ވާނަން އެކުގައި (6)

- by - 92- January 12, 2018

އެދުވަހުގެ ފަހުން ޒާން ހޯދުމަށް އޭނާ ވަރަށް މަސައްކަތްކުރިއެވެ. މިއަދު ކިޔާރާ އާ އަކީ ޒާން ފެނުމުން އެ ދެމީހުންގެ މެދުގައި އޮންނަން ނުޖެހޭ ވަރުގެ ގުޅުމެއް އޮތްކަން ރީޝާ އަށް ޔަގީންވިއެވެ. އެހެންކަމުން އޭނާ ރުޅިއައީއެވެ. ކޮންމެ ގޮތަކުންވެސް ޒާން ހޯދަން އޭނާ އަޒުމްކަނޑައެޅީއެވެ. އެއްގޮތކުން ނުވިއްޔާއަނެއްގޮތަކުންވެސް މެއެވެ.

ކިޔާރާ މެން އެއްގަމުން އައިސް ރަޔާންމެންގެއާ އަރާ ހަމަވިއިރު ސާމިޔާ ވެސް ކޮންމެވެސް ކަމެއް ކުރަން ވެގެން ގޭން ނުކުންނަނީއެވެ. ޒާން އާއި ކިޔާރާއަށް ބަލާލުމާއެކު އެއްޗެއް ނުބުނެވި އުޅެނިކޮއް ކިޔާރާ ދުއްވައިގެނެއްޖެއެވެ. ޒާން ވެސް އަވަހަށް ސާމިޔާއަށް ކުޑަކޮއް ހީލުމަށްފަހު ގޭތެރެއަށް ވެދެގެން ގޮސް އޭނާގެ ކޮތަރިއަށް ވަދެއްޖެއެވެ.

“ބަލަ ކަލޭ އާ އޭ މަ މި ވާހަކަ ދައްކަނީ. އަޑެއްނީވޭތަ؟ ފާޑު ފާޑު ފިރިހެނުން ގޮވައިގެން ރަށުތެރޭގަ ތެޅޭ އިރު ނޭގޭ ތަ ތިމާ މީހާ މީ ކިހާފެންވަރެއްގެ މީހެއްކަން. އޭ”ގެއަށް ވަދުމާއެކު ކިޔާރާ އާ ދިމާލަށް އަޒީމާ ގެ ބަސްތައް އަމާޒުވިއެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެތް ހިނގައިގަތެވެ. ކިޔާރާ އަނގައިން ނުބުނެ ހުންނަން ފެށުމުން ހައްތަހާ އޭނާ ގެ ރުޅިގަނޑު ވީ އިތުރެވެ. ކިޔާރާގެ ކޯތާފަތަށް އަރައިގެން ދިޔަ ހޫނު އެތިފަހަރާއެކު ކިޔާރާއަށް އިސްއުފުލާ ބަލާލެވިއްޖެއެވެ. އެއްޗެއް ބުނަން ހުޅުވާލި އަނގަމަށްޗަށް މިފަހަރު އެރީ ރީޝާ ގެ އަތުގެ ހަމަލާއެކެވެ. އޭނާ އަށް ރީޝާ އެތާ ހުރިކަމުގެ ހިލަމެއްވެސް ވީ ދެނެވެ.

“ބަލަ ދޮގުހަދަން ހިތަށް ވެސް ނާރުވާތި. މަގޭ ދެލޮލުންނޭ ދެކުނީ ކަލޭމެން ދެމީހުން ގަތް ގަނޑު” ރީޝާ ގެ ބަސްތަކާއެކު ކިޔާރާއަށް ވެގެން އުޅޭ ގޮތް ފަހްވެއްޖެއެވެ.

ކިޔާރާގެ ކޯތާފަތްމައްޗަށް ހޫނުކަރުނަތަށް އޮހޮރެން ފެށިއިރުވެސް އެތަނުންދުރަށް ދާ ހިޔާލެއް ކިޔާރާގެ ނެތެވެ. ހުރި ތަނަށް ގަނޑުވެފައި ހުރި ބުދެކޭ އެއްވެސް ތަފާތެއް އޭނާގެ ނުވެއެވެ.

