“ދެން ނުބުނާތި ކިޔާ ކަމުދިޔައީ. ކިޔާ އަކީ މަގޭ މީހެއް” ހިނގަމުން ގޮސް ރަޔާން ބުނެލި ޖުމްލައިން ޒާން ގެ ހިތަށް ތަދުވެއްޖެއެވެ. ކީއްވެކަމެއް ހުދު ޒާން އަކަށްވެސް ނޭގެއެވެ. ނަމަވެސް އެނގުނު ހާވެސް އެއްޗަކީ ކިޔާރާ ގެ ފުރަތަމަ ފެނިލުމުން ވެސް އެ އަންހެން ކުއްޖާ ހާއްސަވެއްޖެކެމެވެ. “ސާބަހޭ… ކިޔާރާ އަކީ އަހަރެން ގެ ކްލާސް ކުއްޖެކޭ…”ޒާނަށް ވެފަ ހުރިގޮތުން ރަޔާން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު ޒާން ގެ އަނގަސަކަރާތް ވިއެވެ.

އައްސަލާމު އަލައިކުމް” ރަޔާން ގެ ގޭގެ ދޮރުމައްޗަށް ހުއްޓި ސަލާމް ގޮވީ ޒާން އެވެ. އޭރު ރާއިން ހުރީ ފިލައެވެ. ގޭގޭ ގެ ވަށައިގެން ވަށާފާރު ރާނާފައިވިޔަސް ތިރިކަމުން މަގު މަތިވެސް ރީއްޗަށް ފެނެއެވެ. އެހެން ކަމުން ރަޔާން ފާރުގެ ބޭރުފރާތުގައި އިނީ އިށީދެގެންނެވެ.

ގޭގެ ފަހަތު ގޯތިތެރޭގައި ސާމިޔާ ފިޔާއެއްހިފައްޓާލައިގެން އިނީ ކޮށާށެވެ.  އޭނާގެ އެއްފަރާތުގައި ހުރި ތަށީގައި ކެރެޓް ކޮޅަކާއި ކެބެޖް ކޮޅެއްހުއްޓެވެ. ކައިރީގައި އަވައްތެރި ހަދީޖާ އާއި އަދިވެސް އެހެން ދެމީހަކު ތިއްބެވެ.އެ ގޭގޭ ގޯއްޗަކީ ބޮޑު ގޯއްޗެކެވެ. ގެ ރާނާފައި ފުރަގަހަތުގައި އޮތް ގޯތީގެ ހުސްބައިގައި ތަފާތު ވައްތަރުގެ މޭވާ ގަހާ މާގަސް ހައްދާފައިވީއިރު ހިޔާކޮއްފައި ތަންކޮޅެއް އިނެވެ. އެތަންކޮޅުގައި ވަށައިގެން ތިރިކޮއްރާނާފައިވާއިރު މަތި ހިޔާކޮއްފައިވަނީ ވާރޭ ވެހުނު ކަމުގައިވިޔަސް ތިބެވޭނޭ ގޮތަކަށެވެ. އެތަނުން ގޭތެރެއަށް ވަންނަން ގޭގެ ފަހަތުގައި ދޮރެއް ހުއްޓެވެ. އެގޭ ގޯއްޗާ ޖެހިގެން ދެން އިންވެގެން ހުރީ އާދަމް ޔުސުފް ގެ ގޯއްޗެވެ. ސާމިޔާމެންގޭ ގޯތީގަވެސް ފަހަތުގައި ފާރެއް ނުނަގާ ހުރުމުން އާދަމް ޔޫސުފް މެން ގޭ ގޯތި ވެސް ފެނެއެވެ.

ސަލާމް ގޮވާއަޑު އިވުމާއެކު ހިޔާކޮއްފައި އިން ތަނުގެ ފާރުގައި ހަރުކޮއްފައި އިން އިސްކުރުން އަތް ދޮވެލުމަށް ފަހު އޭނާ ގޭތެރެއަށް ވަންނަން ހުންނަ ދޮރުން އެތެރެއަށް ވަދެގެން ދިޔައެވެ. ދޮރުމަށްޗަށް ނުކުތުމާއެކު ފެނުނީ  ނުވެސްދަންނަ ޒުވާނެކެވެ. ކީއްކުރަނީތޯ އެހުމުން ޒުވާނާ އެދުނީ ބޭރަށް ނުކުތުމަށެވެ. އޭނާ ވެސް ގޭތެރޭގައި އެއްފަރާތުގައި ހުރި ހަރުގަނޑުން ފައިވާނަކަކަށް އަރަމުން ނުކުތެވެ. އޭރު މަގުތައްމައްޗަށް އަދިރިކަން ފެތުރިފައި ވެއެވެ. އޭނާ ދޮރުމަތިފަރާތް ދިއްލާލަމުން ޒުވާނާ ގާތައް ގޮސް ހުއްޓިލިއެވެ. އެހެން ނަމަވެސް ގޯތީގެ ބޭރަށް އޭނާ ނުވެއް ނުކުމެއެވެ. ވަށާފާރުގެ އެތެރޭގައިވެސް ބަރިއަކަށް ވަނީ ގަސް އިންދާފައެވެ.

“ޕޮއް” ސާމިޔާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު އޭނާ ސިއްސުވާލުމުންނެވެ. މަޑު ހަޅޭކެއް އޭނާ ގެ ކަރުގެ ބުޑުން އިވިގެން ދިޔައެވެ.

“ދަރިފުޅާ” އިރުކޮޅެއްފަހުން ސާމިޔާ އަށް ހޭވެރިކަން ވީ އޭނާގެ ދަރިފުޅު މަންމާ އޭ ކިޔާ ގޮވާލުމުންނެވެ.

އަވަސް އަވަހަށް އެތެރެއަށް ވަންނަން ބުނަމުން އަތަށް ދަމަން ފެށިއެވެ. ކާރީގައި ހުރި ޒުވާނާ މަތިން ހަނދާން ވެސް ނެތް ފަދައެވެ. “މަންމާ މީ އަޅުގަނޑޭ” ރަޔާން ހެމުން އަނެއްކާވެ ސް ބުނެލަމުން ޒާން އަށް އިޝާރާތް ކޮއްލިއެވެ. ސާމިޔާ ހަމަ ހޭވެރިކަން ވެގެން ބަލާލިއެވެ. ކާރީގައި ހުރި ޒުވާނާ އަކީ ކާކުކަން އޮޅުން ފިލުވާދެމުން ރަޔާން އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ. މިރޭ ހަތަރު ދަމުވެސް މަންމަ ގެ ޝަކުވާކުރުން ނުހުއްޓޭނޭކަން އޭނާއަށް އެނގެއެވެ. ނުބުނެ އައުމުން މަންމަ ހުންނާނީ ހިންހަމަ ނުޖެހިފައިހެން އޭނާއަށް ހީވާތީއެވެ. އެހެންނަމަވެސް ބުނެފައި އައިނަމަ މަންމަ ގެ ފަރާތުން މިއަދު އެ ފެންނަ އުފާ ފުރިހަމަ ގޮތުގައި ނުފެންނާނޭކަން ރަޔާން އަށް އެނގެއެވެ. ގޭތެރެއަށް ޒާން ގޮވައިގެން ވަދުމާއެކު ސާމިޔާ ބުނީ ކޮޓަރި ރެޑީ ނުކުރެވޭ ކަމުގައެވެ. ކުރިން އަންނަ ވާހަކަ ނުބުނާތީއެވެ. ކޮންމެ ފަހަރަކުވެސް ރަޔާން އަންނަ ވާހަކަ ބުނީމާ އަޅާފައިވާ ބެޑްޝީޓް އާއި ބާލިސް އުރަތަށް ސާމިޔާ ބަދަލްކުރެއެވެ. މީހަކު ނޫޅުނުކަމުގައި ވިޔަސް މަހަކު އެއްފަހަރު ވެސް އޭނާ އެ ކޮޓަރީގެ އެއްޗެހި ބަދަލް ކުރެއެވެ. އޭނާއަކީ ހީވާގި މުރާލި އަންހެނެކެވެ.

ޒާން އަށް ވެސް ވަކީން ކޮޓަރިއެއް ރެޑީކުރަން ސާމިޔާ އުޅުނެވެ. އެހެންނަމަވެސް އެ ކޮޓަރި ތައްޔާރުކުރެވޭނީ މާދަމާ ކަމަށް ވާތީ ރަޔާން ގެ ކޮޓަރީގައި މިރޭ ހުރެލުމަށް ޒާން ގާތު ސާމިޔާ އެދުނެވެ.

