ދުވަހަކީ އުޑުމަތި ރީތިސާފު ދުވަހެކެވެ. އާދައިގެމަތިން މީޝާ ތައްޔާރުވެލައިގެން ނިކުތީ ހޮސްޕިޓަލަށް ދިއުމަށެވެ. ފަގީރުއާއިލާ އަކަށް ނިސްބަތްވި ނަމަވެސް އޭނާ އަކީ ކިޔަވައިގެން ހުރި މޮޅު ޑޮކުޓަރެކެވެ. މީޝާ ސްކޫލްނިންމި އަހަރު މީޝާގެ މައިންބަފައިން ވަނީ ކާރުއެކްސިޑެންޓެއްގައި ނިޔާވެފައެވެ. މީޝާ މިހާރު އުޅެމުންދަނީ އޭނާގެ ބޮޑުބޭބެގެ ގޭގައެވެ. މީޝާ ނިކުމެ ޓެކްސީއަކަށްއެރުމަށްފަހު ޝާޒްގޭޓްސް ހޮސްޕިޓަލަށް ދާން އެދުނެވެ. ޝާޒްގޭޓްސް ހޮސްޕިޓަލަކީ މަޝްހޫރު ޑޮކްޓަރު މައުރޫފް އޭނާގެ ހުރި އެންމެ ފިރިހެން ދަރިފުޅު ޑޮކްޓަރު ޝާޒް މަޢުރޫފްގެނަމުގައި ހުޅުވައަފައިވާ އަދި ޝާޒް މަޢުރޫފް މަސައްކަތް ކުރަމުން އަންނަ ކަރުން މަތީގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލަށް އާދެވުމާއިއެކު މީޝާ މިސްރާބުޖެހީ މުވައްޒިފުންގެ ކޮޓަރިއަށެވެ. ކޯޓުއެޅުމަށްފަހު ސޮއެކުރަން ކައުންޓަރާއި ހަމަޔަށް ދިޔައެވެ. މީޝާ ކައުންޓަރުމަތީގައި އޮތްގަނޑުގައި ސޮއެކުރުމަށް ފަހު މަސައްކަތާއިގެންކުރިއަށްދިޔައެވެ. ސައިގަޑިޖެހުމުން މީޝާ ބަލިމީހުން ބަލާކޮޓަރިން ނިކުތީ އިތުރު ބަލި މީހަކުނެތްކަން ޔަގީކުރުމަށް ފަހުގައެވެ. ކެންޓިނުގެ ހުސް މޭޒެއްގައި ފޮތެއްހިފައިގެން މީޝާ އިށީނީ ކޮފީއަކަށް އޯޑަރުދިނުމަށްފަހު ގައެވެ. މީޝާ އަކީ ހޮސްޕިޓަލުގެ އެހެން ސްޓާފުނާއި އެހާގާތް ގުޅުމެއް އޮންނަކުއްޖެއް ނޫނެވެ. އޭނާ ،މިހޮސްޕިޓަލަށް އަންނަން ފެށިތާ މިވީއެންމެ ހަފްތާއެކެވެ.
ކުއްލިމަޑުމައިތިރިކަމާއި ހިމޭން ކަމެއް މުޅިތަނަށް ވެރިވެގެން ދިޔައެވެ. ކެންޓީނުގައި ސައިބޯން އައިސް ތިބި ހުރިހާއެންމެންގެ ނަޒަރު ހުއްޓިފައިވަނީ ކެންޓީނަށް ވަދެގެން މިއަންނަ ތިން ޒުވާނުންނަށެވެ. މީޝާ އަށް ވެސް އެދިމާލައް ބަލައިލެވެނެވެ. މެދުގައިހުރެގެން ހިނގާފައިއެ އަންނަނީ ޑޮކްޓަރު ޝާޒް މަޢުރޫފް އެވެ، އޭނާގެ ކަނާތް ފަރާތުގައި ހުރެގެން އެއަންނަނީ ޑޮކްޓަރު ރާއިފް އެވެ، އަދި ވާތް ފަރާތުގައި ހުރެގެން އެއަންނަނީ ޑޮކްޓަރު ރިވާއުއެވެ. ޑަކުޓަރު ރިވާއު އާއި ރާއިފް އަކީ އެއްމާބަނޑު ދެބެއިންނެވެ. އެދެބެއިން ވަކި ކުރެވޭނީ އެންމެ ގޮތަކުނެވެ. ރިވާއުގެ ލޮލުގައި ހުންނަނީ މަޑު ނޫކުލައެކެވެ. އެއާ ހިލާފަށް ރާއިފް ގެ ލޮލުގައި ހުންނަނީ ގަދަ ކަޅުކުލައެވެ. މެދުގައި ހުރި ޑޮކްޓާރ ޝާޒް މައުރޫފް އަކީ އޭނާގެ ނަމާއި އެއްފަދައިން އޭނާގެ ރީތިކަމަށް މަޝްހޫރު މީހެކެވެ. ފިރިހެންވަންތަ ހިނގުމެކެވެ. ކަޅުކުލައިގެ ރީތިފަން އިސްތަށިގަނޑެކެވެ. ފުން ދެލޮލެވެ. އެ މޫނުގައި ވަނީ ތާޒާކަމެވެ. ފިޔާތޮށިކުލައިގެ ދެ ތުންފަތެވެ. އަންހެން ކުދިންގެ ހިތް ކުދިކުދި ވާކަހަލަ ހިނިތުންވުމެވެ.
