ދިމްޔާ (9 ވަނަ ބައި)

- by - 2- August 31, 2015

އާހިލްމެންގެ ގާތު ހުރެފައި ރާކިން ލަސްހިނގުމެއްގައި ދިމްޔާގެ ގާތަށް ގޮސް މަޑުކޮށްލިއެވެ. ރާކިން މަޑުމަޑުން ދިމްޔާގެ އަތުގައި ހިފާލުމުން ދިމްޔާ ސިހިފައި ބަލާލިއެވެ. އޭރު ރާކިން ހުރީ ސީދާ ދިމްޔާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެހާގާތުން ރާކިންގެ މޫނު ފެނި އެތޫނުދެލޮލުގައިވި ވިދުވަރަކުން ދިމްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“އައި ލަވް ޔޫ ދިމް…. ވިލް ޔޫ ބީ މައި ގާރލްފުރެންޑް…؟؟ ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު ދިމްޔާގެ ކުރިމައްޗަށް ތިރިވެ އަތުގައި އޮތް ރަތް ފިނިފެންމާ ދިއްކޮށްލަމުން ރާކިން ދިމްޔާއަށް ލޯބިހުށަހެޅިއެވެ. ދިމްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރާފައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އޭރު ދެން ތިބި މީހުންވެސް އެމީހުނަށް ބަލަހައްޓައިގެން ތިބީ ދިމްޔާ ރާކިންއަށް ދޭނެ ޖަވާބެއް އަޑުއަހާލާހިތުންނެވެ. ދިމްޔާ އަދިވެސް އެހުރިގޮތަށް ރާކިންއަށް ބަލަހައްޓައިގެން ހުރީއެވެ.
“ދިމް… އަހަންނަށް ޖަވާބެއް ދީބަލަ…” ދިމްޔާ އެގޮތަށް ހުންނަން ފެށުމުން ދިމްޔާގެ އަތަށް ފިތާލަމުން ރާކިން ބުނެލިއެވެ. ދިމްޔާއަށް ބަލާލެވުނީ ރުހާއާއި ދިމާއަށެވެ. ރުހާ ބޮލުގެ އިޝާރާތުން ރާކިންއަށް އަވަހަށް ޖަވާބެއް ދިނުމަށް އަންގާލިއެވެ.
“ދެން ޖަޒްލީއޯ….؟؟” ކުއްލިއަކަށް އިއްޔެގެ ހާދިސާ ހަނދާންވުމުން ދިމްޔާއަށް ބުނެލެވުނެވެ. ދިމްޔާ މިހެން ބުނުމުން ރާކިންއިނީ ވާނުވާ ނޭނގިފައެވެ. އާހިލްމެންނާ ދިމާއަށް ބަލާލެވުނުވަގުތު ދެމީހުން އެހެންދިމާއެއް ބަލާލާފައި ބޯކަހާލި ގޮތުން އެމީހުން ދިމްޔާގެ ގާތު ކޮންމެވެސް އެއްޗެކޭ ކީކަން ރާކިންއަށް ދެނެގަނެވުނެވެ. ޖަޒްލީވެސް ހުރީ ދިމްޔާކިޔަން އުޅޭ އެއްޗެއް ވިސްނާގަންނަން ނޭނގިފައެވެ. ރުހާއަށް ހެވެން އުޅުމުން އަނގަމަތީ އަތް އަޅާލައިގެން އިނެވެ.
“ދިމް މިވަގުތު އިތުރު ވާހަކައެއް ނުދައްކާ އަހަންނަށް ޖަވާބެއް ދީފާނަންތަ….؟؟؟ އަހަރެން ދިމް ދެކެ ވަރަށް ވަރަށް ލޯބިވޭ…. ދެން އިތުރަށް ދިމްއާއި ނުލާ އަހަންނަކަށް ނޫޅެވޭނެ… ދިމްގެ ލޯބީގެ އަވާގައި ޖެހި އަހަރެންގެ ހިތް ދީވާނާވަނީ…. އަހަންނަކަށް ހިޔެއް ނުވެ ދެން އަހަންނަކަށް ދުވަހަކުވެސް އެހެންމީހަކު ދެކެ ލޯބިވެވޭނެހެންނެއް…. ބުނެބަލަ އަހަންނާ ރައްޓެހިވާނަންތަ…؟؟؟” އަނެއްކާވެސް ދިމްޔާގެ އަތަށް ފިތާލަމުން އަނެއް އަތުގައި އޮތްމާ ދިމްޔާއަށް ދިއްކޮށްލަމުން ރާކިން ވާހަކަދެއްކިއެވެ. ރާކިން ވާހަކަ ދައްކަމުން ދިޔައިރު ދިމްޔާ ހުރީ ވަރަށް ފަރުވާތެރިކަމާއިއެކު ރާކިންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތީގައިވާ އަސަރުތަކުން ރާކިން ދިމްޔާދެކެ ލޯބިވާވަރު ހާމަވާން ހުއްޓެވެ. ދިމްޔާ ދެން ބަލާލީ ޖަޒްލީއަށެވެ. ޖަޒްލީގެ މޫނަމަތީގެ ކުލަވަރުތަކުން ރާކިންއާއި އޭނާއާއި ގުޅުމެއް އޮތްހެނެއް ހިއެއް ނުވެއެވެ. ދިމްޔާވިސްނާލިއެވެ. އެއަށްފަހު ރާކިން ދިއްކޮށްފައިވާ މަލުގައި ހިފާލަމުން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. އޭރު އޭނާގެ ތުންފަތަށް ވަނީ ލަދުރަކި ހިނިތުންވުމެއް ވެރިވެފައެވެ. ދިމްޔާގެ ޖަވާބާއިއެކު ރާކިންއަށް ކޮޅަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު ދިމްޔާ ހުރީ ލަދުން އިސްޖަހާލައިގެންނެވެ.
“އަހަރެން ވަރަށް ވަރަށް އުފާވެއްޖެ…. އައިލަވް ޔޫ ދިމް… އައި ލަވް ޔޫ ސޯ މަޗް….” ދިމްޔާގެ ދަތް ދޮޅީގައި ހިފައި އުފުލާލަމުން އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ރާކިން ވާހަކަދެއްކިއެވެ. އަދި އެއަށްފަހު ދިމްޔާ ގެނެސް އޭނާގެ މޭގައި ޖައްސާލަމުން ދެއަތުން ދިމްޔާ ވަށާލިއެވެ.
“ޔޭ…..” ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އުނދޯލީގައި ތިބި ރުހާއާއި ޖަޒްލީ އުފަލުންގޮސް ހަޅޭލަވައިގަންނަމުން ކޮޅަށްތެދުވިއެވެ. އިދާމްއާއި އާހިލްވެސް ވީ އުފަލެއްގެ ބޮޑުކަމުން އެކަކު އަނެކެއްގެ އަތްތިލާގައި ޖަހާލިއެވެ.
ޖަޒްލީމެންގެ އަޑަށް ދިމްޔާ އަވަސް އަވަހަށް ރާކިންއާއި ދުރަށް ޖެހިލިއެވެ. އޭރު ލަދުންގޮސް ދިމްޔާގެ މޫނަށްވަނީ މަޑު ފިޔާތޮށިކުލައެއް ވެރިވެފައެވެ. ރާކިން ލާނެއްގޮތަކަށް ހީލައިގެން ދިމްޔާއަށް ބަލަން ހުއްޓެވެ. ރުހާމެން ދިމްޔާމެންގެ ގާތަށް އައިސް އެމީހުނަށް މަރުހަބާ ކިއެވެ.
“ދިމްގެ ގާތުގައި ޖަޒްލީއާއި އަހަންނޭ ކިޔައިގެން ކީކޭ ކީ….؟؟” ރާކިން އޭނާގެ ދެފަރާތުގައި ތިބި އިދާމްއާއި އާހިލްގެ ކަންފަތުގައި ހިފާލަމުން އަހާލިއެވެ.
“މި ރެކްއަށް ނޯންނާނެ ރަނގަޅަކަށް ކަމެއް ކޮށްދިނުމެއްވެސް… ދިމް ރެކް ދެކެ ލޯބިވޭތޯ ޔަގީންކޮށްލަންވެގެން އިއްޔެ ތިދެމީހުން ރައްޓެހިވީއޭ ކިޔައިގެން އަހަރެމެން ދިމް ހައްދާލީއޭ…” އިދާމްގެ ކަންފަތުން ރާކިންގެ އަތް ނައްޓުވާލަމުން ރުހާ ބުނެލިއެވެ.
“އެހެންތަ…. ދެން ކޮބާތަ ތިކުރިކަމަކުން ނުކުތް ނަތީޖާއަކީ….؟؟؟” ދިމްޔާއާއި ދިމާއަށް ލާނެއް ގޮތަކަށް ބަލާލަމުން ދެޖީބަށް އަތްޖަހާލައިގެން ހުރެ ރާކިން އަހާލިއެވެ.
“ނަތީޖާ ވަރަށް ބަރާބަރު…. ދިމްހުރީ ވަރަށް ޖޭވެފަ….” ހިނިގަނޑެއް ޖަހާލަމުން އާހިލް މިހެން ބުނުމުން ދިމްޔާ ލަދުގަތް ނަމަވެސް އާހިލްގެ އަތުގައި ވިކައިގަތެވެ.
“ދެން އެންމެން އަހަރެންގެ ލޯބި ލޯބި ދިމްއާއި ދިމާކުރާނެކަމެއް ނެތް އިނގޭ…” ދިމްޔާ އަތުގައި ހިފައި ގެނެސް ރާކިން އަނެއްކާވެސް ދިމްޔާ އޭނާގެ މޭގައި ލައްކޮށްލިއެވެ. ދިމްޔާވެސް ލަދުގެންފައިވާވަރުން ރާކިންގެ ވަރުގަދަ ހަށިގަނޑުގައި ދެއަތުން ހިފަހައްޓާލަމުން އެތަނަވަސް މޭމަތީގައި މޫނު ފޮރުވާލިއެވެ. އެދެމީހުނަށް ވަގުތުކޮޅެއް ދީފައި ރުހާމެންވެސް ތަންކޮޅެއް ދުރަށް ޖެހެލިއެވެ.