ރަޔާން އާއި ޒާއިން ކޮޓަރިއަށް ވަދުމުން ޖޫސް ގެންނަނީ ކަމަށް ބުނެ ސާމިޔާ ބަދިގޭ ބަޔަށް ވަންނަން ދިޔުމުގެ ކުރިން ގޯތި ތެރެއަށް ނުކުމެ އެތާ ތިބި މީހުން ކާރީގައި ވީގޮތް ބުނެލިއެވެ. އެއަށް ފަހު ބަދިގެއަށް ގޮސް ޖޫސް ގިރަން އަވަސް ވެގަތެވެ.

ޒާން ރާއިން އާއެކު އޭނާގެ ކޮތަރިއަށް ވަނެވެ. އެއީ މުޅި އެގޭގައިވެސް ހުރި އެންމެ ބޮޑުކޮތަރިއެވެ. ކިންގް ސައިޒް އެނދަކާއި އެނދުގެ ދެފަރާތުގައި ގެ ކަބަޑް ހުރިއިރު އެނދުގެ ކުރިމަށް ޗަށް ވާގޮތަށް ސޯފާ ބެހެއްޓިފައި ވެއެވެ. ކުދަވަރެއްގެ ބިއްލޫރިމޭޒެއް ކުރިމަތީގައި ވެއެވެ. އަދިއޭގެ ޓވީ ރެކެ އެއް ބޭންފިފައި ވެއެވެ. ކޮޓަރީގެ ކަނާތްފަރާތުގައި ކަން ކާރީގައި ފާހާނާ އިނެވެ. ދެން އޭގެ މިކޮޅަށް ހުރި ހުސް ޖާގައިގައި އަލަމާރި ބަހައްޓާފައިވާއިރު އެތަން ފޮރުވާލެވެން ފަރުދާއެއް ދެމެން ވެސް އިނެވެ. ކުޑަދޮރުތަށް ހުރީ ބޭރަށް ވާގޮތަށެވެ. އެހެން ނަމަވެސް އެ ކުޑަދޮރު ހުޅުވާލުމުން ފެނިގެން ދަނީ އެ ގޯތީގެ އެތެރެއެވެ.

ސާމިޔާ ޖޫސް ހިފައިގެން އައިސް ޓަކި ޖަހާލުމާއެކު ރަޔާން ގޮސް ހުޅުވާލިއެވެ. އެ އާއެކު ސާމިޔާ ޖޫސް ގެނެސް މޭޒުމަތީ ބެހެއްޓުމަށް ފަހު ދިޔައެވެ. އޭނާ އައީ ދެތިން ވައްތަރެއްގެ ބިސްކޯދެއްވެސް ހިފައިގެންނެވެ.

“ރަޔާން. މިއަދު ދިމާވި އަންހެންކުއްޖާ…” ޒާން އެ މައުލޫއަށް ވާހަކަ ފެށިއެވެ. ” ޒާން އެ ކުއްޖާ ޒާން އާ އެކަށީގެނެއް ނުވާނެ.”

އެ ކީއްވެ؟” ޒާން ގެ އަނގައިންވެސް ބޭރުވީ ސުވާލެކެވެ. އެއްވެސް އިހްތިޔާރެއް ނެތިއެވެ.

“ޒާން. ޒާން އަކީ މުއްސަންޖެއް މަހުޖަނެއް އެކަމު އެ އަންހެން ކުއްޖާއަކީ ނިކަމެއްޗެއް… މަންމަ އެއް ބައްޕަ އެއް ނެތް ޔަތީމެއް. އެ ކުއްޖާ އުޅޭ ހާލު ފެނުނު މީހަކީ އަހަރެން. އެ ކުއްޖާގެ ހިތް ހަލާކުވެދާނެ ޒާން. ޒާން ގެ ފެމެލީ އާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ޒާން ނާޅާނެ. ޒާން ގެ ފެމެލީއަކީ ގަދަރުވެރި އާއިލާއެއް. ޒާން އެފަދަ ކުއްޖަކާ ގުޅޭކަށް ޒާން ގެ އާއިލާ ގަބޫލެއް ނުވާނެ. އޭރުން އެ ނިކަމެތި އަންހެން ކުއްޖާގެ ދިރިއުޅުން ހަލާކުވާނި އިތުރަށް ހިތުގައި ޖެހި ބިކަވެގެން ދާނީ. ކިހިނެތް ޒާން އެފަދަ ކުއްޖެއް ގޮވައިގެން އުޅޭނީ”

މަޑުކޮއްބަލަ ރަޔާން. ހަމަ ގައިމުވެސް އަހަންނަށް އެ ކުއްޖާ ކަމުގޮސްފި. އެންމެ ފެނިލުމަކުންވެސް. އަހަރެން ނުބުނަން އަހަރެން މި ވަނީ ލޯތްބެކޭ. އެކަމަކު އަހަރެން ލޯބި ވެވުނަސް މިބުނަނީ ލޯތްބަކީ މުއްސަނދިން މުއްސަނދިންނަށް ފަގީރުން ފަގީރުންނަށް ވާން ޖެހޭ އެއްޗެއްނޫން. އެއީ ޖަޒްބާތެއް. ނޭނގިވެވޭ އެއްޗެއް. ދުނިޔޭގެ އުސޫލަކީ ރަޔާން ތިބުނާ ގޮތް ކަމަށް ވަންޏާމުން އަހަރެންނާ ރަޔާން ގެ މި އެކުވެރިކަން ވެސް ހައްގެއް ނޫން. ސަބަބަކީ އަހަރެން ނަށް ވުރެ ފެންވަރުގެ ގޮތުން ރަޔާން ދަށްވުން” ޒާން ވެސް ރަޔާން ގެ ވާހަކަ މެދުކަނޑާލިއެވެ. ރަޔާން ވެސް އިތުރަށް އެވާހަކަ ނުދައްކައެވެ. އޭނާ ވެސް މައުލޫ އަނބުރާލަމުން ޖޫސް ތަށި ހުސްކޮއްލިއެވެ. އިރުކޮޅަކުން ސާމިޔާ ހުސްވެފައިވާ ތަށިތައް ބަލާ އައެވެ. އޭރުވެސް ބިސްކޯދުތަށީގައި ދެތިން ބިސްކޯދު އިނެވެ.

ކިޔާރާ ހިފައިގެން އައި ކޮތަޅުތައް ސާމިޔާއަށް ދައްކާލަމުން އެނާ ވާހަކަ ދެއްކިއެވެ. “މަންމާ… މިހުރީ އެގޭން ގެނައި ކޮތަޅުތައް”

“ހޫން. ހެވޭ ދެން ދޭބަލަ އެ ގަރުދިޔަ ކޮޅު ހޫނުކޮއްލަން.”

އަޒީމާ އަކީ ކިޔާރާގެ ދޮންމަންމަ އެވެ. ކިޔާރާ ލިބުމަށްފަހު އޭނާގެ މަންމަ ރަމީލާ ދުނިޔެ ދޫކުރުން ވެގެން ދިޔައީ އާދަމް ޔުސުފަށް ކެތް ކުރަން ދަތިވިމކަމަކަށެވެ. ކުޑަކުޑަ ކުއްޖެއް ހަދިޔާ އަކަށް ދީފައި ރަމީލާ ވަކިވެގެން ދިޔުމުން އޭނާ ކިޔާރާގެ މުސްތަގްބަލާމެދު ވިސްނާ ވިސްނާވެސް އެޅުނު އެންމެ ރަނގަޅު ފިޔަވަޅަކަށްވީ ކިޔާރާ އަށް ދޮންމަންމަ އެއް ހޯދާދިނުމެވެ. އެހެން ކަމުން އޭނާ އަޒީމާ އާ ކައިވެނި ކުރުމަށް ފަހު އޭނާގެ ގެ ކަމަށް ވާ “ޝަބްނަމް ގެ” އަށް ރަމީޒާ ބަދަލްކުރީ ރަމީޒާ އަކީވެސް އެކަނިވެރިއެއްކަމަށް ވާތީއެވެ. އައި އެހާތަނަށް ވެސް އޭނާ އަކީ އެއްވެސް މީހަކާ އިނދެފައިވާ މީހަކަށް ނުވާތީއެވެ. އަޒީމާ އަކީ އޭނާގެ މަންމަ އާއި ބައްޕަ ވަރިވުމަށްފަހު އެކަކުވެސް އޭނާ ބަލަން ބޭނުންނުވުމުގެ ސަބަބުން އޭނާ ގެ ބައްޕަ ފަރާތު ބޮޑުބޭބެއެއްގެ ގޭގައި ދިރިއުލެމުން ދިޔަ ކުއްޖެކެވެ. ކިޔާރާ އަށް އާޒިމާގެ ފުރަތަމަ ލޯތްބާއި އަޅާލުން ލިބިގެން ދިޔައެވެ.