މަގޭ އަތުން ބޮނޑި އެއް ބޯހިތުން އެ އުޅެނީ” އަޒީމާ ގެ ބަސްތައް ކިޔާރާ އަށް އިވުނެވެ. “ހަނދާން ކުރާތި މީގެ ފަހުން ތި ފިރިހެނާ އާ ވާހަކަ ދެއްކިޔަސް ނިމުނީ. ދެފައި ބިންދާލާނަން” އަޒީމާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އެވަގުތު އޭނާއަށް ފެނުނީ މޭޒުމަތީގައި ޖައްސާފައިހުރި އިސްތިރިއެވެ. އެއީ ކިޔާރާ އައުމުގެ ކުރިން އޭނާ ބޭނުންކުރަމުން ދިޔަ އިސްތިރިއެވެ.

ހަދީޖާ އޭނާގެ ތިމާގެ މީހެއްގެ ގެއަކަށް ގޮސް އައިއިރު އަޒީމާ މެންގޭ ގައި މާ އަޑުގަދަކޮއްލައިގެން އުޅޭތީ ހަބަރު ބަލާލަން ވަންނަން ހިތަށް އަރާފައިވެސް ރަނގަޅު ހިޔާލަކަށް ނުވެދާނެތީ އޭނާ އަޅާނުލާ މިސްރާބުޖެހީ ސާމިޔާމެންގެއާ ދިމާލަށެވެ. އޭނާ އަޒީމާ މެންގޭ ކުރިމަތީގައި ހުއްޓާ ކިޔާރާ ވަރަށް ބާރަށް ރޮއިގަތް އަޑުއިވުނެވެ. އެހެންކަމުން ވަންނަން ހަދާލާފައިވެސް އާޒިމާ ގެ ގޮތް އެނގޭތީ އަޅާނުލާ ސާމިޔާމެން ގެ އާ ދިމާލަށް ފިޔަވަޅުތައް އަވަސްކޮއްލިއެވެ. ކުރިން ދުވަހުވެސް ކިޔާރާ އަށް އަނިޔާ ކުރާތަން ފެނިގެން އައިސް އެއްޗެއް ބުނުމުން އޭނާ އާ ދިމާލަށް ވަރަކަށް އެއްޗެހި އަޒީމާ ގޮވިއެވެ.

ސާމިޔާމެން ގެއަށް ވަދުނީއިރު ސާމިޔާ ފެންނާކަށް ނެތެވެ. ކޮޓަރީގައޭ ހިތާ ޓަކި ޖަހާލުމުން އޭނާ ވަރަށް އަވަސް އަވަހަށް ހުޅުވައިފިއެވެ. އޭރު އަޅާފައިވާ ދޮޅި އާ އެކު ހުރިއިރު އަތުގައި ޚަތިމެއް އޮތެވެ. ނަމާދުކޮއްގެން ޤުރުއާން ކިޔަވަނީކަން ޔަގީނެވެ.

ހަދީޖާގެ މޫނުމަތީގައިވާ ހާސްކަމުން ކޮންމެވެސް ކަމެއް ގޮސްވެއްޖެކަން އޭނާ އަށް އެނގެއެވެ. އެހެންވެ އަވަސް އަވަހަށް ސުވާލުކޮއްލިއެވެ. ހަދީޖާ ކުރު ގޮތަކަށް ކިޔާ ދިނުމުން ސާމިޔާ އަވަސްވެގަތީ ކިޔާރާއަށް ވީ ގޮތެއް ބެލުމަށެވެ. އޭނާ އަވަސް އަވަހަށް ދޮޅިބާލާ އާދައިގެ ބުރުގަލެއްބޮލަށް ވައްޓައިލައިގެން އަޒީމާ މެންގެއާ ދިމާލަށް ހިނގައިގަތެވެ.

ހަދީޖާ އަށް ފޯނެއް އައުމުން އޭނާ ގެއަށް ދާން ހިނގައިގަތީކޮންމެވެސް މީހެއް ގުޅީމައެވެ.

ސާމިޔާ ބާރުބާރަށް ގޮސް އަޒީމާ މެން ގެއަށް ވަނެވެ. އޭރު ކިޔާރާ ގިސްލަ ގިސްލާފައި ރޮނީއެވެ. އިށީދެ އިން އިރު އުނދަގޫ ގޮތަކަށް އެއްއަތް ވަނީ ބުރަކަށި ފަރާތުން ކޮނޑުގައި ޖައްސާލެފިފައެވެ.

ސާމިޔާ ބަލާކަށް ނުނުރެ އައިސް ކިޔާރާނެގިއެވެ.

