މިންހާގެ ރީތި ސޫރަ ފެނުމާއެކު އިއާންގެ ހިތުގައިވި ޖަޒުބާތުތައް އުތުރި އަރަން ފެށިއެވެ. އެހިތް އުފަލުން ނަށަންފެށިއެވެ. އެވަގުތުކޮޅަށް ނިމުމެއް ނާންނާނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. އަބަދުވެސް އެހިތްގައިމު ސޫރައަށް ބަލަން ހުރެވޭނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައިރު ދެހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. އެކަކު އަނެކަކާ ދުރުވާން ނެގިފާ ދެމީހުންވެސް ތިބީ ހުއްޓުންއަރާފައެވެ. ދެމީހުންގެ ލޮލާއި ލޯ ބައްދަލުވެފައިވުމުން އެކަކަށްވެސް ނަޒަރު ވަކިކޮށެއްނުލެވުނެވެ. ހީވަނީ ދަމާ ބާރަކުން ދެމީހުންގެ ނަޒަރު ބައްދަލުކުރުވާފާވާ ހެންނެވެ. އިއާންގެ ތޫނު ދެލޮލުން ފެންނަމުން ދިޔަ އަސަރުތަކުން މިންހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެދެލޮލުން އޭނައަށް އެތައް ވާހަކައެއް ބުނެދޭން ބޭނުންވާކަން ހާމަވެއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެފައިވުމުން ދެހިތުގައިވެސް ދިޔައީ ރީތި ރާގެއް ކުޅެވެމުންނެވެ. ނޭނގި ނަމަވެސް މިންހާއަށްވެސް އޭނަގެ އަމިއްލަ ނަފްސު ކޮންޓްރޯލުން ދޫކޮށްލެވިއްޖެއެވެ. ސިކުނޑީގައި އެއްވެސް ޚިޔާލެއް ނުވާއިރު ހަމައެކަނި އޭނައަށް ބެލެމުން ދިޔައީ އިއާންގެ ދެލޮލަށެވެ. ވަށާއިގެންވާ އެއްވެސް ކަމަކަށް އެއިން އެކަކަށްވެސް ސަމާލުކަމެެއްނުދެވެއެވެ. ބަލާބެލުމަށް ހީވަނީ ދެމީހުންވެސް ތިބީ މުޅިން އެހެން ދުނިޔެއެއްގަ ހެންނެވެ.
” ވާއު… ސޯ ރޮމޭންޓިކް… މޭޑް ފޯ އީޗް އަދަރ… ” އެކަކު އަނެކަކުގެ ލޮލަށް ގޮސް ގެއްލިފައިވި ދެމީހުނަށް ފަހަތުން މީހަކު ވާހަކަ ދެއްކި އަޑަށް ސިހިފައި ބަލައިލެވުނެވެ. އޭރު ނާއިލް ލާނެއް ހިނިތުންވުމެެއް ވެރިކުރުވައިގެން އެދެމީހުންގެ ފޮޓޯ ނަގަން ހުއްޓެވެ. އެމަންޒަރު ފެނި ހޭވެރިކަންވި ދެމީހުން އަވަސް އަވަހަށް އެކަކު އަނެކަކާ ދުރުވެލިއެވެ. އިއާން އާއި ދުރުވުމަށް ރަނގަޅަށް ބަލައިނުލާ ފަހަތަށް ފިޔަވަޅު އެޅުމާއެކު ފައި އެޅުނު ގޮތަކުން މިފަހަރުވެސް މިންހާ ދިޔައީ ފަހަތަށް ވެއްޓޭށެވެ. މިފަހަރު މިންހާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑުވެސް ނިކުތެވެ. ކުރީ ފަހަރެކޭވެސް އެއްފަދައިން މިފަހަރުވެސް އިއާން މިންހާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް ދަމާލިއެވެ. ހަށިގަނޑު ބެލެންސް ކުރެވުމުން މިފަހަރު އިއާންގެ މޭމަތީގައި ނުޖެހި ސަލާމަތްވިއެވެ. މިފަހަރުވެސް ދެމީހުންގެ ނަޒަރު ސީދާވިއެވެ. ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ދެން ބަލައިލެވުނީ ހިފަހައްޓާފައިވި އަތަށެވެ. އެއިން ކޮންމެ މަންޒަރެއްވެސް ނާއިލް ދިޔައީ އޭނަގެ ފޯނުގައި ރައްކާކުރަމުންނެވެ. މިންހާ އަވަސް އަވަހަށް އިއާންގެ އަތު ތެރެއިން އޭނަގެ އަތް ދަމައިގަތެވެ. އަދި ނާއިލްއަށާއި އިއާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެއްވެސް އެއްޗެކޭ ބުނުމެއްނެތި އަވަހަށް ސިޑިން މައްޗަށް އަރަން ފެށިއެވެ. ” ނާއިލް… ކިހިނެއްތަ ތިހެދީ… ނާއިލްގެ ވާހަކަތަކުން މިންހާ އިތުރަށް އަންކޮމްފޮޓްބަލް ވާނެ އަހަރެންގެ ކުރިމައްޗަށް އަންނަން… ” ދެފަރާތަށް ބޯ ހޫރާލަމުން އިއާން ވާހަކަ ދެއްކިއެވެ. ” އަހަރެން ކިހިނެއްތަ ހެދީ… ދެން އެހާ ގުޅޭ ދެމީހުން އެގޮތަށް އެހާ ކަރިން ފެނުނީމަ ކޮންމެ މީހަކަށްވެސް އެހެން ބުނެވޭނެދޯ… އާން ބަލާބަލަ… ބޯތް އޮފް ޔޫ ލުކްސް ގްރޭޓް ވައިލް ބޯތް އާ ޓުގެދާރ… ” ނާއިލް އޭނަގެ ފޯނުން ނެގި ފޮޓޯތައް އިއާންއަށް ދައްކާލަމުން ބުނެލިއެވެ. ނާއިލްގެ ފޯނުގައި ހިފާ އިއާންވެސް އެފޮޓޯތަކަށް ބަލައިލިއެވެ. އެވަގުތު އޭނަގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. އިއާން ވަގުތުން އެފޮޓޯތައް އޭނަގެ ފޯނަށް ފޮނުވާލިއެވެ. އެއާއެކު ނާއިލްގެ ދިމާކުރުންތައް އިއާން އާއި ކުރިމަތިވިއެވެ. ދެމީހުންވެސް ސިޑިން ފޭބުމަށްފަހު ސިޓިން ރޫމު ސޯފާގައި އިށީނެވެ. އާސިމާ ސައިބޯން ގޮވާލުމުން ސައިބޯނީ އަޝްރާ އާއި މިންހާ އައިމަ ކަމުގައި ބުނެ ދެމީހުންވެސް އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.
