މިއީ ވިސްނާ ފިކުރުކޮށްލަން ޖެހިފައިވާ އިޖްތިމާޢީ އަދި ޤައުމީ މައްސަލައެއް ނޫންތޯއެވެ؟ މިކަމުގައި ކޮންމެ މީހަކުވެސް ފަރުދީގޮތުން އަދާކުރަން ޖެހިފައިވާ ފަރުދީ ޒިންމާއެއް ނުވޭތޯއެވެ؟

 

“މަށަށް ގެނެސްދީ ނެސްކެފޭ މިލްކެއް. ރާފިއު ކޯޗެއް ގެންނާނީ؟” ބިދޭސީ ވެއިޓަރ އައިސް މޭޒު ކައިރީ ހުއްޓުމާއި އެކު ޢަހުމަދު ވެއިޓަރަށް ބަލާލަމުން ބުނެލިއެވެ.

“މަށަށްވެސް އޯކޭވާނެ ނެސްކެފޭ މިލްކެއް” ރާފިއު ކޮންމެހެން ތަފާތު އެއްޗެއް ގެންނާކަށް ބޭނުމެއް ނުވިއެވެ.

“ރާފިއުބެ ކާން ވީނުން މީ ކާޑިނު” އަޙުމަދާއި އެކު އައި ބަންގާޅު ނޫރު ރާފިއު ކައިރީ ބުންޏެވެ.

“ނޫނޭ… އޯކޭވާނެ. މިގަޑީގަ ނުކާނަން” ރާފިއު ނޫރަށް ޖަވާބު ދިނެވެ.

“ބައި މަށަށް އޭކު ރެޑް ބުލް ގެނޭ. ސިނގިރޭޓް ފޮށްޓެއް ގެންނަށްޗޭ!” ނޫރު ވެއިޓަރު ކައިރީ އެހެން ބުނެފައި އޭނަގެ ޖީބުގައިވާ ސިނގިރޭޓު ފޮށިން ސިގިރޭޓެއް ނަގާ ރާފިއުއަށް ދިއްކޮށްލިއެވެ.

“ނޫނޭ މަށެއް ނުބޮން” ރާފިއު އަތު ނޫނެކޭ ބުނުމަށް އިޝާރާތް ކޮށްލަމުން ސިގިރޭޓް ބޭނުން ނުވާކަމަށް ބުންޏެވެ.

“ރާފިއު. މިއީ ނޫރު.. ނޫރު މިއީ އަހަރުމެންނަށް ބަނގުލަދޭސުން މީހުން ގެނެސްދޭ މީހަކީ. ކަލޭ ކޮންމެ ކަމަކަށް ބޭނުންވާ މީހެއް ބޭނުންވިޔަސް ބުނަންވީ. މައްސަލައެއް ނެތް” އަޙުމަދު ނޫރާއި ދިމާއަށް އިޝާރާތް ކޮށްލަމުން ރާފިއުއަށް ނޫރު ތަޢާރަފު ކޮށްދިނެވެ.

“މިހާރު އަހަރުމެން ކިހިނެއް ހަދާދެންވީ؟” އަޙުމަދު ރާފިއު ބޭނުންވެގެން އުޅޭކަމެއް އޮޅުންފިލުވާލުމަށް އަހާލިއެވެ.

