އެއްޗެއް ވިސްނަން ހުރި ފަދަ ގޮތަކަށް އެތާ މަޑުކޮށްލުމަށްފަހު އޭނާ ލިފްޓަށް އަރައިގެން ދިޔައީ ތިރިއަށްށެވެ.
ސަނާޔާ ކޮޓަރިއަށް ވަދެގެން އެތައް އިރަކު އެކޮޓަރީގެ ރީތިކަމާމެދު އަޖައިބުވެފައި ހުރެވުނެވެ. ކޮޓަރީގެ އެއްކަނުގައި ދެ މުޞައްލަ އެއް މުސައްލައަނެއް މުސައްލައިގެ ފަހަތުގައި ފަތުރާފައި އޮތްއިރު ކައިރީ ފޮތްގޮނޑިއެއްގައި މުސްހަފެއްއޮތެވެ. މުޅި އެބައިވަނީ މިސްކިތެއް ފަދައިން ރީތިކޮށްލާފައެވެ. އެނދުގެ ނިޔަދޮށުގައި ހުރީ ފިޔާތޮށިކުލައިގެ ދިގު ސޯފާއެކެވެ. ކިންގް ސައިޒް ބޮޑު އެނދުގައިވެސް ވަނީ ފިޔާތޮށްޓާއި ހުދުގެ ބެޑްޝީޓެވެ. އެހެނިހެން ފަރުނީޗަރާއި ފާރުގެ ކުލަވެސް ހަމަ އެފަދައެވެ. ހީވާގޮތުން އެއީ އަޒާގެ ކަމެކެވެ. ސަނާޔާގާތުން އެންމެ ރީތި ކުލައަކީ ކޮބާތޯ އެހި ސަބަބަކީ އެއީއެވެ. އެހެންވީމައި ބުރްހާނަށް ކަމުދަނީ ހުދުކަމަށް ވެދާނެއެވެ.
ސަނާޔާ ކޮޓަރިއަށް ވައްދާފައި ހުރި ފޮށިތަކުން ހެދުންތައް އަލަމާރިއަށް އެޅުމަށްފަހު ފާޚާނާއަށްވަދެ ފެންވަރާލައިގެން ނިކުތްތަނާހެން އަޒާއައިސް ކާންދާން އެދުމުން އޭނަ ދެން ދިޔައީ ކާށެވެ. ބުރްހާން ފެންނަން ނެތުމުން ކޮބައިތޯ އަހާލަން ކިތައްމެ ހިތްއެދުނަސް އަހާލާކަށް ނުކެރުނެވެ. އެހެން އިންދައި ތަރްނީމުގެ ފަރާތުން ބުރްހާން އޮފީހަށް ވަދެލަން ދިޔަކަން އިނގުނެވެ.
***
އިރުއިރުކޮޅާ ފޯނު ރިންގުވާވަރުން ތަނާލް ފޯނުކަނޑާލައެވެ. އެންމެފަހުން އުނދަގޫބޮޑުވެގެން އެނަންބަރު ބުލޮކްވެސްކޮށްލިއެވެ. އިރުކޮޅެއް ނުވެ ވައިބާއިން އަނެއްކާވެސް އެނަންބަރުން މެސެޖެއް ކޮށްލައިފިއެވެ. މިފަހަރު ތަނާލަށްވެސް މަޑަކުން ނުހުރެވުނެވެ.
” ﷲ އަށް ބިރުވެތިވެ ބަލަ..މިހާރު އަހަންނަކީ މީހެއްގެ އަންބެއްކަން ނޭންްގޭތަ؟..” ތަނާލް ފޮނުވައިލިއެވެ. ” އައި ކާންޓް ސްޓޮޕް ލަވިންގް ޔޫ! ..މިސިންގ ބޭޑްލީ!!…” އަޒްހަރު ފޮނުވި މެސެޖުން ތަނާލަށްވީ ފޫހިން ދަތްވިކާލެވުނެވެ. ” ލޯބިވާ މީހުން އަނިޔާ ކުރާކަން ނުދަނެ ހުރިން…އަލްހަމްދުލި ﷲ… އަހަންނަށް ﷲ ދެއްވީ ހެޔޮ ބައިވެރިއެއް..ކުރިއާ މުޅިން ނުބައްދަލު…ބޭކާރު ވާހަކަ ދެން އިތުރަށް ދެއްކުމެއް ނެތް..އުނދަގޫ ނުކުރިއްޔާ ވަރަށް ރަނގަޅު…ސައިފްގެ ހިތުގައި ކުޑަވެސް ޝައްކެއް އުފެދެން އަހަރެން ބޭނުމެއް ނޫޫން…” ތަނާލް ޓައިޕްކޮށްފައި ފޮނުވާލިއެވެ. ” ތީ ހީވާގޮތް!…ތިހާ ބޮޑު އޮޅުމެއްގައި ކަމަނާ ނުހުންނަވާ…އަހަންނަށްވުރެ ޑެވިލް ނުވާނެކަމެއްވެސް ނޭންގެއެއްނު…” އަޒްހަރު ހިނިގަނޑެއް ޖަހާފައި އިން އިމޯޖެއް ފޮނުވާލުމުން ތަނާލް ފޫހިވެގެން ފޯނު އެނދު މައްޗަށް އެއްލައިލިއެވެ.