ފަރި ހިނގުމެއްގައި ތިން ޒުވާނުން އެކީ އައިސް އިށީނީ ޖެހިގެން ހުރި މޭޒުގައެވެ. މީޝާ އޭނާ ކިޔަމުން ދިޔަ ފޮތަށް އޭނާގެ ސަމާލުކަން އަނބުރާލިއެވެ. އެމީހުންގެ އޯޑަރު ނެގުމަށްފަހު ވެއިޓަރު މީޝާގެ ކޮފީ މީޝާ އަށް ގެނެސްދިނެވެ. މީޝާ ކޮފީތަށި ނެގުމަށްފަހު ކޯވަރެއްދަމައިލިއެވެ. އެހާ ހޫނުކޮށް ނުހެދުމަށްބުނުމުން އަވަހަށް ބޮވޭވަރުގެ ކުޑަހޫނުކަމެއް ހުއްޓެވެ. ޑޮކުޓަރު ރާއިފް މީޝާ އަށް ބެލުމަށްފަހު އޭނާގެ ބަސްތައް އަމާޒު ކޮށްލިއެވެ. “ނުހަނު ރީތި ސޫރައެކޭ.. ނުހަނު ރީތި ސޫރައެކޭ!!..” އަލީ ރަމީޒުގެ ލަވައެއްގެ ތަންކޮޅެއް ކިޔައިލުމަށްފަހު މީޝާ އަށް ގޮވައިލިއެވެ. މީޝާ ކަތިނަޒަރަކުން ބަލައިލިއެވެ. “ޑޮކްޓާރ މީޝާ.. އަހަރެމެންނާއި އެކު އިށީންނަންވީ ނޫންތޯ؟ އެއް ގޮނޑި ހުހަށް އެބައިން މިމޭޒުދޮށުގައި ނޫނީ އަހަރުމެން ތި މޭޒު ދޮށަށް އަންނަން ވީތޯ؟” ޑަކުޓަރު ރާއިފު މިހެން ބުނެލުމަށް ފަހު ތެދުވެގެން އައިސް މީޝާގެ ކައިރީގައި ހުހަށް އިން ގޮނޑީގައި އިށީނެވެ. ފަހަތުން ޝާޒް މައުރޫފް އާއި ރިވާއު ވެސް އައިސް އިށީނެވެ. ރިވާއު އިށީނީ މީޝާގެ ކަނާތްފަރާތުގައި އިން ގޮނޑީ ގައެވެ. ޝާޒް އިށީނީ މީޝާގެ ކުރިމަތީގައި އިން ގޮނޑީގައެވެ. މީޝާ މިއިންއެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ވާހަކަ ފޮތް ކިޔަމުން ކޮފީތަށި ހުސްކޮށްލިއެވެ.
ވެއިޓަރު އައިސް ތިން ކޮފީތަށި ބެހެއްޓިއެވެ. އޭރު މީޝާ ތެދުވެ ދާންހިނގައި ގަތީއެވެ. ޝާޒް މީޝާ އަށް ގޮވައިލިއެވެ. “ހާދަ އަވަހަކަށް ތި ނިންމާލީ…. އަހަރެމެންނާ ވާހަކަވެސް ނުދައްކާނަން ދޯ؟” މީޝާ އެނބުރި ޝާޒް އާއި ކުރިމަތި ލުމަށްފަހު ބުނެލިއެވެ. “އަހަރެން މިތަނުގައި މަޖާކުރާކަށް ނޫޅެން..” މިހެންބުނުމަށްފަހު މީޝާ ކެންޓީނުން ނިކުތެވެ.
ދުވަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު މީޝާ ހޮސްޕިޓަލުން ނިކުމެ ގެއަށްދާން މިސްރާބު ޖެހިއެވެ. ގެއަށްދެވުނު އިރު ދަންވަރު ބާރަޖަހައިފިއެވެ. ގޭގެ އެކަކުވެސް ހޭލާ އުޅޭހެނެއް ހިޔެއްނުވެއެވެ. ޑަބަލް ތަޅުދަނޑިން ތަޅު ހުޅުވައިލިއެވެ. އެތެރެއަށް ވަނދެ ދޮރުލެއްޕުމަށްފަހު ރަނގަޅަށް ތަޅުލެވުނުތޯ ބަލައި ޔަގީންކުރިއެވެ. އެއަށްފަހު މީޝާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ. ގޭގެ އަނދިރި ހޯލު ކަޑައްތު ކުރުމަށްފަހު ދެވަނަ އަށް ހުރި ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. މީޝާ އެތެރެއަށް ވަނުމަށްފަހު ފެންވަރައި ނިދާ ހެދުމަށް ބަދަދުކޮށްލިއެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން ގުރުއާން އޯޑިއޯ ޖައްސައިލީ އޭނާގެ ލެޕްޓޮޕުންނެވެ. ފާތިހާ ސޫރަތުން ފެށިގެން ކިޔަވަމުންދެއެވެ. މީޝާ ގުރުއާނުގެ އަޑު އަހަން ލޯބިކުރެއެވެ. އޭނާ ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން ގުރުއާން ޖަހައެވެ. އެހެންރެއެކޭ އެއްފަދައިން ގުރުއާން އަޑުއަހަން އޮއްވައި ނިދުނު އިރެއްވެސް ނޭނގުނެވެ.
