އަސަރު 30

- by - 3- July 26, 2016

“ވަޓް؟ އެކަމު ޝިކްއެއް ނުބުނެ…. އަހަރެން ހީކުރީ ޝިކްވެސް ބޭނުންވެގެން ކަމަށް އެކައިވެނި ކުރަނީ….” އަހުސަން އެހެން ބުނުމަށްފަހު ބާރުބާރަށް އޭނާގެ ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ލިވާން ވެސް ދާން ފެށިއެވެ.

“އަހުސަން…! ކޮންތާކަށް ތި ދަނީ؟” ލިވާން ފަހަތުން އަހުސަންގެ ކޮނޑުގައި ހިފާލަމުން އަހާލިއެވެ. ކުއްލިއަކަށް އަހުސަން ދާން ހިނގައިގަތުމުންް އޭނާގެ ހިތުގައި ސުވާލުމާކުތަކެއް ކުރެހިގެން ދިއައެވެ.

“ޝިކާ ގާތަށް….” އަހުސަން ހުއްޓިލަމުން ބުނެލިއެވެ.

“އެކަމު ޝިކާ ގާތަށް ގޮސްގެން މިހާރު ވާނެ ފައިދާއެއް އެބޮތްތަ؟ ޝިކާ އަކީ މިހާރު މީހެއްގެ އަންބެކޭ…..” ލިވާންގެ މިބަސްތަކުން އަހުސަން މުޅިން މަޑުޖެހުނެވެ.

“ތިބުނީ ތެދެއް….. މިހާރު ވާނެ ފައިދާއެއް ނޯންނާނެ…..” އަހުސަން ލިވާން އާ ދިމާއަށް އެނބުރެމުން އެހެން ބުނެލީ މަޑުމަޑުންނެވެ. “އެންމެ ފަހުން ޝިކާ ފެނުނު ދުވަހު…. ” މިހާ ހިސާބަށް ބުނެވުނު ތަނާ އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ލިވާން އަހުސަންގެ ކޮނޑުގައި އަތް އަޅާލީ ހިތްވަރުކުރާށޭ ބުނާ ފަދައިންނެވެ.

“އެ ދުވަހު އަަހަރެން ޝިކާ އާ ބައްދަލުކުރީ ކީއްވެކަން އިނގޭތަ؟ އަހަރެން އެދުވަހު ޝިކާގެ އެކްސް އާ ބައްދަލުކުރިން….. އެއީ ކާކުކަން ލިވާން އަށް އެނގޭތަ؟ އެއީ ގްރީން ބަބުލް ގެ ބޮޑުމީހާ…. އަހުމަދު ތާމިން ….. އޭނާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިނޭ…. އޭނާ… އޭނާ ކިޔައިދިން އެދެމީހުން ވަކިވި ސަބަބު ވެސް….. އެދެމީހުން ވަކިވީ އެކަކު އަނެކަކު ދެކެ ލޯބިނުވާތީކީ ނޫން…. ޝިކް އަދިވެސް ލޯބިވޭ ތާމިން ދެކެ….. އަހަރެން އެދުވަހު ތާމިން ގާތު ބުނިން ޝިކް އަށް ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ…. އަހަރެން އެދުވަހު އައީ ޝިކްއަށް ޝިކްގެ ލޯބި ހޯދައިދޭން ވެގެން….. އެކަމަކު….. އޭނާ އަހަރެން ދައްކަން ހުރި ވާހަކަ ވެސް އަޑުނާހާ ދިއައީ.،…” އަހުސަން އުނދަގުލާއެކު އޭނާގެ ހިތުގައިވާ އިހުސާސްތަށް ލިވާންގެ ކުރިމަތީގައި ބޭރުކުރަމުން ދިއައެވެ. އެހުރިހާ ވާހަކައެއް ކަނުލައި އަޑުއަހަން ލިވާން ހުއްޓެވެ.

“އަހަރެން އެދުވަހު އައީ ޝިކް އަށް ޝިކްގެ ލޯބި ހޯދައިދޭން…. އަހަރެންނަށް ޝިކް ނުލިބުނަސް އަހަންނަށް ހެޔޮ….. އަަހަރެން ބޭނުމީ އޭނަ އުފަލުގައި ހުންނަން…… އަހަރެންނަށް ޝިކް އެ ކައިވެނި ކުރަން އުޅުނީ ލޯބިނުވާ މީހަކާ ކަން އެނގުނު ނަމަ އެކަން ވިޔަކަ ނުދިނީސް…. އެކަމު………” މިހާ ހިސާބަށް ބުނެވުމާއެކު އަހުސަން އަށް ގިސްލެވެން ފެށިއެވެ. ކައިރީގައި ހުރި ފާރުބުރިމަތީގައި އޭނާ އިށީންދެ ދެއަތުން މޫނުގައި އަތް އެޅިއެވެ. ލިވާން އޭނާގެ ކައިރީގައި އިށީންދެ ބުރަކަށީގައި ފިރުމާލިއެވެ.

“އަހަރެން ބޭނުން ޝިކާއަށް އޭނާގެ ލޯބި ހޯދައިދޭން…. ލިވާން… އަހަންނަށް އެހީވާނަން ދޯ؟” އަހުސަން ކުޑަކޮށް ހަމައަކަށް އެޅުމާއެކު ލިވާން ގާތު އަހާލިއެވެ. ލިވާން އެވަގުތު ބޯ ޖަހާލިއެވެ. އޭނާއަށް އަހުސަންގެ ހިތުގެ އިހުސާސްތަށް އެންމެ ފުރިހަމައަށް އެނގޭ ކަހަލައެވެ.

