އެއާއެކު ލީން އަވަސް އަވަހަށް ދިޔައެވެ. ގޮސް ދޮރުހުޅުވާލަމުން ވަންނަން އިޝާރާތް ކުރިއެވެ. އޭނާ އޭރު ރަނގަޅަށް ރަޔާން އާ ދިމާލަށް ބަލާނުލައެވެ. ރަޔާން އަށް ވެސް އޭނާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ.
ގޭތެރެއަށް މީހަކު ވަތް އަޑަށް ބަދިގެ ފަރާތުގައި ހުރެފައި ސަމިމާ ބޯ ދިއްކޮއްލިއެވެ. އެއާއެކު ރަޔާން ފެނިގެން އޭނާ ގެ ހިނިތުންވުން ފުޅާވިއެވެ. އަދި އަވަސް އަވަހަށް ޒިންކު ކައިރިއަށް ގޮސް އަތް ދޮވެލައި ސާފުކޮއްލައިގެން އައެވެ. އޭނާ ލީން އަށް ބަލާލާ ސުވާލުކޮއްލުމާއެކު ރަޔާން ސުވާލަށް ޖަވާބުދިނެވެ. ވީގޮތް ފަހުމް ވެގެން ސަމީމާ ހީލިއެވެ. ރަޔާން ގެ އަޑު އިވިގެން ލީން ބަލާލިއެވެ. އެއާއެކު އޭނާއަށް ރީއްޗަށް ރަޔާން ގެ މޫނު ފެނުނީ ދެނެވެ. ރަޔާން އަށް ވެސް ލީން އާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު އެއީ ކޮންކުއްޖެއްކަން ނޭގިގެން ބަލަން ހުރެވުނެވެ. ހަމަ ގައިމުވެސް ގޭގެ ކާޑު އޮންނާނީ ވަރަށް ގާތް ކުއްޖަކަށް ވިމާކަން އޭނާއަށް އެނގެއެވެ.
“އަނހާ… މާ ރަނގަޅަކަށް ނު މި ދިމާވީ… މީ ޒާން ގެ އަންހެނުން… ލީން” ހެވިފައި ސަމީމާ ބުނެލީ ޒާން ކިޔާރާ އާއި ކުރި ކައިވެނީގެ އެއްވެސް ހަގީގަތެއް ނޭގިއެވެ. އެއާއެކު ރަޔާން ގެ ހައިރާންކަން ދެގުނަވިއެވެ. އަމަ އެހިނދު ސިޑީގެ ހަރުފަތްތައް ހަލުވި ކަމާއެކު ގިރާކުރަމުން ފޭބި ޒާން ގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު އޭނާއަށް ވެސް ވަގުތުން ހުއްޓެވުނެވެ.
އެއާއެކު އޭނާ އަށް އެތާ ހުރެވުނީއެވެ. “ޒާން” އެއްލިކަޅިއަކުން ޒާން ލޮލުގައި އަޅާގަތުމާއެކު ސަމިމާ ގޮވާލިއެވެ. އެއާއެކު ޒާން އިސްޖަހައިގެން ފޭބީ ކުއްވެރިއެއްފަދައިންނެވެ.
ހަގީގަތުގައިވެސް ޒާން އަތުގައި ރަޔާން އަށް ދޭނޭ ޖަވާބެއް ނެތެވެ. އޭނާ އެވަނީ ބޭޒާރު ވެފައެވެ. އެ ހަބަރު ރަޔާން އަށް މިފަދަ ގޮތަކަށް އެނގުމަކީ ޒާން ބޭނުންވި ކަމެއްނޫނެވެ. ބަސްހުއްޓިފައި ހުރި ރަޔާން ވެސް ޒާން ހުރި ދިމާލަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެބުމަ ގޮއްޖެހިގެން ދިޔައެވެ. “ކައިވެނި ކުރީތަ” ޒާން އަށް ބަލަން ހުރެފައި ރަޔާން އަމާޒުކޮއްލި ސުވާލު ގުޅިފައިވަނީ ކާކާ ކަން ހަމައެކަނި އެނގޭ މީހަކީ ޒާންއެވެ. އޭނާ އައިސް ރަޔާން ގާތު ހުއްޓީލުމާއެކު ބޯ ޖަހާލިއެވެ. އެއާއެކު ރަޔާން ގެ ރުޅި ގަނޑަށް ޕްޓްރޯލް އެޅުން ފަދަ ކަމަކަށް އެކަން ވިއެވެ.