އާދުވަހެއްގެ އިރު އަރައި އަލިކޮށްލިއެވެ. އެމާރޖެންސީ ވާރޑްގައި އޮތް ބަލިމީހެއްގެ ފުރާނަސަލާމަށް ކުރުމުގައި މީޝާ ހަރަކާތްތެރިވަމުން ދިޔައެވެ. އޮޕަރޭޝަންކުރަން ތިއޭޓަރަށް ވެއްދުމަށް އެނގުމަށްފަހު މީޝާ މުވައްޒަފުންގެ ކޮޓަރިއަށްވަދެ އޮޕަރޭޝަނަށް ހާއްސަ ހެދުންއެޅުމަށް ފަހު ތިއޭޓަރާއި ދިމާލަށް މިސްރާބުޖެހިއެވެ. ބޮލުގެނާށިގަނޑު ތޮރުފާލުމަށްފަހު ޓިއުމަރުނެގުމުގެ މަސައްކަތް ފެށިއެވެ. އޮބްޒާރވޭޝަން ރޫމްގައި ތިބި ޑޮކްޓާރ ޝާޒް މައުރޫފާއި ޑޮކްޓާރ ރިވާއު ތިބީ ބަލާށެވެ. އޮޕަރޭޝަންކޮށް ނިމިގެން ނިކުމެ މީޝާ ބަލިމީހާ ރަނގަޅު ވާނެކަމުގެ އުންމީދު ބަލިމީހާގެ އާއިލާއަށް ދިނެވެ.
ކެންޓީނުގެ ގޮނޑިއަކަށް ތިރިވެ މީޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ރޭގެ އެއްގަޑިބައިގައި ކުއްލިހާލަތެއް ދިމާވެގެން ހޮސްޕިޓަލަށްއައިސް އޭރުއްސުރެ މިހާރުވަންދެން ހުއްޓުމެއްނެތި ކުރި މަސައްކަތް ނިމުމަކަށް އައީއެވެ. ގަޑިން ހެނދުނު އަށެއް ޖަހާ ބޮޑުތަންވެއްޖެއެވެ. މީޝާ ހުރީ ބަލިވެ ނިދިވެސް އައިސްފައެވެ. ކެންޓީނުގެ ވެއިޓާރު އައިސް މީޝާގެ އޯޑަރުނަގަން ކައިރީގައި ހުއްޓުނެވެ. “ވަން ނެސްކެފޭ ވިތް މިލްކް” ފަހަތުން މީހެއްގެ އަޑު އިވުނެވެ. “އޯހް މޭކް އިޓް ޓޫ..” ޝާޒް ބުނެލިއެވެ. މީޝާ އެނބުރި ބަލައިލިއިރު ފަހަތުގައި ޝާޒް މައުރޫފް ހެވިފައި ކަހަލަ ގޮތަކަށް އިނެވެ. ވެއިޓަރު އޯޑރު ނެގުމަށްފަހު ދިޔައެވެ. ޝާޒް އައިސް މީޝާގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ
މީޝާ މޭޒުގައި ބޯއަޅައިލިއެވެ. މި ކެންޓީނުގައި ތިބިހައި ގޮނޑިތައް ދޫކޮށްލުމަށްފަހު ޝާޒް އައިސް މީޝާގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނީ ކީއްވެގެން ބާއެވެ. އަދި އޭނާއަށް މީޝާ އޯޑަރުކުރަން އުޅުނުއެތި އޯޑަރު ކުރީ ކީއްވެގެން ބާވައެވެ. ސުވާލްތަކުން ފުރިފައިވާ ބޮލުގައި ފިރުމާލަމުން މީޝާ މޭޒުން ބޯނަގައި ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ކުރިމަތީގައި އިން ޒުވާނާއަށް ނަޒަރުހިންގައިލިއެވެ. “ހާއި އަމް ޑޮކްޓާރ ޝާޒް މައުރޫފް..” ޝާޒް ތައާރަފްވެލިއެވެ. މީޝާ އަނގައިން ބުނުމެއްނެތި ފޯނު ނަގައިގެން ކުޅެންފެށިއެވެ. މީޝާގެ މިހަރަކާތްތައް ފެނިފައި ޝާޒްއިނީމަޖާ ވެފައެވެ. އޭނާ އަށްހިތާހިތުން ތަޢުރީފު ކޮއްލެވުނެވެ. “ތިހާ ފޮނިނުވިއަސް ހެވޭ..ނޫޅެން މީޝާ ކާލާކަށް..ނޫނީ ފްލާރޓް ކުރާކަށްވެސް.. އަނގައިން ބުނެލިއަސް އެއްވެސް އެއްޗެއް މަދެއް ނުވާނެ.. ނޫނީ ނުއެއް ގެއްލޭނެ..” މީޝާ ވާހަކަ ނުދެއްކުމުން ޝާޒް ބުނެލިއެވެ. “ސޮރީ އައި ޑޯންޓް ޓޯކް ޓު ސްޓްރޭންޖާރސް..” މީޝާ ޖަވާބުދިނެވެ. “އައުޗް.. ސްޓްރޭންޖާރސް އޭ.. ލޮލް..” ޝާޒް ޖެއްސުމުގެ ރާގެއްގައި ބުނެލިއެވެ. ވެއިޓާރ އައިސް ދެ ކޮފީ ތަށި މޭޒު މަތީގައި ބޭންދިއެވެ.
މީޝާ ޝާޒްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުރެވުނެވެ. ހިތާއި ހިތުން ތަޢުރީފުގެ ބަސްތައް އަމުނަމުން ދިޔަކަމުގައި ވިޔަސް މީޝާއެކަން އޭނާގެ މޫނުމަތިންނެއް ނުދައްކައެވެ. “ތިވަރަށް ތަދުވީއެއެންމެ ލަފުޒެއްބުނެލުމުން…. ދެތިން ލަފުޒުބުނެލިނަމަ މަޝްހޫރު ޑޮކްޓާރ ޝާޒް މައުރޫފްގެ ހާލަކީ ކޮބައިތޯ؟…” މީޝާ ލާނަތް ގޮތަކަށް ބުނެލުމަށް ފަހު ތެދުވެ ހިނގައިގަތެވެ. ކެންޓީނުން ނުކުތުމަށެވެ. ” ވަޓް އެބައުޓް ޔުއާ ކޮފީ..؟؟..އޯ..ހެލޯ..!!” ޝާޒް މީޝާގެ ފަހަތުން ގޮވާލިއެވެ. މީޝާ އެނބުރި ބަލައިވެސް ނުލައި ދިޔައެވެ. މީޝާގެ މިހަރަކާތް ފެނި ޝާޒް އިނީ މާބޮޑަށް ވެސް މަޖާވެފައެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު ކޮފީތަށި ބޯންފެށިއެވެ. އެއާއިއެކު ފޯނު ރިނގުވާން ފެށިއެވެ. ފޯނަށް ޖަވާބުދިނުމަށް ފަހު ވެއިޓަރަށް ގޮވިއެވެ. ބިލްގެނެސް ދިނުމަށް އެދުނެވެ. ބިލަށް ފާއިސާ ދެއްކުމަށްފަހު ތެދުވެ ހިނގައިގަތީ ހޮސްޕިޓަލުގެ ޕާކިންއާއި ދިމާލަށެވެ.
