ކުށްވެރި ލޯބި 14

” ދޮންތަ ތިއައީ ހޮސްޕިޓަލުންތަ؟” ސީމާ ސުވާލެއް ކުރުމުގެ ކުރިން އާކިފް އަހާލިއެވެ.

” އާނ…ރޭގަ އިމެޖެންސީވެގެން ދިޔަގޮތަށް އަދި މިއާދެވުނީ….އެކަމް އާކިފް މިގަޑީގަ؟…” ސީމާ ހައިރާންވެފައި އަހާލިއެވެ.

” އާނ…އެއީ ތަންކޮޅެއް އަވަހަށް ހޭލެވުނީމަ ބަނޑުހައިވެގެން ތިރިޔަށް އައީ….ޖޭޒްހޭލާ އުޅޭތޯ ބަލާލަން މިދިޔައީ ކޮފީއެއް ހަނދާދޭށޭ ބުނަންވެގެން….ދެފަރަކު ޓަކިވެސް ޖަހައިފިން….ހިޔެއްނުވޭ ހޭލާއުޅޭހެނެއް…” އާކިފް އެއްނޭވާއިން އޭނާގެ ވާހަކަތައް ފައްޗަކަށް އަމުނާލިއެވެ.

“ޖޭޒް އާއްމުކޮށް ހޭލާނެ ފަތިހު….ނަމާދު ކުރަނީކަމަށްވާނީ…..ހިނގާދޯ ކޮފީއެއްބޯލަން…. ދޮންތަވެސް ވަރަށް ބަނޑުހައި” ސީމާ ކާގެއާ ދިމާއަށް މިސްރާބު ޖަހަމުން ބުންޏެވެ. އާކިފްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ސީމާގެ ފަހަތުންދިޔައެވެ. ދެމީހުން ކޮފީބޯން ތިއްބައި ޖޭޒްމީންވެސް އެތަނަށް އައެވެ. އޭނާހުރީ ފެންވަރައި ތާޒާވެލައިގެންނެވެ. އާކިފް ފެނުމުން ލަދުރަކި ގޮތަކަށް ހީލާފައި ގޮސް އޭނާވެސް ކޮފީއެއް ގިރާލިއެވެ.

” ޖޭޒް ގިރާހާ މީރުކޮށް ދޮންތައަށްވެސް ކޮފީ ގިރާކަށް ނޭނގޭނެ…” ޖޭޒްމީން ގޮނޑިއެއްގައި އިށީނުމުން ސީމާ ޖޭޒްމީންއަށް ބަލާލަމުން ތައުރީފް ކޮށްލިއެވެ. އެވަގުތު އާކިފް ޖޭޒްމީންއަށް ބަލާލާފައި ސީމާއަށް ނޭނގޭނެހެން އެއްލޯ މަރާލިއެވެ. އެއާއެކު ޖޭޒްމީން ހީލިއެވެ. ތިންމީހުން އެކުގައި ކޮފީބޮމުން ދިޔައިރު، ޖޭޒްމީންއާއި އާކިފް، ނަޒަރުން އެކަކު އަނެކަކަށް ލޯބީގެ މެސެޖުތައް ބަދަލުކުރަމުން ދިޔައެވެ. ވަރުބަލިވެ ނިދި އައިސްފައި ހުރި ސީމާއަށް މިއިން ކަމެއް ރޭކާލާ ވަރެއް ނޫނެވެ. އޭނާ އަވަހަށް ކޮފީބޮއެ ނިންމާލައިގެން ކޮޓަރިއަށް ދިޔައެވެ.

” ޖޭޒް…އަދިވެސް ހައިކަމެއް ނުފިލާ….އަދިބޭނުން…” މާނަވީގޮތަކަށް ޖޭޒްމީންއަށް ބަލާލަމުން އާކިފް ބުންޏެވެ.

” އޯކޭ…އަދި އެއްކޮފީ ގިރަން އެބަ…” އާކިފް ބުނި އެއްޗެއް އެނގޭކަމަށް ނުހަދާ ކޮފީބުއި ޖޯޑުތައް ހިފައިގެން ސިންކާ ދިމާއަށް ދަމުން ޖޭޒްމީން ބުންޏެވެ. އާކިފްވެސް ތެދުވެގެން ގޮސް ޖޭޒްމީންގެ ފުރަގަހުން ބައްދާލިއެވެ.

” ކޮފީއެއްނޫނޭ ބޭނުމީ….ތިލޯބި ލޯބި ޖޭޒް ބޭނުމީ…” ޖޭޒްމީންގެ ކޮލުގައި ބޮސްދެމުން އާކިފް ބުނެލިއެވެ.

” ދެންދޭ ފެންވަރަން….އަދި ނަމާދުވެސް ކުރަން ޖެހޭނެއްނު…އަވަހަށްދޭ…” ޖޯޑްތައް ސިންކް ތެރޭގައި ބެހެއްޓުމަށްފަހު އާކިފްއާ ދިމާއަށް އެނބުރިލަމުން ޖޭޒްމީން ލޯތްބާއެކު ބުނެލިއެވެ. އާކިފްވެސް އިތުރު އެއްޗެއް ނުބުނެ ހިނިތުންވެލަމުން އެތަނުން ނުކުތެވެ.