އޭނާ ދަތް ކުނޑި ވިކާލައިގެން ހުރެ މުށްކެވިފައިވާ އަތް ޖީބަށް ޖަހައިލިއެވެ. އަދި ގަދަކަމުން ހިނިތުންވީ ސަމީމާ އާއި ލިން ވެސް ހުރުމުންނެވެ. “ރަޔާން ސައިބޮއިގެނެއްނު ދާން ވާނީ” ސަމީމާ ބުނެލިއެވެ.
“ނޫނޭ… ދައްތާ… އެހެން ފަހަރަކުން އަސްލު މިއައީ ވަރަށް މުހިންމު ކަމެއްގައި ޒާން ބަލާ…” ރަޔާން ދޮގެއް ހަދާލިއެވެ. ޒާން ގެ މޫނުމައްޗަށް ހައިރާން ކަން ވެރިވެގެން ދިޔައެވެ. އޭނާ ދެންމެ އައީ ބޭރުން ރަޔާން އާ އެކީ އުޅެފައެވެ. އޭނާ ފަހަތުން ރަޔާން އެ ގޮތަށް ވަދެފާނެކަމަކަށް އޭނާ ހިޔެތް ނުކުރެއެވެ. ކިޔާރާ ގެ ވާހަކަ އަހާފައި ބައްދަލު ކޮއްލަން އެދޭ ކޮންމެ ފަހަރަކު އޭނާ ބަހަނާއެއްދައްކާފައި އެކަމާ ރެކިގަނެއެވެ. “ހުވާ އަދި ތި ގެއަށް ވަންނާނަށް ވަގަށް ކިޔާރާ އާ ދިމާވޭތޯ… ހެހެހެ” ރަޔާން އަބަދުވެސް އެފަދަ ވަގުތުތަކުގައި ބުނާނެއެވެ. އެހެންނަމަވެސް ޒާން ހީކުރީ އެއީ ސަމާސާ އެއް ކަމަށެވެ.
“އެކަމް ހާދަ ވިއްސާރައޭ ރަޔާން” ސަމިމާ ބުނެލީ ބޭރަށް އިޝާރާތް ކޮއްލަމުންނެވެ. ރަޔާން އިތުރަށް ބުނީ ވަރަށް މުހިންމުކަމުގައެވެ. އެހެން ނޫންނަމަ މިފަދަ ދުވަހެއްގައި އޭނާވެސް ޒާން ހޯދަން ނާންނާނޭ ކަމުގައެވެ. ރަޔާން އުޅުނީ ޒާން އާ އެކިގައެވެ. ޒާން ގެ ކާރުގައެވެ. ޒާން ރަޔާން އެގެއަށް ވައްދަން ބޭނުންނުވެފައި ގޭޓްގެބޭރުން ޓެކްސީއެއްގައި ރަޔާން ފޮނުވާލަން އުޅުނީ ކީއްވެކަން ރަޔާން އަށް ދެނެގަނެވުނީ އަދި ކިރިޔާއެވެ.
ދެމީހުން ދުވެލާފައި ގޮސް ގަރާޖުން ކާރު ނެރުނެވެ. ދުއްވަން އިނީ ޒާން އެވެ. “ހިނގާ… މަކަން މެން ގެއަށް ދާންވީ” ރަޔާން އަމުރުކުރިއެވެ.
ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޒާން ދުއްވައިލީ މަކަން މެން ގެއަށް ދިޔުމަށެވެ. މަކަން މެން ގެއާ ހިސާބަށް ދެވެން ދެންވެސް ރަޔާން އިނީ ރުޅިގަނޑ ހިފައްޓާލައިގެންނެވެ. އޭނާ އަށް އިނދެވެނީކީވެސް ނޫނެވެ. އޭނާ އިނީ އެހާވެސް ރުޅިގަދަވެފައެވެ. ލިފްޓުން އަރާ މަކަންމެން ބައިގައ ބެލް އެޅުމުން ހުޅުވީ މަކަންއެވެ. އޭރު ޒީފާވެސް ކުޑަ ދަރިފުޅު ރޯވަރުން މަސަލަސް ކުރަން އުޅުނެވެ. އޭނާ ސިޓިން ރޫމް ގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި މަކަން ގެ އިޝާރާތުން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.
