” ކޮންތާކަން ގެންދަނީތި؟..” ކާރުގައި އިނދެގެން ސަނާޔާ އަނެއްކާވެސް އަހާލިއެވެ. ބުރްހާން ސަނާޔާއަށް ބަލާލާފައިވެސް އެއްވެސް ޖަވާބެއް ނުދިނުމުން ދެވަނަ ފަހަރަށް އަހާކަށް ސަނާޔާއަކަށް ނުކެރުނެވެ. ދަތުރު ނިމެންދެންވެސް އެދެމެދުގައި އޮތީ ހަމަހިމޭންކަމެވެ.
***
ކާރުގޮސް މަޑުކޮށްލީ ވަށާފާރު ހުރި ކުޑަ ގޯއްޗެއްގެ ކުރި މައްޗަށްށެެވެ. ފެހިކުލައިގެ ދޮރުއަށްޓެއް ނަމަވެސް އެހިސާބު އަނދިރިކަމުން އެހާސާފެއް ނޫނެވެ.
ކާރުން ފައިބައިގެން ސަނާޔާއަށް ފޮށި ހިފައިގެން ހުރި ބުރްހާންގެ މުލައްދަނޑީގައި ހިފަހައްޓާލެވުނެވެ. އެހިސާބުގަނޑު އަނދިރިކަމުން މީހަކު ބިރު ނުގަންނަވަރެއްވެސް ނޫނެވެ.
ބުރްހާނަށް ސަނާޔާގެ އަތް ތުރުތުރުލާކަން އިހުސާސްވެ ކުޑަކޮށް ހިނިތުންވެލެވުނެވެ.
ދޮރާށި ހުޅުވާލާފައި ގޭގެބޭރުގައި ހުރި ބޮކި އޭނާ ދިއްލައިލިއެވެ. އެއާއެކު ކުޑަ ގޯތިތެރޭ ހުރި ބަގީޗާ ތެރޭން ދިރޭ ސޫފާސޫފިތައް އަޑުލައްވާލިއެވެ. ” އަޅެ މީކޮންތަނެއްތަ؟…” ސަނާޔާ ކޮޅުކޮޅު ހޯދާލަމުން ބުރްހާންގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ” ތިއުޅެނީ އަތަށް ތަދުކުރަންތަ؟…” ބުރްހާން ތަޅުދަނޑިން ގޭގެ ދޮރުހުވާލާ ސުވިޗް ޖައްސާލިއެވެ. ވަގުތުން ސަނާޔާ ބުރްހާންގެ އަތުން ދޫކޮށްލިއެވެ.
ސަނާޔާ އެގެއަށް ނަޒަރު ހިންގާލިއެވެ. ހުދާ ފެހިކުލައިން ގޭގެ ބިއްތައް ޒީނަތްތެރި ކޮށްފައިވާއިރު ކުރިމަތީ ހުރި ކުޑަ ބަދިގެ އާއި ސިޓިންގް ރޫމްވެސް އެހާ ފުރިހަމައެވެ. އަދި ސޯފާސެޓާއި ޓީވީ އަދި މަތީގައި ހުރި ޗާންދެލިޔާތައް ރަމްޒުކޮށްދެނީ ގޭ ޒީނަތްތެރިކުރުމަށް ކޮށްފައިވާ ޚަރަދެވެ. މީހަކު ނޫޅޭ ތަނެއް ނަމަވެސް ގަވައިދުން ސާފުކޮށް ބަލަހައްޓާ ތަނެއްކަން ގައިމެވެ.
ދޮރެެއް ހުޅުވާލާފައި ބުރްހާން ވަނީ އެތެރެއަށްށެވެ. މިއީ ކޮން ގެއެއްތަ؟…އަހަރެން މިގެއަށް ގެނައީ ކީއްވެ؟..” ސަނާޔާ އެއްސެވެ. ” މިއީ މީގެ ފަހުން ސަނާޔާ ދިރިއުޅެން ޖެހޭ ގެ…ޔޫ ހެވް ޓު ލިވް އެލޯން…” ބުރްހާން ބުންޏެވެ. ” ވަޓް؟..ބަޓް ވައި؟..އަހަންނަކަށް ނުކުރޭނެ އުޅޭކަން…ބުރްހާން ނެތް ވަގުތު ތަކުގައި އަހަރެން ބިރުގަންނާނެ…ޕްލީޒް ޑޯންޓް ޑޫ ދިސް…މިގެ ވަރަށް ބިރުވެރި..ބަލާބަލަ ގަސްބޯ ގޯތިތެރެވެސް…” ސަނާޔާ ބިރުން ރޮވޭ ހާލުގައި ބުރުހާންގެ ކައިރިއަށް ދިޔައެވެ.