****

ރައުލް އާ އެކު ކޮޓަރިއަށް ވަތްއިރު ޝިކާގެ ހިތް ބާރުބާރަށް ތެޅެމުން ގެންދިއައެވެ. އޭރުވެސް އެދެމީހުންގެ ދެމެދުގައި އުފެދިފައިވަނީ ބީރައްޓެހިކަމެވެ. ޝިކާ ވަދެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ރަތް ފިނިފެންމަލުގެ ފިޔައިން މުޅި އެނދުމަތީގައި ރީތި ޑިޒައިނެއް އަޅާލެވިފައި ވާއިރު އޭސީގެ ފިނި މުޅިތަނަށް ފެތުރިފައި ވިއެވެ. ރައުލް އެއްވެސް ބަހެއް ނުބުނެ އެތެރެއަށް ވަނުމަށްފަހު ގަމީސް ބާލަން ފެށިއެވެ. ޝިކާ ވެސް ގޮސް މަޑުމަޑުން އެނދުގައި އިށީނީ ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ދެފައިގައި ރިއްސާތީއެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ބޭލުމަށްފަހު ރައުލް މިސްރާބު ޖެހީ ފާހާނާއާ ދިމާއަށެވެ. އިރުކޮޅެއް ފަހުން އޭނާ ނިކުތް އިރު ހުރީ ހަމައެކަނި ކުރި ސޯޓުބުރިއެއް ލައިގެންނެވެ. ޝިކާއަށް އެވަގުތު އޭނައާ ދިމާއަށް ބަލާލެވުނެވެ. އެއާއެކު ރައުލް ލާނެތް ގޮތަކަށް ހީލިއެވެ. ޝިކާ ގާތަށް އެވަގުތު ރުޅިއައެވެ. ރައުލް ހީކުރަނީ ކީކޭ ހެއްޔެވެ؟ ރައުލް ބޭނުންވަނީ އޭނާ ލަދު ގަންނަވަން ހެއްޔެވެ؟

ޝިކާ ވައިސޫރިއެއްހެން އެވަގުތު ފާހާނާއަށް ވަދެގެން ދިއައެވެ. ދޮރު ލެއްޕުމަށްފަހު އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ވެސް ވަކި ރައުލް އަކަށް ދުލެއް ނުކުރާނެއެވެ. ރައުލް އޭނާ ލަދުގަންނަވަން މަސައްކަތްކުރަންޏާ އޭނާ ވެސް ރައުލް ލަދުގަންނަވާލާނެއެވެ. އޭނާ އެއްގޮތަކަށް ވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ.

ފާހާނާއިން ނިކުތް ޝިކާއާ ދިމާއަށް އެނދުގެ އެއްފަރާތެއްގައި އޮވެލައިގެން އޮތް ރައުލް ބަލާލިއެވެ. ނޫކުލައިގެ އަތް ކުރު ޓީޝާޓަކާ އެކު ދަނބުކުލައިގެ މާޖެހި ހަރަވާޅުގައި އެކުއްޖާ ފެންނަލެއް ވަރަށް ލޯތްބެވެ. ފައިތިލައަށް އަރާވަރުގެ ހެދުމާއި ޝޯލް އަޅާފައި ހުންނަ ޝިކާއާ ކުރިމަތިން ފެންނަން ހުރި ޝިކާ އާ ހާސް ބައި ތަފާތެވެ. ރައުލް ބަލަހައްޓައިގެން ހުރުމުން ތުން އަނބުރާލުމަށްފަހު އޭނާ އައިސް ހަރުގަނޑުގައި ތުވާލި އަޅުވާލިއެވެ. މިމަންޒަރު ފެނުމުން ރައުލް ގާތަށް ހިނިއައެވެ. އަންހެން ކުއްޖަކު މިހާ ‘ގަޓު’ ވެފައި އުޅޭތަން އޭނާއަށް މިފެނުނީ އަދި އަލަށެވެ.

ޝިކާ ހަމަޖެހިލައިގެން އައިސް ރައުލް އޮށޯވެގެން އޮތް ކިންގް ސައިޒް އެނދުގެ އަނެއް ފަރާތުގައި ރައުލް އަށް ފުރަގަސްދީގެން އޮވެލިއެވެ. އޭނާ މިކުރަނީ ގޯސް ކަމެއް ނޫނެވެ. އެއީ މިހާރު އޭނާގެ ފިރިމީހާއެވެ. ފިރިމީހާ ކުރިމަތީގައި އައުރަ ހާމަކުރުމަކީ ގޯސްކަމެއް ނޫނެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެމުން ގެންދިއައެވެ.

“ހެހެ… ހާދަ ރުޅިއައިސްފަ؟ އެންގްރީ ބާޑް އެއް ދޯ ތީ؟” ޝިކާ އަނެއް ފަރާތަށް އެނބުރުމުން މަޖާވެފައި ރައުލް އަހާލިއެވެ. މިއީ ރައުލް ޝިކާ އާ ވާހަކަ ދެެއްކި ފުރަތަމަ ފަހަރެވެ. ރައުލް އެހެން ބުނުމުން ޝިކާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހަމަ އެ އޮތް ގޮތަށް އޮތީއެވެ.

