ނާއިންސާފް 28

- by - 74- August 7, 2019

މާ ގިނަ އިރު ނުކޮށް ކިޔާރާ، ފޯނު ކަނޑާލުމުން، އަހަރެން ގޮސް، އެނދުގައި އވެލީމެވެ. އެއިރުވެސް ހުރެވުނީ ހިނިތުންވެފައެވެ. ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށީ، ދެބަދޭތެރޭ އޮއްވައެވެ.

ނަގާ ހިތް ނުވެފައި އޮވެވެސް، ކާކުތޯ ބަލައިލީމެވެ. އެއާއި އެކު، މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަގަން ހިތް އެދެއެވެ. ނަމަވެސް، ހަމަ އެ ސިކުންތުކޮޅުވެސް ޝަކުވާތައް އަހަރެންގެ ސިކުނޑި ފުރާލިއެވެ. އަހަރެން މަޑުމަޑުން ފޯނު ސްކްރީންގައި ފިރުމާލީމެވެ. ހަމަ ފޯނު ނަގަންވީ ހެއްޔެވެ؟

…………………………………………………………………….

އެލީނާގެ ނަޟަރުން

…………………………………………………………………….

“ކައެ އަތުގަ ނޫނަސް ބާރު ހުންނާނެ. މަ މަޑުން ހުރީމަ އޭގެ މާނައަކީ މަށަށް އެއްކަމެއްވެސް ނުކުރެވެނެޔެކޭ ނޫން… އަހަރެމެން ދެމީހުންނަށްވެސް ރަނގަޅުވާނީ، އެކަމާ، އިތުރަށް ނުބެހި މަޑުން ތިބިއްޔާ… އެން، މީ މާޒިންއާ ބެހޭ ކަމެއް ނޫން. ކައެ ޒިންއާ ކައިރިވިޔަސް….” ލިޔަމުން ގޮސް، އަހަރެން، ދެވަނަ ފަހަރަށްވެސް، މެސެޖު ފުހެލީއެވެ. މެސެޖު ކުރިޔަސް، އޭގެން ވާނެ ފައިދާއެއް ނޯންނާނެކަން އިނގޭތީއެވެ. އަނެއްކޮޅުން، ކިޔާރާއަށް އަހަރެންގެ ފޯނު ހުޅުވުން ކަންވެސް، ޔަގީނެއް ނޫނެވެ.

އިތުރަށް، ވިސްނަން ބޭނުން ނުވާތީއާއިއެކު، އެހެން ވިސްނުމެއް ނައުމުން، އަހަރެން ފަރިތަކަމާއި އެކު، މާޒިންގެ ނަންބަރަށް ޑައިލް ކޮށްލީމެވެ. ލުވެއިޒް ރުޅި އަޔަސް ދެން ހެވެވެ. ލުވެއިޒް ޖަހާހާ ބެރަކަށް ނަށައިގެން ދިރިއުޅޭކަށް އަހަރެން ނެތީމެވެ.

ފޯނު  ނުނަގާ، ގިނަ އިރު ވަމުން ދިޔަ ވަރަކަށް އަހަރެން ދިޔައީ ހާސްވަމުންނެވެ. މިހާރު އޮންނާނީ ނިދާފައޭ، ހިތަށް ވިސްނައިދޭން އުޅުނު ނަމަވެސް، ޔަޤީން ވާ ކަމެއް ދޮގު ކުރާނީ ކިހިނަކުން ހެއްޔެވެ.

“ލުވެއިޒް…” މާޒިންގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ޚިޔާލުތައް، އައި ތާކަށް ރުޖޫޢަވެއްޖެއެވެ. އެކަމަކު ގޮވާލީ އަހަރެންނަކަށް ވެސް ނޫނެވެ. އީން އޭ ބުނާ އަޑު އަހަން ހިތް ރޯތާ، ކިތަންމެ ދުވަހެކެވެ. ނަމަވެސް އިވުނީ، ހެއްދެވި އެ ނުލަފާ ބޭބެގަނޑަށް ގޮވާ އަޑެވެ. ދެން ލުވެއިޒް ފޯނުން ގުޅީމަ، އަހަރެންނަކަށް ނުވެސް ގޮވާނެތާއެވެ.

