބުނެލީ ހިތުގައި ހިލަގަނޑެއް ބާއްވައިގެނެވެ. އެނބުރި ދާން އުޅުމުން ބުރުހާން އަތުގެ މުލައްދަނޑީގައި ހިފާ ހުއްޓުވިއެވެ.
” ކާކުއެއީ…؟” ސަނާޔާ ބަލާލުމުން ބުރްހާން ދަތްތައް ޖައްސާ ބާރުކޮށްލަމުން ބުނީ މަަޑުމަޑުންނެވެ. ” ރަސާން..” ސަނާޔާ ބުނި މީހެއްގެ ނަން އިވިފައި ބުރްހާން ހައިރާންވިއެވެ. އަދި ފާޑަކަށް ބުމަ އަރުވައިލަމުން ދުރުބަލާލިއެވެ. ” މިހުރިހާ ދުވަހެއް ވީއިރު ރަސާނުއާ ގުޅުން އޮތީތަ؟…ވާއު! ވެރީ އިމްޕްރެސިވް..އަހަރެން ކައިރީ މަސައްކަތް ކުރަމުން އަހަންނަށް ސިއްރުން އަހަރެންގެ އިއްދަ ހިނގާ އަންހެނަކާ އިންނަން ވިސްނައިގެން އެހުރީ އޭނަ؟..” ބުރްހާން ޖީބަށް އަތްޖަހާލިއެވެ. ” ޖެލެސްވުމުގެ އެއްވެސް ހައްޤެއް ބުރްހާނަށް ލިބިގެން ނުވޭ…އަހަރެން ޤަބޫލުކުރަން އަހަންނަށް ރިދާގެ ކަންތައް ސިއްރުކޮށްގެން ހުރުމަކީ ކުރެވުނު ކުށެއްކަން…ބަޓް އަހަންނަށް ރިދާއާ މެދު ޙަމްދަރުދީ ވެވުނީ…އެކަމަކު ﷲ ގަންދީ ހުވާކޮށްފަ މިބުނީ އަހަންނަކަށް ނޭންގެ އެއީ ތިއްތި ކުރި ކަމެއްކަމެއް….ރިދާ ނުވެސް ބުނޭ online-apteekki.com…އެހެންވީމަ އެކަމާ އަހަރެން ވަރިކޮށްފަ އުޅޭނޫޅޭ ތަނެއް ބަލާނުލާފަ ދެން މިހާރު ކީއްކުރަން….” ސަނާޔާ ބުރްހާނަށް ބަލަން ހުރެ ބުނީ ދެލޯ ފެންކަޅިވެ ހުރެއެވެ. ” އައިވިލް ޓޯކް ޔޫ ލޭޓަރ…ގެނޭ މިހާރު ގެންގުޅޭ ނަންބަރު..ގޭގެ އެޑްރެސް…” ބުރްހާން ބުނެލިއެވެ. ” ސޮރީ އައި ވިލް ނޮޓް!…” ސަނާޔާ ބުނެލާފައި އެތަނުން ދިއުމުން ބުރްހާން މިފަހަރު ހުއްޓުވަން ނޫޅެ ބަލަން ހުއްޓެވެ.
*****
ބުރްހާން އެތަނުން ދިޔަގޮތަށް އެންމެ ފުރަތަމަވެސް އެޚަބަރު ދިނީ އަޒާއަށްށެވެ. ދެމީހުން އެކަމާ އުފާވެގެން ވާހަކަ ދެއްކުމަށްފަހު ބުރްހާން ދަރިފުޅު އުރާލިއެވެ. ” މައި ލަވްލީ ސަން…” ދަރިފުޅުގެ ކޯތާފަތުގައި ބުރްހާން ފިރުމާލިއިރު ހިތުގައިވަނީ އެހެން ޚިޔާލެކެވެ. ” ދެން ސަނާޔާ ގެންނާނަން ދޯ…،” އަޒާ އެއްސެވެ. ބުރްހާން ބޮލުން އާންއެކޭ ބުނެލިއެވެ. އަޒާއަށް ހިނިތުންވެލެވުނެވެ.
***
ޑިއުޓީ ނިންމާފައި ގެއަށް ދާން ނުކުމެ ޓެކްސީއެއްގެ އިންތިޒާރުގައި ހުރި ސަނާޔާ ސިހުނީ ފަހަތުން މީހަކު އައިސް ގާތުގައި މަޑުކޮށްލުމުންނެވެ. މޭގައި އަތްވެސް ޖައްސާލެވުނެވެ. ” ބުރްހާން!!! ސިއްސައިގެންނޭ ދިޔައީ…” ސަނާޔާ ބުންޏެވެ. “ގެނޭ ފޯން ނަންބަރު…” ހަރުކަށި އަޑަކުން ބުރްހާން ބުންޏެވެ.
ސަނާޔާއަަށް ލޯމަރާ ލެވުނެވެ. ” ބަނޑުގައި ރިއްސަން ހެދީމަ އަހަރެން ތިގޭ މީހުނަށް އަންގާނަން…އެންމެ ރަނގަޅެއްނު..” ސަނާޔާ ބުނެލިއެވެ. ” އަހަރެން މިބުނަނީ ސަނާޔާގެ ނަންބަރު ދޭށޭ…” ބުރްހާން ގެ އަޑުބާރުވުމުން ސަނާޔާއަށް މީހަކު ބަލަން ހުރިތޯ ދެކޮޅު ހޯދާލެވުނެވެ. ފުންނޭވާ އެއް ދޫކޮށްލަމުން ނަންބަރު ކިޔާ ދިނީ ބުރްހާން ގޮތް ދޫނުކުރާނެތީއެވެ. އެންމެ ފަހުން އެތަނުން ދެވުނީ އުޅޭ އެޑްރެސްވެސް ބުނެދީފައެވެ.