“ފިރިހެނުންނާއެކު ރަސްފަންނުން ރެސްޓޯރަންޓް ތަކުން ދުވާއިރު ބިރެެއް ނުގަނޭތަ؟.. ހެއްދެވި ފަރާތް ވާކަން ނޭންގޭތަ؟..” ބުރްހާން ސަނާޔާގެ އަތުގައި ހިފާ ކައިރިއަށް ދަމާލުމުން ސަނާޔާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ” ބުރްހާނަަށް ފޮޓޯ ފެނުނީތަ؟..ރަސާންކައިރީ އެވަރަށް ބުނިން ފޭސްބުކް ތަންތަނަށް ނުލާށޭ…އޭނަ އެވަރަށް އާދޭސް ކުރީމަ ރެސްޓޯރެންޓަކަށް ދިޔައީވެސް …” ސަނާޔާ ބުންޏެވެ. ” އަދަބު ލިބެންވާނެއްްނު؟…” ބުރްހާން ބުންޏެވެ.
” ޔޫ ހަރޓް މީ މޯ…އެންމެ ފަހަރަކު ގުޅާވެސް ނުލާ…މެސެޖަށް ޖަވާބުވެސް ނުދިން…” ސަނާޔާ ބުނިއިރު އަޑު ކުރެހުނެވެ. ” ގަސްތުގަ ނުގުޅީ..ގުޅާހިތުން ފޯނު ނަގާ ކޮންމެ ފަހަރަކު ފެމިލީ ވައިބާ ގުރޫޕުގަ ނޫނީ ފޭސްބުކްގަ ސަނާޔާ ވިތް… ހިމް!…” ބުރްހާން ދަތްކުޑިވިކާލިއެވެ.
” ސޯ ވަޓް؟..ކޮންމެ ގޮތެއްވިޔަސް އަހަރެންމީ ދޫކޮށްލަން ހުރި މީހެކޭ…މިނިވަން ވީމަ އިންނާނެ އެހެންމީހަކުވެސް ބޭނުންވާނެ އެއްނު…” ސަނާޔާވެސް ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ.
“ހާދަ މިނިވަންވާ ހިތުން ތިއުޅެނީ…މިހާރު ލޯބި ނުވަނީތަ؟..” ބުރްހާން ސަނާޔާ އިތުރަށް ގާތްކޮށްލިއެވެ. ” ކާކުތަ އުޅެނީ މި ނުރަބޯގަނޑު ފަހަތުން އަބަދު ދުވާހިތުން….މުސްކުޅި މީހާގަނޑު….” ސަނާޔާ ބުރުހާންގެ އިސްތަށިގަނޑުގައި އަތުން އެއްޗެއް ފޮޅާލާފަދައިން ޖަހާލުމަށްފަހު އިސް ދަށަަށް ޖަހާލިއެވެ. ބުރްހާން ހުރީ ސަނާޔާއަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. އެ ބެލުމުން އުނދަގޫވެގެން އެންމެ ފަހުން ސަނާޔާއަށްވެސް ބަލާލެވުނެވެ.