އަވަސް ފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އަރައިގެން ގޮސް މިންހާ އަޝްރާގެ ކޮޓަރިއަށް ވަދެ ދޮރު ޖަހާ ދޮރުގައި ލެނގިލިއެވެ. އޭރުވެސް އޭނަގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ”މިންނު… ކިހިނެއްވީ… އާރ ޔޫ އޯކޭ… ” ފާޚާނާއިން ނިކުން އަޝްރާއަށް ދޮރުގައި ލެނގިލައިގެން ހުރެ މޭގައި އަތްއަޅާ އަވަސް ނޭވާތަކެއް ލަމުންދިޔަ މިންހާ ފެނި އަވަސް ފިތަވަޅުތަކެއްގައި އެދިމާލަށް ހިނގައިގަންނަމުން ބުނެލެވުނެވެ. ” ކީއްވެ ނުބުނީ… ” އަޝްރާ އައިސް އޭނަގެ ކުރިމަތީގައި ހުއްޓުމާއެކު މިންހާ ބުނެލިއެވެ. ” ކޯންޗެއް ނުބުނީ… ” ދެބުމަ ކައިރިކޮށްލަމުން އަޝްރާ ބުނެލިއެވެ. ” އާން އައިސް އުޅޭ ވާހަކަ… އަޝޫ ޖެހޭނެއެއްނު ބުނަން އަހަރެން ގާތު… ކުރިން އާން އުޅޭކަން އިނގޭނަމަ އަހަރެން ނުވެސް އަންނާނަން… ” މިންހާ ޝަކުވާކުރިއެވެ. ” ތިހެންވީމައޭ އަހަރެން ނުބުނީ… މަށަށް އޭރުވެސް ޔަގީންވި މިންނުއަށް ދޮންބެ އުޅޭކަން އިނގިއްޖިއްޔާ ނާންނާނެކަން… މިންނުއެއްނޫންތަ އަހަރެން ކައިރި ބުނީ ވެދިޔަ ކަންތައްތައް ހަނދާން ނައްތާލާފަ އަލުން އަހަރެމެން ހަތަރު މީހުންގެ ދެމެދުގަ ރަހުމަތްތެރިކަން އުފައްދަންވާނޭ… ކުރިން ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން މިންނުއަށްވެސް ގަބޫލުކުރެވެއެއްނު ދޯ… އެހެންވީމަ ހުރިހާ ކަމެއް ހައްލުކުރަންވާނެއެއްނު… ދޮންބެ އާ މިންނުއާ ދެމެދު ތިއޮތް ނުތަނަވަސްކަން ދުރުކުރަންވާނެއެއްނު… މަށާ ނާއިލްއާވެސް މިހާރު ވާހަކަ ދައްކާ ހަދަން… އަހަރެމެން ދެމީހުން ދޭތެރޭ އޮތް ނުތަނަވަސްކަން މިހާރު ވަރަށް ބޮޑަށް ދުރުވެއްޖެ… އެގޮތަށް ދޮންބެއާ މިންނުއާ ދެމެދުވެސް ކަންތައްތައް ރަނގަޅުވާނީ އެކަކު އަނެކަކާ ވާހަކަ ދެއްކީމައެއްނު… ސޯ ލެޓްސް ގޯ… ” އަޝްރާ މިހެން ބުނެ މިންހާގެ އަތުގައި ހިފާ ދާން ހިނގައިގަތެވެ. ” ނޯ… ނުކެރޭނެ… ” އަޝްރާގެ އަތުން އޭނަގެ އަތް ދަމައިފަނެ ފަހަތަށް ޖެހެމުން މިންހާއަށް ބުނެވުނެެވެ. ” ސާބަސް މިންނު… މަވެސް ތިވަރެއްނުވޭ ނާއިލް އައި ދުވަހަކު… ދޮންބެ މިންނު ކައެއް ނުލާނޭ… ” އަޝްރާ އުނަގަނޑުގައި ދެއަތް އަޅުވާލަމުން ބުނެލިއެވެ. ” ތިހެންވެއެއް ނޫނޭ… ދެންމެ ކަންތައް ވީގޮތުން… ” ކަންބޮޑުވެފައިވި ހުރެ މިންހާ ބުނެލިއެވެ. އަޝްރާ ވީކިހިނެއްތޯ ސުވާލުކުރުމުން މިންހާ ކަންތައް ވީގޮތް ކިޔައިދިނެވެ. ” އޯހް… ސޯ ރޮމޭންޓިކް… ހަމަ މޭޑް ފޯ އީޗް އަދާރ… ހެހެހެ… ” އަޝްރާ ލުއި ހުނުމަކާއެކު އެހެން ބުނެލުމުން މިންހާ ދެލޯ ބޮޑުކޮށްލަމުން އަޝްރާގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. ” އައުޗް… ދެން އެހެންދޯ ބުނެވޭނީ މިންނު ދެލޯ ބޮޑުކޮށްފަ ބެލިޔަސް… ” މިންހާ ޖެހި ތަނުގައި ފިރުމާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” ހޫމް… ދެން އަޝޫއަށް ބުނެވޭނީ ތުއްތު ބުނާ އެއްޗެެއްތާ… ” ލާނެެއް ވައްތަރަކަށް ހިނިތުންވެލައިގެން ހުރެ މިންހާ އެހެން ބުނެލުމާއެކު އަޝްރާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” ތިބުނީ… ” މިންހާ އެބުނި އެއްޗެެއް ދޭހަނުވުމުން އަޝްރާ އެހެން ހުރެ އަހާލިއެވެ. ”މިބުނީ އަޝޫއަށްވެސް ބުނެވޭނީ ތުއްތު ބުނާ އެއްޗެެއް ނޫންހޭ… ތުއްތުވެސް ބުނީ ހަމަތިހެން ފިޓޯނަގަން ހުރެފަ… އަނެއްކާ ތިދެމީހުން ކަމެއްތަ… ހެހެހެ… ” އެއްލޯ މަރާލަމުން ލާނެެއް ހިނިތުންވުމެެއް ވެރިކުރުވައިގެން ހުރެ މިންހާ ބުނެލިއެވެ. އެވަގުތު އަޝްރާ ދެލޯ އަޅާލަމުން މިންހާގެ އަތުގައި ވިކާލިއެވެ. ” އައުޗް… ތިހާ ބާރަކަށް ނަހަދަން މަށެއް… ” އަނގައަށް ގޮތެއް ހަދައިލައިގެން ހުރެ އަޝްރާ ވިކާލި ތަނުގައި ފިރުމާލަމުން މިންހާ ވާހަކަ ދެއްކިއެވެ. ”ދެންވެސް ނުހުރެ އާދޭ ދާން… ” މިންހާގެ އަތުގައި ހިފާ ހިނގައިގަންނަމުން އަޝްރާ ބުނެލިއެވެ.
ދެމީހުން ގޮސް ތިރިއަށް ފޭބިއިރު އިއާން އާއި ނާއިލް ސިޓިން ރޫމު ސޯފާގައި ތިއްބެވެ. ދެމީހުންވެސް ތިބީ ވަރަށް ފޯރީގައި ޕަބްޖީ ކުޅޭށެވެ. ” ޕިސް ޕިސް..، ސާބަސް… މިފިރިހެނުން މިނޫން ކަމެެއް ނޯވޭ މިހާރު… އަބަދުވެސް ޕަބްޖީ ކުޅުން ކަމަކީ… ” މޫނަށް ވައްތަރެއް ޖައްސާލަމުން އަޝްރާ ބުނެލިއެވެ. ”އޯ ހޯ… އެމަރުވީ… ” އަޝްރާ ބުނި އެއްްޗަކަށް ސަމާލުކަމެެއް ދިނުމެއްނެތި ނާއިލް ބުނެލިއެވެ. ”ޔެސް… މަ މޮޅުވީ… ” އެވަގުތު އިއާން ނާއިލްއަށް ބަލައިލަމުން ހިނިތުންވެފައި އިނދެ ބުނެލިއެވެ. ” މިއަޝްރާ އާ ހެދިއޭ އެހެން އެވީ… މަގޭ ފުލް ކޮންސެންޓްރޭޝަންގަ އިންދަ އަޝްރާ އައިސް ވާހަކަ ދެއްކީމަ ކޮންސެންޓްރޭޝަން ދައްވީއޭ… ” އަޝްރާއަށް ބަލައިލަމުން އޭނަ ރުޅިއަރުވާލުމުގެ ބޭނުމުގައި ނާއިލް ބުނެލިއެވެ. ކަންވީވެސް އެހެންނެވެ. ” ވަޓް… ކޮންމެހެން އަހަރެން ބޮލުގަ އަޅުވާނެ ކަމެއްނެތް… އަހަރެން ވާހަކަ ދެއްކިޔަސް އެއީ ނާއިލްއާ ބެހޭކަމެއް ނޫން… އަހަރެން ވާހަކަ ދައްކަން ބޭނުން ވަގުތަކު ބޭނުން ތަނަކު ވާހަކަ ދައްކާނަން… ގޮޓް އިޓް…” ދެބުމަ ގޮށްޖަހާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” މިހާރު އެހެރީ ސަތޭކައިގަ… މޫނު ކޮޅު ހީވަނީ ހަމަ ޓޮމާޓޯއެއްހެން… ހެހެހެ… ” ހެމުން ހެމުން ނާއިލް ބުނެލިއެވެ. އެއާއެކު އިއާންއަށާއި މިންހާއަށް ހެވުނެވެ. އަޝްރާ އޭރުވެސް ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އޭނަގެ މޫނު މަތިންވެސް ރުޅިއައިސްފައި ހުރިކަން ހާމަވެގެންދެއެވެ. ” އާން… އަޝްރާ ކޯންޗެއްތަ ކަނީ އެހާ ރުޅިގަދަ ވަނީ… ހެހެހެ… އަހަރެމެން އެހާ ރުޅިގަދައެއްނުވޭ… އެކަމަކު ކިރިޔާ އެއްޗެކޭ ބުނެލާއިރަށް އަޝްރާ ހުންނާނީ ޓޮމާޓޯއެއްހެން ރަތްވެފަ… ހެހެހެ… ” ނާއިލް އިތުރަށް އަޝްރާ ރުޅިއެރުވުމުގެ ބޭނުން ބުނެލިއެވެ. މިފަހަރުވެސް ނާއިލްގެ ވާހަކައިން އިއާންއަށާއި މިންހާއަށް ހެވުނެވެ.
