ކައިރީގައި އެހެނަސް ދުރުގައި 9

- by - 81- November 10, 2018

” ނައިރާ… މީގެ ފަހުން ތީ މިނިވަނެއް… ތިހުރީ ވަރިކޮށްފަ…. ގުޑް ލަކް ފޯ ޔޯ ފިއުޗަރ ” އެންމެ ފަހު ޖުމްލަ އިއްވާލަމުން އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް އާޔަން އެތަނުން ނިކުތެވެ. ގަބު އަރާފައި ހުރި ނައިރާ ހުރީ ރޯންވެސް ނޭނގިފައެވެ. ގައިގެ ވަރުދޫވާހެން ހީވާން ފެށުމުން ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ފަހުން އާޔަން ބުނެލި ބަސްތަކެވެ. ބޯއަނބުރާހެން ހީވުމުން ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. މީހާ ހަމަޔަކަށް އެޅޭހެން ހީވުމުން ނައިރާ އިންތަނުން ތެދުވިއެވެ. ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ކޮޓަރިން ބޭރަށް ދާން ހިނގައިގަތް އިރު އެދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. ކޮޓަރީގެ ދޮރު ހުޅުވާލަފައި ބާރު ހިނގުމެއްގައި ނިކުމެގެން ގޮސް އާޔަންގެ ކޮޓަރީ ދޮރުގައި ބާރަކަށް ދެތިން ފަހަރު ޖަހާލިއެވެ. މީހަކަށް އަޑު އިވިދާނެތީ އެކަމާ މާބޮޑު ފަރުވާލެއް ނެތް ކަހަލައެވެ. ދާދި ދެންމެއަކު ކޮޓަރިއަށް ވަން އާޔަން އަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަހަށް ގޮސް ދޮރު ހުޅުވާލީ ޝާކިރާ ކަމަށް ހީކޮށެވެ. ކުރިމަތީގައި ރުޅިއައިސް ރަތްވެފައި ހުރި ނައިރާ ފެނުމުން އާޔަން ކަންބޮޑުވިއެވެ. ނައިރާގެ ފަހަތުން ކުޑަކޮށް ދޮރުހުޅުވާލައިގެން ބަލަން ހުރި ނިޝީވެސް އާޔަން އަށް ފެނުނެވެ. ނައިރާއަށް އެކަންވެސް ރޭކާ ނުލާކަހަލައެވެ. އަވަސްއަވަހަށް ދެކޮޅު ބަލާލުމަށްފަހު އާޔަން ނައިރާގެ އަތުގައި ހިފާ ކޮޓަރިތެރެއަށް ވެއްދިއެވެ. އަދި އެތެރޭން ދޮރުގައި ތަންޑުއެޅުވުމަށްފަހު ނައިރާއާއި ކުރިމަތިލިއެވެ.

ނައިރާގެ ބޮޑު ދެލޯ އާޔަން އަށް އަމާޒުވެފައިވާއިރު އެލޮލުން ބުނެދޭ ވާހަކައެއް ދެނެގަންނާކަށް އަޔާންއަކަށް ނޭނގުނެވެ. އެހެން ހުއްޓާ ނައިރާގެ ފަރާތުން އާޔަންގެ ކޯތާފަތްމައްޗަށް އަރައިގެން ދިޔަ ހޫނު އެތިފަހަރުން އާޔަންއަށް ސިހުމެއް ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނައިރާއާއި ދިމާއަށް ބަލާލެވުނީ ކުށްވެރިއަކު ފަދައިންނެވެ.

