އަދިވެސް ލޯބިވާނަން..7

{ލިޔުންތެރިޔާ.. ވަރަށް ބޮޑަށް މާފަށް އެދެން ކުރީގެ ޕާޓް ކުރުވެފަ މިހާ ލަހުން އަޕްޑޭޓް ކުރެވޭތީވެ.. އަދިވެސް ލޯބިވާނަންޯ ގެ އެންމެ ފާހުބައި ވަރަށް އަވަހަށް އަޕލޯޑު ކުރެވޭތޯ ބަލާނަން..}

މީޝާ މައުރޫފް މެންޝަންގެ ދޮރާށިން އެތެރެ އަށް ވަދެ، ނަޒަރު ހިންގާލިއެވެ. ހުދުކުލައިގެ ފާރުތަކެވެ. މުޅި މެންޝަނުގައި ވަނީހަމަހިމޭންކަމެވެ. އެއްވެސް ބަދަލެއް ގެނެސްފައި ހުރި ހެނެއް ހިޔެއް ނުވެއެވެ. މާޒީގެ ފޮނި ގަނދާންތަށް އާކޮއްދެއެވެ. މީޝާ ބަލާކަށް ނުހުރެ އެތެރެއަށް ވަދެގެން ހިނގައިގަތެވެ. އެ ބޮޑުހޯލު ކަޑަތު ކުރުމަށް ފަހު މީޝާއަށް ބޮޑު ފެންޑާ އާއި ހަމަޔަށް އާދެވުމާއި އެކު ހުއްޓުން އެރިކަހަލަ އެވެ.

“ރީތި ދޯ..؟” ހުއްޓުން އަރާފައި ހުރި މީޝާ ސިއްސައިގެން ކަހަލަ ގޮތަކަށް އެނބުރި އޭނާ އާއި މުޚާތަބު ކުރި މީހަކީ ކާކުތޯ ބަލައިލިއެވެ. އެއީ އޭނާގެ އުޖާލާ ވަމުންދިޔަ ދިރިއުޅުން ފުނޑު ފުނޑު ކޮއްލި ފުރޭތައެވެ. މީޝާއަށް ހިތާހިތުން ބުނެ ލެވުނެވެ. “ރީތި އެކަމަކު ކަލޭގެ ހިޔަނި އެޅި ނުތާހިރު ވެފަ..!”މީޝާ ބުނިއެއްޗެއްގެ އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. މާރިއާ އޭނާގެ ދަނބި ދަރފުޅުގެ ތައުރީފު ގުނާލިއެވެ. ޢެވަގުތު މީޝާގެ ގާތަށް ހިނި އައެވެ. “ހެހެހެހެ..ހެހެ.. ތިހާ ރީތިވެފަ އޭނަ ރަނގަޅު ވީ އިތު ކީއްވެގެންތަ އޭނަ މަރާލީ..؟!.” މީޝާ ހެމުން ބުނެލިއެވެ. ޢެއާއި އެކު މާރިއާގެ މޫނުމަތި ބަނަވިއެވެ. ދާހިއްލާ ފޯވި އެވެ. “ކަލެއަށް ކިހިނެއް އެނގުނީ..؟” މާރިއާއަށް އަހައިލެވުނެވެ. ޢެއާއި އެކު މީޝާ މައުރޫފް މެންޝަނަށް އަންނަން އެހާ ފަސޭހައިން އެއްބަސް ވި ކަންތަށް ފަސޭހަ ވިއެވެ. ޔަގީން ވިއެެވެ. އެލްްރެޑް ފެނުމުން މީޝާ ހިނގައިގަތެވެ.