ދުވަސްތައް އާދައިގެ ގޮތަކަށް ނިމިދެއެވެ. އާކިފް އިންތިޒާރު ކުރަމުން އަންނަނީ މަންމަމެން އެނބުރި އަންނާނެ ދުވަހަކަށެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ޖޭޒްމީންއާ އެކު ފާޅުގައި ލޯބިން އުޅެވުނު ދުވަހަކުންނެވެ. އޭނާގެ އަނބިމީހާއަށްވެ ހުރެ އެގޮތަށް ގޭގެ ނޯކަރެއްގެ ގޮތުގައި ޖޭޒް އުޅޭތަން ފެނުމުން އޭނާގެ ހިތަށް ތަދުވެއެވެ. އަދި ކޮންމެ ފަހަރަކު ސިއްރު ސިއްރުން ޖޭޒްމީންގެ ކޮޓަރިއަށް ވަނުމަކީވެސް ފަސޭހަކަމެއް ނޫނެވެ.

ހަމައެހެންމެ، އޭނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއްވެސް ވަނީ އުފެދިފައެވެ. އެއީ އޭނާގެ އާއިލާއިން އެކައިވެނި ބަލައިނުގަތް ފާނެކަމުގެ ބިރުވެރިކަމެވެ. މީގެ ދުވަސްކޮޅެއްކުރިން މަންމަވަނީ ލީނާގެ ވާހަކަ އޭނަގާތުގައި ދައްކާފައެވެ. ބައްޕަވެސް ލީނާއާ ގަބޫލުކަމުގައި މަންމަ ބުންޏެވެ. ނަމަވެސް އެދުވަހު އޭނާ އެކައިވެންޏާ އިންކާރުކުރީ، އަދި ކައިވެންޏެއް ކުރަން ބޭނުން ނޫން ކަމުގައި ބުނެފައެވެ. އެމީހުންގެ ހުށަހެޅުމާއި އިންކާރުކޮށްފަ އަމިއްލައަށް ސިއްރުން ކައިވެނި ކުރުމުން އެމީހުން ރުޅިއަންނާނެކަން ގައިމެވެ. އެމީހުން ޖޭޒްމީން ބަލައިނުގެންފި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޖަޒްލާންގެ ގާތުގައި ވީ ވަޢުދު އޭނާ ފުރިހަމަ ކުރާނީ ހިކިނެއް ހެއްޔެވެ؟ އޮފީހުގައި އިނދެގެން އާކިފް ވިސްނަމުން ދިޔައެވެ.

އަނެއްކޮޅުން، ލީނާވެސް ހިތްވަރު ދޫކޮށްނުލައި އާކިފްގެ ލޯބި ހާސިލްކުރަން ތަފާތު ގޮތްގޮތުން މަސައްކަތް ކުރެއެވެ. އޭނާއަށް މީރުކޮށް ކޮފީގިރާށާއި ކަށްކަން ނޭނގޭތީ އާކިފް މަލާމަތް ކުރުމުން އެކިމީހުންގެ އެހީގައި ތަފާތު ވައްތަރުގެ ކާއެއްޗެހި ހަދަން އޭނާ ދަސްކުރިއެވެ. މުރާލި މީހަކަށް ވުމަށްޓަކައި ގޭތެރޭގައި ތަފާތު މަސައްކަތުގައި ބައިވެރިވެ އުޅެންފެށިއެވެ. އާކިފްއަށް މީރުހެން ހީވާހާ އެއްޗެއް ހަދައި ގެއަށާއި އޮފީހަށްވެސް ތަށިބަރި ފޮނުވަން ފެށިއެވެ. ފުރަތަމަ ދުވަހު ތަށިބަރި އައުމުން އާކިފް އެއީ މާބޮޑު ކަމަކަށް ނުހަދައި އެ ކެއެވެ. ނަމަވެސް އާއްމުގޮތެއްގައި ލީނާގެ ތަށިބަރި އަންނަން ފެށުމުން އޭނާ ހިތްހަމަ ނުޖެހުނެވެ. އެއްދުވަހު، ތަށިބަރި އަނބުރާ ފޮނުވާލަން އުޅެން ފެށުމުން ޝުއައިބު އެ އަތުލައިގެން ކައިފިއެވެ. އޭގެފަހުން ލީނާ ގެންނަ ތަށިބަރީގައި ހުންނަ ކާއެއްޗެހިކަނީ ޝުއައިބުއެވެ. އޮފީހަށް ފޮނުވާ ތަށިބަރިވެސް ގެނެސް އާކިފް ދެނީ ޝުއައިބުއަށެވެ. ނަމަވެސް ލީނާ އުފަލުން ހުންނަނީ އޭނާ ހަދާ އެއްޗެހި އާކިފްއަށް ހަމަ މީރީ ކަމުގައި ހީކޮށެވެ.

ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތެވެ. ޖޭޒްމީން ގޭތެރޭގައި އަވަދިނެތި ކަމަކަށްފަހު ކަމެއްކުރަމުން ދިޔައެވެ. ގޭތެރެ ފޮޅާ ސާފުކޮށް، މެންދުރުގެ ކެއުންވެސް ތައްޔާރުކޮށް ނިމުނުން ޖޭޒްމީން ސިޓިންރޫމުގެ ސޯފާގައި ޖައްސާލީ ކުޑަކޮށް އަރާމުކޮށްލުމަށެވެ. ވަރުބަލިވެފައި ހުރުމުގެ ސަބަބުން އޭނާއަށް ނިދޭގޮތް ވެއްޖެއެވެ. އިރުކޮޅެއްފަހުން ޖޭޒްމީންއަށް ހޭލެވުނީ ކޮންމެވެސް މީހަކު އޭނާ މޫނުގައި ފިރުމާލިހެން ހީވެގެންނެވެ. އާކިފް ކަމުގައި ހީކޮށް ރަނގަޅަށް ލޯހުޅުވާފައި ބަލާލި ވަގުތު އޭނާއާ ދިމާއަށް ގުދުވެ އޮތް ލަޔާން ފެނުމުން ފުންމައިގެން ތެދުވެވުނެވެ.