” އެއްމަސް ދުވަހަށް ފަހު އާޔަން އަންނާތީ އަހަރެން ހުރީ ވަރަށް އުފަލުން… ދަރިއަކު ލިބޭން އުޅޭކަމުގެ އުފާވެރި ހަބަރުދިނުމަށް އަހަރެން ހުރީ ކެތްމަދުވެފަ… އަހަންނަށް ފޯނުންވެސް އެހަބަރުދެވުނިސް އެކަމަކު އަހަރެން ބޭނުންވީ އަހަރެން އެހަބަރު ދިނުމުން އާޔަންއަށް ވާގޮތް ބަލަން… އަހަރެން ހިތަށް އެރި އަހަރެން ބަނޑުބޮޑުކަން އެނގިއްޖިއްޔާ އާޔަން ހާދަ އުފާވާނޭ… އުފަލުން ގޮސް އަހަރެންގައިގަ ބައްދާލާ އަހަރެން އުރާލާނޭ… އަހަރެން ވިހަންދެން އަހަންނަށް އިންތިހާއަށް ލޯބިދޭނޭ… ދަރިފުޅު ވިހާދުވަހު އެދަރިފުޅު އާޔަންގެ އަތުތެރެއަށް ލެވުމުން އާޔަން އުފަލުން ރޯނޭ… އެކަމަކު އަހަރެން އެހުރިހާ ދުވަހު ކުރި ފޮނި އުއްމީދުތައް އާޔަން އައިސް ވިއްސިވިހާލިކޮށްލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި… އަހަރެންގެ މިހިތަށް ހާދަ އަސަރެއް ކުރިޔޭ.. މިހިތް ކުދިކުދިވާން އުޅުނު ކަހަލަ… އެދުވަހު ވެގެން ދިޔައީ ހުވަފެނުގައިވެސް އަހަރެން އުއްމީދުކޮށްގެން ހުރި ކަމެއް ނޫން… އާޔަން އެއްވެސް ރަހުމެއްނެތި ބޭރު ގައުމަކަށް އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެން ކުރި އާދޭސްތަކުގައި ކޮޅުފައިން ޖަހާފަ… ރަނާ އާއި އިހާމް ނެތް ނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެނުނީހީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު… ” ނައިރާއަށް ވާހަކަ ދައްކަން އުނދަގޫވެ ރޮވެން ފެށުނެވެ. އާޔަންވެސް އަޑުވީއްލައި ނުރޮއެއް ކަމަކު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ރުއިމުގެ ތެރެއުން އަނެއްކާވެސް ނައިރާ ވާހަކަދައްކަން ފެށިއެވެ.

” ނަމަވެސް އަހަރެން ކެތްތެރިވިން… އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށްޓަކާ… އެދަރިފުޅުގެ މުސްތަގުބަލަށްޓަކާ… ފަސް އަހަރު އާޔަން… ފަސް އަހަރު….” ވާހަކަ ނުދެއްކެވި އަނެއްކާވެސް ނައިރާއަށް ރޮވުނެވެ. އެއަތުގެ ތެރެއަށް ނައިރާ ގެނެސް ބޮނޑިކޮށްލަން ބޭނުންވިނަމަވެސް އާޔަންއަކަށް އެހިތްވަރެއް ނުލިބުނެވެ.  ބަދަލުގައި ދެއަތް މުއްކަވާލެވުނެވެ.

” ފަސް އަހަރުވަންދެން އަހަރެން އާޔަން އަށް އިންތިޒާރުކުރިން… އެހުރިހާ ދުވަސްވަންދެންވެސް އަހަރެންގެ ހިތުގައި އާޔަންއަށް އޮތް ލޯތްބަށް ބަދަލެއް ނައި.. އާޔަންއަށް ނަފްރަތުކުރަން ބޭނުންވިނަމަވެސް އެކަމެއް ނުވި… އެންމެ ފަހުން އަހަރެންގެ މައިންބަފައިން ކައިރިން މާފަށް އެދި އެމީހުން ކައިރިއަށް އެނބުރި އައީ ހަމައެކަނި އަހަރެން ދަރިފުޅަށްޓަކާ އަހަރެންގެ ޔާނީއަށްޓަކާ… ފަހަރެއްގައިވެސް އަހަރެންގެ މާޒީ އަހަންނާ ބައދަލުވެދާނެ ކަމަކަށް ނޫން….” ކޯތާފަތްމަތީގައިވާ ކަރުނަތައް ފޮހެލިނަމަވެސް އަނެއްކާވެސް ލޮލުން ކަރުނަ ހޯސްލާފައި ފައިބާ ގަތެވެ.

” މިރޭ އާޔަން އުޅުނު ގޮތުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހީވި އާޔަން އަހަރެން ކައިރިއަށް އެނބުރި އައިއޭ… އެކުޑަކުޑަ ހިނދުކޮޅުގެ ތެރޭގައި އަހަންނަށް ހާދަ އުއްމީދެއް ކުރެވުނެވެ. އެކަމަކު އަނެއްކާވެސް އާޔަން އަހަރެންގެ ހިތް ކުދިކުދިކޮށްލައިފި… ދުވަހަކުވެސް އަލުން އެކުނުވާނެހެން އަހަރެންގެ ހިތްކުދިކުދިވެއްޖެ… ކީއްވެ އާޔަން ކީއްވެ… ” ނައިރާގެ ގެނައި ކުއްލި ހަރަކާތަކާއި އެކު އާޔަން ކައިރިއަށް ޖެހިލާ ބާރަށް އާޔަންގެ ގިރުވާނުގައި ހިފަހައްޓާލިއެވެ.