“ވާހަކައެއް ބުނަން ބޭނުން….. މަ ތި ކުއްޖާއަކަށް އެއްވެސް ކަމެއް ނުކުރާނަން… އިނގިލިކުރި ވެސް ނުޖައްސާލާނަން ތިކުއްޖާ ގައިގައެއް ދުވަހަކުވެސް …. އައި ޕްރޮމިސް….” ރައުލް ސީރިއަސްވެފައި އެހެން ބުނުމުން ޝިކާ ރައުލް އާ ވީ ފަރާތަށް އެނބުރުނެވެ. އަދި ރައުލް އާ ދިމާއަށް ބަލަން ފެށީ އެވާހަކަ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ. އެއީ އެހެން ފިރިހެނެއްނަމަ އެ ދަނޑިވަޅުގެ ފައިދާ ރަނގަޅަށް ހިފީސްކަން ޔަޤީނެވެ. ނަމަވެސް ރައުލް މީ ކޮންކަހަލަ މީހެއް ހެއްޔެވެ؟

“ކީއްވެ ދެލޯ ބޮޑުކޮށްގެން ތި ބަލަނީ؟ އަހަރެން ދޮގެެއް ނަހަދަމޭ….” ރައުލް އަނެއްކާވެސް އެހެން ބުނެލީ ސަމާސާ ރާގެއްގައެވެ. އެއާއެކު ޝިކާ އަވަސް އަވަހަށް އިސްޖެހިއެވެ.

“އަސްލު މިވާހަކަ މެރީ ކުރުމުގެ ކުރިން ބުނަންވެގެން އުޅުނީ… އެކަމު މަންމަމެން މާ އަވަސް އަރުވާލައިގެން އުޅުނީމަ ނުބުނެވުނީ…. އަހަރެން އިނގިލިކުރިވެސް ޖައްސާލާނީ އަހަރެން ލޯބިވާ މީހެއްގެ ގައިގަ…. އަހަންނާ އެކު އުޅެން ހިތްހަމަ ނުޖެހޭނަމަ މިނިވަންކޮއްދޭނަން…” ރައުލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ޝިކާ ހިތަށް އަރަމުން ދިއައެވެ. އޭނާ ރައުލް އާ އިނީ މަންމަމެންގެ އެދުމަކަށެވެ. ކޮންމެ ފަދަ ހާލެއްގައިވެސް މައިންބަފައިންގެ އެދުމަށް ރައުލް އާ އެކު އުޅޭނެއެވެ.

“އަސްލު ބުނަންތަ ސީކްރެޓެއް؟ އަހަރެންނަށް އަދި އެއްވެސް ގާލް އެއް ދެކެ ލޯތްބެއް ނުވެވޭ….” ރައުލް އެހެން ބުނުމުން ޝިކާ އަނެއްކާވެސް ރައުލްއަށް ބަލާލިއެވެ.

“ބައެއް ފަހަރު ހިތަށް އަރާ ލިވާން ބުނިގޮތަށް އަހަރެން އަސްލަށްވެސް ގޭ އީ ބާއޭ؟” ރައުލް ދަތްދޮޅީގައި އަތްވިއްދާލަމުން އެހެން ބުނެލިގޮތުން ޝިކާ ގާތަށް ހިނިއައެވެ. އެއާއެކު ރައުލް ވެސް ހޭން ފެށިއެވެ.

****

ހެނދުނުގެ ވަގުތެވެ. ޝިކާ ސާރާއެކު އުޅުނީ ރޮށި ފިހުމުގެ މަސައްކަތުގައެވެ. ސާރާ އާއި ޝިކާގެ ގުޅުން ބަދަހިވަމުން ދިއައީ ހީކުރިވަރަށް ވުރެ އަވަށެވެ. ސާރާގެ އެހުންނަ އެކުވެރި، ސަމާސާ މިޒާޖުގެ ސަބަބުން ޝިކާގެ ހިތުގައި ސާރާއަށްޓަކާ ޚާއްސަ މަޤާމެއް އުފެދުނެވެ. ރައުލްގެ ވެސް އެހުންނަނީ ސާރާގެ އެ ސަކަ މިޒާޖޭ އޭނާގެ ހިތަށް އެރިއެވެ.

އިރުކޮޅެއް ފަހުން ރަނާ ވެސް އެތަނަށް އަތުވެއްޖެއެވެ. އޭނާ އަވަސް އަރުވާލާފައި ކިރުދަޅު ނަގައިގެން ބުއް ތައްޓެއް ގިރަން ފެށިއެވެ.

“ރަނާ އަދިވެސް ބުއް ތަށި ބޮންތަ؟” ޝިކާ ސަމާސާ ރާގެއްގައި ރަނާ ގާތު އަހާލިއެވެ. އެއާއެކު ރަނާ ދެލޯ ބޮޑުކޮށްފައި ބަލަންފެށީ ސާރާއަށެވެ. ސާރާވެސް ރަނާއަށް ބަލަން ހުރި ގޮތުން އެދެމައިން ކޮންމެވެސް ކަމެއް ސިއްރުކުރާކަން ޝިކާއަށް ނަގައިގަނެވުނެވެ. އިތުރު އެއްޗެކޭ ނުބުނެ ރަނާ އަވަސް އަވަހަށް ކިރުތަށި ގިރާލުމަށްފަހު މޭޒުގެ އެއްކައިރިއެއްގައި ބެހެއްޓިއެވެ. އަދި ނުލާހިކު އަވަހަށް ބިސްގަނޑެއް ވެސް އަޅާލާފިއެެވެ. ރަނާގެ ހަރަކާތްތަކަށް ބަލަން ޝިކާ ހުއްޓެވެ.