ކުއްލިއަކަށް އާދަމްޔޫސުފް މަރުވިއިރު އަޒީމާ އިނީ އާދަމްޔުސުފް ގެ ދަރިއަކަށް ބަލިވެއެވެ. އެހެން ކަމުން އޭގެ ފަހުން ކުދި ކުދި ގޮނާތަށް އޭނާ ދިޔައީ ކިޔާރާ އަށް ކުރަމުންނެވެ. އާދަމް ޔޫސުފް ނިޔާވިއެއްކަމަކު އަޒީމާ ޝަބްނަމްގެ ދޫކޮއްފައި ދާ ޚިޔާލުނުކުރީ އުޅެބޮޑުވި ބޮޑުބޭބެ އާއި ދައްތަގެ ގެ ފަރާތުންވެސް އެތަކެއް ގޯނާތަކެއް އޭނާއަށް ފޯރާފައި ހުރީމައެވެ.

ރީޝާ ލިބުމާއެކު ކިޔާރާ އަށް ކުރަމުން ދިޔަ އަނިޔާ އިތުރުވިއެވެ. ކިޔާރާ ގެއިން ނެރެންވެސް އަޒީމާ ބެނުންވިއެވެ. އެހެން ނަމަވެސް ޝަބްނަމްގެ އަކީ އޭނާގެ އަމިއްލަ ގެ ކަމުގައި ނުވުމުންނާއި އެއީ ކިޔާރާގެ ގެ ބައްޕަގެ ގޯތިކަމުން އެހެން ކަންތައްކުރަން އޭނާއަށް ނުކެރުނީއެވެ. އަދި އާދަމް ޔުސުފަކީވެސް އާއިލާގެ އިތުރު މީހަކު ހުރިމީހަކަށް ނުވުމުން ކިޔާގެ އެ ފަރާތު އާއިލާއެއްވެސް ނޯވެއެވެ.

ކިޔާރާ އައިސް ކޮތަޅުތައް ދައްކާފައި ދިޔައިރު އޭނާ އިނީ ފުނޑާ ދައި ދޮށުގައެވެ. އެ ގެ އަކީ އެންމެ އިހުގެ ގޮތަށް ހަދާފައިވާ ގެ އެކެވެ. އެހެންނަމަވެސް ގޭގެ ބައިގައި ފެންވަރު ރަނގަޅަކަށް ސިމެންތި ޖަހާ އެއްކޮޓަރި ހަދާފައި ވެއެވެ.  ގޭތެރެއަށް ކުރިމައްޗަށް ވާ ގޮތަށް ގެ އާ ވަކިން ބަދިގެ ހުރީހިރު ބަދިގޭ ފުރަގަހުގައި ވަނީ ގޯތީގެ ބައެވެ. ގޯތިތެރޭގައި ބަނބުކެޔޮ ގަހެއް ހުރި އިރު އޭގެ ހިޔާދަށަށް ވާނޭހެން ޖޮލިފައްޗެއް ބަހައްޓާފައި ހުއްތެވެ. އަދި އެތަނުން އަފި ގަނޑެއްގައި އުނދދޯއްޔެއްވެސް އެލުވާފައި ވެއެވެ. ބަނބު ކެޔޮ ގަހާ މާދުރުނޫން ހިސާބެއްގައި އެއްފަރާތަކަށް ވާގޮތަށް ވަރަށް ތިރިކޮއް ރާނާފައިވާ އައްޓެއް އިނެވެ. އޭގެ މަތީގައި ވަނީ ދައި ބައިންދާލެވިފައެވެ.

އޭނާ އެތާ އިންއިރު ކުރިމަތީ ހުރި ސާމިޔާމެން ގޯތީގައި ހިޔާކޮއްފައި ހުރި ބައިގައި ސާމިޔާ ޔާ ހަދީޖާ ތިއްބެވެ. އަވައްތެރިން ކަމުގައި ވިޔަސް ސާމިޔާ އާ އަޒީމާ އާ ދެމެދު މާ ގާތް ކަމެއް ނޯވެއެވެ. އަޒީމާ ގެ ހުންނަ ޒީލަގަދަކަމުން މިހާރު އެ ގުޅުން ކެނޑުނީއެވެ. އެހެންނަމަވެސް ކިޔާރާ އާ އޮތް ގުޅުމަށް އެއްވެސް ހިނަރުކަމެއް ނާދެއެވެ. ކިޔާރާ ގެ ބައްޕަ އާދަމް ޔުސުފް އާއި އޭނާގެ ފިރިމީހާ ރަޝާދުއަކީ ގާތް ދެ ރަހްމަތްތެރިންނެވެ. އެހެން ކަމުން ރަމީލާ ނިޔާވެގެން ވެސް އަޒީމާ އާ އިންނަންދެންވެސް ކިޔާރާ ބެލުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސާމިޔާގެ ފަރާތުންނެވެ. ކިޔާރާ އަކީ އޭނާގެ ރަޔާން އާ އެއްއުމުރެއްގެ ކުއްޖެއްކަމުން ސްކޫލްގައި ވެސް ކިޔެވީ އެއް ގްރޭޑެއްގައެވެ.

ސާމިޔާ ވާހަކަދައްކަން އިނީ ހަދީޖާއާއެވެ. ހަދީޖާ އަކީ ސާމިޔާމެންގޭ އަވަށްޓެރިއެކެވެ. އޭނާ އަކީ ދާދި މިދާކަށްދުވަހު ފިރި މަރުވެ ހުވަފަތް ވެފައި ވާ އަންހެނެކެވެ. ސާމިޔާއަކީ އޭނާއަށް ވަރަށް ހެޔޮއެދޭ ރައްޓެއްސެކެވެ. ހަދީޖާގެ ދަރިއެއްވެސް ނެތުމާއެކު އޭނާގެ ހިތާމަތަށް ލުއިކޮއްދޭނޭ މީހަކު ނުހުރެއެވެ. އެހެން ކަމުން ސާމިޔާގެ ވެސް އެދުމާއެކީ އަދި އޭނާ ވެސް އެ ހިތާމަތަކާ ދުރަށްދާން ބޭނުންވާތީ ގިނަވަގުތު މިހާރު ހޭދަ ކުރަނީ ސާމިޔާ ގާތުގައެވެ.

އަޒީމާ ފުނޑާ ނިންމާ ލުމަށްފަހު ދައި ސާފުކޮއްފައ ގޭތެރެއަށް ވަންނަށް ހިނގައިގަތެވެ.

އެމީހުންނަކީ އެހާ ފުދިގެން އުޅޭ ބަޔެކޭ ނުބުނެވޭނެއެވެ. ގެ އެންމެ އިހުގެ ގޮތަށް ހުރި އިރު ސިމެންތިޖަހާފައި ހެދިފައިވަނީ އެންމެ ކޮޓަރިއެކެވެ. އެއީވެސް އާދަމް ޔުސުފް ދުނިޔޭގައި ހެދިފައިވާ ކޮޓަރިއެކެވ. އޭނާ އަކީ ކަންނޭލު މަސްވެރިކަން ކުރާ މީހެކެވެ. އަދި ވަކިން ކާރީގައި އޮތް ފަޅު ރަށެއްގައި ކުއްޔަށް ނަގައިގެން ދަނޑުވެރިކަން ވެސް ކުރި މީހެކެވެ. އެހެން ކަމުން އާދަމްޔުސުފް ދުނިޔޭގައި އެމީހުންނަށް ފުދޭވަރަށް ލިބެއެވެ. އާދަމްޔުސުފް ވަކިވެގެން ދިޔައީ ގެ ހަދާ ވާހަކަ ދައްކަ ދައްކާ ތިއްބައެވެ. އޭރު ހެދިފައި ވަނީ އެންމެ ކޮޓަރިއެކެވެ.

ގޭގައި އިދެގެން ފަންގިވިނުން ފަދަމަސައްކަތް ކޮއްގެން އެމީހުންނަށް އުޅެލެވޭހާވެއެވެ. އަތުގައި އެއްޗެއް ދުވަހަކުވެސް އިތުރެއް ނުވެއެވެ.