” އަހަރެން އާޔަންދެކެ ހާދަ ލޯތްބެއްވެޔޭ… ކީއްވެތަ އާޔަން އަހަންނަށް އެހެން ހެދީ.. ކޮބާ އަހަރެންގެ ކުށަކީ” އާޔަންގެ މޭގައި މޫނުފޮރުވާލަމުން ނައިރާ ރޮމުންދިޔައެވެ. ހަރަކާތެއްކޮށްނުލާ ހުރި އާޔަންގެ ހިތްވެސް ކުދިކުދިވާކަހަލައެވެ. އެމޫނުގައި ބޮސްދީ ދެން ދުވަހަކުވެސް ދޫކޮށްލާފައި ނުދާނަމޭ ބުނަން ބޭނުންވިޔަސް އެހާ ހިތްވަރެއް ނެތެވެ. އެހެން ހުއްޓާ ނައިރާ އަމިއްލައަކަށް އާޔަން އާއި ދުރުވެލިއެވެ.

” މީގެ ފަހުން ތީ އަހަރެން ނުދަންނަ މީހެއް… އަހަރެންގެ ފަރާތުން ދުވަހަކުވެސް އާޔަންއަކަށް މާފެއް ނުލިބޭނެ… މީގެ ފަހުން ތީ އަހަންނާ އަހަރެންގެ ދަރިއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން.. މިއަދަށްފަހު އަހަރެން އާޔަން އަށް ނަފްރަތުކުރަން … މިހާތަނަށް އާޔަންއަށް ފެނިފަ ހުންނާނީ އަހަރެންގެ ލޯބި.. މިއަދުގެ ފަހުން ފެންނާނީ އިންތިހާއަށް ނަފްރަތު… އައި ހޭޓް ޔޫ އަހުމަދު އާޔަން ޝަފީގް… އައި ހޭޓް ޔޫ ޓު އިންފިނިޓީ…”  އާޔަން އާއި ދިމާއަށް ނަފްރަތުގެ ބެލުމަކުން ބަލާލަމުން ނައިރާ ވައިސޫރިއެއްހެން އެކޮޓަރިން ނިކުތެވެ. ނައިރާ ނިކުތުމާއިއެކު މިވީހާއިރު އާޔަން ކޮށްގެން ހުރި ހިތްވަރު އެލުނު ކަހަލައެވެ. ގައިން ވަރުދޫވެ ހުރިތަނަށް ތިރިވެވުނެވެ. އަޑުނުވީއްލިނަމަވެސް ރޮވެން ފެށުމުން މޫނުމަތީގައި ދެއަތް އަޅާލިއެވެ.

………………………………………………

އަނެއް ދުވަހަށް އިރުއެރުމާއި އެކު ނިޝީ އަވަސްވެގަތީ އޭނައާއި ހަވާލުވެފައިވާ މަސައްކަތް ކުރުމަށެވެ. ލިލީއާއި ޔާނީ ނިދާފައި ކޮޓަރީ ދޮރުހުޅުވާ އެތެރެ ބަލާލިއެވެ. އެނދުމަތީގައި ލިލީ ފުން ނިންޖެއްގައި އޮތްއިރު ޔާނީއެނދުމަތީގައި ފުންމަން ހުއްޓެވެ.

” ޔާނީ…. ކޮންއިރަކު ހޭލީ ” ޔާނީ ކައިރިއަށް ދަމުން ވަރަށް ލޯބިން ނިޝީ އަހާލިއެވެ. ޖަވާބެއް ނުދީ ނިޝީ އެނދާ ކައިރިވި ވަގުތު ހެމުން ހެމުން ނިޝީ އާއި ދިމާއަށް ފުންމާލިއެވެ. ނިޝީވެސް ފުންމާލި ޔާނީ އުރާލަމުން ޔާނީގެ ކޮލުގައި ބޮސްދިނެވެ.

” ޔާނީ ހޭލައިފިން ސިކްސް ޖަހަނިކޮށް… ނިޝީ ދައްތީ ޔާނީ މަންމި ކައިރިއަށް ދާން ބޭނުން…” ޔާނީ ނިޝީގެ ކޮނޑުގައި ބޯއަޅާލިއެވެ.