އިރުކޮޅެއްފަހުން ގޭތެރެއިން ނިކުމެގެން އައީ ކުރިންވެސް އެގެއިން ޝިކާއަށް ފެނުނު އަންހެން ކުއްޖާއެވެ. އެކުއްޖާ މިފަހަރުވެސް ހުރީ ހުދު ޔުނީފޯމް ލައި އިސްތަށިގަނޑު ގަތާފައެވެ. ކުރިންވެސް އަޅުވާލެވިފައިވާ ފިޔާތޮށި ކުލައިގެ ދަބަސް އޭނާގެ އެއްކޮނޑަށް ވާގޮތަށް އަޅުވާލާފައި އޮތެވެ. އެކުއްޖާ އައިސް އެއްވެސް މީހަކަށް ބަލާލުމެއް ނެތި ކިރުތަށިން އެއްބައި ބޯލުމަށްފަހު ބިސްގަނޑުންވެސް ކައިލީ އެއްފަޅިއެވެ. އެއަށްފަހު ފެންފޮދެއް ބޯލަމުން ބޭރަށް ދިއުމަށް ހިނގައިގަތީ ވައްކަޅިން ޝިކާއަށް ބަލާލުމަށްފަހުގައެވެ. ޝިކާ އެކުއްޖާއަށް ބަލަން ހުއްޓެވެ. އޭނާ ދަންނަ ކޮންމެވެސް މީހަކާ އެކުއްޖާ ވައްތަރުކަން ޔަޤީނެވެ. ނަމަވެސް ކާކާ ހެއްޔެވެ؟ އިރުކޮޅަކުން ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ރީނާ ވެސް ކޮޓަރިން ނިކުމެ އެކުއްޖާގެ ފަހަތުން ހިނގައިގަތެވެ. ދަމުން އޭނާ ޝިކާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

“މަންމާ….އެއީ ކޮން ކުއްޖެއްތަ؟ އެންމެ ފުރަތަމަ މިގެއަށް އައި ދުވަހުވެސް ދެކުނިން އެކުއްޖާ…. އަހަރެމެންގެ ކައިވެނި ޕާޓީއަށްވެސް އެކުއްޖާ ނާދެ….” ޝިކާ ވިސްނުމެއްގައި ހުރެ ސާރާ ގާތު އަހާލިއެވެ. އެއާއެކު ސާރާ ބަލާލީ ރަނާއަށެވެ. ރަނާ ތުންފަތުގައި ދަތް އަޅާލުމަށްފަހު އިސްޖަހާލިއެވެ.

“މިހާރު ދަރިފުޅު ވެސް ތީ މިއާއިލާގެ މެންބަރެއް….. މިކަން ދަރިފުޅަށް ވެސް އެނގެން ޖެހޭ….” ސާރާ ޝިކާގެ އަތުގައި ހިފައި ގޮނޑިއެއްގައި ބައިންދަމުން ބުނެލިއެވެ. އަދި އެއާ ޖެހިގެން ހުރި ގޮނޑީގައި އޭނާ ވެސް އިށީނެވެ. ރަނާ ވެސް އިސްޖަހައިގެން ހުރެ މޭޒުގެ އަނެއްފަރާތުގައި އިށީނެވެ. އަނެެއްކާ އެމީހުން ކިޔައިދޭން އެއުޅެނީ ކޮންކަހަލަ ވާހަކައެއްބާވައެވެ؟

“އެއީ ރޭޝަމް…. އެ…އެއީ ރީނާގެ ދަރިފުޅު…” ސާރާ އުނދަގުލާއެކީ އެހެން ބުނުމާއެކީ ޝިކާ ހައިރާންކަމާއެކު ސާރާއަށް ބަލާލިއެވެ. ރީނާ މީހަކާ އިނީހެއްޔެެވެ؟ އެކަމަކު އެހާ ބޮޑު ދަރިއެއް ހުންނާނީ ކިހިނެއް ހެއްޔެވެ؟

“ރީ މީހަކާ އިނީތަ؟” ޝިކާއަށް އަހާލެވުނެވެ. އެއާއެކު ރަނާ އާ ސާރާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

“ރީނާ މީހަކާ ނީންދެ….. އެއީ ނަ…ނަހަލާލަށް…” ސާރާއަށް މިހާ ހިސާބަށް ބުނެވުނުތަނާ އޭނާއަށް ރޮވިއްޖެވެ. “ހާދަ ރަނގަޅަށޭ އަހަރެން އޭނާ ތަރުބިއްޔަތުކުރީ…. އޭނާ އެކަމު…” ސާރާ ރޯން ފެށުމުން ޝިކާ ވެސް ދެރަވިއެވެ.