ރޭގަނޑުގެ އަދިރިކަން ދުނިޔެ މައްޗަށ އަތް ގަދަ ކޮއްލިއެވެ. ކިޔާރާ އޭނާގެ ކޮޓަރީގައި އޮތީ ހިޔާލަކާށް ގެއްލިފައެވެ. އޭރު ކޮޓަރީގައި ވަނީ މަޑު ރީދޫ ކުލައިގެ ބޮތްކެއްގެ އަލިކަމެވެ. ފާރުކައިރީގައި ބާއްވާލާފައިވާ ގޮދަޑީގައި ކިޔާރާ އޮތްއިރު ދެން އެކޮޓަރީގައި ހުރިހާވެސް އެއްޗަކީ ކުދަވަރެއްގެ މޭޒެކެވެ. އެ މޭޒުމަތީގައި އޭނާ ގެންގުޅޭ ބައެއްތަކެތި ބަހައްޓާފައިވެއެވެ. އަދި ގޭތެރެއަށް ވާގޮތަށް ހުޅުވެން ކުޑަދޮރުތަކެއް ހުރިއިރު ބޭރާ ވާގޮތަށް އިން ފާރާ ދިމާލުގައި ރޯނެއްދަމާފައިވަނީ ހެދުން ތައް އަޅުވާފައި ބެހެއްޓުމުގެ ބޭނުމުގައެވެ. ފާހާނާ ބޭނުންކުރަން ވެއްޖެނަމަ ދާން ޖެހެނީ ބަދިގޭގެ އެއްފަރާތަކަށް ވާގޮތަށް ހުންނަ ގިފިއްޔަށެވެ. ނަސީބަކުން އެތަން ހުންނަނީ އިހު ގޮތަށް ވީކަމުގައިވިޔަސް ހިޔާ ކޮއްފައެވެ.

އިރިކޮޅަކުން ދިއްލާފައިވާ ބޮކި ނިވުނެވެ. އޭނާ ހަނދާންވީ ދެނެވެ. މިއަދަކީ ކަރަންޓް ކަނޑާލަން އަންގާފައިވާ ދުވަހެވެ. އެހެންކަމުން އޭނާ ތެދުވެ އަތުގައި އޮތް ބައްތި ފޯނުން ލައިޓް ދިއްލައިގެން ބޭރަށް ނުކުމެ ފާނޫޒެއް ނަގާ ދިއްލާފައި އެ ހިފައިގެން ކޮޓަރިއަށް ވަދުނެވެ.

ހެދުނު އިރު ފެނުން މައްޗަށް ހިއްލާލީ ކިޔާރާ އެ މަންޒަރު ބަލާލުމަށްޓަކާ ހުއްޓައެވެ. ތަންކޮޅެއް ދުރުގައި ބަރޮލެއް ހުއްޓެވެ. ހީވާގޮތުން އޭނާ އެއައީ ކުނިއުކާލަންނެވެ. އިރު އަރަނި ރަށުގެ ފުއްޓަރު ފަރާތުންނެވެ. އެހެން ކަމުން އެ ރީތި މަންޒަރު ބަލާލުމުގެ ނަސީބު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކިޔާރާ އަށް ލިބެއެވެ. ސަބަބަކީ އެރަށު ކުނި ކޮށި ހުންނަނީ ރަށުގެ ފުއްޓަރު ފަރާތުގައި ކަމަށް ވާތީއެވެ. ކޮންމެ ދުވަހަކުވެސް ގޭދޮށް ކުނިކަހާފައި ގޭގައި ހުންނަ ކުނި ހިފައިގެން އުކާލަން އަންނަނީ އޭނާއެވެ.

އާދައިގެ މަތިން އޭނާ ލާފައި ހުރީ ގަޔަށް ދޫ ކަޅު ހެދުމެކެވެ. އޭގެ މަތިން ހުދާއި ކަޅުގެ މަންޒަރު ހިމެނޭ ސްކާފް ބުރުގާޔަކުން ބޮލާ މޭމަތި ވަނީ ނިވާ ކޮއްލާފައެވެ. ބުރުގާ ކުރިމަތިން ގޮށެއް ޖަހާލާފައިވާއިރު ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭނާ އެތާ ފުއްޓަރުގެ ގާތަކުގެ މަތީގައި ހުރެލާފައި އެނބުރި ހިނގައިގަންނަށް ހަދާލި ގޮތަކުން ފައި އަރިއަޅައިލައިގެން ގޮސް ގަލެއްގައި ވިދުނެވެ. އޭނާ ވަށައިގެން ހޯދާލިއެވެ. އެހެންނަމަވެސް އެއްވެސް މިހަކު އާދައިގެ މަތިން ފެންނާކަށް ނެތެވެ. އޭނާ އާއްމުކޮއް ކުނި އުކާލަން އަންނަނީ އެހެން މީހުނަށް ވުރެ ތަންކޮޅެއް އަވަހަށެވެ. ކުރީކޮޅުގައި ގޭތެރޭގެ މަސައްކަތްތައް އަވަހަށް ކޮއްލުމުގެ ބޭނުމުގައި ކުނިއުކާލަން އަވަހަށް އައި ކަމުގައި ވިޔަސް މިހާރު އޭނާ އަވަހަށް އަންނަނީ އިރު އަރާ ރީތި މަންޒަރު ބަލާލުމުގެ ވެސް ބޭނުމުގައެވެ. އަނދިރިކަމާ އުދާސްކަމުން ފުރިފައިވާ އޭނާގެ ދިރިއުޅުމުގެ ދުވަސް ތަކުގެ ތެރެއިން ކޮންމެ ދުވަހެއްގެ ވެސް ފެށުން ހިންހަމަ ޖެހުމާއެކު ފެށޭކަމެއްކަމުގައި އެ މަންޒަރު ވެފައި ވެއެވެ.

އޭނާ އިށީދެލީ ފައި ނުނެގޭނެކަން އެނގޭތީއެވެ. ހިތަށް ނުތަނަވަސް ކަން ވެރިވެފައި އިރުކޮޅަކު އެހެން އިންދާ ދުރުން ސައިކަލެއް ފެނިލައިފިއެވެ. އުންމިދު ގެ ހުޅުކޮޅެއް ދިއްލުނީ އައިސް މަޑުކޮއްލި ރަޔާން މެން ފެނިފައެވެ. ރަޔާންގެ މިސްރާބު ހުރީ ގާތަކާ ދިމާލަށެވެ. އޭނާ ހައިރާންވީ ކިޔާރާ ފެނިފައެވެ.

“ރަޔާން. ކިޔާގެ ފައި ރުރޮޅި ވިދިގެން މިއުޅެނީ ނުވެސް ތެދުވެވޭނެ” ކިޔާރާ ހާސްވަފައި ބުނެލިއެވެ.

“ޒާން ބަލާލަންވީނު ކިހިނެތްތޯ ވެފަ އިނީ. އަހަރެންނަށް ހީވަނީ ޒާން ހެން ތިކަހަލަ ކަންތަކަށް އަހަރެންނަށްވުރެ މޮޅުވާނީ” ރަޔާން ޒާން އަށް ބަލާލަމުން ބުނެލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައިވާ ހިނިތުންވުމުން ނަގާނޭ މާނައެއް ޒާން އަކަށް ނޭގެއެވެ. އެއްފަހަރު ކިޔާރާ އާ ގާޔާވާތީ ދެކޮޅަށް ވާހަކަދައްކަފާނެއެވެ. މިހާރު ރަޔާން މިއުޅެނީ ކީއްކުރަން ބާއޭ ޒާން ގެ ހިތަށް އެރިއެވެ. އަނެއްކާ ދިމާކުރަން ކަމެއް ހޯދަނީ ނޫންކަމެއް ވެސް ނޭގެއެވެ.

“ރަޔާން ހާދަ ހެދުނަކާ” ކިޔާރާ އޭނާގެ ދެވެނަ ސުވާލު ރަޔާން އާ އަމާޒުކޮއްލީއިރަށް ޒާން އައިސް ގާތަކުގައި އެއްފައި އަޅުވާލައިގެން އިށީދެއްޖެއެވެ. “އާ… މި އިރުއަރާތަން ބަލާލަންކަމަށް އައީ މި ޒާން އާ ހެދި ނިދަން ނޯވެވިގެން. އެއުޅެނީ އަދި އަލަށް ރަށަކަށް އާދވިގެން” ރަޔާންވެސް އޭނާގެ ލާނެއްކަން ދައްކާލަމުން އައިސް ކިޔާކައިރީގައި އިށީނެވެ.