އޭރުވެސް އަޒީމާ ހުއްޓުމެއް ނެތި އެއްޗެހި ކިޔަމުން ދިޔައެވެ،

“ޔަގީނޭ މީނާ ކުރުވާ ކަމެއްކަން. ކިޔާރާ ލައްވާ. ތި ގެ އަށް އައިސްގެން އުޅޭ ސޮރާ އެކީ މުޅި ރަށުތެރޭ ދުއްވާ ނަގާއިރު ހީވަނީ އެހެން ފަދަ ކަމެއްހެނެއްނު” އަޒީމާ ސާމިޔާ ދިމާލަށް ވެސް އެތިވަރު ގޮވާލިއެވެ. އޭނާ ސަމާލުކަމެއް ނުދީ ކިޔާރާ ނަގައިގެން ގޯތިފަރާތުން އައިސް ސާމިޔާމެން ގޯއްޗަށް ވަދުނެވެ. އޭރުވެސް ގޭތެރެއިން އަޒީމާގެ ހަޅޭކުގެ އަޑު އިވި އިވި ހުއްޓެވެ.

ސާމިޔާ ކިޔާރާ ގެނެސް ސިޓިންރޫމް ސޯފާގައި ބައިންދާފައި އޭނާވެސް ކިޔާރާ ގާތު އިށީނެވެ. އަދި ކިޔާރާގެ ބޯ ގެނެސް އޭނާގެ ކޮނޑު މަތީގައި ބަހައްޓަލިއެވެ.

“ދައްތާ. ތަދުވޭ” ސާމިޔާ މަޑުކޮއްގެން އިނީ ކިޔާރާ ކުޑަކޮއް ހަމަޖެހިލަންދެން ކަމަށް ވިޔަސް ކިޔާރާގެ އަނގައިން ވޭނީ އާހަކާއެކު ނުކުތް އެ ލަފްޒުތަކުން ސާމިޔާގެ ގެ ހިތަށް ވެސް އަސަރުކުރިއެވެ.

“ކިޔާރާ ކހިނެތްވީ؟ ދައްތަ ގާތު ބުނެބަލަ. އަޒީމާ ކީކުރީ” ސާމިޔާގެ ގެ އެތަށް އާދޭހަކާ އެކުގަވެސް ކިޔާރާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ.

ކިޔާރާ އޭނާގެ ހެދުމުން ވިރިފައިވާ ތަން ބުރުގާ އުފުލާލާ ދައްކާލިއެވެ. އެއާއެކު ސާމިޔާއަށް ބުނެވުނެވެ. ސުބްހާނަﷲ އެވެ.

އޭނާ އަވަސް އަވަހަށް ގޮސް ބޭސް ފުޅިއެއް ހިފައިގެން އައިސް އެ އުނގުޅާދިނެވެ. އެހެން އެތައް އިރަކު އޭނާ ކިޔާރާ ކައިރީގައި ހަމައަކަށް އެޅެން ދެން އިނެވެ.

ސަކަރާތް ޖަހަމުން ގޭތެރެއަށް ވަދެގެން އައި ރަޔާން އާއި ޒާން އަށް ކިޔާރާ އާއި ސާމިޔާ ފެނުމުން ހުއްޓުން އެރިއެވެ. ރަޔާން ވެސް އަވަސް އަވަހަށް ވީގޮތް އޮޅުން ފިލުވަން އުޅެގަތެވެ. އަނެއްކޮޅުން ޒާން އަށް ހުރިތާ ހުރެވުނީ ސާމިޔާ އިނުމުން ހަދާނެ ގޮތެއް ނޭގިފައެވެ.

ކިޔާރާ ކުރިމައްޗަށް ބަލާލުމާއެކު އަނެއްކާ ބާރަށް ރޮއިގަނެވުނެވެ. އޭރުވެސް އޭނާ އުޅެމުން ދިޔައީ ތަނަކަށް ތަދުވާތީ އުޅޭ ގޮތަކަށެވެ. ސާމިޔާ އަށް އެއްޗެއް ވިސްނިގެން ރަޔާން ގެ އަތުގައި ހިފައިގެން ގޮސް ބަދިގެ ބަޔަށް ވަނެވެ. ރަޔާން ހާސްވީ އޭނާގެ މަންމަ ކަންތައް ކުރަން އުޅޭ ގޮތެއް ނޭގޭތީއެވެ. ކުއްލިއަކަށް އެއްޗެސް ވިސްނޭ މީހަކުހެން ރަޔާން އަތުން ނާ ލޮލުން އިޝާރާތް ކޮއްލުމާއެކު ސާމިޔާ ބޯ ޖަހާލިއެވެ.

