ބީވެދާނެބާ 9

- by - 57- July 10, 2019

ީ” ގިސްލަމުން ދިޔަ އާރާ ސިހުނީ ކުއްލިއަކަށް މިކާލް އާރާގެ އަނގަމަތީގައި އަތް އަޅާ ‘ޝްޝްޝް” އޭ ބުނުމުންނެވެ. އެވަގުތު ވެގެން ދިޔައީ އާރާ އާއި މިކާލް ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތަށެވެ. މިކާލް އާރާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް އެއްކައިރިކޮށްލަމުން އަނގަމަތީގައި އަޅާފައިވާ އަތް ނެގިއެވެ. އާރާގެ ލޮލުގެ ރީތިކަމުގެ ތެރެއަށް ގެނބެން ނެގީ ކުޑަ ހިނދުކޮޅެކެވެ. އާރާވެސް އިނީ މިކާލްގެ އެވަށް ދެލޮލުން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. މަޑުމަޑުން މިކާލްގެ ނަޒަރު އާރާގެ ހިމަ ތުންފަތަށް ދަތުރުކުރިއެވެ. އެއަށްފަހު އާރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން މަޑުމަޑުން ކައިރިވާން ފެށިއެވެ. އާރާއަށް ދެލޯ މަރާލެވުނީ މިކާލްއަށް ދައުވަތު ދޭ ފަދަ ގޮތަކަށެވެ. މިކާލްވެސް އާދަޔާ ހިލާފު ޖަޒުބާތެއްގައި ބެހިގެން ދާ ކަހަލައެވެ. ދެނޭވާ ބައްދަލުވެގެން ދިޔަ ވަގުތު އާރާއަށް މިކާލް ޓީޝާޓުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޖަޒުބާތުގެ އޮއިވަރުގާ ބެހިގެން ގޮސް ދެނަފްސު އެކުވެގެން ދިޔައީ ދެފަރާތުގެވެސް އެއްވެސް އިޙްތިޔާރަކާ ނުލައެވެ.

ދެމީހުންނަށްވެސް ހަމަހޭވެރިކަމެއްވީ ވާނެ ކަމެއްވެ ނިމުނު ފަހުންނެވެ. އެނދުގެ ދެފަރާތުގައި އެކަކު އަނެކަކަށް ފުރަގަސްދީގެން ދެމީހުން ތިބިއިރު ދެމީހުންގެ ހިތުގައިވެސް ހިނގަމުން ދިޔައީ ތަފާތު ޖަޒުބާތު ތަކެކެވެ. ހަޔާތުގައި ކުރެވުނު ފުރަތަމަ ތަޖުރިބާއަށް ފަހު ދެމީހުންނަށްވެސް އާދަޔާ ހިލާފު ހަމަހިމޭންކަމެއް ވެރިވެފައި ވިއެވެ.

ފަތިހުގެ ފިނިކަމަށް އެންމެ ފުރަތަމަ ލޯ ހުޅުވާލެވުނީ އާރާއަށެވެ. ރޭގައި ވެދިޔަ ކަންތައް ހަނދާންވުމާއި އެކު އާރާއަށް ފުން ނޭވައެއް ލެވުނެވެ. މިކާލް އޮތް ދިމާއަށް ބަލާލިއިރު އޮތީ ފުން ނިންޖެއްގައެވެ. މިކާލް ތެދުވުމުގެ ކުރިން އަވަހަށް ފެންވަރައިގެން ފަތިސް ނަމާދުކޮށްގެން ކޮޓަރިން ނިކުމެ ހެނދުނުގެ ނާޝްތާ ތައްޔާރު ކުރަން ފެށިއެވެ.

