ކައިރީގައި އެހެނަސް ދުރުގައި 2

- by - 56- September 16, 2018

ތިރިއަށް ބަލަމުން އައި އާޔަން ސޯފާއާއި އަރާ ހަމަވުމަށް ފަހު އިސްއުފުލާލާފައި ބަލާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި ނައިރާ ފެނުމާއެކު އަތުގައި ހުރި ފެންތަށި އަތުން ދޫވިއެވެ. ތަށި ގޮސް ޓައިލްސްތައް މަތީގައި ޖެހުމާއެކު އެކި އެތިކޮޅު އެކި ދިމާއަށް ބުރައިގެން ދިޔައެވެ. ލިބުނު ސިހުމާއެކު ޝާކިރާ އާއި ދެންތިބި މީހުންނަށްވެސް ރުޅިވެރި ނަޒަރަކުން އާޔަންއާއި ދިމާއަށް ބަލާލެވުނެވެ.

“ކަލޭ އަތުގަ ބާރު ނެތީތަ… އަހަރެން މެލޭޝިޔާއިން އެހާ އަގުބޮޑުކޮށް ގަތް ތައްޓޭ ތިތަޅާލީ… ކަލޭގެ ހަމަހުގެ މުސާރަ އެއްކޮށްގެންވެސް މިތަށިގެ އަގެއް ނުދެއްކޭނެ.. ” ޝާކިރާ ހަޅޭއްލަވަން ފެށިއެވެ. އޭރުވެސް އާޔަން އަށް ހުރެވުނީ އޭރު ހުރިގޮތަށް ނައިރާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

” ބަލަ މިހިރަ ގަމާރާ ކަލެއާއޭ މިކިޔަނީ” އާޔަންގެ ކޮނޑުގައި އަތް އަޅައި ކޮއްޕާލަމުން ޝަކިރާ ބުންޏެވެ. އެވަގުތު ކޮންޓްރޯލް ނުކުރެވި ގޮސް އާޔަން ތިރިއަށް ވެއްޓުނެވެ. ނައިރާއަށް އާޔަން އާއި ދިމާއަށް އަތް ދިއްކޮށްލެވުނު ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.

ނައިލީގެ އުނގުގައި އިން ކުޑަ ކުޑަ ޔާނީ ތެދުވެގެން ގޮސް އާޔަން އާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. އެވަގުތު ޔާނީގެ މައުސޫމު މޫނަށް އާޔަން އަށް ބަލާލެވުނެވެ. އާޔަންގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. މަންޒަރު ބަލަން ހުރި ނައިރާ ބާރަށް ހިނގާފައި އައިސް ޔާނީ އުރާލިއެވެ.

” މަންމާ އަހަރެން ވަރަށް ވަރުބަލި.. ކޮޓަރިއަށް އަރާމުކޮށްލަން މިދަނީ” މިހެން ބުނެ ނައިރާ ޔާނީ ގޮވައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ.

” މަންމާ އެ ބޭބެ އެއޮތީ ވެއްޓިފަ.. ޔާނީ ދެރަވޭ….” ޔާނީގެ އަނގައިން ނައިރާއަށް މަންމާއޭ ކިޔާފައި ގޮވާލި އަޑު އިވުމާއި އެކު އާޔަން އަށް ލިބުނީ ސިހުމެކެވެ. ސިޑިން މައްޗަށް އަރައިގެން ދިޔަ ނައިރާއަށް ބަލަން އިނދެވުނީ އިވުނު އަޑު ޤަބޫލުނުކުރެވިފައެވެ.

” އަދިވެސް އިންނަނީތަ.. މިއޮއް އުފާވެރި ވަގުތުކޮޅުވެސް ކަލޭ ތި ހަރާބުކޮށްލީ.. ހަމަ މިހާރު މިތަން ސާފުކުރޭ… ” ހަރުކަށި އަޑަކުން އިއްވާލަމުން ޝާކިރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަނުމަށްފަހު ނައިރާ ޔާނީ ތިރީގައި ބެހެއްޓިއެވެ. އެއާއެކު ޔާނީ ދުވެފައިގޮސް އެނދުމައްޗައް އަރާ ފުންމަންފެށިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ކަންތައް ހަނދާންކޮށްލުމާއެކު ނައިރާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ.