ޒާން އަށްވެސް ކޮންމެވެސް އެއްޗެއް ހީވިއެވެ. ސާމިޔާ ދަމުން ދިޔައީ ކިޔާރާ އަށް އިޝާރާތް ކޮއްލުމަށްފަހުއެވެ. އޭނާ އެކަމުން ނަގަން ވީ މާނައެއްނޭގި ހުއްޓާ ކިޔާރާގެ ގިސްލުމުގެ އަޑު ބާރުވިއެވެ. އޭނާ ކިޔާރާ ކާރިއަށް ގޮސް ކިޔާރާގެ ކަކުލުގައި ދެ އަތް އަޅުވާލާ އިށީނެވެ.

“ކިޔާ. ކިހިނެތްވީ؟ ކޮންތާކަށް ތަދުވަނީ ކިޔާ.” ޒާން އޯގާތެރިކަމާއެކު އަހާލިއެވެ. އޭރުވެސް ކިޔާރާ ބުރަކަށިން ނާއި ކޮނޑު މަތން ނަގަމުން ދިޔަ ދިލައަށް ކެތް ނުކުރެވިގެން އުޅެއެވެ. ރޮވޭވަރުން ވީ ގޮތް ވެސް އޭނާއަށް ކިޔައދެވޭ ގޮތެއްނުވިއެވެ.

“ކިޔާ. ޕްލީޒް. ތިގޮތަށް ނުރޮއި. ކިޔާ ޕްލީޒް. ހުއްޓާލަބަލަ. އުނަގަނޑަށް ތަދުވަނީތަ ކިޔާ އޭތް… ބަލަ ކިޔާ’ޒާން އޭނާގެ ދެ އަތުން ކިޔާރާގެ މޫނުގައި ހިފައި އޭނާއާއި ހަތަރު ކަޅިހަމަކުރުވިއެވެ.

“ޒަ ޒާން. ޒާން. ކިޔާ ގެންދޭ ޒާން ޕްލީ… ޕްލީޒް… ކިޔާ ގެން ގެންދޭ”ކިޔާރާ ގިސްލެވޭހާލު ބުނެވުނު ހާ އެއްޗަކީވެސް މިއީއެވެ.

“ޒާން ގެންދާނަމޭ ކިޔާ. ބުނެބަ ވީ ގޮތް. ޒާން އަބަދުވެސް ކިޔާ އާ އެކީގާ ވާނަން ކިޔާ. ޕްލީޒް ނުރޮއޮ” ކިޔާރާ ރޯވަރުން ޒާން ވެސް އިނީ ކަންބޮޑުވެފައެވެ.

“ޒާން ދޮން ދޮން މަން މަންމަ ކިޔާ ގައިގަ އިސް އިސް” ކިޔާރާ ބުނި އެއްޗެއް ޒާނަށް ފަހުމެއް ނުވިއެވެ.

“ޒާން ދޮން ދޮން މަން މަންމަ ކިޔާ ގައިގަ އިސް… އިސް… ތިރި… ޖެ އިސްތިރި” ކިޔާރާގެ ރުއިން އަނެއްކާވެސް ބާރުވިއެވެ.

ވީގޮތް އެނގުނީ އަދިކިރިޔާއެވެ. ޒާން އިނީ ވަރަށް ރުޅިއައިސްފައެވެ. އަދި އެހާމެ ދެރަވެސް ވެފައެވެ. ކިޔާރާ އަށް ވާނޭވަރު އޭނާ އަށް އަންދާޒާވެސް ނުކޮއްލެވެއެވެ.

“ކިޔާ ކޮންތާކު ކިޔާ ނުރޮއި ބުނެބަ. ޒާން އަބަދުވެސް ކިޔާ އާ އެކި ވާނަން. ޒާން ގެ ފަހު ނޭވާ ޔާ ޖެހެންދެންވެސް”ޒާން ކިޔާރާ ގާތުން އިތުރަށް އޮޅުން ފިލުވަން އުޅުނެވެ.