” ލެޓްސް ގޯ.. އެކަމް ހިނގާފަ ދޯ ދާނީ” ޔާނީއަށް ދޯ ދެމުން ނިޝީ ބުނެލިއެވެ. އެއާއެކު ބަސްއަހައިގެން ޔާނީ ނިޝީގެ އުރުން ފޭބިއެވެ. އަދި ނިޝީއާއި އެކު ހިނގާލާފައި ދިއުމަށް ނިޝީގެ އަތުގައި ހިފާލިއެވެ.

 

ނިޝީއާއި އެކު ސިޑިން މައްޗަށް އެރި ޔާނީ އަށް ނައިރާގެ ކޮޓަރި ފެނުމާއެކު ނިޝީގެ އަތުން ވީއްލިގަނެގެން އެދިމާއަށް ދުއްވައިގަތެވެ. ދޮރުހުޅުވާލަން ތަޅުގައި ހިފާލިއިރު ތަޅުލާފައިހުރީކަން އެނގުމުން ޔާނީ ތުންފިއްތާލިއެވެ. އަދި އެކުޑަކުޑަ އަތުން ދޮރުގައި ތަޅަންފެށިއެވެ. އެތައް އިރަކު ދޮރުގައި ތަޅަމުން ޔާނީ ގޮވިއިރުވެސް ނައިރާ ދޮރެއް ނުހުޅުވިއެވެ. މަންޒަރު ބަލަން ހުރި ނިޝީގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ރޭގައި ނައިރާ އާއި އާޔަންގެ މެދުގައި ދެކެވުނު ހުރިހާ ވާހަކައެއް ނިޝީއެއް ވަނީ އަޑުއިވިފައެވެ. ނިޝީވެސް އަވަސް ފިޔަވަޅުތަކެއްގައި ޔާނީ ކައިރިއަށްގޮސް ދޮރުގައި ތަޅަން ފެށިއެވެ. އެތައް އިރަކު ނިޝީ ދޮރުގައި ތެޅުމުންވެސް ނައިރާ ނުހުޅުވިއެވެ.  ނިޝީގެ އަޑު ގަދަވެގެން ޖެހިގެން ކުރިމަތީގައި ހުރި ކޮޓަރިން ނައިލީވެސް ނިކުތެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން ނައިރާއަށް ގޮވާ ގޮވާ ދޮރުނުހުޅުވި ވާހަކަ ނިޝީ ބުނެލި ހާސްވެފައި ހުރެއެވެ. ނައިލީވެސް އެތައް ފަހަރަކު ގޮވުމުންވެސް ދޮރެއް ނުހުޅުވިއެވެ. މަންޒަރު ބަލަން ހުރި ޔާނީ ބާރަށް ރޯންފެށިއެވެ. އެންމެން އުޅޭގޮތުން ބިރުންނެވެ. އެންމެ ފަހުން ނައިލީ ސިޑިކައިރިއަށް ގޮސް ބާރަށް ޝާކިރާ އާއި ސޮލާހަށް ގޮވިއެވެ. އެއަޑަށް ކޮޓަރީގައި އޮތް އަޒީދުވެސް ނިކުތެވެ.

” އަޒީ… ކޮއްކޮއަށް ކޮންމެވެސް ކަމެއް ވެއްޖެ…. ނައިރާ …. ކޮއްކޯ” ހާސްވެފައިހުރެ ނައިލީ ދޮރުގައި ތަޅަން ފެށިއެވެ.

” ނިޝީ އަހަންނަށް ހިއެއް ނުވޭ މަންމަމެންނަށް އަޑިއިވުނުހެނެއް… ދޭބާ ގޮވަން… ބުނާތި ޑަބަލް ތަޅުދަނޑި ހިފައިގެން އަންނަން.. ޔާނީ ގެނޭ އަހަރެން އަތަށް… ” ނައިލީ ޔާނީ އަތުލިއެވެ. އަދި މަސަލަސް ކުރެވޭތޯ އުޅެން ފެށިއެވެ.  މާގިނައިރެއް ނުވެ ނިޝީ އާއި އެކު ޝާކިރާ އާއި ސޮލާހުއައެވެ. މަގޭ ދަރިއޭ ކިޔާ ޝާކިރާ ރޮމުން ދިޔައިރު ސޮލާހުގެ މޫނުމަތިންވެސް ކަންބޮޑުވުން ފެންނަން ހުއްޓެވެ. އަވަސް އަވަހަށް އަތުގައި އޮތް ތަޅުދަނޑިން ސޮލާހު އެކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެއާއެކު ނިޝީއާއި ނިޝީގެ އަތުގައި އިން ޔާނީ ނޫނީ އެންމެން ނައިރާގެ ކޮޓަރިއަށް ދެމިގަތެވެ. ޔާނީއަށް ފެންނަންނުޖެހޭ މަންޒަރެއް ފެނިދާނެތީއެވެ. އޭރުވެސް މަންމާއޭ ގޮވަމުން ޔާނީ ރޮމުން ދިޔައެވެ.

