ވާނަން އެކުގައި (15)

- by - 40- January 25, 2018

ހިޔާލުތަކަށް ގެއްލިފައި އޮތް ކިޔާރާ ސިއްސައިގެން ދިޔައީ ގޭގެ ބެލް އަޅާލި އަޑަށެވެ. ޒާން އަތުގައި ތަޅުދަނޑި އޮންނާނެތީ ކުޑަ ހައިރާން ކަމެއް ކިޔާރާއަށް ވެރިވިއެވެ. ގޮސް ބަލާލިއިރު ސްކްރީނުން މުނު ފެންނަވަރެއްނުވެއެވެ. އޭނާ ހުރީ ފަހަތަށް އެނބުރިއެވެ. ކިޔާރާ ނުހުޅުވަން ހުރެފައި ޗޭނުކޮޅު އެޅުވުމަށްފަހު ކުޑަކޮއް ހުޅުވާލިއެވެ. އެއާއެކު ރަޔާން ވެސް އެނބުރިލިއެވެ. ރަޔާން ފެނިގެން ކިޔާރާ ހައިރާން ކަމާއެކު ދޮރު ބޮޑަށް ހުޅުވާލިއެވެ.

ރަޔާން ވަދެފައި ކިޔާރާގެ މުނަށް ބަލައިލިއެވެ. އެ މުނު މަތިން އޭނައަށް ފެނުނީ ހަމަޖެހުމެވެ. އުފާވެރިކަން އެމޫނުގައި ވެއެވެ. ޒާން އާއެކު އުފާވެރި ހަޔާތެއް ކިޔާރާއަށް ލިބިއްޖޭ ބުނާކަހަލައެވެ.

ރަޔާން ބުނަން އައި ވާހަކަ ބުނަން ޖެހިލުންވީ ކިޔާރާގެ އުފާވެރިކަމަށް ހުރަސް އަޅަން ބޭނުންނުވާތީއެވެ. އޭނާ ކިޔާރާގެ އެ އުފާވެރި މޫނު ދުށުމަށް އެދޭ ވަރުން ޖެހިލުންވީއެވެ.

ކިޔާރާ ރަޔާން ގެންގޮސް ސޯފާގައި ބެއިންދުމަށްފަހު ދިޔައީ ކޮފީއެއްގެނެސްދޭށެވެ. އޭރު އިރުއޮއްސެނީއެވެ. އެހެންކަމުން އެ ގަޑީގައި ކޮފީއެއް ރަނގަޅު ވާނޭ ކަމުގައި އޭނާ ހީކުރިއެވެ. ކިޔާރާ ކޮފީއެއް ހަދައިގެން އައިސް ރަޔާން އަށް ދިއްކޮއްލަމުން ސޯފާގައި އޭނާވެސް އިށީނެވެ. ކުރަން ބޭނުންވާ ބައިވަރު ސުވާލުހުއްޓެވެ. އެހެނަސް ރަޔާން ގެ އަނގަ ބަންދުވެފައިވާ ކަހަލައެވެ.

އެހެންތިއްބާ ޒާން އައިސް ވަނެވެ.

ރަޔާންގެ ނަޒަރު ޒާން އަށް ހުއްޓުނު ކަމުގައި ވިޔަސް އެ ނަޒަރުން މިއަދު ޒާން އަށް ފެނުނީ ފޫހިކަމެވެ. ރުޅިވެރިކަމެވެ. ނަފްރަތެވެ.