“ޒިންންން…” އަހަރެން ދަމާލާފައި ގޮވާލީ، ގޮވާލެވޭނެ އެންމެ ލޯބިންނެވެ.

“އީން؟”

“ޔެސްސް… ޒިން” ބުނަން އުޅުނު ވާހަކަވެސް، ހަނދާން ނެތުނު ކަހަލައެވެ. ދެން ޒިން ވީމަ އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.

“ރުޅި އީންއާ… ދުވަހަކުވެސް މަޢާފެއް ނުކުރާނަން..” ކުޑަކުއްޖެއް ކުސްތަޅާލާހެން މާޒިން ބުނެލިއިރު، އަހަރެންނަށް، އެ މަންޟަރު ސިފަކޮށްލެވުނެވެ.

“އަޅެ.. އެހާ ލޯބިން ހެޕީ ބަރތްޑޭ ބުނަން ގުޅީމަވެސް… ތި ހަމަ ހިތް ކުދި ކުދި ކޮށްލީ… އޯކޭ ބާއި..” އަހަރެންވެސް ދޫކުރަން ބޭނުން ނުވީއެވެ. މާޒިންގެ ޑްރާމާގައި ބައިވެރިނުލާ، ހިތަށް ހަމަޖެހުން ނުލިބޭނެތީއެވެ.

“ނޯ ނޯނޯ… އެއީ އެހެން ބުނި އެއްޗެއް ނޫނޭ.. ހަމަ ވިޝް ކުރަންތަ ތި ގުޅާލީ.” މާޒިން ސީރިޔަސް ވަނީ މާ އަވަހަށެވެ. އަހަރެންނަށް ހެވުނީވެސް އެހެންވެއެވެ. އަށާރަ އަހަރު ވިއެއްކަމަކު، މާޒިން މިޝްކާއަށްވުރެވެސް ޅައެވެ. އަހަރެން ހްމްމް އަޅުވާލުމުން ދެން އިވުނީ މާޒިންގެ، މަޑު ހުނުމުގެ އަޑެވެ. ކިތަންމެ ޅަޔަސް، ފިރިހެންވަންތަކަން، އޭގެ އެންމެ އުހުގައެވެ.

“ދެން ވިޝްކުރަގަ..” ހުނުން ހުއްޓާލުމަށްފަހު މާޒިން ބުނެލިއެވެ.

“މިހާރު ވިޝްކޮށްފީމެއްނު..”

“ނޫން. ނުކުރޭ… ހަމަ ތިއުޅެނީ މަތި ޖަހާފަ ދާން އިނގޭ.. އީންގަނޑުވެސް ދޯ..” މާޒިން ބުނަން އެއުޅުނު އެއްޗެއް އަހަރެންނަށް މާ ބޮޑަށް ދޭހައެއް ނުވިއެވެ. ނަމަވެސް، މަޑުމަޑުން ‘ހެޕީ ބަރތްޑޭ’ އޭ ބުނެލީމެވެ.

“ތިގޮތައް ކާކު ވިޝްކުރާނީ؟ ރީތޮކޮށްށް..” މި މާޒިން އަށް އިނގޭނީ ހަމައެކަނި ޝަކުވާ ކުރާށެވެ. ގުޅިތީވެސް ޝުކުރެއް ނުކުރިއެވެ.

“ދެން ކިހިނެއްތަ ހަދައިދެންވީ؟؟؟”

“ހެޕީ ބަރތްޑޭ ލަވަ ނުކިޔައިދެނީހެއް، ތި ވިޝްކުރީކަމަށް ޤަބޫލެއް ނުކުރާނަން..”

“ވަޓް ނޫން… ނުކެރޭނެ..” މިއުޅެނީކީ ޓްރުތް އޯރ ޑެއަރ ކުޅޭކަށް ނޫނެވެ. މާޒިންވެސް ތަންކޮޅެއް މެޗުއަރޑް ވާން ވެއްޖެ ނޫންހެެވެ.