ހަވީރު އިރުއޮއްސެނިކޮށް ސައިފް ގެއަށް އައުމުން ތަނާލަށް ސައިފަށް ފާޑަކަށް ބެލުނެވެ. އަޒުހަރުބުނާހެން އަނެއްކާ!…ނޫން ނޫން ސުބުހާނަ ﷲ.. މިފަދަ ވިސްނުމެއް ކުރަން ވެދާނެތަ؟ އަދި މުޅިންވެސް ފެނުނީ ހިތްއެދޭ ސިފަތަކެއް.. ތަނާލް ޚިޔާލެއްގައި އިންދައި އޭންކަލް ބާލައި ހަރަަށް ލާފައި ސައިފް އައިސް ތަނާލްގެ ލޯކުރިމަތީ އަތްހިންގާލިއެވެ. “ހޭ…މައި ކުއީން..ކޮން ޚިޔާލެއްގައިތަ؟..” ސައިފް ތަނާލްގެ ކޮލުގައި ހިފާ ދަމާލިއެވެ. ” އާ..އިންގޭތަ ތަންކޮޅެއް ކުރިން މަންމަ ގުޅި..އަޒާގެ ވަނަވަރު އެހީ…” ތަނާލް ހިތުގައި އޮތް ޚިޔާލުތައް ފޮރުވަމުން ބުންޏެވެ. ” އެހެންތަ؟ ދެން އިނގުނުތަ ކިޔާދޭން …އަހަރެން ވަރަށް ވާހަކަ ދައްކައިގެން އެހެރީ ހަމަ ޖެހިފަ…އަޅާ ނުލާ އިނގޭ އެހެން ދައްކާ ވާހަކައަށް…ވަރަށް ސެންސިޓިވްވާނެ ދަރިންގެ ކަންކަމުގަ..” ސައިފް ސޯފާގައި އިނށީންދެ ތަނާލް ގެނެސް ކޮނޑުގައި ލައްކޮށްލިއެވެ. ” އަސްލު މަންމައެއް ވިއްޔާ ވިސްނޭނެ ދޯ..އެމީހުން ނޭދޭނެ ދެރަގޮތެއް ދަރިންނަށްވުމެއް…މައިންނަކީ ހާދަ ޤަދަރު މަތިވެރި ބައެކޭ..” ތަނާލް ބުންޏެވެ. ” އެއްބަސް!..އެހެންވެ މަންމަދެކެ ވަރަށް ލޯބިވޭ…ނާލް ނުވޭތަ މަންމައަކަށް ވާހިތެއް!…” ސައިފް އުންމީދުން ފުރިގެންވީ ގޮތަކަަށް އެހެން އަހާލުމުން ތަނާލްގެ މޫނު ބަނަވެގެން ދިއުމާއެކު އަވަސް އަވަހަށް އެތަނުން ތެދުވެއްޖެވެ. ” އާން!.އައި ފޮގޮޓް…މާދަން ޖެހޭ ހޮސްޕިޓަލަށް ނުކުންނަން ހެނދުނު…އެމީހުން މެސެޖްކޮށްފި..” ތަނާލްކަމެއް ފޮރުވަން އުޅުންކަން ދެނެގަނެވުނު ނަމަވެސް އަޅަނުލާ ސައިފްވެސް ތެދުވިއެވެ. ” އަލްޙަމްދުލި ﷲ… ފައިނަލީ..” ސައިފްވެސް އެ އުފަލުގައި ބައިވެރިވެލިއެވެ.
***
ހަވީރު ހުރިހާއިރު ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން ސަނާޔާ އަޒާގެ ނަންބަރަށް މެސެޖްކުރިއެވެ. އަޒާ އެދުނީ އެކޮޓަރިއަށް އައުމަށެވެ. ބުރްހާން އަދިވެސް ގެއަށް ނާންނަކަން އޭނާގެ ވާހަކަތަކުން އެނގުނެވެ.
**
އަޒާއާ ދެމީހުން މަޣްރިބު ނަމާދުކުރީ އެކޮޓަރީގައެވެ. އަޒާ ރީތިއަޑަކުން ޤުރުޢާން ކިޔެވިއިރު ސަނާޔާއިނީ ބުނާނެ އެއްޗެއްވެސް ނޭންގި އަޑުއަހާށެވެ. ފޮތްހަރުގަނޑުން ދީނީ ފޮތެއް ނަގައިގެން އައިސް ސަނާޔާއަށް ކިޔައިދެމުން ދިޔައިރު ސަނާޔާވެސް އިނީ ނިކަން ޝަޢުޤު ވެރިވެފައެވެ. އިޝާވަގުތުވެސް ނިމިގެން ދިޔައީ ދެމީހުން އެތަނުގައި ތިއްބައެވެ.