“ކިޔާ ކީއްވެތަ ވަކިން ތިއުޅެނީ” ރަޔާންގެ ފުރަތަމަ ސުވާލާއެކީގައާއި އެ އަޑުގައި ހުރި ހިންހަމަ ނުޖެހުމުން ކޮންމެވެސް ކަމެއް ހިނގައިފި ކަމުގައި ކިޔާރާގެ ހަވަނަ ހިއްސު ބުނެލިއެވެ. އެހެންނަމަވެސް އޭނާ އެކަން މޫނުމަތިން ނުދައްކާ ޒާން އަށް ގޮވާލާ ސޯފާގައި އިށީދުމަށް ބުނެލިއެވެ. “ކިހިނެތްތަ ރަޔާން އަށް އެނގުނީ މިގޭގައިކަމެއް” ކިޔާރާ ހަމަޖެހިލަމުން އޭނާގެ ހިތުގައި އޮތް ގޮތަށް ސުވާލުކުރިއެވެ. އެއާއެކު ސޯފާގައި އައިސް އިށީދުނު ޒާން އަށް ރަޔާން ގެ ނަޒަރު ސީދާކޮއްލިއެވެ. އެހެން ނަމަވެސް މާގިނައިރަކު ޒާން އަށް އެ ދެލޮލަށް ބަލަން ކުޅަދާނައެއްނުވިއެވެ. އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ.

“ކިޔާރާ އަށް އިނގޭތަ؟ ޒާން ކޮއްގެން އުޅޭ ކަމެއް” ރަޔާން ގެ ހަރުކަށިއަޑު އިވިފައި ޒާން އަށް އިސްއުފުލާ ބަލާލެވުނެވެ. އޭނާގެ ލޮލުން އެވާހަކަ ކިޔާރާ އަށް ނޭގުމަށް ބުނަމުންދިޔައެވެ.

ރަޔާން ގެ އަމަލުން ކިޔާރާ އަށް ވެސް ސިހުންގެނުވައިފިއެވެ. އެހެންނަމަވެސް އޭނާ ބެލީ މަސްލަހަތު ހިފެއްޓޭތޮއެވެ. “ރަޔާން. ހަމަޖެހިބަލަ. ޒާން އާ އަހަރެން ކައިވެނި ކުރީ އޭނާ ގެ މައިންބަފައިން ނުގަބޫލު ކަމުގައި ވާއިރުވެސް އަހަރެން އެކަމާ ޝަކުވާއެއްނުކުރަމޭ” ކިޔާރާ ގެ ޖުމްލައިން ރަޔާން ހައިރާންވެއްޖެއެވެ. މީގައި އިތިރު ހަގީގަތެއްވަނީ ހެއްޔެވެ؟ ކިޔާރާ ޒާން ދެކެ ވާ ލޯބީގެ އަގުގެ މަތިވެރިކަން އެ ވާހަކަ ކޮޅުން ވެސް ރަޔާން އަށް ދެނެގަނެވިއްޖެއެވެ. މީހަކު ކޮންމެ އެއްޗެއް ކިޔަސް އަމިއްލަ ނަފްސު ދިފާއުކޮއް މީގެކުރިން ޗުއްޕު ވެސް ނުބުނާ ކިޔާރާ ޒާން ގެ ދިފާއުގައި ވާހަކަ ދެއްކުމުން ރަޔާން ގެތުންފަތަށް ވެރިވެގެން ދިޔައީ މީގެކުރިން ވެރިނުވާފަދަ ހިތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ޒާން އަށް މަލާމާތް ރައްދުވެފައި ވެއެވެ.

ކިޔާރާ ވާ ލޯބީގެ ބަދަލް ޒާން މިދިނީ ކޮންފަދަ އަކުންހެއްޔެވެ؟.

އޭނާ އިތުރަށް އެއްޗެކޭ ނުބުނެ އެގޭ ދޮރުން ނުކުމެގެން ދިޔައެވެ. “ޒާން” އިސްޖެހިފައި ޒާން އިނުމުން ކިޔާރާ ޒާން ގާތަށް ގޮސް އިށީނެވެ. އެއާއެކު ޒާން ކިޔާރާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ވާނުވާ ނޭގިފައި އިން ކިޔާރާ ޒާން ގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ވީގޮތް ސުވާލުކުރަން ފެށިއެވެ. “އައި އެމް ސޮރީ ކިޔާ… ވެރީ ސޮރީ ކިޔާ… ޔޫ ޑޯންޓް ޑިޒާވް މީ…” ޒާން މަޑުމަޑުން ބުނެލިއެވެ. ކިޔާރާ ގަދަކަމުން ޒާން ދުރުކޮއްލަމުން އެހެން ނުބުނުމަށް ބުންޏެވެ. އެތަށް އިރަކު ދެމަފިރިން އެ ގޮތުގައި ތިއްބެވެ.