އާރާ ކޮޓަރިން ނިކުތްކަން ޔަގީންވުމާއި އެކު މިކާލް ލޯ ހުޅުވާލިއެވެ. މިކާލް ހޭލާ އޮންނަތާ ކިތަންމެ އިރެކެވެ. ހޭލެވުނީ އާރާ ފާހާނައިގެ ދޮރު ލައްޕާލި އަޑަށެވެ. ރޭގައި ހިނގައިދިޔަ ކަންތަކަށް ފަހު މިކާލްއަށް ގޮތްތަކެއް ވެއްޖެކަން ޔަގީނެވެ. ގޮތްނޭނގޭ އިހުސާސްތަކެއް ވަމުންދާކަން އެނގެއެވެ. އެންމެ ލޯބިވާ ނަތާޝާ ދެކެ ކަމަށްވާއިރު އެހެން އަންހެނަކާ މެދު މިފަދަ އިހުސާސެއް ކުރެވެނީ ކީއްވެކަން އެއީ އުފެދޭ އެންމެ ބޮޑު ސުވާލެވެ.  އަދިވެސް އެއްފަހަރު އާރާގެ ބީހުންތަކަށް ހިތްއެދި ގޮވަނީ ކީއްވެ ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް ކުރިން އާރާއާއި މެދު ދެކުނު ގޮތަށް މިހާރު ދެކެން އުނދަގު ވާނެއެވެ. ކޮންމެސް ކަމެއް ތަފާތުވެއްޖެކަން ޔަގީނެވެ. އެހެންނަމަވެސް މިކާލްއަށް އާރާއާއި ކުރިމަތިލާން އުނދަގުވާނެއެވެ. އާރާ ދެކޭނެ ގޮތެއްވެސް ނޭނގެއެވެ. މިކަހަލަ ހިޔާލުތަކެއްގައި ވަނިކޮށް މިކާލް ސިއްސުވާލީ ފޯނުގެ ރިންގުގެ އަޑުންނެވެ.

ތައްޔާރުވެގެން ކޮޓަރިން ނިކުތްއިރު އާރާ ކާމޭޒު ކައިރީގައި ކޮފީތައްޓެއް ހިފައިގެން އިނެވެ. މޭޒުމަތީގައިވާ ތަށިތަކުގައި ޕާނާއި ޖޭމާއި ބަޓަރު ހުއްޓެވެ. މިކާލް ފެނުމާއެކު އާރާގެ މެޔަށް ފިނިވެގެން ދިޔައެވެ. މިކާލްއަށްވެސް ހަމަ އެފަދަ ގޮތެއްވީއިރު އާރާއަށް ލުއި ހިނިތުންވުމެއް ދިނެވެ. އާރާވެސް ގަދަކަމުން ހިނިތުންވެލުމަށްފަހު ކޮފީތައްޓަށް ނަޒަރު ހުއްޓާލިއެވެ. އާރާގެ ކުރިމައްޗަށް އިން ގޮނޑި ދަމާލާފާއި މިކާލް އިށީނެވެ.

” ކޮފީއެއް ހަދައިދެންތަ… ” އެއްފަހަރު މިކާލްއަށް ބަލާލާފައި އިސްޖަހާލަމުން އާރާ އަހާލިއެވެ. މިކާލް ހްމްމް އެއް ލައްވާލަމުން ޕާނުގައި ބަޓަރު ހާކަން ފެށިއެވެ. އުނދުން ކައިރީގައި ކޮފީ ހަދަން އުޅުނު އާރާއަށް އިރުއިރުކޮޅާ މިކާލްގެ ލޯ ހުއްޓެމުން ދިޔައެވެ. ކީއްވެގެން ކުރެވޭ ކަމެއްކަން ނޭނގި ހުދު މިކާލްއަށްވެސް އިނީ އުނދަގޫވެފައެވެ. އިރުކޮޅެއްފަހުން އާރާ މިކާލްގެ ކުރިމަތީގައި ހޫނު ކޮފީތައްޓެއް ބެހެއްޓިއެވެ.

” ނިއަލް ގުޅި…. މިރޭ ބާރަ ޖަހާއިރު ޗެކިން އިނީމަ އެގާރަ އެހާއިރު ބަލާ އަންނާނެ ވާހަކަ ބުނީ… ދިއުމުގެ ކުރިން ކުރަން ބޭނުންވާ ކަމެއް އެބައޮތްތަ”  މިކާލްގެ ސުވާލަށް އާރާ ދެފަރާތަށް ބޯހޫރާލިއެވެ. މިކާލްގެ ކުރިމަތީގައި އިންނަން އުނދަގޫވެ އާރާ ކޮފީތަށި ހުސްވެސް ނުކޮށް ބެހެއްޓުމަށްފަހު ކޮޓަރިއަށް ވަނެވެ. އާރާ ދިއުމުން މިކާލްވެސް ގޮނޑީގައި ލެގިލަމުން އިސްތަށިގަނޑު އަތްފުނާއަޅާލީ ފުން ނޭވައެއް ދޫކޮށްލަމުންނެވެ.