ރަޔާން އާއި ސާމިޔާ ނުކުމެގެން އައުމުން ޒާން ތެދުވެލާފައި ސާމިޔާ އަށް ތަން ދެއްކިއެވެ. ޒާން ސާމިޔާ ގާތު ވެގެން އުޅޭ ގޮތް ބުނުމުން ސާމިޔާ އަށް ވެސް ފުން ނޭވާއެއްދޫކޮއްލެވުނެވެ. އޭނާވެސް ބުނީ އެކަން އިނގޭކަމުގައެވެ. އަދި ބޭސް އުގުޅާފިންކަމުގައެވެ. ކިޔާރާ ގޮވައިގެން ސާމިޔާ ކޮޓަރިއަށް ވަނީ އެ އެއެއްޗެހި ބަދަލް ކުރުވުމުގެ ބޭނުމުގައެވެ.

ސާމިޔާ ކިޔާރާ ގެނެސް އޭނާގެ ކޮތަރިއަށް ވައްދާލުމަށްފަހު ކިޔާރާގާތު އިސްތިރި ޖެއްސި ތަންތަން ދައްކާލުމަށް ބުންޏެވެ. އޭރުވެސް ކިޔާރާއަށް ގިސް ލެވެނީއެވެ. އޭނާ އަނެއްކާ ދެވަނަ ފަހަރަށް އެތަން ދައްކާލިއެވެ

ކިޔާރާގެ ހުއްދަ ލިބުމާއެކު ކިޔާރާ ކޮޅަށް ނަގާ ކިޔާރާގެ ހެދުން ހިއްލާލާ ބަލާލިއެވެ. ބޭސް އުނގުޅާފައި ހުއްޓަސް ލޭ އަންނަމުން ދިޔައެވެ.

ކިޔާރާއަށް އަދިވެސް ރޮވެނިއެވެ. އިރުކޮޅަކުން ރަޔާން އައިސް ދޮރުގައި ތަކި ޖަހާލާ ގޮވާލުމުން އޭނާ ދޮރުހުޅުވިއެވެ.

“މަންމާ”

“މިދަނީ”ސާމިޔާ އެހެން ބުނަމުން އަނެއްކާ ދޮރު ތަޅުލިއެވެ.  އޭނާ ވަރަށް ފަރުވާވެހުރެ ކިޔާރާގެ އުނނަގަނޑުގައި ބޭސް އަޅައިދޭން ފެށިއެވެ. ކިޔާރާގެ ރުއިމުގެ އަޑި ކެނޑިފައިވިޔަސް ގިސްލުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ސާމިޔާ ބޭސް އުނގުޅަމުން ދިޔައީ ކިތަންމެ ބަލައިގެން ކަމުގައި ވީކަމުގައި ވީނަމަވެސް ކިޔާރާގެ އަނގައިން ބޭރުވަމުން ދިޔަ އާހް ތަކުން އޭނާއަށް އަޅަމުންދާ ވެން އިހްސާސް ކުރެވޭހާ ވެއެވެ.

ކިޔާރާ ނުރޯން އެތައް ހިތްވަރެއް ކުރަމުން ދިޔައެވެ. ތިރީތުންފަތުގައި ދަތް އަޅާގެން ހުރިގޮތުން ވެސް އޭނާ ހިތްވަރު ކުރަމުން ދިޔަކަން ފާހަގަ ވާނެއެވެ.

ޒާން އާއި ރަޔާން ސިޓިން ރޫމްގައި ތިބީ އެކަކަށް ވެސް ކިޔާނޭ ބަހެއް ނޭގިފައެވެ. ކިޔާރާ އަށް އެވަރު އަނިޔާއެއް ދޭންވީ ސަބަބެއް ޒާން އަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ. އަނެއްކޮޅުން ރަޔާން ގެ ހާސްކަން ވެސް ވަކި ކުޑައެއްނުނެވެ. އޭނާވެސް ވަނީ ކިޔާރާ އާ މެދު ނުހަނު ބޮޑަށް ކަންބޮޑުވެފައެވެ. ދެމީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ ސާމިޔާ ނުކުންނާނޭ އިރަކަށެވެ.

ކިޔާރާ ކާރީގައި ބައިންދައިގެން ސާމިޔާ ކިޔާރާއަށް ނަސޭހަތްތެރިވަމުންދިޔައެވެ.

“ރަޔާން. އަހަރެން އަހަރެން ބޭނުން ކިޔާރާ އާ އަވަހަށް މެރީކުރަން. ވީހާވެސް އަވަހަކަށް” ކިޔާރާ ބުނި ބަސްތައް ޒާން ގެ ސިކުނޑީގައި ވަށާ ބުރުޖަހަންފެށިއެވެ.