ރޭގަނޑެއްގެ ވަގުތެވެ. މާފަންނު ހެންވޭރު ވެލީ ގޭގެ ސިޓިންރޫމް ވަނީ ޒީނަތްތެރިކުރެވިފައެވެ. އޭގެ އެންމެ ފުރިހަމަ ގޮތުގައޭ ބުންޏަސް ދޮގެއްނުވާނެއެވެ. ޕާޓީގައި ޑިޒައިން ކޮއްފއިވާ ގޮތްތަކަކީ މޮޅު ފަންނުވެރިއެއްގެ ހުނަރުވެރިކަންކަން ޔަގީނެވެ. ތަފާތު ބާވަތް ބާވަތުގެ ކާތަކެތި އަލާ ތަށިތައް އެތުރާފާއިވާއިރު މި ޕާޓީ ހާއްސަ ކުރެވިފައި ވަނީ ކަމަލް ގެ އޮފީހުގެ މުއައްޒަފުންނާއި އިސްވެރިންނަށެވެ. ޕާޓީއަކީ އޮފީހަށް ލިބުނު ހާއްސަ ކާމިޔާބީއަކާ ގުޅިގެން ބޭއްވި ޕާރޓީއެކެވެ. އެ ޕާރޓީއަކީ ރާއްޖޭން ބޭރުގެ ކުންފުންޏަކާ އެކު ވެވެނު އެއްބަސް ވުމަކުން ކޮންޕެނީގެ ކުރިއެރުން ފާހަގަކުރަން ބޭއްވުނު ޕާރޓިއެކެވެ. އޮފީހުގެ މުވައްޒިފުންގެ އިތުރުން ދެން އެ ބައިވެރިވީ އެ އާއިލާގެ ބައެއް ރަހްމަތް ތެރިންނެވެ.

ޒާން ގޭގައި އޮތް ޕާރޓީ އަކަށް ދާ ވާހަކަބުނުމުން ކިޔާރާގެ ތަބީއަތު ގޯސްވިއެވެ. ކައިވެންޏަށް އެތަށް މަހެއް ވިއިރުވެސް ޒާން ގެ އާއިލާއާ ބައްދަލުވެ ގުޅުން ބަދަހި ކޮއްލާނޭ ފުރސަތެއް ކިޔާރާއަށް ނުލިބުނުތާ އެއީ ޒާން ގެ އަންހެނުން ކަން އަންގައދޭނޭ ފުރުސަތެއްވެސް ކިޔާރާއަކަށް ނުލިބުނެވެ. އެހެން ނަމަވެސް ޒާން ގެ ހައްގުގައި ހިނިތުންވުމަކުން ހިތުގެ އުދާސްތައް ފޮރުވާލަމުން އެއްބަސްވީ ހުރިހާކަމެއް ހެއްދެވި ފަރާތާ ވަކީލު ކުރާ ހާލުގައެވެ.

ޒާން ޕާރޓީތެރޭގައި ހުރެފައި ފޯނެއް އައުމުން ބޭރަށް ނުކުމެލީ ޕާރޓީތެރޭގައި އަޑުގަދަކަމުންނާއި މީހުން ގިނަކަމުންނެވެ. އެވެ.

ލީން ޒާން އަށް އެތަނުންދިމާވި އޭނާގެ ބޮޑުބޭބެއަކަށް ތައާރަފްކުރުމައްޓަކައި ބަލާލިއިރު ޒާން ނުކުންނަތަން ފެނިގެން އޭނާވެސް ލާފާއި ހުރި ދިގު ހެދުމުގައި ދެފަރާތުން ހިފައްޓާލަމުން ހަރު ފިޔަވަޅުތަކެއްގައި ޒާން އާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ދެފަހަރަކު ޒާން އަށް ގޮވާވެސްލިއެވެ. އެހެން ނަމަވެސް އެ އަޑު ޒާން އާ ހިސާބަށް ފޯރާ ގޮތެއްނުވެއެވެ.

