ކިޔާރާއަށް ނުކުމެވޭނޭ ހެއްޔެވެ؟ އެތަނުން ނުކުމެވޭނޭހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ.

ހަދާނެ ގޮތް ހުސްވެފައި ހުއްޓާ އަނެއްކާވެސް އަކްރަމް ގެ ޝިކާރައަކަށް އޭނާ ވެގެން ގޮސްފިއެވެ. ދެން ސަލާމަތެއް ނުވެވޭނޭ ހިތާ ހެއްދެވިފަރާތަށް ހިތާ ހިތުން ދުއާ ކިޔާރާ ކުރިއެވެ. އަކްރަމް މިފަހަރު ކިޔާރާ ގެ ކޯތާފަތުގައި ޖެހިއެވެ. ކޮންމެވެސް ވަރަކަށް އެތަނަށް އަލިވަމުން ދިޔައީ އެތަނުން އެއްފަރާތުގައި އަކްރަމް މެން ގެނައި ފާނޫޒު ދިއްލިފައި އޮތީމައެވެ. ކިޔާރާ ދެވަނަ ފަހަރަށް ވެސް އޭނާގެ އަތުގައި ދަތް އެޅިއެވެ. އަދި ދެވަނަ ފަހަރު ފައިން ޖަހައިފިއެވެ. ޖެހުނީ ކޮންތާކު ކަމެއް ކިޔާރާ އަކަށް ނޭގެއެވެ. ދެން ފެނުނީ އަކްރަން ތިރިވިތަނެވެ. ހީވާ ގޮތުން ޖެހުނީ ބަނޑުގައެވެ.

އޭނާ އަކްރަމް އާ ދިމާލަށް ބަލާލަމުން ސަލާމަތް ވާނޭ މަގެއް އޮތްތޯ ދެފަރާތަށް ހޯދިއެވެ. އޭރުވެސް އޭނާ އޮތ ގުދަށެވެ. ކިޔާރާ ލަކުޑި ގަނޑެއް އަތަށް ހެޔޮ ވަރުކޮއްލިއެވެ. އަދި ފަހަރަކު މީހަކުގެ ގައިގައި ޖެހިއެވެ. އެ ދެމިހުން ކާރިންވެސް ކިޔާރާ އަށް  ފަސޭހަކޮއް ސަލާމަތް ވެވުނެވެ. އެއާއެކު އޭނާ ދުއްވައިގަތެވެ. ދެވޭ ނުދެ ވޭތަނެއް ނޭގެ ހާލު އޭނާއަށް އަވަށު ތެރެއަށް އާދެވުނެވެ. ދެން ވެސް މަޑު ނުކޮއް އޭނާ ދުވުނެވެ.

ޒާން އާއި ރަޔާން އާއި ދެމީހުން ސޯފާގައި ޕީއެސްއަޅުވައިގެން ގޭމް ކުޅެން ތިބެވުނީ ކިހާއިރެއް ވަނދެން ކަމެއްވެސް ނޭގެއެވެ. “އޭތް ޒާން އެއޮއް އެއްގަޑި ބައިވަނީ. ހިނގާ ނިދަންދަމާ” ރަޔާން ގަޑިއަށް ބަލާލަމުން މޯޅިއަކަށް ދެމިލިއެވެ.

ދެމީހުން ތެދުވެ ހިނގައިގަތެތަނާ ދޮރުގައި ވަރަށް ބާރަށް މީހަކު ތަޅައިގަތެވެ.

“ސާ ސާމިޔައްތާ. ރަޔާ ރަޔާން ޒާ…ޒާން . ސާމިއްތާ” އަޑުން އެއީ ކިޔާރާގެ އަޑުކަން ވެސް އެ ދެމީހުންނަށް ވަކިކުރަން ނޭގުނީ ކިޔާރާ ރުއިމާއި ހަޅޭއްލެވުމުގެ ސަބަބުން އެ އަޑު ކުރަކިވެފައި ވާތިއެވެ.