ރޭގަނޑު ނިދަން އޮއްވައި ސަނާޔާ ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ބުރްހާންގެ މެސެޖެއް ކަމަށް ހީކޮށް ބެލިއިރު ރަސާންގެ މެސެޖެކެވެ. ބޭރަށް ނުކުމެލަން ބުނެފައި އޮތުމުން މޫނު ބުރާ އަޅާލައިގެން ނުކުތްއިރު ދޮރުމަތީ ރަސާނު ހުއްޓެވެ. އޭނާއަށް ސަނާޔާ ފެނުމާއެކު ދިއްކޮށްލީ ކަރުދާސް ކޮތަޅެކެވެ. ” ” ކޯއްޗެއް މީ؟..” ކޮތަޅުގައި ހިފަމުން ސަނާޔާ އެއްސެވެ. ” ޗެކް ޔުއަރ ސެލްފް…” ރަސާނު ހިނިތުން ވިއެވެ. ސަނާޔާ ކޮތަޅުތެރޭ އަތް ހިންގާލާފައި ނެގިއިރު ނެގުނީ ފިޔާތޮށި ކުލައިގައި އޮތް ލޯބި ލޯބި އެއްވައްތަރުގެ ދެ އަންހެން ހެދުންކޮޅެވެ. ” ވަރަށް ރީތި…ބަޓް ކީއްކުރަން މިޚަރަދުތި…” ސަނާޔާ ބުނަން އުޅުނު ޖުމްލަ ހުއްޓުނީ އެތަނަށް ކާރެއް މަޑުކޮށްލާފައި ބުރްހާން ނުކުތުމުންނެވެ. ހައިރާންވެފައި ދެމީހުން ބަލަން ތިއްބައި ބުރްހާން ހުއްޓުނީ ދާދިކައިރީގައެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުރިގޮތުން ހީވީ އެބެލުމުން ފިއްސާލަން އުޅޭހެންނެވެ. ” ރަސާން ކޭން ޔޫ ލީވް؟…” ބުރްހާން ރުޅި ކޮންޓްރޯލް ކުރަމުން ލޯމަރައިލިއެވެ. ޖީބުގައި މުއްކެވިފައި އޮތް އަތް އިތުރަށް ބާރުކޮށްލިއެވެ. ” އަހަރެން ބޭނުން ސަނާޔާއާ އެކަނި ވާހަކަ ދައްކަން…ކޭން ޔޫ ލީވް…” ބުރްހާން އެއްއަތް ޖީބުން ނަގާ ދުރަށް އެއަތް ހިންގާލިއެވެ. ” ޑޯންޓް ހާރޓް ހަރ…އައި ކައިންޑްލީ ރިކުއެސްޓް…” ރަސާނު ބުރްހާންގެ ކޮނޑުގައި ހިފާލާފައި ދިޔައެވެ.

