ބީވެދާނެބާ 8 (ހަވާއީ ސްޕެޝަލް)

- by - 48- July 8, 2019

” މީ އަހަރުމެންގެ ރަހުމަތްތެރިކަމުގެ ފެށުން ކަމަށް ބަލާ…. މިދަތުރު ވާނެ އަންފޮގެޓެބްލް ދަތުރަކަށް ހަދަން…” އާރާއަށް ބަލަން އިނދެ މިކާލް ބުނެލިއެވެ. އާރާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

ހޮނޫލޫލޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ބޭރުގައި މިކާލްއާއި އާރާ އެމީހުން ހަޔަރ ކޮށްފައިވާ ގައިޑްގެ އިންތިޒާރުގައި ތިއްބެވެ. ކަޅުކުލައިގެ ކާރެއްގައި ފިރިހެނަކު އައިސް މަޑުކޮށްލީ އެމީހުން އެހެން ތިބޭތާ ބައިގަޑިއެއްހަ އިރު ފަހުންނެވެ.

” ހެލޯ ސަރ ހެލޯ މޭމް… ވެލްކަމް ޓު ހަވާއީ.. މައި ނޭމް އިޒް ނިއަލް… އައިލް ބީ ޔޯ ގައިޑް ފޯރ ޔޫ ތްރޫއައުޓް ދިސް ޓްރިޕް… އައި އެޕޮލޮޖައިޒް ފޯ ދަ ޓްރަބްލް ކޯސްޑް ބީންގް ލޭޓް… ” ނިއަލް މާފަށް އެދެމުން ބުންޏެވެ.

” އިޓްސް އޯކޭ.. ޕްލީޒް ޓޭކް އަޒް ޓު އަވަރ އެޕާޓްމެންޓް އޭޒް ވީ އާރ ވެރީ ޓަޔަރޑް..” މިކާލް ބުނެލިއެވެ. ” ޝުއަރ ސަރ… ” ކާރުގެ ދޮރު ހުޅުވާލައި ދެމުން ނިއަލް ބުންޏެވެ. އެންމެ ފުރަތަމަ އާރާ އެރުމުން އާރާގެ ފަހަތުން މިކާލް އެރިއެވެ. ނިއަލްވެސް އެމީހުންގެ ލަގެޖް ކާރަށް އެރުވުމަށްފަހު ކުރީ ސީޓަށް އެރުމާއެކު ކާރު ކުރިއަށް ދުއްވާލިއެވެ. ބަރާބަރު ސާޅިސް ފަސް މިނެޓްގެ ދަތުރަކަށް ފަހު އެމީހުން ތިބެން ހަމަޖެހިފައިވާ މަންޒިލަށް އާދެވުނެވެ. ދިހަ ވަރަކަށް ބުރީގެ އެބޮޑު ފެލެޓްގައި އާރާމެން ތިބެން ހަމަޖެހިފައިވަނީ ފުރަތަމަ ފަންގިފިލާގައި ހުންނަ އެއްކޮޓަރީގެ އެޕާޓްމެންޓެއްގައެވެ. ވަންނައިރު އެންމެ ފުރަތަމަވެސް އިންނަނީ ކުޑަ ކުޑަ ސިޓިންގްރޫމް ކޮޅެކެވެ. ސިޓިންރޫމަށް ވަންނައިރު މާދުރު ނޫން ހިސާބެއްގައި ކޮޓަރި ހުއްޓެވެ. ބަދިގޭގެ ގޮތުގައި ހުރި ތަންކޮޅާއި ހަތަރު ގޮނޑީގެ ކާމޭޒު ހުރީ ސިޓިންރޫމް ތެރޭގައެވެ. ކޮޓަރިއާއި ދިމާލުން ސޯފާސެޓެއް ހުރިއިރު އެދިމާލުން ފާރުގައި ސާޅީސް ފަސް އިންޗީގެ ފްލެޓް ސްކްރީން ޓީވީއެއް  ހަރުކުރެވިފައި ހުއްޓެވެ.