މަކަން ޒީފާ ފޮނުވާލީ ޒާން އާއި ރަޔާން ގެ މޫނުމަތިން ފެނުނު އަސަރުތަކުންނެވެ. ރަޔާން ގެ ދެބުމަ ގޮއްޖެހިފައި ވާއިރު މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ. އޭނާ އަށް ޒާން ގެ އިސްޖެހިފައި މޫނުފެނިފައި ވެގެން އުޅޭ ގޮތް އެނގުނު ކަހަލައެވެ. އެކަމަކީ އޭނާ ޒީފާއަށް ވެސް ސިއްރުކޮއްފައި ވާ ކަމަކަށް ވުމުން ޒީފާ ފޮނުވާލަން މަޖުބުރުވީއެވެ.
އެހެންނަމަވެސް މިއަދު އެ އަޑު ޒީފާ އަށް އިވޭނޭ ކަމުގައި އޭނާއަށް ވެސް އެގެއެވެ. “އައް… ދިޔޯ” ޒާން އަށް އުނދަގުލުން ބުނެވުނީ ރަޔާން ގޮއްމުށުން ޒާން ގެ އަނގަމަތީގައި ޖެހީތީއެވެ.
“ލަދެއް ނުގަނޭތަ؟ ކިޔާ އާ އޭ މެރީކުރަން އުޅުނީ… އެކަމް ކިޔާ ބުނި ކޮއްފީމޭ…. އެހެން ވިއްޔާ އޭނަވެސް ދޮގެއް ދޯ އެ ހެދީ… އޭތް” ރަޔާން ކުއްލިއަކަށް ހުއްޓައިލީ އޭނާގެ ހިތަށް އެރި އެއްޗަކުންނެވެ.
“ދެވަނަ ފަހަރަށް ޒާން ގެ ގައިގައި ޖަހަން މަޅާލި އަތް މަކަން ހިފެއްޓިއެވެ. އެއާއެކު ރަޔާން ދެން ހިފީ ޒާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ.
“ބުނޭ… ކިޔާ އާ އިނދެގެން ތިއުޅެނީ ދެ އަންބައްތަ؟ ކިޔާ އަށް އެނގޭތަ” ރަޔާން އަހާލިއެވެ.
ޒާން ބޯ ޖަހާލިތަން ފެނިފައި ރަޔާން ގެ ރުޅިގަނޑު ހައްތަހާ ވީގަދައެވެ. އެއާއެކު ބާރު ބާރަށް ޒާން ގެ ގިރުވާނުން ދޫކޮއްލިއެވެ. އަދި އެ ގެއިން ނުކުތުމުގެ ކުރިން މަކަން އަށް ބަލާލިއެވެ. އޭނާ އިސްޖަހާލިތަން ފެނިފައި މަކަން އަށް ވެސް އިނގޭކަމަށް އޭނާ ނިންމިއެވެ. އަނޑުގަދަވެގެން ކޮޓަރިން ނުކުމެ ނުކުމެ ހުރު ޒީފާ ގެ ކަންފަތަށް އިވުނު ބަސްތައް ކުގެ ސަބަބުން އޭނާ ހުރިތަނަށް ގަނޑުވިއެވެ. މަކަން އެވަރުގެ ކަމެއް އޭނާއަށް ސިއްރުކޮއްފާނެބާއެވެ. “ކިޔާރާ ގާތު ވެސް ބުނާނަން. މަ ހިޔެއް ނުކުރަން މަކަން….” ރަޔާން އެންމެ ފަހުން ނުކުމެގެން ދަމުން ބުނެލި ޖުމްލަ ޒީފާ ކަންފަތުގައި ގުގުމަމުން ދާކަހަލައެވެ.
“ބުނޭ ކޮންތާކު ކިޔާ އުޅެނީ” ނުކުތް ހަލުވި މިނުގައި އަނެއްކާ އައިސް ވަދުމާއެކު ރަޔާން އަހައިލިއެވެ. އެއާއެކު ޒާން އެޑްރެސް ބުނެލީ ގޮތް ހުސްވެފައިވާ މިހެއް ފަދައިންނެވެ.
މަކަން އެނބުރި ލުމާއެކު ޒީފާ ކޮޓަރިތެރެއަށް ދެމިގަތެވެ. ޒާން އަވަސް އަވަހަށް ރަޔާން ފަހަތުން ނުކުތެވެ. އެހެން ނަމަވެސް އޭނާ އަށް ވުރެ ކުރިން ރަޔާން ލިފްޓުން ފައިބައިފިއެވެ. އޭނާ އަވަސް އަވަހަށް ދެން މިސްރާބުޖެހީ ކިޔާރާ ކައިރިއަށް ދާށެވެ.