ރޭގަނޑުގެ ކެއުމުގައި މިރޭ ސައިފްވެސް ބައިވެރިވިއެވެ. ތުލްކާނާއި އަންޖާދު އެތާ ތިބި އިރު ބުރްހާން ނެތެވެ. ލިވިންގް ރޫމުގައި ތިބި އަންހެންވެރިން ތަފާތު ވާހަކަތައް ދައްކަމުން ދިޔައިރު ބޮޑަށް ދެކެވެމުން ދިޔައީ ޓީވީން ފެންނަމުން ދިޔަ ޚަބަރާ މެދެވެ. އަނެއްކާވެސް އިޒްރާއީލުން ޣަޒާއަށް ހަމަލާދިނީއެވެ. އެވަރަށް މުސްލިމުންނަށް އަނިޔާކުރާއިރު ހަމަ މުސްލިމުން މަޑުން ތިބެންވީހޭ ކިޔާފައި ކަންޒާ ޚިޔާލު ފާޅުކުރިއެވެ. ތަރްނީމަށް ބައެއްފަހަރު ތުލްކާނާއި ކަންޒާ ހަނގުރާމައަށްވެސް ހިނގައިދާނޭ ހެން ހީވެއެވެ. އެހާވެސް ބޮޑަށް އެދެކުދީން އިޒްރާޢީލުންނަށް ނަފްރަތުކުރެއެވެ. ސީރިޔާ އެއްކޮށް ސުންނާފަތިކޮށްފިޔޭ އަދިވެސް އަހަރެމެން ހަނގުރާމައަށް ނުކުންނަން ނުވޭހޭ ކިޔަނީ ސަމާސާކުރާ ބީދައިންނެވެ. އަޒާވެސް ކަންޒާމެންނާ އެއްބައިވެލާއިރު ތަރްނީމު އެވާހަކައާ މުޅީންދެކޮޅެވެ. ޚަބަރުތައް ބުނާގޮތުން ސިރިޔާގައި ކުރާ ހަނގުރާމަތަކަކީ އެ ޤަޢުމުގެ ދާޚިލީކޯޅުމެއްކަމުގައި ބުނާނެއެވެ. ސަނާޔާ އިނީ އެވާހަކަތަކުން ފޫހިވެފައެވެ. އެނާއަށް އެމީހުން އެ ދައްކަނީ މާޝައުޤުވެރި ވާހަކައެއް ނޫނެވެ. އަނެއްކާ އޭނާ އެތާ އިންނަނީވެސް ޖެހިލުވެ އާވެފައެވެ. އެހެންކަމުން އިރުއިރުކޮޅާ ދޮރާދިމާއަށް ބަލާލަނީ ބުރްހާނު އަންނާނެ އިރެއްގެ އިންތިޒާރުގައެެވެ.