“އުނހު… ހަމަ ޖެހޭނީ ލަވަ ކިޔައިދޭން.” ކުރު ނުކޮށް މާޒިން ކިޔަމުން ދިޔައެވެ. ހުރީ ދޫކުރާކަހަލަ ގޮތަކަށްވެސް ނޫނެވެ. އެންމެ ފަހުން އަހަރެންނަށް ޖެހުނީ، އެ ނަރސަރީ ރައިމްގަނޑު، މާޒިންގެ ހިތް ފުރެންދެން ކިޔައިދޭށެވެ.

………………

“ޒިން ކައިރިއަށް ނުވެސް އަންނާނަންތަ، ހަމަ މާދަމާވެސް…” ހަމަ ހިމޭން ކަމުގައި، އިރުކޮޅެއް ވުމަށްފަހު، މާޒިން ބުނެލިއެވެ. ވަގުތުން އެއްބަސް ވާ ހިތްވެއެވެ. ނަމަވެސް…..

“މާދަމާ ހަވީރު..؟” ޚިޔާލުތަކާއި ހިތަށް ވަތް ބިރުވެރި ޚިޔާލުތައް ބޮލައިލާ ޖަހާފައި، އަހަރެން ހިތުގެ އެދުމާއި އެއްގޮތަށް ކަންތައްކުރީމެވެ.

“ޔެސްސް.. އޭ ނޫން.. މަ ހަވީރު ބިޒީއޭ.. ރޭގަނޑު ވާނެތަ؟” މާޒިންގެ ރާގު ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. ހަވީރު ކީތް ކުރަނީތޯ އަހާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. މާޒިން ކުރާހާ ކަމަކާ އަހަރެން ބެހެން ނުޖެހޭނެތީއެވެ. ނަމަވެސް، އެވަގުތު ކޮޅުގެ ފަހުން، މާޒިންގެ ވާހަކަ ދެއްކުން ހުރި ގޮތުން، ހިތަށް ނުތަނަވަސް ކަމެއް ވަނެވެ. ވާނަމަ ހިތް ނަގާ ސަބަބު ބަލައިވެސްފީމުހެވެ.

މާޒިން އަމިއްލައަށް، ނިދަންވެއްޖެ ކަމަށް ބުނެ ފޯނުކަނޑާލުމުން، އަހަރެން އިތުރަށް މާޔޫސްވިއެވެ. މާޒިން އަހަރެންނާއި މެދު ދެކޭ ގޮތް ބަދަލުވަނީ ހެއްޔެވެ؟

………………………………………

“ނުވާނެ މިކަމެއް…” ކިޔަން އިން، ކެމިސްޓްރީ ރިވިޝަން ގައިޑް، ހޫރާލަމުން މިޝްކާ، އެނދަށްވެއްޓިގަތެވެ. ފުއްޕާފައި އޮތް އިރު އެންގްރީ ބަރޑަކަށްވުރެ ކަންތައްފަލައެވެ. އަހަރެންވެސް ސޯފާމައްޗައް ފޮތް އެއްލަމުން، ބުރަކަށި ޖައްސާލީމެވެ. ބޮލުން މިހާރު ތެޔޮ ފީފާފީފާ ނެގޭނެކަން ގައިމެވެ. މިއިން އެކައްޗެއްވެސް ބޮލަށްވަންނަނީކީ ނޫނެވެ.

އިތުރަށް ކިޔެވުމުގެ ބަދަލުގައި، އަހަރެމެން ފެށީ ވާހަކައެވެ. އެ ހުއްޓޭ ގޮތެއްވެސް ނުވިއެވެ. އަބަދުވެސް ވާވަރެވެ.