” ޖެހިލުމެއްވެސް ނުވޭތަ ރޭގަނޑު ހިލޭ ފިރިހެނުންނާ ބައްދަލު ކުރާކަަށް…” ބުރްހާން ބުންޏެވެ. ” ކީއްކުރަން ތިއައީ؟…” ސަނާޔާވެސް ކުރީ ސުވާލެކެވެ. ” ހިނގާ ގެއަށް…އަހަރެން މިކައިވެނި ރުޖޫޢަކުރަން ބޭނުން…މާދަން ކޯޓުގައި ރެޖިސްޓަރ ކުރާނީ….” ބުރްހާން ބުނެލިއެވެ. ” ތިވާހަކަ ދައްކަން އައިއްޔާ އަހަންނަކަށް ނެތް ވަގުތެއް…” ސަނާޔާ އެނބުރި ދާން އުޅެނިކޮށް ބުރްހާން ސަނާޔާގެ އަތުގައި ހިފިއެވެ. އަދި ކައިރިއަށް ދަމާލާފައި އައި މިސްޑް ޔޫ އޭ ބުނެލިގޮތުން ސަނާޔާގެ އަތްފައި ފިނިވިއެވެ.
” ޤަބޫލު ކުރަން އަހަންނަށްވެސް ކުރެވުނީ ކުށެއްކަމަށް…އިންސާނެއްވީމަ އެއްބައިފަހަރަށް ހިތަށް ކުރާ އަސަރެއްގެ ސަބަބުން ބުނަން ބޭނުން ނުވާ އެއްޗެއް ބުނެލެވެނީ…ގޮތްދޫކުރާ ހިތްނުވީ…ބިކޯޒް އައި ވޯޒް ހާރޓް..ފްރޮމް ރިދާ…ފްރޮމް ޔޫ….ފަހުން ޓްރައި ކުރިން ކުރީގެ ނަންބަރަށް ގުޅޭތޯ…ދިމާވި ކަންތަކުގެ ސަބަބުން ސަނާޔާއަށް އިނގޭނެ ސައިފްއާ ގުޅުން ހީނަރުނުވެ ނުދާނެކަން…އެހެންވެ އޭނަގާތުން އަހާކަށް ބޭނުމެއްނުވި..” ބުރްހާންގެ ވާހަކަތަކުން ސަނާޔާއަށް ރޮވުނެވެ. ” ދޮންބެއަކަށް ނޭންގޭނެ އަހަރެން އުޅޭތަނެއް..އެމީހުންނަށް ނޭންގޭނެ ޕްރެގްކަންވެެސް….ދޮންބެ އަހަރެން ހޯދަން އުޅުންނަމަ ނުހޯދެއެއް ނުހުންނާނެކަން އިނގޭ..ބަޓް އައި ތިންކް ދޭ ގޭވް މީ ސަމްޓައިމް..ބިކޯޒް އައި ވޯޒް އޯލްސޯ ހާރޓް ފްރޮމް ޔޫ…” ސަނާޔާ ބުނެލީ ރޮވިފައިވާ އަޑަކުންނެެވެ.” ބުރްހާން ދެރަވެފައި ބަލަން ހުރެ ބޯޖަހާލިއެވެ.