*****
ފަތިހު ސަނާޔާއަށް ހޭލެވުނީ ފަތިސް ނަމާދަށް ބުރްހާން ގޮވީމައެވެ. ތެދުވެގެން ފެންވަރާ ވުޟޫކޮށްގެން ބުރްހާންގެ ފަހަތުގައި ނަމާދުކުރުމުން ހިތަށް އުފާވެރިކަމެއް ލިބުނެވެ. ބުރްހާން ނަމާދުކޮަށް ނިންމައިގެން އައިސް ސަނާޔާގެ ނިތްކުރިއަށް ބޮސްދިނެވެ. ” އައި ލަވް ޔޫ! ..” ބުރްހާން ރޭގައި އެތައް ފަހަރަކު ތަކުރާރުކުރި ބަސް އަނެއްކާވެސް އިއްވާލިއެވެ. ” އައި ލަވް ޔޫ މޯ…” ސަނާޔާގެ ލޯ ފެންކަޅިވިއެވެ. ” ތިހާ އިއްފަތްތެރި ކުއްޖެއް ލިބުނީތީ ވަރަށް އުފާވެއްޖެ…އައި އެމް ސޮރީ ފޮ އެވްރިތިން…މާބޮޑަށް ޝައްކު ކުރެވުނީ…” ބުރްހާން ސަނާޔާ ގެނެސް މޭގައި ލައްކޮށްލިއެެވެ. އެވަގުތު ސަނާޔާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް މިލްކުވީހެންނެވެ. އުފަލުން ބުރްހާންގެ ގައިގައި އޮޅުލައިގަތީ ރޮމުންނެވެ.
” ދެން ނުރޮއެ…އަހަންނަށް ކޮފީއެއް ހަދާ ދީބަލަ…” ބުރާން ސަނާޔާ ކޮޅަށް ނަގަމުން ބުންޏެވެ. ” މިގޭގައި އެއްޗެހި ހުންނާނެތަ؟…” ސަނާޔާ ހިނިތުންވަމުން އެއްސެވެ. ބުރްހާން ބޯޖަހާލަމުން ސަނާޔާގެ ކުރު، ފަން އިސްތަށިކޮޅު ކަންފަތްދޮށަށް ލައްވާލިއެވެ. ” މާޝާ ﷲ… ތިހާ ރީތި އަންހެން ކުއްޖެއް އަދި ދުވަހަކުވެސް ނުދެކެން…ސްޕެޝަލީ ޔުއަރ ސްމައިލް….” ބުރްހާން ހީވަނީ ސަނާޔާއާ ދުރަށް ދާން ބޭނުންނުވެފައި ހުރިހެންނެވެ. އެ ތައުރީފުގެ ބަސްތަކުން އިތުރަށް ސަނާޔާގެ މޫނު ރަތްވެގެން ދިއުމުން ބުރްހާން އިތުރަށް ގަޔާވިއެވެ.
****
ގޯތިތެރޭގައި ހުރި ބޮޑު އުނދޯލީގައި ބުރްހާން އޮއްވައި ސަނާޔާއައީ ކޮފީއެއް ހިފައިގެންނެވެ. ” ޖަޒާކި ﷲ ޚައިރަން…” ބުރްހާން ތެދުވެ އިށީނެވެ. އަދި ކޮފީތަށީގައި ހިފާލަމުން ސަނާޔާ ގެނެސް ކައިރީގައި ބޭންދިއެވެ. ސަނާޔާ އިނީ އިސްޖަހާލައިގެންނެވެ. ” ކީއްވެތަ ތި އިސްޖަހަނީ؟…ބަލާބަލަ މިކޮޅަށް…” ބުރްހާން ބުނެލިއެވެ. ” ނުކެރޭނެ..” ސަނާޔާ ބުނެލީ އަނެއްފަރާތަށް ބޫނު އަނބުރާލަމުންނެވެ. ” ކީއްވެ
؟…” ބުރްހާން ބުނެލިއެވެ. “ލަދުގަންނަނީ…” ސަނާޔާ މޫނުގައި އެއްއަތް އެޅިގޮތުން ބުރްހާން ކައިރިއަށް ހިނި އައިވަރުން ދަތްތައް ފެންނަވަރަށް ހީލިއެވެ. ” ވަޓް؟…” ސަނާޔާ ބުރްހާނަށް ބަލާލަމުން ހައިރާންވެފައި ބުންޏެވެ. ” އަންހެން ކުދިންގެ އެންމެ ރީތި ސިފައަކީ ލަދުވެތިކަން…އެހެން ފިރިހެނުން ކައިރީވެސް އެހާ ލަދުގަނޭތަ؟…” ބުރްހާން ކޮފީތަށީގައި ތުންޖެހިއެވެ. ” ވަޓް ޑު ޔޫ މީން….؟” ސަނާޔާ އެއްސެވެ. ” ފޮޓޯތަކުން އެގޮތަށް ނުފެންނާތީ…އެކްޓެއްތަ ތިކުރަނީ..؟ ” ބުރްހާން ދެކޮނޑު އުފުލާލިއެވެ.