“މީ ސަމީމާ… އަހަރެންގެ އަންހެނުން” ކަމަލް އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަމަށްވާ ވާހިދް އަށް ސަމީމާ ތައާރަފްކޮއްދިނެވެ.

އެ ގޮތުގައިކަމަލް ވެސް އޭނާ ގެ އާއިލާ ތައާރަފްކުރަން އުޅުނެވެ. އަދި އެތަނުގައި ފަޒްރާވެސް އޭނާގެ މަންމަ ހާފްޔާ ގޮނޑިއަށް ލައިގެން ދުއްވަމުން ދިޔައެވެ. އެންމެ ފުރިހަމަ ގޮތުގައި އާއިލާގެ ހުރިހާ އެންމެންވެސް ވެސް ހަފްލާގައި ބައިވެރިވަމުން ދިޔައެވެ.

ޒާން ފަހަތުން ލީން އަންނަމުންދިޔައެވެ. ޒާން ފޯނެއްގައި ހުރެގެން ކުރިއަށް ދިޔައިރު މި ފަހަރު ގޮވާލާކަށް ލީން ބޭނުމެއް ނުވެއެވެ. ޒާން ގޮސް އިށީދުނީ އެއްފަރާތުގައި ބައިންދާފައި އިން ލަކުނޑި ގޮންޑިއެއްގައެވެ. އޭނާ އިނީ ގެ އާ ވީދިމާލަށް ފުރަގަސް ދީގެން ކަމުން ލީން އެއް އޭނާ އަކަށް ނުފެނެއެވެ. “ޔެސް ބޭބީ… މިރޭ ދާނަން. ޕްރޮމިސް. ދެރަ ނުވައްޗޭ ދެން. މިހަކު ކޮންމެ އެއްޗެސް ކިޔަސް ތީ އަހަރެންގެ އަންހެނުން ނޫން ކަމަކަށް ނުވާނެ” ޒާން އަށް ގޮވާލަން އަނގަ ހުޅުވާލ ލީން ގެ އަނގަ މަޑުމަޑުން ލައްޕާލަން އޭނާއަށް މަޖުބޫރު ވިއެވެ. އެއާއެކު ހިތާ ދިމާލުގައި އަތް އަޅާލަމުން ބެންޗް ގެ ކުޑަކޮއް އެއްފަރާތަށް ވާގޮތަށް ހުރި ގަހުގެ ނިވަލަށް ވަނެވެ.

“ޔެސް ކިޔާ. ނުވިސްނައްޗޭ އައި ލަވްޔޫ… އެން އޮންލީ ޔޫ” ޒާން ފޯން ބާއްވަމުން ބުނެލި ޖުމްލަ އަޑިއިވިފައި ލީން ލޮލުން ހިފެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާ އަޑު ނުކުމެދާނެތީ އަނގަމަތީގައި އަތް އަޅާލިއެވެ. ޒާން ތެދުވެ ހިންދެމިލަމުން ހިގައިގަތެވެ. ފޯނަށް ބަލަމުން ހިނގަތްތަނާ އޭނާއަށް އަށް ހުއްޓެވުނެވެ. އޭނާއަށް ފަހަތަށް ބަލާލެވުނެވެ. ލިން އަވަސް އަވަހަށް ގަހުގެ އަނެއްފަރާތަށް ދިޔައެވެ. ޒާން މަޑު ފިޔަވަޅުތަކެއްގައި ފަސްދީ ހިނގައިގަތެވެ. އަނެއްކާވެސް އޭނާއަށް އެތާގައި މީހެއް ހުރިކަމުގެ އިހްސާސްވުމުން އެބުރުނުއިރު އެކަކުވެސް ފެންނާކަށްނެތެވެ.