އަޙުމަދަކީ އެކިއެކި މަސައްކަތް ކުރުމަށް ރާއްޖެއަށް ބިދޭސީން އެތެރެ ކޮށްދިނުމުގެ މަސައްކަތް ކުރާ މީހެކެވެ. މި މަސައްކަތުގައި އަޙުމަދުގެ ބައިވެރިޔަކީ ބަނގުލަދޭސީގެ ރައްޔިތެއް ކަމުގައިވާ ނޫރު އަލޮމް އެވެ. އަޙްމަދުގެ މަސައްކަތަކީ ބިދޭސީން ގެނަން ބޭނުންވާ ދިވެހިން ހޯދުމާއި އިމިގްރޭޝަންގެ ތެރެއިން ކުރަން ބޭނުންވާ އެއްމެހާ މަސައްކަތްތައް ކުރުމެވެ. ގެންނަން ބޭނުންވާ ބިދޭސީން ހޯދުމާއި އެމީހުންގެ އެއްމެހާ ކަންކަން ކުރާ މީހަކީ ނޫރެވެ. ޙަޤީގަތުގައި މި މަސައްކަތުގެ އެއްމެ އިސްފަރާތަކީ ނޫރެވެ. މި މަސައްކަތް އަޙްމަދާއި ނޫރު ކުރަނީ މިކަމުން މި މީހުނަށް ވަރަށް ބޮޑު ފައިދާއެއް ވާތީއެވެ. އެކަން އަޙްމަދުގެ ލައިފް ސްޓައިލަށް ބަލާލުމުންވެސް ވަރަށް ސާފުކޮށް އެނގެއެވެ. އަމަ އެއާއި އެކު އަޙުމަދުގެ ޕާޓްނަރު ނޫރު އަކީ މިލިއަނަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިލިއަނަރަކަށް ނުވާންވީ ކީއްވެ ހެއްޔެވެ؟ އަންނަ ކޮންމެ ބިދޭސީއެއްގެ އަތުން އެމީހުން ކަޓުގެ ގޮތުގައި ހާދަ ބައިވަރެއް ނަގައެވެ.

“އާން… މިއުޅެނީ އަހަރުމެން ގެ ހަދަން ޖެހިގެން ބޭރު މީހުން ކޮޅެއް ގެންނަން ޖެހިގެން. ކިހިނެއްތަ ހަދަން ޖެހެނީ؟” ވެއިޓަރ ގެނެސް ބެހެއްޓި ކޮފީތަށިން ކޯވަރެއް ދަމާލުމާއިއެކު ރާފިއު ބޭނުންވެގެން އުޅޭ ކަންތައް އަޙުމަދަށް ހުށައަޅާލިއެވެ.

“ތިއީ އެއްވެސް ކަމެއް ނޫނެއްނުން” އަޙްމަދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

“ރާފިއު ބޭ އަތުގައި ކޯޓާ ހުންނަނީތަ؟” ނޫރު ރާފިއުކުރެން އަހާލިއެވެ.

“ނޫން.. ކޯޓާއެއް ނެތް.. ކޯޓާ ނަގަން ޖެހޭނީ.. ކޯޓާ ނަގަން ހަދަން ޖެހޭނީ ކިހިނެތް؟” ރާފިއު ނޫރަށް ޖަވާބު ދެމުން ސުވާލު ކޮށްލިއެވެ.

” މައްސަލަ ނެތީ…އަހަރުމެން ހުރިހާ މަސައްކަތް ކޮށްދެނީ ދޯ އަޙްމަދުބޭ؟” ރާފިއުގެ ސުވާލަށް ޖަވާބު ދެމުން ނޫރު އަޙުމަދަށް ދޯއެއްލުމާއި އެކު އަޙަމަދުވެސް ބޯ ޖަހާލިއެވެ.

“ރާފިއު އަމިއްލަ އަށް ތިކަން ކުރަން އުޅެންޏާ ވަރަށް ދުވަސް ނަގާނެ. އަހަރުމެންނާއި ހަވާލުކޮށްލާ ޑޮކިއުމެންޓްތައް..އޭރުން ތިކަން ހަމަޖައްސާލަ ދީފާނަން ވަރަށް އަވަހަށް. ނޫރު މިއީ އިމިގްރޭޝަންގެ މާ ބޮޑު މީހެއް. ހެހެހެ” އަޙްމަދު އެހެން ބުނަމުން ހިނިގަނޑެއް ޖަހާލިއެވެ.

“ތެދެއް ރާފިއުބެ… އަހަރުމެންނާ ހަވާލު ކުރަނީމަ ވަގުތުން ނިންމާދެނީ.. އެއްވެސް މައްސަލަ ނުހުންނަނީ” ނޫރު އިތުރުކޮށްލިއެވެ.