“ޒާން. ޒާން ގެ ކިޔެވުމޯ. އޭރުން. އަދި ޕްރެކްޓިކަލް ބައި މިކޮޅުގައި ހެދިޔަސް ދާން ޖެހޭނެ އެއްނު” ރަޔާން އޭނާގެ ކަންބޮޑުވުމް ފާޅުކުރިއެވެ. ރަޔާން ގެ އާއިލާ ގަބޫލުނުވެދާނެތީވެސް ރަޔާން ހުންނަނީ ނުހަނު ކަންބޮޑުވެފައެވެ. އެހެން ވެއްޖެކަމަށް ވާނަމަވެސް ކިޔާރާއަށް ލިބޭ ހިތް ދަތިކަން ކުޑައެއްނުވާނެއެވެ.

ކިޔާރާއަކީ ޒާން ގެ ދިރިއުޅުމުގެ އެއްބައިކަމުގައި ވެއްޖެއެވެ. ކިޔާރާއަކީ އެ ހިތުގެ ރާނީއަށް ވެއްޖެއެވެ. ކިޔާރާ ނޫން އެހެން އެއްވެސް މީހަކަށް އެހިތުން ޖާގަ އެއްނުލިބޭނެއެވެ.

އިރުކޮޅަކުން ސާމިޔާ ނުކުތެވެ. އެހެން ނަމަވެސް ކިޔާރާ އެއްނުނިކުމެއެވެ. “ކިޔާރާ އަށް ނިދިއްޖެ” އެދެމީހުންގެ ހިތުގައި ވަނީ ކީކޭކަން އެނގިގެން ސާމިޔާ ބުނެލިއެވެ.

ޒާން އާއި ކިޔާރާގެ ގުޅުން އެނގޭކަން ސާމިޔާ އަންގާލިއެވެ. އަދި ކިޔާރާއަށް ދެރަ އެއް ނުދޭހާ އިރު އޭނާ އެ ގުޅުމާ ގަބޫލުކަން ވެސް ބުނެލިއެވެ. ޒާން އެވަގުތު އުފާވިޔަސް ކިޔާރާ އުޅޭ ހާލު ލޮލަށް ފެނި އަތުން ހިފިފައިވާތީ އޭނާ ވަނީ ނުހަނު ހާސްވެ ކަން ބޮޑުވެފައެވެ.

ކިޔާރާ ގެއަށް ދިޔައީ އެކަމެއް ހިނގިތާ ތިންވަނައަށް ވީ ދުވަހުއެވެ. ބިރުންހުރެ ގޭތެރެއަށް ވަދުނުއިރު ނަސީބަކުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. އެ ރޭގެ ވަގުތުގައި ކުރިމަތީގައި އޮތީ ކޮންފަދަ ކަޅޫ ވިލާގަނޑެއްކަން ނޭގިހުރެއެވެ.

ރީޝާ ހުރީ އޭނާ ގެއަށް އައިތަން ބަލަންނެވެ. އޭރު އޭނާގެ މަންމަ ވީ ފާތުމައިދީމެން ގޭގައެވެ. ދުވާލުގެ އަލިކަމުގެ މައްޗަށް ރޭގަނޑުގެ އަނދިރިކަން ވެރިވެއްޖެއެވެ. ކިޔާރާ އޭނާ ނިދަންލާ އަތްކުރުޓާޝާޓް  ލައިގެން އައިސް ގޮދަޑިމަތީގައި ހަމަޖެހިލަމުން ޒާން އަށް ގުޅާލިއެވެ. ޒާން ފޯން ނެގުމުން ކިޔާރާ ވާހަކަދައްކަންފެށިއެވެ. އެ އަޑުގައި މޮޅިވެރިކަމެއް ވިއެވެ.

