ފިނިވައިރޯޅިތައް ސަރާގެ ކަރުނައިން ތެމިފައިވާ މޫނުގައި ބީހިލިއެވެ. ދުޅަވެފައިވާ ދެލޮލުން ހޫނުކަރުނަތަށް ހުއްޓުމެއްނެތި ފައިބަމުންދެއެވެ. ވައިރޯޅީގެ އޯގަތެރިބީހިލުންވެސް އޭނާއަށްވީ ބޮޑު އަނިޔާއަކަށެވެ. މާޒީގެ ލޯބި ލޯބި ދިރިއުޅުމުގެ ހަނދާންތަށް އާކޮށް ހިތްޒަޙަމް ކުރަމުން ދެއެވެ. ލިބިފައިވާ ކެހިވެރި މަކަރުވެރި ކަމުގެ ދިރިއުޅުމުގައި އޭނާއަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބިފަ އެއް ނެތެވެ. ސަރާއަށް ބަލަހައްޓާއިގެން ހުރެވުނީ ބޭރުންފެންނަ ރީތިމާބަގީޗާއަށެވެ. އެރީތިމާތަކެވެ. އެއީ އޭނާ މިގެއަށް އައިސް އިންދިގަސްތަކެވެ. އޭނާއަށް އޭނާގެ ފިރިމީހާގެ ހަނދާންތަށް އާކޮށްދޭ ގަސްތަކެވެ. ވަކިންހާއްސަކޮށް އެގަސްތަކުގެ މެދުގައި ހުރި ރީތިރަތް ފިނިފެނަމާގަހެވެ. އެ ރީތިގަސްވަނީ ފޮޅިހެވިފައެވެ. އެ ބަގީޗާގެ ނޫރެވެ، އަދި ސަރާގެ ފިރިމީހާގެ އެންމެ ފަހުގެ ނިޝާން ވެސްމެއެވެ.
ސަރާގެ ފިރިމީހާ އިހްސާން އަކީ ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިންގެ ތެރޭއިން ހިމެނޭ ވަރަށް ގަދަރުވެރިމީހެކެވެ. ސަރާއާއި އިހްސާންގެ ކައިވެނިކުރެވުނީ ލޮއެއްބަކުންނޫނެވެ. އެއީ އެދެމީހުންގެ ބައްޕަގެ ވަޢުދެކެވެ. އެވަޢުދުގައިވާގޮތުން ސަރާގެ ބައްޕައަށް އަންހެން ކުއްޖަކުލިބިއްޖެނަމަ އެކުއްޖަކާ އިހްސާންގެ ކައިވެނިކޮށް ދިނުމަށެވެ. އެހެންކަމުން އެވަޢުދުފުއްދުމުގެ ގޮތުން މި ކައިވެނިކުރެވުނެވެ. ކައިވެނީގެރޭ އެންމެ ފުރަތަމަ ފަހަރަށް ސަރާ ރޯޒްވެލީއަށްދިޔައެވެ. އިހްސާން އެރޭހުރީ ކަޅުކުލައިގެ ސޫޓެއްގައި ރަތްކުލައިގެ ޓައިއެއް އަޅައިގެން ރީތި ރަތްފިނިފެންމަލެއް ކޯޓުގެ ޖީބަށްޖަހައިލައިގެންނެވެ. އެސޫޓުގައި އިހްސާން ފެންނަލެއް ވަރަށް ރީއްޗެވެ އެހާމެފުރިހަމަ އެވެ. ކާރަށް އެރުމަށް ފަހު އިހްސާން އަށްރީއްޗަށްބަލާލެވުނެވެ. އެއާއިއެކު ސަރާއަށް ހިތާހިތުން ތައުރީފްކޮށްލެވުނެވެ. ކާރުދުއްވަމުންދިޔަ އިރު ސަރާއަށްއިނދެވުނީ މުޅިނަވެސް ހިޔާލީދުނިޔެއެއްގައެވެ.