“އޭރު މަނަދޫ ޕޮލިސްޓޭޝަނަށް ގެންގޮސް ކުރި ޓެސްޓުތަކުން އެނގުނީ ތިއްތަ ބަނޑުބޮޑުކަން…. އޭރު ތިއްތަގެ ބަނޑަށް ތިން މަސް….. ނަސީބަކުން ތިއްތަގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރެއް ނުފެނުނު…. އެހެންވެ ފަހުން ދޫކޮށްލީ…. މަންމަމެންނަށް ތިއްތަ ބަނޑުބޮޑުކަން އެނގުނީމަ ވަރަށް ރުޅިއައި…. ތިއްތަ ބުނީ ނޭނގެޔޯ އެއީ ކާކުގެ ދަރިއެއްކަމެއް ވެސް…. އެހާ ގިނަ މީހުންނާ އެކީ އެގޮތްގޮތަށް އުޅުނީމޯ… ތިއްތަ ބޭނުންވި އެބޯޓްކޮއްލަން…. އެކަމު…. ބައްޕަ އެކަމާ އެއްބަހެއް ނުވި…. ދެން ތިއްތަ ރޭޝަމް ކުޑައިރުވެސް ވަރަށް އަޅާނުލާނެ…. އެކުއްޖާ ގައިގަ ތަޅާ ވެސް ހަދާ…..” ރަނާ ކިޔައިދިނެވެ.

“ރޭޝަމް އަހަރެމެން ދެކެ ވަރަށް ރުޅިއާދޭ…. ނޭނގޭ ރީނާ ކީކޭ ކިޔައިގެން ކަމެއް ވެސް…. އަހަންނާ ދިމާއަށް މާމާ އޭ ކިޔައި އެއްފަހަރު ވެސް ގޮވައިނުލާނެ…. ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަހަރެން ކިޔާ އެއްޗެހި އިވޭ ކަމަކަށް ވެސް ނަހަދާނެ…. އަބަދު ހުންނާނީ ރުޅި ގަަދަ ވެފަ….” ސާރާ ހިތްދަތިކަމާއެކު ބުނެލިއެވެ. ޝިކާ އެމީހުން ކީއެއްޗެއްސަށް ރަނގަޅަށް ވިސްނާލިއެވެ.

****

މެންދުރުގެ އަވިގަދަ ވަގުތެވެ. އާދައިގެ މަތިން ޝިނާން ގްރީން ބަބުލް މިޑިލް ސްކޫލުގެ ފާރުގައި ލެނގިލައިގެން ހުއްޓެވެ. ސީއެޗްއެސްސީގެ ޔުނީފޯމުގައި އޭނާ ފެންނަލެއް ނުހަނު ސްމާޓެވެ. ލޮލުގައި ކަޅުކުލައިގެ އަވިއައިނެއް އަޅައިގެން ހުރި އިރު އޭނާ އިރުއިރުކޮޅާ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލައެވެ. އަނެެއްފަހަރު ސްކޫލުގެ ގޭޓާ ދިމާއަށް ނަޒަރު ހިންގާލައެވެ. އަންހެން ކުދިންތަކަކާއެކު ހެމުން އެވަގުތު ސްކޫލުތެރެއިން ނިކުތް ރޭޝަމް ފެނުމުން އޭނާ ހަށިގަނޑު ތެދުކޮށްލުމަށްފަހު އެދިމާއަށް ހިނގައިގަތެވެ.

ސްކޫލުން ނިތުން ރޭޝަމް އަށް ޝިނާން ފެނުމާއެކު ތުން އަނބުރާލިއެވެ. އޭނާ ސްކޫލު ނިމޭ ގަޑިއަށް ޝިނާން އެތަނަށް އައުމަކީ މިހާރު ވާޖިބެއްހެން ހީވެއެވެ. މޫނު އަނބުރާލަމުން އޭނާ އެހެން ކުދިންނާ ވަކިވެ، ޖެހިގެން ހުރި ގޯޅިން އަޅާލިއެވެ. ފަހަތުން ޝިނާން ވެސް ދާން ފެށިއެވެ.

“ޝިނާން… ކިތައް ފަހަރުތަ ބުނާނީ އަހަރެން ފަހަތުން ނޫޅޭށޭ…!” ރޭޝަމް މޫނު ހަދާލާފައި ޝިނާން އާ ދިމާއަށް ބުނެލިއެވެ.

“ރޭޝަމް… ބުނެބަލަ އެންމެ ފަހަރަކު ވެސް އާއެކޭ… އައި ލަވް ޔޫ އޭ….” ޝިނާން އާދޭސްކުރާ ރާގެއްގައި ރޭޝަމް ގާތު ބުނެލިއެވެ.

“އަހަރެން މީ އަދި ކުޑަ ކުއްޖެކޭ….އަދި އެންމެ ބާރަ އަހަރު ވީ…. އަދި ގްރޭޑް ހަތެއްގަ މިއުޅެނީ… ޝިނާން ވެސް ޝިނާން މެން އުމުރުގެ ކުއްޖަކާ ހެދި އުޅެބަލަ…. ކޮންމެހެން އަަހަރެން ފަހަތުން އަބަދު އުޅެން ޖެހޭތަ؟” ރޭޝަމް ނުރުހިފައި ބުނެލިއެވެ.