އެލްފްރެޑް މީޝާއަށް އޭނާގެ ކޮޓަރިއާ ހަމަޔަށް ގެންގޮސް ދިނެވެ. ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެ މީޝާ ކޮޓަރި ތެރެއަށް ނަޒަރުހިނގާލިއެވެ. ރީތިޝާހީ ގޮތެއް އެބަހުއްޓެވެ. މައުރޫފްމެންޝަންގެ ކޮޓަރިއެއްގައި ހުންނާނެހާ ބޮޑާކަމާ ފައިސާގެ ދެއްކުންތެރިކަމެެއްނެތެވެ. އާދައިގެ ރީތިގޮތަކަށް ޑިޒައިން ކޮއްފައިވެއެވެ. އެހާމެ ފުރިހަމައެވެ.ހުދާއި މަޑުނޫކުލައިން ޒީނަތްތެރި ކޮއްލައިފައި ހުރި ފާރުތަކެކެވެ. އެނދު ފޮތިގަނޑާއި ކުޑަދޮރުގައި ދަމާލެވިފައިވާ ފޮތިގަނޑު ވަނީ ނޫކުލައިންނެވެ. ޙުދުކުލައިގެ ސޯފާއެކެވެ.އެލްފްރެޑް ނިކުންނަން ހިނގައިގަތުމުން މީޝާ އަށް އަހައިލެވުނެވެ. “ކޮބާތަ ލިމާން..؟”ޖެހިގެން ހުރިކޮޓަރީގައި ކަމަށް ބުނެ އެލްފްރެޑް ނިކުމެގެން ދިޔުމުން މީޝާ ފުންނޭވާއެއް ބޭރުކޮއްލިއެވެ. އޭނާގެ ދަރިއަކަށް ނުވިނަމަވެސް އެއީ ޝާޒްގެެ ދަރިއެކެވެ.

ރޭގަނޑުގެ ކެއުމަށް ދައުވަތު ދޭން ލިމާން އައެވެ.މީޝާ މަންމާ..ކާން ހިނގާ..!!”ލިމާން ހެވިފައި ހުރެ ބުނެލިއެވެ. އެ މައުސޫމް މޫނުގައި ވާއުފާވެރިކަން ފެނި މީޝާގެ ހިތް އުފަލުން ފޮޅުނުކަހަލައެވެ.މީޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އަދި ހިނިތުން ވުމެއް އެރުވުމަށް ފަހު ލިމާންގެ ފަހަތުން ހިނގައިގަތެވެ. ކާމޭޒު ދޮށުގައި އިށީދެ ވަށައިގެންވާ މާހައުލަށް ބަލައިލެވުނެވެ. ހަމައެވަގުތު ހައިރާންވިކަހަލައެެވެ. ޝާޒް އިނީ މީޝާގެ ކުރިމަތީގައެވެ. މާރިއާ އިނީ ޝާޒްގެ ކަނާތްފަރާތުގައެވެ. އަދި މައުރޫފްގެ ގޮނޑި ކޮޅު އިނީ ހުހަށެވެ. “ކޮބާތަ މައުރޫފް އަންކަލް..؟”މީޝާ އަހައިލިއެވެ. “ކޮޓަރީގަ..!” މާރިއާގެ ޖަވާބު ކުރެވެ. މީޝާއަށް ކަމެއް ގޯސް ވެގެން އުޅެކަމަށް އޭނާގެ ހަވަނަ ހިއްސު މެދުކެނޑުމެއްނެތި އަންގަމުން ދިޔައެވެ.