އަސުރު ނަމާދަށްފަހު، މިޝްކާ ދިޔައީ ގެއަށެވެ. އަހަރެން މިސްރާބުޖެހީ، ކައިރީގައި ހުރި ކެފޭއަށެވެ. އަހަރެން ދަންވަރު ކޮފީ ބޯކަން އެނގުނު ދުވަހު، ދޮންބެގަނޑު، ގެއަށް ކޮފީ ވެއްދުންވެސް އޮތީ މަނާކޮށްފައެވެ.  އެކަމަކު ބޭނުން އިރަކު، ކެފޭއިން ލިބޭނެކަން ނުވިސްނުނު ކަމީ ދޮންބެގެ ހުރި މޮޔަކަމެވެ. ނުލަފާ އިންސާނެކެވެ. ރޭގައި ނުނިދާ އުޅުމުން، ދެންް، ކެތެއް ނުވާނެއެވެ.

ކަޅަކަށް އޯޑަރު ދީފައި، އަހަރެން، އެކަހެރިކޮށް އިން މޭޒެއްގައި އިށީންދެލީމެވެ. ފޯނަށް ގެއްލިފައ އިނދެވެސް، ވަދެެން އައި ދެމީހުން އަހަރެންގެ ލޮލުގައި އަޅައި ނުގަނެ ނުދިޔައެވެ.

“ޒިން..” ބަސް ނިކުތީ ބޭއިޚްތިޔާރުގައެވެ. ލިބުނު ހައިރާންކަމުގެ ބޮޑުކަމުންނެވެ. މާޒިން ބިޒީއޭ ބުނީ މިހެންވެހެވެ. މާޒިން، ކިޔާރާއާ އެހާ ގާތްވީ ކޮން އިރަކު ހެއްޔެވެ. ޝަކުވާތައް އައިސް ހިތުގައި ތޮއްޖެހުނީ، ސިުންތުކޮޅެއްގެ ތެރޭގައެވެ.

“އީން..” މާޒިންގެ މޫނުމަތިންވެސް ހައިރާންކަން ފެންނަންހުއްޓެވެ. ނަގަންވީ މާނައެއް އަހަރެންނަކަށް ނޭންގުނެވެ. އެނގޭކަށް ބޭނުމެއްވެސް ނޫނެވެ. މި ކިޔާރާ މިއުޅެނީ، ރޮލާ ކާނުލައިގެން ހެއްޔެވެ؟

ވެއިޓަރު އައިސް މަޑުކޮށްލީ، އެ ޑްރާމާގަނޑު މެދަށެވެ. އަހަރެންގެ ކޮފީ، މޭޒު މަތީ ބައިންދަދިނެވެ.

“ކީޕް ދަ ޗޭންޖް..” ކޮފީ ތަށި ނަގަމުން، އަހަރެން ވޮލެޓުން އަތުޖެހުނު ފުރަތަމަ ނޫޓު ނަގާ ދިއްކޮށްލީމެވެ. ނަސީބުވެސް ދެރައީއެވެ. ފަންސާް ޑޮލަރުގެ ނޫޓެކެވެ.

“އީން..” އަނެއްކާވެސް މާޒިން ގޮވާލިއެވެ. އަހަރެން މަޑުމަޑުން ހިނިތުންވެލީމެވެ. މައުނަވީ ގޮތަކަަށެވެ. ތުންޖެހި ހޫނު ކޮފީތަށި، އެއްނޭވާއިން އަނގަޔަށް ދަމާލުމަށްފަހު، އަހަރެން ތެދުވެ ހިނގައިގަތީ، ނިކުންނާށެވެ. މާޒިން ބުނަން އުޅުނު އެއްޗއް، ހިތަށް އަރާނެ އެއްޗަކަށްވެސް، ފަރުވާލެއް ނެތެވެ. އިތުރަށް ބަލައިވެސް ނުލަމެވެ.

ނިކުމެވުނީ ހަމަ ކިރިޔާއެވެ. އޯކާ ދެމެން ފެށުނެވެ. އެހާ ގަޓުގައި ކޮފީ ތަށި ދަމާލެވުނުކަންވެސް ނަސީބެވެ. ހަމަ ޖެހެން މަސައްކަތް ކުރަމުން އަހަރެން މިސްރާބު ޖެހީ، ކުރިމަތީ ހުރި ކެފޭއަށެވެ. ދޮންބެގެ ނަމުގައި، އޮތް ތަނެއްކަމުން، އަހަރެމެންގެ ޕްރައިވެޓް ރޫމް، އެވަގުތު ބޭނުންވި އެކަނިވެރިކަން ލިއްބައިދޭތޯއެވެ.