ކާރުގެ ދޮރު ހުޅުވައިލުމަށްފަހު ޝާޒް ކާރަށް އެރިއެވެ. ޕާކިން ޒޯނުންނިކުމެ ގެއާއި ދިމާލަށް ދުއްވާލިއެވެ. ބާރުދުވެއްޔެއްގައި ގޮސް ކާރު މަޑުކޮއްލީ މައުރޫފް މެންޝަންގެ ދޮރު މައްޗަށެވެ. ކާރުން ފޭބުމަށްފަހު ތަޅުދަނޑި ދޮރުމަތީގައި ހުރި ނޯކަރު އަތަށް ދިނެވެ. އަދި އެލްފުރެޑުއަށް ގޮވަމުންއެތެރެއަށްވަނެވެ. “އެލްފްރެޑް…އެލްފްރެޑް..!!”، އެލްފުރެޑު އަކީ އެމެންޝަންގެ އެންމެ ދުވަސްވީ ނޯކަރެއެވެ. އަދި މެންޝަންގެ ކަންތައްތަށް ބަލަހައްޓާ ހިނގުމަށް ހަވާލުވެގެން ހުރި ސުޕަވައިޒަރު ވެސްމެއެވެ.
ޝާޒް އެތެރެއަށް ވަދެ ހޯލަށް ނަޒަރުހިނގާލިއެވެ. ޕާޓީއަކައްތައްޔާރު ކުރަމުންދާ ފަދަ މާހައުލެކެވެ. މަޑުނޫކުލަ އަދި ހުދުކުލައިގެ ފޮތިދަމާލެވިފައިވެއެވެ. ރީތި ހުދު އަދި ނޫކުލައިގެ ފިނިފެންމާތަކުން ތަނބުތަށް ޒީނަޗްތެރި ކުރުމުގެ މަސައްކަތުގައި ނޯކަރުންތަށް އަވަދިނެތި މަސައްކަތް ކުރަމުންދެއެވެ. އެލްފުރެޑް އެތެރެއަށްވަދެގެން އައިސް ޝާޒްގެ ކިބައިން ލަސްވީތީ މާފަށްއެދުނެވެ. އަދި ޝާޒްގެ ބައްޕަ އަދި ދޮންމަންމަ ވަނީ ޓެރެސްމަތީގައި ކަމުގައި ބުންޏެވެ. ޝާޒް އަވަސް ފިޔަވަޅުގައިގޮސް ސިޑިކަޑަތުކުރިއެވެ. އޭނާގެ ފަހަތުން އެލްފުރެޑުވެސް އަވަސް ހިނގުމެއްގައި ދިޔައެވެ. ޓެރެހަށް އެރުމަށްފަހު ޢޭނާގެ ލޯބިވާބައްޕައާއި މަންމަ އަށް ސަލާމްގޮވާލިއެވެ. “އަސަލާމުއަލައިކުމް ބައްޕާ… އައްސްލާމްއަލައިކުމް މަންމާ…” މަޢުރޫފްގެ ކަންފަތުގައި މިބަސް ޖެހުނުތަނާހެން ތެދުވިއެވެ. އަދި ދަރިފުޅާއި ބައްދާލެވުނެވެ.” އަހާ!..ދަރިފުޅު… ވައަލައިކުމުއްސަލާމް.. ވައަލައިކުމުއްސަލާމް.. އެލްފުރެޑް ގުޅާފައެންގިތަނާ އަދި 10މިނެޓުވެސް ނުވެއެއްނު..؟؟..” މަޢުރޫފްގަޑިއަށް ނަޒަރުހިނގާލުމަށްފަހު ބުނެލިއެވެ.”އެބޭފުޅާ ދުއްވަނީކީ ކާރުކޮޅެއްނޫނެއްނު…އެއީ މަޢުރޫފްދެއްވަފައި އޮންނެވި ރޮކެޓެއްނޫންތޯ..؟؟..”ޝާޒްގެ ދޮންމަންމަ މާރިއާބުނެލީ ނަފްރަތުން ފުރިގެންވާ ރާގަކަށެވެ. ނަމަވެސް އެކަން ދަންނަމީހަކު ހުރިހެނެއްހިއެއް ނުވެއެވެ. “ދަރިފުޅު އިށީދެބަލަ…ބައްޕަ ވާހަކައެއްދައްކާލަން ބޭނުން..!!” މަޢުރޫފް ބުނެލީ މާރިއާގެ ބަސްތަކަށް އެހާފަރުވާތެރިކަމެއް ނެތި ގޮނޑީގައި ހަމަޖެހިލަމުންނެވެ. “ބައްޕަ ވިދާޅުވެދެއްވި ކަމެއް..” ޝާޒް މިހެން ބުނެލުމަށް ފަހު ޖެހިގެން ހުރިގޮނޑީގައި އިށީންނަމުން މޭޒުމަތީގައަ ބަހައްޓާފައިވާ ބިޒްކޯޒު ތަށިން ބިސްކޯޒެއްނަގަ އަނގަޔަށް ލިއެވެ.