ފޫހިވިވަރުން ސަނާޔާއަށް ތުން އަނބުރާލެވުނެވެ. ދެބުމަ ކައިރިކޮށްލަމުން ދާން އުޅުމުން ބުރްހާން އަތުގައި ހިފިއެވެ. ސަނާޔާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. “ތިގޮތަށް ބޭނުންހާ ކަމެއް ކޮށްފަ އިންސަލްޓު ކުރާ މީހުން ދެކެ ވަރަށް ފޫހިވޭ…” ސަނާޔާ ބުންޏެވެ. ބުރްހާން ކޮފީ ޖޯޑު އުނދޯލިމަތީ ބަހައްޓަމުން ސަނާޔާ ގެނެސް ބޭންދީ އޭނާގެ އުނގުގައެވެ. ބުރްހާން ސަނާޔާގެ މޫނަށް ކަޅިޖަހާނުލާ ބަލަން އިނެވެ. ރުޅި އައިސް އިން ނަމަވެސް ފަހުން ސަނާޔާއަށް ހެވުނެވެ. އެވަގުތު ބުރްހާންގެ ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށިއެވެ.
ފޯނުނަގައި ބަލާލިއިރު ހަބީބަތީ ޖަހާފައި އިނުމުން ސަނާޔާއަށްވެސް އެއީ އަޒާކަން އިނގުނެވެ. ވަގުތުން ސަނާޔާ ދުރުކޮށްލާފައި ބުރްހާން ތެދުވެ ދުރަށް ހިނގައިގަތެެވެ. އޭނާ ފޯނުނަގައި ސަނާޔާއަށް ފުރަގަސް ދީގެން މަޑުކޮށްލީ ގޭ ބިތް ބުޑުގައި ހުރި ފިނިފެންމާ ބެޑެއްގެ ކައިރީގައެވެ. ވައަތް ލައިގެން ހުރި ޓްރައުޒާގެ ޖީބުތެރޭ އޮތްއިރު ކަނައަތުން ފޯނު ކަންފަތުގައި ޖަހާލިއެވެ. ބުރްހާން ހެދިގޮތުން ސަނާޔާގެހިތަށް ތަދުވިއެވެ. ލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ބަންޑުންވި ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތުމުން އޭނާ މޫނު ފޮހެލާފައި ބާރަށް ހިނގައިގަތީ ގެއަށް ވަންނާށެވެ. ނަމަވެސް ބުރްހާން ޖީބުގައި އޮތް އަތް ނަގައި ސަނާޔާގެ އަތުގައި ހިފެހެއްޓިއެވެ. އަތް ފޮޅުވާލާފައި ދާންބޭނުން ނަމަވެސް އެހާ ބާރެއް ސަނާޔާގެ ގަޔަކު ނެތެވެ.
” މިހުރީ ‘ޕާރލްގަ” …” ބުރްހާން ފޯނަށް ޖަވާބު ދިނެވެ. ” ޔެސް މިދަނީ..ވަރަަށް އާޖެންޓްތަ؟…” ބުރްހާން އަނެއްކާވެސް ބުނެލިއެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ފޯނު ކަނޑާލަމުން ސަނާޔާ ކައިރިއަށް ދަމާލިއެވެ. ” ކީއްވެ ތި ދަނީ؟…އެންޑް ޕްލީޒް…އަޒާ ގުޅާ ކޮންމެ ފަހަރަކު ތިހެން ރޯންް ހަދާނެކަމެއް ނެތް…ތިއީ ބޭކާރު ކަމެއްނު…” ބުރްހާން ސަނާޔާގެ ކުޑަމޫނުގައި ހުރި ކަރުނަތައް ބޮޑުވައި އިނގިލިން ފޮހެލިއެވެ. ސަނާޔާގެ ހިތަށްކޮށްފައިވާ އަސަރުން އެއްޗެއް ބުނާނެހިތްވަރެއް ނުލިބުނެވެ. މަަޑުމަޑުން ބޯޖަހައިލިއެވެ.