އެ ދެމީހުން ވެސް އެކަކު އަނެކަކު ގެ މޫނަށް ބަލާލަމުން އަވަހަށް ގޮސް ދޮރުހުޅުވިއެވެ. އެ ދެމީހުންނަށްވެސް ފެނުނީ ކިޔާރާއެވެ. މުޅުހެދުން ހިރަފުހުން ތަތްވެފައި ވާއިރު އަޅަން ގެންގުޅޭ ބުރުގާއެއްނެތެވެ. އަތާ ދިމާލުން ވީދިފައި ވާއިރު ނިތްކުރިމަތިން ލޭ ހިކިފައިވެއެވެ. މޫނުގައި ކިލާ ހުރި އިރުވެސް ކޯތާފަތް ދުޅަވެފައި ވާތަން ޒާން އަށާ ރަޔާން އަށް ފާހަގަވިއެވެ. ވެގެން އުޅޭގޮތެއް ސީދާ ނޭގުނު ކަމުގައިވިޔަސް ކިޔާރާ ހުރިހާލުން ކޮންމެވެސް ވަރެއް ދެމީހުންނަށް ވެސް ފަހުމް ވެއްޖެއެވެ.

ކިޔާރާ އެތެރެއަށް ވަދުމާއެކު ރަޔާން ސާމިޔާއަށް ގޮވަން އަވަސްވެ ގަތެވެ. ކިޔާރާ އޭރުވެސް ރޮނީއެވެ. ޒާން އެތަނުން ކިޔާރާގެ ބޯ ނިވާކޮއްލާނޭ ފޮތިގަނޑެއް ހޯދާލިއެވެ. އެހެނަސް އެފަދަ އެއްވެސް އެއްޗެއް ނުފެނުމުން އޭނާ ކިޔާރާ ކައިރިއަށް އައެވެ. ބުނާނެ އެއްޗެއް ނޭގިއޭނާ އަށް ހުރެވުނިއެވެ. ކުއްލިއަކަށް ކިޔާރާ އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. ހިފަހައްޓާފައިވާލެއް ބާރުކަމުން ސާމިޔާ އައިއިރުވެސް އޭނާ އަށް ކިޔާރާ ދުލެއް ނުކުރެވުނެވެ. ކިޔާރާގެ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅިގަނޑު ނެއްޓިގެން ގޮސް އިސްތަށިގަނޑު ހޭވިފައިވެއެވެ. ކުރިން އޮތްކަހަލަ ދިގު އިސްތަށިގަނޑެއް މިހާރު ކިޔާރާގެ ނޯންނަކަން ވެސް ރަޔާން އަށް އެނގުނެވެ. ކިޔާރާގެ އިސްތަށިގަނޑު އަރަނީ އޭނާގެ ކޮނޑުން ކިރިޔާ ތިރިއަށެވެ.

“ކިޔާ” ސާމިޔާ އައިސް ކިޔާރާގެ ކޮނޑުގައި އަތްލާފައި ގޮވާލިއެވެ. ކިޔާރާ އަނގައިން ނުބުނުމުން އޭނާ އަވަސް އަވަހަށް ކޮތަރިތެރެއަށް ވަދެ އައީ ފޮތިގަނޑެއް ހިފައިގެންނެވެ. އައިސް ކިޔާރާގެ ބޮލާ ކޮނޑުމަތި ނިވާ ކޮއްލިއެވެ. އަނެއްކާވެސް އޭނާ ކިޔާރާ އަށް ގޮވާލިއެވެ.

ހަމަހޭވެރިކަން ވީ މީހަކު ފަދައިން ކިޔާރާ އެނބުރި ސާމިޔާ ގައިގައި އޮޅުލައިގަތެވެ.

“ކިޔާ. ކިޔާ ބަލާބަލަ. ދައްތައަށް ބަލާބަލަ.” އެވަގުތުގެ ނާޒުކުކަމުން އެކަކުވެސް ވީގޮތް ކިޔާރާ ގާތު ނާހައެވެ.

ކިޔާރާ ހަމައަކަށް އެޅިލުމާއެކު އޭނާ އަމިއްލައަށް ވީގޮތް ކިޔާދިނެވެ. އެއާއެކު ޒާން ގެ ރުޅިގަނޑު ހިލުނިއެވެ. ދަތް ކުނޑި ވިކި ދެއަތް މުށް ކެވިގެން ދިޔައެވެ. އެއާއެކު އޭނާ ދެއަތް ތިލް ލާފައި ހުރި ސޯޓް ގެ ޖީބަށް ޖަހާލިއެވެ.