“ދަރިފުޅާ ބައްޕަ ބޭނުން ވަނީ ދަރިފުޅު މީހަކާއި އިންނަން…!! ދަރިފުޅުގެ ނަޒަރުގައި އަންހެންކުއްޖަކު ނެތްނަމަ ބައްޕަ އެދިލައްވާ ކުއްޖަކާ ކައިވެނިކުރަން ވީއެއްނު؟..” މައުރޫފްގެ ވާހަކަތައް އިވި ޝާޒްއިނީ ހިމޭނުންނެވެ. އޭނާ ރުޅިއައިސްގެން ކަމެއް ނޫނީ ބައްޕައަށް ކުރާ ގަދަރާއި ޢިހްތިރާމުގެ ސަބަބުން ކަމެއް ނޭގެއެވެ. “ދަރިފުޅު ކީއްވެތަ އަނގައިނުބުނަނީ.. އަނެއްކާ ބައްޕަ މިދެއްކި ވާހަކަ ތަކަށް ހިތްހަމަނުޖެހުނީތަ؟؟” ޝާޒް އަނގައިންނުބުނެ ހުރުމުން މަޢުރޫފް ސުވާލުކޮއްލިއެވެ.
“ބައްޕަ ދިތެއްކެވީ ރަނގަޅުވާހަކައެއް ނަމަވެސް.. އަޅުގަނޑަށް ކަމުދާ ކުއްޖަކަށް ހުރީ ދެހާސް އަށެށްގައި ހިނގި ނުރައްކާތެރި އެކުސިޑެންޓުގައި ނިޔާވި ބައްޕަގެ ގާތްރައްޓެއްސެއް ކަމުގައިވާ އިބްރާހިމްގެ ދަރިފުޅު މީޝާ އިބްރާހިމް..” ޝާޒްޖަވާބުދިނެވެ. ފުންނޭވާއެއް ދޫކޮއްލަމުންނެވެ. ލޯބިވާކަން ގަބޫލުކުރީ ފުރަތަމަވެސް ބައްޕަގެ ސުވާލަށް ޖަވާބުދެމުންނެވެ. އަދި މީޝާއަކަށްވެސް ނޭގޭނެއެވެ. ދުނިޔެއަށް ފޮރުވައި ވަންހަނާކުރި ލޮއެއްބަށް ޝާޒް ގަބޫލުކުރީ ފަޅިސިކުންތެއްގެ ތެރޭގައެވެ. ޝާޒްދިންޖަވާބު އިވި ޝާޒްގެ ދޮންމަންމަގެ މޫނަށްއެރި ކުލަވަރު ޝާޒްއަށް މާރީއްޗަށްވެސް ފެނުނުކަހަލައެވެ. ނަމަވެސް މާރިއާ ހިނިތުންވެލުމަށްފަހު ބުނެލިއެވެ. “ތިވީ އަދިމާރަނގަޅުގޮތެއްނު..؟؟” ޝާޒް ސުވާލުންފުރިގެންވާ ފަދަ ނަޒަރަކުން މާރިއާއަށް ބަލައިލިއެވެ. “މިހާއިރުވަންދެން މަޢުރޫފްއިންނެވީ ފިކުރުބޮޑުވެފަ.. ޝާޒްއަށް މަޢުރޫފްގެ ޗޮއިސް ކަމުނުގޮސް ދާނެތީއެއްނޫންތޯ… ޕުރޮބްލަމް ސޯލްވުޑު..”މައިރާކިޔައިދިނެވެ. މަޢުރޫފް އާއެކޭބުނެލުމުގެ ގޮތުން ބޯޖަހާލިއެވެ.”ދެން ތިރީގައި މިހިނގާޕާޓީގެ ތައްޔާރީތަކަކީ؟..” ޝާޒްއަށް އަހައިލެވުނެވެ. އެއާއިއެކު މަޢުރޫފް ޝާޒްގެ ސުވާލުންފުރިގެންވާ މޫނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އަދި ބޮލުގައިފިރުމާ ލުމަށްފަހު ހެމުންކަހަލަގޮތަކަށް ބުނެލިއެވެ.”އެއީ މިރޭގައި ދަރިފުޅު އަދި މީޝާ އިބްރާހިމްގެ އެންގޭޖްމެންޓު ޕާޓީގެ ތައްޔާރީތަކެއްނު…. އެހެންނޫނަސް ދަރިފުޅު ބޭނުންވި ކަމެއް ބޭނުންގޮތަކަށް އަބަދުވެސް ކޮށްދޭނަން.. ބައްޕަގެ ޗޮއިސްއަކީވެސް އެއީ.. އޭނަގެ ބޮޑުބޭބެއާއި ވާހަކަތަށް ދެކެވެމުންދާތާ މާގިނަދުވަހެއްނުވޭ މީޝާގެ އާނބަސް މިއަދު ބައްޕައަށް ލިބޭނެކަމުގެ އުންމީދު އެބައޮތް އެއީ އޭނަގެ ބޮޑުބޭބެގެ ބަސްއަހާ ކިޔަމަންތެރި އަދިއެހާމެ އަޙުލާގުރަންގަޅުކުއްޖެއް..” ޝާޒް އަށްހީވީ މުޅިދުނިޔެ ފަތަހަ ކުރެވުނުހެނެވެ. އުފާވެރިކަމުގެ ކޮޅެއްނެތެވެ. އުފާފާޅުކުރުމުގެ ގޮތުން ބައްޕަގެގައިގައި ބައްދާލެވުނެވެ. އަދި ހެއްދެވި ފަރާތަށާއި އޭނާގެ މަންމަ އާއި ބައްޕަ އަށް ވެސް ޝުކުރުގެ ބަސްތަށް އަމުނާލިއެވެ.