އެއީ ރަޔާން ދާނީ ކިޔާރާ ކައިރިއަށް ދާން ކަން ޒާން އަށް އެނގޭތީއެވެ.
ވިއްސާރަކަމުން ކޮޓަރީގެ އޭސީ ނިއްވައިލައިގެން ފަންކާވެސް ނުޖަހާ ގައިގައި ރަޖާ އަޅައިލައިގެން އޮތް ކިޔާރާ އޮތީ ހީކަރުވައިގަންފައެވެ. އެހެން އޮތް އިރު ރަށުގައު އޭނާ އުޅުނު ހާލު ސިފަވަމުންދިޔައެވެ. ވިއްސާރަ އެތައް ރެއަކު ކިޔާރާ ނެރެ އައްސާފައި ބަހައްޓައެވެ. އެއިން ކޮންމެ ރެއަކު ކިޔާރާ ލަވާ ހަޅޭއް ވިއްސާރާއިގެ އަޑާ އެކުވެގެން ދަނީއެވެ.
ކިޔާރާ އަށް ހަނދާނަށް ދެން އަންނަން ފެށީ ވެސް އެފަދަ ރެއެކެވެ.
***
“މަންމާ… ކިޔާ އަށް ތިހެން ނަހަދާ… ބައްޕާ ބައްޕާ” ކިޔާރާ އެހިއަށް އެދި އޭނާގެ ބައްޕައަށް ގޮވިއެވެ. އޭނާއަށް އެހިތެރިވެދޭން އެ ބައްޕަ އަށް ނާދެވޭނެކަން އެނގޭ ހާލުގަވެސް ގޮވެނީ އެ ބައްޕައަށެވެ.
އޭނާއަށް ހިމާޔަތްދޭން އެ ބައްޕަ ގާތުގައި ހުންނާނެނަމައޭ ހިތަށް އެރިއެވެ. ހަތް އަހަރުގެ ކުޑަ ކުޑަ ކިޔާރާ އެތާހުރި ގަހެއްގައި އެއްސުމަށްފަހު އޭނާގެ ދޮންމަންމަ އެތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން ކިޔާރާ ހުރީ ކުރާނޭ އިތުރު ކަމެއް ނޭގިފައެވެ. ބޯކޮއް ވެހެމުންދާ ވިއްސާރައާ އެއްވަރަށް ޖެހެމުންދާ ވައިގެ ޒޫމް އަޑުން ވެސް އޭނާގެ މައުސޫމް ކުޑަހިތް ތެޅިފޮޅެމުންދިޔައެވެ. ހަދާނެ ގޮތެއް ނޭގި ހުއްޓާ ލޯ މަތިން އަޒީމާ ގެއްލުމާއެކު އޭނާގެ އަޑުވެސް ވަގުތުން ކެނޑުނެވެ.
ބޯ ދެފަރާތަށް ހެލުވުމެއްނެތި ދެފަރާތަށް ކަޅި ހިންގަމުން ކިޔާރާ ދިޔައިރު އޭނާގެ ނޭވާ ކުރުވެ އަވަސް ވަމުން ދިޔައެވެ. “ބައްޕާ” ކިޔާރާގެ އަނަގައިން އިރު ކޮޅަކާ ވައިއަޑުން ބުނެވޭ ބަހަކީ އެއީއެވެ.
***
ހިޔާލުތަކަށް ގެއްލިފައި އޮތް ކިޔާރާ ސިއްސައިގެން ދިޔައީ ގޭގެ ބެލް އަޅާލި އަޑަށެވެ. ޒާން އަތުގައި ތަޅުދަނޑި އޮންނާނެތީ ކުޑަ ހައިރާން ކަމެއް ކިޔާރާއަށް ވެރިވިއެވެ. ގޮސް ބަލާލިއިރު ސްކްރީނުން މުނު ފެންނަވަރެއްނުވެއެވެ. އޭނާ ހުރީ ފަހަތަށް އެނބުރިއެވެ. ކިޔާރާ ނުހުޅުވަން ހުރެފައި ޗޭނުކޮޅު އެޅުވުމަށްފަހު ކުޑަކޮއް ހުޅުވާލިއެވެ. އެއާއެކު ރަޔާން ވެސް އެނބުރިލިއެވެ. ރަޔާން ފެނިގެން ކިޔާރާ ހައިރާން ކަމާއެކު ދޮރު ބޮޑަށް ހުޅުވާލިއެވެ.
(ނުނިމޭ)
7823 Comments
Comments are closed.