ދަތުރަށް ތައްޔާރުވަމުން ދިޔައިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެދެމެދަށް އާދަޔާ ހިލާފު ހިމޭންކަމެއް ވެރިވެފައި ވާކަހަލައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލަންވެސް ބޭނުން ނުވާ ކަހަލައެވެ.

އެންމެ ފަހުން އެހިމޭން ކަމުގެ ސަބަބުން އުނދަގޫވެ މިކާލް އާރާއާއި ވާހަކަ ދައްކަން ނިންމިއެވެ. އެހެންނަމަވެސް އާރާގެ މޫނުމަތީގެ ކުލަވަރު ހުންނަގޮތުން ވާހަކަ ދައްކާކަށް ނުކެރެއެވެ. ކުރެވުނީ ގޯސްކަމެއް ނޫން ކަން މިކާލްއަށް އެނގޭ ފަދައިން އާރާއަށް ވެސް އެނގޭނެއެވެ.

އެއަރޕޯޓަށް ދާން ތައްޔާރުވަމުން ދިޔަ ވަގުތު އާރާ ހުރީ އިސްތަށިގަނޑުގައި ފުނާ އަޅާށެވެ. އޭރު މިކާލް އެނދުމަތީގައި އިށީނދެގެން އިނެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިންނަމަވެސް އިރުއިރުކޮޅާ އާރާއަށް ބެލެމުން ދިޔައެވެ. ވާހަކަދައްކާނެ ފުރުސަތަކަށް ބަލަބަލާހުރި މިކާލްއަށް އެފުރުސަތު ލިބުނީ އާރާ އެހެން ލާފައި ހުރަސްކުރި ވަގުތުއެވެ. މިކާލް އާރާގެ އަތުގައި ހިފުމާއި އާރާއަށް ސިހުމެއް ލިބުނެވެ. އިންތަނުން ތެދުވަމުން މިކާލްއާރާ އާއި ކައިރިވެލިއެވެ. އޭރު އާރާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ.

” އާރާ… އައި… އައިމް…” ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔަ މިކާލްއަށް އާރާ ހުރަސް އެޅިއެވެ.

” މަންމަމެން ކައިރީ ބުނަން އެބަޖެހޭ ފުރަން ދާ ވާހަކަ” އަވަސްއަވަހަށް ބުނެލުމަށްފަހު އެނދުމަތީގައި އޮތް ފޯނު ހިފައިގެން އާރާ އެތަނުން ނިކުތެވެ. އާރާ ގަސްދުގައި ވާހަކަ ދައްކަން ބޭނުންނުވީކަން އެނގި މިކާލް ދެޖީބަށް އަތްޖަހާލަމުން އިސްޖަހާލިއެވެ.

ހާސްވެ ކަންބޮޑުވެފައި ސޯފާ މަތީގައި އާރާ އިނީ ދެއަތުގެ އުޅަނބޮށި ފައިގެ ފަލަމަސްގަނޑުގައި ވިއްދާލައިގެން މޫނުމަތީގައި ދެއަތްތިލަ އަޅައިގެންނެވެ. އާރާއަށް މިއަދު މިކުރެވޭ އިހުސާސްތަކަކީ ކުރިން ދުވަހަކުވެސް ކުރެވިފައިނުވާ އިހުސާސް ތަކެވެ. ފަވާޒްއަށް ދެރައެއް ދެވުނީޔޭ ހިތަށް އަރުވަން މަސައްކަތް ކުރި ނަމަވެސް އެކަހަލަ އިހުސާސެއް ނުކުރެވެނީ ކީއްވެހެއްޔެވެ. ކުރެވުނީ ގޯސްކަމަކަށް ނުވާއިރު މިގޮތަށް މިއުޅެވެނީ ކީއްވެ ހެއްޔެވެ. އިހުސާސްތައް އޮޅުބޮޅުންވެގެން މިއުޅެނީ ކީއްވެހެއްޔެވެ.