ދުވަހުގެ މަސަތްކަތްތައް ނިންމާލުމަށްފަހު މީޝާގެއަށް ދިޔައެވެ. ގެއަށްގޮސް މީޝާގޭގެ ދޮރުހުޅުވައިލުމަށްފަހުއެތެރެއަށް ވަނެވެ. އަދި ގޭގެ ފެންޑާމަތީބެހެއްޓފައި ހުރި ސޯފާއެއްގައި އިށީނެވެ. މީޝާގެ ބޮޑުބޭބެ މައުސޫމް އިނީ ނޫސްކިޔުމަށެވެ. މީޝާ ބޮޑުބޭބެއަށް ބަލައިލިއެވެ. އަދި ކުރިމަތީގައި ހުރި މޭޒަށް ނަޒަރުހިނގާލެވުނެވެ. އެ ކުޑަ ބިއްލޫރި މޭޒުމަތީގައި ދެ ކޮފީތަށި ބަހައްޓާފައި ހުއްޓެވެ. މީޝާގެ ކޮފީޖޯޑުގައި ހުންނަނީ ދަނބުކުލައެވެ. އަދި ބޮޑުބޭބެ ގެންގުޅެނީ ނޫކުލައިގެ ކޮފީޖޯޑެކެވެ.
މީޝާ ކޮފީތަށިނަގައި ކޯވަރެއްދަމާލިއެވެ. “މީޝާ.. ބޮޑުބޭބެ ވަރަށް މުހިންމު ވާހަކައެއް ބުނަން ވެފައެބައޮތް…”މައުސޫމް ބުނެލިއެވެ. “ވިދާޅުވެލައްވާ..”މީޝާ ބޮޑުބޭބެގެ ބަސްތަކަށް އޭނާގެ ސަމާލުކަންއަނބުރާލުމަށްފަހު ކޮފީތަށި މޭޒުމަތގައި ބެހެއްޓިއެވެ. “މަޝްހޫރު ބިޒްނަސްމޭން އަދި ޑޮވުޓަރެއް ކަމުގައިވާ ޑޮކުޓަރ މަޢުރޫފް ބޭނުންވަނީ މީޝާ އަދި އޭނަގެ ދަރިފުޅު ޝާޒް މަޢުރޫފް ގެ ކައިވެނި ވީއެންމެ އަވަސް މުއްދަތެއްގައި ކުރަން… މީޝާ މިކަމަށް އެއްބަސް ތަ؟..އަދި މިއީ މީޝާގެ ބައްޕަވެސް އެދިލެއްވި ގޮތް…”މައުސޫމްގެ ބަސްތައް މީޝާގެ ކަންފަތުގައި ޖެހުނެވެ. ރަގަޅަށް ވެސް ނަގައިގަނެވުނެވެ. ބޮޑުބޭބެގެ ގާތުއެވާހަކަތަށް ދައްކަން ލަދުގަތީބާވައެވެ. މީޝާ ގެ ދޮން މޫނު ރަތްވިއެވެ. އަދި ބޮޑުބޭބެއަށް ރަކި ހިނިތުންވުމެއް އެރުވުމަށްފަހު ތެދުވެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ދުވެފައިކަހަލަ ގޮތަކަށްވަދެ ތަޅުލިއެވެ. އެއާއި އެކު އުފަލުން ނެށުނުކަހަލަ އެވެ. މައުސޫމް ވަގުތުން މަޢުރޫފްއަށް ގުޅައިލުމަށްފަހު މިއުފާވެރި ހަބަރު އޭނާއަށްދިނެވެ.
މައުރޫފް މޭންޝަންގެ ބޮޑު ހޯލުތެރެ މީހުންތަށް އައިސް ފުރާލައިފިއެވެ. ޝާޒްގެ އިންތިޒާރުތަށް ދިގުދެމިގެންދާކަހަލައެވެ. އޭނާގެ ލޯބި މީޝާ ފެނޭތޯ ދެލޯހޯދަމުންދެއެވެ. މަޢުރޫފްގެ ދެމަފިރިން މެހެމާންދާރީގެ ކަންތައްތަށް ކުރަމުންދެއެވެ. އުފާވެރި މާހައުލެކެވެ. ޑޮކްޓަރ ރިވާއު އަދި ރާއިފް ލާނެއްގޮތަކަށް ހެމުން އައިސް ޝާޒްއަށް މަރުހަބާކިޔެވެ. އަދި ކުޑަޖެއްސުމެއްކޮއަލިއެވެ. އެންމެންގެ ލޯތަށް އިންތިޒާރުކުރަމުން އައި އިންތިޒާރު ނިމުމަކަށް އައެވެ. މީޝާ މަޢުރޫފްމެންށަން އަށް ވަދެގެން އައެވެ. އެބޮޑު ހޯލްގެތެރެއަށް ނަޒަރުހިންގާލެވުނެވެ. އަދި ކަޅުކުލައިގެ ސޫޓެއްގައި ހުރި ޝާޒްއާއިދިމާލަށް ނަޒްރުހުއްޓުނެވެ. ފުރަގަސްދިގެންހުރިކަމުގައިވިޔަސް އެސޫރަފެނި ވަކިކުރަން މީޝާއަށް އެނގުނެވެ. ކޯޓުފަޓުލޫނު ގައި ފެންނަލެއް އެހާމެ ހިއްގައިމެވެ. ފިރިހެންވަންތައެވެ.