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުންދެއެވެ. ނިމިގެންދާ ކޮންމެ ދުވަހެއްވެސް ވެގެން ދިޔައީ ރާކިންއާއި ދިމްޔާގެ ދެމެދުގައިވާ ވަރުގަދަ ލޯތްބަށް އިތުރު ތާޒާކަމާއި އާރޯކަން ލިބިގެންދާ ދުވަހަކަށެވެ. ދިމްޔާއާއި ރާކިން ލޯބީގެ ގޮތުން ގުޅުން ކަމުގައިވީނަމަވެސް އެމީހުން ކިޔެވުމަށްދޭ ސަމާލުކަން އެންމެ ތަންފުކެއްވެސް ކުޑައެއް ނުވެއެވެ.

ޓެސްޓް ގާތްވެފައި ވުމާއިއެކު އާދައިގެ މަތިން މިއަދުވެސް ދިމްޔާމެން ތިބީ ޖަޒްލީމެންގޭގެ ޓެރެސްމަތީ ގްރޫޕް ސްޓަޑީ ގައެވެ. ދެގަޑިއެއްހާއިރުވަންދެން ކިޔަވަން ތިބުމަށްފަހު ރުހާއާއި އިދާމް ދުރަށް ޖެހިލުމުން ދިމްޔާއާއި ރާކިން ވެސް ދުރަށް ޖެހިލިއެވެ. މޭޒުދޮށުގައި ތިބީ ޖަޒްލީއާއި އާހިލްއެވެ. ލިބުނު ހުސްވަގުތުކޮޅުގައި ޖަޒްލީ ކިޔަން ގެންގުޅުނު ވާހަކަފޮތް ހުޅުވާލައިގެން ކިޔަމުން ދިޔައިރު ހުއްޓުމެއްނެތި މޭޒުމަތީގައި ހުރި ތަށިން ޕޮޕްކޯން ކަމުން ދިޔައެވެ. އާހިލް ހުސްގަނޑަކުން ކޯން އެއް ހަދާލުމަށްފަހު ޖަޒްލީ ފޮތަށް ގެއްލިފައި އިންދައި ތަށީގައި ހުރި ޕޮޕްކޯންތައް ކޯންއަށް އަޅާލުމަށްފަހު ހުސްތަށި ބެހެއްޓިއެވެ. ޕޮޕްކޯން ކޮޅެއް ކާލުމަށްޓަކައި ތަށްޓަށް އަތްލުމާއިއެކު އެތި ކޮޅެއްގައި އަތް ނުޖެހުމުން ޖަޒްލީ ތަށިތެރޭގައި އަތްހިންގާލިއެވެ. އަދި ފޮތުން ނަޒަރު ވަކިކޮށްލަމުން ތަށްޓާއި ދިމާއަށް ބަލާލިއެވެ. ހުސްތަށިހުރުމުން ޖަޒްލީއަށް ދެންބަލާލެވުނީ ކުރިމަތީގައ އިން އާހިލްއަށެވެ. އޭރު ޖަޒްލީގެ ކުރިމައްޗަށްވާގޮތަށް ހުރި ގޮނޑިއަށް ހަށިގަނޑުދަމާލައިގެން ހަމަޖެހިލައިގެން އާހިލް އިނީ ޕޮޕްކޯން ކާލަކާލައެވެ. ޖަޒްލީ ބަލާލުމުން ދެބުމަ ހިއްލާލުމަށްފަހު އަނގަޔަށް މަޖާ ވައްތަރެއް ޖައްސާލަމުން ހީލިއެވެ. ޖަޒްލީވެސް ދެބުމަ ގޮށްޖަހާލަމުން މޭޒުގެ ދަށުގައި އޮތް އާހިލްގެ ފައިގައި ފައިން ބޮނޑިއެއް އަޅުވާލިއެވެ. އެކަހަލަ ކަމަކަށް ނުވިސްނާ އިން އާހިލް އަނގަޔަށް ލާލާ އިން ޕޮޕްކޯންކޮޅު ވިއްސައިގެން ދިޔައެވެ.
“ކީއްތިކުރީ….؟؟؟” ވެރިފައިހުރި ޕޮޕްކޯންތަކަށް ބަލާލަމުން އާހިލް އަހާލިއެވެ.
“ކީއްވެ ތަށި އެއްކޮށް ހުސްކޮށްލީ… އެހެންވެ….” މިހެން ބުނެފައި ޖަޒްލީ އަނެއްކާވެސް ފޮތަށް ނަޒަރު ހުއްޓާލިއެވެ.
“އެމީހުން އެތިބީ އެތާ މާފޮޅުވަން…. މިތާ މިތިބީ އަހަރެމެން ދެމީހުން އެކަނި…. އަނެއްކާ ޖަޒްލީވެސް ތިފެށީ ވާހަކަ ކިޔަން…. ދެން އަހަރެން މިތާ އެކަނި އިނދެގެން ކުރާނެ ކަމެއް ނެތީމަ އެހެންނު ވާނީ….” ޖަޒްލީގެ އަތުގައި އޮތް ފޮތް ދަމައިގަންނަމުން އާހިލް ބުނެލިއެވެ.
ދުރުގައި ތިބި ރުހާމެންގެ އިތުރުން ދިމްޔާމެނަށްވެސް މިމަންޒަރު ފެނުމުން ހެވިފައި ބަލަން ތިއްބެވެ. ނަމަވެސް އާހިލްމެންނަކަށް މިކަމެއް ނޭނގޭނެއެވެ.
“ދެން މި ފޫހި ފޮތް ބާއްވާފައި ހިނގާބަލަ އަހަރެމެން ދެމީހުންވެސް މާފޮޅުވަން…. މިހާރު އަހަރެމެން ދެމީހުންނެއްނު ބާކީ މިތިބީވެސް…. ޖަޒްލީ އަހަންނާ ރައްޓެހިވާންވީއެއްނު….” ޖަޒްލީ ފޮތް އަތްލަން އުޅެން ފެށުމުން ލާނެއް ގޮތަކަށް ހީލަމުން އާހިލް މިހެން ބުނުމުން ޖަޒްލީ ދެލޯބޮޑުކޮށްލަމުން އާހިލްއަށް ބަލާލިއެވެ. އަދި ދެވަނަ ސިކުންތުގައި އާހިލްގެ ފައިތިލަމައްޗަށް ފައިންއަރާ ފިތާލިއެވެ. ވީތަދުން އާހިލްއަށް ހަޅޭލަވައިގަނެވުނެވެ. ޖަޒްލީ ކަންތައް ކުރިގޮތުން ހެމުން ހެމުން ދިމްޔާމެންނާއި ރުހާމެންވެސް އެތަނަށް އައެވެ.
“އަހަންނަށް ކުރިމަތި ލެވުނީމި ވަރަށް ނުރައްކާތެރި ކުއްޖަކާ…. ހީވަނީ އަރާކައިގަންނަން އުޅޭހެން…..” ރާކިންގެ ފުރަގަހަށް ވަންނަމުން އާހިލް މިހެން ބުނުމުން ދިމްޔާމެން ހޭންފެށިއެވެ. މޭމަތީ ދެއަތް ހުރަސްކޮށްލަމުން ޖަޒްލީ އާހިލްއަށް ލޯއަޅާލިއެވެ.
“ދެން އަހަރެން ދެކެ ރުޅިއަޔަސް ނިކަން ޖަވާބެއް ދީބަލަ….” އެހުރިގޮތަށް ހުރެ އާހިލް ބުނެލިއެވެ.
“އަހަންނެއް ނޫޅެން….” ތުން އަނބުރާލަމުން މިހެން ބުނެފައި ޖަޒްލީ ހިނގައިގަތީ އުނދޯއްޔާއި ދިމާއަށެވެ.
“އޯ މައި ގޯޑް…. ޖަޒޫ މީ ކޮންކަމެއް…..” ރުހާގެ އަޑަށް ޖަޒްލީ ފަސްއެނބުރި ބަލާލިއެވެ. އޭރު ރުހާ ހުރީ ޖަޒްލީ ކިޔަން ހުރި ފޮތް ހުޅުވައިގެން އެއަށް ބަލަހައްޓައިގެންނެވެ. މިތަން ފެނުމުން ޖަޒްލީ ދުންޖަހާފައި އައީ ފޮތާ ދިމާއަށެވެ. ނަމަވެސް އޭގެ ކުރިން އާހިލް ރުހާގެ އަތުން އެފޮތް ޖަހައިގަންނަމުން އެއަށް ބަލާލިއެވެ. އޭރު ޖަޒްލީ އައިސް އެހިސާބަށް އަރާހަމަވީއެވެ. އާހިލް ފޮތް ބެލިތަން ފެނުމުން މޫނުމަތީ އަތްއަޅަމުން އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.
“އަހަހާ ހަހާ…. އަހަންނެއް ނޫޅެމޯ…. އެކަމަކު ބަލާބަލަ މިއޮތް ފޮތެއް….” އާހިލް މިހެން ބުނުމުން ދިމްޔާމެންވެސް އެފޮތް ބަލާލިއެވެ. ފޮތުގެ ނިމޭ ހިސާބުގައި އޮތް ހުސްގަނޑެއް ފުރާ އޮތީ އާހިލްގެ ނަން ލިޔެފައެވެ.
އާހިލް އޭނާއަށް ފުރަގަސްދީގެން ހުރި ޖަޒްލީގެ ކުރިމައްޗަށް އަރާ އޭނާގެ މޫނުގައި އަޅާފައި އޮތް ދެއަތް މޫނާ ދުރުކޮށްލިއެވެ.
“އަހަންނަށް މިހާރު ޖަޒްލީގެ ޖަވާބު އެނގިއްޖެ…. އަދި ވަރަށް ނުވާކަމަށް ހަދަން އެބައުޅެއެއްނު….” ޖަޒްލީގެ ކޮލުގައި ހިފައިލަމުން އާހިލް މިހެން ބުނުމުން ޖަޒްލީ އުޅުނީ އާހިލްގެ ގައިގައި ބޮނޑިއެއް އަޅާށެވެ. ނަމަވެސް ޖަޒްލީ ގެ އަތްދަށުން ރެކިގަންނަމުން އާހިލް ދުއްވައިގަތެވެ. އާހިލްގެ ފަހަތުން ޖަޒްލީވެސް ދުއްވައިގަތެވެ. ޓެރެސް ވަށާ ދުވުމަށްފަހު ވަރުބަލިވެގެން ދެމީހުން އުނދޯލީގައި އިށީނެވެ. އެންމެފަހުން ލޯބިވެރިންގެ ލިސްޓަށް އާހިލްއާއި ޖަޒްލީގެ ނަންވެސް އެރީއެވެ.
އާހިލްމެން ޖަހަމުން ދިޔަ ސަކަރާތް ބަލަން ދިމްޔާ އިނީ ހެވިފައެވެ. ރާކިން އިނީ ދިމްޔާއަށް ބަލާށެވެ. އެގޮތަށް ހިނިތުންވެލައިގެން އިންނައިރު ދިމްޔާ ނިކަން ލޯތްބެވެ. ރާކިން ދިމްޔާގެ އަތުގައި ހިފައިލަމުން މަޑުމަޑުން ފިތާލިއެވެ. ދިމްޔާ ރާކިންއަށް ބަލާލަމުން ލޮލުގެ އިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ.
“ކަމެއް ނުވެ…. ދިމް ލޯބިކަމުން ހަމަ ބެލެނީ…. ކިތަންމެ ވަރަކަށް ބެލިކަމުގައި ވިޔަސް ފޫއްސެއްނުވާނެ…..” ދިމްޔާގެ ދެލޮލަށް ލޯބިވެތި ގޮތަކަށް ބަލަހައްޓައިގެން އިނދެ ރާކިން ބުނެލިއެވެ. ގަތްލަދުން ދިމްޔާ ރާކިންގެ ކޮލުގައި އިނގިލިތައް ޖައްސާލަމުން އެހެން ދިމާއަކަށް ރާކިންގެ މޫނު އަނބުރާލިއެވެ. އަދި އެއަށްފަހު މޭޒުމަތީގައި އޮތް ފޮތެއް ހުޅުވާލަމުން އެއަށް ނަޒަރު ހުއްޓާލިއެވެ. ރާކިންއަށް ހީލަމުން ދެފަރާތަށް ބޯހޫރާލެވުނީ ރައްޓެހިވެގެން ހަމަހަށްވުރެ ގިނަދުވަސްވީއިރުވެސް ރާކިން ބަލާލުމުން ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިހާރުވެސް ދިމްޔާ ލަދުން އުޅޭތީއެވެ.