“އޯކޭ އެހެންވީމަ.. މަ ކިހާވަރެއް ދޭންޖެހޭނީ އަޙްމަދުމެންނަށް؟” މިކަމަށް އަތުން ހިނގާނެ ޚަރަދެއް ބަލާލުމަށް ރާފިއު ބޭނުންވިއެވެ.

“ރާފިއު އަމިއްލަ އަށް ކުރަންޏާ ވަރަށް ބޮޑު އެއްޗެއް ދާނެ..އެކަމު އަހަރުމެން ކުރަންޏާ އަހަރުމެން އެ ހުރިހާ ޚަރަދެއް ހިފާނަށް.. އެކަމު ރާފިއުވާނެ އަހަރުމެންނަށް ކޯޓާދޭން” އަޙުމަދު އެމީހުން ބޭނުންވާ ގޮތް ރާފިއުއަށް ހުށައެޅިއެވެ.

“ގާތް ގަނޑަކަށް ކީހަވަރެއް” ދާނެ ޚަރަދު އެނގެން ރާފިއު ބޭނުމެވެ.

“ދައްކަބަލަ މަ ބަލާލަން ތި ކުރެހުން” އަޙްމަދު ރާފިއުގެ ކައިރީގައިވާ ކުރެހުމަށް އަތްދިއްކޮށްލަމުން ބުންޏެވެ. އެއާއި އެކު ރާފިއު އެ ކުރެހުން އަޙުމަދުގެ އަތައް ދިއްކޮށްލިއެވެ.

“ހޫމް… މި ކުރެހުމަށް ގާތްގަނޑަކަށް ސާތޭކަ މީހުންގެ ކޯޓާ ނެގޭނެ ދޯ ނޫރު؟” ކުރެހުމަށް ބަލާލުމަށްފަހު ބޯހަލުވާލަމުން އަޙްމަދު ނޫރުކުރެން އަހާލިއެވެ.

“އާން…މައްސަލަ ނެތީ..ހަންޑްރެޑް… ޓޫ ހަންޑްރެޑް ވިޔަސް ހަމަޖެއްސެނީ” އަޙަމަދުގެ ސުވާލަށް ނޫރު ޖަވާބު ދިނީ ވަރަށް ޔަޤީން ކަމާއި އެކުގައެވެ.

“ހަންޑްރެޑް ކޯޓާ ނަގަނީމަ އެއްމެ މަދު ދަނީ ވަންލަކު ފިފްޓީ ތައުޒަން މިވައްތަރު” ކޯޓާ ނެގުމަށް ހިނގާނެ ޚަރަދު ނޫރު ރާފިއުއަށް އޮޅުން ފިލުވާދިނެވެ.

“އެހެންތަ؟ ހާދަ ބޮޑުއެއްޗެކޭދޯ؟” ނޫރު އެ އަދަދު ބުނުމާއި އެކު ރާފިއުއަށް ލިބުނީ ހައިރާން ކަމެކެވެ. އެވަރުގެ އަދަދެއް ރާފިއު ހޯދާނީ ކޮންތާކުން ހެއްޔެވެ؟

“ރާފިއުބެ ހާސްވަން ބޭނުން ނެތީ..އަހަރުމެންނަށް މި ހަވާލު ކުރަނީމަ ހުރިހާ ކަންތައް އަހަރުމެން ނިންމަދެނީ.. ރާފިއުބޭ އަތުން އެއްވެސް ރުފިޔާ ނުނަގަނީ. އަދި ކޯޓާ ލިބުނީމަ ރާފިއުބެ އަށް ދެނީ ފިފްޓީ ތައުޒަން ރުފިޔާ މިވައްތަރު. އޯކޭނުން؟” މިކަމުގައި އުޅެއުޅެ މިކަން ކުރާނެގޮތާއި މިކަން ކުރެވޭނެ ގޮތް ނޫރަށް ރަނގަޅަށް އެނގެއެވެ. މިކަމަށް އަންނަ މީހުން މަޅީގައި ބައްދާލާނެ ގޮތް ނޫރު ވަނީ ފިސާރި ރަނގަޅަށް ދަސްކޮށްފައެވެ.