” އާޔަން… ދުވަހަކުވެސް އުއްމީދެއް ނުކުރަން އާޔަން އާއި  މިފަދަ ގޮތަކަށް ދިމާވެދާނެ ކަމަކަށް.. ފަސް އަހަރުވަންދެން އަހަންނަށް ނުފެނި ހުރެފަ ކީއްކުރަން ތިފެނުނީ… ނޫން… އާޔަންއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން…” ހިތާ ހިތުން މިހެން ކިޔަމުން ނައިރާގޮސް އެނދުމަތީގައި އިށީނެވެ.

” އެކަމަކު އާޔަން ކީއްވެބާ މިގޭގައި އެގޮތަށް އެއުޅެނީ.. ކޮބައިބާ ސަބަބަކީ.. ގައިމު އަހަންނަށް އިނގޭ ގޮތުގައި އާޔަން އުޅެނީ ވަރަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްގަ..” ނައިރާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދެމުން ދިޔައެވެ.

” އެބޭބެ ވެއްޓުނީމަތަ މަންމަ ތި ރޮނީ” ނައިރާގެ އުނގަށް އަރާ އިށިންނަމުން ޔާނީ އަހާލިއެވެ.

” ނޫން.. އެމަންމަ ލޮލަށް ކުނޑިކޮޅެއް ވެއްޓުނީ.. ޔާނީ ދަރިފުޅު މަންމަ ބުނީމެއްނު ނުދަންނަ މީހުންނާ ވާހަކަ ދައްކާކަށް ނުވާނޭ.. ދެން އެހެން ނުހަދައްޗެ” އުނގުމަތީގައި އިން ޔާނީ އުރާލާފައި ލޯބިކޮށްލަމުން ނައިރާ ބުންޏެވެ. ޔާނީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ނައިރާ ހީލަމުން ޔާނީގެ ކޮލުގައި ބޮސްދިނެވެ.

ބަދިގޭގައި ހުރި އާޔަންއަށް ވިސްނެމުން ދިޔައީ ނައިރާ އާއި ދޭތެރޭގައެވެ. ފަސް އަހަރު ފަހުން ނައިރާ ފެނުމުން ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އާޔަން އަކަށް ނޭނގުނެވެ. އެންމެ ބޮޑަށް ހިތުގައި ސުވާލު އުފެދެނީ ޔާނީގެ ދުލުން ނައިރާއަށް މަންމާއޭ ކިޔާފައި ގޮވާލި އަޑު އިވުނީމައެވެ.

” ޔާނީ އެއީ ނައިރާގެ ދަރިއަކަށް ވާނަމަ.. އެކުއްޖާގެ ބައްޕައަކީ… ނޫން ނޫން އެހެން ވާނީ ކިހިނެއް.. ހަގީގަތް ހޯދާނީވެސް ކިހިނެއް… ނައިރާގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތް.. ” އާޔަންގެ ހިތަށް އަރަމުން ދިޔައެވެ.

” ޔާﷲ މީ ކޮންފަދަ އިމްތިހާނެއް…” އުދާސްވެފައިވާ މޫނުމަތި ފޮހެލަމުން އާޔަން އަށް ބުނެވުނެވެ.

 

މެންދުރުގެ ކެއުމަށް މޭޒުދޮށައް އެންމެން ޖަމާވަމުން ދިޔައިރު އާޔަންގެ ދެލޯ ހޯދަމުން ދިޔައީ ނައިރާއެވެ. އެކަންވެސް ފުރިހަމަވީ ޔާނީ ގޮވައިގެން ސިޑިން ފައިބަމުން އަންނަ ނައިރާ ފެނުމުންނެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ހުރި ނައިރާއަށް ވަރަށް ފުންކޮށް އާޔަން ބަލާލިއެވެ. ފަސް އަހަރުކުރިއާ އެއްވެސް ތަފާތެއް ނެތެވެ. އާޔަންގެ ނަޒަރު ދެން ގޮސް ހުއްޓުނީ ނައިރާ ކައިރީގައި ހުރި ޔާނީ އަށެވެ. ހަމަ ކުޑަކުޑަ ނައިރާއެކެވެ. އާޔަންގެ ނަޒަރު ޔާނީއަށް ހުއްޓިފައިވާތަން ފެނުމާއެކު ނައިރާއަށް ތެޅި ގަނެވުނެވެ.