ސާމިޔާ ބުނުމާއެކުވެސް ކިޔާރާ އެ މައްސަލަ ޕޮލިހަށް ހުށައަޅާކަށް ގަބޫލެއްނުވިއެވެ. އޭނާ ގަބޫލުކުރާގޮތުގައި އެކަހަލަ ކަންތަކުން ރަށުތެރެއަށް ބޭޒާރު ވެދަނީ އަންހެންކުއްޖާއެވެ.

ސާމިޔާ ކިޔާރާ ގޮވައިގެން ކޮޓަރިއަށް ވަދެ ކިޔާރާ އަށް ލާނޭ ހެދުމަކާ އެއްޗެހި ދިނެވެ. އޭނާ އަކީ ދިގުހެދުން ލާ މީހެކެވެ. އެހެންނަމަވެސް އޭނާ އަތުގައި ރޭގަނޑު ލުމަށް ޓަކައި އަތް ކުރި ޓީޝާޓް އާއި ޓްރެކްސޫޓް ހުރެއެވެ. އެތަނުން ދޭތި ކިޔާރާ އަށް ދިނެވެ. ކިޔާރާ ސާމިޔާގެ އެދުމާއެކު ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ނުކުތެވެ. އޭނާއަށް ތަންކޮޅެއް ދޫކަމުގައި ވިޔަސް މާ ބޮޑުކަމަކަށް ނުވެއެވެ.

ސާމިޔާގެ މަސައްކަތުން ކިޔާރާ ވަނީ ހަމައަކަށް އެޅިފައެވެ. އޭނާ ކިޔާރާ އެނދުގައި ބާއްވާލާފައި ކިޔާރާ ކައިރީ އޭނާވެސް އޮށޯވެލިއެވެ.

ރަޔާން އާއި ޒާން އާއި ދެމީހުން އަނެއްކާވެސް ސޯފާގައި އިށީނެވެ. “ޒާން ދެން ނިދަން ގޮސްލަން ވީނު. މަންމަ ކިޔާރާ އަށް ރަނގަޅަށް ބަލާނެ” ރަޔާން ޒާން އާ ދިމާލަށް ކުޑަކޮއް އެނބުރިލަމުން ބުނެލިއެވެ. އެއާއެކު ޒާން ވެސް ދެކޮޅުނަހަދާ އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ސުވާލަކީ މިރޭ އޭނާއަށް ލޮލު ފިޔައެއް ޖެހިދާނެ ބާއެވެ. އެންމެ ލޯބިވާ އަންހެން ކުއްޖާ ހުރި ހާލު އޭނާގެ ކުރިމަތިން މިހާރުވެސް ސިފަވާކަހަލައެވެ.

ހެނދުނު ގެ އިރުގެ ދޯދިތައް ދުނިޔެމައްޗަށް ފަތުރާލިއިރުވެސް ޒާން އަށް އޮތީ ނުނިދިފައެވެ.

ސާމިޔާ އަށް ވެސް ހޭލެވުނީ ހެނދުނު އަށެއް ޖެހިފަހުންނެވެ. ވެފައި ހުރި ވަރުބައްޔާއެކު މިއަދު ފަތިން ނަމާދު ކޮއްލައިގެން ސާމިޔާއަށް ވެސް ނިދުނީއެވެ. އޭނާ ކިޔާރާއަށް ވެސް ނަމާދަށް ގޮވިއެވެ. ދެމީހުން ނަމާދުކުރީ އެއްކޮށެވެ.

ސާމިޔާ އަކީ އެހެން ނޫނީ ފަތިސްނަމާދުކޮއްގެން ނިދާ މީހެއް ނޫނެވެ. ރަޔާން އަކީ އޭނާ ގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ ގެ ފިރިމީހާ ރަޝާދުވެސް ރަށަށް އަންނާނީ މިއަދުއެވެ. ނުވައެއްޖަހާއިރު ރަޝާދު ލަފާ ވާހަކަ ބުނެފައި ވުމުން އޭނާ އަވަސްއަވަހަށް ތެދުވެ ތާޒާ ވެލައިގެން ނުކުތެވެ. ގޭތެރޭގައި ވަނީ ހަމަ ހިމޭން ކަމެކެވެ.