ކޮޓަރިއަށް ވަންއިރު ދޮރާ ދިމާލަށް ފަސްފޫޓު ހަފޫޓުގެ އެނދެއް ހުއްޓެވެ. އެނދުގެ ކަނާތް ފަރާތުން ތަންކޮޅެއް ދުރުގައި ތިން ދޮރުގެ އަލަމާރިއެއް ހުރިއިރު ވާތްފަރާތުގައި ޑްރެސިންގް ޓޭބަލެއް ހުއްޓެވެ. އެނދާއި ދިމާލަށް ހުރި ފާރުގައިވާ ރަތްކުލައިގެ ފަރުދާ ކަހާލުމާއެކު ބިއްލޫރި ދެފަރާތަށް ސްލައިޑް ކުރެވޭ ދޮރެއް ހުއްޓެވެ.

” ޓޭކް އަ ރެސްޓް ސަރ.. އައި ވިލް ބީ ލީވިންގ ފޯ ނައު… އިފް ޔޫ ނީޑް އެނީތިންގް ޕްލީޒް ކޯލް މީ” މިކާލް އަތަށް ކާޑެއް ދިއްކޮށްލަމުން ނިއަލް ބުންޏެވެ. މިކާލް ކާޑުގައި ހިފަމުން ހިނިތުންވެލިއެވެ.

ނިއަލް އެތަނުން ދިއުމާއި އެކު އާރާ ކުޑަދޮރުގެ ލޯގަނޑުގެ ދެފަރާތަށް ކަހާލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުން އާރާއަށް ހައިރާންވެ އަންތަރީސްވެ އަނގަ ހުޅުވިގެން ދިޔައެވެ. ކައިލުއާ ބީޗް ޕާކްގެ ހިތްގައިމު މާހައުލު އާރާއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ.

އުޑުމަތި ސާފު ނަލަ ދުވަހެކެވެ. ވިލު ނޫކުލައިގެ ސާފު މޫދުން ނަގާ ކުދި ކުދި ރާޅުތައް ހުދުކުލައިގެ ދޮންވެލި ތުނޑިއަށް ބީއްސަމުން ދިޔައެވެ. ދުރުން ފެންނަމުން ދިޔައީ ވިލި ނޫކުލައިގެ މޫދާއި އެކުލެވިފައިވާ ކުދި ކުދި ޖަޒީރާ ރަށްތަކެކެވެ. މަތިން އުދުހިލާފައި ދާ ކުދިކުދި މުނިޔާތަކުގެ ހިތްގައިމު އަޑާއި މޫދު ކައިރީ ކުޅެން އުޅޭ ކުޑަކުދިންގެ އަޑުން އެސަރަހައްދުގެ ފަޅުކަން ފިލާފައިވެއެވެ. ސާފު މޫދާއި ހުދު ބޯކިރުކޮޅެއްފަދަ ދޮންވެލި ތުނޑީގައި އެކި އުމުރުފުރާގެ މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. ގިނައިން ފެންނަމުން ދިޔައީ ލޯބިވެރިންގެ ޖޯޑުތަކެވެ. އެހިސާބުގައި މަދުންނަމަވެސް ހުރި ރުއްގަސްތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުގެ ރީތިކަމަށް ގެއްލިފައި ހުރި އާރާ ސިއްސައިގެން ދިޔައީ މިކާލް ކޮނޑުގައި މަޑުމަޑުން ޖަހާލުމުންނެވެ. މިކާލް އާރާއަށް ދިއްކޮށްލީ ފޯނެކެވެ.

” މީ އަހަރެން އާރާއަށް ދޭ އެންމެ ފުރަތަމަ ގިފްޓް… ހީކުރަން ކަމުދާނެ ކަމަށް” އެއްފައި މައްޗަށް ހުއްޓި ކުޑަދޮރުގައި އަތް އަޅުވާލަމުން މިކާލް ބުންޏެވެ. އާރާ ހިނިތުންވަމުން ފޯނުގައި ހިފާ ރަނގަޅަށް އޭގެއަށް ބަލާލިއެވެ. އައި ފޯން އެކްސް އެސް އެކެވެ.

” ކީއްކުރަން މިހާ އަގުބޮޑުއެއްޗެއް ގަތީ”އާރާ ޝަކުވާކޮށްލިއެވެ.