” ސޮރީ…ބިއުޓިފުލް…ބަޓް އައި ކާންޓް ކޮންޓްރޯލް މައި ސެލްފް” ލަޔާން ދަހިވެތި ނަޒަރަކުން ޖޭޒްމީންއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޖޭޒްމީން އަވަސް އަވަހަށް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

” ވެއިޓް ޕްލީޒް…އައި ނީޑް ޔޫ  ސޯ ބޭޑްލީ” ޖޭޒްމީންގެ އަތުގައި ހިފާލަމުން ލަޔާން ބުނެލިއެވެ.

” ލީވް މައި ހޭންޑް…” ނުރުހުންވެފައި ލަޔާންއަށް ބަލާލަމުން ޖޭޒްމީން ބުންޏެވެ. ނަމަވެސް ލަޔާން އަދިވެސް ހެވިފައި ބަލަން ހުރީއެވެ.

” ދޫކޮށްލާ!..މިބުނީނު ދޫކޮށްލާށޭ!” އެންމެފަހުން ޖޭޒްމީން ހަޅޭއްލަވައިގަތީ ދިވެހިބަހުންނެވެ. ލަޔާން ހައިރާންވެފައި ފާޑަކަށް ބަލަން ހުރުމަށްފަހު ހޭންފެށިއެވެ. އަދި ޖޭޒްމީންއާ ގާތްވެލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“އޯހް…ދިވެހިވެސް އެނގޭތަ؟…ވާއު…ހާދަމޮޅޭދޯ….އެހާއަވަހަށް ދިވެހިވެސް ދަސްކުރީ….އެހާމޮޅަށް ފަތަންވެސް އެނގޭ….އަނެއްކާ ފިރިހެނުންގެ ހިތްއަތުލަންވެސް އެހާމޮޅު….އާކިފްވެސް އަތުއަޅުވާލައިގެން ދޯ ތިއުޅެނީ….މަށަށް ޝައްކު ތިދެމީހުންގެ ގުޅުމާމެދު….އެހުރިހާ ދުވަހު އާކިފްއާއެކީ އިންޑިއާގަ ހުރެފަ އައިއިރު ކަމެއްނުކޮށް ނުހުންނާނެދޯ…..ކީއްވެ އަހަރެން އަތްލީމަ ދޫކޮށްލާށޭ ތިބުނަނީ…މަށަށްވެސް ޗާންސެއް ދީބަލަ…ހަމަ އެންމެ ޗާންސެއްވެސް އޯކޭއޭ…”  ލަޔާން ނުލަފާ ޒާތަކަށް ހީލަމުން  ޖޭޒްމީންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އަދި ޖޭޒްމީން ގަދަހަދަ ހަދާހުއްޓައިވެސް ގެންގޮސް ސޯފާގައި ބޭންދިއެވެ.

” ތިމަލުން ފޮނިބޯލަން ބޭނުންވެފަ ހުންނަތާ ކޮންދުވަހެއް….ދެންނުވާނެ އެންމެހިނދުކޮޅަކަށްވެސ ކެތެއް…” ލަޔާން ގަދަކަމުން ޖޭޒްމީންގެ މޫނުގައި ބޮސްދޭން ފެށުމުން ޖޭޒްމީންއަށް ވަގުތުން ރޮވުނެވެ. އޭނާ ސަލާމަތަށް އެދި ގޮވަން ފެށުމުން ލަޔާން ބާރަށް ހޭންފެށިއެވެ.

” ތީބޭކާރުކަމެއް….ގޭގަނެތް އެކަކުވެސް…ވަރަށް ބަލާފަ މިއައީ…..ޝުއައިބުވެސް އެބައިން އަހަރެމެންގެ ގޭގަ ލީއާއެކު ފިލްމެއް ބަލަން….އޭނާ ނާންނާނެ އަވަހަކަށް….އަހަރެން ނުބުންޏަސް އެނގެއެއްނު ދެނތިބިމީހުން މިވަގުތު ވީތަން.. ” ލަޔާން ހިނިއައިސްފައި ބުނެލިއެވެ. ޖޭޒްމީން ވިސްނާލިއެވެ. ތެދެކެވެ. މިވަގުތު އެކަކުވެސް ގޭގަ ނޫޅޭނެއެވެ. ޝުރައިބުއާއި އާކިފްވީ އޮފީހުގައެވެ. ސީމާވީ ހޮސްޕިޓަލްގައެވެ. ޝީޒާވީ ސުކޫލުގައެވެ. ޝުރައިބުގެ އަންހެނުން ރީމާވެސް، ބަލިވެއިނުމާއެކު އޭނާގެ މަންމަގެ ގެޔަށް ދިޔަގޮތަށް އަދިވެސް ވީ އެގޭގައެވެ. މިވީގޮތުން އޭނާ ހަމަ ރަނގަޅަށްވެސް ލަޔާންގެ އަތްދަށުވީއެވެ. ނަމަވެސް އޭނާ ހިތްވަރުދެރައެއް ނުކުރާނެއެވެ. އާކިފް ބުނިފަދައިން އޭނައަކީ އަބަދުވެސް ހިތްވަރުގަދަ ކުއްޖެކެވެ. ކުއްލިއަކަށް ޖޭޒްމީން ލަޔާން ކޮށްޕާލުމަށްފަހު ގޭގެ މައިދޮރާދިމާއަށް ދުއްވައިގަތީ ގެއިން ބޭރަށް ނުކުތުމަށެވެ. ތަޅުގައި ހިފާ އަނބުރާލިއިރު ހުރީ ތަޅުލާފައެވެ. ތަޅުދަނޑި ކޮބާތޯބަލާލިއިރު، ތަޅުގައި އަބަދުވެސް ޖަހާފައި ހުންނަ  ތަޅުދަނޑިއެއް ނެތެވެ.