” ދޮންތީ.. ކޮބާ ލިލީ” މޭޒު ކައިރީގައި އިން ނައިލީ އަށް ގޮވާލަމުން ނައިރާ އަހާލިއެވެ.

” އެބައުޅޭ ކޮޓަރީގަ….ނިޝީ ޔާނީވެސް ގޮވައިގެން ގޮސް އޭނައަށްވެސް ކާންދީ..” ނައިލީ އަމުރުކޮށްލިއެވެ. ނިޝީ ޔާނީ ގޮވައިގެން ދިއުމުން ނައިރާ އާޔަންއަށް ބަލާލިއެވެ. އޭރުވެސް އާޔަންގެ ނަޒަރު ހުއްޓިފައިހުރީ ޔާނީއަށެވެ.

ނައިރާ ގޮނޑީގައި އިށީނުމާއެކު ނައިރާ ތައްޓަށް ކާއެއްޗެހި އަޅާދިނުމަށް ޝާކިރާ އާޔަން އަށް އަމުރުކުރިއެވެ. އާޔަން އެކަން ކުރަން އުޅުމުން ނައިރާ އެކަން މަނާކުރިއެވެ.

” އަހަރެން އެކަނި ކޮށްލަފާނަން… މީހުން ލައްވާ އަހަރެންގެ ކަންތައް ކުރުމަކީ އަހަރެން އެހާ ކުރާހިތްވާ ކަމެއް ނޫން…” ތައްޓަށް ބަތް އަޅަމުން ނައިރާ ބުނެލިއެވެ.

” ދަރިފުޅާ ނަންނި… ބައްޕަ ބޭނުން ވާހަކައެއް ދައްކާލަން.. ” ސޮލާހު ބުންޏެވެ.

” ބައްޕަ ނުޖެހޭނެ ހުއްދަ ހޯދާކަށް..” ހީލަމުން ނައިރާވެސް ބުނެލިއެވެ.

” މީދެން މިހާރު ދައްކަން އެހާ މުހިންމު ވާހަކައެއްވެސް ނޫން.. އެކަމަކުވެސް ބުނެލަން ބޭނުން.. ބައްޕަމެންގެ ނުގަބޫލުގަ ދަރިފުޅު އެމީހާއާއި ކައިވެނިކުރީމަ ބައްޕަމެން ވަރަށް ދެރަވެސްވި ރުޅިވެސް އައި… ބައްޕަމެންގެ ބަސް ޤަބޫލުނުކޮށް އެމީހާ އާއި އިނީމައި އޭގެ ހިތި ނަތީޖާ މިއަދު ތިފެންނަނީ.. ބައްޕަމެން އުއްމީދުކުރަން ދެން އެމީހާ އެނބުރި އަޔަސް ދަރިފުޅު އޭނަ ކައިރިއަށް ނުދާނެ ކަމަށް…” ސޮލާހު ބުންޏެވެ.

” ބައްޕަ ކަންބޮޑުނުވޭ.. އަޅުގަނޑުގެ ހަޔާތުގަ މިހާރު އޭނައަކަށް އެއްވެސް ޖާގައެއް ނެތް…” ހިތިގޮތަކަށް ނައިރާ ބުނެލިއެވެ. މޭޒުކައިރީގައި އިސް ޖަހައިގެން ހުރި އާޔަން ނައިރާ ބުނި ޖުމްލަ އަޑުއިވިފައި ދެލޯ މަރާލިއެވެ.