ދުވަސްވަރަކީ ކިޔެވުމުގެ އެންމެ ފަހު މަރުހަލާގެ ދުވަސްވަރު ކަމުން ދިމްޔާމެން ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރިއެވެ. ބޭރުގައި ހޭދަކުރާ ވަގުތުތައް މަދުކޮށް ފަހު އިމްތާހުނަށް ތައްޔާރުވުމަށްޓަކައި އެކުވެރިންނާއި ލޯބިވެރިންނާއިއެކު ހޭދަކުރާ ވަގުތުތައްވެސް މަދުކޮށްލިއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ފަހު އިމްތިހާނުން ފުރިހަމަ ނަތީޖާއެއް ހޯދުމަށެވެ. ކުރިމަގު އުޖާލާ އަލި މުސްތަގުބަލެއް ހޯދުމަށްޓަކައެވެ.

“އާހް… އަހަރެންގެ ބޮލުން ހީވަނީ ބައެއް މަދުވެއްޖެހެން… ހާދަ ލުއިވެއްޖޭ….” އެންމެފަހު ޓެސްޓް ނިންމާލުމަށްފަހު ކުލާހުން ނުކުންނަމުން ބޮލުގައި ހިފަހައްޓާލައިގެން ހުރެ ޖަޒްލީ ބުނެލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ.
“އަސްލުވެސް ދޯ… ދެން ނުޖެހޭނެ ފޮތްތައް ހިފައިގެން ކިޔަވަން އަންނާކަށްވެސް…. ހަހަހާ….” ހިނިގަނޑެއް ޖަހާލަމުން އިދާމް މިހެން ބުނުމުން އެންމެން އެކީ ހޭންފެށިއެވެ. ކޮލެޖުން ނުކުތްގޮތަށް އެމީހުން މިސްރާބު ޖަހާފައިވަނީ ޖޫގޯ ޕޮއިންޓަކާއި ދިމާއަށެވެ. މަޖީދީ މަގު ހުރިގޮތަށް އާޓިފިޝަލް ބީޗާއި ވީދިމާއަށް ފައިބައިގެން ދިޔައިރު އެންމެ ކުރިއަށް ތިބީ ޖަޒްލީއާއި އާހިލްއެވެ. ރުހާއާއި އިދާމް މެދުގައި ހުރިއިރު ރާކިން އާއި ދިމްޔާ ހުރީ އެންމެ ފަހަތުގައެވެ. ދިޔަ މަގުމަތީ ވާހަކަ ދެކެވެމުން ދިޔައީ ކިޔަވާ ނިމުމުން ދެން ކުރާނެ ކަމަކާމެދުއެވެ. އިތުރަށް ކިޔަވާނީތޯ ނޫނީ ވަޒީފާއެއް ހޯދާނީތޯއެވެ.
“އަހަރެމެން މެރީ ކުރާނީދޯ….” ދިމްޔާގެ އަތުގައި ހިފައިލަމުން ކަންފަތްދޮށުގައި ސިއްރު ސިއްރުން ރާކިން މިހެން ބުނެލުމުން ދިމްޔާ ރާކިންގެ އަތުގައި ވިކައިގަތެވެ.
“ކިހިނެއްވީ މެރީ ކުރާކަށް ބޭނުމެއް ނޫންތަ…؟؟؟” ލާނެއް ގޮތަކަށް ހަމައެހާ ސިއްރުން ރާކިން އަހާލިއެވެ. ދިމްޔާ ލަދުން އިސްޖަހާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެވަގުތުކޮޅު ކުރިމަތި ނުބަލާ ހުރެ ދިއުމުން ދިމްޔާގޮސް ޖެހުނީ ރުހާގެ ގައިގައެވެ.
“ގޮވާގޮވާ އަނގައިން ނުބުނުމުން އަހަންނަށް ހީވެއްޖޭ މިމީހުން މިއުޅެނީ އެހެން ދުނިޔެއެއްގައޭ….” ރުހާ ދިމްޔާމެންނާއި ދިމާކޮށްލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ޖޫގޯ ވިއްކާތާ ކުރިމަތީގައެވެ.
“ޕިސް ޕިސް… ރެކްވެސް ދޯ… ތީ ދެން ބޮޑުވަރު…. މީމަގުމައްޗޭ…” އާހިލްވެސް ރުހާއާއި ބައިވެރިވެގެން ރާކިންމެންނާއި ދިމާކޮށްލިއެވެ. ދިމްޔާ ލަދުން ރުހާގެ އަތުގައި ހިފާލިއެވެ.
” ކީއްތަވީ…؟؟؟ ދިމްއާއި ވާހަކަ ދައްކަން ވެއްޖާ އަހަންނަށް ނޯންނާނެ ތަނެއް ތަނެއް…” ރާކިންވެސް އަނަގައިން ދެރަނުވާންވެގެން ބުނެލިއެވެ.

އެކުވެރިންނާއިއެކު ވަގުތު ހޭދަކޮށްލުމަށްފަހު ރާކިން ގެއަށް އައިއިރު މަންމައާއި ބައްޕަގެ އިތުރުން އީމަންވެސް ސިޓިންގ ރޫމްގައި އިނެވެ. ރާކިންވެސް ގޮސް އީމަންގެ ގާތުގައި އިށީނުމާއިއެކު ޓެސްޓާއި ބެހޭގޮތުން ރާނިޔާ ސުވާލުކޮށްލުމުން ރަނގަޅުވާނެކަމުގައި ބުނެފައި ރާކިން ސޯފާގައި ލެނގިލިއެވެ.
“ރެކް އަހަރެން މިއުޅެނީ ރަށަށް ގޮސްލަން….” ރާކިންއަށް ބަލާލަމުން އީމަން ބުނެލިއެވެ. ރާކިން ހައިރާންކަމާއިއެކު އީމަން އަށް ބަލާލިއެވެ.
“ކިހިނެއްވީ؟؟؟؟ ކީއްވެ ކުއްލިއަކަށް ރަށަށް ދާން ތިއުޅެނީ….؟؟؟” ހަށިގަނޑު ތެދުކޮށްލަމުން ރާކިން އަހާލިއެވެ.
“މަންމަ ބަލިވެ އުޅޭ ވާހަކަ މިޔަދު އަމަން ގުޅާފަ ބުނި…. އެހެންވެ މަންމަ ކައިރިއަށް ގޮސްލަންކަމަށް…. ރެކްގެ ކިޔެވުންވެސް ނިމުނީނު… ހިނގާ އަހަންނާއެކީ ރަށަށް ގޮސްލަން….” އީމަން މިހެން ބުނުމުން ރީހާންވެސް އީމަންގެ ބަހަށް ތާއީދުކޮށް އެރަށަށް ގޮސްލަންވީނޫންހޭ ރާކިންގެ ގާތުގައި ބުނެލިއެވެ.
“ނޫނޭ… ބައްޕާ…. އަހަރެމެން ދެމީހުން އެއްކޮށް ގޮއްސިއްޔާ މަންމަ ދެރަވާނެ… އަހަރެން ދާނީ މަންމައާއި އެކީގައި…..” ރާނިޔާއަށް ބަލާލަމުން ހިނިތުންވެލަމުން ރާކިން މިހެން ބުނުމުން ރާނިޔާވެސް ހިނިތުންވެލިއެވެ.
“އެންމެ ރަނގަޅު…. ދަރިފުޅަށް ފެންނަގޮތެއް…. ދަރިފުޅު ދާނަން ދޯ އީމަން ފުރުވަން…. މިރޭ ނުވައެއް ޖަހާއިރަށް ލޯންޗް ނައްޓާލާނީ…. ބައްޕަ އެބަޖެހޭ ރައްޓެއްސަކާ ބައްދަލްކޮށްލަން….” ރީހާން މިހެން ބުނުމުން ދާނެ ކަމަށް ބުނެފައި އީމަންއާއި އެކު ރާކިން ހިނގައިގަތީ ބަންގި ގޮވަން ފެށުމުން މިސްކިތަށް ދިޔުމަށްޓަކައެވެ.

