ވާނަން އެކުގަައި (5)

- by - 65- January 12, 2018

އެ ހިސާބަށް ދެވުމާއެކު ދެމީހުންނަށްވެސް ސިހުން ގެނުވީ ސައިކަލެއް އައިސް ވަރަށް ބާރަށް ބުރަކި ޖައްސާލުމުނެނެވެ.

އެހެން ހުރެފައި ބަލައިލިއިރު ރަޔާން އިނީ ނުލަފާ ވަށްތަރަކަށް ހީގަނެގެންނެވެ.

ތިން މީހުން ވަހަކައިގައި ތިބެފައި އަތިރިމަތިން ހިނގައިގަތެވެ. ކިޔާރާގެ ލޮލުގައި އަޅައިގަތީ އޭނާ އަ ދިމާލަށް ކަޅި އަޅައިލައިގެން ތަންކޮޅެއްދުރުގައި ހުރި ފާތުމައިދީ އެވެ. އޭނާ ގެ ފިޔަވަޅުތަށް ވެސް މަޑުވިއެވެ. ކިޔާރާގެ ނަޒަރު ހުރި ދިމާލަށް ޒާން ގެ ނަޒަރުހުއްޓުނެވެ. އޭނާ އަށް ވެސް ކިޔާރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަންހެން މީހާ ފެނުނެވެ. “އޯ ހޯ… ފާތުމައިދީ ދޯ” ރަޔާން ވެސް އެދިމާލަށް ބަލާލިއެވެ. އެއާއެކު އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “ތަނަކުން ވާހަކައެއްނުލިބިފަ ހުންނާނީ… ކިޔާރާ ގެ ދޮންމަންމަ ގެ މާގާތް ރައްޓެއްސަކޯ” ރަޔާން އޮޅުން ފިލުވައިދިނެވެ.

ޒާން އަށް ވީ ގޮތް އޮޅުންފިލުވައިދެމުން ރަޔާން ކިޔާރާ އަށް ވެސް ހިތްވަރުދިނެވެ. އަދި މި ގޮތަށް ފެނިލައިގެން ޒާން އާއި ކިޔާރާ އާއި ދެމެދުގައި ގުޅުމެއް އޮންނަކަން ނޭގޭނޭ ކަމަށް ރަޔާން ބުނެލިއެވެ. “ރަޔާން އަހަރެން ތަންކޮޅެއް ކުރިން ދާނަން. ދޮންމަންމަ އަށް އެނގިއްޖެއްޔާ ހުންނާނެ ކަންތައް”ކިޔާރާ ހާސްވެފައި ހުރެ ބުނެލިއެވެ.

“ނޫން ކިޔާ މަޑުކޮއްބަލަ” ރަޔާން ކިޔާރާ ހުއްޓުވާ އެމީހުންނާ އެއްވަރަށް އަންނަން އިޝާރާތް ކޮއްލިއެވެ.

“ޒާން ހާދަ ހޫނޭ. ފިހިދާނެހެން ހީވަނީ. އަނެއްކާ މާ ގިނައިން ސައިކަލު ދުއްވާލެވުނީ ނޫންބާ؟ އަހަރުންނާ އެކީ ކިޔާރާ ދާތަން ފެނުނީމާ ހީވާނެދޯ ވަރަށް ގުޅުން އޮންނަނީޔޭ. އެހެން ދައްކާމީހުންވެސް ދައްކާނެދޯ. އެކަމަކު ދުވަސްތަކަކަށް ފަހު ދިމާވީމާ ވާހަކަވެސް ދައްކާލަން މަޑުކޮއްލެވޭނެދޯ” ފާތުމައިދީ އާއި އަރާ ހަމަވެފައި ރަޔާން ގެ ބަސްތައް ދޫކޮއްލިއެވެ. އެ އަޑު ފާތުމައިދީގެ ކަންފަތުގައި ޖެހުނެވެ. އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިޔައީ އެއީ އޭނާއާ ދިމާލަށް ބުނި ބަސްތަކެއް ކަން އެނގިގެން ފަދައެވެ.