ޒާން ވަރަށް ފަރުވާތެރިކަމާއެކު ބަލާލުމަށްފަހު ކިޔާރާގެ ފައިގައި އަތްލިއެވެ. އެ ހިނދު ކިޔާރާގެ ހަށިގަނޑަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނު ހެންނެވެ. ޒާން އަށް ކިޔާރާ އަށް އި މި ބަދަލް ވަރަށް ރަނގަލަށް ދެނެގަނެވުނެވެ. އެހެން ކަމުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. އެހެންނަމަވެސް އޭނާ އެކަން އެނގޭ ކަމަށް ނަހަދައެވެ. ޒާން ވަރަށް ފަރުވާތެރިކަމާއެކު ކިޔާރާގެ ފައި ހަރަކާތް ކުރުވަން ފެށިއެވެ. ކިޔާރާ އަނގަޔަށް ގޮތެއް ހަދާލަނީ ތަދުވާތީއެވެ. އެއްފަހަރު ޒާން ހަދާލި ގޮތަކުން ކިޔާގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ.

ޒާން ރަޔާން އަށް ބަލާލިއެވެ.

“ރަޔާން… ހީވަނީ އެ ތަދު އަރާފައި އިނީ މި ކަށިގަނޑަށް ހެން ކުޑަގޮތެއް ހަދާލަނިކޮއް ރަނގަޅުވެދާނެކަމަށް ފެނޭ. މީ ފެން… އާ. ކިޔާރާ ދޯ… މި މޫދުގެ ލޮނުގަނޑަށް ކުޑަކޮއްފައި ލާން ވީނު މިކޮޅަށް ޖެހިލާފަ” ސުވާލުމާކެއް ގެ ތެރޭގައި އިން ކިޔާރާ ޒާން ބުނި ގޮތަށް  ކަންތައް ކުރިއެވެ.

“ތަދުވެދާނެ އިނގޭ ކިޔާ. އެކަމު ހިތްވަރުކޮއްލާ” ޒާން ކިޔާރާގެ ފައި ލޮނުގަނޑުގެ ތެރެއަށް ކޮއްޕާލިއެވެ. ރާޅުތަކުގެ ހަމަލާގެ ޝިކާރައަކަށް އެ ފައި ވެސް ވެގެން ހިނގައްޖެއެވެ.

“އެކެއް ދެއެއް ތިނެއް” ޒާން ގެ ގުނުމާ ކިޔާރާ ގެ ހަޅޭކާ ދިޔައީ އެކުގައެވެ. ދެލޯ މަރާ ފިއްތާ ބާރުކޮއްލައިގެން ކިޔާރާ އިނެވެ.

“އަޅޭ މިހާރު ބަލާބަލަ ފައި ނެގޭތޯ” ޒާން ބުނިގޮތަށް ކިޔާރާ ކަނތައް ކުރިއެވެ. އެއްކޮއް ރަނގަޅުނުވިކަމުގައި ވިޔަސް ހިނގާލެވޭ ވަރުވިއެވެ. އޭރު މަގުގެ ދުރުން މީހުން ވެސް ކުނި ބަރޯތައް ހިފައިގެން ގްރޫޕް ހަދާފައި އަންނަތަންވެސް ފެނިއްޖެއެވެ. ކިޔާރާ ޝުކުރުވެރިވަމުން ހިނގައިގަތް ވަގުތު އޭނާ އަށް ކުއްލި ސިހުމެއް ގެނުވީ ޒާން ގެ ބަސްތަކެވެ.

ރާއިންއަށް ވެސް ނޭގޭ ގޮތަށް ކިޔާރާގެ ކަންފަތް ކާރިއަށް ކުޑަކޮއް ގުދުވެލުމަށްފަހު ޒާން ބުނެލިވާހަކައިން ކިޔާރާގެ ދެ ލޯ ބޮޑުވިއެވެ.

ކުނިއުކާލާފައި އައިސް ކިޔާރާ އަވަސްވެގަތީ ރޮށިފިހާށެވެ. ބަލާލިއިރު ފުށް ހުރީ ހުސްވެފައެވެ. އޭނާ އަތުގައި ލާރިއެއްނެތެވެ. އަނެއްކޮޅުން އަޒީމާ އާއި ރީޝާ ތެދުވަން ވާއިރަށް ރޮށި ނުފިހެވި ދާނެތީ އޭނާ ކަންބޮޑުވިއެވެ. އޭނާ އާ ދިމާލަށް އަންނާނީ ކިހާ ވިހަގަދަ ބަސްތަކެއްކަމެއް ނޭގެއެވެ.

ކިޔާރާ ދެން ގޮސް ޖައްސާލީ ބަނބުކެޔޮ ގަސްދޮށުގައި އިން ޖޯލިފަތީގައެވެ. އެތާ އޭނާ އެހެން އިންދާ ޖެހިގެން ހުރި ސާމިޔާއްމެން ގޭ ގޯތިތެރެއިން ދެމީހަކު ހީގަތް އަޑު އިވުނެވެ. އޭނާ ފަސް އެނބުރި ބަލާލުމާއެކު ފެނުނީ ރަޔާން މެނެވެ. ކިޔާރާ ބަލާލި ވަގުތަކީ ރަޔާން ވެސް ބަލާލި ވަގުތެވެ. އޭނާ ލުއި ހިނިތުންވުމެއް ކިޔާރާ އަށް ދިނެވެ. އަދި އަތުން އައުމަށް އިޝާރާތްކުރިއެވެ. ކިޔާރާވެސް އެ ދެ ގޯތި ވަކިކުރަން ސާމިޔާމެން ޖަހާފައި ވާ އެޅި ގާތަށް ހުރަސް ކޮއްލުމަށް ފަހު ރަޔާން މެން ތިބިތަނާ ދިމާލަށް މިސްރާބުޖެހިއެވެ. އެމީހުން ތިބީ ހިޔާކޮއްފައި ވާ ތަންކޮޅު ވަށައިގެން ރާނާފައިވާ ފާރުބުރީގެ އެތެރޭގައި ފާރާ ޖައްސައިގެން ރާނާފައިވާ އަށިތަކުން އަށްޓެއްގައެވެ. ތިންފަރާތުގައި އަށި ރާނާފައި ވާއިރު ދެން ހުރި ފާރާ ދިމާލުގައި ހުރީ ޖޯލިފައްޗެކެވެ. އެތަނުން އެއްފާރުގައި އަށިގަނޑު ރާނާފައިވަނީ މެދުން ވަދެ ނިކުމެހަދަން ތަންކޮޅެއް ބޭންދުމަށް ފަހުއެވެ. ދެން އެތަނުގެ މެދުގައި ވަށް ބޮޅަކަށް ވާ ގޮތަށް އައްޓެއް ރާނާފައި މުށިޖަހާފައިވަނީ މަސައްކަޔް ތައް ކުރަން ވެސް ތިބެވޭނޭ ގޮތަކަށެވެ. އޭރު އެތަނުގައި މުރަގަފަތް ތަކެއްފުޅިމަދު ފޮށިގަނޑަކަށް އަޅާފައި ހުއްތެވެ. ހީވާގޮތުން އެތަނަކި އެފަދަ ބޮޑެތި މަސައްކަތް ތައް ކުރަން ހަދާފައިވާތަނެކެވެ.

“ކައިރިއަށް އައިސް ހުއްޓުނު ކިޔާރާއަށް މާނަފުން ބެލުމަކުން ޒާން ބަލާލިއެވެ. ކާރީގައި އިން ރަޔާން އަށް މި މަންޒަރު ފެނުނެއްކަމަކު އަޅައެއްނުލައެވެ. އެހެނެއްކަމަކު އޭނާ ދެން ފެށީ އޭނާގެ އަމިއްލަ ވާހަކައެކެވެ.

“ކިޔާގެ ދޮންމަންމަ ކޮބާތަ މިހާރު؟ އަދި ނުހޭލަނީތަ؟ އަދިވެސް ހަމަ އެ ގޮތަށް ހަޅޭއްލަވާ ދޯ؟” ރަޔާން އެނގެން ބޭނުންވެފަ ހުރިވަރުން ހުރިހާ ސުވާލެއް އެއްފަހަރާ ކޮއްލިއެވެ. ކިޔާރާ ހާސްވެފައި ހުރިގެން ޒާން އަށް ބަލާލިއެވެ. އަދި އަނެއްފަހަރު ރަޔާން އަށް ބަލޅިއެވެ.

“ޑޯންޓް ވޮރީ. ހީޒް އޮން ޔޯ ސައިޑް. އޭނާގެ ފުށުން އެއްވެސް މީހަކަށް ނޭގޭނެ” ކިޔާރާ ފުން ނޭވާއެއް ލަމުން ލުއި ހިނިތުންވުމެއް ދިނެވެ.