“ރޭޝް.. ރޭޝް އާއެކޭ ބުނެބަލަ… އޭރަށް އަހަރެން ވެއިޓްކޮށްފާނަން ރޭޝް ކިޔަވާ ނިމެންދެން ވެސް…. ޕްލީސް…. ރޭޝް ބުނި ދުވަހެއް ވަންދެން ވެއިޓް ކުރާނަން….” ޝިނާން ބުނެލިއެވެ.

“ނާދެބަލަ ފަހަތުން…!” ރޭޝަމް އަމުރުކޮށްލިއެވެ. ޝިނާން ވެސް އަބަދު އޭނާ ފަހަތުން އުޅެންޖެހޭ ހެއްޔެވެ؟ ދުނިޔެއިން އަންހެން ކުދިން ހުސްވީކީ ނޫންވިއްޔާއެވެ.

“ރޭޝް ކީއްވެތަ އަބަދު އެކަނި ދަނީ؟ އަންހެން ކުދިން ނުވާނެއްނު އެކަނި ދާކަށް… އަނެއްކާ ތި އުމުރުގައި….”ޝިނާން ދެރަވެފައި ބުނެލިއެވެ. އަދިވެސް އޭނާ ދިއައީ ރޭޝަމް ގެ ފަހަތުން ހިނގަމުންނެވެ.

“އަހަރެން އުޅޭނެ ގޮތް އެނގޭނީ އަހަންނަށް!” ރޭޝަމް އެހެން ބުނުމަށްފަހު ޓެކްސީއެއް ހުއްޓުވިއެވެ. އަދި އެއަށްއެރުމަށްފަހު ދޮރުޖެހީ ރުޅިވެރި ކަމާއެކު ޝިނާން އަށް ބަލާލުމަށްފަހުގައެވެ. ޓެކްސީ ދުއްވާލިތަން ބަލަން ޝިނާން ހުރި އިރު އެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު ފާޅުވޭވޭ ހުއްޓެވެ.

ޝިނާން އަށް ރޭޝަމް ފެނުނީ އެއްދުވަހު ސްކޫލުން ގެއަށް ދިޔަ މަގުމަތީގައެވެ. އެކަނި ހިނގާލާފައ ދިއަ އެ އަންހެންކުއްޖާ އެންމެ ފުރަތަމަ ނަޒަރުން ވެސް އެ ހިތް އަތުލައިފިއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އޭނާ ރޭޝަމް ސްކޫލު ނިމޭ ގަޑިއަށް އެތަނަށް ދެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ރޭޝަމް އޭނާގެ ލޯބީގައި ކޮޅުފައިން ޖަހަނީ ނުހަނު ފަސޭހަކަމާއެކުގައެވެ. އެވަރުންވެސް ޝިނާން ހިތްވަރު އެލުވައެއް ނުލައެވެ. ކޮންމެވެސް ދުވަހަކުން ރޭޝަމް އޭނާގެ މިލްކަކަށް ވާނެކަމަށް އޭނާ އުންމީދުކުރެއެވެ.

****

“ނޫން!!” ލައިލާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އެމޫނުމަތިގައި ދާތިކިތަށް ވިދަވިދާ ހުއްޓެވެ. ފެނުނީ ހުވަފަނެއް ނަމަވެސް އޭނާގެ ހިތް އޮބިނޯންނަ ވަރަށް ތެެޅެމުން ގެންދިއައެވެ. ހުވަފެނުގައި އޭނާއަށް ފެނުނު މަންޒަރުތަށް ސާފުނުވި ނަމަވެސް އޭނާއަށް އެއްތަންކޮޅުން ފެނުނީ އަމީން ކަން ޔަޤީންވެއެވެ. އޭނާ އާދޭސްކޮށްކޮށް ހުއްޓާ އަމީން އޭނާ ދޫކޮށް ދަނީއެވެ.

ލައިލާ ބޮލުގައި އަތް އަޅާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލިއެވެ. “ނޫން…” އޭނާއަށް މަޑުމަޑުން ބުނެވުނެވެ. މީގެ ބާރައަހަރު ކުރިން އަމީން އޭނާއަށް ދިން އަނިޔާ ހަނދާންވާން ފެށީ އެވަގުތެެވެ. ފިލްމެއް ފަދައިން އެ ހުރިހާ މަންޒަރުތަކެއް އޭނާގެ ދެލޯ ކުރިމަތީގައި ސިފަވަމުން ދިއައެވެ. އަމީން އޭނާގެ އިތްފަތް ގަދަކަމުން ފޭރިގަތް މަންޒަރެވެ. އޭނާ އެވަރަށް އާދޭސްކުރުމުންވެސް އޭނާ ދޫކޮށްލާފައި ދިޔަ މަންޒަރެވެ. “ނޫން!!!” ލައިލާ އިސްތަށިގަނޑުގައި ހިފައި ދަމަން ފެށީ ކަރުގެ ބުޑުން ހަޅޭއްލަވަމުންނެވެ.

ސިޓިންގރޫމުގައި ކުލަލުމުގެ މަސައްކަތް ކުރަން ހުރި އަމީންގެ ކަންފަތުގައި ލައިލާގެ އަޑު ޖެހުމާއެކު އޭނާ އަތުގައި އޮތް އެއްޗެއް އެއްލާލާފައި ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ދޮރުހުޅުވާލާފައި ވަތްއިރު ލައިލާއަށް ވަމުން ދިޔަ ގޮތަ ފެނި އޭނާ ކަންބޮޑުވިއެވެ.