ކޮތަރީގެ މެދެއްހާ ހިސާބަށް ވެއްޓިފައި އޮތް ނައިރާ ފެނި އެދިމާއަށް ދެވުނު ގޮތެއްވެސް ޝާކިރާއަކަށް ނޭނގުނެވެ. ސޮލާހުވެސް ރޯންފެށިއިރު ނައިލީއަށްވެސް ހުރީ ރޮވިފައެވެ. އަޒީދުއަވަސް އަވަހަށް ނައިރާގެ ވިންދު ހުރިތޯ ބަލާލަން އަތުގައި އަތްޖަހާލި ވަގުތު އަތުގެ ހޫނުކަން އިހުސާސްވެގެން ދިޔައެވެ. ވިންދުހުރި ކަން އެނގުމުން ދެން އަތްޖަހާލީ ނތްކުރީގައެވެ.

” ވަރަށް ހުންގަދަ.. ނައިލީ ކޯލް އެމްބިއުލާންސް” އަތްދަނޑިމައްޗަށް ނައިރާ އުފުލާލަމުން އަޒީދު ބުންޏެވެ. އަޒީދު ކޮޓަރިން ނިކުތުމުން ފަހަތުން އެހެންމީހުންވެސް ދުވެފައި ނިކުތެވެ. އަޒީދު އަތްމަތީގައި ހޭނެތިފައި އޮތް ނައިރާ ފެނުމުން ކުރިއަށްވުރެ ބާރަށް ޔާނީ ރޯންފެށިއެވެ.

” ނިޝީ އަހަރުމެން މިދަނީ ހޮސްޕިޓަލަށް ނޭނގެ އާދެވޭނެ އިރެއް… ދެކުދިންވެސް ރަނގަޅަށް ބަލައްޗެ” ހެދުން ބަދަލުކުރަން ކޮޓަރިއަށް ވަންނަމުން ނައިލީ ބުނެލިއެވެ. ކަންބޮޑުވެފައިހުރި ނިޝީވެސް ބޯޖަހާލުމަށްފަހު ޔާނީ މަސަލަސް ކުރަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

 

ރޭގައި ނައިރާ ދިއުމުން އިށީނދެވުނު ގޮތުން ދޮރުގައި ލެގިލައިގެން އާޔަން އިނެވެ. މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ބޭރަށް ނިކުމެ މަސައްކަތް ކުރާހިތްވެސް ނުވާ ކަހަލައެވެ. ދޮރުގައި ދެފަހަރަކު ޓަކި ޖަހާލީވެސް އާޔަން އެހެން އިންދައެވެ. ނަމަވެސް އާޔަން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އަނެއްކާވެސް ދެތިން ފަހަރަކު ޓަކިޖެހިއެވެ. މިފަހަރުވެސް އާޔަން އަޅައެއް ނުލިއެވެ.

” އާޔަން … ޕްލީޒް ހުޅުވަބާ…. އިޓްސް އަރޖެންޓް… ” ބޭރުން ނިޝީގެ އަޑު އިވިގެން ދިޔައެވެ.

” ނިޝީ ޕްލީޒް އަހަރެން ބޭނުން އެކަނިވެލަން… އެމީހުން ކައިރީ ބުނެދީފާނަންތަ އަހަރެން ބައްޔޭ… އަހަންނަކަށް މިއަދު މަސައްކަތެއް ނުކުރެވޭނެ… ” އާދޭހުގެ ރާގެއްގައި އާޔަން ބުނެލިއެވެ.

” އާޔަން ޕްލީޒް ހުޅުވަބާ…” ނިޝީ ބުންޏެވެ. ނަމަވެސް އާޔަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

” އާޔަން އިޓްސް އެބައުޓް ނައިރާ…. ނައިރާ ގަޔަކު ހެޔެއް ނެތް… އޭނަ ގޮވައިގެން އެންމެން ހޮސްޕ…” ނިޝީއަށް ފުރިހަމަ ކުރެވުމުގެ ކުރިން އާޔަން ދޮރުހުޅުވާލިއެވެ.