މާޒިންއާއި، ކިޔާރާގެ ދެމެދު އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ. ޤަބޫލު ކުރަމެވެ. ޒިންގެވެސް އަންހެން އެކުވެރިން ތިބޭނެއެވެ. އެކަމަކު ކިޔާރާ……

“ހާދަ ގޮތަކަށް؟” ވަނުމާއި އެކު، އަޔާޒް ސުވާލުކޮށްލިއެވެ. އެލީޒާވެ ސުވާލު މާކަކާއި އެކު ބަލަން ހުއްޓެވެ.

ދުނިޔެ ހަމަ އަހަރެންނާއި ޖައްސާލައިފާ ހުންނަނީއެވެ. މާޒިން އަހަރެންގެ ހިތް ރޮއްވާލާ އިރަށް، އެ ކޮޓަރިވެސް، އަހަރެންނަށް ވަފާތެރި ނުވިއެވެ. ކެހިވެރިދުނިޔެއެކެވެ. ރަހުމް ކުރަން ދަންނަނީކީވެސް ނޫނެވެ.

ދިޔަ ގޮތަށް އަހަރެން ވެއްޓިގަތީ ސޯފާގަނޑަށެވެ. އެލީޒާއާއި، އަޔާޒްގެ، ސަމާސާތަކާއި އުނދަގޫތަކުންވެސް، އަހަރެންގެ މޫޑު ރަނގަޅުވާގޮތެއް ނުވިއެވެ. އެންމެ ފަހުން އަހަރެން ނިންމީ ގެއަށް ދާށެވެ.

………………………………..

ދޮރު ލެއްޕުނު އިރު އަހަރެންގެ މޫނުމައްޗަށް އަނދިރިވާ ފަދަ އިހުސާސެއް ކުރެވުނެވެ. ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި ސޫރަޔަށް ބަލައިލީމެވެ. ހައިރާންވީ، ނޭފަތުން، ލޭކުލަ ފެންނަން ހުރުމުންނެވެ.ހިތަށް އިތުރު ބިރުވެރިކަމެއް ވަނެވެ. އަވަސް އަވަހަށް ޓިޝޫއަކުން ނޭފަތް ފޮޅާލީމެވެ.

ލޮލުގައި އަޅައިގަތީ، ބެލްކަނީ ދޮރު ދަށުން އެތެރެކޮށްފައި އޮތް ސިޓީ އުރައެކެވެ. ހިތުގެ ތެޅުން އަވަސްވެލިއެވެ. ިޓީ ނެގުމަށް ފަހު، ދޮރު ހުޅުވާލިއިރު، އެތަނުގައި، އަހަރެންގެ ފޯނުވެސް އޮތެވެ. އެ ގެއްލިގެން ހޯދުނު ވަރެއްވެސް މީހަކަށް ބުނެނުދެވޭނެއެވެ. ނަމަވެސް، ކައިރީގައި ބާއްވާފައި އޮތް، ހުދުކުލައިގެ، ޑެއިސީމާކޯޅި ފެނުމުން އެއީ ކާކުގެ ކަމެއްކަން އަހަރެންނަށް ޔަގީންވިއެވެ. ޝައްކުވެސް ކުރާނެ ކަމެއް ނެތެވެ. ކިޔާރާއެވެ.

އެންމެ ފުރަތަމަ ކަމަކަށް އަހަރެން، މިރޭ ނުދެވޭނެ ކަމަށް މާޒިންއަށް މެސެޖު ކުރީމެވެ. ނުދާނެ ކަން، މިހާރުވެސް އިނގޭނެއެވެ. އެކަމަކުވެސް، އަންގާލުން މުހިންމު ކަމަށް ދެކިގެންނެވެ.