ހަފްތާއެއްހާ ދުވަސް ފަހެވެ. ރޭގަނޑުގެ ވަގުތު ރާކިން މިސްރާބުޖަހާފައިވަނީ ކަލާފާނު ސްކޫލާއި ދިމާއަށެވެ. ސްކޫލްގެ ގޭޓު ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމަށްފަހު ދެފަރާތް ހޯދައި ބަލާލިއެވެ. އެވަގުތު ކުރިމަތީ އޮތް ގޯޅިން ލަނބާލި ދިމްޔާ ރާކިންއަށް ފެނުމުން ހިނިތުންވެލިއެވެ. ރާކިން ފަރުވާތެރިކަމާއިއެކު ދިމްޔާއަށް ބަލާލިއެވެ. ދިމްޔާ ހުރީ ރަތްކުލައިގެ ދޯބައްޓާ ހެދުމެއް ލާފައެވެ. ހެދުމުގައި ރަންކުލައިގެ އެސްތަކެއް ހަރުކޮށްފައިވާއިރު އަޅައިގެން ހުރި ދޯބައްޓާގެ ކައިރިފަށުގައިވެސް ރަންކުލައިގެ ރޭނދާފަށެއް އަޅާފައި ހުއްޓެވެ. ހެދުމުގެ އަތްކުރީގައި ރަންކުލައިގެ މިނާތަކެއް ހަރުކޮށްފައިވެއެވެ. ދިމްޔާ އެހެދުން ލާފައި ހުންނައިރު ހީވަނީ ރީތި ޕަރީއެއް ހެންނެވެ. މުށިކުލައިގެ ދިހުން އަރާ ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ދޮންމޫނުގައިވަނީ އުޖާލާކަމެވެ. ދިމްޔާގެ ރީތިކަމަށް ރާކިންގެ ހިތާހިތުން ތައުރީފުކޮށްލެވުނެވެ.
“އައްދޭ…. ޓޮމާޓޯއެއް ކާލައިގެންތަ އައިސް ތިހުރީ….؟؟؟” ދިމްޔާ އައިސް މަޑުކޮށްލުމުން ރާކިން ދިމާކޮށްލިއެވެ.
“ރާކިން މާވަރަކަށް ބަލަނީ ކީއްވެތަ…. އަހަރެން ލަދުގަނެއޭ….” މޫނުގައި ދެއަތް އަޅާލަމުން ދިމްޔާ މިހެން ބުނުމުން ރާކިންގެ ގާތަށް ހިނިއައެވެ.
“ތިހާ ރީތި ކުއްޖަކަށް ނުބަލާ ހުރެވޭނީ ކާކަށްތަ…؟؟؟ ހަމަ ހާހަކަން އެކެއް ތީ….” ދިމްޔާގެ ދެއަތް މޫނާ ވަކިކޮށްލަމުން އޭނާގެ ކުޑަކުޑަ ނޭފަތުގައި ޝަހާދަ އިނގިލިން ޖަހާލަމުން ރާކިން ބުނެލިއެވެ.
ދިމްޔާ ސައިކަލްގެ ފަހަތަށް އެރުމުން ރާކިން ސައިކަލް ދުއްވާލިއެވެ. ކުއްލިއަކަށް ރާކިން ސައިކަލް ދުއްވާލުމުން ނުވިސްނާއިން ދިމްޔާ ގޮސް ޖެހުނީ ރާކިންގެ ބުރަކަށިގައެވެ. ރާކިން ގެ ގައިން ދުވަމުން ދިޔަ “ހޯޕް” ސެންޓުގެ މީރުވަހުން ދިމްޔާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ.
އަމީނީމަގު ހުރި ގޮތަށް ދުއްވާފައި ގޮސް ބޮޑުތަކުރުފާނުމަގަށް ނުކުމެ އައި.ޖީ.އެމް.އެޗް ކައރީގައި ސައިކަލް ޕާކުކޮށްލުމަށްފަހު ދިމްޔާގެ އަތުގައި ހިފައިލައިގެން ރާކިން މިސްރާބު ޖެހީ ތޮށިގަނޑާ ދިމާއަށެވެ.
“ދިމްއަށް އެނގޭތަ…؟؟؟ މީއަހަރެމެންނަށް ވަރަށް ޚާއްސަ ތަނެއްނު…. އެންމެ ފުރަތަމަ އަހަރެމެން އެކުވެރިވީވެސް މިތަނުން…. ހަނދާންވޭތަ….؟؟؟” ތޮށިމަތީ އިށީނދެ ހަމަޖެހިލަމުން ރާކިން މިހެން ބުނުމުން ދިމްޔާ ހީލަމުން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ރާކިންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ދިމްޔާ އިނީ އޭނާގެ ކޮނޑުގައި ބޯވެސް އަޅާލައިގެންނެވެ. ރެއަކީ ހަނދުވަރު ރީތި ރެއަކަށްވުމުން ހަނދުގެ ރިހިއަލި ކަނޑަށް އެޅިފައި ހުންނައިރު ނުހަނު ހިތްގައިމެވެ. ބަލާ ފޫހިނުވާނެފަދަ މަންޒަރެކެވެ.
“ދިމް…. ކީއްވެ ދިމްގެ ގެ ހުންނަތަން އަހަރެން ކައިރީ ނުބުނަން ތިއުޅެނީ…. އަބަދުވެސް އަހަރެން ޖެހެނީ އެ ސުކޫލް ދޮށަށް ދާން…..” ޝަކުވާ ކުރާ ކަހަލަ ގޮތަކަށް ރާކިން ބުނެލިއެވެ.
“އަދި ނެތެއްނު ނުބުނެވިފައެއް….” ދިމްޔާގެ ޖަވާބު ކުރެވެ. ރާކިން އިތުރަށް އެވާހަކަ ނުދެއްކީ އެވާހަކަ ދައްކައިގެން މާހައުލުގެ އުފާވެރިކަން ގެއްލުވާލަން ބޭނުންނުވާތީއެވެ.
“ދިމް ލޯމަރާލަބަލަ…” އިރުކޮޅަކު އުޑުގައިވާ ފުރިހަމަ ހަނދަށް ބަލަހައްޓައިގެން އިނުމަށްފަހު ރާކިން ބުނެލީ ދިމްޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުންނެވެ. ދިމްޔާ ލޯމަރާލިއެވެ. އެހާގާތުން ދިމްޔާގެ މޫނު ފެނުމުން ރާކިންގެ އެތެރެހަށީގައި ކަރަންޓްގެ ރާޅުބާންޏެއް ދުވެލިއެވެ. ނަމަވެސް ރާކިން އޭނާގެ ހިއްސުތަކުގެ މައްޗަށް ބާރު ފޯރުވަމުން ޖީންސްގެ ޖީބުން ކުޑަފޮށްޓެއް ނެގިއެވެ. އަދި އެފޮށި ހުޅުވާލުމަށްފަހު އޭގައި އިން ކެވެލިކޮޅު ނަގާ ދިމްޔާގެ އަތުގައި އަޅުވާލަދިނެވެ.
“ދެން ލޯހުޅުވާލަބަލަ….” ރާކިން މިހެން ބުނުމުން ދިމްޔާ ލޯހުޅުވާލުމަށްފަހު އަތަށް ބަލާލިއެވެ. ހިތްތަކެއް ލާފައިވާ ރިހިކެވެލިކޮޅު ފެނުމުން ދިމްޔާއަށް ހިނިތުންވެލެވުނެވެ.
“ވަރަށް ރީތި….” ރާކިންގެ މޫނަށް ބަލާލަމުން ދިމްޔާ މިހެން ބުނުމުން ރާކިން ހީލިއެވެ.
“އެހެންވީއިރު ދުވަހަކުވެސް މިކެވެލިކޮޅު ދިމްއާއި ވަކި ނުކުރައްޗޭ….” ދިމްޔާގެ ކޮލުގައި އަތުގެ ނުފުށުން ފިރުމާލަމުން ރާކިން މިހެން ބުނުމުން ދިމްޔާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެވަގުތު ރާކިންގެ ޖީބުގައިވާ ފޯނު ރިންގްވާންފެށިއެވެ. ގުޅަނީ ރާކިންގެ މަންމައެވެ. ރާކިން ފޯން ނަގަން އުޅެނިކޮށް ފޯން ކެނޑުނީއެވެ. މަންމަގެ ނަންބަރަށް ޑައިލް ކޮށްލަމުން ރާކިން ކޮޅަށް ތެދުވެ ޖީންސްގެ ޖީބަށް އެއްއަތް ޖަހާލިއެވެ. ދިމްޔާވެސް ކޮޅަށް ތެދުވަމުން ރާކިންއަށް ބަލާލިއެވެ. އެގޮތަށް ޖީބަށް އަތްޖަހާލައިގެން ހުންނައިރު ރާކިން ހީވަނީ މޮޑެލްއެއްހެންނެވެ. ފަން އިސްތަށިގަނޑު ޖެލްލައި ކޮޅަށް ނަގާފައިވާ ވާއިރު ތުނބުޅިއާއި މަތިމަސްވަނީ ރީތި ސްޓައިލްއަކަށް ތުނިކޮށް ކޮށާފައެވެ. އޭނާގެ ތޫނު ދެލޯ ވަނީ ހަނދުވަރުގެ ރިހިއަލި އެޅިފައިވާ ކަނޑަށް އަމާޒުވެފައެވެ. ލައިގެންހުރި މަޑުނޫކުލައިގެ ގަމީސް ރާކިންއާއި ވަރަށް ގުޅެއެވެ.
“ހެލޯ… މަންމާ…” ރާކިންގެ ރީތިކަމަށް ގެއްލިފައި ހުރި ދިމްޔާ ސިހިގެންދިޔައީ ރާކިން ފޯނުން ވާހަކަ ދައްކަން ފެށުމުންނެވެ.
“ކީކޭ…..؟؟؟؟؟؟؟؟؟؟” ކުއްލިއަކަށް ރާކިން މިހެން ބުނެލުމުން ދިމްޔާ ރާކިންގެ މޫނަށް ބަލާލިއެވެ. ރާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ދިމްޔާގެ ހަވަނަ ހިއްސު ދެނެގަތެވެ.
(ނުނިމޭ)

2

You may also like...