” ހަމަ ހުވާކޮށްފަ މިބުނީ އަހަރެންގެ ހިތުގައި ސަނާޔާއަށް ވަރަށް ޚާއްޞަ މަޤާމެއް އޮތް…ތި މޫނު..ހިނިތުންވުން…ތި އިސްތަށިކޮޅު..ޖަދަލުކޮށްފައި ވާހަކަ ދައްކާގޮތް..ތި ލޯބި….އައި މިސްޑް އެވްރީތިންގް…” ބުރްހާން ވަކިވަކީން އެހެން ބުނުމުން ސަނާޔާ ބުރްހާންގެ ދެލޮލަށް ނަޒަރު ހިންގާލިއެވެ. އައި މިސްޑް ޔޫ މޯ ބުރްހާން… ﷲ ދެނެވޮޑިގެންވާނީ ކެތްތެރިވުމަށް ކުރި މަސައްކަތް…ނަމާދާއި ޛިކުރުން ވާގިހޯދިގޮތް…އެހާވެސް ލޯބިވޭ….ސަނާޔާގެ ހިތުގައި ވިއެވެ.
” ބުނެބަލަ އަހަންނަށް މާފްކޮށްފަ އިތުރު ފުރުސަތެއް ދޭނަންތަ؟…” ބުރްހާން ސަނާޔާގެ ފެންނަން އިން ދެލޯ ފޮހެދިން އިރު ޚުދު އޭނާގެ ލޯވެސް ކަރުނުން ފުރުނެވެ. ” ތިންކް އެގެއިން …އަހަންނަށް އިތުރު ފުރުސަތެއް ދޭނަންތަ؟…” ބުރްހާން ބުނެލިއެވެ.

ސަނާޔާއަށް އިތުރަށް ކެތެއް ނުވިއެވެ. އަވަސް އަވަހަށް ބޮލުން އާއެކޭ ބުނެލިއެވެ. ” ހަޤީޤަތުގައި އަހަންނަށް ފުރުސަތެއް ދިނީ ބުރްޙާންއާ އަޒާ…އަހަރެން ލޯބިވާ ފަރާތާއި އެކުގައިވުމަށް ދިން ފުރުސަތު.. އަދި ﷲ ގެ މަގަށް ރުުޖޫޢަވުމަށް ދިން ފުރުސަތު….ޕްލީޒް ދެން ދުވަހަކުވެސް އަހަރެން ދޫކޮށް ނުލައްޗޭ…މިދުނިޔޭގަވެސް އަދި ސުވަރުގޭގައިވެސް ބޭނުމީ ބުރްހާން…އެހާވެސް ލޯބިވޭ…” ސަނާޔާ ބުރްހާންގެ އަތްތިލައިގައި ބާރަށް ހިފާލަމުން ބުނެލި ގޮތުން ބުރްހާނަށް އުފަލުން ހެވުނެވެ. ” އިންޝާ ﷲ….” ބުރްހާން ބުނެލިއެވެ.
***
ސަނާޔާ ވިހަން ވައްދާފައި އޮތްއިރު ދެފަރާތުގެ ދެއާއިލާ އަދި ސަނާޔާގެ އެކުވެރިންވެސް ތިބީ އަވަހަށް ވިހާނެ އިރެއްގެ އިންތިޒާރުގައެވެ.

ސަނާޔާގެ މަންމަ ސިޔާރާވެސް އިނީ އުފާވެފައެވެ. ނަމަވެސް ޝާނީޒުކޮށްފައި އޮތްކަންތަކުގެ ސަބަބުން އަދިވެސް ހުރީ ތަރްނީމުމެންނާ ރަނގަޅަށް ވާހަކަ ދައްކަން ނުކެރިފައެވެ. ސިޔާރާ ބަލައިލީ ދުރުގައި މަޑުކޮށްލައިގެން ހުރި ޝާނީޒަށްށެވެ. އެވަގުތު ޝާނީޒުގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައި ތިބި ނަޒްމީއާއި ރިދާ، ނޫޙް އާއެކު ސަމާސާ ކުރާ މަންޒަރަށްށެވެ. ރިދާއަށް ލަނޑުދެވުނު ކަމުގެ މޮޔަ ހީވެފައި ހުރިހެން ޝާނީޒްގެ މޫނުން ދޭހަވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ޝާނީޒް ކައިވެންޏަށް އެދުމުން ރިދާ އެކަމާއި ދެކޮޅު ހަދައި ކައިވެނިކުރީ ބުރްހާން ބޭނުންވި ދީންވެރި ޒުވާނަކާއެވެ.
***