ވަރަށް އަވަސް އަރުވައިލައިގެން ރޮށި ފިހިލާފައި ބޭކޭޑް ބީންސް ހަދަން ހުއްޓާ ކޮންމެވެސް މީހަކު ދޮރު ހުޅުވާލި އަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ. އުނދުނުގެ ގިނި ތަންކޮޅެއް މަޑުކޮއްލަމުން އޭނާ ސިޓިން ރޫމަށް ނުކުތެވެ. ރަޝާދު ފެނގެން ތުންފަތުގައި ވީ ހިނިތުންވުން އޭނާ ފުޅާކޮއްލިއެވެ. އަދި އޭނާ ކާރިއަށް ދިޔައެވެ. ރަޝާދު ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހުމުން ސާމިޔާ އިޝާރާތް ކުރީ އެހަށް މަޑު ކޮއްލުމަށެވެ.

ސާމިޔާ ކޮޓަރިއަށް ވަދެ ބަލާލިއިރު ކިޔާރާ އަދިވެސް އޮތީ އަރާމު ނިންޖެއްގައެވެ. ރޭގައި ވެސް ސިއްސަ ސިއްސައިގެން ދާވަރުން ނުނިދުނުއިރު ނިދީގައިވެސް ކިޔާރާ އިރުކޮޅަކާ ރޮއިގަނެވެ. އެހެންވެ ސާމިޔާ އަށް ގޮވާކަށް ނުކެރުނެވެ. އޭނާ އަނެއްކާވެސް ރަޝާދު ކާރިއަށް އައެވެ. އަދި ކުއްލިއަކަށް ކަމެއް ހަނދާން ވާ ފަދަދަ ގޮތަކަށް ބަދިގެ ފަރާތައް ހިނގައިގަންނަމުން ރަޝާދުއަށް ވެސް އޭނާ އާއެކީ އުމަށް އިޝާރާތް ކުރިއެވެ.

ރަޝާދުވެސް ވީގޮތް ނޭގި ހުރެ ސާމިޔާގެ ފަހަތުން ކާކޮޓަރިއަށް އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. ސާމިޔާ އުނދުން ކައިރގައި ހުރެގެން ވީ ގޮތް އޮޅުން ފިލުވައިދޭން ފެށިއެވެ. ވާހަކަދައްކަމުން ދިޔައިރު އިރުކޮޅަކާ އޭނާގެ ނަޒަރު ރަޝާދުގެ މޫނަށް ވެސް ދަތުރުކޮއްލައެވެ.

“ސުބުހާނަﷲ … އެ ކުއްޖާ ފަކީރަށް ތިޔަ ޖެހުނި ހާދަ ހާލެކޭ” ރަޝާދު ބުނެލިއެވެ.

“އަހަންނަށް ފެންނަނީ ސާމިޔާ ގާތު އެ ކުއްޖާ ބަހައްޓަން. ދެން ތިޔަ ގެ އަށް ފޮނުވާކަށް އަހަރެން ގެ ހިތެއް ނޭދޭ. އާދަމް ޔޫސުފްއަކީ އަހަރެންގެ ވަރަށް ގާތް ރަހްމަތްތެރިއެއް. ” ރަޝާދު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

ރަޝާދު ގެ ވާހަކައަށް ސާމިޔާ ބޯޖަހާލިއެވެ. ރަޝާދު ހުންނާނީ ވަރަށް ވަރުބަލިވެފައި ކަމުން ސާމިޔާ އޭނާގެ ގާތު އޮށޯވެލަން ބޭންކަމުގައި އެހިއެވެ.

“ނޫނޭ. ހިނގާބަލަ އެފަރާތު ޖޯއްޔަށް ދެން ކޮންމެހެން ކިޔާރާ އަށް ގޮވަން ހަދާނެ ކަމެއްނެތް. އެ މަންޖެ ބާއްވާ. ނުލާހިކު ސަޅި ވައިވެސް ޖެހޭނެ. ރަޔާން އައިސް އުޅޭ ވާހަކަ ބުނީމެއްނު. ނުތެދުވޭ ދޯ އަދި”ރަޝާދު ވާހަކަދެއްކިއެވެ.