” ހަމް ތުމް، އެކް ކަމުރޭމޭ ބަންދުހޯ….އޯރު ޗާބީ ކޯޖާއޭ…” ލަޔާން ލަވަކިޔާލަމުން އޭނާގެ އަތުގައި އޮތް ތަޅުދަނޑި ދައްކާލިއެވެ. އެވަގުތު ޖޭޒްމީންއަށް ހަދާނެ ގޮތް ހުސްވިއެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އޭނާ ދުވެފައި ސިޑިން އަރަންފެށީ އޭނާގެ ކޮޓަރިއަށް ދިއުމަށްވުރެ މައްޗަށް ދިޔުން ބުއްދިވެރި ކަމުގައި ހީވާތީއެވެ. ލަޔާންވެސް ބަލާކަށް ނުހުރެ ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ. ޖޭޒްމީން މައްޗަށް އެރުމަށްފަހު ޝީޒާގެ ކޮޓަރިއަށް ވަންނަ ދިމާކޮށްލުމާއެކު ލަޔާން ހަލުވިކަމާއެކު ގޮސް ޖޭޒްމީން ހިފެހެއްޓިއެވެ. އަދި ގަދަކަމުން ޝީޒާގެ ކޮޓަރިއަށް ވައްދައި އެނދުމައްޗަށް ޖޭޒްމީން ކޮށްޕާލިއެވެ.

” ޖޭޒްގާތު ވަރަށް ލޯބިން ވާހަކައެއް ބުނަންތަ؟….އަހަރެންގެ އަތުން އަނިޔާއެއްވާން ބޭނުން ނޫނިއްޔާ މަޑުން އޮވޭ….އެނގެއެއްނު ގަދަކަމުން ކުރަންޏާ ދެންވާނެ ގޮތް…އެހެންނޫނަސް އަހަރެންނާއެކު އެންމެ ފަހަރަކު ކަމެއް ކުރިޔަސް ތިކުއްޖާއަށް ކޮން ގެއްލުމެއްވާނީ….ތިކުއްޖާ ބޭނުމިއްޔާ ރުފިޔާވެސް އަހަރެންދޭނަން…ތަދެއްވެސް ނުކުރާނަން…ޕްރޮމިސް…” ލަޔާން މަސައްކަތްކުރީ ޖޭޒްމީންއަށް ވިސްނަދީގެން އޭނާގެ މަޤުސަދު ހާސިލް ކުރުމުށެވެ. ނަމަވެސް ޖޭޒްމީން ލަޔާން ދައްކާ އެއްވެސް ވާހަކައެއް އަޑުނާހާ ގަދަ ހަދަ ހަދާފައި ރޮމުން ދިޔައެވެ. ލަޔާންގެ ގައިގާ ތަޅައި ދަތްއަޅާ ހަދަން ފެށުމުން ލަޔާންގެ ރުޅިދަގަވެގެން ޖޭޒްމީންގެ މޫނުމަތީގައި ބޮނޑިއެއް އެޅިއެވެ. އެވަގުތު ވީތަދުން ޖޭޒްމީންގެ ހަރަކާތްތައް ހިނދުކޮޅަކަށް ހުއްޓުނެވެ.

” ބުނިންދޯ އޭރުވެސް ގަދަނުހަދާށޭ….އަހަރެން ބޭނުމެއްނޫނޭ އަނިޔާކޮށްގެން ގަދަކަމުން ކުރާކަށް….ޖޭޒް ކަންބޮޑު ނުވެބަލަ!…އެއްވެސް މީހަކަށް ނޭނގޭނޭ…ޕްލީޒް އަހަރެން ބުނާގޮތަކަށް ހަނދާބަލަ!….ކާކުދެކެތަ ބިރުން ތިއުޅެނީ….” ލަޔާން ޖޭޒްމީންގެ މޫނުގައި ފިރުމާލިއެވެ. ޖޭޒްމީން ގަދަ ހަދަ ހަދާހުއްޓައި ލަޔާން މަޑުމަޑުން ޖޭޒްމީންގެ ހަށިގަނޑު އޭނާގެ ބާރުގެދަށަށް ގެނައެވެ.

ހިނިތުންވެހުރެ ގޯތި ތެރެއަށް ވަދެގެން އައި އާކިފްހުރީ ޖޭޒްމީން ދެކިލާހިތުން ކެތްމަދުވެފައެވެ. ގޭތެރެއަށް ވަންނަން ދިމާކޮށްލިއިރު، ދޮރުތަޅުލާފައި ހުރުމުން ހައިރާންވެ ހުރެ، އޭނާގެ ޖީބުންނެގި ތަޅުދަނޑިފަތީގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އާކިފް މިސްރާބުޖެހީ ކާކޮޓަރިއާ ދިމާއަށެވެ. ކާކޮޓަރި ހުސްކޮށް ހުއްޓައި ފެނުމުން ދެން އޭނާ މިސްރާބުޖެހީ ޖޭޒްމީންގެ ކޮޓަރިއަށެވެ. އެތާވެސް ޖޭޒްމީން ނެތުމުން ހައިރާންވެ ހުރެ އޭނާ ވިސްނާލިއެވެ. ގެތަޅުލާފައި ޖޭޒްމީން ފިހާރައަކަށް ގޮސްދާނެ ކަމުގައި ބަލާފައި އާކިފް އޭނާގެ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ސިޑީގެ ވަކިހިސާބަކަށް އެރުނުތަނާ، މަތިން ޖޭޒްމީން ރޯއަޑު އިވެން ފެށުމުން އާކިފް ހަލުވިކަމާއެކު ސިޑިން އެރިއެވެ. އަޑުއަންނަނީ ޝީޒާގެ ކޮޓަރިންނެވެ. ތަޅުގައިހިފާ އަނބުރާލުމާއެކު ފަސޭހަ ކަމާއެކު ދޮރުހުޅުވިއްޖެއެވެ. އެވަގުތު އާކިފްއަށް ފެނުނު މަންޒަރުން ވަގުތުން އޭނާގެ ލޭކެކިގެން ދިޔައެވެ.