މީޝާ ދަންވަރު ގަޑީގައި ފެން ބޯން ނިކުތް އިރު ސްޓޯރޫމްގެ ދޮރު ހުރީ ހުޅުވައިފައެވެ. މީޝާއަށް ދޮރާ ހަމަައަށް ނުދެވެނީސް މާރިއާ ނިކުމެ ދޮރު ތަޅުލުމަށް ފަހު ހިނގައި ގަތެވެ. އަތުގައި ސޫޓްކޭސް އެއް ދަމަމުން ގޮސް މެންޝަން އިން ނިކުތެވެ. މީޝާއަށް ކަމެއް ގޯސް ވެއްޖެކަން ޔަގީން ވިއެވެ. ސްޓޯރޫމްގެ ދޮރު ހުޅުވޭތޯ ކުރިމަސައްކަތް ނާކާމިޔާބުވުމުން މީޝާ ހިނގައިގަތީ މައުރޫފްގެ ކޮޓަރިއަށެވެ. މައުރޫފް ކޮޓަރީގަ ހުރިތޯ ޔަގީން ކޮށްބެލުމަށެވެ. ޝައްކު ހަގީގަތަށް ބަދަލުވިއެވެ. މައުރޫފް އެއް ނެތެވެ. މީޝާ ދުވެފައިކަހަލަ ގޮތަކަށް ޝާޒް ކޮޓަރިއާއި ދިމާލަށް ހިނގައި ގަނެވުނެވެ. ހިތުގައި ވަނީ ބިރުވެރި ކަންވެރިވެފައެވެ. އެ އަންހެނާގެ އަތްދަށުވެ މައުރޫފް އަންކަލްއަށް ގޮތެއްވެދާނެކަމުގެ ބިރު ބޮޑުވެ ކަނބޮޑުވެފައި ހުރެ މީޝާ ކޮޓަރިއަށް ވަނެވެ. އޭރު ޝާޒް އިނީ ފޮތެއްކިޔާށެެވެ. މީޝާ ފެނި އަސަރުކުރި ނަމަވެސް މޫނުމަތިން ނުދައްކައެވެ. މީޝާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އެއްޗެކޭނުބުނެވީސް ޝާޒް އިންޒާރުގެ ނަޒަރަކުން ބަލައިލިއެވެ. މީޝާގެ ގާތަށް ރުޅިއައެވެ. ހަމަޖެހިލަމުން މީޝާ އަހާލިއެވެ. “މައުރޫފް އަންކަލް ކޮބާ..؟”، މީޝާގެ ސުވާލު އިވި ޝާޒް މީޝާގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ޖަވާބުދޭން ބޭނުން ނުވާކަހަލަ ގޮތަކަށް ފޮތް ކިޔަން ފެށިއެވެ. އެވަގުތު މީޝާ އަނެއްކާވެސް ސުވާލުތަކުރާރު ކޮއްލަމުން ފޮތް އަތުލިއެވެ. ޝަޒް އިސްޖަހާލިއެވެ. “ބައްފަ ނުފެންނަތާ ބައިވަރު ދުވަސް ވެއްޖެ..!”،ޝާޒް ބުނެލިއެވެ. “ޝާޒް ބައްޕަ ވީތަނެއްވެސް ނުބަލަންތަ..؟ ބައްޕަ ކޮޓަރިއަކުނެތް.. މާރިއާ ދޮގުހެދީ..!!” މީޝާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ޝާޒް ތެދުވެ މީޝާއާއި ދިމާލަށް ހިނގައިގަތެވެ. ރުޅިގަނޑުމައިތިރި ކޮއްލަން ބޭނުން ވިއެވެ. ނަމަވެސް މީޝާގެ ކަންކަށިމައްޗަށް އެރިއެތިފަހަރާއިއެކު މީޝާ ސިއްސައިގެން ގޮސް ފާރުގައި ޖެހުނެވެ. އެވަރުން ވެސް މީޝާ ތެދުވިއެވެ. ޝާޒްގެ އަތުގައި ހިފައި ހިނގައިގަތެވެ އަދި ސްޓޯރޫމް ކުރިމައްޗަށް ގެންދިޔައެވެ. އެވަގުތު މީޝާގެ އަތް ފޮޅާލަމުން ޝާޒް މީޝާއަށް ނަފްރަތުން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ. “މިދޮރު ހުޅުވަދީ..!” ތަޅުލައިފައި ހުރި ދޮރު ދައްކަމުން މީޝާ އެންގިއެވެ. އެވަގުތު ޝާޒް މީޝާއަށް ގަބޫލް ކުރަން ދަތި ގޮތަކަށް ބަލައިލިއެވެ. މީޝާ ދެވަނަފަހަރަށް އެހާ ބާރަށް ބުނެލިއެވެ. ޝާޒް މިފަހަރު ބޭނުން ވީ މީޝާގެ ކަންތަށް އެއްފަހަރާ ނިންމާލުމަށެވެ ދޮގު އިލްޒާމެއްކަން ސާބިތުކުރުމަށެވެ. އުނދަގޫކަމެއްނެތި ދޮރު ހުޅުވައިލަމުުން އެތެރެއަށް ވަނެވެ. މީހެއްގެ ހިލަމެއްނެތެވެ. ނަމަވެސް އެއްޗެއް ތެޅޭހެން ހީވެއެވެ. އަނދިރި ގަނޑުތެރޭގައެވެ. ޝާޒް ސްޓޯރޫމްގެ ބޮކި ޖައްސައިލިއެވެ. މީޝާ ހައިރާން ވިއެވެ. ފިރިހެނެކެވެ. ގޮނޑިއެއްގައި އައްސާފައި ހުރިއިރު ކޯޓުފަޓްލޫނު އަޅައިފައި ހުއްޓެވެ. މޫނު އެނގޭކަށް ނެތެވެ. ކަޅުކުލައިގެ ފޮތިކޮތަޅަކުން ނިވައިކޮށްފައި ވާއިރު ސަލާމަށް ވާން މަސައްކަށް ކުރަނީއެވެ. އަޑު ތަކުން މީހާގެ އަނގަ މަތީގައި އެއްޗެއް އަޅައި ބަންދު ކޮއްފައި ހުރިކަހަލައެވެ. މީޝާ ބަލައިލިއިރު ޝާޒްގެ މޫނުމަތިން ފެންނަނީ އެހެން ކުލަވަރެކެވެ.