އޭނާ ހުރީ އާޒިމާގެ ކަންފަތަށް އެ އަޑު ގެންދަން ކެތް ނުލަވާފައެވެ. ވަގުތުގައި ގުޅަންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ކާރިއަށް ގޮސްގެން ކިޔާދިނީމާ މާ ފޯރި އަރާނެތީ ކެއްކޮއްލީއެވެ. އެހެން ނުނަސް ކިޔާރާ އެމީހުންފެނިގެން ވާހަކަދައްކާލީކަމަށް ނިންމަމުން ރަޔާން ބުނި ބަސްތަކަކީ ކިޔާރާއާ އެއްބައިވެގެން ބުނި ބަސްތެކެއް ހެން ވެސް އޭނާއަށް ހީނުވާތީއާއެކީގައެވެ.

“ސާބަސް ރަޔާން” ކިޔާރާ ފާތުމައިދީ އާ ތަންކޮޅެއް ދުރަށް ގޮސްފައި ރަޔާން ގެ ކޮނޑުމަތީގައި ބޮނޑިއެއް އެޅިއެވެ.

ކިޔާރާއަށް ގެ އަށް ވެސް މިއަދު އާދެވުނީ އެހެން ދުވަސްތަކަށް ވުރެ ލަހުންނެވެ. ރަޔާން މެން ގެ އާ ހިސާބުން ޒާން އާއި ރަޔާން ކިޔާރާ އާ ވަކިވިއެވެ. އޭގޭ ކުރިން ޒާން ކިޔާރާ ގެ ކަންފަތް ބުޑުގައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެ މަންޒަރު އެވަގުތު އެހެން މީހަކަށް ފެނުނު ކަމެއް ދެ ޒުވާނުންނަކަށް ވެސް ނޭގެއެވެ. ކިޔާރާވެސް ރަކި ހީލުމަކާއެކު ގެ އާ ދިމާލަށް ދުއްވައިގަތެވެ.

އުޅޭ އުޅުމުގައި ޒާން އާއި ކިޔާރާ އަށް އެހެން މީހަކު ނަޒަރެއް ދެމުން ދާކަމެއް އެކަކަށް ވެސް ނޭގެއެވެ. ބައެއްދުވަސް ދުވަހު ކިޔާރާ އާއި ޒާން ގެ ސަކަރާތް އެހެން މީހުނަށް ނޭގޭ ގޮތަށް ޖެހިކަމުގައިވިޔަސް އެ ދުވަހުގެ ފަހުން އެމީހަކު ވަރަށް ހުޝިޔާރެވެ. ޒާން އަދި ކިޔާރާގެ ކޮންމެ ހަރަކާތެއްގެ މާނަ އެ މީހަކަށް އެނގެމުން ދިޔައެވެ.

އެއްދުވަހެއްގެ މެންދުރެއްގެ ވަގުތެވެ. ހެނދުނު ވެހެން ފެށި ވާރޭ ދެންމެ ހުއްޓާލާފައިވުމުން ބިންގަނޑުގައި ތެތްކަމެއް ހުރެފައި ބިންގަނޑު ހަރުވެފައި ވެއެވެ. ތެތް ފިނި ވައިރޯޅިތަކުން މާހައުލު ފިނިކޮއްލާފައިވާއިރު ގަސްތަކުގެފަތްތައްވެސް ތާޒާވެފައި ވަނީ ވެހިފައިވާ ވާރޭގެ ސަބަބުންހެން ހީވެއެވެ.

ސާމިޔާ އާދައިގެ މަތިން ގޯތިތެރޭގައި އިނެވެ. އޭނާ އިނީ ޖޯލިފަތީގައެވެ. ކުރިމަތީގައި ހުރި އަށީގައި މުރަނގަ ފަތް ތަކެއް ހުއްޓެވެ. ހީވާގޮތުން އެއީ ފިލުވަން ބަހައްޓާފައިވާ އެއްޗިއްސެވެ. އޭނާ މުރަނގަ ފަތް ތެއްލައިގެން ވިއްކާ މީހެކެވެ. އެ މަސައްކަތުގައި އޭނާ އާ އެކު ބައިވެރިވަނީ ހަދީޖާ އާއި އަދިވެސް ދެ އަވައްޓެރިއެކެވެ. ގޭގައި އިނދެގެން ފޫހިވާތީ އާ އެކީގައި ރަނގަޅު އާމްދަނީއެއް ލިބޭނެތީ އެކަނި ފެށި މަސައްކަތް މިހާރު ވަނީ ފުޅާވެފައެވެ. އަވައްޓެރިންނާ އެކީ ގައި މަސައްކަތް ކުރަނީ ލިބޭ އާމްދަނީ އެމީހުން ގެ މެދުގައި ބަހާގޮތަށެވެ.