398 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. hendhunu 9:30 gaa feshi inthixaar adhi kiriyaa mi nimunee… huh finally i got to read this… vrh reethi ingea… but anekkaa vex thinimmaalee ehaa hiyy thelhey kahala gothakah…. but jazakillah khairan… ingey thiulhnee vrh busy kh kan…. love u so much eem sis… 🙂 bst of luck… n dnt loose hope… insha allah u can always do it….

  ⚠Report!
 2. Nuveskiya first comment kohly varah rythi n varah majaa i thought that jasly n aahil vl b the nxt couple thankx eem dhen when vl b the nxt part

  ⚠Report!
 3. W w rythi mi part wes..MASHA ALLAH.. plxx plxx awahah up khdhehchey..dhn ekm neyngey kiyaalewyne kameh gawaidhn.. olevel kairiwefa next wyk mock fesheythy.. bt libey free time ga balaanan kiyaaiewey tho…

  ⚠Report!
  1. shaph dhim men hen ithurukanthah ehah madu jassaalaafa rangalhah kiyavahchey.. good luck for ur upcoming exams.. 🙂 do well :):)

   ⚠Report!
 4. Reethi..? ekam dn aneihen maa bodu kamei nuvey dhw…mibuny story ehen kolhalah anburaalaba…bodu kanthah gandei hingaalafa dhim menge life knmes khalhage difficulites geneba…eyrun readers hunnaanee v curious vefa..story kiyamun dhaavarakah dn vaane gothakaa medhuga visnan jehey kahala gothakah kuriah huri baithah genesdhyba..ihthink everyone will like dat…as a reader dis is wat i feel hope u ll think abt it dheem..??

  ⚠Report!
  1. ken ge khiyaalu ufalaa eku balaagenfin 🙂
   ken ah bunelan othy story othy adhi kuriashey.. hee nukuraakahala ethah kamehves vumakee ekasheegenvaa kameh…

   ⚠Report!
 5. Wowww….mi part vvvvv reethi…kiyaa hithun indha e nimuny….jazly n aahil ge bai v salhi n v maja..good job eem..waiting fo the next part….

  ⚠Report!
 6. Alhey nukko ah maaa lahun dw mibelunyy.. so sad… kudakoh bixy v haveeru.. . Story hama habeyx kn irakun next part.. eyrun nukko shabee aa ken and kenukbee inthixaaruge vaguthu thah gunan fesheyny 😉
  Anyway story v obi….. and im tooo late v ma v v sad vejje

  ⚠Report!
  1. looks like ken is my assistant.. hehe sry ken.. jst joking.. 🙂
   ken is right.. next part is on thursday

   ⚠Report!
  2. Balaabala ken mihaaru job ves hoadhynu thi aharumenah vureves kurin eves eem ge assistant ge job

   ⚠Report!
 7. ey kaemen marry kurun mee mihaaru dhivehi radheefah ves vahdhaafa hurihen heevany.. ehenyaaa. Anhena dhaamiyaa gaathu dhe bas ehnukuraashey buneema aaekoa kiyaafa mihaaru mi liyany vaki coahcheh? Kaiveni kurumey marry kurumeh nooney.. dhivehi bahah ihuthiraamu kohbala.. kaemenge maadhary bahey..

  ⚠Report!
  1. anonymous ge faadu kiun ufalaaeku balaagenfin 🙂 🙂
   ekm eem ah heevanee meehaku buni ehcheh bunaa iru (komaa koalhi therey liyaairu) ekahala bas beynun kurumakun goaheh nei kanneeyge.. a e aanmukoh vaahaka dhakkaairuves english words beynun kureveythee…
   and anonymous gaathu bunevun dw english words use nukuraanamey… sry.. mistake huritho beli iru v gin english words change kurin dhivessah.. bt ethanko e othy kassaalaafa.. sry again
   be next time v v balaanan english enme word ehves use nukoh veytho..

   ⚠Report!
  1. ehentha maashal.. vedhaane maashal kiyaa hiyvaakahala vaahakaeh nun kamah.. ekm eem heekuran kuriah huri part thah maashal ah kamudhaane kamah 🙂 🙂

   ⚠Report!
 8. mr.anonymouse dhivehi bahaku nuonnane kaemennekey kaleymen onnaanyy…hehehe…thi gothah kithah bas kiyanebaa dhivehi maadharee bahey kiyaignn…dhivehi bahah ihthiram eba kureveytha anonymouse..meehaka dhimalah ehchekey bunaany furathama thima meeha islaah vefa.i mean thima myha dhivehi bahah ihthiraam koffa…:p

  ⚠Report!
  1. evves kujjaku araarun nuvahche.. eki kudhinge Khiyaalu thafaathu vaane. ekan dhanegen dhuniyeyga ulheveynee… ehn v ma enmenge khiyaalahves ihthiraam kuran vaane..

   ⚠Report!
 9. Vaahaka varah reethi… Eem ge style ga eem story kiunyma kanneyge reethi vaanee…binaa kuranivi faadukiun balainugannaashe key nun ekam mihaaru kudhin vaahaka dhahkaa iru English words beynun kurey…so egothah liunyma hadi eh nun…emmenah reethi gothakah ehves myhakah nulieveyne…myhaku hama English words laashey bunyma laafa nulaashey bunyma nulyma eythi kada…best of luck eemoooo

  ⚠Report!
  1. I agree with mush…myhaku hama bunaahaa gothakah hedhumahvure thimaa yah fenna enme rangalhu gothah kanthah kuriyya rangalhuvaany…

   ⚠Report!
  2. i agree with u…cuz even in many eng stories thr r other language words..such as spenish..italian…etc..n even our daily lives its v rare dat v dnt use eng words cuz v r used to it..but duxnt mean v dnt respect our mother tounge..its jux a fact..?

   ⚠Report!
 10. Salam frnds…..alhe dhimya aky jinni ehtha…eyrun raakin ah vaany kihineh. …….masha allah………

  ⚠Report!
 11. Eem sorry miadhu varah inthizaar kurin… but ok lahun kuyunass varah reethi mi part ves… dhim aky handi kuhjeh tha… abadhu rai hrdhun lahvaafa… nd ge eh ves nuhun naneetha… I know there is something in between that… up soon..

  ⚠Report!
 12. mi anonymous mee kaakutha??? meena ah ves mainbafain onnaane dhw reethi dhivehi nameh dheefa… dhn keevveba commnt kuraa iru faadegge anonymous eh jahaigen jahaigen thiulheny…. vahaka othy dhivehi bahun dhw liyefa… myhaku buni ehcheh bunaa iru english thankolheh beynun kuriyas mashakah hiyenuvey aee maa bodu kameh hen.. dhn writer ves meena dheke birun ulheyhen heevany… meena ah bunelan beynun sun ga hunna vahakathakah thi namuga keevvebaa ey commnt nukurany…

  ⚠Report!
  1. Mee kon xxx eh tha? Ma sun ga hunna vaahaka eh nukiyan e vaahaka thakuga faranjee bas dheke loabivegen gos hahdhu fahana alhaafa hunnaathy.. Ma khiyaalu hushahalhaaa iru nameh beynun nukuran.. ehenve anonymous araafa innnaany shaaiu vaairu.. aga chey vefa hurey dhen..
   Meehun heekurany aharen khiyaalu husha halhany liyaa kuhjaa ah jehsumah hen ekamaku ma beynun vany liyaa kuhjaage ves adhi kiyuntherin ge ves dhivehi bahuge fenvaru ragalhu kuran.. dhivehi vaahaka site thakuge beynumaky ves dhivehi bas kuri aruvaa aalaa kurun.. Hama ekani muni foohi filuvaa dhinumeh noon.. Dhivehi bahuga hunna basthakun maa bodah hithah asaru kuraane faranjee bahakah vure.. Mee ma jehsumah liyaa khiyaaleh noon

   ⚠Report!
 13. Vaahaka vv salhi. Vaahakaaga eng word use kuryma hama salhy….. Anyway vaahaka vvvvvv hub…… Eem ur the best.

  ⚠Report!
 14. vaahaka salhi….ekam enme salhi vaany dhim n rec ge life ah thoofaan thah annan feshumun dhw? so waiting waiting…..

  ⚠Report!
 15. shabee ah heevanee anonymous ebunaneen thedheh hen…. dhogakah viyas eyee eynage hiyaal dhw…. dhen m sure eem komme kujjeh ge ves hiyaalu balaigannaane kan… dhen meeheh viyas 😉 heheh ey ken kihaa varehtha salary ti job ge??? asluvex eem thivareh neh ingey… mihaaru mi site ga emme vaadhakuraa 2 story akee hijra n dhimyaa…. 🙂 eem bst of luck ingey….. thivaruga hifahattaa leveytho balahchey 😀 we oll r with u … list ah gina vex vejjeyey… shabee,nukko,kennukbee, n one n only eem ge assistant kamahvvaaa ken… heheeh gaimuvexx aharumen 4 kudhin inthixaar ga hama abadhuvexxx…… nxt prt dhigukurahchey… mi prt vexx kureh noon ingey 😉

  ⚠Report!
  1. mi job ge salary akee shabee menge positive comments thah..☺ ?hehe…aslu eem v best ingey..hiyvaraa ekeega kuriah dhey…insha allah u ll succeed..?