” ނާއިލް… އައި ހޭޓް ޔޫ… ” އަޝްރާ ބާރަށް އެހެން ކިޔާ ހަޅޭއްލަވައިގަތެވެ. އަޝްރާގެ އެއަމަލުން ތިން މީހުނަށްވެސް އިތުރަށް ހެވުނީއެވެ. ސިޓިންރޫމުގައި މާ އަޑުގަދަވާތީ ބަގީޗާތެރޭގައި ގަސްތަކަށް ފެންދޭން އުޅުނު އާސިމާވެސް އައިސް ސިޓިންރޫމަށް ވަނެވެ. އޭނާ އެހާ ރުޅި އައިސްފައި ހުރިއިރުވެސް ނާއިލް އިތުރަށް ހޭތީ އަޝްރާގެ ގާތަށް އިތުރަށް ރުޅިއައެވެ. އައި ރުޅީގައި ހެމުން ދިޔަ ނާއިލްގެ މޫނު މަތީގައި ސޯފާ މަތީގައި އޮތް ތަނުން ކުޝަންއެއް ނަގައި ޖެހިއެވެ. ހެމުން ދިޔަ ނާއިލްއަށް ލިބުނ ސިހުމުގައި ހުނުންވެސް ހުއްޓާލެވުނެވެ. ނާއިލްއަށް ވީގޮތް ފެނި ރުޅިއައިސް ރަތްވެފައި ހުރި އަޝްރާގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. އޭރުވެސް އިއާން އާއި މިންހާ ދިޔައީ ހެމުން ހެމުންނެވެ. އާސިމާ އިރުކޮޅަކު އެކުދިން ޖަހަމުންދިޔަ ސަކަރާތަށް ބަލަން ހުރުމަށްފަހު ދެފަރާތަށް ބޯ ހޫރާލުމަށްފަހު ހެމުން ހެމުން ބަގީޗާއަށް ގޮސް ވަނެވެ. ” އަޝްރާ… ” ނާއިލްވެސް ބާރަށް އަޝްރާގެ ނަމުން ގޮވާލަމުން އޭނަގެ އަތުގައި އޮތް ކުޝަން ނަގައި އަޝްރާގެ ގައިގައި ޖެހިއެވެ. އެއާއެކު ދެމީހުންގެ ކުޅިގަނޑު ފެށިގެން ދިޔައެވެ. އެކަކު އަނެކަކާ ދިމާލަށް ކުޝަން އުކަމުން ދިޔައިރު ހީވަނީ ދެކުޑަކުދިންހެންނެވެ. އެމަންޒަރުތައް ބަލަން އިއާން އާއި މިންހާ ހީލަހީލާ ތިއްބެވެ. ނާއިލް އަޝްރާގެ އަތުގައި އޮތް ކުޝަން އަތުލާ އަޝްރާގެ ގައިގައި ޖަހަން އުޅުނު ވަގުތު ކުރިއަށް ޖެހިލާ އަޝްރާ ނާއިލްގެ އަތުގައި އޮތް ކުޝަންގައި ބާރަށް ހިފަހައްޓާލާ ދަމާއިގަތެވެ. ނާއިލް ކުޝަން ނުދޭން މަސައްކަތްކުރަމުން ދިޔައިރު އަޝްރާ ދިޔައީ ކުޝަން ދަމައިގަންނަން މަސައްކަތްކުރަމުންނެވެ.
އަޝްރާ ނުހަނު ބާރަށް ކުޝަންގައި ހިފާ ދަމައިގަތެވެ. އެހެނަސް ނާއިލް ހިފަހައްޓާފައިވިލެއް ބާރުކަމުން އޭނައަށް ކުޝަން ލިބޭގޮތެއް ނުވިއެވެ. އެހާ ބާރަށް ދަމައިގަތުމާއެކު އަޝްރާއަށް ކުޑަކޮށް ފަހަތަށް ޖެހެވުނެވެ. އެވަގުތު ސޯފާގައި ޖެހިފައި އަޝްރާ ވެއްޓެން ދިޔައެވެ. ވެއްޓެން އަރިއަޅާލުމާއެކު އަޝްރާއަށް ނާއިލްގެ ގަމީހުގައި ބާރަށް ހިފަހައްޓާލާ ދަމާލެވުނެވެ. އެއާއެކު އެކަމަށް ނުވިސްނާ ހުރި ނާއިލް އަޝްރާގެ ގައި މައްޗަށް ވެއްޓެން ދިޔައެވެ. ވެއްޓުމުގެ ކުރިން ނާއިލް ހުޝިޔާރުކަމާއެކު އޭނަގެ އަތް ސޯފާގައި ވިއްދާލިއެވެ. އެއާއެކު ވަގުތުން މުޅިތަން ހިމޭންވިއެވެ. އިއާން އާއި މިންހާގެ ނަޒަރު ސޯފާ މައްޗަށް ވެއްޓިފައި އޮތް އަޝްރާ އާއި ނާއިލްއަށް ހުއްޓިފައި ހުރިއިރު އެދެމީހުންގެ ހުނުންވެސް ވަނީ ހުއްޓިފައެވެ. ނާއިލް އަޝްރާއަށް ބަލައިލިއިރު އަޝްރާގެ ނަޒަރު ސީދާވެފައިވީ އޭނައަށެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ދެހިތުގައިވެސް ރީތި ރާގެއް ކުޅެވެން ފެށިއެވެ. ދެމީހުނަށްވެސް އެކަކު އަނެކަކުގެ ލޮލުން ތަފާތު ކަމެއް ފާހަގަކުރެވުނެވެ. މީގެ ކުރިން ނުފެންނަފަދަ އިހުސާސެެެއް އެދެލޮލުގެ ފަހަތުގައި ފޮރުވާފައިވާހެން ހީވިއެވެ. ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ އެއިހުސާސެއް ދެނެގަނެވޭތޯއެވެ. ދެމީހުންވެސް އެހާ ގާތުވުމުން ދެހިތަށްވެސް އިހުސާސްވަމުން ދިޔައީ ތަފާތު ގޮތަކަށެވެ. ދެހިތުގެ ތެޅުން އަވަސްވެފައިވީއިރު ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭގެ ހިނގުންވެސް ވަނީ އަވަސްވެފައެވެ. ނޭވާ ކުރުވެފައިވީއިރު ދެމީހުންކުރެ އެކަކަށްވެސް އިތުރު ހަރަކާތެއް ނުކުރެވުނެވެ. ކުރެވުނުހާވެސް ކަމަކީ އެކަކު އަނެކަކުގެ ދެލޮލުގެ ޖާދުގައި ޖެހި އެފުން ދެލޮލޮގެ ތެރެއަށް ގެނބިގެން ދިޔައީއެވެ. ވަގުތުގެ ބޭނުން ހިފާ އިއާން އަވަސް އަވަހަށް އޭނަގެ ނާއިލް އާއި އަޝްރާގެ ރީތި ފޮޓޮއެއް ނަގާލިއެވެ. ” ވާއު… ސޯ ރޮމޭންޓިކް… ” ނާއިލް އާއި އަޝްރާއަށް ބަލަހައްޓާާއިގެން ހުރެ މިންހާ ބުނެލިއެވެ. ” މޭޑް ފޯ އީޗް އަދަރ… ” ހިނިތުންވެލަމުން އެހެން ބުނުމަށްފަހު އިއާން މިންހާއަށް ނަޒަރެއް ދިނެވެ. އެވަގުތު މިންހާވެސް އިއާންއަށް ބަލައިލަމުން ލުއި ހިނިތުންވުމެެއް ހަދިޔާކުރިއެވެ. މިންހާ އާއި އިއާންގެ އަޑަށް އަމިއްލަ ދުނިޔެއިން ނިކުމެވުނު ނާއިލް އާއި އަޝްރާ އަވަހަށް ތެދުުވެ ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ.
މިންހާ އާއި އިއާން ލާނެއް ހިނިތުންވުމެއް ވެރިކުވައިގެން ހުރެ ނާއިލް އާއި އަޝްރާއަށް ބަލަމުން ދިޔައެވެ. ” ކިހިނެއްވީ ދެމީހުން މާވައްތަރަކަށް ތިބަލަނީ… ” ކަމެއް ހިނގިކަމެއްވެސް ނޭނގޭ ކަމަށް ހެދެމުން އާދައިގެ ގޮތަކަށް ނާއިލް އަހާލިއެވެ. ” މާ ރޮމޭންޓިކް މަންޒަރެެއް ފެނުނީމަ… ބަލަހައްޓާއިގެން މިހެން ހުރެވޭހާ ގުޅޭވިއްޔަ ދެމީހުންް އެކުގަ ފެންނައިރު…” އިއާން ސަމާސާ ރާގެއްގައި އެއްލޯ މަރާލަމުން ބުނެލިއެވެ. އެއާއެކު މިންހާއަށް މަޑުމަޑުން ހެވުނެވެ. ” މި ނާއިލްގެ ކަންތަކޭ… ނާއިލް ވެއްޓިގަތީއެއްނު… ” ދެބުމަ ގޮށްޖަހާލާ ރުޅި އަންނަ ކަމަށް ހެދެމުން އަޝްރާ ބުނެލިއެވެ. ”އާޗާ… ކިހާ ރީތި… އެންމެ ފަހުން މަށެއްނު މިމަތިވީ… ކާކުތަ މަގޭ ގަމީހުގަ ހިފާފަ ދަމައިގަތީ… އަޝްރާ އެހެން ހެދީމަދޯ މަ ވެެއްޓުނީ… ” އަޝްރާއަށް ކުރިމައްޗަށް ވާނޭހެން ހުއްޓިލަމުން ނާއިލް ވާހަކަ ދެއްކިއެވެ. ” ނާއިލް ކުޝަން ނުދޭން ގަދަ ހެދީމަ ދޯ އަހަރެން ކުޝަންގަ ހިފާފަ ދަމައިގަތީ… ” އަޝްރާވެސް ރީތިކޮށް ނާއިލް އާއި ކުރިމަތިލަމުން ބުނެލިއެވެ. ” އަޝްރާ އަހަރެން ގައިގަ ޖަހާނެކަން ޔަގީންވީމަ ނުދިނީ… އެހެންނޫނަސް އަޝްރާއެއް ފެއްޓީ… ” ނާއިލްވެސް ދޫދޭކަށް ބޭނުމެެއްނުވިއެވެ. ” އޯހް… އަހަރެންތަ ފެއްޓީ… ” މޫނު މައްޗަށް ވައްތަރެއް ޖައްސާލަމުން އަޝްރާ ބުނެލިއެވެ. ނާއިލް އާއެކޭ ބުނެ ބޯޖަހާލިއެވެ. ” ނާއިލް ހޭންފެށީމައެއްނު އަހަރެން ކުޝަން އެއްލީ… ސޯ ޔޫ ސްޓާޓެޑް ފަސްޓް… ” ނާއިލް އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އަޝްރާ ބުނެލިއެވެ. ” ރުޅިއައިސްގެން ގޮސް ޓޮމާޓޯއެއްހާ މޫނުކޮޅު ރަތްވީމަ ހެވޭނެ ދޯ… އަޝްރާ ފުރަތަމަ ރުޅިއައީ… އަދި ފުރަތަމަ ބަޕްޖީ ވާހަކައިން ފެއްޓީވެސް އަޝްރާ… ސޫ ޔޫ ސްޓާޓެޑް ފަސްޓް… ” ނާއިލްވެސް އިނގިލި ދިއްކޮށްލަމުން ވާހަކަ ދެއްކިއެވެ.