” ކަމޯން.. ތީ މިސްޓަރ މިކާލް މުހުސިންގެ ވައިފް.. މިކާލް މުހުސިން… ރާއްޖޭގެ އެންމެ ޗާމިންގް ޔަންގް ބިޒްނަސް މޭން… ” ގިރުވާނުގައި ހިފާ ކޮޅަށް ޖަހާލަމުން މިކާލް ބުނެލިއެވެ.

” ޖަސްޓް ކިޑިންގް… އަސްލު އާރާ އަތު ފޯނެއް ނެތީމަ ގަނެދިން އެއްޗެއް ތީ… އަހަރެން ބޭނުންވީ ތަންކޮޅެއް ރަނގަޅު އެއްޗެއް ދޭން…” މިކާލް ބުނެލިއެވެ.

” ވަރަށް ރީތި… ތެންކިއު..” އަދިވެސް އެއްފަހަރު ފޯނަށް ބަލާލަމުން އާރާ ބުނީ ހިނިތުންވެ ހުރެއެވެ. އެއަށްފަހު ކޮޓަރިއަށް ވައްދާފައި ހުރި ފޮއްޓާ ދިމާއަށް ހިނގައިގަތެވެ. މިކާލްވެސް ބޭރަށް ނަޒަރެއް ހިންގާލުމަށްފަހު އައިސް ހެދުންތައް އަލަމާރީ އަށް ލުމުގައި އާރާއަށް އެހީވާން ފެށިއެވެ. އެކަން ނިމިގެން ދެމީހުން އެކީގައި ނަމާދުކުރިއެވެ. އެއަށްފަހު ނިއަލްއަށް ގުޅައިގެން ރޭގަނޑުގެ ކެއުން ގެނެސްގެން ކެއީވެސް ދެމީހުން އެކީގައެވެ. ކޭތަށިތައް ދޮވުމަށްފަހު އާރާ ކޮޓަރިއަށް ވަންއިރު މިކާލްއަށް އޮތީ ނިދިފައެވެ. އެހެން ކަމުން އާރާވެސް ފާހާނައަށްވަދެ އެއްޗެހި ބަދަލުކޮށްގެން އައިސް އަރާ އޮށޯވެ ނިދިއެވެ.

ހާވާއީ ގައި ފުރަތަމަ ހެނދުނަށް ލޯހުޅުވާލެވުމާއެކު އާރާގެ ނޭފަތުގައި ޖެހުނު މީރުވަހުން ބަނޑުފުރުނު ކަހަލައެވެ. ބޭރުން އެއްޗެހި ތަޅުވާ އަޑު އިވޭތީވެ އެނދުން ތެދުވެ އާރާ ދޮރާދިމާއަށް ދިޔައެވެ. ދޮރުހުޅުވާލާފައި ބޭރު ބަލާލިއިރު އުނދުން ކައިރީގައި ހަރަކާތްތެރި ވަމުން ދިޔަ މިކާލް އާރާއަށް ފެނުނެވެ. މިކާލް ކުރާކަމެއް ބަލަން އާރާ އިރުކޮޅަކު ހުއްޓެވެ. ކުރިމަތިން ފެންނަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް މިކާލްގެ ފަރާތުން ފެނިފައިނުވާ ސިފައެކެވެ. މަޑުމަޑުން ލަވައެއް ކިޔަމުން ދިޔައިރު ކޮންމެވެސް އެއްޗެއް ކައްކަނީއެވެ. ދޮރު ހުޅުވާލާފައި ނިކުމެ އާރާ މިކާލްއާއި ދާދި ގާތުގައި ހަށަން ބަނދެލައިގެން އެއްފައި މައްޗަށް ހުއްޓުނެވެ. އަދި މިކާލް ކައްކަން އުޅޭ އެއްޗެއް ބަލާލިއެވެ. ފިޔާ މިރުސް ކޮށާފައި ހުރިއިރު ތައްޓަކަށް ބިސް ތަޅާފައިހުއްޓެވެ. މީހެއްގެ ހިލަންވެގެން ފަހަތް ބަލާލިއިރު އާރާ ފެންނަން ހުރުމުން މިކާލް ހެނދުނުގެ ސަލާމުން އާރާއާއި ސަލާމް ގޮވާލިއެވެ.

” ނީޑް އެ ހެލްޕް؟” ކުރިއަށް ޖެހިލަމުން އާރާ އަހާލިއެވެ.