Minion
January 22, 2018 at 7:05 pmI love this story?❤
Hi Mi
January 23, 2018 at 5:22 pmThankyou minion. Varah vvvvvvvvv happy vehjje. ?????
sam♥
January 22, 2018 at 7:06 pmalhey … v reethii… thankxx .. waiting next part
Hi Mi
January 23, 2018 at 5:24 pmSam hello. Hw are you. Late reply dw Hi Mi ge hama bixi kamun. Sorry dear. Thanks ingey. ??????????
Maaaa ?
January 22, 2018 at 7:08 pmWoww v reethi alhey dhen kihinehba dhw vaany ??
Hi Mi
January 23, 2018 at 5:21 pmHingaa balamaa vaa gothey dw Maaaa. Thanks ingey. Dear. ???
Shaya
January 22, 2018 at 7:18 pm❤❤❤❤❤❤❤?????
Hi Mi
January 23, 2018 at 5:23 pm❤???? thanks dear.
Hi Mi
January 22, 2018 at 7:19 pmAssalaamu Alaikum… dhen vaany kihinehbaa?. Thikudhinnah heevaa gotheh bunehcahey… kuri bayah comment nukurevuni bixi kamun. Varah miss v hurihaa kudhin mathin…. and btw dnt forget to comment dhen vaan goi thikudhinnah h vaa gothuga?. Thankyou All. Jazakallah Khairan.
Angel
January 22, 2018 at 7:34 pmWow v reeti when next part
Hi Mi
January 23, 2018 at 5:17 pmThankyou angel ???
Ily
January 23, 2018 at 7:57 amKeehve hithaa furaanain up nukurany…?????
Hi Mi
January 23, 2018 at 8:16 amHey Ily….. e story miadhu up kohdheynan. In Sha Allah. Hi Mi ah daily koh up nukureveni mihaaru exam kanthakaa maa bixi kamun. Varah avahah exam nimeyne eyrun rangalhu vaane In Sha Allah… ?????? dhen dhera nuvey… thanks dear.
Xaaan
January 23, 2018 at 8:02 amމާޝާﷲ މިބައިވެސް ވަރަށް ރީތި ހައި މީ ކޮބާ އަނެއްވާހަކަ އަޕްކޮއްދީބަށް
Hi Mi
January 23, 2018 at 8:17 amHey xaaan. Miadhu up kohla dheynan. Miadhah fahu maadhan faharehga up kohdhryveyni. Maadhan varah bixi day eh. Ehen v ma dhigu kohdhynan. ? thankyou.
Pinky shifoo
January 23, 2018 at 10:50 amSorry for commenting late ??.. Mi part vx hama varah varah varah reethi ??.. Alhey kiyaa haadha dheravaaney????.. I think kiyaa will be upset with zaan because zaan kiyaa ge trust gehluvaalyma.. Hehe just a guess ??.. I’m soooooo happy after reading your lovely reply ?????.. I’m a very big fan of u Hi Mi and insha Allah I will be always like this ??❤️.. Curiously waiting for the next part.. Loves ❤️❤️??????
Hi Mi
January 23, 2018 at 5:19 pmAlhey pinky. Keekey tha Hi Mi bunaani. Pinky shifoo ge comment thah loabi kamun ves dw….. lets see vaa gotheh… dw. ??? kuri ah oi bai hama surprise akah baavaalaani hehe. ??? Thankyou sooooo much
Emaa
January 23, 2018 at 1:48 pm:)What a beautiful story
Hi Mi
January 23, 2018 at 5:20 pmThanks Emaa. ???
hawwa
January 23, 2018 at 6:52 pmvaahaka varah reethi..
jeen
January 23, 2018 at 6:56 pmއަދި އިއްޔެ މިވާހަކަ ކިޔަން ފެށީމި.. ވާހަކަ ވަރަށް ރީތި.. ދުވަހުން ދުވަހަށް އަޕް ކުރާތީ ވަރަށް އުފާވޭ.. ވާހަކަ ލިޔަން ވަރަށް މޮޅު.. ދެން ހީވަނީ ރަޔާން ކިޔާއަށް ހެލްޕް ވާނީހެން.. މޭބީ ހީ ވިލް ފޯލް އިން ލަވް ވިތް ހާ..
Hairaan
January 23, 2018 at 8:17 pmMagey comment nufeney y
Zukko
January 24, 2018 at 1:41 pmMi story vess v v v reethi. Dhn in part avahah upkohladheeba Hi Mi