” ސްޓޮޕް އިޓް… ” ދެކަންފަތުގައި އަތް އަޅާއިގެން ހުރެ އިއާންއަށާއި މިންހާއަށް އެއްފަހަރާ ބުނެލެވުނެވެ. ދެމީހުނަށް އެއްފަހަރާ އެހެން ބުނެވުނު ގޮތުން އެންމެނަށް އެކުއެކީގައި ހެވުނެވެ. ” އަދިވެސް ސަކަރާތްގަނޑު ނުނިމޭތަ… ދެން ތިހުނުން ހުއްޓާފަ އާދޭ އަވަހަށް އެންމެން ސައިބޯން… އާންގެ ބައްޕަވެސް އަންނާނެ އިރުކޮޅަކުން… ” ސިޓިން ރޫމަށް ވަދެގެން އައި އާސިމާ އެހެން ބުނެ ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. ” ހެހެހެ..، އާސިމާއްތާ… މިހާރު ހީހީވެސް ބަނޑަށް ތަދުވެެއްޖެ… ތުއްތުއާ އަޝޫއާ ޖެހިއްޖިއްޔާ ހީވަނީ ހަތަރު ފަސްއަހަރުގެ ދެކުޑަކުދިންހެން… ” ކާކޮޓަރިއަށް ވަންނަމުން މިންހާ ވާހަކަ ދެއްކިއެވެ. ” އާނ… މިންނު ތިބުނީ ހަމަ ތެދެއް… އެއްވަރުގެ ދެމީހުން މީ… ހެހެހެ… ” ނާއިލް އާއި އަޝްރާގެ ކަންފަތުފައި މަޑުމަޑުން ހިފާލަމުން ލުއި ހުނުމަކާއެކު އާސިމާ ބުނެލިއެވެ. އެންމެން ސައިބޯން އަރާ ހަމަޖެހުނުތަނާ އަރީފްވެސް އައިސް ބައިވެރިވިއެވެ. ތަފާތު އެކި ހެދިކާތަކުން މޭޒު މަތި ފުރާލާފައިވީއިރު ދެތިން ވައްތަރު ފޮނި ތަކެތިވެސް ހުއްޓެވެ. އެގޮތުން ޗޮކްލެޓާއި ވެނީލާ ފްލެވާގެ ކޭކުގެ އިތުރުން ޕުޑިން ހުއްޓެވެ. ސައިބޮމުން ދިޔައިރު ބައެއް ވާހަކަތައް އެއެންމެންގެ މެދުގައި ދެކެވެމުން ދިޔައެވެ. އުފާވެރި މާހައުލެެއްގައި ތިބެ ސައި ބުއިން ކުރިއަށް ދިޔައިރު އިރުއޮރުކޮޅުން އިއާން އާއި މިންހާގެ ނަޒަރު ބައްދަލުވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ދެމީހުން އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލައެވެ. ސައިބޮއެ ނިންމާލުމަށްފަހު އިއާން އާއި ނާއިލް ނުކުތީ ބޭރަށެވެ. މާލަސްވެފައި ހުރުމުން މިންހާ އާއި އަޝްރާ ބޭރަށް ނުގޮސް އަޝްރާގެ ކޮޓަރީގައި މަޑުކޮށްލިއެވެ. މިންހާ ގެއަށް ދިޔައީ މަޢްރިބް ނަމާދު ވަގުތު ކައިިރިވާން ފެށުމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. ކަޅު ކުލައިގެ ސާލެއްފަދަ އުޑުމަތީގައި ހުދު ކުލައިގެ ޖަވާހިރުތަކެއް ފަދައިން އެތައް ހާސް ތަރިތަކެއް ވިދާ ބަބުޅަމުން ދިޔައެވެ. ހަނދުވެސް އޭގެ މަގާމުގައި ފުރިހަމަކަމާއެކު އޭގެ ޒިންމާ އަދާކުރަމުން ދިޔައެވެ. މިއިން ކޮންމެ މަންޒަރަކުންވެސް ދޭހަވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމެވެ. އެއްވެސް ތަނބަކާއި ނުލައި އުފުލިފައިވި އުޑާއި މިއަނދިރި ކަމުގައިވެސް އަލިކަން ފޯރުކޮށްދެމުންދާ ހަނދާއި ތަރިތަކުން އެކަލާނގެ ކުޅަދުންވަންތަކަން މިކަންކަމާމެދު ވިސްނާލި ކޮންމެ މީހަކަށްވެސް ދޭހަވާނެކަން ގައިމެވެ. އެހެނަސް ދެރައީ މިހާރަކަށް އައިސް މިއިން ކަމަކާވެސް ވިސްނާލަނީ އަހަރެމެންގެ ތެރެއިން ވަރަށް މަދު މީހެެއްކަމުންނެވެ. އަހަރެމެންގެ ތެރެއިން ގިނަ އިންސާނުންގެ ރެއާއި ދުވާލުގެ ވަގުތުތައް ހޭދަވެގެން ދަނީ ދުނިޔޭގެ އަރާމާއި އުފާވެރިކަން ހާސިލްކުރުމަށެވެ. އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރެވެނީ ވަރަށް މަދު ބަޔަކަށެވެ. އެންމެ ކުޑަމިނުން މިފަަދަ ކަމަކާ ވިސްނާލުމުގެ ފުރުސަތުވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުނަކަށް ނުވެއެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުނަށް އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ފަރުޟު ފަސް ނަމާދުވެސް އޭގެ ވަގުތުގައި އަދާނުކުރެވެއެވެ. ސައްވީސް ގަޑިއިރު ހޭދަވެގެންދާއިރު ކީރިތި ޤުރުއާނުން އާޔަތެެއް ކިޔަވާލާނެހާ ވަގުތުވެސް އަހަރެމެނަށް ނުލިބެއެވެ. މިފަދަ ކަންކަމަކީ އަހަރެމެން ވިސްނާލަންޖެހޭ ކަންތައްތަކެވެ. އެކަންކަމާމެދު ވިސްނާ އަހަރެމެންގެ އަމަލުތައް ރަނގަޅު ކުރަން މަސައްކަތްކުރަންޖެހެއެވެ. ދުނިޔެ އާއި އާޚިރަތުގައިވެސް ކާމިޔާބީ ލިބޭނީ އޭރުންނެވެ. ބެލްކަނީގައި އުޑަށް ނަޒަރު ހުއްޓާލައިގެ ހުރި ނާއިލްގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ މިފަދަ ޚިޔާލުތަކެކެވެ. އެފަދަ މަންޒަރުތަކުން އަބަދުވެސް އޭނައަށް ހިތްހަމަޖެހުން ލިބެއެވެ. ހިތަށް އުފާވެރިކަން ގެނެސްދެއެވެ. އިރުކޮޅަކު ބެލްކަނީގައި އެހެން ހުރުމަށްފަހު ނާއިލް އޭނަގެ ކޮޓަރި ތެރެއަށް ވަނެވެ. އަދި ސޯފާގައި އިށީންދެ ލެޕްޓޮޕުން އޮފީހުގެ ކޮންމެވެސް މަސައްކަތެއް ކުރަން ފެށިއެވެ.