” ނޮޓް އެޓް އޯލް މޭމް… ފްރެޝް ވެލައިގެން ދުރުވާން ވާއިރަށް ނާޝްތާ ތައްޔާރުވާނެ… ޕްލީޒް ގޯޓު ޔޯ ރޫމް އެންޑް ގެޓް ފްރެޝެން އަޕް” އާރާގެ އަތުގައި ހިފާ ކޮޓަރިއާއި ދިމާއަށް އަނބުރާލުމަށްފަހު ބުރަކަށީގައި އަތްއަޅާ މަޑުމަޑުން އެދިމާއަށް ކޮއްޕާލަމުން މިކާލް ބުންޏެވެ. އާރާއަށް ހެވުނީ ބޭއިޙްތިޔާރުގައެވެ. މިކާލްއާއި ދިމާއަށް ބަލާލަމުން އޯކޭ ސަރ އޭ ބުނުމަށްފަހު އާރާ ކޮޓަރިއަށް ވަނެވެ.

ފެންވަރާ ތާޒާ ވެލައިގެން އާރާ ކޮޓަރިން ނިކުތްއިރު މޭޒުމަތީގައި ދެތަށި ބެހެއްޓިފައިވިއެވެ. ތަށިތެރޭގައި ސްކްރޭމްބްލްޑް އެގް ގެ އިތުރުން ތިން ފޯތި ރޯސްޓެޑް ޕާނާއި ބަޓަރ ކޮޅަކާއި ސޮސެޖެއްވެސް އޮތެވެ. އޭގެ ކައިރީގައި ދެތަށި ފްރެޝް އޮރެންޖް ޖޫސް ބަހައްޓާފައި ހުއްޓެވެ. މޭޒުކައިރީގައި ހުރި މިކާލް އާރާ ފެނުމާއި އެކު އަމިއްލަ ބަނޑުގައި އަތްއަޅުވާލަމުން އެއްފައި ފަހަތަށް ލަމުން އިސްޖަހާލައި ކުޑަކޮށް ގުދުވެލިއެވެ. އެއަށްފަހު އާރާ އިށީންނަން ގޮނޑި ދުރުކޮށްދިނެވެ. އާރާ ގޮނޑީގައި އިށީންއިރު ހީހީ ބަލިވަނީއެވެ. މިކާލްވެސް ހިނިތުންވެ ހުރެ އަނެއްފަރާތުގައި ހުރި ގޮނޑިދަމާލާފައި އިށީނެވެ. ސައިބޮމުން ދިޔައިރު ދެމީހުން ތަފާތު އެކި ވާހަކަ ދައްކަމުން ދިޔައެވެ. ސައޮބޮއެ ނިމުމުން ތަށިތައް ދޮވެ ސާފުކުރުމުގެ ކަންތަކާ ހަވާލުވީ އާރާއެވެ.

ސޯފާގައި ޓީވީން އަންނަމުން ދިޔަ ޑޮކިއުމެންޓްރީއެއް ބަލަން އާރާ އިނެވެ. ޖެހިގެން ހުރި ސޯފާއަށް މިކާލް އައިސް ވެއްޓިގަތީ ފޫހިކަމާއެކުގައެވެ.

” ބޯރިންގް މީހެއްތީ… މިކަހަލަ ތަނަކަށް އައިސް ތިގޮތަށް ޓީވީ ބަލަން ނީންނާނެ ހަމަޖެހޭ މީހަކު” މިކާލް ބުނެލިއެވެ.

” ދެން ތިބުނީ އަހަރެން މީ މޮޔައެކޭތަ.. ” މިކާލް އާއި ދިމާލަމުން އާރާ ބުނެލިއެވެ. މިކާލް އަނގަޔަށް ގޮތެއް ހަދާލަމުން ބޯޖަހާލިއެވެ. އާރާގެ ނިތަށް ރޫއަރައިގެން ދިއުމާއެކު ތުންއަނބުރާލިއެވެ.