އަޒާ ނިދަން ތައްޔާރުވެލައިގެން އައިސް ސުންނަތުން ސާބިތުވެ އައިސްފައިވާ ސޫރަތްތައް ކިޔާލާ ނިމުންއިރު އެގާރަޖައިފިއެވެ. އެވަގުތު ބުރްހާންއައިސް ކޮޓަރިއަށްވަނުމުން އޭނާ އަޖައިބުވެފައި ބެލިއެވެ. ” އަހަރެން ވަރަށް ގުޅައިފިން…ކީއްވެ ފޯނު ނުނެގީ…” އަޒާ ޝަކުވާގެ ރާގެއްގައި ބުންޏެވެ. ބުރްހާން މާބޮޑު ސަމާލުކަމެއް ނުދީ ފާޚާނާއަށް ވަދެލާފައި އައިސް އެނދުގައި އޮށޯވެ އަނެއް ފަރާތަށް އެނބުރުނެވެ. އަޒާއޮތީ ހުރިހާއިރު ބަލާށެވެ. ނިދަންލާ ހަރުވާޅަކާއި އަތް ދިގު އަޅި ޓީޝާޓުގައިވެސް ބުރްހާންގެ ފުރިހަމަކަން ހިތަށް ނަގައިގަނެވުނެވެ.