ޑޮކްޓަރ ރާއިފްގެ އިޝާރާތަކާއިއެކު ޝާޒް އެނބުރި ބަލައިލީ ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުންނެވެ. މީޝާ ދޮރުމަތީގައި ހުއްޓިލައިގެން އިނީ ބޮޑުބޭބެ މައުސޫމް އާއި އެކުގައެވެ. ހުދުކުލައިގެ ދިގު ހެދުމެކެވެ. ހުދު ކުލައިގެލޭސްތަކުން ޖަރީކޮއްލެވިފައިވެއެވެ. މަޑުނުކުލައިގެ ރިބަންކޮޅެއް އުނަގަނޑުގައި އެޅިފައިވެއެވެ. ލުއި މޭކަޕްއަކާއި އެކު ބޮލުގެ އިސްތަށިގަނޑު ވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލެވިފައެވެ. އެރީތި ރަތްދެތުންފަތުގައިވަނީ ރަކި ހިނިތުންވުމެކެވެ. މަޑުހިނގުމެއްގައި މީޝާ އަދި އޭނާގެ ބޮޑުބޭބެ އައިސް ޝާޒްގެ ކުރިމަތީގައި ހުއްޓުނެވެ. ޝާޒްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޑޮކްޓަރު ރިވާއު އަދި ރާއިފް ފަހަރި ކިޔައި މީޝާއަށް ގޮވާލިއެވެ. އެލާނެއް ރާގަށެވެ. ” އަދި ނުވެއެއްނު ފަހަރިއަކަށް…ޓުބީ ފަހަރިކިޔަންވީނު..”ޝާޒް ބުނެލިއެވެ. އިންޒާރުގެ ނެޒަރުން ރާއިފް އަދި ރިވާއު އަށް ލޯއަޅައިލުމަށް ފަހު މީޝާގެ އަތުގައި ހިފި އެވެ. އަދި ދުރަށް ދިއުމަށް ހިނގައިގަތެވެ. މައުސޫމްވެސް ހެމުން މަޢުރޫފްއަށް މަރުހަބާކިޔެވެ. ޝާޒް އަށް މީޝާގެ އަތުން ކުއްލިއަކަށް ދޫކޮށްލެވުނެވެ. “ތަދުވިތަ…؟..” ޝާޒް އަށް އަހައިލެވުނެވެ. އެމަޑުއަތްތަށް ތަދުވެދާނެތީ ބިރުން ހުރި ކަހަލައެވެ. “ތަދެއްނުވޭ..؟؟..” މީޝާޖަވާބު ދިނީހެމުންނެވެ. ޝާޒްގެ މެއަށް ފިނިކަމެއްލިބުނު ކަހަލަ އެވެ. މީޝާގެ އަތުގައި މަޑު މަޑުން ހިފާލިއެވެ. އަދި އޭނަގެ ލޯބިވާ މަންމަ އަދި ބައްޕައާއި ބައްދަލުކުރުވަން ހިނގައިގަތެވެ. މަޢުރޫފް އިންނެވީ ހެވިފައެވެ. މާރިއާވެސް އޭނަގެ ދަނބިދަރިފުޅަށް މަރުހަބާކިޔަން ހުއްޓެވެ. ހިތުގައި ނަފުރަތުގެ އަލިފާންގަނޑުއޮތް ކަމުގައި ވިޔަސް އެމޫނުގައިވާ ހިނިތުން ވުމުން އެކަން ފޮރުވަދެއެވެ.
މީޝާ މަޢުރޫފް އާއި ސަލާމްކޮށް ލިއެވެ. އަދި އެއާއި އެކު މާރިއާ އާއި ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. މާރިއާ މީޝާއަށް ބަލައިލިއެވެ. ދޮން މޫނެކެވެ. ރީތި ކަމުގައި އެވަރެއް ނެތް ކަހަލައެވެ. މިޝާ ހިނިތުން ވެލިއެވެ. އެއާއި އެކު މާރިއާގެ ހިތުގެ އަލިފާން ގަނޑު ކެކިލިއެވެ. ނަމަވެސް މޫނުމަތިން އެކަން ހާމައެއް ނުކުރެއެވެ. އަދި ސަލާމް ބަލައި ގަތެވެ.
ޕާޓީގެ މެހެމާންދާރީ އާއި ގެން އުޅުމުގައި މަށްއޫލުވެފައި މީޝާ އަދި ޝާޒް ތިއްބެވެ. ކުއްލިއަކަށް ދެމީހުންގެ ފޯނު އެއްފަހަރާކަހަލަ ގޮތަކަށް ރިންގުވާން ފެށިއެވެ. ހޮސްޕިޓަލުގައި އޮތް ބަލިމީހަކުގެ ހާލަތުދަށަށް ދާކަމުގެ މައުލޫމާތުލިބުނެވެ. އަދި އަވަސް ފަރުވާ ދިނުމަށް ޑޮކުޓަރެއް ނެތް ކަމުގައި ބުންޏެވެ. މީޝާއަށް ޝާޒްގެ މޫނަށް ބަލައިލެވުނެވެ. އެއާއި އެކު އަންނާށޭ ބުނުމުގެ ގޮތުން ޝާޒް މީޝާއަށް އިޝާރާތެއް ކޮށްލިއެވެ. އަދި މަޢުރޫފް މެންޝްންގެ ދޮރުން ނިކުތެވެ. ގަރާޖުން ކާރުނިކުންވުމަށް ފަހު މަޢުރޫފް މޭންޝަންގެ ދޮރުމަށްޗަށް މަޑުކޮށްލިއެވެ. އެވަގުތު މީޝާއިނީ ޝާޒްގެ އިންތިޒާރުގައި މަޢުރޫފް މޭންޝަންގެ ދޮރުމަތީގައެވެ. ޝާޒް ކާރުގެ ދޮރުހުޅުވައި ލުމަށް ފަހު ނިކުތެވެ އަދި މީޝާއަށް ކާރުގެ ދޮރުހުޅުވައި ދިނެވެ. ލަސްކުރުމެއްނެތި މީޝާކާރުގެ ތެރެއަށް ދެމިގަށްކަހަލަ ގޮތަކަށް އެރިއެވެ. އަދި ކާރުގެ ޑުރަވަރުގެ ސީޓަށް ޝާޒް އެރުމަށްފަހު ދުއްވާލީ ޝާޒްގޭޓްސް ހޮސްޕިޓަލަށެވެ.