ޝާޒް މަޑުމަޑުން ހިނގައިފައި ގޮސް ކޮތަޅުނެގިއެވެ. މީޝާއަށް އަނގަމަތީ އަތް އެޅުނެވެ. “މައުރޫފް އަންކަލް..!” ޝާޒް ވަގުތުން މައުރޫފް ހޮސޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރިއެވެ. މައުރޫފް ހޮސޕިޓަލަށް ގެނދެވުނު އިރު ޙަބަރު ހުސްވިއެވެ. ނަމަވެސް ދެތިންގަޑިއިރުގެ ތެރޭގައި ހޭވެރިކަން ވާނެކަމަށް ޑޮކްޓަރުން ބުނިއެވެ. ޝާޒް އައި.ސީ.ޔޫ އިން އާންމު ބަލިމީހުން ބާ ކޮޓަރިއަކަށް މައުރޫފް ބަދަލު ކުރަން އެނގުމަށް ފަހު މީޝަގެ މޫނަށް ބަލައިލިއެވެ. މީޝާގެ ކައިރީގައި އެއްގޮނޑި ދޫކޮއްލުމަށް ފަހު އިށީދެމާފަށް އެދުނެވެެ. އެވަގުތު މީޝާ ޝާޒްއަށް ބަލައިލުމަށް ފަހު ހިނިތުން ވެލިއެވެ.