” ލަޔާންންން!!” އަޑުގެ ނެތްތަނަށް އާކިފް ހަޅޭއްލަވައި ގަތުމާއެކު، ޖޭޒްމީންގެ ގައިމަތީގައި އޮތް ލަޔާން ސިހިފައި ތެދުވިއެވެ. އާކިފްގެ އަޑުއިވުމުން، ޖޭޒްމީން ލަޔާން ކޮއްޕާލުމަށްފަހު ދުވެފައި އައިސް އާކިފްގެ ގައިގާ އޮޅުލައި ގަތެވެ. ލަޔާންއަށް އާކިފް ފެނިފައި ލިބުނު ސިހުމުން ހުރިތަނުން ގުޑާލަންވެސް ނޭނގިފައި ހުރެވުނީއެވެ.

އާކިފްގެ ގައިގާ ބައްދައިގެން ހުރެ ޖޭޒްމީން ބާރަށް ރޮމުން ދިޔައިރު، ބިރުންގޮސް މުޅިކުއްޖާ ރޫރޫ އަޅައެވެ. ހުރީވެސް ދާހިއްލާ ފޯވެފައެވެ. ލަޔާން އޭނާގެ ގައިގާ ގަދަކަމުން ހިފެއްޓި ތަންތަނުން ދިލަނަގަމުން ދިޔައެވެ. ޖޭޒްމީންގެ ހާލުފެނުމާއެކު އާކިފްގެ ރުޅި އިންތިހާއަށް ގަދަވިއެވެ. ޖޭޒްމީންގެ ބޮލުގައި ފިރުމާލުމަށްފަހު މަޑުމަޑުން އޭނާ ގަޔާދުރުކޮށްލަމުން ލަޔާންއަށް ބަލާލިއިރު އެދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. އޭރު ލަޔާން ހުރީ ހަދާނެ ގޮތްބޮޑުވެފައެވެ. އާކިފް ދޮރުމަތީ ހުރުމުން އެތަނުން ނުކުމެގެން ދެވޭނެ ގޮތެއްވެސް ނެތުމުން އާކިފްއާ ކުރިމަތިލުން ނޫންގޮތެއް އޭނާއަކަށް ނެތެވެ.

” ކަލޭ ކީކޭތަ ހީކުރަނީ…އޭނ؟…..ކަލޭ ކޮންހައްޤަކާ ލައިގެން މަގޭ ޖޭޒްގެ އިއްޒަތަށް އަރައިގަތީ…..ބުނެބަލަ!….ހުރި ގޮތްކުޑަކަން…..މިއަދުމީ ކަލޭގެ އެންމެ ފަހުދުވަސް…” އާކިފް ހަޅޭއްލަވަމުން އައިސް އެޔެއް މިއެއް ނުބައި ލަޔާންގެ ގައިގާ ތަޅައިގަތެވެ. ލަޔާންއަށް އޭނާގެ ދިފާއުގައި އަތް ހިއްލާލެވުނީވެސް އާކިފް އޭނާގެ މޫނުގައި ދެތިން ބޮނޑި އެޅިފަހުނެވެ.

” އާކިފް އަޑުއަހާބަލަ! އަހަރެން…އާހް!!” ލަޔާން ވާހަކަ ދައްކަ ދައްކާ ހުއްޓާ އާކިފް އަނެއްކާވެސް ލަޔާންގެ މޫނުގައި ބޮނޑިއެއް އެޅިއެވެ. އާކިފް ރުޅިއައިސްފައިވަނީ ފަސޭހައިން މަޑުވާ ވަރަށްވުރެ ގަދަޔަށެވެ. ލަޔާންގެ ޓީޝާގެ ކަރުވަޅުގައި ހިފާ ދަމަމުން ކޮޓަރިން ބޭރަށް ނުކުމެ ސިޑިއާ ދިމާއަށް ކޮއްޕާލުމާއެކު ލަޔާން އެގޮތް މިގޮތަށް ފުރޮޅެމުން ސިޑިން ވެއްޓުނެވެ. އެމަންޒަރު ފެނިފައި ޖޭޒްމީންއަށް އޭނާގެ އަނގަމަތީ އަތްއަޅާލެވުނެވެ. އާކިފް ދުވެފައި ސިޑިން ފޭބިގޮތަށް، ސިޑިބުޑުގައި ގުޑާނުލެވިފައި އޮތް ލަޔާން ނަގާ ކޮޅަށް ޖެހިއެވެ.