“ވަޓްއިޒްދަ ސިޗުއޭޝަން އޮފް ދަ ޕޭށްންޓް ސިސްޓަރ..؟..” ޝާޒް އިންޗާރޖަށް ހުރި ނަރުހާއި ސުވާލުކޮށްލިއެވެ. “ވީ ސަސްޕެކްޓް ދެޓް ދެއަރ އިޒް އިންޓާނަލް ބްލީޑިންގް ނިއަރ ދަ ސާޖަރިކަލް އޭރިއާ ވިޗްނީޑްސް ޓުބީސްޓޮޕްޑް އިންއޯޑާޓު ސޭވް ދަ ޕޭޝާންޓް ފްރޮމް ކްރިޓިކަލް ޑެމޭޖް އޯ ލައިފް ތްރެޓް..!..” ޓްރެއިނީއެއް ޖަވާބުދިނެވެ. އަދި ކޮންފަރެންސް ރޫމަށް އައުމަށް އެދުނެވެ. މީޝާއިނީ އޮޕަރޭޝަން ކުރާ ހެދުމުގައެވެ. ޝާޒް ކޮންފަރެންސް ރޫމުގެ ގޮނޑިއެއްގައި އިޝީނެވެ. މީޝާ ބަލިމީހާގެ ހާލަތުގެ ތަފްސީލެއްކިޔައި ދިނެވެ. ޝާޒް ހަމަޖެހިލައިގެން ހުރުމަށްފަހު ބުނެލިއެވެ. ‘ ލެޓްސް ޑޫއަ ފްރީހޭންޑް…” މީޝާ ހައިރާން ވިއެވެ. “ދެޓް އިޒް ޓޫ ރިސްކީ..”މީޝާއަށް ބުނެވުނީ މާ ހަރުކަށިގޮތަކަށެވެ. “އޯލްރެޑީ އަލޮޓްއޮފްޓައިމް އިޒް ވޭސްޓެޑް އެން ފޯނެވިގޭޝަން ވީހޭވްޓުވެއި އޭން އަވާ!!..”ޝާޒް ޖަވާބު ދިނެވެ އަދި މީޝާ އެކަމާއި އެއްބަސް ވިއެވެ. ޝާޒް ލީޑް ސާޖަން އަކަށް ވެއްދުމަށް ފަހު އޮބްޒާވޭޝަން އަށް ވަދެ ސާޖަރީގެ ކަންތައްތަށް ކުރިއަށް ދާލެއްބަލަން މީޝާއިށީނެވެ. ސާޖަރީ ނިމި ބަލިމީހާ އައި.ސީ.ޔޫ އަށް ވެއްދުމަށް ފަހު މީޝާ މުވައްޒިފުންގެ ކޮޓަރިއަށް ވަނެވެ. ހެދުން ބަދަލުކޮށްލުމަށް ފަހު މުވައްޒިފުންގެ ކޮޓަރިން ނިކުމެ ޝާޒްގޭޓްސް ހޮސްޕިޓަލުންނިކުތުމަށް ހިނގައިގަތެވެ.
2217 Comments
Comments are closed.
Xxxx
July 8, 2017 at 9:14 amWooooowww..?????v.nice .,. waiting 4 next part…
tea
July 8, 2017 at 3:05 pmThis is colors in anna savitri devi hospital drama c rees ge divehi drama ta
Nice man
July 8, 2017 at 9:16 amNice
Xna
July 8, 2017 at 9:53 amGood wrk..salhi.? hope, avahah next part fennaane kamah . ???
Mikko
July 8, 2017 at 10:02 amDoctors nuny hama ulhen kamunudhnytha. Gina vaahaka thakuga hama doctors..
Some one
July 8, 2017 at 10:37 amNice!!!! When nxt prt??
Hajja
July 8, 2017 at 10:43 amVarah imlaa kuh ginakan faahagavey adhi varah hamanujeheykan ves faahagavey….dhen partegga ekan ragalhu kollun edhen
@th€€
July 8, 2017 at 11:21 amMikko thibunee thedheh hurihaa vaahakaiga doctarun ehen meehunnakee evves baeh heneh hieh nuvey
Adha?
July 8, 2017 at 11:24 amVarah interesting stry eh..? its fantastic… waiting for next ep? ???❣
????
July 8, 2017 at 12:27 pmFeshun varah salhi …. n i hope next part also will be beautiful ?????? keep it up aya. …..
khajja
July 8, 2017 at 12:27 pmWow masha allah v rthi v furihama when nxt prt plx avahah up kolladhybala n keep it up???❤❤????
Aif
July 8, 2017 at 2:45 pmFeshun rythi.. But mihaaru gina stories thakuga docs ulheny..
Sara
July 8, 2017 at 3:40 pmVarah reethi
the
July 8, 2017 at 5:19 pmh
ROMAN REGINS
July 8, 2017 at 6:12 pmVarah reethi when nxt part
Nish
July 9, 2017 at 12:05 amMaiy bahun liyaairu visnaalun edhen, mihaaru ebahuri varah kuh, amilla ah maiy vefa
Nish
July 9, 2017 at 11:23 amVery interesting story..
waiting for the next part ?
masha Allah varh reethi vaahaka….
when next part???