” އެކަމަކު އެއީ ޔާނީގެ ބައްޕަ.. ދަރިފުޅު ހޯދަން އޭނަ އަންނާނެ” ޝާކިރާގެ ޖުމްލައިން އާޔަން އާއި ނައިރާއަށް ސިހިފައި އެކަކު އަނެކަކަށް ބަލާލެވުނެވެ. އެވަގުތުކޮޅު ނައިރާގެ މޫނުމައްޗަށް އައި ބަދަލުތަކުން އެތައްކަމެއް އާޔަން އަށް ނަގައިގަނެވުނެވެ.

” ޔާނީގެ ބައްޕައެއް ނުހުންނާނެ.. އެއީ ހަމައެކަނި އަހަރެންގެ ދަރިއެއް… އެއްވެސް މީހަކަށް އަހަރެންގެ ދަރިއާއި އަހަންނާ ދުރެއް ނުކުރެވޭނެ…” މިހެން ބުނެ ތަށި ތެރެއަށް ސަމްސާ ދޫކޮށްލުމަށްފަހު ނައިރާ އެތަނުން ތެދުވެގެން ނައިލީގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

” އެމަންޖެ އެދިޔައީ ދެރަވެގެން.. ޝާކިރާ ކުރާ ކަންތައް ދޯ” ހިތްހަމަ ނުޖެހިފައި ސޮލާހު ބުންޏެވެ.

” ބަލަ ސޮލާހުއެއް ނޫންތަ ކުރިން ފެށީކީ” ޝާކިރާވެސް ހިތްހަމަނުޖެހިފައި ބުންޏެވެ.

” ދެން މަންމައާއި ބައްޕަ ޒުވާބު ނުކޮށްބާ… އަހަރެން އަންނާނަން ނަންނި ކައިރިއަށް ގޮއްސަ… ” ނައިލީވެސް ތެދުވެގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ޔާނީ ނިންދަވާފައި ނައިރާ ކޮޓަރިން ނިކުތްއިރު ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ނައިލީގެ ކޮޓަރިއަށް ދާން ހިތަށް އަރާފައި އެހިޔާލު ދޫކޮށްލީ އަޒީދުއާއި ނައިލީއަށް އުނދަގުވެދާނެތީއެވެ. އެހެންކަމުން ބޭރު ބަގީޗާއާއި ދިމާއާށް މިސްރާބުޖެހީ ކުޑަކޮށް ހިނގާލުމަށްޓަކައެވެ.

ބަގީޗާއަށް ނިކުތުމާއެކު އެކި އެކި މަލުގެ ހިތްގައިމު ވަސް އައިސް ނައިރާގެ ނޭފަތުގައި ޖެހުނެވެ. އެވަގުތު ހިތަށް ލިބުނު ހިތްހަމަ ޖެހުމާއެކު ނައިރާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއާއި އެކު ނައިރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

” ނައިރާ….” ފަހަތުން އިވުނު އަޑާއެކު ނައިރާއަށް ތެޅިގަނެވުނެވެ. ފަހަތަށް އެނބުރި ބަލާވެސް ނުލާ އެހުރި ގޮތަށް ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.

 

” ނައިރާ… އަހަރެން… ސުވާލެއް…” އަޅައިގަންނަމުން ކަހަލަ ގޮތަކަށް އާޔަން ބުނަން އުޅުނެވެ. ނަމަވެސް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

” އަހަންނާ ސުވާލުކުރަން ތީކާކު… އާޔަން އަހަންނާ ކުރަންޖެހޭ އެއްވެސް ސުވާލެއް ނޯންނާނެ.. އަހަރެން އާޔަން އާއި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން.. ދައްކަންވި ވާހަކައެއް އޮންނާނީ މީގެ ފަސްއަހަރު ކުރިން ދައްކާފަ…” ހަރުކަށި ކަމާއެކު މިހެން ބުނަމުން ނައިރާ އެތަނުން ދާން ހިނގައިގަތެވެ. ލިބުނު ސިހުމާއެކު ނައިރާއަށް ހުއްޓެވުނީ އާޔަން ނައިރާގެ އަތުގައި ހިފުމުންނެވެ.