އޭނާ މަޑުކޮއްލައިގެން އޮތީ މެންދުރު ނަމާދުކޮއްލައިގެން އޭނާ އާ އެކު އެ މަސައްކަތުގައި ބައިވެރިވާ މީހުން އަންނަންދެނެވެ. އެހެން އޮއްވައި އާދަމް ޔޫސުފް ގޯތިތެރޭގައި ހުރި ޖޯލީގައި ކިޔާރާ އޮތްތަން ފެނުނެވެ. އެހެން ކަމުން އޭނާ ކިޔާރާ އަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ކިޔާރާ އަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އެހެން ކަމުން އަދިވެސް އެއްފަހަރު ތަންކޮޅެއް ބާރަށް ކިޔާރާ އަށް ގޮވާލިއެވެ.

ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލައިގެން އޮތް ކިޔާރާ ފަހަތަށް ބަލާލީ ކޮންމެވެސް މީހަކު އޭނާއަށް ގޮވާތިއެވެ. ޖޯލީގައި އޮވެފައި ކޮނޑުމަތިން ފަހަތަށް ބަލާލުމާއެކު އޭނާ އަށް ހަނާ އަޅަމުންދިޔަ ސާމިޔާ ފެނުނެވެ. މޫނުމަތި އުޖާލާވެގެން ދިޔުމާއެކު އަވަސް އަވަހަށް ޖޯލިން ތެދުވެ ބުރުގާ ރީތިކޮއްލަމުން ގޮށެއް ޖަހާލިއެވެ. އަދި ހެވިފައި ހުރެ ސާމިޔާ އާ ދިމާލަށް މިސްރާބު ޖެހިއެވެ.

“ކިޔާ ދަރިފުޅާ. ކީ ކޮއްލަނީ” ސާމިޔާ ހިތްހެޔޮ ކަމާއެކު އަހާލިއެވެ.

“ނުކުރަން ކަމެއް ދައްތާ” ކިޔާރާ ވެސް ޖަވާބުދިނެވެ.

“އާދެބަލަ ދައްތަ ކާރީ އިށީންނަން” ސާމިޔާ އަތުން އޭނާ ގެ ކައިރީގައި ހުރި ޖޯއްޔަށް އިޝާރާތް ކޮއްލުމާއެކު ކިޔާރާ އައިސް ސާމިޔާ އާ ޖެހިގެން ހުރި ޖޯލީގައި އިށީދެއްޖެއެވެ.

އޭރު ކިޔާރާ ގެ ނަޒަރު ހުރީ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. ސާމިޔާ ގޮވާލުމާއެކު ފޯން ބާއްވަމުން އޭނާ ސާމިޔާއަސް ސަމާލުކަން ދޭން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އުނގުމަތީގައި ބާއްވައިލެވިފައި އޮތް ފޯން ވައިބެރޭޓްވިއެވެ. ސާމިޔާ ކިޔާރާއަށް ބަލަން އިނެވެ. ފޯން ނަގާ ބަލާލުމާއެކު ކިޔާރާގެ މޫނު އަލިވެގެންދިޔަތަން އޭނާ އަށް ވަރަށް ރީއްޗަށް ފެނުނެވެ.

އޭނާ ކިޔާރާ ކައިރީގައި އިނދެގެން ކިޔާރާގެ މުނަށް އަރަމުން ދިޔަ ކުލަވަރު ތަރުޖަމާ ކުރަން މަސައްކަތް ކުރިއެވެ. އޭނާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“މަންމާ” ރަޔާން އޭނާގެ މަންމައަށ ގޮވާލިއަޑު ސާމިޔާ އަށް އިވުނެވެ. އޭރު އޭނާ ހުރީ ގޭ ދޮރު ކާރީގައެވެ.

“ކީކޭ ދަރިފުޅާ. އައިސްބަލަ” ސާމިޔާ އޭނާގެ ދަރިފުޅަށް ގޮވާލާފައި އައުމަށް ބުންޏެވެ.

ރަޔާން އައިސް ފައި އެތަނުން އަށްޓެއް މަށްޗަށް އަރައި އިށީނެވެ. އޭނާގެ ލޮލުގައި ކިޔާރާ އަޅައިގަތް ކަމުގައި ވީނަމަވެސް ކިޔާރާ އިނި މާ ބޮޑަށް ފޯނަށް ގެއްލިފައެވެ. ކިޔާރާ އަށް ރަޔާން ގޮވާލިއެވެ. އެއާއެކު އޭނާ އަށް ރަޔާން އާ ދިމާލަށް ބަލާލެވުނި ކުދަކޮއް ސިހިފައެވެ. އެއާއެކު ސާމިޔާ އަދި ރަޔާން އަށް ވެސް ހީގަނެވުނެވެ.