” ގޮތްކުޑަ އިބިލީސް…ކަލޭގެ ކަރުހިއްކުން ފިލުވަން ޖޭޒްނޫން މީހެއް ނުލިބުނީތަ މިއޮއްބޮޑު މާލޭން….ޖޭޒް އެއީ އަޅާލާނެ މީހަކުނެތް ނިކަމެއްޗެއް ކަމަށްތަ ހީކުރީ….ކަލޭބޭނުން ކޮންމެއިރަކު ބޭނުން ގޮތަކަށް ކުޅެލެވޭނެ ކުޅޭއެއްޗެއް ކަމަށްދޯ ހީކުރީ….ކަލެއަށް އެނގޭތަ އެއީކާކުކަން….އެއީ މަގޭ އަންހެނުން….އެނގިއްޖެތަ؟….މަގޭ ހައްޤަކަށް ކަލޭ އަރައިގަތީ ކީކޭ ހިތަށް އަރައިގެންތަ؟..އޭނ؟” އާކިފް ބުނި އެއްޗަކުން ހައިރާންވީ ވަރުން، ވިސްނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އާކިފް ލަޔާންގެ ކަރުގައި ހިފާބާރުކޮށްލިއެވެ. ލަޔާން ވަރަށް އުނދަގުލުން އާކިފްގެ އަތްނައްޓާލުމާއެކީ އަނެއްކާވެސް އަކިފް ލަޔާންއަށް ހަމަލާދިނެވެ. އާކިފްގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ބަނޑުހައިވެފައިވާ ސިންގާއެއް އޭގެ ޝިކާރައަށް ހަލާދޭހެންނެވެ. ލަޔާންވެސް އޭނާގެ ދިފާއުގައި އާކިފްއަށް ހަމަލާދީ ދެމީހުން ރަނގަޅަށް ހިފައިތެވެ. ލަޔާންއަށްވުރެ އާކިފް ހަށިގަނޑުން ބޮޑުވެ، ބާރުވެސް ގަދައެވެ. އެހެންކަމުން އިސާހިތަކު ލަޔާންއޮތީ އަނގަވަތަށް މުށިތަކުމަތީގައެވެ. އާކިފް ލަޔާންއަށް ގުޑިވެސް ނުލެވޭހެން، ލަޔާންގެ ބުރަކަށީގައި ކަކޫވިއްދައި ލަޔާންގެ ދެއަތް ފުރަގަހަށް ގެނެސް ހިފެހެއްޓިއެވެ.

” ކަލޭގެ މިމުޑުދާރު އަތުންނެއްނު އަހަރެންގެ ޖޭޒްގެ ގައިގާ އަތްލީ…މިއަތުން ދެން ދުވަހަކުވެސް އަންހެނެއްގެ ގައިގާ އަތްނުލެވޭ ވަރު ކުރާނަން….ކަލޭގެ ކަންތައް މިހިސާބުން ނިންމާލާނަން….ކަލޭމަރާލާފަ މިއަދު ހުއްޓާލާނީ…..” އާކިފް ލަޔާންގެ އަތް އަނބުރާލިގޮތުން ތަދުވެގެން ލަޔާންއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައި ގަނެވުނެވެ. އެވަގުތު ގޯތިތެރެއަށް ވަދެގެން އައި ޝުޢައިބުއާއި ލީނާއަށް ދުވެފައި ގޭތެރެއަށް ވަދެވުނެވެ. އާކިފް ލަޔާންގެ ގައިގާ ހިފައިގަނެގެން އުޅޭތަން ފެނުމުން ހައިރާންވެ ވާނުވާ  ނޭނގިފައި އިރުކޮޅަކު ތިބެވުނެވެ.

” އޯ ގޯޑް….ތިއްތީ ކިހިނެއްވެގެންތަ މިއުޅެނީ….” ޝުއައިބު ދުވެފައި ގޮސް އާކިފް ދުރުކުރަން އުޅުނެވެ. އޭރު ލަޔާންގެ ތުންފަތްފެޅިގެން ލޭއާދެއެވެ. ޝުއައިބު ވަރަށް އުނދަގުލުން އާކިފް ދުރުކުރުމާއެކު ލަޔާން އަތުގައި ފިރުމަމުން މަޑުމަޑުން ތެދުވެ އިށީނެވެ. ލީނާވެސް އައިސް ލަޔާންގެ ގާތުގައި އިށީދެ އަތުގައި ހިފާލިއެވެ.

” މި މުޑުދާރު ފިރިހެނާ ޖޭޒްގެ އިތްފަތްތެރިކަމަށް އަރައިގަތީ….ގޭގަ އެއްވެސް މީހަކު ނޫޅޭ ގަޑިބަލާފަ މިނުބައި ނުލަފާ ޝައިތޯނު ޖޭޒްއާ ދިމާކޮށްލީ…ނަސީބު ރަނގަޅުކަމުން އަހަރެންނަށް ވަގުތުއޮއްވާ އާދެވުނީ….ހަމަ ރަނގަޅަށް މިބުނީ….މިއަދު މީނަގެ ކަންތައް ނިންމާލާނަން…” އާކިފް ޝުއައިބުގެ އަތްދަށުން ދެމިގަނެގެން ގޮސް އަނެއްކާވެސް ލަޔާންއަށް ހަމަލާދިނެވެ. އާކިފް އެހަމަލާއިން ލަޔާންގެ ނޭފަތުންވެސް ލޭއަންނަން ފެށިއެވެ. ލީނާ ރޮއެގެންފައި އާކިފްގެ މަގަށް ހުރަސްއަޅާ ލަޔާން ދިފާއުކުރިއެވެ.

” ތިއްތީ ހަމަޖެހިބަލަ؟…ރުޅިމަޑުކޮށްބަލަ!…ޕްލީޒް” ޝުއައިބު އަނެއްކާވެސް އާކިފް ހިފެހެއްޓިއެވެ. އާކިފްއަށް ހުރީ މާނޭވާ ލެވިފައެވެ. އަދިވެސް އޭނާގެ ރުޅި މަޑެއްނުވެއެވެ.