   ⚠Report!
 16. Hmmm kennukbee j boat ves inthixaaru kuran bt shabee men fonikamun j boat ge nan nuhimanaa…kennukbee ah ingeytha? J boat ge gamys shabee isthiri nukohdhinyma ofyhah dhiyaee amihla ah isthiri kohgen. J boat ge wife ehves gf ehves nuhurey… 🙁 elsa nufenigen adhives miulheny emanje rulhi aee kanneyge j boat ge comment fenifa

  ⚠Report!
 17. shabee foneekee noon… j boat liyan nujehey ehchihi liyuneemaa shabee foohi v aslu….dhenvexx bas ahaigen hurebala…eyrun shabee naanaanan rulhi eh.. 🙂 ok?? n ken…. eem aa ehvaraha ken ah vexx thank u… eem ge badhal ken viyya comment thakah thi reply dhenee…. jazakillah khairan a lot…. nd anonymous dhivehi bas kurieruvumah thidhehvvaa tharuheebah hama assari bahaa saabas… 😀 n kennukbee i think u should go with j boat to find elsa 🙂 ok hinga emmen vegen j boat ge elsa hoadhan…. eem vex laigen…. 😛

  ⚠Report!
  1. hama asluves shabee akah neygeytha elsa veethaneh? kurin thi 2 kudhin kohfa huri comment kiyaafa j boat ah hyvany thee dhanna 2 kudhin hen! dhen shabee bunebala shabee kuraane ehn kameh noannaathytha thi varah mi site ah bala balaa thi hunnany? konme 5 comment akun 3 comment aky shabee ge comment eh!

   ⚠Report!
  1. kennukbee dhannantha elsa??? j boat mihury elsa ge comment ehge inthizaaruga….ehves kujjakah elsa ge comment eh fenijjeyyaa j boat gaathu bunahchey ingey guys?

   ⚠Report!
 18. no j boat…. elsa eh nudhannan… jst toking hama…. elsa….elsa ah takaa j boat eulhenee barani fashakun dhan jeheyshoa 😉 hahaha ey j boat shabee kuri suvaal ge javaab kobaatha???? n eem miadhu 10th prt up vaane dhw??? wednesday ehnoontha mee??? ey guys count kuran fashan hingaa inthixaar ge vaguthuthah 🙂

  ⚠Report!
 19. alhe elsaaaaaaaaaaaaaa we r missing u 🙁 hingaa police station ah dhaan…. gohssa bunaanee elsa nufenigeney miaeee….. mulhi esfiya site haavaa haavaa vex nufenuney… alhey mihaar meenee hama kehmadhuvefaa….aaaah…. n j boat shabee ge hobby eyee vaahaka kiyun…. dhen ehn v ma abadhu balaala balaala ehnun innaanee…. n j boat vex abadhu thiinanee meehunge comment thakah replyl liye liye ehnoontha???? nd kobaa assistant? miadhu dhahkaa vex nulaa…. nukko vex…kennukbee vexx…. kennukbee j boat aa dheythere hamdharudhee vefaa… hahahaha 😛

  ⚠Report!
  1. j boat mee kurin ehaa vaahaka kiyaa myheh nooney…ekam shabee menge majaa comment thah fenunu fahun hama mi vaahaka kiyaahiyves vany thi kudhin ge comment thakah reply dheyhiyves vany….

   ⚠Report!
 20. ey thursday ga ey dhw up vaanee….. oooooopppss kiyaahiyyvefa huri varun dhuvas vex olhuneeee…heheee 😛

  ⚠Report!
 21. shabee mee girl eh… adhi 19 yrs… but miaharu 20 vaane…. j boat bodu singaaa firiheneh gamys isthiri kollan neyngigen…. pis pis kykuraanee dhw???

  ⚠Report!
  1. bodu singaa ey??????? 20 vyma evy bodu singaa firihenakahtha? j boat ge mamma nujassaey j boat akah isthiri kuraakah. j boat mee family ge enme kuda kujja vyma enmenves varah loabivaane 🙂

   ⚠Report!
 22. ekyve … mythi upload kury monday ga eh noontha ? .. eem eh dhuvas dhookohfa ehnu aneh part upload kurany .. so miadhu eh noon tha 10th part upload kuranjeheyny … ??? i’m cnfused

  ⚠Report!
 23. aan ebunaahen…. mishal vedhaanehnun eem thankolheh busy v ma kuda koh las kohlleeekamah… ekam haadha dheraey….assistant ah dhw bodah ingeynee…. kobaatha ken??? assistant??? whr r u???

  ⚠Report!
 24. dhen j boat kon fonyeh huregen thikandanee isthiri kuree ekaninney kiyaafa??? dhen abadhu dhogu hadhanee…..name change kuran v nun dhogu boat ah…. j boat ehnoon dhogu boat.. hahahaha 😛

  ⚠Report!
  1. j boat dhogu nuhadhamey shabee… edhuvahu j boat beynunvy shabee lahvaa gamys isthiri kuran… ekam shabee nujeheyey dhaan bunyma dhen j boat kyhkuraany? aslu shabee fonivy dhw isthiri kohdheyshey bunyma 😉 thui shabee eh hama

   ⚠Report!
 25. ahchiii…. gamys isthiri kohdheyn dhaan buneema foniviyyey?? hehe adhi eves j boat ge?? shabee gaathah aeee rulhi… dhen shabee kommehen j boat ge gamys isthirikuran dhaan jehey dhw… thi gothah tok kuraathee j boat dheke shabee foohi vanee…. konkamakaatha foni vaan v?? n j boat akah nuves ingeyne shabee mee kaaku kameh thikiyanee shabee thuyey…. dhen shabeetha j boatuge ganys isthiri kuran jehenee??? bunaanamey j boat mum kairyga shabee kairy gamys isthiri kohdheyshey bunyey…. shabee akah neynge thee konthaaku ulhey boateh kameh vex… dhen isthiri kuran dhevey dhw?? hooon vrh foohi vey…

  ⚠Report!
  1. Miadhu ves world war feshy dhw. Kithahme rychah vaahaka dhahkan fehtiyas nimey iru u two abaduves obany. Y? ??

   ⚠Report!
  2. J boat dheke shabee foohiveytha??? Elsaaaaaaaa whr r u??? Elsa nethyma ehn kudhin rulhi eruveny ey mioh! Bdw shabee i luvv making others mad at me…. 😉

   ⚠Report!
 26. V inthizaar kurin ekam vaahaka kiyaalah ves libuni v kuda irukolheh ehenve v avas avahah kiyaali ehenve maa rangalhakah vaanuva eh negunu adhi fahun vaguthu kolheh hodha laigeh kiyaalima comment konlah engeni..

  ⚠Report!
 27. Nukko ebuhurin… today ehvs story eh up eh nuvey dww.. alhey j boat and shabee 20 yrs tha? :O
  Nukko dw emme kuda ee
  🙁 🙁

  ⚠Report!
 28. Aey j boat finally ur elsa is back.☺ No nyd to b sad anymore. Anehkaa elsa rulhi aruvaalaanyky nun ngey.?

  ⚠Report!
 29. Hei, kennukbee. Aslu mi e j boat ge elsa eh nun. Ehn juhjeh. Eyna elsa eh mathin maa miss vegn ulheythy eyna hiy hama jahsaalan vegn kuri kameh eii. Sry j boat ingey

  ⚠Report!
 30. Hey so called elsa…u dnt have any right to make fun of anyone ingey? Here i m getting crazy for elsa nd u arrreeeeeee……..i will ……….. youuuuuuuuuu…..

  ⚠Report!
  1. Cool dwn bro. Try to find her. Bt hw u vl recognize that is real elsa or not? First find a clue by reading her comments. K? ☺

   ⚠Report!
 31. j boat m not mad of u…. thiulhey vahtharun shabee foohivanee….. nd kennukbee ur 14??? unbelievable…. o my goodness 😮 grd 7 ga dhw thiulhenee???

  ⚠Report!
 32. kennukbee shabee try kuranee veehaavex reethikoh tok kuran j boataa…. but eyna liyaa ehchihi fenifa kihinehtha rulhi naiss hunnaaneee….nd j boat hmmm shabee j boat dheke vrh vrh vrh vrh bunedheynvex neyngeyhaa foohivey….. eyee j boat maa foni dhahkkan ulheythee…… ingijje???? nd maa beykaaru shabee rulhi anna kahala ehchihi kiyaathee….. nukko shabee ahvex adhi 19 ey…. but october 1 gaa vaane 20 🙂

  ⚠Report!
 33. clue akee real elsa ge comment thakugaa abadhuvex start vefa hunnaanaa simple “e” akun… not Elsa… its elsa 🙂 eyee mihaathanah faahagavi kamakee kennukbee…. kithamme foohiviyas hama j boat ah rangalhakah mibunee…..

  ⚠Report!
  1. Dhen shabee thihen bunyma fake elsa ves comment kuraany e gothah elsa jahaigenehnu? Stupid shabee…..

   ⚠Report!
 34. Aslu 9 ga ulhey kuddinah vaany 15 bt there r few students that their bd cums in jan and feb. N m one of them

  ⚠Report!
 35. hey kennukbee shabee n j boat miulhenee 3rd world war fattaigenney…. hehe adhi othy 2 world war ehnun dhw?? 😉

  ⚠Report!
  1. J boat amihlayah clue hoadhan behehtinama. Dhen v vl knw hw he can find his elsa. Dhw j boat? Look shabee a help v so dnt fight.