“ނާންނާތި ކައިރިއަށް!!” އަމީން ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅުގެ މައްޗަށް ހުއްޓުނީ ލައިލާގެ ހަރުކަށި އަޑު އިވުމުންނެވެ.

“ލައީ…. ކީހިނެއްވީތަ ދޫނީ؟” އަމީން ލައިލާގެ ކައިރިއަށް އަންނަމުން ލޯބިން އަހާލިއެވެ.

“ނާންނާތި! ތީ ބޮޑު ލަނޑުދޭ މީހެއް! އަހަރެންނަށް ލަނޑުދިނީ!” ލައިލާ ހަޅޭއްލަވަން ފެށިއެވެ. ކަރުގެ އެންމެ އަޑިން އަޑު ނެރެގެން އޭނާ ހަޅޭއްލަވަން ފެށުމުން އަމީން ހިސާބަކަށް ބިރުވެސް ގަތެވެ. ނަމަވެސް ހީލަމުން ލައިލާ ގާތަަށް ގޮސް އޭނާ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ލައިލާ މައިތިރި ވެސް ނުވިއެވެ.

ގޭތެރޭގައި އަޑުގަދަ ވެގެން ރަޝީދުވެސް އެވަގުތު އެތަނަށް އައެވެ. ” ދަރިފުޅާ އަމީން…. ކިހިނެއްތަ ވީ؟” ރަޝީދު ކޮޓަރިއަށް ވަންނަމުން އަހާލިއެވެ.

“ބައްޕާ..! މީ ބޮޑު އަނިޔާވެރިއެއް! މީނަ އަހަންނަށް ލަނޑު ދިނީ..! އާނ! އަހަރެން ހުރިހާ އެއްޗެއް ވެސް ހަނދާން އެބަހުރި މިހާރު! އަހަރެން ހަނދާންވެއްޖެ! ” ލައިލާ އަމީންގެ އަތް ފޮޅުވާލަމުން ބާރަކަށް ހަޅޭއްލަވައިގަތެވެ.

“ލައީ… ނޫން… އަހަންނަށް މާފު ކުރޭ… އަހަރެން މިހާރު ހުރިހާ ވަގުތެއް ހުސްކޮށްގެން މިހުންނަނީ ލައި އައްޓަކައެއް ނޫންތަ؟ އެވަރުން ވެސް ލައި އަހަންނަށް މާފު ނުކުރާނަަންތަ؟” އަމީން ދެރަވެފައި އަހާލިއެވެ.

“ތެދެއް ދަރިފުޅާ…. އަމީން ދަރިފުޅަށް އެކޮއްދޭ ކަންތަކަށް ބައްޕަ ވެސް ޝުކުރުވެރިވަން…. ދަރިފުޅުވެސް އޭނައަށް މާފުކުރޭ …” ރަޝީދު ލޯތްބާއެކު ލައިލާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެއާއެކު ލައިލާ ރުޅިއައިސް ރަތް ވެފައި ހުރެ ރަޝީދުގެ އަތް ފޮޅުވާލިއެވެ.

“ބައްޕަވެސް ތި އުޅެނީ މަށާ މިހިރަ ނުބައި މީހާއާ ގުޅުވަންތަ؟ ބައްޕަވެސް އެހެންވިއްޔާ ތީ އަނިޔާވެރިއެއް! މިދުނިޔެމަތީގައި އަހަރެން ދެކެ ލޯބިވާ އެކަކުވެސް ނެތް!” ލައިލާ ރޮމުން ގިސްލަމުން ބުނެލިއެވެ. އެއަޑުގައި ވަނީ ރިހުމެވެ.

އަމީން ދެލޯ ފެންކަޅިވެފައި ލައިލާއަށް ބަލަމުން ގެންދިއައެވެ. ރަޝީދަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ދުވަހަކު ވެސް ލައިލާގެ ހާލަތު މިހާ ގޯސްވެފައެއް ނެތެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ޝިކާއަށް ގުޅުމަށެވެ. ނަމަވެސް އޭގެ ކުރިން ކުއްލިއަކަށް ލައިލާ އެދުން ފުންމާލައިގެން ދުވަމުން ބޭރަށް ނިކުތެވެ. ނުވިސްނާ ހުރުމުގެ ސަބަބުން އަމީންއަށް ވެސް އަދި ރަޝީދުއަށް ވެސް ލައިލާއެއް ނުހިފެހެއްޓުނެވެ. އަމީން އާއި ރަޝީދުވެސް ދުވެފައި ކަހަލަ ގޮތަކަށް ލައިލާގެ ފަހަތުން ދިއައެވެ. ލައިލާ ދުވެފައި ގޮސް އެގޭ ޓެރަސް މައްޗަށް އަރާ ތަން ފެނުމުން އަމީންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ގައިގައި ހުރި ބާރެއް ލާފައި އޭނާ ގޮސް ޓެރަހަށް އެރިއެވެ.

“ނާންނާތި!” ޓެރަހުގެ ރެއިލިންގް މަތީގައި އިށީންދެގެން އިން ލައިލާ ހަރުކަށިކަމާއެކު އެހެން ބުނުމުން އަމީން ވަގުތުން ހުއްޓުނެވެ.