ޒާން ވެސް އިނީ ކިޔާރާ އަށް ބަލާށެވެ.

ކިޔާރާ އަކީ ކުޑައިރުއްސުރެ އޭނާ އާ ވަރަށް ގާތް ކޮއް އުޅުނު ކުއްޖެކެވެ. ހާއްސަކޮއް އޭނާގެ މަންމަ ކިޔާރާ އަށް ވަރަށް ހާއްސަ ގާތް ކަމެއް ބަހައްޓައެވެ. އަޒީމާ އަށް ވެސް ކިޔާރާ ސާމިޔާ އާ އެހާ ގާތްކޮއް އުޅުނެއްކަމަކު އެއްޗެއް ނުބުނަނީ މަސްލަހަތަށް ވިސްނާފާ ކަންނޭގެއެވެ. ނޫނީ އާދަމް ޔުސުފް އާ އެހާ ގާތް ބަޔަކަށް ވީމާ އެއްޗެކޭ ބުނަން ނުކެރެނީއެވެ.

ރަޔާން މެންގާތު ހުރެލާފައި ކިޔާރާ ދާން އެނބުރިލިވަގުތު ސާމިޔާގެ އަޑު ކިޔާރާއަށް އިވުނެވެ. “ކިޔާ… ދަރިފުޅާ”

ކިޔާރާ ފަސްއެނބުރބަލާލުމާއެކު ސާމިޔާ ހިނިތުންވެލިއެވެ. އަދި އޭނާ އަތުގައު ތަބަކުގައި ހުރި ގެ ކޮފީ މަގުން އެއްމަގު ޒާން އަށް ދެމުން އަނެއްމަގު ރަޔާން އަށް ދިނެވެ. އަދި ކިޔާރާ އަތުގައި ހިފާލައިގެން އައިސް އެތަނުން ޖޯއްޔެއްގައި ކިޔާރާ ބޭންދުމަށްފަހު އޭނާވެސް ކިޔާރާ ގާތު އިށީނެވެ.

“ކިހިނެތްތަ ކިޔާ” ސާމިޔާ ކިޔާރާ އާ ސުވާލުކޮއްލިއެވެ. ކިޔާރާ ހިނިތުންވެލަމުން ޖވާބުދިނެވެ. އޭނާ ސާމިޔާއަށް ނުހަނު އިހްތިރާމް ކުރެއެވެ. އެހެނީ ކުޑައިރު އަތްމައްޗަށް ލައިގެން އޭނާ ގެންގުޅުނީ ހުދު ސާމިޔާ ކަން އޭނާއަށް އޮތީ ވަރަށް ސާފުކޮއް އެނގިފައެވެ.

“މަންމާ. ކިޔާގެ ފަޔަށް ތަދުކޮއްލައިގެން އެ އުޅެނީ” ރަޔާން ކުރުގޮތަކަށް މިއަދު ވީކަންތައް ކިޔާދިނެވެ. އެ ހިނދު ސާމިޔާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެނިގެން ދިޔައެވެ. އެތަންފެނިފައިވެސް ކިޔާރާގެ ހިތުގައި ސާމިޔާއަށް އޮތް ލޯއްބާއި ގަދަރު އެތަށް ދަރަޖައެއް އުފުލިގެން ދިޔައެވެ. އެންމެ ގާތުގައި އުޅޭ މީހުންގެ ފަރާތުން ވެސް ނުލިބޭ އަޅާލުމާއި އޯގާތެރިކަން އޭނާއަށް ސާމިޔާގެ ފަރާތުން ލިބެއެވެ.

“ދައްތަ އަތުގަ އޮންނާނެ ވަރަށް މޮޅު ބޭސް ފުޅިއެއް ދެ ފަހަރަކު އުނގުޅާލަނިކޮއް ތަދު ފިލާފާނެ. ދައްތަ އުނަގަނޑުގަ ރިހުނީއިރު ރަޝާދު ބޭ މާލެން ގެނައި ވަރަށް މޮޅު ބޭހެއް އެއީ. މަޑުކުރައްޗޭ ކިޔާ” ސާމިޔާ ކިޔާރާގެ ގާތު މަޑުކުރަން ބުނެފައި ގޭތެރެއަށް ވަދުނީ އެ ބޭސްފުޅި ކިޔާރާއަށް ދިނުމުގެ ބޭނުމުގައެވެ.

ކިޔާރާ އެހެން އިންއިރު އޭނާގެ ސިއްރު ނަޒަރު ޒާން އާ ދިމާލަށް ދަތުރުކުރަމުން ދިޔައެވެ. ހަމަ އެގޮތަށް ޒާން އަށް ވެސް އެ  ދިމާ ލަށް ނަޒަރު ހުއްޓެމުން ދިޔައެވެ. ތިންމީހުންގެ މެދުގައި އެއްވެސް ވާހަކަ އެއްނުދެކެވި ހިމޭންވެފައި އޮއްވާ ސާމިޔާއެތަނަށް އައެވެ. އޭރު އޭނާގެ އަތުގައި ކުޑަވަރެއްގެ ބޭސް ފުޅި އެއް އޮތެވެ.

“އަން ކިޔާ. ކޮންމެ  ރެއަކު ދެ ތިންރޭ ވަންދެން ހެނދުނު އާ ރޭގަނޑު މި ބޭސް އުނގުޅާލާ. އޭރުން ވަރަށް އަވަހަށް ރަނގަޅުވެދާނެ. އިރާދަކުރެއްވިއްޔާ” މިހެން ބުނެފއި ސާމިޔާ ގޭތެރެއަށް ވިސްރާބުޖެހީ ރަޔާން އާއި ޒާން ގެ ހުސްވެފައިވާ ކޮފީ ޖޯޑުތައް ހިފައިލައިގެންނެވެ.

ކިޔާރާ އޭނާ ގެންގުޅޭ އާދައިގެ ބައްތި ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ގަޑިން ހަތްގަޑި ބައިވީއެވެ. އޭނާ ގޭ ގޯއްޗަށް މިސްރާބުޖެހީ ރަޔާން ގާތު ބުނެލުމަށްފަހުއެވެ.

އެހެން ދިޔައިރު ސިއްރު ނަޒަރެއް އޭނާ ޒާން އަށް ދިނެވެ. ޒާން ބަލަން އިންތަންފެއި ހިތާ ދިމާލުން މޭގައި ފިރުމާލެވުނީ ބޭ އިޚްތިޔާރުގައެވެ. އެ ހިތުގެ ތެޅުން އަވަސްވިއެވެ. ނޭވާ ކުރުވެގެންދިޔައެވެ. ލަދުވެތިކަމުގެ އިހްސާސް އާއެކު އިސްޖަހާލަން މަޖުބޫރުވިއެވެ.

ކިޔާރާ ގޭތެރެއަށް ވަދެފައި އަނެއްކާވެސް ގޯތިތެރެއަށް ނުކުތީ އަދިވެސް އަޒީމާ ހޭނުލާ ތީއެވެ. އޭނާ އަނެއްކާވެސް ބަނބުކެޔޮ ގަސްދޮށުގައި އިން ޖޯއްޔަށް ދިޔައެވެ. އެހެން ނަމަވެސް ސާމިޔާމެން ގޯތީގައި ރަޔާންމެނެއް ނެތެވެ.

އޭނާދެން ޖޯލީގައި ހަމަޖެހިލަމުން އޮށޯތް އިރު ސިކުނޑީގައި ތަފާތު ހިޔާލުތައް ބުރުޖަހަންފަށައިފިއެވެ.

“އޭނާ އަހަރެންދެކެ ލައިކް ވަނީބާ” ކިޔާރާ އަމިއްލައަށް ހިތަށް އެރި އެއްޗކުން ލަދުގަނެ ދެ އަތުން މޫނު ފޮރުވާލާފިއެވެ.

“އަހަންނަށް މިވަނީ ކިހިނެތްތަ؟” ދުވަހަކު މީހެއް ފެނުމުން މިހެނެއްނުވޭ. ކިހިނެތްބާ މިވަނީ؟ އަދިވެސް އެ ސޫރަ ބަލާހިތްއެބަވޭ. އެކަމަކު ކުރިމައްޗަށް އެރުމުން އިސްއުފުލާލާކަށް ނުކެރޭ. މި އިހްސާސްއަށް ދޭނީ ކޮންނަމެއްބާ؟”ކިޔާރާގެ ހިޔާލުތައް ވެއްޓި ތައްތެއް ތެޅުމުން އޭގެ އެތިކޮޅުތައް ބުރައިގެން ދާފަދައިން ދުރަށް ބުރައިގެން ދިޔައީ އަޒީމާގެ އަޑު އިވިފައެވެ. ލައްޕާލެވިފައި ވާ ލޯ ހުޅުވާލުމާއެކު ތުންފަތުގައި އެވަގުތަށް ވީ ހިނިތުންވުން ފިލައިފިއެވެ.