ސިޓީ ހިފައިގެން ގޮސް، އަހަރެން އެނދުގައި އިށީންދެލީ، ބެލްކަންޏަށް ފުރަގަސްދީގެންނެވެ. ސިޓީގައި އޮންނާނެ އެއްޗެއް އަހަރެންނަށް އިނގެއެވެ. އެއީ ކުރިންވެސް، އެތައްފަހަރު ލިބި ބާވެފައި އޮތް އެއްޗކެވެ. މަހަކު އެއްފަހަރު، އެ، އަހަރެންގެ ކޮޓަރިއަށް ނުވަދެ ނުދާނެއެވެ.

އަތް ތުރު ތުރުއަޅާ ޙާލު އަހަރެން އެ ސިޓީކަނޑާލީމެވެ.

ފަހަތުން މީހެއްގެ ޙިލަމެއް ވިހެން ހީވެގެން އަހަރެން އެނބުރިލީމެވެ. އެމީހެއްގެ މޫނު ސާފެއް ނުވިއެވެ. އަދި އަހަރެންނަށް ހަރަކާތެއް ގެނެވުމުގެ ކުރިން، އެމީހަކު އަހަރެންގެ މޫނުގައި ބާލީސް އަޅާ ނިވާ ކޮށްލިއެވެ.

74

You may also like...

61 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Woww….. Varah reethi ???????? whn is next part ??????? waiting for the next part ???? luv this story so much…..mi oh ulhyy maaxin eh ves dhww?????

  2. ????N even he moonuga baalis eh lhi meehaku ves dhww ..??????maaxin salaamai kohdhyyy ehnaane hen heevanyy………. hopefully he will can n save her????? anyways adhi ves eh faharu mi part ves varah salhi… can’t wait to read next part ???? luv it storyy so much???????monsterrr even salaamai kohdhyyy thi ingyyyy???plx?????

  3. Hehe… Thankuuu.. Een ahh vaa gothehh mi weekend ga ingeyne Insha Allah.. Thankss for your suppot ☺️☺️

 1. OMG can’t wait to see what is gonna happen? augghh I think een ge moonu ga baalis alhey kiyaara henn….? Alheyy konmeves meeheyh salaamaiyh kohdheebala een? anyway mi part vx hama varah rythi?

  1. Shukrann.. Bext episode ga ingeyne kaaku kan ehn hedhy.. Een ahh vaa gothehves… Lets see dhw. Thabksss again

  1. Mi dhe episodes varah kuru dhw.. Yea, schl ga maa busy dhuvaskolheh vyma.. Sorry.. Next ep dhigukohladheynan Insha Allah..

 2. Wow monsta. Mi part vx hama vrh reethi. When next?? Mihaaru anei prt kiyaa hithun hurevenee ki nun. Avahah up kohdhehchey. E kiyaara mihaaru e ee kaaku thr?? Ok dhn vaagothei balamaa dhw. And guess who am I??

  1. Shukran Flora.. Insha Allah weekend ga.. Mirey liye nimijjiyyaa maadhamaa ves libidhaane.. Thee miadhu ehn namehga comment kuraanamey buni kujjaa ehnu ??? dhww.. Hehe thanksss

 3. Monsta darlinn❤❤❤..Mi bai vec habeys ingey v..?dheyvaruveyy…Alhey kaakubaa een ge moonuga baalis elhy e..Kiyara???..next part avahah upkohlaathi..plx plx..
  Waitinn ingeh???

  1. Thanksss jiji… Mirey nimijjiyyaa maadhamaa schl in aissa submit kohlaanan. Half nimifa othy.. Sets see dhw een ahh ehn hedhy kaaku kan.. Thanksss againnnn ??☺️

 4. Dhen mee meehaku liyaakahala vaahaka eh tha? Miyoh hurihaa parts oyy iruves evves kahala aareh nulaa!! Part akah fahu part eh dhanee kuruvamun…. Mivarun dhanyaa heevanee dhuvas kolhakun kiyan libeynee emme jumlaeh hen…. Thikahala meehun vaahaka liyumah vure nuliyun haas bai rangalhu vaane….