” ޔާނީއަކީ ކާކުގެ ދަރިއެއް…” ހިތުގައިވާ ސުވާލު އާޔަން ބޭރުކޮށްލިއެވެ. އައި ރުޅިމަތީގައި ނައިރާ އާޔަންގެ އަތް ފޮޅުވާލިއެވެ.

” ޔާނީއަކީ އަހަރެންގެ ދަރިއެއް… އެކަމަކު ކަލެއަށް ތިސުވާލު ކުރަން ކެރުނީތީ ބުނެލާނަން… އަހަރެންގެ ހަޔާތަށް އައީ އެންމެ ފިރިހެނެއް… އަދިވެސް އަހަންނަކީ އެމީހެއްގެ ހަލާލު އަނބިމީހާ… އެކަމަކު އަހަރެން އޭނައަށް އިންތިހާއަށް ނަފްރަތުކުރަން… ހީކުރަން ޖަވާބު ލިބިއްޖެ ކަމަށް” ނައިރާ އިއްވާލުމަށް ފަހު މަޑުނުކޮށް އެތަނުން ދިއުމަށް ހިނގައިގަތެވެ.

ނައިރާގެ ކޮންމެ ޖުމްލައެއް އާޔަންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ އަންނަންފެށީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.

 

އާޔަން މަޑުމަޑުން ނައިރާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އެނދުމަތީގައި ޔާނީ ލޯބިކޮށް ނިދާލާފައި އޮތެވެ. ކޮޓަރީގެ އެކި ދިމާއަށް ނަޒަރު ހިންގާލުމުން ނައިރާ ކޮޓަރީގައި ނޫޅެކަން އާޔަންއަށް އެނގުނެވެ. ފުރުސަތުގެ ބޭނުން ހިފަމުން އާޔަން މަޑުފިޔަވަޅުތަކެއްގައި ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ. އެއަށްފަހު މަޑުމަޑުން ޔާނީއާއި ދިމާއަށް ދާންފެށިއެވެ.

އެނދުކައިރީގައި ހުއްޓުމަށްފަހު އާޔަން ވަރަށް ރަނގަޅަށް ޔާނީއަށް ބަލާލިއެވެ. ޔާނީއާއި ދިމާއަށް ތިރިވެލުމަށްފަހު ޔާނީގެ ނިތްކުރީގައި ބޮސްދިނެވެ. އެވަގުތު އާޔަންގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ޔާނީގެ މޫނުގައެވެ.

” ބައްޕަގެ ދަރިފުޅު” އެކަރުނަތިކި ފޮހެލަމުން އާޔަންއަށް ބުނެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އާޔަން ތެޅިގެންފައި އެދިމާއަށް ބަލާލިއެވެ.

56

You may also like...

32 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. here’s the second part of the story.. hope u all will like it.. please do comment.. good or bad your comments are important and valued.. have a grt night.. ly ..

    ⚠Report!
  2. V nice mi story BT v sad dear cmnt thakah rply nukuraathyve.. N waiting for the next.. 😊😊😊😊😊😊😊😊😊😊😊

    ⚠Report!
  3. Kudakoh vaanuva neynge. But next part ga ingeyne kamah ummydhukuran. Btw story v reethi vaane hen heevany. Naaira ge baby ge dad aky ayaan viyya naaira ge family ah neyngenytha eyna eyna masahkaih kuraa iruvx eii kaaku kameh. If they are married. Ethankolhu get eh nuvey.🙄🙄

    ⚠Report!
    1. Hehe.. 😆 kuriyah hurihaa baithah kiyaalyma hurihaa olhumeh olhunfilaane.. Keep reading 😊

      ⚠Report!
  4. Wooooooow hayyuuuuu…..v v v v v v v v v v v rythi….maasha allah..mi part haadha lahakun thi up kolly…kihineh v……ekamu next part v v v avahah up kolla dhehchey…plx plx….v v v kiyaa hithun mihury…….luv this part😘😘😘😘😍😍😍💕💕💕💕👍👍👍💗💗💗💜💜

    ⚠Report!

Leave a Reply

Your email address will not be published.