ދެން ސައި ބޮއިގެނެއްނު އެފަރާތަށް ދާނީ” ސާމިޔާ އެހެން ބުނެލުމަށްފަހު ސައިހަދާ ތައްޔާރުކޮއްލިއެވެ.

ސައިބޮއިގެން ރަޝާދު އާއި ސާމިޔާ ގޭގެ ގޯތިފަރާތަށް ނުކުތެވެ. ދެމީހުން ވެސް އެތާ ޖަހެއްގައި އެލުވާފައި ހުރި އުނދޯލިތަކުން އުނދޯއްޔެއްގައި އިށީނެވެ. އެން ތިބިއިރު މަޑު ވައިރޯޅިތައް ގައިގައި ބީހިލައެވެ.

“އަހަރެން އެބަ އަންނަން އަޒީމާ މެންގޭ ގޯއްޗަށް ވަދެލާފަ” ސާމިޔާ ކަމެއް ހަނދާން ވާފަދަ ގޮތަކަށް ބުނެލިއެވެ. އޭނާ ރަޝާދުއަށް އޮޅުން ފިލުވާދިނުމަށްފަހު ހިނގައިގަތެވެ.

އޭނާ އެދަނީ ކިޔާރާ ލާނޭ އެއްޗެއް ބަލައެވެ. އެގެއަށް ފޮނުވާކަށް މިއަދު ސާމިޔާ ބޭނުމެއްނުވިއެވެ.

ކިޔާރާ އަށް ހޭލެވުނީ ދިހައެއްޖަހަން އުޅެނިކޮށެވެ. އޭރު ގޮނޑީގައި އޭނާގެ ހެދުމަކާ އާދައިގެ ކަޅު ބުރުގަލެއް އެއް ބާއްވާލާފައިވެއެވެ. އެ ގޮނޑި މަތީގައި ދަތް އުނގުޅަން ބޭނުނުންކުރާ އެއްޗެއްސާ ރީތިކޮއް ފަތް ޖަހާލާފައިވާ ނޫކުލައިގެ ތުވާއްޔެއް ވެސް ވެއެވެ. ލުއިނަމަވެސް ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ތެދުވެ އެ ހިފައިގެން ފާހާނާއަށް ކިޔާރާ ވަނެވެ.

އޭނާ ނުކުތްއިރު ގޭތެތެއިން މީހެއްގެ ހިލަމެއް ނުވެއެވެ. އެހެން ނަމަވެސް ސިޓިންރޫމްގައި އިން ޓީވީ ރެކްކައިރީގއި އެއފަރާތުގައި ހުރި ފޮށި ކިޔާރާގެ ލޮލުގައި އަޅައިގަތެވެ. “ކާކު އައީބާ” ހިތުގައި އޮތް ސުވާލު މަޑުމަޑުން ދުލުންބޭރުކޮއްލެވުނު ކަމެއް ނޭގެއެވެ.

އޭނާ ދެން މިސްރާބުޖެހީ ގޭގެ ގޯތި ތެރެއަށެވެ. ނުކުތުމާއެކު ރަޝާދު އިންތަން އޭނާއާށް ފެނުނެވެ. އެނބުރި ގޭތެރެއަށް ވަންނަން އުޅެނިކޮއް ސާމިޔާ ގޮވާލާފިއެވެ. އޭނާ ސާމިޔާ ކައިރިއަށް ދިޔައެވެ. އޭރު އޭނާ ކައިރީގައި ރަޝާދުވެސް އިނެވެ. އޭގެ އަނެއްފަރާތުގައިހުރި ތަނުން އައްޓެއް މަތީގައި ޒާން އާއި ރަޔާން ވެސް ތިއްބެވެ.