  1. Thikahala meehun comment kurumah vure nukurun rangalhu vaane.. hama mi comment ah reply kolla hihvyy.. hihi

  2. Oh… Sometimes, I also wonder what exactly happened in my story ever. But I didn’t understand what you actually meant by aaru nulaa… Like nothing much happened or, unknown things are too many? If then, it’s because the story is from Maazin’s point of view. Yeah,these too parts are a bit too short, sorry for that; I got too busy in school.. I know my story is not very pefect, but I’m just fighting with my time, to keep writing my very first Dhivehi story. Forgive me for the mistakes, late uploads and the shortness. ??? It would be a pleasure to know, what mistakes I’m doing. ?

  3. E kahala miihun vaahaka nuliyannyaa dhn thi beyfulhaa vaahaka liyan v nuun thw… and by the way liyun threiyaa kuraa masakkayy appreciate nukurevenyyaa why are even bothering to comment
   Dhn u moght say negative comment akii kurieruvumah kuraa kamekey… ekamu miakun nashakah vaa nufeney miihaku kurierumah beynun vaane fadha emme jumlaeh vess… monsta akii student eh dhuvaaludhaa hatharu dhamu etthaaku fai nujahaa huregen viyass eyna mi story liyey .. so why dont you just atleast appreciate the work she is doin or rather stay shut … monsta ge stries hama awsome unlike most stries she also brings humor into her stries … mosta you hav been an awsome writer and + emme jumla eh liyefa up kuriass ves it doesn’t make ur stries any less awsome keep workin .. and vahaka mi hisaabah aii iru mosta thi vanii varah bodu kuri erun thakeh hoaadhaafa … komme komme miihakah kureveyne kameh nuun miikii mi kahala schedule ehga ulhemun stry liyumakii you can see mee for example ????? any ways point akii keep wokin never hive up …. and you mr. enemy thihaa foohiyya why bother even reading…. dhww… so accept the fact youve been reading this cause even you know the fact that this stry is awsome??
   Esfiya team ehen emm3 comment eh publish nukuriass mi comment publish kuraathii … dhn spell mistake eh huradhaane dont mind????

 5. Oh I agree it short
  But u can’t say nothing is happening think 3girls get kidnapped one died and was pregnant maaxin ge friendsbecome enemies and join some places great and investigation going on
  U should know writer can’t spend whole her day writing she have so much to do studying is not an easy task and more over she is going so many other things too
  And it’s your opinion and I respect that but sorry to say this I just wanted to support the writer nothing personal
  Continue sis I am always with you waiting curiously

 6. Monstiii.. kaaku een maraalan ulhenii.. anekka luveiz een ah manaa kureetha zin aa talk kuran or that een moonuga baalees elhi meehaa.. ekkala luveiz gandu een ah coffee ves manaa kuree ey mihaaru.. btw when next part up vaany.. soooo curious to know who’ll save een

  1. Thnakss Danger. Yep een kameh vegn zin aa talk nukurany.. Lets see dhw. Aan ekey, luveiz, geah coffee vahdhan manaa kury, dhe anhen kohko varu nagaafa dhanvaru theduve kalhu coffee boathiii.. ?? Weekend ga, faharehga maadhamaa ves libidhaane. Thankss againn

 7. Wow varahh salhi ❤❤ waiting 4 next part plx don’t do a bad thing 4 een !!! Can’t wait to see what happens next !!!

 8. Monster mi part ves varah varah reethi…. Varah kiyaa hithun mihuree next part…. Thankolheh avahah up kohdheythi ingey….. And thaaku meehaku echekey kiyas alhainulaathi ingey…. Give up ves nukuraathi.. Thi dhaa gothah kuriyah dhey…. Even i am also with you just like drax…. Egothah comment kuri meehaku rangalhah viyyaa jealous vanee e eynayah mihaa reethikoh vaahaka liyan neyngeythy.. And he or she might dont know kihineh kameh vaahaka eh ga aarulanee….egothah meehun comment kureema visnaa e ee thibaa ah libey kurierumeh kamah…. Bunan mee alhugandah esfiya site in kiyunu emme reethi adhi emme aarulaa dhiguvaahaka…. Hope you will continue the story till the end with out getting dissapointed…. Love you and abadhuves kaamiyaabah edhen ☺️

  1. Thankss… Morey liyevijjiyyaa Hama maafhamaa schl in aiissa submit kuraanan.. ehn noony weekend GA libeyne ?? again thankss for your support

 9. Ohh! Varah varah reethi mi hurihaa parts evves as this part…. I am so happy that my dear friend is so talented….ekam friend ah ingeytha I varah dheravefa mihuree friend ehaa avahah I mathin handhaan natthaaleema ????