“ހިނގާ އެގެއަށް…އެކަކަށްވެސް އަންގާނުލާނު މިއައީ..” ބުރްހާން ބުނެލިއެވެ.
****
ދުވަހަކީ ބަންދު ދުވަހެއްކަމުން އަންޖާދުއާއި ތުލްކާނު ހެނދުނު ހެނދުނާ ގޯތިތެރޭ ހުރި ކަނީރުގަސްދޮށުގައި ތިބީ ކެރަމް ކުޅޭށެވެ. ތަންކޮޅެއް ދުރުގައި ރިދާއާއި ކަންޒާވެސް ފޯނަށް ބަލަހައްޓައިގެން ތިއްބެެވެ. ކާރުގައި ބުރްހާން ގޯތިތެރެއަށް ވަނުމުން އެންމެންގެ ނަޒަރު އެދިމާއަށް ސީދާވިއެވެ. ބުރްހާން އެމީހުންނަށް ހިނިތުންވަމުން ރިދާއަށް ވަކިން އަތުން ހަނާއަޅާލިއެވެ. ރިދާވެސް ހިނިތުންވަމުން އަތް ހޫރާލިއެވެ.
ބުރްހާން ހުރީ ގޮޅިޖެހި ކަޅާއިހުދުގެ ގަމީހަކާއި ނޫ ޖިންސެއްގައެވެ. އޭނާއަށް ބަލަމުން ބުރްހާންގެ ފަހަތުން ސަނާޔާވެސް ގެއަށް ވަނެވެ. އެވަގުތު ސިޓިންގްރޫމްގައި އިން އަޒާ ދުވެލާފައި އައިސް ހިފީ ބުރްހާންގެ އަތުގައެވެ. ” ވަޓް ހެޕަން؟..ކީއްވެ އަވަހަށް އަންނަން ބުނީ؟…” ބުރްހާން އަޒާގެ ދެއަތުގައި ހިފާލިއެވެ. ” އަލްހަމްދުލި ﷲ… އައި އެމް ޕްރެންގްނެންޓް!..ބުރްހާން ޔެސް..ވީއާ ހޭވިންގ އެ ބޭބީ އެގެއިން..އަލްހަމްދުލި ﷲ..” އަޒާ އުފަލުން ފުރުގެންވީ އަޑަކުން އިއްވާލުމުން ސަނާޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަޒާ ބުރްހާނުގެ އަތުގަހިފާ ބާރުކޮށްލަމުން އެމޭގައި ލެނގެލީ ވީ އުފަލުންނެވެ. ބުރްހާންވެސް އުފަލުން އަލްޙަމްދުލި ﷲ އޭ ބުނެލީ މަޑުމަޑުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ދުރުގައި ހުރި ސަނާޔާގެ މޫނަށް ބަލާލީ މާޔޫސްކަމާއެކުއެވެ. ސަނާޔާ ހުރީ ދެރަވެގެން ހިތްފަޅައިގެން ދާން ކައިރިވެފައިކަން އެމޫނުގެ ކުލަވަރު ހަމަ ރަނގަޅަށް ހެކިދެއެވެ.
27 Comments
Comments are closed.