ދެހަފްތާފަސް…

މާރިއާ މައުރޫފްމެންޝާންގެ ދޮރާށިން އެތެރެއަށް ވަދެ ހޯލް ކަޑަތުކުރުމަށްފަހު ބޮޑުފެންޑާއަށް ދިޔައެވެ. އެވަގުތު ސޯފާގައި އިން މައުރޫފް ފެނި ހައިރާން ވެ ބަލަން ހުރި އެވެ. ނަމަވެސް ކަމެއްނުވާކަމަށް ހަދާލަމުން ޝާޒްއަށް ބަލައި ހިނިތުން ވެލިއެވެ. މުނުމަތިން ދާ ތިކިތަށް ފާޅުގައި ފެންނަން ހުރިނަމަވެސް މަޑުހިނގުމެއްގައި ގޮސް މައުރޫފް ގެ ކައިރީގައި އިށީނެވެ. “ސަޕްރައިޒް ދޭން މައުރޫފް އަށް ރަނގަޅަށް އެނގިލައްވާނެ…!” މާރިއާ ބުނެލިއެވެ. މައުރޫފް ދުރަށް ޖެހިލަމުން މޭޒުމަތީގައި އިން ކޮފީތަށިނަގައި އެތިފޮދެއް ބޯލަމުން ޝާޒްގެ މޫނަށްބެލިއެވެ. އެވަގުތު ޝާޒް އޭނަގެ ކޮފީތަށި ބަހައްޓަމުން ބައްޕަގެ އިށާރާތާއި އެއްގޮތަށް ކުރިއަށް ދިޔައެވެ. “މަންމަ ސިންގަޕޫރުން ކީއްވެ އައުން ލަސް ކުރީ..؟” ޝާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަން ފާހަނގަ ކުރެވުނު ހެނެއް ހިޔެއްނުވެއެވެ. މީޝާ ކައިރީގައި އިނދެގެން ޝާޒްގެ އަތްމަތީ އަތް ބާއްވައިލަމުން ހަމަ ޖެހިލުމަށް ލޮލުގެ އިށާރާތަކުން އެންގިއެވެ. ޝާޡް ހަމަޖެހިލަމުން މީޝާގެ އަތްމަތީ އަތް އެޅިއެވެ. މިއިށާރާތް ފެނި މާރިއާ ކަންބޮޑުވިއެވެ. އެވަގުތު ޝާޒް އަނެއްކާވެސް ސުވާލު ތަކުރާރުކޮއްލިއެވެ. “މަންމަ މިއައީ ކުޑަ ޝޮޕިންއެއް ކޮއްލައިގެން.. ބައްޕަ ބުނުއްވީ ދަރިފުޅުކައިރީގައި ނާންގައި އަންނަން…!” މައުރޫފްގެ ނަފްރަތުން ފުރިގެންވާ ނަޒަރު އަމާޒުވުމުން މާރިއާއަށް ޔަގީން ވީ އޭނާގެ ސިއްރު ފަޅައި އަރައިފި ކަމެވެ. އެވަގުތު ގޭގެ ތެރެއަށް ޕޮލިހުން ވަދެގަނެއްޖެއެވެ. މާރިއާ ހައްޔަރު ކުރެވުނެވެ. މައުރޫފް ތެދުވެ މާރިއާކަންކަށިމަތީގައި