” ލެޓްސް ގޯ އެކްސްޕްލޯރ… އަހަރެން މިގުޅަނީ ނިއަލް އަށް ގެޓް ރެޑީ” ނިއަލްދިން ކާޑު ޖީބުން ނަގަމުން މިކާލް ބުނެލިއެވެ. މިކާލް މޮޔައެކޭ ބުނުމުން އަދިވެސް އެއިން ގޮތަށް އިން އާރާ ކުޝަން މިކާލްއާއި ދިމާއަށް އެއްލުމަށްފަހު މިކާލްއަށް ކަޅިއަޅާލަމުން ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ގަޑިއެއްހާއިރު ތެރޭގައި މިކާލްއާއި އާރާ ތިބީ ކައިލުއާ ބީޗްގެ ކަޔަކް ދޫކުރާ ތަނުގެ ކައިރީގައެވެ. ކަޔަކް ދުއްވަން ތައްޔާރުވެގެންނެވެ

” ރެޑީ ފޯ ދަ އެޑްވެންޗަރ ސަރ…. ” ދެމީހުންނަށް ބަލާލަމުން ނިއަލް އަހާލިއެވެ. މިކާލް ވަރަށް ހަމަޖެހިލާފައި ހުރިއިރު އާރާ މިކާލް އާއި މުޅިން އިދިކޮޅެވެ. ބިރުންގޮސް އާރާ ހުރީ ދާހިއްލާ ފޯވެފައެވެ.

” މިކާލް.. މި ހާދަ ކުޑަ ކުޑަ އެއްޗެކޭ… މީގެއިން ވެއްޓިއްޖިއްޔާ އަހަރެންގެ ދުވަސް ދާނެ… އަހަންނަކަށް ނޭނގޭ ފަތާކަށްވެސް” އާރާ އުޅޭ ގޮތް ފެނި މިކާލް ކައިރިއަށް ހިނިއައި ނަމަވެސް އެކަން ނުދައްކާ ހިނިގަނޑު ހިންދާލިއެވެ.

” ހަމަޖެހިބަލަ… ޓްރަސްޓް މީ… އަހަރެން ހުއްޓަ އާރާއަށް އެއްވެސް ކަމެއްވިޔަ ނުދޭނަން…ޖަސްޓް ރިލޭކްސް” އާރާގެ މަޑުއަތްތިލާގައި ހިފާ ބާރުކޮށްލަމުން މިކާލް ބުނެލިއެވެ. މިކާލްގެ އެއަމަލުން އާރާއަށް ރައްކާތެރިކަމެއް އިހުސާސް ކުރެވުނެވެ. އޭގެއަށް އަރާ އިށީނުމުން މިކާލްވެސް އެރިއެވެ. އެއަށްފަހު އަތަށް ފައްޔެއް ލައިދެމުން ހަދަންވީ ގޮތް މިކާލް ކިޔައިދިނެވެ. ދެމީހުން އެކީ ފަލި ޖަހަމުން ފުދޭވަރަކަށް ދުރަށް ދެވުނެވެ. އިރުއިރުކޮޅާ ނަތާޝާގެ ހިޔާލުތައް މިކާލްގެ ސިކުނޑީގައި ކޮއްޓަމުން ދިޔަނަމަވެސް އެހިޔާލުތަކުން ދުރުވާން ވީހާވެސް މަސައްކަތެއް ކުރަމުން ދިޔައެވެ. ސިހިފައި މިކާލް އަށް ބަލާލެވުނީ އާރާގެ ތޫލި ހަޅޭކުގެ އަޑުއިވިފައެވެ.

” ކިހިނެއްވީ..” އަނގަމަތީ އަތް އަޅައިގެން އިން އާރާ ފެނި މިކާލް އަހާލީ ހާސްވެފައެވެ.

” އޯރ ދޫވެއްޖެ… ހީވީ ދަމައިގަތީހެން… އޯވް ޝިޓް މިކާލް އައި ތިންކް މިތާ ޝަރކެއް އެބަ އުޅޭ ކަންނޭނގެ… ” ތުރުތުރުލާ އަޑަކުން އާރާ ކިޔާލިއެވެ. މިކާލް ކައިރިއަށް އައި ހިނި ކޮންޓްރޯލް ނުކުރެވި ހޭންފެށިއެވެ.

” ނޮޓް ފަނީ މިކާލް…. އޭތި އަހަރުމެން ކާލލައިފިއްޔާ ކިހިނެއްވާނީ… މަންމަމެން ކިހާ ރޯނެ… ” އެހިސާބަށް ބުނެވުނު އިރު އާރާއަށް ރޮވެން ފަށައިފިއެވެ. އާރާ ގިސްލާކަން އެނގުމުން މިކާލްވެސް ހިނިގަނޑު ހިންދާލިއެވެ.