” ނިޝީ ކިހިނެއްވީ ނައިރާއަށް” ކެތްމަދުވެފައި ހުރެ އާޔަން އަހާލިއެވެ.

” އާޔަން… ނައިރާ… ނައިރާ…” ނިޝީ ހާސްވެފައި ހުރިވަރުން ވާހަކަ ދައްކަން އުނދަގުވިއެވެ.

” ކިހިނެއްވީހޭ ނައިރާ” އަޑަށް ބާރުލަމުން އާޔަން އަހާލިއެވެ.

” އަހަންނަކަށްވެސް ނޭނގެ … ނައިރާ ގަޔަކު ހެޔެއް ނެތް… އެންމެން ރޮނީ… ޔާނީވެސް …” މިފަހަރުވެސް ނިޝީއަކަށް ފުރިހަމައެއް ނުކުރެވުނެވެ. ފޯނެއް އައުމުން ދެމީހުންވެސް އެކަމަށް ސަމާލުވެލިއެވެ. ގުޅަނީ ނައިލީއެވެ.

” ނައިލީ…”  މިހެން ބުނަމުން އަވަސް އަވަހަށް ފޯނު ނެގިއެވެ. އިރުކޮޅަކުން ފެނުނީ ނިޝީގެ ދެލޯބޮޑުވެ ފެންކަޅިވެގެން ދިޔަތަނެވެ. އާޔަންއަށް ބަލާލެވުނީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. ނިޝީގެ މިބަލާލަމުން އާޔަންގެ މޫނު ހުދުވެގެން ދިޔައެވެ.

81

You may also like...

30 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. assalaam alaikum readers.. miothy 9 vana part… heekuran kamudhaane kamah.. hiyhamanujehey noony liyumuga kusheh iniyya buneladheythi.. kiyaalaafa commenteh kohlaathi.. good night luv you all

    ⚠Report!
  2. Plzzzz edhemeehun dhuru nukurey.. naira ge brother accident v ayaan he car in jehigenn dho.. heyovanee kihinei tha ekamuge adhabeyy kiyafa efakeerah ehen hadhan

    ⚠Report!
  3. Alhey haadha reehchey mi story… plx next part thankolheh avahah up kohdhybr… mihaaruvx next kiyaa hithun kehmadhu vehje… plxxxxxxxxxx axooo

    ⚠Report!
    1. Aslu kuree parteh vure kuru vaane mi bai.. Ekm ehaa kurehves nuvaane.. Incidents madhuvyma hyvany kanneynge ehen

      ⚠Report!
  4. Mihaathanah kee emme reethi story. .. varah thafaathu ehenvaahaka Thakaa… ehenve varah kiyaa hithun hunnani … avahah up kohlah chey … touch gehluvaa nulaathi .. vaahaka dhaa goi varah reethi😙

    ⚠Report!
    1. Awwwnnn mishaa 😘😘😍😍 in sha Allah kuriyah oiy thaanga ves touch gelluvaanula genesdheveytho balaalan.. Thank you mishaa 😘

      ⚠Report!
  5. Axoo😘😘😘haadha curious hisaabakun thi nimmaaly mi prt💕💕💕vrh vrh furihama mi stry kuriah gendhaa goiy 💙💙💙U r so good sissy ❤❤❤😍😍😍😉😉😉💜💜💞💞💞💓💓💓💚💚💚💝💝

    ⚠Report!
  6. vàahaka v reethi.maasha liyaa gothah genna nama rangalhu ehen liuntherives.emmenah ves engeyne gavaaidhun hafthaayaku 2faharu up kuraanekan.wait kuraakah nujehey.

    ⚠Report!
  7. Thn mii bodu varu. Hafthaa ehga ehme baieh. Eha kuru. Vaaha reethi ekamaku liya meeheh visnan jeheyne ma lahun up kuranya kiya meehun foohi vaane. Hafthaa ehga dhefaharu vaki dhuvas thakehga up kura namavs rangalhu. Eyrun dhuvaalaku 15 faharu vaahaka up veytho nubalaane

    ⚠Report!
  8. Dhn Kon irakutha anehbai nereynyy…
    It’s too late now…
    Vrh kiyaa lihvey..
    Avahah nereba..🤨🤨🤨🤨

    ⚠Report!
  9. Mihaaru week akahvure gina dhuvas vejje. Mi vaahaka kiyaahithun konme dhuvahaku mi site balan 😢Ekam gavaaidhun up nujuranya readers vx foohi vaane kiyan.

    ⚠Report!

Leave a Reply

Your email address will not be published.