“އެހެންވީރު އޯކޭ..ތީ އަދި މާސަޅިގޮތެއްނުން. މައެހެންވީމަ ކޯޗެއް ތިމީހުންނަށް ދޭންވީ؟” އެމީހުން އެ ޚަރަދުތައް ރާފިއުއަށް ކޮށްދޭނެ ކަމަށާއި އަދި ރާފިއުއަށްވެސް ހަދިޔާއެއް ދޭން ބުނުމުން ރާފިއުއަށް ވަރަށް ބޮޑު ހަމަޖެމެއް ލިބުނެވެ.

“ރާފިއުބެ އަހަރުމެން ބުނާ ޑޮކިއުމެންޓް ދިނީމަ ނިމުނީ.. ހުރިހާ މަސައްކަތް އަހަރުމެން ކުރާނީ” ރާފިއުގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ ނޫރުކަމުން މިކަމުގެ މޭސްތިރިއަކީ އޭނާކަން ރާފިއުއަށްވެސް އެނގުނެވެ.

މޭޒުމަތީގައިވާ ބިލް ފައިލްގެ ތެރެއަށް 500 ގެ ނޫޓެއް ލަމުން ބިލް ނިންމާލުމަށް އަތުގެ އިޝާރާތުން ނޫރު ވެއިޓަރ އަށް ގޮވާލިއެވެ.

“އޯކޭ ރާފިއުބޭ.. އަހަރުމެން ފަހުން ގުޅާލަނީ” ކޮފީ ނިންމާލަމުން ނޫރު ރާފިއުއާއި ދިމާއަށް ބުނެލިއެވެ.

“އޯކޭ” ރާފިއުވެސް އެހެން ބުނަމުން އަޙުމަދާއި ނޫރާއި ދެމީހުންނާއި ސަލާމް ކޮށްލުމަށްފަހު ދިއުމަށް ހިނގައިގަތެކެވެ. އެމީހުން ދޭ ފައިސާ ކޮޅު ލިބުނީމަ ކުރާނެ ކަމަކާއި މެދު ޚިޔާލު ކުރަމުން ރާފިއު ސައިކަލަށް އަރައިގެން ދުއްވާލިއެވެ.

އަޙްމަދާއި ނޫރު ކިހާ ރަނގަޅުހެއްޔެވެ. ރާފިއު ކުރަން ޖެހުނު އެއަށް ބޮޑު ޚަރަދުވެސް އޭނާއަށް ނުޖައްސާ އެޚަރަދުގައިވެސް އެހިފީއެމީހުންނެވެ.  މިހާ ތާށިކޮށް ކަންކަން އޮށްވާ ކޯޓާ ނަގަން އެއްލައްކަ ފަންސާސް ހާސް ހޯދާނީ ކޮންތާކުން ހެއްޔެވެ؟ މީގެ ކުރިން ދިވެހި ބަޔަކާއި ވާހަކަ ދެއްކީމަ އެމީހުން ބުނީ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ރާފިއުކަމަށެވެ. އެކަމު ބިދޭސީ މީހަކާއި ވާހަކަ ދައްކާލީމާ އެކަންވެސް މި ހަމަޖެހުނީއެވެ. އަތުން އެއްވެސް އެއްޗެއް ނުގޮސް ކަންވެސް ނިމުނީއެވެ. މިހެންވީމާ ކޮންމެ ކަމެއްގައިވެސް ބިދޭސީންނަށް ބުރަ ވެވޭނެ ނޫން ހެއްޔެވެ.