“ޒާން ކޮބާ؟” ސާމިޔާގެ ސުވާލު ރަޔާން އާ އަމާޒުވިއެވެ.

“ޒާން ބުނި އެބަ ނުކުންނަމޯ. މަންމަ އަށް މިގޮވީ މިއަދު ދިމާވިޔޭ ދާއޫދުބެޔާ. ބުނީ މަންމަ ކާރީ ބުނެލަދީބަލާށޯ އެ ގޭ ދޮށަށް ދޭބަލާށޭ. ދެން ބުނި އަދިވެސް ފަތް ތެތް ލާހޯ. އަޅުގަނޑު ބުނިން އާއެކޭ. ބުނީމަ ބުނީ ބުނެބަލާށޯ ފަތް ޑަބިޔަލެއް ހަދާދީބަލާށޯ. ދާއޫދުބޭ ބުނީ ދެ އަހަރު ފަހުން ފެނުނީއިރު ވަރަށް ތަފާތޯ މިހާރު. ޒާން އާ ދެމީހުން ގޮސް ވައްދާ ވަރުގަދަ އަށް ސައިވެސް ދިން” ރަޔާން ގެ ވާހަކައަށް ސާމިޔާ ހިލިއެވެ. ކިޔާރާ އެތާ އިންދާ އޭނާގެ ނަޒަރު ދެން ދަތުރުކުރީ އަންނަ ޒާން އަށެވެ.

ކަޅުކުލައިގެ އަތްދިގު ޓާޝާޓް ގައި ފެންނައިރު ނުހަނު ހިތްގައިމެވެ. ފިރިހެންވަންތައެވެ. އަންހެން ކުދިންގެ ހިތް ތައް އެދިމާލަކަށް ދަމަގަންނަފަދަ ހުރިހާ ސިފައެއް ލިބިފައިވާ ޒުވާނެކެވެ. އެހެން ދުވަސް ދުވަހަށް ވުރެވެސް މިއަދު ޒާން މާ ރީތި ވައްތަރު ކިޔާރާއަށް ޖަހައެވެ. ކިޔާރާ އަށް ޒާން ގެ ފުރިހަމަކަން އަލަށް ފެނުނުފަދައެވެ. އޭނާގެ ހިނގުމެވެ. މަސްތައް އެތުރިފައިވި ފުރިހަމަކަން ޓީޝާޓް މަތިންވެސް އޭނާއަށް ވަޒަން ކޮއްލަން އެނގުނެވެ. ކުރިން މިސިފަ ނުފެންނަނީ ކިއްވެބާ އޭ އޭނާ ހިތަށް އެރިއެވެ. އަނެއްކާ އޭނާއަށް ޒާން ކައިރީގައި ހުންނަންވުމުންވާގޮތުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވެނީބާއެވެ.

ޒާން އައިސް ރަޔާން ކައިރީގައި އިނެވެ. ސިއްރުން އޭނާ ކިޔާރާ އަށް ބަލާލިއެވެ. މިތަން  ފެނި ރަޔާން ކުޑަކޮއް ކަރުކެހިލިއެވެ. ސާމިޔާ ކިޔާރާ ކައިރީގައި މަޑުކޮއްލުމަށްފަހު އައީ ހަތަރު ތަށި ޖޫސް ހިފައިގެންނެވެ. އައިސް ފަހަރަކު މީހަކު އަތަށް ޖޫސް ތަށި ދިނުމަށް ފަހު ތަބަށް އަށިމަތީގައި ބައިންދާލުމަށްފަހު އެންމެ ފަހުން އިން ޖުސްތަށި އޭނާ ނެގިއެވެ. އެއާއެކު އަނެއްކާ ކަމެއް ހަނދާން ވި ފަދައަކުން ގޭތެރެއަށް ވަދެފައި ދެން އައީ ކޮތަޅެއް ހިފައިގެންނެވެ. އައިސް އޭނާ ކިޔާރާ އަށް އެ ދިއްކޮއްލިއެވެ.