“ލައީ… އަވަހަށް ފައިބާ ތިތަނުން…” އަމީން އެހުރިގޮތަށް ހުރެ ބުނެލިއެވެ.

“ދަރިފުޅާ… ނޫން…. ފައިބާ!” އެވަގުތު އެތަނަށް އައި ރަޝީދު ލައިލާއާ ގާތަށް ހިނގައިގަންނަމުން ބުނެލިއެވެ.

“ނާންނާތި ކައިރިއަށް! އައިސްފިއްޔާ ފުންމާލާނަން!” ލައިލާ އިންޒާރު ދިނެވެ.

“ލައީ… ފައިބަބަލަ…. ލައި ބުނި  ކޮންމެ ކަމެއްވެސް އަމީ ކޮއްދޭނަމޭ…” އަމީން ރޮވިފައި ހުރެ ބުނެލިއެވެ. ލައިލާ އެއުޅޭ ގޮތުން އޭނާގެ ހިތަށް ކެއްނުވާވަރު ވިއެވެ.

“އަަހަރެން މަރުވިއްޔާ މާ ރަނގަޅުވާނެ…. އަހަރެން ދެކެ ލޯބިވާ އެކަކު ވެސް ނޫޅޭ…” ލައިލާ އެހެން ބުނުމަށްފަހު ރެއިލިންގް ގައި ހިފަހައްޓައިގެން ހުރި އޭނާގެ އަތް ދޫކޮށްލިއެވެ. އެއާއެކު އެ 8 ބުރީގެ އިމާރާތުން އޭނާގެ ހަށިގަނޑު ތިރިއަށް ވެއްޓެން ދިއައެވެ.

“ލައިލާ!” އަމީން ބާރަކަށް އެހެން ގޮވާލަމުން ލައިލާއާ ދިމާއަށް ދެއަތް ދިއްކޮއްލަމުން ދުއްވައިގަތެވެ. ރަޝީދު ޖެހި ބުދެއް ފަދައިން ހިރިލަންވެސް ނޭނގިފައި ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ.

(ނުނިމޭ)

3

Liaa

(I am a girl who loves writing dhivehi stories 😊💖) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

You may also like...

34 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. V rythi mi part vx ..reysham e ee amyn dharieh dhw ….dhn shik ehaa Gina dhuvahu Raul ge wife akah hadhaafa nubahattan chey. ….waiting waiting. ..

  ⚠Report!
 2. An’haa.. kihineh thi hedhy… Lailaa hama maruvaaneebaa?? Next part avas kollahchey… eba v inthizaaru kurevey…

  ⚠Report!
 3. Ohhhh noooooooooooooooooo!!! Wats heppaning??? Is lailaa gonna die???
  Vvvvvvv reethi mi bai ves… Next part ah keh madhu vany

  ⚠Report!
 4. Laila maruvejjiyaa ameen haadha dhera eh vaaney dhw ekam 🙁
  Next part avahah up kohdhybala 🙁
  Story dhaa goi v v v salhi <3

  ⚠Report!
 5. Ameen ah dhenn fennaanee reenaa dhen they will marry and raul and somebody marries. Dhen shika and thamin marry kuraanee dhoa? Rana and ahusan dhoa?

  ⚠Report!
 6. Btw esfiyaiga vaahka liyan beynun vejjiya phone number is a compulsary dhoa? Ekamaku what if i dont have?

  ⚠Report!
 7. Wooooooooooowwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww!!!!!!!!!!!!!!!

  ⚠Report!
 8. Archaa…. vaahaka v v reethi… ! dhen kobaatha mihaaru Shikaa ge thaamin? dhe myhun avahah guLhuvaabala… cant wait to see them together… And i want reenaa and ameen…. Coz v heevey reysham akee ameen ge dhari eh hennnn! <3

  ⚠Report!
  1. Ehen nuwaane… Ameen ge dhari akah vejjiyaa kada… Eyrah ameen reenaa aa marry kuraane… I hate reenaa… mAa rulhi gadha vefa moonu kuni kurany

   ⚠Report!
 9. Salhikoh midhany adhi raul n shik gulhunyma ehaa ehaa eh nuwaane thaam ah shik libign mi storry perfect storry akah waany..

  ⚠Report!
 10. haadha ryhchashey shikaa aa raul marry kohgen e ulhenee.. dhemyhun ekaku anekakun gaiga ah nulaaa.. pis pis pis.. dhn ranaa ge ulheny kon problem eh baa.??? avahah up kohdhehchey…

  ⚠Report!
 11. Sorry hurihaa kudhin… Now ulhen jeheyleh busy kamun kudhinge comment thakah reply nukureveny….. Sorry for that..
  thankyw all fr ur support <3 U guys are the best ! 🙂

  ⚠Report!
 12. And Liaa ah heevany baeh kudhin hury upset vefa hen RAUL aa SHIKAA aa gulhuveema ….. lets see dhww… Kuriyah huri bai thah kiyaaleema inge dhaane thaa dhw vaa gotheh 🙂

  ⚠Report!
 13. And adhi eh vaahaka… Kuriyah othy kithah part kameh bunaakah neyngey… Ekam Liaa beynumy now mi vaahaka veehaaves avahah nimman…. 🙂

  ⚠Report!

Leave a Reply to Immu Cancel reply

Your email address will not be published.