   ⚠Report!
 36. ey kennukbee aslu miadhu dhw eem story up kuran jeheynee??? cux eyna emme fahun up kuree monday ga…so ehhdhuvas dhoo kohffa ehnun eem up kuranee? dhenehn veeru wednesday ga ehnoontha up kuranjeheynee??? ithuru mauloomaath vex libeynee assistant ken aisgenehnoontha???? kobaatha eyna?

  ⚠Report!
 37. adhi rangalhakah buneema dhw j boat thiulhenee? kennukbee mihaaruvex 4th world war fettidhaane…. eem kobaatha?

  ⚠Report!
 38. Shabee foohi viyas nuviyas shabee fonivyma ey fonyey j boat bunany…dhogu boatahves govee shabee ehnu? J boat nubunamehnu shabee ah kiyanvy fonibee ekey 😉

  ⚠Report!
  1. Stop guys! Y r u mad at each othet bcz of that small thing? Stoppppppppppppppppppp! Mi faharu eem eh ves neh even eem ge ass ves neh kalen hutuvaakah.

   ⚠Report!
  2. Tmrw story up vaany sat,mon and thur ga 2 dhuvahun eh dhuvahun up kuranyaamu 3 days kmeves eh thanakah annaane bcz in a vyk there r 7 days

   ⚠Report!
 39. Crazy shabee… pretty shabee… cute shabee… princess shabee…. j boat ahves mioh kiyuneenun dhw? Huh

  ⚠Report!
 40. hahaha kennukbee ur the smallest here…n ur stopping us…wowww ur such a grt grl…. n j boat u shabee namuge kuriah pretty cute n princess lee keekuran???

  ⚠Report!
  1. Kuda yakas hutu vey tho balan jeheyne ehnu. There is one more grl who is at 10 bt i m smallest. Yey ?

   ⚠Report!
 41. dhen buney foni v dhw ekey…. nuvey fonyeh… understood??? dhen shabee kiyan v tha cute j boat…handsome j boat… prince j boatey eyn??? ehn kiyunvantha thiulhenee??? kiyaathoatha??? vaa fooohsehgge bodukamaa mi j boat gandu dheke….

  ⚠Report!
  1. Shabee kiyanvaa ehchis kiyaifymehnu? Dats more dan enough ingey pretty?? Bdw hama ehaa foohiveytha shabee? Thihaa varah foohi vanyaa fahun loabi vevidhaane ingey? Be careful ingey girl?

   ⚠Report!
 42. ehnthr kennukbee…. 🙂 ur really grt…. eem ge kuda kuda assistant dhw thee kennukbee?? heheh happy 4 u 😀

  ⚠Report!
 43. eeem hama reply ehvexx nuliyey…. dheravejje 🙁 🙁 🙁 emme kudaminun assistant vex dhahkaa nuli viyyaa…

  ⚠Report!
 44. j boat thiulhenee shabee rulhi aruvaigen andhaalantha???
  aan vrh foohivey j boatu dheke….kithamme vrh foohiviyas nuvaanan thi j boatu dheke loehbeh!!!! ingijje??? nuvex dhanna meeheh…. dhen kon loehbehtha veveynee!????

  ⚠Report!
 45. Hei pretty girl “loaihbaky gasthuga vaa ehcheh nooney….loabi vaakah kaakukan ingun muhimmehves noon….” ei konmeves myhaku buni ehcheh….nd i totally agree wid it…thihen ulhenikoh shabee ahves neygi onnaany fall vevifa… 🙂

  ⚠Report!
  1. Phd hadhigentha thiulheny. J boat shabee dheke luv vanyaamu elsa Dhera vedhaane ehnu.?

   ⚠Report!
  2. nd keehvetha pretty eh thikiyanee??? ehn kiyaathee shabee vrh foohivey… eyee shabee ah shabee ge vrh special kujjeh kiyaa ehchh…… dhen ehn shabee emme rulhi anna meehaa keema foohivaanehnun.,… plx j boat e noon ehn ehchh kiyaaa….

   ⚠Report!
  1. asluvess dw kiyuntheriyaa.. bt eem ah heevany dhn shabee n j boat friend vaan vejjehen.. dw kennukbee..
   mi hafthaage kiyevun bandhuviyas kiyevun feshuneema kiyavaa kudhin rangalhah kiyavahchey… mikahala kankamuga heydha kuraa vaguthu thankolheh madhu kohllaafa..

   ⚠Report!
 46. hi friends.. 🙂 🙂 hw r u all???
  sry.. bxy kamun comment nukurevuny.. next part upvaany thursday ga ey bunelaafa innaanee mi part upkoffa.. week aku 3 days ga up kuranee.. weekend ga liyan vaguthu libunas sunday to thursday ah v vaguthu nuvey liyan. ehenve midheytherey 2 dhuvas dhookohfa up kurany.. ingey kiyuntherin hiyyhama nujeheynekan ekm vs sry..

  ⚠Report!
  1. Ok. Eem up nukuraa dhuvas thakuga shabee n j boat ge world war fahtaathy varah maja

   ⚠Report!
  2. eem hiyy hama jehey…. vrh vrh hiyy hama jehey… ingey life ga busy vaane kanvexx…. hama ekani vaahaka liyumehnoonthaa dhw onnaanee…. so its k… week aku 3 days up kuranyaa kommes eh dhuvaheh dhaanethaa 2 days dhoovegen…. 😉 so eem try to do ur work perfect… we olll r with u 😀 i appreciate ur work….. luv u 😛 bst of luck

   ⚠Report!
  3. thanks eem ireally aappreciate your hard work.. hageegathah vaahaka dhahkanna buneveyny mi fadha vaahaka site thakuga liyan rangalhee thifadha liyuntherinney….:3:D:D:D:D:D

   ⚠Report!
 47. ey zai eyee nw kujjeh dhw??? hiiii zaiiiii 🙂 nd kennukbee vex hama j boataaaa ehkolhah dhw? huh vrh foohi

  ⚠Report!
  1. ey sabee nukiyahchey…. my name is shabee… vrh rulhi aadhey sabee kiyanyaa… so dnt coll me lyk tht 🙂

   ⚠Report!
 48. Xcuse me Ms. Shabee…. j boat kiyaane nameh ingeyny j boat ah ingey? J boat ah hevey ehn myhaku ehn kiyas…commnt thakun research eh hadhaali iru shabee ge persnlty r enme gulheny the word “pretty”. So u r pretty shabee….ok pretty girl? 🙂

  ⚠Report!
 49. The way u talk the way u get mad at small things nd mostly the way u react at each n every word in my comments…

  ⚠Report!
 50. oh please j boat…. tht duxnt mean m pretty dhogu boat….. plx dnt call me lyk tht… jst call me shabee…. o any othr name than pretty

  ⚠Report!
  1. nd u boys r much crazy…. not evn lil… almost crazy… but plx dnt call me pretty… plxx…

   ⚠Report!
 51. Wtf is this.abadhu shabee chabee vefa.mi maa vefa ulhey golhaeh bahyeh huvaa..boagovaavaruvey comment thah fenifavexx.thikan vehjje ehnu huhthah.kiyuntherinnashey undhaguvaanii ekameh thi gamaarakah neyngeytha

  ⚠Report!
  1. oh lubaan 🙂 sorry ingey…. ekam furathama j boat kairy bunan v ehnun dhw shabee rulhi naaruvaashey…. 😀 nd haadha heeveyey thee boat hen ehn namehggaa comment thikuree 😉

   ⚠Report!
  1. hama lubaan ah rangalhakah ehn bunee 🙂 faharegga ehn meehun hithah araafaane dhw lubaan eyee haadha hadikoh tok kuraa kujjekey dhw? ehnve…. ingey nubeheveynekan…. nd ehchh handhaan kolla dhentha?? lubaan akahvex nubeheveyne ingey shabee aa j boat aa kithamme vrh hifiyas…. ok? 😉

   ⚠Report!
 52. Hei pretty girl dats not me….j boat eh ehves myhakaa ehaa rude koh talk nukuran speclly girls r…vedhaane e kujja ah maa undhagoo vy kamah. shabee ves thankolheh fonivyma ey ehn evany….bt lubaan ves thankolheh reethikoh bunelinama….jxt b cool lubaan n pretty girl ingey?

  ⚠Report!
 53. Mithaanoonakas hifidhaane ehnu.mi kae men chat kuran onna chat box eh nooney.moyavanee tha..dhn foni viyas thankolheh bodhu varu dhehtho

  ⚠Report!
  1. 🙂 🙂 🙂 haadha harudhanaa ey dhw?? heheeee. 😉 😉 😉 but thank soo much for the grt advice 😛 ekam dhen j boat kairy bunedheebala ehn nukiyaashey shabee aa dhimaalah…. shabee gevex vaki name eh dhw onnanee? so u shabee aa dhimsalah thihen kiyanyaa eyna kairy vex bunedhee ehn …

   ⚠Report!
  1. huh dhen hama 🙁 🙁 dhen emmen kiyanee shabee fonyey… dhen hama hama rulhi emmennnaaa

   ⚠Report!
 54. Hey eem curiously waiting 4 next part ingey? Hope dat tmrw early mrning ga up kuraane kamah. Ok gudnyt eem n all nd yes a very good night to u pretty shabee… 🙂

  ⚠Report!
 55. so mithaanga vex eba ulhey dhw couples vexx….. heheeee 😛 n j boat m plaesing u…. plx dnt call me pretty shabee….. j boat pretty shabee keema vaa faidhaa akee kobaa??? bunebaa??? nuvaane ehvex kameh… plx stop calling tht……. jst call me shabee…plx pretty shabee kiyanyaa shabee rulhi…. but jst shabee kiyanyaa rulhi ehnoon…. eyrun frndx…i mean tok kuraanamey frndly kh… ok tha???? hope u’ll stop calling me tht 🙂 gud nyt evry one…… 😀

  ⚠Report!
  1. gudn8 shabee.. plx dont start a big fight with an unknown person..hope i can see that IMPROVEMENT on thursday.. BYE…

   ⚠Report!
 56. nd eem hope maadhamaa haveeru vumuge kurin story kiyaalan libeyne kamah 😉 do ur bst eem dhahthaa 😛 oll di bst

  ⚠Report!
 57. waiting for tomorrow…v miss vey rec n dhim mathin…?
  n miss my comment kuraa frendx too…but i have read all ur chweeet chweeeeth comments..❤????