“މީކޯއްޗެއް” ކިޔާރާ އިނި ސުވާލު މާކެއް ތެރޭގައެވެ. އޭނާ އޭގައި ހިފުމުން ސުވާލުކޮއްލީ ވާނުވާ ނޭގޭ ހާލުގައެވެ.

“ތީ ކިޔާރާގެ އުފަންދުވަހުގެ ހަދިޔާ. ކަމުދާނެ ކަމަށް އުންމީދުކުރަން” ސާމިޔާ ފުޅާ ހިނިތުންވުމަކާއެކު ކިޔާރާއަށް ބަލާލިއެވެ.

“އުފަން ދު” ކިޔާރާއަށްނުބުނެވުނެވެ.

“އުފަންދުވަސް… މިއަދު ކިޔާގެ އުފަން ދުވަސް” ދެވަނަ ފަހަރު އޭނާ ސާމިޔާގެ ގައިގައި ބައްދާ ގަތީ ގައިގައި ހުރިވަރެއް ލާފައެވެ. އެއާއެކު ޖޫސްތަށިނުވެރުނީވެސް ކިރިޔާއެވެ.

“ހެޕީ ބާރތްޑޭ ކިޔާ”ރަޔާން ބުނެލިއެވެ. އޭނާ ކިޔާރާގެ އުފަންދުވަސް ވެސް ހަނދާން ނެތުނިއެވެ.

ސާމިޔާ ޒާން އަށް ބަލާލިއެވެ. “ޒާން ވެސް ވާނެ އެއްނު ކިޔާރާއަށް ހެޔޮއެދުންތައް ފޮނުވަން”

އެތަނުން އެކަކަށް ވެސް ޒާން އާއި ދިމާލަށް އެހހެންބުނަންވީ ސަބަބެއް ނުވިސްނެވެއެވެ. ސާމިޔާބުނީ ރަޔާންގެ އެކުވެރިއަކަށް ވުމުން ކިޔާރާ އާ ވާހަކަދައްކާލިއަސް މައްސަލަ އަކަށް ނުވާނޭ ކަމުގައެވެ. އެހެން ބުނީރު ސިއްރުވެރި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ވިއެވެ.

ސާމިޔާގެ އެދުމަށް އެ ކޮތަޅުގައި ވާ އެތި ބެލުމަށް ކިޔާރާ އަވަސް ވިއެވެ. އޭނާ އޭގައި އޮތް އެއތި ނަގާ ބަލާލިއެވެ. އެއީ ހެދުމެކެވެ. ކަނޑުނޫކުލައިން ފަހާފައިވަ އެ ހެދުމުގައި މޭމަތިން ފެށިގެން ތިތިއަށް ރީތި ރޭދާ ގަނޑެއް އަޅާފައިވެއެވެ. އެ ރޭދާފގަނޑު ހުރީ މަޑު ނޫކުލައިންނެވެ. ރޭދާގަނޑު ނިމޭ ހިސާބުން ރޫތަކެއް ނަގާފައި ހުއްޓެވެ. ދެން އޮތީ މަޑު ނޫކުލައިގެ ޝޯލް އެކެވެ. އޭގައި ދެފަރާތުގައި ލަޅުކުލައިގެ ރޭދާވައްތަރުގެ ލޭސް ފޮތިގަނޑެއް ވެއެވެ.

ކިޔާރާގެ ލޮލުން ކަރުނަ ފައިބަން ތައްޔާރުވެ ހުއްޓާ ސާމިޔާ ހިތްހެޔޮ ކަމާއެކު ކިޔާރާގެ ކޮނޑުގައި ފިރުމާލިއެވެ. އަދި ކިޔާރާ އަލުން ޖޯލީގައި ބޭންދިއެވެ. ކިޔާރާއަށް ވެސް ވެވުނު ޖަޒްބާތުގައި ކޮޅަށް ތެދުވެވުނުކަން އިހްސާސްވެސް އަލުން އިށީނެވެ.

އޭރު ޒާން ގެ ލޮލުން ހަމްދަރުރީ ގެ އެތަށް މެސެޖެއް ރަޔާން އަށް ފެންނަމުން ދިޔައެވެ. އޭނާޒާން ގެ ކޮނޑުގައި ޖަހާލަމުން މަޑުމަޑުން އެއްޗެކޭ ބުނެލައިފިއެވެ.