“މިރޭ އެކޮޓަރީގައި ނޫްންތަ؟..އަހަރެން ހުންނާނެ އަންނައުނުވެސް ލައިދީފަ..! އަޒާބުންޏެވެ. ބުރްހާން ލޯމަރާ ބާރުކޮށްލައިގެން އޮވެފައި އަޒާއާވީ ފަރާތަށް އެނބުރުނެވެ. ” ތިޔައީ ހިތަށް ކުރާ އަސަރު ފޮރުވަންކިޔާ އެއްޗެއްތަ ނޫނީ ހަމަ ހިތަށް އެއްވެސް އަސަރެއް ނުކުރަނީތަ؟..” ބުރްހާން ހަރުކަށިކޮށް ބުނުމުން އަޒާ ޖެހިލުންވިއެވެ. އެއަށް ދޭނެ ރައްދެއްވެސް ނޭންގުނެވެ. ” އޭނާ އިންތިޒާރު ކުރާނެ!..” އަޒާ ހިތްވަރު ކުރާ ފަދަގޮތަކަށް ބުންޏެވެ. ބުރްހާން އަޒާގެ އަތުގައި ހިފާލިއެވެ. ” އަހަންނަށް ހަބީބަތީއަށް ކުޑަވެސް އަނިޔާއެއް ނުދެވޭނެ!..ނޭންގޭތަ އެކަން..އެހާވެސް ލޯބިވޭ” ބުރްހާނު އަޒާގެ އަތުގައި ހިފާ ފިއްތާލިއެވެ. ” އަހަންނަށް ބުރްހާންގެ އުންމީދުތައް ފުރިހަމަކޮށެއް ނުދެވޭނެ!..ކޭން ޔޫ އަންޑަރސްޓޭންޑް ދަޓް..ބުރްހާންގެ އުފަލަކީ އަހަރެންގެވެސް އުފާ…މިހެން ހިތަށް ކުރާ ކުޑަ އަސަރަކަށްޓަކައި ފިރިމީހާގެ ހައްޤެއް އުނިކޮށްލުމުގެ ކޮންބާރެއްތަ އަހަންނަށް އޮތީ…މި ދުނިޔޭގަ ތިޔަށްވުރެ ބޮޑަށް އަހަރެންވެސް ލޯބިވާ ދެވަނަ ފަރާތެއް ހަމަ ނެތް!..” އަޒާ ބުރްހާންގެ މޫނުގައި އަތްޖައްސާލިއިރު ލޮލުން ކަރުނައައެވެ. ” ޕްލީޒް!..ތިހެން ނުރޮއޭ..އަހަރެންގެ އުފަލާމެދު އަޒާ ވިސްނާވަރު އަހަންނަށް އިނގޭ…އެކަމަކު އަހަރެންގެ އުފަލަށްޓަކައި އަހަންނަށް މިދެވެނީ އަޒާއަށް އަނިޔާއެއް ނޫންތަ؟..” ބުރްހާން ބުންޏެވެ. ” ބަލަ ބުނެފީމެއްނު އެއީ އަހަރެންގެވެސް އުފަލޭ…ހަތަރުއަނބިން ފިރިހެނުންނަށް ހުއްދަވާނެ ސަބަބެއްނޫންތަ މީ…ޕްލީޒް ގޯ ޓު ހާރ!..” އަޒާ ބުރްހާނުގެ އަތްތިލައިގައި ދެއަތުން ހިފާލީ އާދޭސް ކުރަމުންނެވެ.
***
މަޑުމަޑުން ދޮރުގައި ބުރްހާން ޓަކިދިނީ ޖަހަން ނުޖަހަން ހުރިފަދައަކުންނެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުންވެެސް ޚަބަރެއް ނުވުމުން އޭނާ ދޮރުހުޅުވާލިއެވެ. ފަނޑު ނިދާބޮކީގެ އަލީގެ ތެރޭ، މުސައްލަ މަތީ ނަމާދަށް ހުރި ސަނާޔާ ފެނުމުން ބުރްހާނަށް ހައިރާންކަމެއް ލިބުނެވެ. އެއީ ހީވެސް ކުރެވިފައި ނެތްކަމެކެވެ. ބައެއްމީހުން އަޅާއުޅޭ ހެދުމުން ދީންވެރިކަން ނުފެންނަ އިރު ނަމާދުކޮށް އުޅެދާނެކަމާ މެދު އޭނާއަށް ޝައްކެވެ. ދެއްކުންތެރި ކަމަށްވުން ގާތެވެ. އެއްވެސް އަސަރެއް ނެތް ނަޒަރަކުން އިރުކޮޅަކު އެގޮތަށް ސަނާޔާއަށް ބަލަން ހުރެލާފައި ބުރްހާން ގޮސް އެނދުން ބާލީހެއް ނަގައިގެން ސޯފާގައި އޮށޯތެވެ. މީހަކު ކޮޓަރިއަށް ވަތްކަން އެނގުމުން އެއީ ބުރްހާންކަން ސަނާޔާގެ ހިތް ބުންޏެވެ. ހިތް އަވަސްވިވަރުން ނަމާދުވެސް އޮޅިދާނެހެން ހީވިއެވެ. ނިމުނުހާ އަވަހަށް ސިއްރު ސިއްރުން އެ ދިމާބަލައިލިއެވެ. ނިތްމައްޗަށް އަތްލައިގެން ލޯމަރައިގެން އޮތް ބުރްހާން ފެނުމުން ހިތުގައި އުފާވެރިކަމުގެ ބާންޏެއް ދައުރުކޮށްލިއެވެ. އަމިއްލައަށް ހިނިތުންވެވުނެވެ. ދެއަތް އުފުލާލަމުން ހަމްދުކޮށް ޝުކުރުވެރިވެވުނު ޢަދަދުވެސް ނޭންގުނެވެ. ” ٱلْوَهَّابُ..ޓުރޫލީ ޔޫއަރ ދަ ގިވަރ އޮފް ގިފްޓްސް” ސަނާޔާ މައްޗަށް ބަލާލަމުން އުފަލުން އެހެން ބުނެލީ އަޒާއާއެކު މިއަދު ދަސްކުރި ﷲ ގެ އިސްމުފުޅު ތަކުގެ ތެރެއިން އިސްފުޅެއް ހަނދާންކުރަމުންނެވެ.
ޖެހެލުންވެފައި ހުރެ ދޮޅި ފަތްޖަހާ އަލަމާރިއަށް ލާފައި އެނދުކައިރީ ސަނާޔާ މަޑުކޮށްލީ ބުރުހާނަށް ބަލަންހުރެއެވެ.
ފުރަތަމަ ރޭ ދެ ރައަކުއަތުގެ ސުންނަތް ނަމާދެއް ކުރަން ޖެހޭނެ ކަމާއި އަދިވެސް ވާރިދުވެގެން ކުރަން އައިސްފައިވާ ބައެއް ކަންކަން މިއަދު އަޒާ ކިޔާދިނެވެ. ބުރްހާން ދެ ރަކުއަތުގެ ނަމާދުވެސް ނުކޮށް ނިދަނީބާއެެވެ. ގޮވަންވީތަ؟…ގޮވީމަ ރުޅިވެސް އައިސްދާނެ…” ސަނާޔާ ތުންފަތުގައި ދަތްއަޅާލިއެވެ. ކިތައްމެ ވާނެހެން ހީނުވިނަމަވެސް ކުރި ބައެއް އުންމީދުތައް މިރޭ ހަޞިލްވާނެކަމުގެ ހުވަފެންތައް އޭނާއަށް ދެކެވުނެވެ. ނަމަވެސް ބުރްހާންގެ ހިތުގައި އޭނާއަށް އެއްވެސް ޖާގައެއް ނެތީ ކަންނެންގެއެވެ. އެއްވެސް ފަރުވާލެއްނެތި ނިދާނީ އެހެންވެ ނޫންހެއްޔެވެ؟ ސަނާޔާގެ ބޮޑުދެލޮލަށް ކަރުނަ ޖަމާވިއެވެ.