” އެއީ ތެދެއްތަ ލަޔާން….” ޝުޢައިބު ލަޔާންއާ ދިމާއަށް އެނބުރެމުން ސުވާލުކޮށްލިއެވެ. ލަޔާން ބަހެއް ނުބުނެ ޝުއައިބުއަށް ބަލަން އިނެވެ. އެވަގުތު  ސިޑި ކައިރީގައި ރޮވިފައި ހުރި ޖޭޒްމީން ފެނިފައި ލީނާގެ ރުޅިގަދަވިއެވެ. އަދި ފުންމައިގެން ތެދުވެ، ޖޭޒްމީންގެ ގާތަށް ދިޔައެވެ.

“ލަޔާން ބުންޏަސް ނުބުންޏަސް މަށަށް އެނގޭ މިއީ މިނުލަފާ ޑައިނުގެ ކަންތައްކަން…ތާކުން ފިރިހެނެއް ނުފެނިފަ ހުންނަ އަންހެނެއް މީ….އާކިފްގެ ފަހަތުން އުޅެއުޅެފަ މިހާރު ލަޔާންގެ ފަހަތުން އެއުޅެނީ…ހުރިގޮތަށްހުރި ގޮތްކުޑަ ނާސިއެއް މިއީ…” ޖޭޒްމީންގެ އިސްތަށިގަނޑުގައި ހިފާ ލަތްކެއް ޖަހަމުން ލީނާ ހަޅޭއްލަވައިގަތެވެ.

” ލީނާ!…ޚަބަރުދާރު އިތުރަށް އެންމެ ލަފްޒެއް ޖޭޒްއާ ޚިލާފަށް ބުންޏަސް ނިމުނީ….” އާކިފް ދިޔަގޮތަށް ގޮސް ލީނާގެ އަތުގައި ހިފައި ލަތްކެއް ޖަހަމުން ސޯފާއާ ދިމާއަށް ހޫރާލިއެވެ. އެވަގުތު ލީނާ ނުވެއްޓި ސަލާމަތްވީ ޝުއައިބު ހިފެހެއްޓިކަމުންނެވެ. ލީނާއަށް ލިބުނު ސިހުމުގައި ދެލޯބޮޑުވެފައި އާކިފްއަށް ބަލަން ހުރެވުނެވެ.

” ކަލެޔާ ކަލޭގެ ކޮއްކޮ ކަހަލަ ގޮތްކުޑަމީހުންނެއް ނޫނޭ އެންމެންނަކީ…..ކަލޭތިއުޅެނީ ގޮތްކުޑަވެގެން، ލޯބިނުވެޔޭ ބުނީމަވެސް އަހަރެންގެ ފަހަތުން ނެއްޓެއް ނޭނގިގެން….ބަލަ ޖޭޒްއަށް އަހަރެންގެ މައްޗަށް ހުރިހާ ހައްޤެއް ލިބިގެންވޭ….އެއީ އަހަރެންގެ ހަލާލު އަނބިމީހާ….އެނގިއްޖެތަ؟ އަޑުއިވިއްޖެތަ؟…ކަލޭ ކޮއްކޮޔާ ކަލެއާ ދެމީހުން ހަމަ މިހާރު މިތަނުން ނުކުމޭ….އަދި މީގެފަހުން އަހަރެން ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ….އެހެންނޫނީ ނަތީޖާ މިޔަށްވުރެ ހިތިވާނެ” އާކިފް ހަރުކަށި އިންޒާރެއް ދިނުމަށްފަހު މަޑުވެސް ކޮށްނުލައި ޖޭޒްމީންގެ އަތުގައި ހިފައިގެން މައްޗަށް ދިޔައެވެ.

އާކިފްގެ ބަސްތަށް އަޑުއިވިފައި ހުރިދިމާ ސޯފާމައްޗަށް ލީނާއަށް ތިރިވެވުނެވެ. އާކިފްގެ ވާހަކައިން ހައިރާންވެ ހުރެ، ޝުއައިބު އައިސް ލާނާގެ ގާތުގައި އިށީންއިރުވެސް ލީނާ ހަރަކާތް ހުސްވެފައި އެއިން ގޮތަށް އިނެވެ. ލިބުނު ޚަބަރުން އޭނާގެ ސިކުނޑިވެސް ގަނޑުވެފައިވާ ކަހަލައެވެ. ޝުއައިބުވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލަޔާން އުނދަގުލުން ތެދުވެ، ގައިގެ އެތަން މިތަނުގައި ފިރުމަމުން އެގެއިން ނުކުތެވެ. ލީނާ އަދިވެސް އެއިން ގޮތަށް އިނީއެވެ.

” އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް….ވިސްނާނެ އެއްޗެއްވެސް….ތިއްތި ޖޭޒްއާ މެރީކުރީ ކޮންއިރަކުބާއޭ މިހިތަށް އަރަނީ…” ވިސްނުމެއްގައި އިނދެ ޝުއައިބު ވާހަކަ ދެއްކިއެވެ.

“ލީ….އޭތް…ދެން އެކަމާ ނުވިސްނަބަލަ!…ހިނގާ ގެޔަށްދާން..” ލީނާ ހިމޭންވެފައި އިންތަން ފެނުމުން ކަންބޮޑުވެފައި ޝުއައިބުއަށް ބުނެވުނެވެ. ޝުއައިބު ލީނާގެ ގައިގާ އަތްލުމާއެކު، ޝުއައިބުގެ ގައިގާ އޮޅުލައިގެންފައި ލީނާ ރޮއެގަތެވެ. އޭނާގެ ހިތްވަނީ ކުދިކުދި ވެފައެވެ.