ހަތަރު މީހުންއެހެން ތިއްބާ ހަދީޖާ އައެވެ. އޭނާ އައުމުން ކިޔާރާވެސް އެނާ އަށް ގޮވާލުމަށްފަހު އަދިވެސް އެއްފަހަރު ސާމިޔާއަށް ޝުކުރު އަދާކޮއްފައި ގޯއްޗަށް މިސްރާބުޖެހިއެވެ. އެ ދިޔުމުގައިވެސް ޒާން އަށް ވަށްކަޅިން ބަލާލިއެވެ. ޒާން ވެސް ބަލަން އިންތަން ފެނިގެން އަނެއްކާވެސް އިސްޖަހާލިއިރު ލަދުވެތި ކަން އައިސް އޭނާ ވަށައިލައިފިއެވެ.

“އަދިވެސް އާޒިމާ ހަމަ އެ ގޮތަށްތަ އެ ކުއްޖާ ފުޅާ ދޭތެރޭ ކަންތައް ކުރަނީ.” ހަދީޖާ އައިސް ސާމިޔާ ކާރީ އިށީންނަމުން އަހައިލިއެވެ.

“މި ދެތިން ދުވަހު ވަރަށް ހަޅޭއްލަވާ އަޑެއްނީވޭ. ކުރިން ދުވަހުވެސް އެ ކުއްޖާ ގައިގައި ވަރަކަށް ތަޅާލި އިލޮށިފަތިން. މަށަށް ނުދެވުނު ނަމަ ނޭގެ ވާނެ ގޮތެއްވެސް. މިހާރު އެއީ ކުޑަ ކުޑަ ކިޔާ އެއްނޫންވިއްޔަ. ބޮޑުވެފައި ހުރި ދަރިއެއްވިއްޔަ އެއީވެސް. ނުވިތާކަށް އެގޭގެ ހުރިހާ ކަމެއް ކުރަމުން އެ އުޅެނީ. އެ ކުއްޖާ ފަކިރަށް ކެތް ކުރާ ގޮތެއްވެސް މަށަކަށް ނޭގޭ” ސާމިޔާ ވާހަކަތައް ހިއްސާކުރިއިރު އޭނާގެ ދެބުމަ ގޮށްޖެހިފައިވިއެވެ. އަޑުއަހަން އިން ޒާން ވެސް އިނީ ރުޅިއައިސްފައެވެ. ކިޔާރާ އުޅޭ ހާލު ރަޔާން ކުޑަގޮތަކަށް ކިޔާދިންނަމަވެސް ހަޤީޤަތް އެހެންމީހެއްގެ ފަރާތުން އަޑުއިވުމުން ހިތަށް މާ އަސަރުކޮއްފިއެވެ. އެ ކުއްޖާ އަށް ދުނިޔޭގައި ބޭނުން ހުރިހާ އުފަލެއް ދީގެން ގެންގުޅެން ޒާން ބޭނުންވިއެވެ.

އެރޭ ކިޔާރާއަށް ހަދިޔާއެއް ދޭނެގޮތަކާ ދޭތެރޭ ޒާން ވިސްނިއެވެ. އޭނާ އަށް ދޭނޭ އެއްޗެއް ވިސްނަ ވިސްނާވެސް ޒާން ގެ ސިކުނޑިއަށް ނަޔެވެ. ދެން އޭނާ ދިޔައީ ރަޔާން ގާތަށެވެ. ރަޔާން ވިސްނާލިއެވެ. އެއާއެކު ސްކޫލްގައި އުޅުނުއިރުގެ ހާދިސާއެއް އޭނާއަށް ހަނދާންވިއެވެ.

***

ސަބަހޭ. ތިއުޅެނީ ގާލްފްރެންޑް ގެ ބާރތްޑޭގައިއޭ ދޭން. ނިކަން ރަތް ކުލައިގެ ފިނިފެންމަލުގެ ބުކޭ އެއް ތަތްޔާރުކޮއްލަބަލަ. ކިޔާނަމަ ވަރަށް ހެޕީ ވާނެ އެކަހަލަ އެއްޗެއް ދޭނެނަމަ. ކިހާ ރޮމޭންޓިކް. ލޯބިވާ މީހާ ދޭ އެތި ކޮންމެހެން އަގު ބޮޑުވާކަށް ނުޖެހެޔޭ. ލޯތްބަށް ވުރެ އަގުބޮޑު އެހެން އެއްޗެއް ކޮބާ؟” އާމިދު އާ ކިޔާރާ ދިމާކޮއްލިއެވެ. އޭނާ އުޅުނީ އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާ އަށް އުފަންދުވަހު ދޭނެ އެއްޗެއް ނޭގިގެނެވެ. އޭނާ ކައިރީގައި ހުރި ރަޔާން އަށް ބަލާލުމާއެކު ރަޔާން ވެސް ބުނީ ކިޔާރާ އެދުނު ގޮތަށް ކަންތައް ކުރުމަށެވެ.