” ކީއްވެތަ ތި ބަލަން ހުންނަނީ…ނިދާބަލަ!..” ކުއްލިއަކަށް ބުރްހާންގެ ބަރު އަޑުއިވުމުން ސިހިގެން ގޮސް ސަނާޔާގެ ދެލޯބޮޑުވިއެވެ. ” މަކަރު ހަދާ ހަދާ މަކަރުވެރި ނަޒަރަކުން ނޫން ނަޒަރަކުން ބަލަންވެސް ނޭންގެނީތަ؟..” މިފަހަރުވެސް އައީ ބުރްހާންގެ އަޑެކެވެ. ސަނާޔާއަށް އަދިވެސް އެހުރިގޮތަށް ބަލަން ހުރެވުނެވެ. ” އަޒާ ވައްޓާލީ ގަސްތުގަ މިހެން ކަންތައް ވާން އެދިގެންދޯ؟..ތިމާގެ އުންމީދުތައް ހާޞިލްކުރަން..މީހަކަށް ދެރައެއް ދީގެން ދުވަހަކުވެސް ތިމާއަށް އުފަލެއް ނުލިބޭނެ..ނޭންގެނީތަ އެކަން…” ބުރްހާން ލޯ ހުޅުވާލަމުން ސަނާޔާއަށް ނުރުހުންތެރި ނަޒަރެއް ދިނެވެ. އެފަދަ ޝައްކެއް ކުރީތީ ސަނާޔާ ހައިރާނެއް ނުވެއެވެ. އެކަން ދަންނަ ކޮންމެމީހަކަށްވެސް ހީވާނީ އެހެންނެވެ. ” ބިލީވް އޯ ނޮޓް..އަހަރެންގެ އެކަހަލަ މަޤުޞަދެއް ނެތްކަން ﷲ ދެނެވޮޑިގެންވާނެ..” ސަނާޔާ ޖެހިލުންވެފައި ބުނެ ނުނިމެނީސް ބުރްހާން ސިންގާއެއް ފަދައިން އައި ގޮތުން ސަނާޔާ ބިރުން ފިތްކަނޑައިގެން ދިޔައެވެ. ކުއްލިއަކަށް ބުރްހާން ހިފީ ސަނާޔާގެ މުލައްދަނޑީގައެވެ. ތަދުވިވަރުން ސަނާޔާއަށް އަޑެއްލައްވާލަމުން ބުރްހާންގެ ފުންދެލޮލަށް ނަޒަރު ހިންގާލެވުނެވެ. ” ކޮންމެހެން އެކަލާންގެ ނަންފުޅު ގަނެގެން ދޮގު ހަދާނެކަމެއް ނެތް!..ރީއްޗަށް ބުނެބަލަ..ކީއްވެތަ ޖެހިލުންވަނީ..ހީނުކުރާތި މާ އިނަސެންޓްވެގެން އަހަރެންގެ ހިތްރުހުން ލީބޭނޭ..” ބުރުހާން ބަލަބަލާ ހުއްޓައި ސަނާޔާގެ ދެލޮލަށް ކަރުނަ ބޮޑިވެ ހީވީ ސާފު ބިއްލޫރިކޮޅެއްގެ ތެރޭން ކަޅު ދެލިކޮޅެއް ފަދަ ކަޅި ފެންނަމުން ދިޔަހެންެނެވެ. އެމަންޒަރު ފެނުމުން ހިތަަށް ފާޑެއްގެ ގޮތެއްވިއެވެ. ” ތިޔަ ބާލަނީ ކޮންހާ ދެއްކުންތެރި ކަރުނައެއްތަ!..ހާދަ ކަންދެއްކޭ ހިތްވެއޭ ދޯ…އަމިއްލަ އެދުން ބޮޑު މޮޔަ ކުއްޖާގަނޑު..” ބުރްހާން ސަނާޔާ ފަހަތަށް ކޮށްޕާލުމުން ސަނާޔާ އެނދަށް ގެނބުނެވެ. ފާޑަކަށް އިށީންދެވިފައި އިން އިރު ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެން ފަށައިފިއެވެ. އެމަންޒަރު ފެނި ކުރެވުނު ކަންތައް އިހުސާސްވެ ޚުދު ބުރްހާންވެސް ހައިރާންވިއެވެ. މީގެ ކުރިން މިއީ ބުރްހާންގެ ހުންނަ ސިފައެއްވެސް ނޫނެވެ. މިހާ ރަޙުމެއް ނެތް މީހަކަށް އޭނާވީ ކޮންއިރަކުހެއްޔެވެ؟ ނޫނީ އެވަގުތުކޮޅު ޝައިޠާނާ ސިކުނޑީގައި ވަކި ހިއްޕާލީ ހެއްޔެވެ؟
އަތަށް ތަދުވިވަރުން ސަނާޔާ އަނެއް އަތުން އެތާ ފިރުމަމުން ރޮމުން ދިޔައެވެ. ހަޤީޤަތުގައި އަތަށް ތަދުވިވަރަށް ވުރެ ހިތުގައި ލެވުނު ޒަޚަމް ބޮޑެވެ. ހިތާމަވެރި ޖަޒުބާތުތަކުން ހިތްފުރާލުމުން އެ އަސަރުތައް ކަރުނައިގެ ސިފައިގައި ބޭރުވީއެވެ.