އަލޫފް އޭނަގެ ތަނަވަސް ކޮޓަރި ތެރޭގައި ހުރި ބޮޑު ސޯފާގައި އިނެވެ. އޭނަގެ ނަޒަރު ސީދާވެފައިވީ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި ބައިންދާފައި އިން ލެޕްޓޮޕުގެ ސްކްރީނަށެވެ. ލެޕްޓޮޕުގެ ސަކްރީނުން ފެންނަމުން ދަނީ މިންހާގެ ތަސްވީރެކެވެ. ކަޅި ޖަހާނުލާ މިންހާގެ ތަސްވީރަށް އަލޫފް ބަލަމުން ދިޔައިރު އޭނަގެ ސިކުނޑީގައި އެތައް ޚިޔާލެއް ދައުރުވަމުން ދިޔައެވެ. އޭނަގެ މޫނު މަތި ވަނީ މިލާފައެވެ. ހިތުގައި ވަނީ ރިހުމެއް އުފެދިފައެވެ. ހިތް އެދެނީ މިންހާގެ ސޫރަ ހަމަލޮލުން ދެކިލުމަށެވެ. ކުރެވުނު ކަންތައްތަކަށް މަޢާފަށް އެދި އަދި އެއްފުރުސަތު ދިނުމަށެވެ. މިފަދަ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިފައިވި އެވަގުތު އެޚިޔާލުތަކުން ނިކުމެވުނީ ރިންގުވަމުންދިޔަ ފޯނުގެ ސަބަބުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވި ޝަމްހާގެ ނަން ފެނުމާއެކު އޭނަގެ ހިތަށް ފޫހިކަމެއްވެރިވިއެވެ. ފޯނަށް ޖަވާބު ދޭހިތްނުވި ނަމަވެސް އަލޫފް ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. އިރުކޮޅަކު ޝަމްހާ އާއި ވާހަކަ ދައްކާލުމަށްފަހު އަލޫފް ފޯނު ބޭއްވީ ނިދާލަން ބޭނުންކަމުގައި ބުނެއެވެ. ޝަމްހާވެސް މާދަމާ އޮފީހުން ބައްދަލުވާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ.
މިންހާ ޑްރެސިން ޓޭބަލް ކުރިމަތީ އޭނަގެ ގަދަ މުށި ކުލައިގެ ރާޅު ބާނި އިސްތަށިގަނޑުގައި ފުނާ އަޅަން އިނެވެ. އޭރު އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދުގެ އެކި ޚިޔާލުތަކެވެ. އިރުއިރުކޮޅުން ސިޑި މަތީގައި ހިނގި ހާދިސާ އޭނަގެ ލޯ ކުރިމަތީގައި ސިފަވެގެންދާހެންވެސް ހީވެއެވެ. އެއިން ކޮންމެ ފަހަރަކުމެ މިންހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއެވެ. އެޚިޔާލުތަކުގައި އިން މިންހާއަށް ސިހުމެއް ލިބުނީ ޑްރެސިން ޓޭބަލް މަތީގައިވި އޭނަގެ ފޯނަށް މެސެޖެއް އައި އަޑަށެވެ. ފޯނަށް ބަލައިލި މިންހާގެ ދެބުމަ ގޮށްޖެހުނީ އަނެެއްކާވެސް އެނުދަންނަ ނަންބަރުން މެސެޖު ކުރުމުންނެވެ. މިފަހަރުވެސް ލިޔެފައިވަނީ ހަމަ ކުރިންވެސް ލިޔާ އިބާރާތްކޮޅެވެ. މިންހާ އަޅާވެސްނުލާ ފޯނު ބޭއްވިއެވެ. ފުނާ އަޅާ ނިދަން ތައްޔާރުވެވުމުން ބެލްކަނީގެ ދޮރު ދަމާލާ ފޯނު ހިފައިގެން ގޮސް އެނދުގައި އޮށޯވެ ލައިޓްތައް ނިއްވާލާ ނިދާއިރު ދިއްލާ ލައިޓް ޖައްސާލިއެވެ. އޭސީގެ ފިނި ގަދަކޮށްލުމަށްފަހު ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔުމަށްފަހު ނިދާލުމަށް ދެލޯ މަރާލިއެވެ. މާގިނަ އިރެއްނުވަނީސް ނިދީގެ ފޮނި އާލަމަށް މިންހާ ގެނބިގެން ދިޔައެވެ. އޭރު އެތުނި ތުންފަތުގައިވީ ހިނިތުންވުމެކެވެ.
ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް ގަޑި ޖެހުމުގެ ކުރިން ހޮސްޕިޓަލަށް ދިއުމަށް މިންހާ އޭނަގެ ގެއިން ނިކުތެވެ. ބައްޕައަށް އަނެއްކާ އުނދަގޫކުރަން ބޭނުންނުވާތީ ޓެކްސީއެއް ލިބޭތޯ މަސައްކަތް ކުރުމުންވެސް ޓެކްސީއެއް ނުލިބުމުން މިއަދު މިންހާ ހޮސްޕިޓަލަށް މިސްރާބުޖެހީ ހިނގާފައެވެ. ރެސްޓޯރެންޓަކުން ރައްޓެއްސަކާއެކު ނިކުން އަލޫފްގެ ލޮލުގައި ދުވާރު މަތިން ހިނގާފައިދިޔަ މިންހާ އަޅާއިގަތެވެ. އެވަގުތު އަލޫފްގެ ހިތް ވަގުތުން ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ގޮވަން ފެށިއެވެ. ޕާކު ކުރެވިފައިވި އޭނަގެ ސައިކަލު މަތިންވެސް ހަނދާން ނައްތާލާ އަލޫފް އަވަސް ފިޔަވަޅުތަކެއްގައި މިންހާގެ ފަހަތުން ހިނގައިގަތެވެ. އޭނަގެ ރަހުމަތްތެރިޔާއަށްވެސް ބެލުމެެއްނެތި އަލޫފް ކުރިއަށް ހިނގަމުން ދިޔައެވެ. ” މިނޫ… ” މިންހާއާ ތަންކޮޅެއް ކައިރިވުމާއެކު އަލޫފް ގޮވާލިއެވެ. އެއާއެކު ޚިޔާލެއް ފިކުރެއްނެތި ހިނގަމުންދިޔަ މިންހާގެ ހިނގުން ހުއްޓުނެވެ. އެނަމުން އޭނައަށް ގޮވާނެ ހުންނަނީ ހަމަ އެންމެ ފަރާތެކެވެ. މިންހާ މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލިއެވެ. އަލޫފްގެ ސޫރަ ފެނުމާއެކު މިންހާގެ ދެބުމަ ގާތްވެގެން ދިޔައެވެ. އިރުކޮޅަކު އެހެން ބަލަން ހުުރުމަށްފަހު މިންހާ ފަސްއެނބުރި އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. މިންހާ ބަލައިލުމުން ހުއްޓުންއަރާފައިހުރި އަލޫފްއަށް ހޭވެރިކަންވީ އެހިސާބުންނެވެ. ” މިނޫ… ލިސެން ޓު މީ ޕްލީޒް… އެއްފަހަރު އަހަރެން ދައްކާ ވާހަކަ އަޑުއަހާލާ… ޕްލީޒް މިނޫ… ލިސެން ޓު މީ… އައި ސްޓިލް ލަވް ޔޫ… ” މިންހާ އަޅައިވެސްނުލާ ހިނގާފައި ދާން ފެށުމުން އަލޫފް އޭނަގެ ހިނގުން ބާރުކޮށް މިންހާ އާއި އެއްވަރު ކުރަމުން ވާހަކަ ދެއްކިއެވެ. އޭރު މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ ގިނަ ބައެއްގެ ނަޒަރު ވަނީ އެދެމީހުނަށް ހުއްޓިފައެވެ. ” އަލޫފް… އައި ޑޯންޓް ހޭވް އެނީ އިންޓްރެސްޓް ފޯ ވަޓް ޔޫއާ ސޭއިން… ޖަސްޓް ގޯ ފްރޮމް ހިއާ… މިހާރުވެސް އެންމެން އެބަ ބަލާ… ” ނުރުހުންވެފައި މިންހާ ވާހަކަ ދެއްކިއެވެ. ” އައި ޑޯންޓް ކެއަރ ކިތަންމެ މީހުނެެއް ބެލިޔަސް… އެއްފަހަރު ނަމަވެސް އަހަރެންގެ ވާހަކަ އަޑުއަހާލާ… ޕްލީޒް މިނޫ… އައިމް ސޮރީ… ވެރީ ސޮރީ… އައި ސްޓިލް ލަވް ޔޫ… ” އަލޫފް މިންހާގެ އަތުގައި ހިފަހައްޓާ އާދޭހާއެކު ވާހަކަ ދެއްކިއެވެ. ” މިހާރު އަހަރެން އަލޫފްގެ ލޯތްބެެއް ބޭނުމެެއްނޫން… އަހަރެން ތިލޯތްބައް އެންމެ ބޭނުންވިއިރު ކޮބާ އަލޫފް… އަލޫފް އަހަރެންނަށް އޮޅުވާލާ އެހެން އަންހެން ކުއްހަޖާއެކީ ނޫންތަ އަހަރެންގެ ކުރިމަތީގަ އުޅުނީ… މިހާރު ދެން ކީއްކުރަން އަހަރެންގެ ފަހަތުން ތިއުޅެނީ… ޖަސްޓް ލީވް މައި ހޭންޑް…” ނުރުހުންތެރިކަމާއެކު އެހެން ބުނެ އަލޫފްގެ އަތް ފޮޅުވާލުމަށްފަހު މިންހާ މަގު ހުރަސްކުރަން ހިނގައިގަތެވެ. ” މިންހާ… ” ހިތްހަމަނުޖެހިފައި ހުރިވަރުން ރަނގަޅަށް މަގަށް ބެލުމެއްނެތި މަގު ހުރަސް ކުރި މިންހާގެ ގައިގައި އެވަގުތު އައި ޕިކަޕުން ޖެހުމާއެކު އަލޫފްއަށް ބާރަށް މިންހާގެ ނަމުން ގޮވާލެވުނެވެ. އެވަގުތު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓުންހެން ހީވިއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެންމެންގެ ނަޒަރުވެސް ދުރަށް ވިއްސައިގެން ގޮސްފައިވި މިންހާއަށް ހުއްޓުނެވެ.