” ހޭއި… ސްޓޮޕް ކްރައިންގް ނުވާނޭ އެއްވެސް ކަމެއް.. އޯކޭ އަހަރެން ބުނާ ގޮތް ހަދާބާ… ވަރަށް ބާރަށް ކަޔާކްގަ ހިފަހައްޓައިގެން އިންނާތި..” މިހެން ބުނެ މިކާލް ވަރަށް އުނދަގުލުން ތެދުވިއެވެ. އެއާއެކު އާރާ ނިކަން ބާރަށް ކަޔާކްގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. މިކާލް ވަރަށް އުނދަގުލުން އާރާގެ ފަހަތަށް އެރިއެވެ. އަރަން އުޅުމުގެ ތެރޭގައި ނުވެއްޓުނީވެސް ކިރިޔާއެވެ. އެއަށް ފަހު ދެން މިކާލް ކުރި ކަމަކުން އާރާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދެފައި ވަށްކޮށްގެން އާރާގެ ފަހަތުގައި އިށީންއިރު އާރާ ހީވަނީ މިކާލްގެ އުނގުތެރޭގައި އިންހެނެވެ. އެއަށްފަހު ފަލި އާރާއަތަށް ލައިދެމުން ހަމަ އެފަލީގައި މިކާލްވެސް ހިފާލިއެވެ. އާރާއަށް އިހުސާސް ކުރެވެމުން ދިޔައީ އަޖައިބެއް ކަހަލަ ރައްކާތެރިކަމެކެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. މަޑު މަޑުން އާރާގެ ހިތުން ބިރުފިލައި ކަޔާކް ދުއްވުމުގެ މަޖަލުގެ ތެރެއަށް ގެނބުނެވެ.  އެނޫންވެސް މޫދުގެ އެކި ކުޅިވަރުތަކުގައި އުޅުމަށްފަހު ގެޔަށް އައި އިރު އަސުރު ވެއްޖެއެވެ. ގެއަށް އައިސް ފެންވަރައިގެން ދެނަމާދު އެއްކޮށް ކޮށްލިއެވެ. އެއަށްފަހު ޕިއްޒާއެއް އޯޑަރުކޮށްގެން ގެނެސްގެން ކެއުމަށްފަހު މިކާލްގެ ލެޕްޓޮޕުން ދެމީހުން ސޯފާގައި ތިބެ ބިރުވެރި ފިލްމެއް ބަލަމުން ދިޔައެވެ. ފޯރިއާއި އެކު ފިލްމް ބަލަން އިން މިކާލް އާރާއާއި ދިމާއަށް އެނބުރުނީ ކޮނޑުގައި އެއްޗެއް ޖެހުނު ހެން ހީވެގެންނެވެ. އޭރު މިކާލްގެ ކޮނޑުމަތީގައި އާރާއަށް އޮތީ ނިދިފައެވެ. މިކާލްއަށް އާރާއަކަށް ގޮވާކަށް ނުކެރުނެވެ. އެހެންކަމުން މިކާލްވެސް ލެޕްޓޮޕް އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ސޯފާގައި ހަށިގަނޑު ދަމާލަމުން ލޯމަރާލިއެވެ.

ދުވަހަކަށް ވުރެ ދުވަހެއް މިކާލް އާއި އާރާއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކާ ސަމާސާކޮށް ކުދި ކުދި ޖެއްސުންތައް ގިނަވިއެވެ.އެކި އެކި ޓުއަރ ތަކަށް ގޮސް އެ ހިނދުކޮޅުތައް ކެމެރާގައި ރައްކާ ކުރަމުންދިޔައެވެ. ފިހާރަތަކަށް ޒިޔާރަތްކޮށްލާ ގޭމީހުންނަށް ހަދިޔާވެސް ގަތެވެ. ކަންކަމުގައި އެކަކު އަނެކަކުގެ ހިޔާލު ހޯދާ އެކަކު އަނެކަކުގެ އަމިއްލަ ސިއްރުތަކާއި ވާހަކަ ތައްވެސް ހިއްސާ ކުރަން ފެށިއެވެ. ލޯބިވެރިޔާގެ ވާހަކަތައް ފިޔަވައެވެ. ނަމަވެސް އެވާހަކަ ދެކެވޭކަށްވެސް މާގިނަ ދުވަހެއް ނުވިއެވެ.