“ފުށްނެތް. އެހެންވެ ރޮށި ނުފިހިވިފަ މިހުރޭ” ނުބުނަން ހުރެފައ ވެސް ކިޔާރާ ބުންޏެވެ.

އަޒިމާ ލާރި ދިނުމުން ކިޔާރާ އެ ހިފައިގެން ކަންމަތީ ފިހާރައަށް ގޮސް ބޭނުންވާ ސާމާނު ގަނެގެން އައެވެ. ދެން އޭނާ އަވަސްވެގަތީ ހެނދުނަށް ލައިގެން ކާނޭ އެއްޗެހި ހެދުމުގައެވެ.

ދުވަހުގެ ބޮޑުބައި ދިޔައީ މަސައްކަތުގައެވެ. ހަވީރުގެ ވަގުތު ކަމުން ފެންވަރާލައިގެން ކިޔާރާ ބަނބުކެޔޮ ގަސް ދޮށަށް ނުކުމެލީ ފިނި ވައިރޯޅިތަކުން އެ މާހައުލު ހިސާރުކޮއްފައިވާނެތީއެވެ. އޭރު އާޒިމާ ވެސް އެތަނުން ޖޯއްޔެއްގައި އިލި ފައްޗަކަށް ފަން ޖަހަމުން ގެންދިޔައެވެ. އޭނާގެ ކުރިމަތީގައި ވިދެ ނިންމާފައިވާ ފަންގަނޑެއް ބާއްވާލެވިފައިވާއިރު އެއްފަރާތުގއި އޭނާ ޖަހަން ބޭނުންކުރާ ފަންތައް ބަހައްތާލެވިފައިވެއެވެ. އޭގެތެރެއިން ފުޅާފަނާއި ތަންކޮޅެއް ހިމަ ފަން ވަކިކޮއްފައި ދެބައި ކޮއްލާފައިވެއެވެ.

ކިޔާރާ އައިސް ދެ ޖޯލި ދޫކޮއްފައި އިށީދެލިއެވެ. އާޒިމާ އޭ ނާ އާ ދިމާލަށް ބަލާލާފައި އަނގަޔަށް ވައްތަރެއް ޖައްސާލިކަން އޭނާ އަށް އެނގި ހުއްޓެވެ. އެހެން ނަމަވެސް އެކަމަށް މާބޯޑު ސަމާލުކަމެއް ކިޔާރާ ނުދެއެވެ.

އިރުއޮއްސެން ކާރި ވެލާއިރަށް އަސްރު ނަމާދު ނުކުރެވި ހުރިކަން ހަނދާން ވުމާއެކު ކިޔާރާ އަވަސްވެގަތީ ނަމާދު ކޮއްލާށެވެ. އޭނާ ބަދިގެއާ ވީފަރާތަށް ގޮސް އެއްފަރާތުގައި ހުރި ގިފިއްޔަށް ވަދެ ވުޟޫ ކޮއްލައިގެން ކޮޓަރިއަށް ގޮސް ނަމާދު ކޮއްލިއެވެ. އެއަށް ފަހު އާދައިގެ މަތިން އަޅައިގެން އުޅުނު ބުރުގާ ބޭލުމަށްފަހު އޭނާ އަތުގައި އޮންނަ ތިން ޝޯލްގެ ތެރެއިން މަޑު ފެހި ކުލައަކަށްދާ ޝޯލް އަޅާލިއެވެ. އެ ތިން ޝޯލް އަކީ ވެސް އޭނާއަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ސާމިޔާ ދީފައިވާ ބުރުގާއެވެ.

ކޮތަރީގައި ހުރި މޭޒުމަތީގައި ބެއިން ދިފައިވާ ކުޑަ ލޯގަނޑު ކޮޅުން މޫނު ބަލާލަމުން އެތާ ހުރި ފުށްދަޅު ނެގިއެވެ. އެ ހުސްވެފައިވުމުން ހުސް މާގަނޑު މޫނުމަތީގައި ކާތާލިއެވެ. އަދި އެއަށްފަހު ޝޯލް ވަރަށް އާދައިގެ ގޮތަކަށް ހަދާލަމުން ކޮޓަރިން ނުކުތެވެ. އޭރު ގޭތެރޭގައި ބަހައްޓާފައި ހުރި މޭޒުދޮށުގައި  ރީޝާ ކޮންމެވެސް އެއްޗެއް އިސްތިރިކުރަން ހުއްޓެވެ.

ކިޔާރާ ގެއިން ނުކުތީ އާޒިމާ ކައިރީ ބުނެލުމެއް ނެތިއެވެ. އާޒިމާ އަށް ވެސް އެނގިފައިއޮތީ ކިޔާރާ ކޮންމެދުވަހަކު  އަތިރިމައްޗަށ ދާކަމަވެ. އެކަން އޭނާއަށް އެނގުނީ އޭނާ އާ މާ ގާތް އެކުވެރިއެއްކަމަށްވާ ފާތުމަދީ ގެ ފަރާތުންނެވެ. އެހެން ނަމަވެސް އޭނާ އެކަމަށް އަޅާނުލަނީ ކިޔާރާ ދަނީ ގޭ ގެ ހުރިހާކަމެއް ކޮއްފައި ކަމުން އޭނާއަށް އެކަމުން އުނދަގޫ ވެސް ނުވާތިއާއެކީގައެވެ. ކިޔާރާވެސް ހުންނަނީ އާޒިމާ އޭނާ ދާ ތަނަކާ ބެހޭގޮތުން ސުވާލުނުކުރާތީ ނުހަނު ހިންހަމަ ޖެހިފައެވެ.

ދެފަރާތަށް ވިނަގަސްތައް ހެދިފައިވާ ވާއިރު ގޮނޑުދޮށައް ނުކުންނަށް އިންނަ ހިމަ މަގުން ލާފައި ކިޔާރާ ދިޔައެވެ. އެހެން ދިޔައިރު އޭނާ ގެ ގައިގައި ބީހިލާ ވައިރޯލިން އޭނާއަށް ހިންހަމަ ޖެހުން ލިބެއެވެ.

އާދައިގެ މަތިން އޭނާ އިށީދެލިއެވެ. އަދިފައިވާން އޭނާގެ އެއްފަރާތުގައި ބަހައްޓާލަމުން އޮއްސެމުން ދާ އިރަށް ނަޒަރު ހުއްޓާލިއެވެ. ރަން ދޯދިތައް އޭނާގެ މުނަށް އެޅިފައިވާއިރު ބުރުގަލުގެ ތެރެއިން އެ ދޮން މޫނު ފެނިލަނީ ހުވަފެނީ ގޮތަކަށެވެ. އެއްވެސް ކަހަލަ މޭކަޕެއް ކޮއްފައިނުވާއިރުވެސްމެއެވެ.

އޭނާ އަށް އެނގުނީ ކިހިނެތްބާ؟ ކޮންމެގޮތެއްވިޔަސް އަހަރެން ކިހިނެތް ހަދާނީ އޭ ނާ އެދުނު ގޮތަށް ކަންތައް ކުރަންވީބާ؟ “ތަފާތު ހިޔާލުތަކުން ކިޔާރާގެ ސިކުނޑި ފުނިޖެހެމުންދިޔައެވެ.

ގަޑިން އަށެއްޖަހަން ފަނަރަ މިނިޓް އަށް ވީއެވެ. ކިޔާރާ ގަޑީގެ ކައްޓަށް ނަޒަރު ހުއްޓައިލައިގެން އޮތެވެ. ވިސްނުމުގައި ހޭދަކުރަނިކޮއް ގަޑިން އަށެއްޖަހައިފިއެވެ. އަށްގަޑި ބައިވެއްޖެއެވެ.