  1. Alhe… Handhaaneh nunetheyne I’m sure.. ekam still ga ulheyne baivaru friends. So exactly kaaku Kan guess kohlaakah hama ehgothakahves neyngun ?? weekend ga I mn dhimaavitha?? Just thought ??. Thankss varah bodahhh… Varah ufaa venue friend why story kiyaalan engunyma… Varah visnijje, Hama neyngun kaaku kamehh

 10. Mi Enemy e huri hama moya vefa. ?… E enemy ah neygeni vaahaka liyan vx adhi kiyan vx… Dhen lalalalaaa. Enemy eii bodu maaloodhu kiyaa golaeh…. Dhen kiyaa khnakn dhiri ulheyni kalaaya nulaa….. ?alhey monster dont worry dear story aai gn kuriah dhey…. Lov your story.. ☺️mihaar enemy innaane kalaaya nulaa kiyaala kiyaala…. Ekahala meehn ge gothey… Mashah sifa kurevey enemy ge goiy.. Dhn lalalalaaa aai.. Hoooh.. Hama bodu bolheh…. ?monster Dhn oyy bai avahah up kohlahchey… Lov the story

  1. Hilllll… Thikahala ehchihi nuliyaaneyey.. Ekam thankss for supporting. Mi episode ga hill ge special character madhu dhww.. Insha Allah, mirey submit kuraanan.. Or haveeru… ???

 11. Weekend ga dhimaeh nuvey! Ekam saturday ga i ah you fenun kanneynge…. Guess the first letter of my name…. Hama same age ey….

 12. Monster ah ingeytha alhugandu mivaahakaige hurihaa parts evves kiyamun midhanee up vaavarun…. Ekam adhikiriyaa comment eh kolleveny mi.. Sorry…. Varah loabi mi vaahakaige hurihaa parts evves…. Love you my dear and advance koh eid mubaarak

  1. Oh thanksss.. it’s okay comment nukuriyakas, kiyaakan engunyma Farah eufaa vejje ???? Nash ah ves Eid Mubarak Hama advance kohh… ☺️☺️☺️☺️

 13. Yes same age ey…. Dhen monster ves thihaa hard koh nuvisnaa Varah smooth koh visnaalabala…. Monster ge rashunney monster fenunee…. Hint eh dheefaanan…. Same age and same starting letter of the name.. ??

  1. Alhe… Mirashun mirashu noon kujjeh myagegesame akurun feshey???? Alhe, hama neyngun ?????

  1. Drax mashah dhogeh nuhadhaane ??? @Mi, @You, @Jinni, @4426, @Plxx, @Aadheysss, @Loabi…. ????? you dhw laanvy bidu fureythayakah hadhaafa ???

 14. Ey congraa ingey Monsta. Meehun kiyaa ehchissa alhaalaane kamei nei. Jealous vaa meehun vx thibeyne. Thigothuga kuriyah dhey ingey. I am with u..
  Hey Congraa once again.. Eid mubaarak. Congraa kee sababu ingeyne kamah mi belee ingey u..

 15. Dhen alhaa nulaa neynguneema ???? i dhen dheravelaafa hurefaanan you ah i ingeyne dhuvahegge inthizaaruga!!!!roala roalaa!…

 16. Dhen alhaa nulaa neynguneema kaakukan…. I hurefaanan dheravelaafa you ah i ingeyne dhuvahegge inthizaaruga roala roalaa….

Leave a Reply to Hill Cancel reply

Your email address will not be published.