  ⚠Report!
 58. ok dhen gud nyt mihaaru ehfaharu kiyijje… anekka mi comment kurevunee 😉 but vrh nidhi aissi… mihaaru aa furen fashaifi… bye bye my swyt swyt frndxxx 😛 gud nyt….

  ⚠Report!
 59. Hi guys. Reygaves evarah obaalaafa eba huri. Piss piss. J boat n shabee? Eem bunaahen friends in nah vaanvehje eh nu mihaaru. N j boat frndx innah vaan beynumihyaamu j boat jeheyny shabee rulhi naanakahala eh chehi kian. Ok j boat???????????????

  ⚠Report!
 60. i think as usual evening ga hen up vaanee…? n miss u too shabee n everyone else..?
  aslu faadeige error ei araathyve i cudnt comment..? anyways v majaa hurihaa comment thakei ves…?

  ⚠Report!
 61. kiyuntheriya miadhuvex world war fattan jeheynee eyna shabee rulhi aruvanyaa….. nd eem theme lava kiyan v dhw? mihaaruhssure meenee inthixaar gaa 😉 “inthixaarun hithuga ufedhey jazbaathey loehbakee…..hiyy havaaley dhimyaa story ge 10th prt ah…. hiyy rohvvaa nulaashe eeem…hiyy rohvvaa nulaashe eem…” 🙂 heheee eem konirakun tha up vaanee????

  ⚠Report!
 62. nukko vs hyhy halaaku vejje. Shabee a j boat aa 1 vaagandakun assan v. Kikikiki… eeeemmmooooo
  KN irakun tha story up vaanee

  ⚠Report!
 63. Lava hadhavaifa vanee nukko
  kiyaafa vanee shabee
  Guitar jahaafai vany kennukbee
  Beru jehee ken
  Piano kulhuny zaii
  Act kuryy elsa and j boat
  lol

  ⚠Report!
 64. hahaha sweet heart thee grl ehtha??? kennukbee eyee grl eh ingey sweetheart 😉 i thnk sweetheart though tht kennukbee is a boy…. n j boat plx 🙁 plx plx stop calling me tht

  ⚠Report!
 65. kennukbee vex hama boatu anna irah adhi shabee kairy bunaane…. hehe nukko nukko nukko.. mioh govenee…. sweetheart nugovias shabee eba govamey…. walkie talkie eh dhw? nukko nukko nukko nukko nukko 😉

  ⚠Report!
  1. Ya dw shabee..
   Jboat and elsa eynun act kury theme song of dhimya story ga… dww 😀 😀

   ⚠Report!
 66. woww emmen ehfaharaa dhw online vevunee… grt madhee emme kujjeh…. ken 🙁 assistant haadha busy eh dhw…. eem vx

  ⚠Report!
  1. i think ur nw dhw???? ehnve thiulhenee neyngigen 🙂 kennukbee kiyaidheebaa swyt heart ah 😉

   ⚠Report!
  2. kennukbee hamaigatha thihiree??? thankolheh saaf koh kiyan v nun thikiyaa ehchh…. n whom ur tokin?? 🙂

   ⚠Report!
 67. nukko happy v dhw?? hehe n sweetheart stop calling me wy mikiyanee j boat ah…. not 4 u 🙂 j boat pretty shabee kiyaathee ve mibunee ehn nukiyaashey….. vrh foohivey j boat dheke ehn kiyaathee

  ⚠Report!
  1. Nukko ge name akee secret eh… shhhhhh nubuneveyne mikahala thanthaaku. Dw shabee and Kennukbee…

   ⚠Report!
  1. Swyt heart kiyatalaba hurihaa comment thakeh eyrun egeyne. j boat shabee aa dhimaa ah pretty shabee kiyaathy shabee rulhi annany. Kaaku ge real name eh swyt heart buny bunaashey

   ⚠Report!
 68. i seriously dont knw what shabee is talking…..shabee sweet heart aai nukko aa vaahaka eba dhakkan dho mihaaru…..my name is shaya

  ⚠Report!
 69. ok sweet heart aa vaahaka dhahkaanee kennukbee ….. mivaguthah shabee nd nukko hanu hunnan v 🙂 ok eyrakah noalheyne

  ⚠Report!
 70. Hi sweetheart how are you¿ Mee nukko. Wlcum to our gange… miee stories ah inthixaaruge gadi gunaa gang eh….. mi gange ga thibeny j boat shabee ken Kennukbee and nukko. Dhen miulhenyy mi grp eh eh member kamah vaa elsa gehlligen. She is j boat ge knmvs myheh.. happy sweetheart????

  ⚠Report!
  1. ey zai vex ulheyne… nd elsa is j boatuge crush… i think so…. getu vejje tha sweet heart???

   ⚠Report!
 71. sweet heartah reply fonuvan e fonuvunee kennukbee ah …. hmmm sweet heart…. kennukbee sikundi mahssala hurey dhw??

  ⚠Report!
 72. Shabee i’ve decided to stop calling u pretty shabee…happy tha? Nd if i m nt wrng shabee buny pretty shabee noon konme ehcheh kiyas hevey….right? So myge fahun shabee ah j boat kiyaany sabee….nw give me a smile 😉

  ⚠Report!
 73. story upload vaany haveeru ey shabee … ” inthizaaruge gitaa hithu thereyga .. thin hatharu raagu kulheyey ekyga … vindhuthah eba nashaa ekuekygaa … inthizaaruge gitaa hithuthereygaa ” mi lava hadhaigen kiyaabala .. maa fahkaa vaane milava shabee .. hehehe

  ⚠Report!
  1. hmm shelyn shabee ulhunin thi lava liyan but fettey than ekani ingenee… ehnve nuliyunee… anyways thaknx 😀

   ⚠Report!
 74. dhen j boat heyonuvaane…. j boat ah hama rangalhahvex ingeyne shabee vrh rulhi annaane kan sabee kiyanyaa….. plxx jst call me shabee….. plx j boat plx 🙁 i cnt giv a smile…..

  ⚠Report!
 75. ekam sweet heart eyna kiyaanee rulhi anna kahala ehchihi dhen kihinehtha ehchh nubune hureveynee??? ok j boat sabee ey kiyaahaa hindhaku shabee dhen kiyaanee ….ummm…. ey sweet heart bnebaa j boat ah kiyaane nameh?? kennukbee vexx…. shelyn vexx

  ⚠Report!
  1. Ehen dhw. J boat shabee aa dhimaa ah kiaany hama shabee. not pretty shaber not sabee?. Got it.?

   ⚠Report!
 76. yap will try but faharehgga ingey…. 8:30 ehaairah hadhan hingaabaa… sweet heart shabee eba tok kuramehnun??

  ⚠Report!
  1. sweet heart kennubee eh nooney…. ken-nuk-bee not ken-nu-bee…. kennubee is wrong… kennukbee is the right way 🙂 nxt time goas khnuliyaathi 😀

   ⚠Report!
 77. J boat kiyaidhyba shabee ah mi lava
  Rulhi naadhey rulhi naadhey rulhi naadhey manjey. Gasthuga hey buma goh jahany aslu thiha rulhi gadha heyy…. nukko nudhamey. Nukko 1 hand in typ kuran jeheythy v undhagoo ehnve break eh negyy. eKm hama henyy mi thi cmmnts kiyaafa.. my one hand ge wrist hisaabun bindhigen miulheny ehnve… 🙁

  ⚠Report!
  1. ooo soooo sad 🙁 gws nukko…. n nukko vex adhivex j boatah dhw hadhan vaa goeh thikiyaidhenee….huh rulhi….

   ⚠Report!
 78. ehvex error eh aranyaa admin bunuhvee avahah 7997991 e number ah msg eh nooney gulhaalaafa bunaashoa mahssal…. eyrun ok kohdheynamoa 🙂 shabee maa ginain comment kuraathee aranee ur posting comments too qiuckly slw dwn… hehee ehnve las vanee. 😛

  ⚠Report!
 79. hello…kennukbee sweetheart nukko zai ken n foohi j boat?? kobaa emmen? no j boat eyee mi grp meeheh noon dhw?? kobaatha zai? sweetheart eoh 6:30 vanee.. m here

  ⚠Report!
 80. Zai vex error araathii admin kairii buniima rangalhu kohdhinii..zai ahvex mioh hurihaairu comment knukurevigen ulhunii

  ⚠Report!
 81. Hi guys. Vaahaka kiyaafa comment kuran ulhe ulhe nuvi. Aslu ulhuny first hodhan kamah bt zai thi hodhynu?

  ⚠Report!
 82. swrry shabee handhaan nethunee… aslu namaadhu kuran dhiyaee… dhen aithanun bf gulhee… dhen phone ga ovevunee 🙂 sorry guys… handhaan nethumakee uzureh dhw;)

  ⚠Report!
 83. by the way ehves kujjakah ingeytha storyge 11 vana bai up kuraadhuvaheh..if you know friends plx do tell me…

  ⚠Report!
 84. ey shabee eba annan ingey isha namaadh khggen…. u guys vex dhaan v… n kiyuntheriyaa i wnt to tok u… ehchh ahan vefa eboeh… but aftr praying dhw…. wait 4 me buddies…. insha allah ill b right bck aftr praying…. madukurahchey…. dhen shabee aissa hi jahaanan… if u wnt u can continue 🙂 bye will meet u aftr namaadhu khgen

  ⚠Report!
 85. hey shelyn shabee eba annan kaigen…. my stomach is crying…. bandu haivegen… bye kaigen annaann.. wait for me

  ⚠Report!

Leave a Reply to kennukbee Cancel reply

Your email address will not be published.