“އޭތް. އާ. އައިސްފި. އަވަސް ކުރޭ އަކޭ ކައިރީ ބުނޭ މިރޭ މިކަން ނިންމަން ވާނެޔޭ. ދެވަނަ ފަހަރަށް ފިރިހެނަކަށް އިތުބާރުނުކުރާ ވަރު ކޮއްލީމަ ރަނގަޅުވާނެ” ރީޝާ ވާހަކަދައްކަމުން ދިޔައީ އޭނާގެ އެކުވެރި ލިނާއާއެވެ. ލިނާ އަކީ އަކްރަމް ގެ ތިމާގެ ކުއްޖެކެވެ. އޭނާއަށް ވެސް އަކްރަމް އަށް ކިޔާރާ ކަމުދާކަން އެނގުމުން އޭނާ އާ އެއްބައިވެ ރީޝާ ބުނާގޮތަށް ކަންތައް ކުރަން ތައްޔާރުވެލިއެވެ. ފުރުސަތަކަށް ބަލަބަލާތިބި ރީޝާ އާއި އަކްރަމް އަދި ލިނާ އާ އަށް އެ ފުރުސަތު ލިބުނީ ގިފިއްޔަށް ވަދެލަން ވެގެން ކިޔާރާ ނުކުތުމުންނެވެ. ކިޔާރާ ގިސް ގޭތެތެރިން ނުކުމެވުމާއެކު މީހަކު އައިސް އޭނާގެ އަނގަމަތީ ބާރަށް ހިފެއްޓިއެވެ. އަދި ދެއަތް ފުރަގަހަތަށް ލިއެވެ. ބަލާކަށް ނުހުރެ ފަހަތުން އައި މީހަކު އައިސް ލޮލުގައި ފޮތިގަޑެއް އައްސާލާފިއެވެ. ކިޔާރާ ގަދަ ދެއްކިއެވެ. ހަޅޭއްލެވިޔަސް އަނގައިން އަޑު ބޭރުނުވަނީ އޭނާ ކިޔާރާގެ އަނގަމަތީގައި ހިފާފައިއޮތް ގޮތުންނެވެ.  ރީޝާ އާއި ލިނާގެ އެހިގައި ކިޔާރާގެ އަނގަމަތިވެސް ބަންދުކޮއްލުމާއެކު އަކްރަމް ކިޔާރާ ދަމަން ފެށިއެވެ.

“ހަނދާންވޭތަ އަހަރެން ގެ މޫނުމައްޗަށް ޖަހާފައި ހުރިހާ އެތިވަރުތައްމަތިން. ހީކޮއްލާ ތީ އެކަމުގެ ބަދަލޭ ތި ލިބެނީ” އަކްރަމް ކިޔާގެ ކަފަތް ބުޑުގައި ބުނެލިއެވެ. އެއާއެކު ކިޔާރާއަށް އެއީ އަކްރަމް ކަން އެނގި އިތުރަށް ތެޅިގަތެވެ. ވަކި ހިސާބަކުން އިތުރު ދެ ފިރިހެނަކު ވެސް ކިޔާރާ ހިފެއްޓުމުގައި އަކްރަމް އަށް އެހީވަމން ދިޔަކަން އެނގުނެވެ. އެމީހުން އެ ގެން ދިޔަ ތާކަށް ގޮސް ކިޔާރާ ކޮއްޕާލީ ކޮންތާކަށް ކަމެއް ނޭގެއެވެ. ކިޔާރާގެ ނިތްކުރިމަތި ފެޅި ލޭތައް އޮހިގަތެވެ. ދެން އޭނާ އަވަހަށް ފޮތިގަނޑު މޮހާލައިފިއެވެ. އެވަރުންވެސް ތަނެއް ވަކިވާވަރެއްނޫނެވެ. އެތަން އަނދިރިކަމުން ލޯ ހޭނެން ވަގުތު ކޮޅެއް ނެގިއެވެ. އޭނާ ނިތްކުރިމަތީގައި އަތްލިއިރު ދިޔާ އެއްޗެއްގައި އަތް ޖެހުމުން އެއީ ލޭކަން ވަރަށް ރަނގަޅަށް އެނގުގެން ދިޔައެވެ. ފާނޫޒެއްގެ އަލިކަން ކިޔާރާއަށް ފެނިގެން ދިޔައެވެ. ބިރުވެރިކަމުން އެ ހިތް ފުރިގެން ދިޔައީ އަކްރަމް އާއި އޭނާގެ ދެފަރާތުގައި ތިބި ދެ ފިރިހެނުން ފެނިފައެވެ. އެތަނުން އެކަކު ހުރީ ހަމަހޭގައި ނޫންކަން އެ ފަނޑު އަލިގެ ތެރެއިންވެސް ކިޔާރާ އަށް ޔަޤީންވިއެވެ.