yaama
June 24, 2020 at 6:22 pmehen myhakah ufaleh libuneema sanaya keehve dheravanvii…sanaya is so selfish..vrh foohivey ekahala selfish meehun dheke
aish
June 24, 2020 at 6:29 pmazaa ge baby sanaya ge sababun maruveema azaa alun preg v ma sanaya ufalehnoontha vaanvi..konkahala kuhjeh mi sanaya mii
faiherr
June 24, 2020 at 7:08 pmyh totally I agree with you guys yaama and aish like you guys said sanaya is so bad and selfish azaa ehaa rangalhu iru ves pis pis pis dhen kykey bunaany BTW girl the story is going nice
shasha
June 24, 2020 at 8:10 pmsanaya hunnani azaa aa jahsaalafa..azaa gulhiyas sanaya nujehey dheravaakah..azaa aki buruhaan ge alathu ambimeeha..sanaya kithanme foniviyas e magaameh nulibeyne
#/////
June 24, 2020 at 8:34 pmKobaatha sanaya azaa aa jahsaalaafa….mashah heevany azaa hn sanaya dhera kuran ulheny….anyways stry hama habeys…
Unknown
June 24, 2020 at 8:38 pmWhat??? Snaya hunanii Azaa aa jassaaalaafa ey? Kon part aku?? Ahan vaki kujjakaaah dhimaalah bunanee eh noon. Ahan dhekey goiyy Ingey ahan bunanii..ehvx kujjaku heenukurahchey ekujjakaah dhimaalah bunefa ey 😊 ahan dhekey goiyy Hama bunanii. Kujjakaaah dhimaalakah noon.😊😊😊😊
Anonymous
June 24, 2020 at 8:17 pmAzaa hagygathuga vx rangalhu kameii engeydho!..sanaya ge magaamuga thithanun meehaku in nama kon kahala feel ehbaa kureveyni…sanaya ahvuren kanthahgandu boduvaanehen heevany….hahahaha…Btw mi prt vx v reethi…n whn nxt prt…
Unknown
June 24, 2020 at 8:24 pmThedhu vaahaka eh Ingey Hama anonymous…ahan ves thihen dhw mibunanii 👏👏👏👏
Unknown
June 24, 2020 at 8:18 pmSanaya selfish vefa kobaa tha??? Sanaya dhera vaane dhw burhan dhen avahah sanaya dhookollaafaane theeeve? Konme meehakah ves vaane dhw ehen, Loabi vaa meehaku dhookollaafaane theeeve, Dhera vaane dhw,nd kihineh ingenii Azaa ves vaki rangalhu kameh, preg ey kiyaafa ekiyanii thedhu kameh?? Ahan nubunaanan vaki sanaya goahekey? Eii sanaya mihaaru rangalhu hama dhen ehenma sanaya Dhera vaaane dhw Azaa preg veema.. happy vaan jehunas haaalathu ge gothun kihineh happy vaanii? Sanaya heekoffaane dhw dhen ehen veema sanaya baakee vedhaane nd burhan ves Loabi vaa vaahaka bunii..dhen Ahan nubunaanan sanaya goahekey…Ahan ah ingey Azaa adhi rangalhu kan dhen vaane gotheh balamaa dhw.. and mi part burhan Loabi vaa vaahaka bunee sanaya happy veema varah Fakkaa 🤗🤗 burhan sanaya dhookoh nulahchey dhen please. Dhen dhera kuraakah nuvaane dhw… and burhan ehaa dheenee kanthah Loabi kuraa iru ehen hedhun eii kon kahala kameh kan ves ingey dhw…..btw mi part reethi.masha Allah. waiting for the next part. Lym
🌹Masha🌹
June 24, 2020 at 8:21 pmWell said..👏👏
Anonymous
June 24, 2020 at 8:24 pmMagey ehbas Unknown ge vrhk ah..