ރާފިއު ބޭނުންވީ ވާންއޮތް އެއްމެ ފަސޭހަ ގޮތަކަށް އަތުން ޚަރަދެއް ނުގޮސް ރާފިއު ބޭނުންވާ ކަންތައް ވާނެ ގޮތެކެވެ. ގޭގެ މަސައްކަތް ފެށެން އޮތީ ބޭރުމީހުން ގެނެސްގެންނެވެ. ރާފިއުއަށް ވިސްނެމުން ދިޔައީ އަޙްމަދާއި ނޫރުގެ ރަނގަޅު ކަމެވެ. އިތުރަށް ވިސްނާލަންވެސް ބޭނުން ނުވެ، އަޙުމަދާއި ނޫރަށް އިތުބާރު ކުރިއެވެ. ބެދެން އުޅޭ މަޅިއަކީ ކޮބައިކަމެއް މިކަމުން ފަހުން ކަންވެދާނެ ގޮތަކާއި މެދު ރާފިއުއަށް ވިސްނާލެވިފައިވެސް ނެތެވެ. އެކަމަކު މިޒަމާނު އެދުމެއްނެތި ނުވެސް ދަންނަ މީހަކަށް ފައިސާ ތަކެއްދީ މާރަނގަޅަށް ކަންތައް ކޮށްދީފާނެހެއްޔެވެ؟ ބޭރުމީހުން ގެނެސްދިނުމުގެ މަސައްކަތުގައި އުޅޭ މިފަދަ އެޖެންޓުންނަށް އިތުބާރު ކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ އެމީހުން މިކަމުން ނަގަމުންދާ ނާޖާއިޒު ފައިދާއާއި އެމީހުންގެ ސަބަބުން ދިމާވަމުންދާ އިޖްތިމާއީ އިޤްތިޞާދީ ގެއްލުމާއި މެދު ވިސްނާލެވެނީ ކިތައް މީހުނަށް ބާއެވެ. ވަގުތީ މަންފާއަކަށްޓަކައި މުސްތަޤުބަލުގައި ދިމާވެދާނެ ބޮޑު މައްސަލައަށް ވިސްނާލުމެއް ނެތި ކޮންމެކަމެއްވެސް ކޮށްލެވެނީއެވެ.

ނުނިމޭ

0

6 Comments

  1. Anonymous

    March 5, 2017 at 8:34 am

    Ehenvaanenun aharamen dhivehin ge kannehkamun hurihaakameh kuranee bangaalheen lavvaa aharamenge gedhor hadanee emeehun geyga kakkanee emeehun Kudhin balanee emeehun hurihaakameh henkuranee emeehunney emeehunnaa nulaa neyvaavesnulevey dhivehin nah

    • Xim

      March 5, 2017 at 9:52 am

      hama heyokoh thibunee 🙂

  2. maree

    March 5, 2017 at 10:43 am

    Aan dho eee mi raajjey ge dhirun mi haar emeehunney dhivehinnah amuru hinganee ekieki kankamuga ehaaves emeehun gadhaey

  3. Inu

    March 5, 2017 at 12:57 pm

    Bangaalhyn vess vaki dhera eh nun… Thibeny aasumaanuga, v fuppafa ulhey baeh Gina bondhun v rulhi aadhe… Dhivehin ney mi hurihaa kameh kurany vess maa bodah minivan kan dhygen.. Kanney baeh mi Dhivehin reethi koh thibe laari beynun vany hiyy matha minna thun hodha kah beynumeh nuve raaajey ga ebai mihun Gina kamun vess ulheven neyy konme rashehgge Aabaadhy ah vure emihun Gina

  4. Yoon

    March 5, 2017 at 6:59 pm

    ?

  5. kuvy

    March 6, 2017 at 3:50 pm

    Hurihaa bidheyseen goahehnuvaane…. Makaruhadhaa bayakahves nuvaane
    Kuvy v kudairun fashaigen garage ga masakkaiy kuran hunnany v ragalhu bidheysee eh. Very generous, honest and hardworking.
    Kaafa Kuvy mennaai ehkoh ulhunu iru kaafa ahves v ehyvedheyne. Gamees ves dheyne.
    Geyga thaneh hadhan jehunes free koh ekanves kohdhey. Kudairu hadhiyaaves gennaane. Kuvy menge mom ah govany hama mamma ey kiyaafa. Respect kuraane.
    Ingey hurihaa bidheyseen ragalhu nuve gosdhaanekan. Bunan miulheny, goaskoh ulhey meehun thibbas, ragalhu bidheyseen nethy eh nooney

Comments are closed.