ފުރިހަމަ ހަނދުގެ ހިތްގައިމު ދޯދި މޫދުގެ އަނދިރިކަމަށް ފެތުރިފައިވާއިރު ފެންނަލެއް ކިތަންމެހާވެސް ރީއްޗެވެ. ދޮންވެލިގަނޑު މަތީގައި އާރާއާއި މިކާލް ތިބިއިރު ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވަނީ އެދިމާއަށެވެ. އެމަންޒަރުން ނަޒަރު ވަކިކޮށް މިކާލް އާރާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ކަޅިޖަހާވެސް ނުލާ އެދިމާ ބަލަން އިންއިރު ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ.

” ސުވާލެއް ކޮށްލަންތަ” މިކާލް އަހާލިއެވެ. އާރާ އެއިންގޮތަށް އިނދެ ހްމްމްއެއް ލައްވާލިއެވެ.

” ފަވާޒްއާއި ދިމާވީ ކިހިނެއް؟” މިކާލްގެ ސުވާލުން އާރާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މިކާލް އަށް ބަލާލެވުނުއިރު މޫޑު މުޅިން އޮފްވެއްޖެއެވެ.

” ކީއްވެ ކުއްލިއަކަށް ތި ސުވާލު ތިކުރީ…” އާރާވެސް ކޮށްލީ ސުވާލެކެވެ.

” ހަމަ އަހާލީ… އާރާ ބުނެދެން ބޭނުންނުވިއްޔާ މީ ނުދައްކާ ވާހަކައެއް” މިކާލް ބުނެލިއެވެ.

” އަހަންނާ ނަތާ ދިމާވޯ ފޭސްބުކުން… މީގެ ތިން އަހަރު ކުރިން.. އޭރު އަހަރެން އުޅުނީ ލަންޑަނުގަ… އޭގެ އެއް އަހަރުފަހުން ނަތާޝާވެސް ލަންޑަނަށް އައި… ފުރަތަމަ ފަހަރަށް ދިމާވީ އެތަނުން… ދެމީހުން  ކިޔަވަމުން ދިޔައީ އެއްކޮލެޖަކުން… އެދުވަސްކޮޅު ރައްޓެހިވީވެސް… އަބަދުވެސް ދައްކާނެ އާރާގެ ވާހަކަ…” މިކާލް ދައްކާ ވާހަކައިން އާރާއަށް އުނދަގޫ ވަމުން ދިޔައެވެ. ނަތާޝާމަތިން މާބޮޑަށް ހަނދާންވެސްވާންފެށިއެވެ. ނަތާޝާއަށް ދެވުނު ދެރަ މަތިން ހިތަށް އަރާ މުޅި ތަބީއަތު ހަރާބުވިއެވެ. މިކާލްއަށްވެސް އެވާހަކަ ދެކެވެނީ ކީއްވެކަމެއް ނޭނގުނެވެ. ހަމަ ދައްކާހިތްވީއެވެ. މިކާލް ވާހަކަ ހުއްޓާލަން ޖެހުނީ ކުއްލިއަކަށް އާރާ އިންތަނުން ތެދުވެގެން ގެއާއި ދިމާއަށް ދުއްވައިގަތުމުންނެވެ.

މިކާލް ކޮޓަރިއަށް ވަންއިރު އާރާ އެނދުމަތީގައި އިށީނދެގެން އިނެވެ. މިކާލްވެސް ގޮސް އާރާ ކައިރީގައި އިށީނެވެ.

” ސޮރީ އާރާ… އެކަހަލަ އިންޓެންޝަނެއްގަ ދެއްކި ވާހަކައެއް ނޫން… ނޭނގެ ހަމަ އާރާއަށް ކިޔައިދޭހިތްވީ” ކުށްވެރިއަކު ފަދައިން މިކާލް ބުނެލިއެވެ.