117
85 Comments
Comments are closed.
ifoo
March 10, 2019 at 9:26 pmSalaam dear readers… Here is the next part… Hope all will like this part too… Feel free to comment your views… Thankyou soooooo much dear for the support n love ❤️❤️❤️?????????… Mistakes huredhaane… Check vx nukoh mi up kohly… Today also was too bxy that’s why check kuran time nulibuny n late v vx… Sorry dear readers… Once again thankyou so much dear readers ifoo ah thidhey support ah ❤️❤️❤️?????????… Waiting for the comments ???… Love you all ❤️❤️❤️?????????…
Ishu
March 10, 2019 at 9:28 pmIfoo thy Ifsha tha??
ifoo
March 11, 2019 at 9:22 amNo I’m not ???…
Anonymous Nua
March 10, 2019 at 9:29 pmMe dhw first. Vvvv loabi mi prt vs. Wen next prt???❤???????????❣?
ifoo
March 11, 2019 at 9:23 amAnonymous Nua ❤️❤️❤️… This time ur second ???… Thankyou soooooo much dear ❤️❤️❤️????????… V v v ufaavehje story kamudhiyaima ???… Next part In Sha Allah Wednesday night ga ???… Much more loves from me ❤️❤️❤️?????????…
Maayu
March 10, 2019 at 9:37 pmIfooo.. kihineh thihedhyy?? Minnu ah Dera gotheh nahadhahcheyy.. mi part vx v reethi ingeyy.. best of luck dear❤❤❤❤
ifoo
March 11, 2019 at 9:25 amMaayu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I’m so happy to see ur comment ???… Hhehe… Let’s see what happens ???… Much loves ❤️❤️❤️?????????…
jiji
March 10, 2019 at 9:42 pmHeii ifoo lwbs..kiyaalaafa comment eh kohlaanan ingey?❤❤??????..kon irakun nxt prt upkohladheyny..vrh vrh ufaa vejje thihaa bxy koh ulhemun vx stry upkohla dhinyma..
ifoo
March 11, 2019 at 9:26 amJiji ❤️❤️❤️… Yesss dear ???… Next part In Sha Allah Wednesday night ga ???… Much loves ❤️❤️❤️?????????…
Ishu
March 10, 2019 at 9:45 pmMe first dhw nice story ifoo are u ifshaaa???
ifoo
March 11, 2019 at 9:29 amIshu ❤️❤️❤️.. I’m not ifsha… My real name is not ifsha ???… Thankyou sooo much n much loves ❤️❤️❤️?????????…
yaaanaa
March 10, 2019 at 9:47 pmAloof mihaarh keehkurantha minnu fahathunn e ulhenee.. aloof aaa minnu aa nugulhuvahche.. minnu aa aann gulheneee.. alheyy ifooo kihineh thi hedhee… minnu ah dhera gotheh nuhadhache.. mi part vss varah varah reethi.. ???mashah allah ??? varah furihama.. u r the best..???so proud of u ???❤❤❤dhnn inn part avahah up kohdhehche ingeyy.. love u..????
ifoo
March 11, 2019 at 9:31 amYaaanaa ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavey regular koh mihaaru yaaanaa ge comment fennaathy ???.. Aloof dhw… Let’s see what happens ???… Heevx nukuraa gothakah vedhaane ingey ???… Next part In Sha Allah Wednesday night ga… Keep waiting dear ???… Much more loves from me ❤️❤️❤️?????????…
male girl
March 10, 2019 at 9:55 pmNice.. are you ifsha ifooo?? Dont mimd
ifoo
March 11, 2019 at 9:33 amNo… I’m not ifsha ifooo.. I’m ifoo ifoo ???… Thankyou so much ❤️❤️❤️?????????…
Naum
March 10, 2019 at 10:03 pmAlhey..minnu accident v ..???..hope she will be fine..
By the way story v v v v v reethi..??.. MashaAllah… hama obiness to the max…
When next part? …much love ❤?❤?❤?
ifoo
March 11, 2019 at 9:34 amNaum ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???.. Let’s see what happens… Heenukuraa gothakah vx kanthah hingaa faane ???… Next part In Sha Allah Wednesday night ga ???… Keep waiting ???… Much more loves ❤️❤️❤️?????????…
Mahoo
March 10, 2019 at 10:05 pmMi part vess varah reethi ??when next part up kuranyy☺☺waiting for next part….
ifoo
March 11, 2019 at 9:36 amMahoo ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Wednesday night ga ???… Much loves ???❤️❤️❤️??????…
unique
March 10, 2019 at 10:39 pmalhey ifoo dont do that with minnu
vaahaka varah habeys
just love it
ifoo you are amazing
just varah loabi
lovess’and much more misses
ifoo
March 11, 2019 at 9:37 amMy dear sweet unique ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Let’s see what happens ???… Heenukuraa gothakah vx kanthah hingaa faane ???… Much more loves n misses ❤️❤️❤️?????????…
Bodu moya
March 10, 2019 at 10:53 pmPlxxx mennu ah dherald gotheh nahadhaa thi ??
ifoo
March 11, 2019 at 9:38 amLet’s see what happens ???… Anything is possible ???… Hhehe… Thankyou ❤️❤️❤️?????????…
Alya
March 10, 2019 at 10:55 pmMasha allah?❤ . Ifoo i surely agree your such a great writer. To be honest at first i was not much interested in your story but now im happy that i read your stories. Really interesting and loving ifoo..
Ibaaraayh kurun adhi sifa kurun varah furihana❤
keep going girl❤
Best wishes ❤
Consider me a sister from another mother ❤
Loves much ❤?
ifoo
March 11, 2019 at 9:42 amAwwwwnn ❤️❤️❤️???… Thankyou soooooo much Alya ❤️❤️❤️???… I’m just speechless ???… V v v ufaavehje ???… It means a lot for me ???… V v v ufaavehje mihaaru story reethi v ma ???… Much much more loves from me ❤️❤️❤️?????????…
juma
March 10, 2019 at 10:56 pmkihineh evee, minnuge accident, no! minnun accident nukoh e ulhey aloof ge accident vinama, ma ufalun rashu rahyitunnah kaandheynan,
anyways mi part ves varah nice, keep going dear, alhun beynun mi story konme day aku up vaan, can u plxx up the story every day,,plxxxxxx,
when next part
ifoo
March 11, 2019 at 9:46 amJuma ❤️❤️❤️… Hehhe ???.. Hama ehaa rulhi aadhey dhw aloof dheke ???… Hhehe… Thankyou soooooo much dear ❤️❤️❤️?????????… I’m so sorry juma I won’t be able to upload the story daily???… Ifoo jobga ulheythy n ifoo rough koh vx ehvx ehcheh ga story nuliyan… Hama mind ga plan kohgen story typ kurany… Plus family n friends ah vx time dheyn beynun… So ehenve daily koh up nukurevny… Sorry dear… Hope you will understand ???… Next part In Sha Allah Wednesday night ga… Much more loves from me ❤️❤️❤️?????????…
Choppi
March 10, 2019 at 11:16 pmMashallah. Mi part ves varah reethi. Plz ifoo this time minnu aai aloof nugulhuvachey. Aan sacrificed alot. Not for few day or months. He did for years. N he still love her n is ready to anything for her happiness. So I hope minnu accept his love this time. Aan deserves more.. waiting for next part..
Choppi
March 10, 2019 at 11:17 pmMashallah. Mi part ves varah reethi. Plz ifoo this time minnu aai aloof nugulhuvachey. Aan sacrificed alot. Not for few day or months. He did for years. N he still love her n is ready to do anything for her happiness. So I hope minnu accept his love this time. Aan deserves more.. waiting for next part..
ifoo
March 11, 2019 at 9:49 amChoppi ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Let’s see what happens ???… Hithah vx naaraa gothakah hama vedhaane ???… Next part In Sha Allah Wednesday night ga… . Much more loves from me ❤️❤️❤️?????????…
Scarlet
March 11, 2019 at 12:17 amOh Godd minnu ah keeh e eveee???? Alheyyy ifooo minnu ah dhera gotheh nahadhachey plsss ??? Varah dhera vaane eyrun
I think minnu bali vefa onna dhuwaskolhu aaan ge caring fenifa loabi veveynee hen wish so badly four of them to get back . And pls avahah next part ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Can’t wait ehaa dhuwaheh vandhn
ifoo
March 11, 2019 at 9:50 amScarlet ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Minnu dhw… Let’s see what happens ???… Anything might happen ???… Heheh… Next part In Sha Allah Wednesday night ga… Keep waiting dear ???… Much more loves from me ❤️❤️❤️?????????…
Takko
March 11, 2019 at 12:27 amWhen is next part???