ބުރްހާން ހުރީ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މޫނުމަތިން ހާސްކަން ފެންނަ އިރު ދޭތެރެ ދޭތެރެއިން ދެއަތް ކަރުގައި އަޅުވާލައެވެ.
އެންމެފަހުން އިންތިޒާރުގެ ވަގުތައް ނިމި ބުރްހާން އެތެރެއަށް ވަނުމަށް ގޮވާލިއެވެ. މަަޑުމަޑުން ލޭބާރ ރޫމަށް ވަތް ބުރްހާންގެ ލޮލުގައި ކުޑަ ދެއެނދުގައި އޮތް ދެއަންހެން ކުދިން ފެނި ދެއަތް އުފުލާލަމުން އަލްޙަމްދުލި ﷲ އޭ ބުނެލެވުނެވެ. މަންޒަރުބަލަން ވަރުދެރަވެފައި އޮތް ސަނާޔާ ހިނިތުންވިއެވެ. ދެއަންހެން ދަރިންނަށް ބޮސް ދީފައި ބުރްހާން ގޮސް އެނދުގައި އޮތް ސަނާޔާގެ ނިތްކުރިއަށް ބޮސްދިނެެވެ. ” އައި އެމް ސްޕީޗްލެސް…ހާދަ ހިތްވަރު ގަދައޭ…މާޝާ ﷲ..” ބުރްހާން ހެވިފައި ބުނެލިއެވެ. ސަނާޔާވެސް ބަދަލުގައި ހިނިތުންވެފައި ބުރްހާންގެ މޫނުގައި އަތްޖައްސާލިއެވެ.

143

7 Comments

 1. Girl

  July 9, 2020 at 9:46 pm

  Jazakumuallah khairan❤️❤️❤️❤️ for everyone who read my story
  Love you all, even though couldn’t reply your comments I read it everyday, and it motivates me to bring you a better story
  My Next story is Bappage Ranikamana
  In Sha Allah mirey furathama Bai upload kohlaan
  Mi story in Sha Allah genes dheynee Thursday, Friday and Monday

 2. Liyaa

  July 9, 2020 at 9:56 pm

  Mashaa allah v v reethi vaahaka ❤️😘👋👍🌹

 3. Fathima

  July 9, 2020 at 10:09 pm

  Kamaku nudhey nimumeh..maa avaskohlaafa nihmaalithy.. e dhe meehunge bai maa kurulohlaafa thi othy..

 4. Nawu

  July 9, 2020 at 10:59 pm

  Asluves nimmun kada. Maa avas aruvaafa miothee.

 5. Butterphly

  July 9, 2020 at 11:09 pm

  mi part ves reethi…🙂but ninmaaligoiy kamaku nudhey…🙄adhi ithuru eh part laigen ninmaalaagothah dhiya nama kamudhiya ees…n buruhaan aa sanaya ge bai v kudakoh inyma boaring…aslu vaahakaige maigadu e iee dhw…so dhen faharakun ragalhukohlahchey….i loved this story..🥰🥰🥰🥰vaahaka nimunyma dhen v foohi…🙄adhives mikahalaloabyge dheenai gulhey reethi vaahakeh kiyaalan libeyne kamah unmeedh kuran….💕💕🙂🙂

 6. Mary

  July 10, 2020 at 12:37 am

  mi vaahaka kurin varah rythi fahun kuru galhaaly..

 7. leash

  July 10, 2020 at 8:59 pm

  mivaahakaiɡe nimun alun liyan feney mi part hama vaanuvaa thi hama avahah kurukohlaafa ninmmaalee mioh reethi vaahakaiɡe nimun dhow dheravehjje pls alun resabmit

Comments are closed.