” ނޯ އައިމް ސޮރީ މިކާލް… މިހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން.. ނަތާ އަހަރުމެންނާ ދުރުވީ އަހަރެންގެ ސަބަބުން… ނަތާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިކާލްގެ ވާހަކަ އަހަރެން ގާތުގައި ދައްކާ.. ނަތާ މިކާލްގެ ދެކެ ލޯބިވާވަރު އެނގިހުރެ އަހަރެން ކައިވެނިކުރަން އެއްބަސްވީ.. އައިމް ސޮރީ މިކާލް… އައިމް ރިއަލީ ވެރީ ސޮރީ… އަހަރެންގެ ސަބަބުން ދެލޯބިވެރިން ދުރުވީ… އައިމް ސޯ ސޮރީ” ގިސްލަމުން ދިޔަ އާރާ ސިހުނީ ކުއްލިއަކަށް މިކާލް އާރާގެ އަނގަމަތީގައި އަތް އަޅާ ‘ޝްޝްޝް” އޭ ބުނުމުންނެވެ. އެވަގުތު ވެގެން ދިޔައީ އާރާ އާއި މިކާލް ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތަށެވެ. މިކާލް އާރާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް އެއްކައިރިކޮށްލަމުން އަނގަމަތީގައި އަޅާފައިވާ އަތް ނެގިއެވެ. އާރާގެ ލޮލުގެ ރީތިކަމުގެ ތެރެއަށް ގެނބެން ނެގީ ކުޑަ ހިނދުކޮޅެކެވެ. އާރާވެސް އިނީ މިކާލްގެ އެވަށް ދެލޮލުން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. މަޑުމަޑުން މިކާލްގެ ނަޒަރު އާރާގެ ހިމަ ތުންފަތަށް ދަތުރުކުރިއެވެ. އެއަށްފަހު އާރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން މަޑުމަޑުން ކައިރިވާން ފެށިއެވެ. އާރާއަށް ދެލޯ މަރާލެވުނީ މިކާލްއަށް ދައުވަތު ދޭ ފަދަ ގޮތަކަށެވެ. މިކާލްވެސް އާދަޔާ ހިލާފު ޖަޒުބާތެއްގައި ބެހިގެން ދާ ކަހަލައެވެ. ދެނޭވާ ބައްދަލުވެގެން ދިޔަ ވަގުތު އާރާއަށް މިކާލް ޓީޝާޓުގައި ބާރަށް ހިފަހައްޓާލެވުނެވެ.

 

ކުރިއަށް އޮތް ބައިގެ ތެރެއިން:

ދަތުރަށް ތައްޔާރުވަމުން ދިޔައިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެދެމެދަށް އާދަޔާ ހިލާފު ހިމޭންކަމެއް ވެރިވެފައި ވާކަހަލައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލަންވެސް ބޭނުން ނުވާ ކަހަލައެވެ

48

You may also like...

33 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Alhamdulillah.. 8th part up kurevihje..very sorry for the delay.. and thanks for understanding the situation.. heekuran hurihaa kudhinnaves kamudhaane kamah. share your views here after reading the story.. have a nice day. take care.

  ⚠Report!
 2. OMG😱😱😱….Soooooo surprised❤❤❤😝😝😝….Alheyy mi bai vec vvv cute enge..Dear whn next😍😍😍💕💕💕… Eagerly waiting💜💜💜..Take a very good care enge za😋😋😋💝💝💝

  ⚠Report!
 3. Wow wow wow wow wow wow wow wow wow wow.😚😚😚😚😚😘😘😘.. vvvv nice.. sifakurumun first.. and thanks up kohfhinyma… aaraa and meekal made for each others…love u

  ⚠Report!
 4. Varah reethi 😍😍
  But araa & meekaal thundi matheega iney buneema odd hingey ekm this is my opinion
  When next part??🙄🙄

  ⚠Report!
 5. Wowowoowow… haadha salhi hisaabu thakunney thi nimmaalany … warah reethi ingey … 😍😘😘😘💞💞💞awahah next part up kohdhehchey za …waitin

  ⚠Report!
 6. Miadhu mi story ge mi bai kiyaali iru like vee varun story ehkoh mi kiyaaly, vv rythi mi story, waiting for part 9, gud luck za

  ⚠Report!

Leave a Reply

Your email address will not be published.