އަނެއްކާ މިފަދަ ވަގުތެއްގައި ހަމަހިމޭންކަމުން ހީވި އެއްޗެއް ބާއޭވެސް ހިތަށް އެރިއެވެ. ގޯތި ތެރޭގައި ލައިޓް ޖަހާފައި ދިއްލާފައި ހުރި ކަމުގައި ވިސް އެ ތާގައި ޖަހާފައި އިން ލައިޓް މިރޭ ނުދިއްލި އިނުމުން އަނދިރި ކަމަށް ދައްކައެވެ.

“ޒާން ބައްޕަ އެބަ ހޯދާލައްވާ” ފަހަތުން އައިމަންގެ އަޑު އިވިފައި ޒާން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އޭޏާގެ ފަހަތުން އައިމަންވެސް ގޮސް ގޭތެރެއަށް ވަނެވެ.

ލީން އަށް ހުރިތަނަށް ތިރިވެވުން ނޫން ކަމެއް ނުކުރެވުނެވެ. ކޮޅަށް ހުންނާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ ވަނީ އެހާވެސް ކަންބޮޑުވެ ހާސްވެފައެވެ. ދެރަވެ ހިތް ފަޅައިގެން ދާން ކައިރިވެފައެވެ. މިއޮއްފަދަ ރޭ މިލިބުނީ ކޮންފަދަ ހިތް ހަލާކުކުރުވަނިވި ހަބަރެއްހެއްޔެވެ؟ އެހެން ނަމަވެސް އޭނާ ކެތް ކުރާނެއެވެ. ޒާން ގެ ދުލުން އެ ހަގީގަތް އޭނާ ފާޅު ކުރުވާނެއެވެ.

“އަނހާ ދަރިފުޅާ ކޮންތާކުންތަ ތި އައީ” ކަމަލް ކައިރިއަށް އައިސް ހުއްޓުނު ޒާން އަށް އޭނާ ބުނެލިއެވެ. އަދި އެއާއެކު އޭނާ ކައިރީގައި ތިބި މީހުންނަށް ޒާން ތައާރަފް ކޮއްދޭން އުޅުނެވެ.

ކަރުނަ ފޮހެމުން ހަމަޖެހެން މަސައްކަތް ކުރަމުން ލީން ވެސް ގެ އާ ދިމާލަށް ހިނގައިގަތެވެ. ލޯތްބަކީ ލޯބި ވާ މީހާގެ އުފާވެރިކަމަށް އެދުމެވެ. އޭނާގެ ހިންހަމަ ޖެހުމަށް އެދުމެވެ. ލޯބީގެ މަތިވެރިކަން އޭނާގެ ލޮލުގެ ކުރިމައްޗަށް ވަނީ ފެނިފައެވެ. އޭނާގެ ލޮލުގެ ކުރިމައްޗަށް ފެނުނީ އަމިއްލަ އެދުމުން ފޯވެފައިވާ އަނިޔާވެރިއެއްގެ ވަކިތަކެވެ. އެ އަނިޔާވެރިކަމުގެ ދަށުގައި ހަތްޔަރުވެ ދުނިޔެ ދޫކުރި ނިކަމެތި މައުސޫމް ނަފްސެކެވެ. އޭނާ ދުވަހަކުވެސް އެފަދަ މީހަކަށް ނުވާނެއެވެ.

“ލީން… ސިޑިން އަރަން ވެގެން ގޮސް ގޮސް ހުރި ލީނަށް ކަމަލް ގެ އަޑު އިވުމުން ދާކަށް ނުކެރުނެވެ.

އޭނާ ކަމަލް އާ އެކީ ދިޔައިރު ޒާން ވެސް ހުއްޓެވެ.

ލީން ޒާން އަށް ނުބަލަން މަސައްކަތްކުރިއެވެ. ކުޅަދާނަކަމުން އެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮއްލާ މޫނުމަތީގެ ކުލަވަރު ބަދަލުކޮއްލާފާއިވެއެވެ.