އެންމެ ފަހުން ހިތަށް ކެތް ނުވެގެން ބަދިގެ ފުރަގަހަށް ދާން އޭނާ ނުކުތެވެ. އެތަން އަނދިރިކަމުން ލޯ ހޭނިލަން ކުޑަ ވަގުތު ކޮޅެއް ނެގިއެވެ. ރޭގައި ކަރަންޓް ކަނޑާލާފައި ވުމުން އެތާ ހުންނަ ބޮކިވެސް މިރޭ ނުދިއްލެއެވެ. އެހެންނޫނީ ސާމިޔާ މެން ތިބޭ ތާގައިވެސް މިރޭ މީހަކު ނެތެވެ. އެކަމަކުވެސް ކިޔާރާ ކުރިއަށް ދިޔައެވެ. ލޯ ހެނިފައި ހުރިކަމުގައި ވިޔަސް އަދިރިކަމުން ފޯނުގެ ސްކްރީން އޭނާ ބޭނުންކުރީ ފައިދޮށަށް އަލި ކުރުމުގައެވެ.

ކިޔާރާގެ ހިތަށް އުދާސްކަން ވެރިވެފައި ވެއެވެ. އޭނާ އެތަނަށް އެއައީ އަށްގަޑިބައިގައެވެ. އޭނާ އާ ބައްދަލުކުރަން ބުނި މީހަކު ބުނީ އަށެއްޖަހާއިރު އަންނާށޭވެ. އިރުކޮޅަކު ހުރެލުމަށްފަހު އެނބުރިލީ ގޭތެރެއަށް ވަންނާށެވެ. އެތަން އަނދިރިކަމުން ނާމާން ކަމާ ބިރުވެރިކަން ހިތަށް ވަދެގެން ދިޔައެވެ. އޭނާ ކުރިއަށް އަޅާލި ފިޔަވަޅާއެކު ކަރުގެ ބުޑުން ނުކުތް ހަޅޭކުގެ އަޑު އިވުނަނުދީ މީހަކު އޭނާގެ އަނގަމަތީގައި ހުށީޔާރުކަމާއެކު އަތް އަޅާފިއެވެ. އަދި އޭނާ އާ ދިމާލަށް އަނބުރާލާފިއެވެ.

އަނދިރިކަމުން ތަނެއް ވަތްކެތް ނުވިއިރު މުޅި މީހާ ދަލުން ފެންވެރުނެވެ. ހިތުގެ ތެޅުން ބާރުވެފައިވިއެވެ. ހީވަނީ މޭތެރޭގައި ނޫޅެ ދެންމެ ދެންމެ ފުންމާލާފާނެހެންނެވެ. އޭނާ އަނގަމަތިން އަތް ނައްޓުވާލުމާއެކު ދެވަނަ ފަހަރަށް ކިޔާރާ ހަޅޭއްލަވަގަންނަށް ހުޅުވާލި އަނގަ މަތީގައި އަނެއްކާ އެ ޒުވާނާ އަތް އަޅާފިއެވެ. ކިޔާރާ އެ ޒުވާނާ އަތުގައި ތަދް އެޅޫމަށް ފަހު ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސ އޭނާ ކިޔާރާ ގެ އަތަށް ދަމާލުމާއެކު ތަތްވީ އެ ޒުވާނާގެ މޭ މަތީގައެވެ.

(ނުނިމޭ)

77

36 Comments

  1. lovely

    January 3, 2018 at 7:46 pm

    yey.. me first dho
    superb!!!:)

    • Hi Mi

      January 4, 2018 at 12:15 am

      Thanks lovely???

  2. Hi Mi

    January 3, 2018 at 8:00 pm

    Hey. Hurihaa kudhin. Miothy 2nd part. Dhen up vaani friday ga ingey. In Sha Allah. And mi part ga ebain mistake eh rameezaa ey liyevifa. Aslu innani azeema. Enjoy ingey. ???

    • Hi Mi

      January 3, 2018 at 8:02 pm

      Ehenve mi part mihaa dhigukoh mi up kohdhinives.

  3. im

    January 3, 2018 at 8:32 pm

    Vara salhi
    Kiyaa ai dhera gothei nuhadha chei

    • Hi Mi

      January 4, 2018 at 12:05 am

      Lets see im. Hehe. Thanks.

  4. Anushka

    January 3, 2018 at 8:45 pm

    Vaahaka salhi… Jumulatha amunaalafa huri goh vs v furihama… Ehnnamavs akuru thakuge mahsala faahaga kohlan.. Dhn thaneh shifakohdheyn ulhun iru avas aruvaalafa bunedheyn ulhey kahala gothakah bunedhyfa huri kan faahagavey…

    • Hi Mi

      January 4, 2018 at 12:05 am

      Thanks Anushkaa. Thikahala hiyaal thakaki abadhuvea alhugandah libey kuri erumeh kamugai dheken. Thankyou so much. ?

  5. Flower

    January 3, 2018 at 9:01 pm

    V reethi

    • Hi Mi

      January 4, 2018 at 12:08 am

      Thankyou flower

  6. quwin

    January 3, 2018 at 10:42 pm

    Vvvvv nice ?

    • Hi Mi

      January 4, 2018 at 12:10 am

      Thanks quwin

  7. JUMA

    January 3, 2018 at 11:04 pm

    Wow….thanks hi mi. ..???? n aee zaan ah vaanama kihaa rangalhu dhww… I think aee eyna? n waitingss ingey….❤❤

    • Hi Mi

      January 4, 2018 at 12:13 am

      Thankyou JUMA hingaa dw balamaa eyi kaakuthoa. Keep reading…

  8. Saadha Abdhulatheef

    January 4, 2018 at 2:13 pm

    V dhera vaahaka kiyaanuleve

  9. Samã Hã

    January 4, 2018 at 3:14 pm

    Kyhvetho vaahaka thah nufennanee?? I couldnt see

  10. Aminath Hushama

    January 4, 2018 at 6:48 pm

    Vaahaka nukiyey

  11. Sana Shareef

    January 4, 2018 at 7:02 pm

    Mihaaru esfiya innagothun phnga dhivehi font netheem vaahakaeh nukiye ???

  12. Sana Shareef

    January 4, 2018 at 7:03 pm

    Kurin in goi maa rangalhu

  13. Hi Mi

    January 4, 2018 at 7:24 pm

    Alhe migothab inima varah udhagoo stories kiyan ves. ?

  14. Hi Mi

    January 4, 2018 at 7:26 pm

    Migothah*.

  15. Kiuntheriyaa

    January 4, 2018 at 8:04 pm

    admin plx plx plx plx plx mi site ge liunthah fenna goi hadhaa dhee plx plx plx plx plx plx plx plx plx plx

    • Editor

      January 4, 2018 at 11:40 pm

      We are working on it. In Sha Allah it will be fixed very soon 🙂

  16. leen

    January 4, 2018 at 11:13 pm

    Vaahaka en nukiya…..esfiya admin kihinen thi hadhey,,,,

    • Editor

      January 4, 2018 at 11:41 pm

      There is a technical issue.
      We are working on it.
      In Sha Allah it will be fixed very soon. 🙂

    • raya

      January 5, 2018 at 11:09 am

      dhen fix viyas mihentha innany site… kurin ingothah badhaleh nuvaanetha…. vrh udhagoo mihen innan hedhyma

  17. Lil sis

    January 4, 2018 at 11:28 pm

    kyvetha ehaa undhagulee kiyan kuri in goi maa rangalhu …. egothah badhaleh khdheebala… pls ..

  18. laya

    January 5, 2018 at 4:43 pm

    next part koba

    • Hi Mi

      January 5, 2018 at 4:51 pm

      Up kuran fonuvaafa innaan mihaaru.

  19. Lovely gurl

    January 5, 2018 at 8:28 pm

    Varah reethi story

  20. Lovely gurl

    January 5, 2018 at 8:48 pm

    Next part avahah up kohdhyba. Kiyaa hithun keh madhu vefa mi hunnany. ❤️

  21. Angel

    January 5, 2018 at 8:59 pm

    V reeti dhw ?

  22. Hi Mi

    January 5, 2018 at 9:20 pm

    Up kohlan fonuvaafa vi ekam adhi up nuvegen miulheny. Keep reafing every1. Thankyou fot all the comments

  23. ivy

    January 5, 2018 at 11:50 pm

    Awlhey ehaa las vany keeh ve thoa balaabala ,.. haadha kiyaahie vey eba????????????????????????????????????????????????????????????????

  24. Alex

    January 6, 2018 at 8:30 pm

    aslu ves varh udhagoo phone in mihaaraku nuves kiyey mihaaru mijeheny laptop in kiyan. varah varah udhagoo mihenve. please do something. komveves gotheh hadhaa bala. kiyey goh hadhaa dhybala. and by the way when is the next part i lovethis waiting :):)):):(:(?(

Comments are closed.