އެހުރިހާކަމެއް ވެގެން ދިޔައީ ދަންވަރު ބާރަ ޖަހާ ބޮޑުވިފަހުންނެވެ. މުޅިރަށް ނިދާފައިވާ ކަހަލައެވެ. ކިޔާރާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އޭނާ އަތް މިނިވަންކަން އޮތުމާއެކުވެސް އަނގަމަތީގައި އަޅާފައިވާ ޓޭޕްގަނޑު ނައްޓަން ހަނދާން ނެތިފައިވާ ކަހަލައެވެ. ކުއްލިއަކަށް އެ އަށް ދަމާގަނެފައި ނައްޓާލުމާއެކު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

އެއާއެކު އަނަގަމަށްޗަށް އެރި ބާރު އެތިފަހަރާއެކު ކިޔާރާގެ ބޮލަށް ވެސް އެނބުނރުން އަރރައިގެން ދިޔައެވެ. ކިޔާރާއަށް އާދެވިފައިވަނީ ކިހާ ހިސާބަކަށް ކަމެއް ހުދު ކިޔާއާއަކަށް ވެސް ނޭގެއެވެ. ކުއްލިއަކަށް އަކްރަން އައިސް ކިޔާރާގެ ގައިމައްޗަށް ޖެހިގަތުމާއެކު ތޫނު ހަޅޭކެއް އަނެއްކާވެސް ބޭރުވެއްޖެއެވެ. ކިޔާރާ ރޭގަނޑު ގަޑީގައި ފާހާނައަށް ދާން ވިޔަސް ބުރުގާ އަޅާކަމުން އެ ބޮލުގައި އޮތެވެ. އެއީވެސް ނަސޭބެކެވެ. އަކްރަމް އައިސް އޭނާގެ ބުރުގާ އެއްލާލިއެވެ. އެއާއެކު އިޝްތަށިގަނޑަށް ވެސް ދަމައިގަތެވެ.  ކިޔާރާ އޭނާގެ އަތުގައި ދަތް އެޅިއެވެ. އެއާއކު އޭނާގެ އަތުން ހޯސްލާފައި ލޭތައް އޮހިގަތެވެ. ދެން ކިޔާރާ އޭނާގެ އަތުން ވީއްލިގަނެގެން ދުއްވައިގަތް އިރު ކުރިމައްޗަށް އެރީ ދެ ފިރިހެނުންނެވެ. އެތަނުން އެކަކު ހުރީ ހަމަހެއަކުނޫނެވެ.

ކިޔާރާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

ކިޔާރާއަށް ސަލާމަތް ވެވޭނެހެއްޔެވެ؟ އެތަނުން ނުކުމެވޭނޭހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ؟

(ނުނިމޭ)

92

Hi Mi

Assalaamu Alaikum... Alhugandu ge vhk thakah hiyaal faalhukohlaa rangakhu kohlan jehey kanthah buneladhee binaakuranivi faafukiyumaki libey kuri erumeh. Ekan ufalaa eki balaigannan. Author of Vaanan ekugai, Hithaa furaanain and Aadheys kuraa hiyy vey romun. Thankyou... Email:- [email protected]

You may also like...

29 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Mi reeshaa gaiga eynu isthirijahsan v maa foni vegen mi ulhenii dhw loaibaky v maai mathiveri ehchekey kulhey kulhey ehcheh noone n kiyaa ah dhera gotheh nahadhahchey BTW mivaahaka vvvv reethi ماشا الله

  ⚠Report!
  1. Hehe dw yai dear. Kiyaa gayaku nuney jahsan v reesha gaiga eyrunthaa ingeyni veyn alhaa varu. Hingaa balamaa kiyaa ah vaa gotheh… Btw varah varah thanks. Jazakallah kahir… 😊

   ⚠Report!
  1. Thanks dear. Konme part akun ves pinky shifoo ge comments fennaathy varah ufaavey. 😙😊😊😊

   ⚠Report!
 2. , hithah furaanain” mi story ge dhen in part konirakun that genesdheeba.. V inthixaaru kurey e story ah v v reethi… Avahah up kolladheeba.. Mi story ves v reethi..

  ⚠Report!
  1. Alheyyy Thanks naushin dear. Thidhey support aki alhuganduge hiyyvaru. In Sha Allah. Miadhu up kohlan fonuvaanan. Thankyou once again nau… 😙😙😊

   ⚠Report!
 3. Hey guys. Zuam black beauty and twinkle thankyou so much… aslu Hi Mi ves beynumeh nun kiyaa ah dhera eh dheykah. Letsssss see vaagotheh. Next part ves varah avahah genesdheynan. In Sha Allah.

  ⚠Report!

Leave a Reply to Pinky shifoo Cancel reply

Your email address will not be published.