ލީން ގެ ބަދަލްވެފައިވާ މިޒާޖު އެ ހިސާބުންވެސް ޒާން އަށް ނަގައިގަނެވުނެވެ. އޭނާ އެއްޗެކޭ ނުބުނެމަޑުން ހުރީ އެއީ ކޮންކަމަކާ އައި ބަދަލެއްކަން ބަލަން ބޭނުންނުވީމައެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ލީން ދެރަވެއްޖެނަމަ އޭނާ ހިންހަމަ ޖައްސަދޭން ޒާން މަސައްކަތް މަދުމަދުން ކޮއްދެއެވެ. އެހެން ހެދުމުން އޭނާއަށް ކިޔާރާ އާއެކީ އުޅުމަށް ފަސޭހަ ވާނެ ކަމުގައި އޭނާ ހީކުރިއެވެ. އޭނާ އަށް ބަނދެވިފައިވާ މަޖުބޫރުގެ ވާގަނޑުގެ ސަބަބުން ދިމާލަކަށް ހިރިލެވެންވެސް އޮތީ އެ ވާގަނޑު އޭނާ ގެންގޮސްދޭނޭ ހިސާބަށެވެ. އެއަށް ވުރެ އިތުރަށް އޭނާ ދާން އުޅޭނަމަ އެ ވާގަނޑަށް ވާން ވާނޭ ކަމުގައި ޒާން އަށް އެނގެއެވެ. އެހެންކަމުން އެ ވާގަނޑަށް ވާން ނުވާވަރު ބަލައިގެން ކިޔާރާ އާއެކީ އޮތް ގުޅުން ކުރިއަށް ގެންދެވެން އޮތް ގޮތަކަށް ގެންދަން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

(ނުނިމޭ)

40

Hi Mi

Assalaamu Alaikum...I have been writing stories for a long time nw as a hobby... then i thought why not show the talent to others... i thought that this is the way in which i could improve my writing... Alhugandu ge vaahaka thakugai hunna rangalhu kohlan jehey kanthah thah bunedhinmaki libigen dhaa kuri kuri erumeh kamugai dheken. Eyi alhuganduge liyun thah ithurah furihama vegen dhaane kameh kamugai dheken. Thiya enmehaa kiyun theringe hiyaalu thakaki libey kuri erumeh. Thankyou... Email:- [email protected]

You may also like...

15 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Assalaamu Alaikum. Hi Mi varah bixi koh ulhefa mirey mi up kohdhini. Varah kutuvedhaane mi bai. Tomo aa ba yey genesdheynan. In Sha Allah. Good nyt all and Thankyou all. Jazakallah Khairan… 😊😊😊

    ⚠Report!
    1. Thankyou sooo much Aiminath… soooooo happy. 😊😚😙😊😚😙😊😚😙😚😚😙😊😚😙😊😚😙

      ⚠Report!
  2. hehdhevi faraathah vakaalathu kuraahaaluga ey othyma aslu ehaa rangalheh noon kanneynge eygen enegey maana eh.. rangalhu gothakee hendhevifaraathaa vakeelu kuraa haaluga.. rangalhu kohlahchey

    ⚠Report!
    1. Yes. Mihaaru innaani rangalhu kohlaafa. Thankyou faahaga kohdhinithy enooni meaning change vani dw. 😊😚😙

      ⚠Report!
  3. Thank u Hi Mi.. eagerly waiting for next part.. Hi Mi ge stories vvvv reethi. Avahah up khlladheychey ingey.. loves 💚💙💛💙💚💙💙💚💛💙💚

    ⚠Report!
  4. Alhey mi part vx hama awesome ❤️❤️😘😘👍👍.. Very very nice 👍👍😁😁.. Waiting for next part 😊😊.. Love you Hi Mi ❤️😘😃😁😀

    ⚠Report!
    1. Yes. Angel keep reading. Lots of unexpected things are on the way… 😊😚😙 Thanks dear.

      ⚠Report!

Leave a Reply

Your email address will not be published.