Mer🌹
June 24, 2020 at 8:26 pmWell said👏👏
Mer
June 24, 2020 at 8:30 pmWell said👏👏
Unique
June 24, 2020 at 9:01 pmI believe u… ekam aslu knmehen ekaku ragalhu kuranves nuvaane dhw… azaaves varah ragalhu, sanayaves now… we should support the characters… the story is going great that’s why we all are defending the characters… girl akee hama varah molhu kujjeh Maasha allah… girlge vaahakaeh viyyaa will not leave without reading… everything is soo good here… masha allah… why I wait for this story is its like my imaan rises as I read this… so happy to see such good stories out here
Unique
June 24, 2020 at 8:56 pmKnme meehakeeves life ga knmeves hisaabakun goas magah dhevifa hunnaane meeheh.. there is no doubt in it… allah emeehakah magu dhakkavaany eii allah emeeheh dheke loabivaathee aai allah emeeheh imthihaan kurumahtakaa… nubai magah dhevifavanikoh sanaayaa ah ragalhu magu dhekkevy allah eii azaa through koh… sanaayaa akee nubai kujjehnoon magu olhifa huri kujjeh now sanaayaaa ah ragalhu magu edhany fennamun… she is seeking more knowledge about the dheen… eii aslu human ehnamaves thigothah tha kanthah kuraany..?? Meehaku repent kuryma eynage past sins hadhaan koh dhinumakee varah goas kameh… ehenveema ekahala kanthah kuran nuvaane…. dhn sanaayaa aa azaa dhw.. in my view aharemen insaanunnah vefai aharemenge kibaigai kudakoh namaves jealousy hunnaane eii aharemen loabivaa meehaa ehen meeheh kairy huryma eii knmehen nubai magusadhehga vaa kameh noon eii aharemenge feeling eh… if it was me I would even feel hurted but im sure that won’t make sanaayaa’s eeman to get low… eemaantherikan dhahveema goas hiyaaluthah kureveny… sanaaya is different… try to think positive.. all are not same
Niish mary Mary
June 24, 2020 at 8:57 pmMe also ehbas Unknown ge vaahakayaa waiting for next part
Someone
June 24, 2020 at 9:10 pmUnknown ebunaahen kobaa tha Sanaya selfish vefa? I don’t think Sanaya selfish kamah. And yes Sanaya vx dhera vaane dhw Sanaya dhookollafaane thy. Yeah aslu Buruhan ehaa dheenee kan kamah lwbi kuraa iru Sanaya ehen hedhun eii kon kahala kamei kan vx ingeyne kanneyge dhw. And I’m agree with unknown. Btw, mi part vx varah reethi.
meme
June 24, 2020 at 9:29 pmmi part kiyaafa vrh foohivehje sanaya dheke. eyna neydhey azaa ah ufaleh libeykah
Shaiiii
June 24, 2020 at 11:25 pmPlxx avh Sanaaya vari kuran ulhey…… 😣🤧….. Eyrun mi vhk vrh salhi vaane😊❣️…. BTW mihaaru vx vhk hama vrh obi💯😘……gina kiyuntherin vx gabool kuraa Gothah Alhugandu vx bunelan othy azaa aa jassaalaagn kan sanaaya ulheny😒….Sanaaya nd buruhaan eh nugulhey….. E ah vureh sanaaya nd rasaan gulhey….. Hehe ekms girl beynun gotheh dho hadhany😁…… LYSM 💞💗💓….. UM CURIOUSLY WAITINGG FOR NXT PRT😘💯❣️💞
Anaa
June 24, 2020 at 11:43 pmsanaya dhekevxx mihaaru burhaan loabi ve ehnnu.. Ehn v ma sanaya ar burhaan ar dhuru nukurahchey.. Adhi Kihineh ingenii azaa E hadhanii thedhu kameh vxx hama vedhane dhw burhaan sanaya govaign dhiyama avahah geah gennan vgn dhehki bahana akah vxx… Btw story vrh reethi kuriah dha goiy..
Noor
June 25, 2020 at 12:34 ami also thought the same😍😍
Ram
June 25, 2020 at 6:49 pmVVV reethi Maasha Allah Heevanee Sanaya Varikuran ulheneehen
Anonymous
June 29, 2020 at 6:33 pmGirl Dhn next part kon irakun thr upload kohdheyniim.
Dgsgdg
June 29, 2020 at 7:55 pmFoohi vrh
💚Nikko💚
June 30, 2020 at 12:07 pmKon iraku up vanee
Can’t wait 💚💚💚💚💚💚
NAAC
July 4, 2020 at 10:46 amVaahaka v reeti. But upload vaaleh maalahee.
Fainat💖
July 5, 2020 at 3:32 pmHaadha las Eva veyey upload kuran..
Ekm author ah upload kurumuga udhaguleh vanyaa ves bunelaanama take your time..ekm angaalahchchey.. nuliyeveynama…. Komme faharaku mi site ah vadhe belenyvex mi vaahaka upload koffa in the…..waiting ingeyy author….ummeedhu kuran avahah upload kuraane kamah…noony nuliyeveynama ekan angaalaane kamah