***

“އޭބަލަ ރަޔާން އާ އޭ މި ވާހަކަ ދައްކަނީ” ޒާން ރަޔާން ގެ ކޮނޑުގައި ބާރަކަށް ޖަހައިފިއެވެ.

“ހޫނ. ސާބަހޭ ހިނގާބަލަ މަށާ އެއްކޮއް” ރަޔާން އާއި އެއްކޮއް ޒާން ބޭރަށް ގޮސްފައި ދެން އައީ ފިނިފެންމަލުގެ ބޮޑު މާބޮނޑިއެއް އެއް ތައްޔާރުކޮއްލައިގެންނެވެ. ވަރަށް ސިއްރުން އައިސް ޒާން ގެ ކޮޓަރިއަށް އެ ވެއްދިއިރު ދުރުގައި ސާމިޔާ ބަލަން ހުރި ކަމެއް އެމީހުންނަކަށް ވެސް ނޭގެއެވެ. ރަޔާން ވެސް ހީކުރީ މަންމަ ވާނީ ކޮޓަރީގައި ކަމަށެވެ. އޭރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ.

ޒާން ކިޔާރާއަށް މެސްޖް ކޮއްލިއެވެ. އެއާއެކު ކިޔާރާގެ ޖަވާބުވެސް އައެވެ. ގަޑިން އެގާރަ ޖެހިއިރު ޒާން ކިޔާރާ އާ ބައްދަލުކުރަން އެހެންޏާވެސް ދާތަނަށް ދިޔައެވެ.

ކިޔާރާ ބަދިގޭގެ ފުރަގަހަތަށް އައިއރު ޒާން ހުރިތަން ފެނުނެވެ. އޭނާ ލުއި ހީލުމަކާއެކު ޒާން ކައިރިއަށް ދިޔައެވެ. ކިޔާރާމެންގޭގައިވެސް ކަރަންޓް މިރޭ ހުރުމުން އެތަން ވެސް އިހުނަށްވުރެ އަލި ކަމަށް ދައްކައެވެ. އެހެން ނަމަވެސް ގަސްތަކު ގެ ބިއްދޮށުގައި ތިބުމުން އެމީހުން އެހާ ފަސޭހަކޮން ނުފެންނާނެއެވެ.

“ހެޕީ ބާރތްޑޭ ޕްރިންސަސް” ކިޔާރާގެ ކަންފަތް ދޮށުގައި ބުނެލަމުން ޒާން އޭނާގެ އަތުގައި އޮތް މާ ބޮނޑި ކިޔާރާއަށް ދިނެވެ. ކިޔާރާ ހައިރާންވެފައި ހުރި އިރު އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. އެހެނަސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ކުއްލިއަކަށް ޒާން ކިޔާރާގެ ގައިގައި ކުރިއަށް ޖެހިލާ ބައްދާލިއެވެ. އަދި އިރުކޮޅަކު އެހެން ހުރެލުމަށް ފަހު ދުރުކޮއްލިއެވެ. ކިތަންމެ ގިނަ އިރަކު ކިޔާރާ އާ އެކީ ހޭދަ ކުރަން ބޭނުންވިޔަސް ހާލަތު ދިމާކުރާ ގޮތާ ދެމީހުންވެސް ތިބެނީ ފުދިގެންނެވެ.

ދުވަސްތައް ހަލުވިކަމާއެކު ވޭތުވަމުންގޮސް ޒާން މެން އެރަށުގައި ތިބޭތާ ދެމަސްވީއެވެ. ޒާން ގެ ވިސްނުން މިހާރަކަށް އައިސް ކިޔާރާ އާ ދޭތެރޭ ވިސްނާވަރު އިތުރުވެފައިވެއެވެ. އެއްކޮޅުން އޭނާގެ ކިޔެވުމުގެ އެންމެ މުހިންމު ދުވަސްތައް އޮތީ ކުރިއަށެވެ. އަނެއްކޮޅުން ކިޔާރާ އެވެ. ކިޔާރާ އާއި އިންނަން ޒާން ބޭނުމެވެ. ކިޔާރާ އާ އިނދެގެންވެސް ކިޔެވޭނޭހާ ތަނަވަސްކަން އޭނާގެ އެބަހުއްޓެވެ.