Looking forward to it!
I love this story..?
ifoo
March 11, 2019 at 9:52 amTakko ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Wednesday night ga ???… Much loves ❤️❤️❤️?????????…
Ra
March 11, 2019 at 2:18 amMasha allah wow you are great story writter i love u and hope u will write more romantic stories for us ?????❤??
ifoo
March 11, 2019 at 9:53 amAwwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Mi Story gavx adhi romantic parts annaane ???… Keep waiting dear ???… Much much more loves from me ❤️❤️❤️?????????…
Naai
March 11, 2019 at 6:16 amMasha Allah vrh reethii?? Ur my favorite writter❤ keep it up?? avahah next part up kurahchey?? waiting for next partt??❤❤❤
ifoo
March 11, 2019 at 9:54 amAwwwwnn ❤️❤️❤️???… Thankyou soooooo much naai ❤️❤️❤️?????????.. V v v ufaavehje favourite writer ah v ma ???… Next part In Sha Allah Wednesday night ga ???… Much more loves from me ❤️❤️❤️?????????…
Cute Lips
March 11, 2019 at 8:30 amwhat the y did u do that to minnu… mi hama e firihenaa ge kanthah… bodu vehjje kameh shahaadheh .. e aloof gandu jeheytha minnu fahaa annan..dhn v foohi vey.. e aloof nainama minnu ah ehn nuvees kanneyge.. dhn v v v v foohi.. i hate u aloof.. kury faharuvs minnu ah dhera dheefa.. mifaharu vs minnu ah dhera thi dhiny.. i will never ever forgive u idiot… thee asleh nama kihaa rangalhu athuga jehihjeyaa nolhaa laanan.. aaaaaaaaaarrrrrrrrrrrggggggggggghhhhhhhhhh … I HATE YOU MORTAL
ifoo
March 11, 2019 at 9:56 amCute Lips ❤️❤️❤️… Heheheh… Haadha rulhi eh aloof dheke ???… Let’s see what happens ???… Thankyou soooooo much ❤️❤️❤️?????????… Much loves ❤️❤️❤️?????????…
jiji
March 11, 2019 at 10:04 amHehe ifoo ???..Cute lips akah neygeyne rulhi annaakah??..ehn meehun dheke rulhi annane gothuge lesson eh nagaidheny… ??
ifoo
March 11, 2019 at 10:51 amHhehe… Aee dhw mivaa gothakee ???…
Cute Lips
March 11, 2019 at 5:51 pmmi jiji vs dw.. kihineh ingeny Cute Lips ah rulhi annan neygey kameh…hummmm….
jiji
March 12, 2019 at 2:51 pmHehe..Cute lips bunymehnu rulhi eh naannamey ehaa faseyha koh..hehe????????❤??
Inu
March 11, 2019 at 8:37 amDhn inu ah hyvany hama typical dhivehi stries thah gothah hen vaany!!!!minnu dhn accident veema handhaan netheyny…handhaan hunnaany hamaekani aloof aa ehkoh ulhun dhuvas thah mathin…dhn anehkaa minnu and aloof gulheynyy….mee hama hurihaa dhivehi stries akun vaa goiyy..and i think mi stry in ves dhn vaany ehn…dhn aslu ehaa ehaa eh noon dhw abadhu minnu ah dheragoiyy thah vaathy…..mi part mi kiyaalyves dhn anna part akun minnu and aan ge gulhun varugadha vaane kamah hykohfa….dhn minnu and aan nugulhuvaathy ves ehaa ehaa eh noon….but mi stry hama rythi….mi bunii inu ah fenna goiyy….dont be angry ifoo…..❤❤❤❤❤❤
ifoo
March 11, 2019 at 9:59 amInu ❤️❤️❤️… Ifoo ehgothakahvx rulhi eh naadhey ingey ???… V v v ufaavehje hiyaalu faalhu kohleema ???… Thankyou soooooo much ❤️❤️❤️?????????… Ifoo hundred percent yageen kann dhen mi story v thafaathu vaane kamah ???… Kuriah huri parts thakun egeyne ???… Hope kuran Inu ifoo ge mi Story kuraane kamah ???… Much more loves from me n hope to see ur comment more often ❤️❤️❤️?????????…
jiji
March 11, 2019 at 8:38 amAlheyy minnumerable salaamaiy kohba dhn ????????..Masha Allah…?????????????✊✊?????????..haadha reehchey mi part vx…ehaa dhigu koh genesdhinyma vrh ufaa vejje..Ifoo thy hama best writer nge..aan n minnu ge Rom thankolhuvx vrh habeys?????????????❤❤????????..Can’t say how beautiful the stry is..u r really good…masha allah..ifoo ah mi rongun kuriah dhaan jiji ge support libeyne…In Sha Allah????..alhe minnu n aan gulhuvaba…I can’t wait to see them together❤??❤(orange_heart)(black_heart)??..nd naail n ashra ulhey gothun hee heee bindheyvaruvey..vrh majaa edhemeehun..hama sifakohlevey.. hyvany mi Ulheveny emeehun ge scene thah nagaa meehehge gothuga jiji ah hurevey hn…????????????????????????❤❤??..avahah up kohdhehchey nxt prt…I am waitingggggg???????✊????????????????????..kyp up the gud wrk..Wish u all the best..One of my fav author ifooooo..ly??????????????????
ifoo
March 11, 2019 at 10:49 amJiji ❤️❤️❤️… I have no words to describe how much happy I am ???… Thankyou soooooo much for the support n love ???❤️❤️❤️??????… V v v ufaavehje ???… U are a true supporter ??????… Hope kuran abadhuvx thigothugai hunnaane kamah ?❤️❤️❤️???… Let’s see what happens ???… Heenukuraa gothakah vx kanthah hingaa faane ???… Heheh… Once again thankyou so much n much more loves from me ???❤️❤️❤️??????…
Ifooo
March 11, 2019 at 8:43 amS alhi ey
ifoo
March 11, 2019 at 10:50 amIfooo ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…
Naju
March 11, 2019 at 11:19 amOmg ??? Minnu ah mivy kihineah alhey ifoo dear plxxxxx minnu ah dhera gotheh nuhadhahchey n I think dhn accident ge sababun minnu handhaan netheyny hen ??????… As usual mi partvx v v v rom n nice ???❤❤❤… Ibaaraaih kurunvx v v v furihama I can image each n every scene in it ??????… Ifoo dear thank you sooo much ingey mihaa nice n intresting story eh genasdheythyve ??????… curiously waiting for the next ??????… much n more loves ???❤❤❤??????????????????????????????
ifoo
March 11, 2019 at 11:58 amNaju ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????… V v v ufaavehje comment kohleema ???… Let’s see what happens… Anything might happen… Heenukuraa gothakah vx kanthah hingaa faane ???… Heheh… Much more loves from me ❤️❤️❤️?????????…
maai
March 11, 2019 at 12:29 pmwow…wow..wow..wow…??????????????
haadha reachey mi partves?????????????
masha Allah … ifoo thee vvvvv talented kujjeh… reethi kamun neyege bunaane ekahcheh vrs..????????????
alhe knthaakun tha mi vaahaka liyan idea hoadhy…haadha reachey sifa kurunthah ves…❤❤❤❤❤
your one of the best write…
ekam vv dhera vejje mi part nimey goii…???? minnu ah ehen nahadhachey…plx plx…maai ah heevany minnu ge memomory dhaany hen accident vefa…i hate u aloof…..???
mi vaahaka kiyaa gadee ha sifa v kausty ge scene eh …???
alhe haadha reachey hurihaa baeh ves…ashra n nail ge part ves hama habeys..adhives ekudginge part majaa kolachey…next part ah wait kuran eba…..
love u my young writer❤❤❤❤❤❤❤❤❤❤❤❤❤❤
miss u so much ifoo dhoony????????????
your big fan maai
ifoo
March 14, 2019 at 8:38 amAwwwwnn ❤️❤️❤️???… Maai ❤️❤️❤️… I’m just speechless ???… V v v ufaavehje dear ge comment kiyaalaafa ???… Hama bunaane ehchehvx neyngifa mihury ???… Thankyou soooooo much dear for the support n love ???❤️❤️❤️??????… I’m so glad that I got a reader like you ???❤️❤️❤️… Once again thankyou soooooo much dear n sorry for the late reply ❤️❤️❤️?????????… Much much more loves from me my dear big fan maai ❤️❤️❤️?????????…
inaak
March 11, 2019 at 1:37 pmOmg… kihineh mi vy.. Alhe ifoo ehn hadhaakah nuvaane ennu.. n plz minnu ge memory lost vaa gothah nahadhah chey.. ingey.. that aloof.. arrrggggg.. I hate him.???. n Aan ah Neyge vaane gotheh vec Dhn.. efakyru halaaku vaane kanneyge???… btw ifoo.. I just luv u.. n ur stry vec ingey… ur the best… really ur my fav author… I just ❤❤❤❤❤❤❤luv u sooooooo much?????????.. stry v salhi???????