ޖެހުމަށް ފަހު ދޮގުނުހެދުމަށް ބުނެ އިންޒާރުދިނެވެ. އެވަގުތު މާރައާ ބުނެލިއެވެ. “މިއީ ހުސް ކަލޭގެ ކަންތަށް ކަލޭ މިގެއަށް ނައި ނަމަ މައުރޫފް މެންޝަން ބަރުބާދުކޮއްލީމްސް.. އެއްފަހަރު ދިން ބޮނޑި ހަނދާން ނެތިގެން އައީނު އަނެއްކާ…!” މީޝާގެ ގާތަށް ރުޅިއައެވެ. “ކަލޭތިއީ މަގޭ އާބާދުވަމުން އައި ދިރިއުޅުން ފުނޑު ފުނޑު ކޮއްލި ފުރޭތައެއްނު.. ލަދެއްނުގަނޭތަ އަމިއްލަޔަށް ބަލައިބޮޑު ކުރި ދަރިއަށް ހިތާމަތަކެއް ދޭއިރު.. މަންމައެއްގެ ކުލުނު ނޭގޭއިރު މަންމައަކަށް ބެލީތީ ޝާޒްލަދުގަންނަންޖެހޭ.. ކަލޭ ކޮންނިޔަތެއްގައި މިގެޔަށް އައީ..؟”މީޝާ އައި ރުޅީގައި ބުނެލިއެވެ. “އާން އޭނަދެކެ ރަހުމެއް ކުލުނެއް މަގޭހިތަކުނެއް ނަފުރަތު ކުރަން.. ކަލޭގެ ސަބަބުން މަގޭ ދަރިފުޅު ނިޔާވީ.. ކަލޭގެ ގޮތް ދޫނުކުރުމުގެ ސަބަބުން ކަލޭ ގޮވައިގެން މައުރޫފް ދާން ހަދައިގެން އެކާރު އެކްސިޑެންޓުގައި ކަލޭގެ މަންމަ އާއި އެކު މަގޭދަރިފުޅު މިދުނިޔެއާއިި އަލވަދާޢުކިޔީ… އެކަމުގެ ބަދަލުހިފަން ވެގެން އަހަރެން އެތަށް މަސައްކަތެއް ކުރިން ކަލޭގެ މަންމަ އައި.ސީ.ޔޫގައި މަރާލީ އެއަށް ފަހު މީޝާއާ ކަލެޔާ ދުރުކުރީ ކަލޭގެ އަނބިމީހާ ވެސް މަރާލީ.. ކަލޭގެ ދަރި ސަލާމަތް ވޭކޮންމެފަހަރަކު އަހަރެން ބޭނުން ވަނީ ކަލޭ އަބަދު ރޯން މީހެއް ނެތިފައި ހުންނަން.. އެދުވަހު ކަލޭ ބޭނުން ވީ ކާރު ފަހަތުގައި ހުންނަން އެހެންވެ މަގޭ ދަރިފުޅުކުރީގައި ހުރީ.. އަހަރެން ބޭނުންވީ ކަލެއާކަލޭގެ މަންމަ މަރާލަން.. އެކަމަކު އެ އެކްސިޑެންޓުގައި މަރުވީ ކަލޭގެ މަންމަ އާއި މަގޭ ދަރިފުޅާ..”މާރިއާ ހަޅޭއްލަވަމުން ކަހަލަ ގޮތަކަށް ކިަމުން ދިޔައެވެ.