ރޯޒްވެލީގެ ގޭޓުގެ ކުރިމަށްޗަށް ކާރުހުއްޓުމާއިއެކު ސަރާއަށްހޭވެރިކަމެށްވިއެވެ. އެޙިޔާލީ ފޮލާއިންނިކުމެވުނެވެ. އެއާއިއެކު ބަލައިލެވުނެވެ. ވަރަށްރީއްޗެވެ. ހީވަނީ ބޮޑުގަނޑުވަރަކަށް އާދެވުނު ހެނެވެ. ގޭޓުހުޅުވުމާއިއެކު ކާރުއަނެއްކާ ދުއްވާލައިފިއެވެ. ކާރުގޮސް މަޑުކޮށްލީ ގޭގެ ދޮރާށިކުރިމަށްޗަށްވާގޮތަށެވެ. ކާރުންނިކުމެވުމާއެކު އިހްސާންބުނެލިއެވެ. “މިއީ ކަމަނާގެ ގެ…!!”، އެތެރެއަށްވަދެވުމާއިއެކު އިހްސާން އެގޭގެ ތަންތަން ކިޔައިދިނެވެ. އަދި ސަރާގެކޮޓަރިއަށް ސަރާގެންދިޔައެވެ. ސަރާކޮޓަރިއަށްލުމަށް ފަހުސަރާގެ އަތަށް ގޭގެ ތަޅުދަނޑިފައްޗެއްދިދިއަކޮށޮލަމުން އިހްސާން ބުނެލިއެވެ. “ކަމަނާ..!!..އެތެރެއަށް ވަދެދެން ނިދާލާ…!!..ކަމަނާހުންނާނީ ވަރަށް ވަރުބަލި ވެފަ..!!”މިހެންބުނުމަށް ފަހު އިހްސާންހިގައިގަތީ ބޭރުފެންޑާއަށްދިއުމަށެވެ. އެނބުރި ބަލައިވެސްނުލައެވެ. ސަރާބަލަހައްޓައިގެން ހުޓާގޮސް އެއަނދިރި ހޯލުގެ ތެރެއަށް ގެއްލުނެވެ.
ކޮޓަރިއަށްވަދެ ދޮރުލެއްޕުމަށްފަހު ކޮޓަރިއަށްނަޒަރުހިންގާލިއެވެ. ތަނަވަސް ކޮޓަރިއެކެވެ. ރީތި ފަރުނީޗަރުތަކެކެވެ. ރަށްކުލައިގެ ދޫލައެއް އަޅާފައިއޮތުމުން ފަޔަށްވަރަށް އަރާމެވެ. ހިނގާލަންފަސޭހައެވެ. ހެދުންތަށް ބަހައްޓާފައިވާ އަލަމާރީގެ ދޮރުހުޅުވާލިއެވެ. އޭގައިވަނީ އިހްސާންގެ ހެދުނަތަކެވެ. ވަރަށް ތަރުތީބެވެ. ސަރާ އޭނާގެ ފޮށިނަގައި އެހުޅުވައިލިތަނާ މީހަކު ދޮރުގައި ޓަކިދިނެވެ. އެއީ ނޯކަރެކެވެ. ސާހިބުކަމަނާގެގާތުން ހުއްދައަށް އެދުނެވެ. ސަރާ ހުއްދަދިނުމާއިއެކު އޭނާދޮރުހުޅުވައިލުމަށްފަހު އެތެރެއަށްވަނެވެ. އަތުގައި ތަބަކެއްހުއްޓެވެ. އޭގައިވަނީކާއެއްޗިއަސެވެ. އެއެއްޗިހި ކުޑަމޭޒުމަތީގައިބެހެއްޓުމަށްފަހު އެ ނޯކަރު ކާންދައުވަތުދިނެވެ. ބަނޑުހައި ވެފައިވާ ވަރުން ސަރާ ސޯފާގައި އިށީދެކާންފަށައިފިއެވެ. ކާއެއްޗިހިވަރަށްމީރެވެ. ސަރާކާންފެށުމާއިއެކު އެނޯކަރުމީހާސަރާގެ ސާމާނުތަށް އަތުރާލަދިނެވެ.