ifoo
March 14, 2019 at 8:40 amAwwwwnn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… Thankyou soooooo much inaak ❤️❤️❤️?????????… Inaak ge comment kiyaalaafa ifoo v v v ufaavehje ???… Let’s see what happens ???… Once again thankyou so much n Much much more loves from me dear ❤️❤️❤️?????????…
juma
March 11, 2019 at 2:41 pmkonme gotheh hadhaafaves e aloof aa minnu nugulhuvaathi, other wise i will stop reading this story
ifoo
March 14, 2019 at 8:41 amHhehe ???… Let’s see what happens ???…
Eye
March 11, 2019 at 3:26 pmMaashaa Allaah story vvvvvv reethi. Alhugandu emme furathama mi story kiyan feshi iru ehaa interesting eh noon. Ekam mihaaru story kiyaahithun hureveny ennoon. Ehenve adhi alah alhugandu comment mi kury. And heevany minnuge kanthah thakaa havaalu vaane doc aky aan hen.
ifoo
March 14, 2019 at 8:44 amThankyou soooooo much ❤️❤️❤️?????????… V v v ufaavehje mihaaru story kamudhiyaima ???… V v v ufaavehje story kiyaalaafa comment eh kohlyma ???… Let’s see what happens ???… Much more loves from me n hope to see ur comment more often ❤️❤️❤️?????????…
A..na
March 11, 2019 at 3:27 pmOwww….. ?????minnu ah ehen nuhadha. ….??????i think eulheny minnu and aan gulhen kanneyge… ☺☺☺☺minnu accident v ma aloof ge hadhaan thah fohevigen dhaany and aan ah minnu libeyny…. ???ehen vehjjaa haadha rangalhey…….???? ifooo mi part hama varah obbi.. ifoo ge mi stry hama habeys ….????. ifooo u r the best…?❤❤❤??? as i said before u r the bes writter i evern seen.. ????????????thi gothah hama reethi vaahaka genes dhenyaa u will be hama successful and meehun ge loabi libry kuhjjakah …❤❤?? well done ifoooo….. ???masha allag ifoo u have the talent of a writer…… ????keep it up dear… ????i will try to be ur best and true supporter….✌✌✌✌✌ now i am u r bigggest FAN ifooo……????????? much n much nmuch more luv from me to my best the dearest writter ifooo???????????????????❤❤❤❤❤❤????????
ifoo
March 14, 2019 at 8:48 amAwwwwnn ❤️❤️❤️???… Such a lovely, colourful Comment ❤️❤️❤️??????… I loved it ❤️❤️❤️???… Ur so supportive dear ❤️❤️❤️?????????… Thankyou soooooo much for the support n love ❤️❤️❤️?????????… U are a true supporter dear ❤️❤️❤️??????… Your comments have always encouraged me a lot ❤️❤️❤️?????????… I hope abadhuvx A..na ge support migothah ifoo libeyne kamah ???… Once again thankyou soooooo much for the support n love n much more loves from me ❤️❤️❤️?????????…
Santhi mariyanbu
March 11, 2019 at 7:21 pmVaahaka liyun huhtaalabala boe halaakey
ifoo ge fan
March 12, 2019 at 12:35 pmits none of your bussiness….. if you dont like just dont read it….. we love this story and we love you too ifoo….. so keep working hard….. you are the best….. lots of love ifoo….. waiting for next part…..
ifoo
March 14, 2019 at 8:50 amHeheh… I’m not going to stop it In Sha Allah ???… If u don’t like then don’t read it ???… My supporters are with me n they will read it ???… N thankyou soooooo much ifoo ge fan ❤️❤️❤️?????????… Much loves to you ❤️❤️❤️?????????…
?Muslim?
March 11, 2019 at 9:56 pmFirst of all very sorry for the late comment…. As usual Mi part ves varah reethi ingey ❤️❤️❤️Ma Sha Allah.. U really are the best story writer I’ve ever seen…. The effort u put into ur stories are great…. Just Love the way u make the parts interesting… Even if u don’t know… I just wanted to tell u that I am one of ur biggest fan…. ??????????Simply awesome u are… Love you… Keep up the good work… May Allah fulfill all ur dreams and may be bless u…. Once again love u❤️????
ifoo
March 14, 2019 at 8:53 amAwwwwnn ❤️❤️❤️???… Thankyou soooooo much for the support n love ❤️❤️❤️?????????… It means a lot for me ???… V v v bodah ufaavehje ❤️❤️❤️??????… I’m so lucky that I got a reader like you ???… Once again thankyou soooooo much n much much more loves ❤️❤️❤️?????????…
Annu
March 11, 2019 at 10:34 pmWaiting for the next part eagerly
ifoo
March 14, 2019 at 8:54 amAnnu ❤️❤️❤️… I have uploaded the story last night ???…
Ninni
March 12, 2019 at 7:36 amKithah part innaane mi stry ga?
ifoo
March 14, 2019 at 8:55 amNinni ❤️❤️❤️… Neynge bunaakah cause I haven’t written ???.. Adhivx hunnaane baivaru parts ???…
@Ikleel
March 12, 2019 at 11:37 amYes..!!!…❤❤????…Its finally here again…!!!❤❤????..Wow…!!! ❤❤????…Just speechless dear..❤❤????…The story is just perfect…❤❤????…This part also very intresting..❤❤❤????…Alhey haadha emotional ey mi part…?????…I am addicted to this…❤❤????..OMG…!!! Alhe ifoo,minnu ah kihineh thi hadhany..?????????? Kyve tha abadhu minnu ah dhera goiy hadhany thi…?????????…Minnu save kurachey handhaan koh.??????..Alhe aan sad vaane nun thihen hedhyma…??????..Alhe i feel hw sad he will…??????…Please minnu ge memory ah gotheh nahadhaathi ingey…??????…Minnu komme haaleh ga viyas, aloof aa minnu gulhuvan noolheythi….??????…Minnu maraa nulaathi…?????…Hope she will be fine and She will be with aan soon…❤❤????…Alhe naail men vex kihaa sad vaane minnu ah ehen hedhyma..??????…Nail and ash ge fights v salhi❤❤????….And they also looks great together…❤❤????…Ohh..❤❤????.Is very romantic❤❤????..Romantic scene thah vrh reethi…❤❤????..Ibaaraiy kurumaa bas athuraalun vrh salhi….❤❤????…Komme scene eh vex i can imaging perfectly…❤❤????…Just love this story…❤❤????…Keep it up dear ifoo…You are very telented…❤❤????…Keep going forward achieving the goals…❤❤????…May god bless you and keep you strong…❤❤????..Curiously waiting for next part..❤❤????…Hope everything will be fine in next part…❤❤????..Please ifoo komme gotheh viyas aloof aa minnu nugulhuvaathi ..??????…Really appriciate your hard work…❤❤????…Will support you in everything..❤❤?????…Want thank you a lot for this hard work once again…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
ifoo
March 14, 2019 at 8:57 amWoww ???… Such a colourful long comment ???❤️❤️❤️… Thankyou soooooo much for the support n love ??????❤️❤️❤️???… U are one of the best reader ey buneveynee ???… Let’s see what happens ???… Once again thankyou soooooo much n much more loves from me ❤️❤️❤️?????????…
Anonymous
March 12, 2019 at 12:11 pmMasha Allah
Wow it is a beautiful story n this is the best story n u are the best story writter for me n love u too ifoo ????????❤??????????????????
ifoo
March 14, 2019 at 8:59 amAwwwwnn ❤️❤️❤️???… Haadha loabi colourful comment ekey ???❤️❤️❤️… Thankyou soooooo much Anonymous ❤️❤️❤️?????????… V v v v ufaavehje ???… Much much more loves from me dear ❤️❤️❤️?????????…
Shehe
March 13, 2019 at 5:44 pmAlheyyy wht hppn to minnu. Minnu ah dhera gothah nuhadhahchey ifoo. Anyways this part was so awesome . masha allah??? nd ifoo ur the best nd my fav writer in this site and this this is my fav stry in this site waiting 4 the nxt part. Keep it up ifoo n much more luv from mee ifoo ??????❤?????????
ifoo
March 14, 2019 at 9:01 amAwwwwnn ❤️❤️❤️???… Again a lovely comment ❤️❤️❤️???… Thankyou soooooo much for the support n ???❤️❤️❤️??????… V v v v bodah ufaavehje ???… Let’s see what happens ???… Much much more loves from me ???❤️❤️❤️??????…
Eekko
March 13, 2019 at 8:20 pmMee night ey Koba tha dying to read the next part
ifoo
March 14, 2019 at 9:02 amI’m sorry lasveema ???… Now you can read it ???…
juma
March 13, 2019 at 8:27 pmalhe adhives up nuvanytha
juma
March 13, 2019 at 9:41 pmadhives up nuvanytha
ifoo
March 14, 2019 at 9:03 amI’m sorry juma ???… Now you can read it ???…
Eynaa
March 13, 2019 at 9:58 pmAdhivx up nuvey.Alhey ma mioh Maru vany vaahaka kiyaa hithun goas..minnu ah Dera gotheh nuhadhaathi.. avahah up kurey dhoonyaa??
ifoo
March 14, 2019 at 9:03 amI’m so sorry ???… Now you can read it dear ???…
Anonymous
March 16, 2019 at 5:05 pmKobaa tha next part.kiyaa hithun mihaaru.vv salhi