މާރިއާއަށް ކޯޓުން އުމުރުދުވަހުގެ ޖަލުހުކުމެއް ކުރިއެވެ. އަދި މައުރޫފް ބުނިގޮތުން އޭނަ މައުރޫފްގެ ފުރަތަމަ އަންހެނުން ދެކެ ހަސަދަވެރި ވި ކަމަށެވެ. އަދި އޭނަ ބޭނުން ވީ މައުރޫފްގެ ފުރަތަމަ އަންހެނުންގެ ނަމާއި ނިޝާން ވެސް ފޮހެލުމަށް ކަމަށާއި މައުރޫފް މެންޝަން ބަރުބާދު ކުރުމަށެވެ. އެދުވަހު ޝާޒް ބޭނުން ވީ މައުރޫފް އާއިއެކު ދިއުމަށް ކަމަށާއި މާއިރާގެ ދަރިފުޅު ބޭނުން ވީ ކާރު ބުރެއްޖަހާލަން ދާން ކަމަށެވެ. އެހެންވެ އެދެމައިން ކުރިން ފޮނުވުމަށް ފަހު ދެވަނަ ކާރުން ދިޔައީ މައުރޫފް އާއި ޝާޒްކަމަށެވެ.

ޝާޒްގެ ކޮނޑުމަތީގައި އަތް އެޅުމަށް ފަހު މާފައް އެދެން ބުނަމުން މީޝާއަށް އިޝާރާތް ކޮއްލިއެވެ. މީޝާ އިނީ ބަގީޗާގެ ވިނަގަނޑުމަތީ އިށީދެ ލިމާން ގެ ފިލާވަޅުހައްދާށެވެ. “މާފުކުރާނެކަމަށް އުންމީދުކުރަން…. މާފަށް އެދޭނެ ގޮތެއްވެސް ނޭގެ އެކަމަކުވެސް މާފު ކުރޭ..!” ޝާޒް މީޝާގެކައިރީގައި އިށީންނަމުން ބުނެލިއެވެ. “މާފުކޮއްފިން..” މީޝާ ބުނެލިއެވެ. އެވަގުތު ރާއިފް އަދި ރިވާއު ބަގީޗާއަށް ވަދެގެން އަންނަނީއެވެ. މީޝާ ހިނިތުން ވެލަމުން ދެ އިފުރީތު އައި ކަމަށް ބުނެލިއެވެ. “ޑރ. މީޝާ ތިވަރަށް ތައުރީފް ނުކުރޭ..” ރިވާއު ލާނެއްތ ގޮތަކަށް ބުނެލިއެވެ. “ކޮން އިރަކުން މެރީ ކުރަނީ ދެން..”ރާއިފް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. “ތި ތިން މީހުން އެއްދުވަހަކު މެރީ ކުރީމަ ވީއެއްނު..؟!” މައުރޫފް ލާނަތް ރާގަކަށް ބުނެލިއެވެ. “މީޝާ މަންމަ ވާނީ އޭރުން ލިމާންގެ މަންމަ އަށް..” ލިމާން އުފަލުން ފުމެން ފެށިއެވެ. “ލިމާން.. މަންމަ ކިޔާތި..” މީޝާ ބުނެލިއެވެ. “ޝިޓް އޭރުން ފަހަރި ހޮސްޕިޓަލިގެ އެސިސްޓެންޓް ޑިރެކްޓަރަށް ވާނެ..”ރާއިފް ބުނެލިއެވެ.  “އޭރުން އިތުރު މަސައްކަތް..”ރިވާއު އިސްޖަހައިލަމުން ބުނެލިއެވެ. “މި މަހުގެ ރޭގަނޑު ޑިއުޓީ ނަގާތި ރިވާއު.. އާއިފް ކުއްލިހާލަތުގެ ޓީމަށް މާދަމާއިން ފެށިގެން ނިކުމޭ..”މީޝާ ލާނެތް ގޮތަކަށް ބުނެލިއެވެ. “ބުރޯ..” ރިވާއު އަދި ރާއިފް ބުނެލިއެވެ. “އެސިސްޓެންޓް ނޫން ދިރެކްޓަރު އަދި ސުޕަވައިޒަރަކީވެސް މީޝާ..” މައުރޫފް އަދި ޝޒް އެއްފަހަރާ ކަހަލޮަ ގޮތަކަށް ބުނެލިއެވެ. “ނޫން..”‘ ރިވާއު އަދި ރާއިފް ދެބެއިން ދުއްވައިގަތެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު ގުގުމާލިއެވެ.

{ލިޔުންތެރިޔާ.. ކުރިން ލިޔެ ހުއްޓާފަ އޮތް ރަތް ފިނިފެންމާ ވާހަކަ ދިމާވި ޓެކްނިކަލް މައްސަލައެއް ގެ ސަބަބުން ޑެލީޓް ކުރެވިފައި ވާތީ ހާޑް ކޮޮޕީއިން ޓައިޕް ކުރުމަށް ފަހު އަޕްލޯޑު ކުރާނެ ވާހަކަ ބުނެލަން.. މި ޕާޓް ވެސް ރީތި ވާނެކަމަށް ހީކުރަން..}

28

5 Comments

  1. Aana

    October 25, 2018 at 10:19 pm

    Wow

  2. Eun bi?

    October 25, 2018 at 10:24 pm

    V reethi

  3. Simmy

    October 26, 2018 at 4:38 pm

    Varaha salhi ey! Omg

  4. Angle

    January 2, 2019 at 10:18 am

    Hope you won’t destroy another women’s life, being an a women

  5. [email protected]¡[email protected]#?

    May 17, 2019 at 9:04 pm

    Masha Allah Vrh ves Reethi vaahaka eh…… Is this story finish☺️☺️☺️☺️

Comments are closed.