ސަރާއެތިކޮޅެއްކާލުމަށް ފަހުތެދުވެ ހެދުންތަށްބަހައްޓާފައިވާ އަލަމާރިހުޅުވާލުމަށްފަހު ނިދާހެދުމެއްނެގިއެވެ. ފެންކޮޓަރިއަށްވަދެ މޫނުދޮވެލުމަށްފަހު އެއްޗިހި ބަދަލުކޮށްލިއެވެ. ފެންކޮޓަރިން ނިކުތް އިރު ކޮޓަރީގެ ނިދާބޮކި ދިއްލާލެވިފައި އޮތެވެ. “ކަމަނާ އަދިވެސް ނިދާކަށް ނުވޭތަ؟؟…” އިހްސާން ސުވާލުކޮއްލިއެވެ. އިހްސާން އިނީ ނިދާހެދުމުގައެވެ. ސޯފާގައިއިށީދެގެން އިނީވަރަށްފިރިހެން ވަންތަގޮތަކަށެވެ. އޭނާގެ އަތުގައި ފޮތެއް އޮތެވެ. ވަރަށް ފަރުވާތެރިކަމާއެކު ފޮތްކިޔިމަށް ގެއްލިފައިހުރި އިރު އެމޫނުމަތިން ފެންނަނީ ތަޒާކަމެވެ. ނަމަވެސް މިފަހަރު ސަރާއަށް ފާހަނގަ ކުރެވުނީ އިހްސާނު އައިނެއްއަޅައިގެން ހުރިކަމެވެ. އެ އަނުގެސަބަބުން އެރީތިކަން އެިތުރށްފުރިހަމަވެގެން ދެއެވެ. ސަރާއަށް ހިތާހިތުން ތައުރާފުކޮށްލެވެނެވެ. މި ފިރިހެނާފެނިފައި ފރަތަމަ ނަޒަރުން އަންހެންކުދިންގެ ހިތްދެވިދާނެއެވެ. ސަރާއަށް އިހްސާންގެ މިސިފަ ވެސް ކަމުދެއެވެ. ސަރާ ޖަވާބެއްނުދިނުމުންް އިހްސާންގެ ސުވާލުތަކުރާރުކޮށްލިއެވެ.”އަ..އާން ނިދަން މިއުޅެނީ…!!.. އެ..އެކަމަކު މަނިކުފާނު ނިދަާކަށްނުވޭތޯ..؟؟..” ސަރާޖެހިލުންތެރި ގޮތަކަށް ސުވަލުކޮށްލިއެވެ. އިހްސާނު ޖަވާބެއް ދޭން އުޅުނެވެ ނަމަވެސް އެވަގުތު ފޯނުރިންގުވާން ފެށުމުން ސަރާގެ ގާތުގައި މާފަށް އެދުމަށްފަހުފޯނުނަގައިކަންފަތުގައި ޖެއްސިއެވެ. އިހްސާނު ފޯނުން ވާހަކަ ދައްކަމުން ގޮސް ކޮޓަރިން ބޭރަށްނިކުތެވެ. ސަރާ އެދުމަތީގައި އަށީނެވެ.
މެންދަމުން 12 ޖެހިއިރު ވެސް އިހްސާން ކޮޓަރިއަކަށް ނާދެއެވެ. އެހެން އިށީދެ އިނދެގެން ވަރުބަލިވުމުން އޮށޯވެއްޖެއެވެ.އަދި އިހްސާންގެ އިންތިޒާރުގައި މިހެން އޮތްވާ ނިދުނީ ކޮންއިރަކުކަމެއްވެސް ނޭގުނެވެ.
9
14 Comments
Comments are closed.
?Ňåjùüú?
June 8, 2016 at 2:03 pmFeshun v reethi… Kuriyah huri bai thr vx v reethi vaane kamah heekuran.. Knirakun nxt part genes dheynee??
greenish
June 8, 2016 at 2:05 pmVarah salhi vaanehen heevanee
pinky
June 8, 2016 at 2:57 pmReethi feshumeh. Heevany reethi vaaneheh. Kon irakun nxt prt. Avahah up kohdhechea
mai
June 8, 2016 at 5:00 pmAlhe nufeney fonteh keeve esfiya
aff
June 8, 2016 at 5:07 pmfeshun reethi .. ummeedkuraan baraabarah up kuraanekamah..☺☺
mary
June 8, 2016 at 6:40 pmfeshun salhi avasavahan up kondenvun edeh
yash
June 8, 2016 at 8:40 pmFeshun v reethi.. kiyaahuthun kiyaalevunu.. heevey reethivaanehen.. hiyygaimu gotheh hure vaahakaiga..
loeeeef kujja
June 9, 2016 at 4:08 amNice story
ainth
June 9, 2016 at 7:18 pmv.reethi feshumeh
Saroo
June 12, 2016 at 11:35 amBesty thankxx for uploading a story by giving my name for the gurl…?
Nice story…..??
Insha Allah i hope you will be successful in your life….?
And sorry for the late comment…
aya
June 14, 2016 at 11:43 amits ok.. hope you’ll like it.. cux this ones 4 yuh.. 🙂
Nifuu
June 16, 2016 at 10:00 amfeshun vrh vrh reethi
meera
June 18, 2016 at 3:41 amAayoo story dhenmme kiyailevunee……sorry maa lahun kee ma……v reethi feshumeh……☺☺☺☺
Shahee
August 8, 2016 at 5:46 amKurin liyefa huttafa oi eccheh dho mee