ޝުއައިބު އެކިގޮތް ގޮތުން ލީނާއަށް ނަސޭހަތްދީގެން ލީނާގޮވައިގެން އޭނާގެ ގެޔަށް ދިޔައެވެ. އާކިފްގެ އެނދުގައި އޮށޯވެލައިގެން ތިބި ޖޭޒްމީންއާއި އާކިފްވެސް ތިބީ  ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ހިނގާދިޔަ ކަންތަކާމެދު ޖޭޒްމީންވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. އާކިފްވެސް ވިސްނަމުން ދިޔައީ އެކަމާއެވެ. އޭނާގެ ކައިވެނީގެ ސިއްރު އެހާމަވެގެން ދިޔައީ އެކަން އެނގުން އެންމެ އެކަށީގެން ނުވާމީހުންގެ ކުރިމަތީގައެވެ. އޭގެ ސަބަބުން ދެން ކަންތައް ވެދާނެ ގޮތަކާމެދު އޭނާ ކަންބޮޑުވެއެވެ.

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

You may also like...

50 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. v foohitha maazeege bai…aammukoh kudhin foohivaane maazee kiyan…kuriyah oiy 2episodes heevanee maazee nimeynehen…hope u guys r enjoying well….

    ⚠Report!
  2. Alhe haadha kurey shine…… Ekam varah reethi….. Mirey adhi eh part beynun N konme dhuvahaku ves up kohdheythi plx……. Shine thee hama best ingey

    ⚠Report!
    1. he he he maazee hama ehaa foohitha…aslu shine miulheny adhives balikoh…..miadhuves beyskaigen miulheny….still not feeling well…ekamves thikudhin inthizaaruga thibeynethee mi part liyelee….dhen huri part thahves liyevunu varakun up kuraanan….

      ⚠Report!
  3. Stry is awesome shine ☺☺☺ and I don’t find tha past boring rather I find it very intesting 😍😍😍
    BTW get well soon shine ❤❤❤
    Waiting fr the nxt prt

    ⚠Report!
  4. Nooney maazee foohseh noon.. Maazee v interesting… V kiyaa hithun mi kiyany… Dhn konirakun aneh part up kohdheyny… V rythi mi part. Gws shine..

    ⚠Report!
  5. Maazee ves varah interesting…ekam thankolheh kuruhen heevanee… varah kiyahithun hutta mi nimuny… kiyaa hiy vefa hurileh bodukamun kanneyge, emme dhethin folhuvaiy kiyununhen heevee…شفاك الله ❤❤❤❤❤❤❤  

    ⚠Report!
  6. Maaxee kiyan foohseh nuvey.. Ekam vaa gothaky maaxee thankolheh dhigu vyma, mihaaru ge bai feshunyma faadakah vaanuvaa ga… Eyrun handhaan hunnaany maaxee ge bai bodah… And mi part ves v salhi Ingey…. Thankolheh avahah up kohdhyba dhww..

    ⚠Report!
  7. Shine shine shine you r the best… story v v reethi… kiyaahithun indhaa nimyny.. next part up koh dheeba as soon as possible. 🙂 :* 🙂

    ⚠Report!
  8. mi hama liyanee..insha allah maadhama hendhunu aa episodeh thikudhin nah kiyaalan libeyvaru kohdheveytho miulheny….

    ⚠Report!
    1. Thank yuhhhhhhhhhh shine…. You are the best… Shine thee teacher eh tha??? I am just gesssinggggg ok… M i correct shine… Plxxx reply… I love ur stories
      Speacially moya hiy magey

      ⚠Report!
  9. ވާއު ޝައިން… ވަރަށް ފުރިހަމަ މިބައިވެސް… މާޒީ ކިޔަން ކުޑަކޮށްވެސް ފޫއްސެއް ނުވޭ… ނަސީބެއްނު އާކިފްއަށް އާދެވުނުކަން… ނޫންނަމަ ޖޭޒްއަށް ހާދަ ދެރަ ގޮތެކޭ ދޯ ވާނީ… ނެކްސްޓް ޕާޓަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… ނެކްސްޓް ޕާޓްވެސް އަވަހަށް އަޕްކޮށްލަދެއްޗޭ… އަދިވެސް އެއްފަހަރު ޝައިންއަށް ވަރަށް އަވަސް ޝިފާއަކަށް އެދެން

    ⚠Report!
    1. ހޫމް.. ސާންޑީއަކީ ބޯއީއެކޭ.. ސާންޑިގެ ހާލު ހަމަ ރަނގަޅު

      ⚠Report!
  10. Wow! Amazing. I just want to say you are my favourit best writer.love you more😚😍❤❤❤..keep it up. Get well soon loabi. Nubai loa thakuge esfeenaa in shine rahkaa theri kurah vaa faan dheyve. Aameen.

    ⚠Report!
  11. Dharifulhaa dhoonyaa dhytha haadha varakah balaafeemey dhytha mihaaru varubali vejje dhoonyaa avhah avaahakaage aneh bai genes dheebila dhoonigadaa haadhahaa vaareechey vaahaka dhythage lolah nidhives aadhey kiyaahithun akamaku reechey hama sahaadheh dheloafulh dhoonyaa

    ⚠Report!
  12. Shine khon iraku up kohla dheynee. Baeh story thakuga Maazee genes dheefa hunna gothun foohi vaa goi vanee. Mi story ga Maazee vara salhi. V interesting hama.

    ⚠Report!

Leave a Reply

Your email address will not be published.