ފޮށިތައް ހިފައިގެން ކޮޓަރިން ނިކުތް މިކާލްގެ އަޑުއިވިފައި އާރާ އަވަސްއަވަހަށް ސީދާވެލިއެވެ. ދޮރުގައި ޓަކިޖެހި އަޑިއިވުނީވެސް ހަމައެވަގުތުއެވެ. އާރާގޮސް ދޮރުހުޅުވިއިރު ހުރީ ނިއަލްއެވެ. އެމީހުން ބަލާ އައިހެވެ. އެހެންކަމުން އެމީހުންވެސް އިތުރަށް މަޑުނުކޮށް ނިއަލްއާއި އެކު އެއަރޕޯޓަށް ދާން ދަތުރު ފެށިއެވެ.

އެމީހުންނަށް ރާއްޖެ އާދެވުނުއިރު އަނެއްދުވަހު ހަވީރުވާން އުޅޭނެއެވެ. އައިގޮތަށް އާރާ ބޭނުންވީ އެންމެ ފުރަތަމަވެސް ނިދާލާށެވެ. މިކާލްވެސް އާއިލާ މީހުންނާއި އެކު ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކޮޓަރިއަށް ވަނީ ކުޑަކޮށް ނިދާލުމުގެ މަޤްސަދުގައެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ފޮށިން އެއްޗެހި ނެގުމުގައި އާރާ އުޅުނެވެ. އެވަގުތު ކުއްލިއަކަށް ދޮރުހުޅުވާލާފައިވަނީ ރިމްޝާއެވެ. ރިމްޝާގެ ފަހަތުން މެހެރްވެސް ވަދެގަތެވެ.ރިމްޝާ ވޯޑްރޯބާއި ދިމާއަށް ދިޔަ އާރާގެ އަތުގައި ހުރި އެއްޗެހި އަތުލާ އެނދުމަތީގައި ބެހެއްޓުމަށްފަހު އާރާ ގެނެސް ސޯފާގައި ބޭންދިއެވެ. އެއަށްފަހު ރިމްޝާއާއި މެހެރްވެސް ދެފަރާތުގައި އިށީނެވެ. ވެގެން އުޅޭ ގޮތެއް ނޭނގެތީ އާރާ އިނީ ހައިރާންވެ އަންތަރީސް ވެފައެވެ.

“ހްމްމްމް.. ދެން ކިޔާދީބާ” ހަމަޖެހިލަމުން މެހެރް އަހާލިއެވެ. އާރާގެ ނިތަށް ރޫއަރައިގެން ދިޔައީ އެބުނީ ކޮންކަމެއްގެ ވާހަކަކަން ނޭނގުނީމައެވެ.

” ކޯންޗެއް” އާރާ އަހާލިއެވެ.

” ޕިސްޕިސް… ހަނީމޫންގެ ވާހަކަ” ރިމްޝާއަހާލިއެވެ.

” ވަރަށް މަޖާ… ވަރަށް ގިނަ މޫދު ކުޅިވަރުތަކާ… ޖީޕް ޓުއަރ އާއި.. ދެން ވަރަށް ގިނަ ތަންތަނަށްވެސް ވިޒިޓް ކުރިން… ވަރަށް ބައިވަރު ހަދިޔާވެސް ގަތިން…” އާރާ ކިޔާލިއެވެ. ރިމްޝާ ފާޑަކަށް މެހެރްއަށް ބަލާލުމުން މެހެރް އަތުން ނިތްކުރީގައި ޖަހާލިއެވެ.

” ކިހިނެއްވީ” މެހެރްއާއި ރިމްޝާ އިންގޮތުން އާރާ އަހާލިއެވެ.

” ދެން އިތުރު ކަމެއް ކުރިންތަ” ރިމްޝާ އަދިވެސް ބޮޑަށް އޮޅުންފިލުވަން ބޭނުންވާ ފަދައަކުން އަހާލިއެވެ.

” ދެން ވަރަށް ގިނަ ތަންތަނަށް ކާންވެސް ދިޔައިން… އެނގޭތަ ގޭގަ ވެސް ކައްކާ ކެވޭ ގޮތަށޭ ހުންނަނީ” އާރާގެ މައުސޫމު ކަމާއިއެކު އޭނާ ބުނެލިއެވެ.