ސާމިޔާ ކައިރި އުނދޯލީގައި ކިޔާރާ ބެއިންދުމަށްފަހު އޭނާ ގޭތެރެއަށް ވަދެފައި އައީ ބޭސް ފުޅިއެއް ހިފައިގެނެވެ. އައިސް ވަރަށް ފަރުވާތެރިކަމާއެކު ކިޔާރަގެ މޫނުން ތަންތަންކޮޅުގައި އެ އުނގުޅައިދިނެވެ. “ސައިބޯންވީނު ކިޔާ” ސާމިޔާ ބުނެލިއެވެ. ކިޔާރާ ނޫނެކޭ ބުނަން ބޯ ދެ ފަރާތަށް ހޫރާލިއއެވެ. އެހެންނަމަވެސް ސާމިޔާ ދެވަނަ ފަހަރަށް ވެސް ބުނުމުން ދެކޮޅުހަދާކަށ ނުކެރުނެވެ. ސާމިޔާވެސް ސައި ނުބޮއި އިނި ކިޔާރާ އަންނަން ދެން ކަމުގައި ބުނުމުން އޭނާ އަށް މިފަހަރުވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

ސާމިޔާ އާ އެކީ ސައިބޮއިގެން ކިޔާރާ ނުކުތީ އަނެއްކާވެސް ގޮތިތެރެއަށެވެ. ސާމިޔާ މެންގާތު ވާހަކަދައްކައިލެވުމުން އޭނާއަށް ވެސް ހަމަޖެހުން ލިބިގެންދިޔައެވެ.

***

“އަހަރެން ވަކި ކީކޭ ބުނާނީ. ޒާން އަކީ ވެސް ގޯސް ކުއްޖެކޭ އަހަރެންނެއް ނުބުނާނަން. އޭނާ ކިޔާރާ އާ ގުޅެން ބޭނުން ކަމުގައިވަނީނަމަ އަހަރެން ތިކަމަކާ އެއްޗެކޭ ނުބުނާނަން. އެކަމަކު އެމީހުންގެ މައިބަފައިން ތިކަމާ ދޭތެރޭ ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭގޭ. އެއީ މާލޭ ގެ ގަދަރުވެރިން. މުއްސަނދިން… ކިޔާރާ އަށް ދެރަ ގޮތެއް ވާކަށް އަހަރެން ނޭދެން. ޒާން ގެ ސަބަބުން އެ އާއިލާގެ ހަމަ ޖެހުން ގެއްލޭކަށް ވެސް އަހަރެން ނޭދެން. އަނެއް ކޮޅުން ޒާން ކިޔާރާ އުޅޭ ހާލުން ސަލާމަތް ކޮއްދޭން އެހާ ވަރަށް ބޭނުން ވާއިރު ތިކަމާ އެއްޗެކޭ ބުނާކަށް އަހަރެންނަކަށް ނުފެނޭ. އަހަރެން ވެސް ބޭނުންވަނީ ހަރުދަނާ ޒުވާނަކާ އެކީ ކިޔާރާ ދިރިއުޅުމެއް ބިނާކުރަން” ރަޝާދު އޭނާގެ ހިޔާލު ފާޅުރީ ރޭގަނޑު ނިދަން ކޮޓަރިއަށް ވަދެފައެވެ. ކިޔާރާ އާއި ދޭތެރޭ މަޝްވަރާ ކުރަން އެތައް އިރަކު ދެމަފިރިން ތިއްބެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންގޮސް ޒާން ފުރަން ތިންދުވަހަށް ވީއެވެ. ނޭގޭ ނުތަނަވަސް ކަމެއް ކިޔާރާގެ ހިތަށް ވެރިވެފައިވެއެވެ. ޒާން ބެލީ ކިޔާރާ ހަމަޖައްސައިދެވޭތޯއެވެ.

“އަހަރެން ދާނަން. ގޮސް ހަފްތާއެއްތެރޭ ކިޔާރާ ބަލާ އަންނާނަން. އަހަރެން މި ވާހަކަ އަހަރެންގެ މައިބަފައިންނާ ހަމައަށް ގެންދަން ބޭނުން ކިޔާ. އެހާއިރަށް ވާންދެން ކިޔާ ތިހުރީ ސާމިޔާއްތަގެ ހަވާލުގަ. އަހަރެން ނަށް އިންތިޒާރު ކުރާތި ކިޔާ. ވަރަށް ބޮޑަށް ލޯބިވޭ” ޒާން އޭނާގެ އަތް ތިލަ ކިޔާރާގެ މަޑު ކޯތާފަތުގައި ބީއްސާލިއެވެ.