މެންދުރުގެ ހޫނުން މީހުންގެ ތަލަތައް ފިއްސާލާހާ ވެއެވެ. ޒާން އާއި ރަޔާން ގޯތިތެރޭގައި ހުރި ގަހެއްގެ ދޮށުގައި އެލުވާފައި ހުރި އުނދޯލިތަކަކުން އުނދޯއްޔެއްގައި ތބިއިރު އެ މީހުންގެ މެދުގައި ބޮޑު މަޝްވަރާއެއް ހިނގަމުންދިޔައެވެ.

“ޒާން. ޒާން މިކޮޅަށް އައީ ތިގޮތަކަށް ނޫނެއްނު. ކީއްވެ ކުއްލިއަކަށް ޕްރެކްޓިސް މިކޮޅުން ކޮއްފަ ދާން ތިނިންމީ.އަނެއްކާ ކިޔާރާ އާ ހެދިތަ؟”

ރަޔާން ގެ އެ ސުވާލަށް ދޭނޭ ޖަވާބެއް ޒާން އަތުގައި ނެތެވެ.

އެދުވަހުގެ އިރު އޮއްސޭ ވަގުތުގައި ޒާން އާއި ކިޔާރާ އެމީހުން ގެ ބައްދަލްވުންތައް ބާއްވާ އެއްތަން ކަމުގައިވާ ގޮނޑުދޮށުގައި އިށީދެގެން ތިއްބެވެ.

“އޭތް. ރީޝް ގެ ހިތުގެ ވެރިޔާ އެ އިނީ ތީނަ ގެ ދޮންތަ ކާރީ އަތް ގުޅުވައިލައިގެން” ރީޝާ އާ އެކީ އެ ދިމާލަށް އައި އެއްކުއްޖަކު ބުންޏެވެ. ދުވަހަކީ ހުކުރުދުވަސް ކަމުން އެމީހުން ހިނގާލަން އައީއެވެ. ރީޝާ އަށް ފެނުނު މަންޒަރުން އޭނާގެ ލޭ ކެކިގަތެވެ. ޒާން އޭނާ އަށް ފެނުނީ އެއްދުވަހު އަތިރިމަތިންނެވެ. ރީޝާ މެންނަށް އެތަނަށް ދެވުނު އިރު ޒާންމެން އުޅެނީ އެތަނުން ދޯންޏަކަށް އަރާށެވެ. މަޑު ނޫކުލައިގެ ސޯޓެއްގައި ހުރިއިރު ލާފައިހުރީ ހުދު ކުލައިގެ ޓީޝާޓެކެވެ.

“އޭތް ބަލަ. އެއީ މަގޭ މިހިތުގެ ރާޖާ ރަޔާން އާއެކީ އައިސް އުޅޭ ބިޓެކޭ ދޯ ސޮފޫ” ލީނާ ބުންޏެވެ.

***

އެދުވަހުގެ ފަހުން ޒާން ހޯދުމަށް އޭނާ ވަރަށް މަސައްކަތްކުރިއެވެ. މިއަދު ކިޔާރާ އާ އeކީ ޒާން ފެނުމުން އެ ދެމީހުންގެ މެދުގައި އޮންނަން ނުޖެހޭ ވަރުގެ ގުޅުމެއް އޮތްކަން ރީޝާ އަށް ޔަގީންވިއެވެ. އެހެންކަމުން އޭނާ ރުޅިއައީއެވެ. ކޮންމެ ގޮތަކުންވެސް ޒާން ހޯދަން އޭނާ އަޒުމްކަނޑައެޅީއެވެ. އެއްގޮތކުން ނުވިއްޔާއަނެއްގޮތަކުންވެސް މެއެވެ.

(ނުނިމޭ)

65

Hi Mi

Assalaamu Alaikum... Alhugandu ge vhk thakah hiyaal faalhukohlaa rangakhu kohlan jehey kanthah buneladhee binaakuranivi faafukiyumaki libey kuri erumeh. Ekan ufalaa eki balaigannan. Author of Vaanan ekugai, Hithaa furaanain and Aadheys kuraa hiyy vey romun. Thankyou... Email:- [email protected]

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.