” ބޮޑުނުވަނީސްތަ މީހަކާ އިނީ” މަޑުމަޑުން އާރާގެ ބޮލުގައި ޖަހާލަމުން މެހެރް ބުނެލިއެވެ.

“ޑިޑް ޔޫ ޑޫ އިޓް” އަނެއްފަރާތުން ރިމްޝާ އަހާލިއެވެ.

” އިޓް؟” އާރާ އަހާލިއެވެ.

“އިޓް މީންސް ދި އެސް ވަރޑް…” މެހެރް އަޑަށް ބާރުލާފައި ބުނެލިއެވެ. އެކިޔަނީ ކީކޭ ކަން އާރާއަށް އެނގުނީ ދެނެވެ. ވަގުތުން އިސްޖަހާލެވުނުއިރު ނޭވާ ހުރީ އަވަސްވެފައެވެ. އާރާއަށް އައި ބަދަލު ރިމްޝާއާއި މެހެރްއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ.

” ސޯ އިޓް މީންސް ޔޫ ގައިޒް ޑިޑް އިޓް…” އަދިވެސް ޔަގީން ކުރާން ބޭނުންވެފައިވާ ގޮތަކަށް މެހެރް އަހާލިއިރު ރިމްޝާވެސް އިނީ ހެވިފައެވެ. އޭރު އާރާގެ ދޮން މޫނު ލަދުން ގޮސް ރަތް ލޭ ކޮޅެއްހާ ވަރުވެއެވެ. މިމަންޒަރު ފެނި ރިމްޝާއާއި މެހެރްއަށް ބާރަށް ހެވުނެވެ.

” ސޯ ހައު ވޯޒް ދި އެކްސްޕީރިއެންސް” އާރާގެ ކަންފަތާއި ކައިރިވެލަމުން މެހެރް އަހާލިއެވެ.

” ދެން ދޮންތީ…” ސޯފާ މަތީގައި އޮތް ކުޝަން މޫނުމަތީގައި އަޅަމުން އާރާ ބުނެލިއެވެ.

” ދޮންތީ ދެން އެކުއްޖާއާއި ދިމާނުކޮށް ހިނގާ ދާން… އެހެންނޫނީ އެކުއްޖާ ފަކީރު ލަދުން މަރުވެދާނެ” އިންތަނުން ތެދުވެގެން އައިސް މެހެރްގެ އަތަށް ދަމާލަމުން ރިމްޝާ ބުނެލިއެވެ. މެހެރްވެސް އޯކޭ އޭ ބުނުމަށްފަހު ހެމުން ހެމުން ކޮޓަރިން ނިކުންނާން ދިޔައެވެ. އެވަގުތު ކޮޓަރިއަށް އައިސްވަން މިކާލް ފެނުމުން ރިމްޝާ ވަރަށް ބާރަށް ކަރުކެހިލިއެވެ. މެހެރްވެސް ރިމްޝާއާއި ބައިވެރިވެލަމުން އެއަށްވުރެ ބާރަށް ކަރުކެހިލިއެވެ. މިކާލް ނިތަށް ރޫއަރުވާލުމުން ރިމްޝާއާއި މެހެރް ހެމުން ހެމުން ނިކުމެއްޖެއެވެ.

އެމީހުން ދިޔަހެން ހީވުމުން އާރާ މޫނުމަތިން ބާލިސް ނަގާފައި ބަލާލިއެވެ. ކުރިމަތީގައި ހުރި މިކާލް ފެނުމާއި އެކު އާރާ ފުންމައިގެން ތެދުވިއެވެ. އޭރުވެސް އާރާގެ މޫނުމަތިން ލަދުވެތި ކަމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. މިކާލް ފެނުމުން ވަކިން ބޮޑަށް ލަދުގަންނަން ފެށީ އެމީހުން ދެއްކި ވާހަކަ ހިތަށް އަރާފައެވެ. އާރާ ވެފައި ހުރި ގޮތް ފެނިފައި މިކާލް އާރާއާއި ކައިރިއަށް އައެވެ. އެވަގުތު އެތާ ނުހުންނަންވެގެން ދާން ހިނގައިގަތް ވަގުތު މިކާލް އާރާގެ އަތުގެ މުލައްދަނޑީގައި ހިފާ މިކާލްގެ ކުރިމައްޗަށް ގެނައެވެ.