‘ސުބުހާނަ ﷲ.. އަސްތަޣްފިރު ﷲ ވައަތޫބު އިލައިހި…’ބުރްހާނަށް ނިތްމަތީ އަތް ހިންގާލެވުނެވެ. ކިތައްމެ ޤަބޫލުކުރަން ބޭނުންނުވިޔަސް މަލެއްގެ ފިޔަތައްހާ އެކުއްޖާ ނާޒުކެވެ. ސަނާޔާގެ އަތަށް ތަދުވާނެ ވަރު ބުރުހާނަށް އަންދާޒާ ކުރެވުނެވެ. ” ސޮރީ..ގަސްތުގަ ކުރި ކަމެއްނޫން….އަހަންނަކީ މިހާ އަނިޔާވެރި މީހެއްނޫން…” ބުރްހާން ބޮލުގައި އަތް ހިންގާލިއެވެ. ދެންފެނުނީ އަވަސް އަވަހަށް ކޮޓަރިން ނުކުތްތަނެވެ. ސަނާޔާ އެނދުމަތީ އޮށޯވެ މޫނުފޮރުވައިލިއެވެ. ހިތަށް ތަދުވިވަރުން ހީވީ ހިތް ހުއްޓިދާނެހެންނެވެ.

154

10 Comments

  1. Sadha

    May 23, 2020 at 2:56 pm

    Ma sha allah vrh salhi mi part vx..
    ?Girl kihineh thr
    🤗Hope rangalhu kamah.
    Waiting fr next

  2. OMG

    May 23, 2020 at 3:02 pm

    plx tell me the name of the guy in the cover..i have been a huge fan of your story ever since you started even though i have also been tooo lazy to comment. i finally got the strength to type a comment

    • Hoodie

      May 23, 2020 at 3:42 pm

      Even I wanna know his name too😍😍

  3. Nww-she

    May 23, 2020 at 4:49 pm

    Masha Allah
    Vrh vrh reethi mi part vess

  4. Kylie

    May 23, 2020 at 7:02 pm

    Wowww… Mi part vx hama habeys….. Waiting fr nxt part… Ly

  5. 🌼🌼

    May 24, 2020 at 11:49 am

    Maasha Allah this story is just mindblowing…. ❤❤ keep it up 👏👏

  6. LAZY_QUEENY

    May 24, 2020 at 3:17 pm

    Vvvv reethi mi part vx… whn next part… curiously waiting for next part…. thankolheh avahah nxt part up kohladhybala..❤❤❤❤❤

  7. shasha

    May 29, 2020 at 10:52 pm

    haadha lahey dhw mi story up kuraaleh…kurin part ga v goiyh handhaannethey haa dhuvas kohffa new part eh up kurani..please thankolheh avas kohdheefaanantha…and please reply to the comments if possible

  8. Anonymous

    June 3, 2020 at 1:40 pm

    When next part

  9. Nisha

    June 4, 2020 at 12:35 pm

    Haadha lahey mivaahaks up kuraaleh. Thsnkolheh avaskonladheeba.pls pls pls

Comments are closed.