ސާމިޔާ ދެދުވަހު އުޅުނީ ވަރަށް ބުރަކޮށެވެ. ހާއްސަކޮއް ރަޔާން މެން ފުރާތީ ތަފާތު ހަދިޔާތަށް ހެދުމުގައި ދުވަހުގެ ބޮޑުބައި އޭނާ ހުސްކޮއްލާފައިވެއެވެ. ރަޔާން ދާ ގޮތަށް ދާނީ ރާއްޖޭން ބޭރަށެވެ. އެހެން ނަމަވެސް ޒާން އަދި ދެ އަހަރު ނޫނީ އެއްއަހަރު މަޑު ކުރާނެއެވެ. ދެމީހުން ވެސް އައީ ޑޮކްޓަރ ކަމުގެ ފުރަތަމަ ފަސްއަހަރު ފުރިހަމަ ކުރުމަށްފަހުއެވެ. ރަޔާން ބޭނުންވީ ސްޕެލައިޒް ވުމަށް ފަހު ޖޮބަކަށް ނުކުންނާށެވެ. އެހެންނަމަވެސް ޒާން ނިންމީ ދެ އަހަރު ވަޒީފާގައ އުޅުމަށްފަހު ދެން އަނެއް ތިން އަހަރުގެ ކޯސް ފުރިހަމަކުރަން ދާށެވެ. ސަބަބަކީ އޭގޭ ބައްޕަ އާއި ހުދު އޭނާވެސް ބޭނުންވަނީ އެގޮތް ކަމުގައި ވާތީއެވެ.

“ކިޔާ. ދެރަ ނުވައްޗޭ. އަހަރެން ވަރަށް އަވަހަށް ކިޔާ ބަލާ އަންނާނަން.” ޒާން އޭނާ ފުރަން އޮތް ދުވަހުގެ ކުރީ ރޭ ކިޔާރާ އާ ވާހަކަދެއްކިއެވެ. “ކިޔާ ކިހިނެތްތަ ހަދާނީ ޒާން ކިޔާ ގެންދެބަލަ. ޒާން އެއްނު ބުނީ ޒާން ގެ އުފާތަކަށް ހުރަހެއް ނާޅާނެޔޭ ޒާން ގެ މައިންބައފައިން. ޒާން  މި ވީ ހާތަނަށް ވެސް ޒާން އަކީ ކީއްކުރާ މީހެއްކަން. އަހަރެން ގާތު ނުބުނެ. ކުޑަމިނުން ޒާން ގެ އާއިލާގެ ވާހަކަ ވެސް ނުބުނެ. އަހަރެން ވަކިން ވެސް ގެންގުޅެވޭނެހާ ފެންވަރު ޒާން ގެ ހުރިކަމަށް ބުނީމެއްނު. ދެން ކޮންކަމަކާ ބިރުގަންނަނީ. އަހަރެން ގޮވައިގެން ދޭ ޒާން ހެޔޮނުވާނެ.”ކިޔާރާގެ ލޮލުން ކަރުނަ ނީރާލިއެވެ.

(ނުނިމޭ)

125

8 Comments

 1. [email protected]

  January 16, 2018 at 4:37 am

  wow…whn next part??

 2. Zuam

  January 16, 2018 at 7:36 am

  Wow varah reethi…

 3. Anaa

  January 16, 2018 at 8:16 am

  Wow v reethi when next part avahaa up kohladheebala waiting

 4. Angel

  January 16, 2018 at 9:36 am

  Wow v reethi

 5. Pinky shifoo

  January 16, 2018 at 9:38 am

  Alhey mi part vx haadhahaa reehchey Maasha Allah ❤️❤️??. Varah varah reethi ??.. Waiting for next part my favourite writer ?❤️❤️???.. Best of luck for the exam ❤️??????

 6. xaaaaan

  January 16, 2018 at 10:24 am

  މާޝާﷲ މިޕާރޓްވެސް ވަރަށް ރީތި

 7. Hi Mi

  January 16, 2018 at 5:21 pm

  Assalaamu Alaikum… hurihaa kudhinnah varah bodah thanks story ah dhey tharuheebah… wowwww… i am soooo ecited to knw that i am ur fav writer pinky shifoo. Thankyou every1. Next part 18 th ga. JAZAKALLAH KHAIRAN…

 8. S

  January 16, 2018 at 9:23 pm

  Hi.v reethi mi part ves.ly

Comments are closed.