” ކީއްވެ އަހަރެން އެވޮއިޑް ތިކުރަނީ” މިކާލްގެ ސުވާލަށް އާރާއަށް ޖަވާބެއް ނުދެވުނެވެ.

” އަހަރުމެން ކުރީ ގޯސްކަމެއް ނޫނެއްނު…” މިކާލް ބުނެލިއެވެ. އެވަގުތު އާރާއަށް މިކާލްގެ މޫނަށް ބަލާލެވުނެވެ. މިކާލް ވަރަށް ރަނގަޅަށް އާރާގެ މޫނަށް ބަލާލިއެވެ. އެމޫނުން އިންތިހާ ދަރަޖައިގެ މައުސޫމްކަން ނޫން އެއްޗެއް މިކާލްއަކަށް ނުފެނުނެވެ.މިކާލް އާރާގެ މޫނުގައި އެއްއަތުން ފިރުމާލެވުމާއެކު އާރާއަށް ދެލޯ މަރާލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި  އާރާއަށް ހޭވެރިކަން ކުއްލިއަކަށް މިކާލްއާއި ދުރުވެލިއެވެ. އެއަށްފަހު ދެން އާރާ ކޮށްލިކަމަކުން މިކާލްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

 

ކުރިއަށް އޮތް ބައިގެ ތެރެއިން:

” ހެލޯ އެވްރީވަން” ދޮރުމަތިން އައި އަޑާއިއެކު އެންމެން އެދިމާއަށް ބަލާލިއެވެ. އެމީހަކު ފެނިފައި އެންމެންގެ ތުންފަތްމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.

57

You may also like...

50 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. wowowowow varaah salhi
    But too short
    Curiously waiting for the next part
    When next part???

    ⚠Report!
  2. Za❤😘❤…Mi bai vec vvvv rythi enge❤😘❤…Whn next dear???…Im soooooooo curious..Hoping dat da story would be uploaded soon❤😘❤…keep goinggg

    ⚠Report!
  3. No one knows when death will come to him/her. So fear Allah and stop these useless things. All this time spent in reading or writing things that won’t do any good in this world or in the hereafter because this is wrong. Writing stories like this is not allowed in Islam.
    All of this wasted time could’ve been invested in something much better that benefits you in this life and the next. Hope Allah will guide us all to the straight path.

    ⚠Report!
    1. story liyumakee faafa eh noon. faafa libeynee vahakaiga genesdhevey manzaru thakun lolah maa bodah sifa kureveythee. mi vahakaiga kuri kameh kury kaiveni koggen ulhey dhemafirin. yes. alhugandu ves ekahala kanthakah supporteh nudhen. ekamu e kahala bai thah nuhimana mujthamau ah rangalhu message ah dhevey gothah liyevidhaanehen alhugandah heevany.

      ⚠Report!
  4. Waahaka reethi ekm mi part maa maa maa kury… next part dhigukohlladhehchey n kon iraku up waany?

    ⚠Report!
  5. Kobaatha za!!! Up kohnudhinas at least do talk to us readers.. vvvvv sad😢😢😔😔😭😭

    ⚠Report!
  6. Za y r u not responding to us???? And no story end v tha??? Up nuviyas do talk ok dear.😢😢😢😭😭😣😣

    ⚠Report!
  7. Za story 10 vana part up kohdheeba mihaaru kihaa dhuvaheh atleast reply .
    Dying to read😭😭😭😭

    ⚠Report!
  8. Esfiya ge gina writers hadhany mihen…vhk vaki hisabakah genesfa huhtalani…migothah hadhanyaa story fashany keehkuranba

    ⚠Report!
  9. Hei kobr next part haadha lahey aneh part up kohla dheyleh eyoh salhikoh stry genes dhyfa thi stuck v

    ⚠Report!
  10. Hey za plxxuu up kohladhyba….mee mihaaru mi site in kiyaa emme rythi vhk…plxxuu dying to read it…plx readers dhera nukurey za…plxuuu…atleast reply kohlabaa za…really miss u and the stry….plx up kohdhebaa…knme faharaku ves esfiya site hulhuvaalany mi stry up kohfa innaane kamuge hope ga..plx plx plx plx up kohdhehchey….

    ⚠Report!

Leave a Reply

Your email address will not be published.